އާދޭސް ކުރާ ހިތްވޭ ރޮމުން (45) (ނިމުނީ)
ދާނިޝް އަށް ޒާހިދު ގެ ގަމީހުން ދޫކޮށްލާފައި ފަހަތަށް ޖެހިވުނެވެ. އިތުރަށް މަޑު ކޮށްފިނަމަ އޭނާ އަށް އަތުން ފައިން ގޯހެއް ހެދިދާނެކަމުގައި ސިކުނޑި ވިސްނައިދިނެވެ.
“އެ ހުރިހާ ކަމަކީވެސް އަހަރެންގެ ކަންތަށް… އެރޭ ކަލޭ އެގެއަށް ދިޔަކަން އެނގުނީމަ އަހަރެން ނިއުސް ރިޕޯޓަރުން ވެސް ފޮނުވީ… ކަލޭ އަށް އެނގޭތަ؟. އިފްޝާ ހޮސްޕިޓަލްގަ ބާއްވާފަ އޮތް ރެއަކުވެސް އޭނާ އުޅުނޭ އެ ރާސިލް ގާތުގަ ބުނަން… އަހަރެންގެ ވާހަކަ އަހަރެން މަޖުބޫރު ކުރުވި ވާހަކަ… އެކަމަކު އަހަރެން ލޯގަނޑު ކައިރީގައި ހުރި ތަން ފެނި ނުކެރުނު އަނގައިން އެއްވެސް ބަހެއް ބާރުކުރާކަށް… ހަހަ… ކަލޭ އަށް ވެސް އޭރު ނޭނގުނު ދޯ އެކަމުގެ އަޑީގައި އެހެން މީހެއްގެ އަތެއް ވެސް އޮވެދާނެހެން… އަދި މީގަ މަޖާ ތަންކޮޅަކީ އަހަރެންނަނަށް ވެސް ނޭނގުނު އެ ފިރިހެނާ އަހަރެމެންގެ ގެއަށް ފުންމާލިއިރު… ތިން އަހަރު ތެރޭ އޭނާ އަށް އައިސް ފައި ހުރި ބަދަލް… ހަހަ… އަހަރެންނަށް ވެސް ފާހަގަ ކުރަން ނޭނގުނު ދެން އަދި ކަލޭ އަށް ކިހިނެތް އެކަހަލަ ކަމަކަށް ޝައްކުކުރެވޭނީ… އޭރުވެސް ކަލޭ އަށް އެ ސޮރު ފެނުނީ އެއްނޫން ވިއްޔަ” ދާނިޝް ގެ ފިޔަވަޅުތަށް ހުއްޓުނީ ޒާހިދު ގެ އަޑަށެވެ.
އޭނާ އަށް ފަހަތަށް އެނބުރި ޒާހިދުއަށް ބަލާލެވުނެވެ.
ކަލޭ ކިހިނެތް އޭނާ އަށް މަޖުބޫރު ކުރީ… ހަމަ މިހާރު ބުނެ” ދާނިޝް އަށް ހަރުކަށީކަމާއެކު އަހާލެވުނެވެ. “ބުނާށޭ” ދާނިޝް އަށް ހަޅޭއްލަވައިގަނެވުނީ ޒާހިދު އިތުރަށް އެއްވެސް އެއްޗެއް ނުބުނެ ހިނިގަނޑެއް ޖަހާލުމުންނެވެ.
“ކަލޭ އަށް އެނގުނަސް ކީއްކުރެވޭނީ… އޭތް… އިތުރަށް އެއްވެސް ކަމެއް ނުކުރެވޭނެ ދެން އެކަމަކުވެސް ތިހާ އިނގެން ބޭނުން ވެފަ ހުރިއްޔާ ކިޔާލަދީފާނަން” ޒާހިދު ގެ ވާހަކަތަކުން ދާނިޝް ގެ ރުޅިގަނޑު އިތުރަށް ގަދަވުން ނޫން ކަމެއް ނުވިއެވެ. އޭނާ އަށް ރުޅިގަނޑު ކޮންޓްރޯލް ކުރެވުނީ ވަރަށް ހާލުންނެވެ.
“އަޑު އަހާ… ކަލޭ އާ ދެމީހުން އެއްރޭ ކެއުމަކަށް ދިޔައިމެއްނު. އެރޭވެސް އަހަރެންނަށް ކަލޭ މެން ފެނުނު އޭގެ އަނެއް ދުވަހު އަހަރެން އިފްޝާ އާ ދިމާކުރީ އޮފީހުން… އަހަރެންގެ ކެބިން އަށް އޭނާ ގެންދިޔައިން… އޭރު އަހަރެން ނަށް އަދި ރާއިދާ އާއި މާނިއު ގެ ޕްލޭން ވެސް ނުވެސް އެނގޭ… އަހަރެން އޭނާ ގާތު ބުނީ އޮފީހުން ކެނޑެން އަދި ދާނިޝް އާ ދުރަށް ދާން… އަހަރެން އެވާހަކަ ދެއްކުމުން އޭނާގެ މޫނުމަތިން ނުތަނަވަސްކަން ފެނިގެން ދިޔަ… ރިހުމެއްވެސް ފެނުނު… އަހަރެން ގަބޫލެއް ނުކުރަން އޭރު އޭނާ އަކީ އަހަރަމެންނާ އެކަށީގެންވާ މީހެއްކަމަކަށް… އެހެންވެ އަހަރެން ބޭނުންވީ އޭނާ އަހަރެމެންގެ ދިރިއުޅުމުން ދުރަށް ދާން… ކަލޭ މަރާލާނޭ ކަމަށް ބުނެ އަހަރެން އިފްޝާ އަަށް އިންޒާރުދިނިން… އެފަހުން އޭނާގެ ކޮއްކޮަ އާއި މަންމަ އާއި ވެސް މަރާލާނޭ ކަމަށް ބުނެވެސް އަހަރެން އިންޒާރުދިނިން… އޭނާ މައިތިރިވީ އެވަރުން… އެމީހުން ކުރާ ކަންތަކާ ތިބިތަން ކިޔައިދިން ފަހުންއޭނާ އަށް ވެސް އިނގުނު ދެން ސަލާމަތެއް ނެތް ކަން… ކަލޭ ގާތު އަހަރެން ބުނިން ދޯ އޭރުވެސް އޭނާ އާ ދުރުވާން… ކަލޭވެސް އަހަރެން ގެ މޫނުމަތީ ބަސްބުނީމަ އަހަރެން އެހެން ހެދީ… އެ އަންހެނާ ވެސް ނޫޅުނު ވިއްޔަ ކަލެ އާ ދުރަށް ދާކަށް… ފުރުސަތެއް ލިބުނީމަ އަހަރެންވެސް ބޭނުން ހިފީ… އެމީހުން ގެ ހުރިހާ ހަރަދުތަކެއްގަ އަހަރެން ހިފީ… ކީކުރާނީ ހަހަ” ޒާހިދު ގެ ނުބައި ނުލަފާކަން ފެންނަމުން ދިޔަ ވަރަކަށް ދާނިޝް ރުޅިއައިކަމަށް ވިޔަސް ހިސާބެއްގެ ކަންބޮޑުވުމަކާއި ދެރަކަމެއް އެމޫނުމަތިން ފެންނަމުން ދިޔައެވެ.
ޒާހިދު ގާތުން ދާނިޝް ނުކުތް އިރު އޭނާގެ ލޮލަށް ވެސް ކަރުނަތަށް ޖަމާވެފައި ވެއެވެ. އިފްޝާ އާއި ދޭތެރޭ ކަންތަށް ވެގެން ދިޔައީ ޚުދު އޭނާގެ ސަބަބުން ކަމަށް ގަބޫލް ކުރެވެން ފެށުނީއެވެ.
އޭނާ އެދުވަހު އިފްޝާ އާއި ދުރުވިނަމަ އެގޮތަށް ކަންތަށް ނުވީސްކަމަށް ހިތް ވިސްނައިދެނީއެވެ. އޭނާ ހަދާނީ ކިހިނެތްހެއްޔެވެ؟. އެ ވަގުތު އަމިއްލަ ނަފްސު ކުށްވެރި ކުރެވުމާއެކު ދެފައިން ވާގި ދޫވާހެން ހީވިއެވެ. ހަދާނޭ ގޮތް ނޭނގި އެ ވަގުތު އޭނާ އަށް ސާބިތުކަން ދެއްވުން އެދި ﷲ ގެ ހަޟްރަތުގައި ދުޢާ ދެންނެވުނެވެ.
ޕޮލިސްޓްޝޭޝަން އުން ނުކުމެގެން އޭނާ ކާރަށް އަރާ ގެއާ ދިމާލަށް ދުއްވައިލިއެވެ. ގޮސް ރާސިލް ގާތު ކަންތަށް ތައް ވީ ގޮތް ކިޔައިދިނެވެ.
ދުވަސްތަށް ހަލުވި ކަމާއެކު ފާއިތުވަމުން ދެއެވެ. އައިލީޝް އަށް ދެމުން ދިޔަ ފިޒިއޮތެރަޕީއާ އާއި އެހެނިހެން ތެރަޕީގެ އެހީގައި އައިލީޝް ގެ ހާލަތު ރަނގަޅުވަމުން ދެއެވެ. މަޑުމަޑުން ހިނގުމުގައި ހުރި ދަތިތަށް ވެސް ހައްލުވަމުން އާދެއެވެ.
އެހެންނަމަވެސް އަންޖުމް ޝަކުވާ ކުރާ އެއްކަމެއް ވެއެވެ. އައިލީޝް ވާހަކަ ނުދައްކަނީ ކީއްވެތޯ ތަކުރާރުކޮށް އެހުމުންވެސް ރާސިލް އަދި އައިލީޝް ގެ ފަރާތުން ވެސް މާ އެދެވޭ ޖަވާބެއް ނުލިބެއެވެ.
ޙިޝްމާވެސް ޒާހިދު ގާތުން ވަރިވެ ހަޔާތުގެ ދުވަސްތަށް ގުނަމުން ދިޔައެވެ. އެހެންނަމަވެސް އައިލީޝް އަދި ދާނިޝް ގެ ވެސް އެދުމުގެ މަތިން އޭނާ ދިރިއުޅެމުން ދިޔައީ އެގޭގައެވެ. ދާނިޝް ވެސް މިހާރު ވަނީ އެ އޮފީހާ ކޮންޕެނީގެ އިތުރުން ގެ ޒާހިދު ގެ އަތުން އަތުލާފައެވެ. ހުރިހާ ކަމެއްގެ ހަގީގަތެއް އެނގުމަށްފަހު އައިލީޝް ވެސް ޒާހިދު އާ މެދު އެ ހިތުގައި ނަފްރަތުގެ އަލިފާން ރޯކުރިއެވެ. އެ އަލިފާނަކީ ނިއްވާލަން އެހާ ފަސޭހަ އަލިފާނަކަށް ހަމަގައިމުވެސް ނުވާނެއެވެ. ކިތަންމެ ހިތް ދަތިވިޔަސް އައިލީޝް އަށް ވެސް ޒާހިދު އެ ކުރި ކުށުގެ އަދަބު ލިބެން ޖެހޭނޭ ކަމަށް ގަބޫލް ކުރެއެވެ. އެދުވަހުގެ ފަހުން އެކަކުވެސް ޒާހިދު އާ ބައްދަލުކުރާކަށް ވެސް ނުދެއެވެ. އެންމެފަހުން ވެސް އެމީހުންނާ ޒާހިދު ބައްދަލުވީ ކޯޓުންނެވެ.
މަސްދުވަސް ފަސް
*************
އައިލީޝް މެން ގޭގެ އެތެރޭގައި ހަރަކާތް ތެރިވަމުން ދިޔަ މީހުންގެ ސަބަބުން ގޭގެ އެތެރެ ވަނީ ހަލަބޮލިވެފައެވެ. ކޮޅު ކޮޅުމައްޗަށް ތަފާތު ކަންކަމުގައި މީހުން ދުވަމުން ދިޔައީ މިރޭ އޮންނަ އިޒިކް އާއި މުސްކާން ގެ ކައިވެނީގެ ސަބަބުން ނެވެ. ދާނިޝް އާއި ރާސިލް އަދި އިޒިކް ގެ ވެސް އެދުމުގެ މަތިން ކައިވެނީގެ ކަންތަށް ތައް ރޭވީ އެގޭގައެވެ. އައިލީޝް ވެސް މިހާރު އެއްވެސް ދަތިކަމެއް ނެތި ހިނގާއުޅެއެވެ. އެހެންނަމަވެސް އަދިވެސް އޭނާ ތެރަޕީތަށް ނަގަމުން ދިޔައެވެ. ކައިވެނީގެ ކަންތަށް މާ ބޮޑަށް ބާއްވަން އިޒިކް ބޭނުންނުވާތީ އެމީހުން ހަމައެކަނި ދައުވަތު ދިނީ އާއިލާ އާއި ގާތް ރައްޓެހިންނަށެވެ.
ގޭގެ އެތެރޭގައި ހުރި ކޮޓަރިއެއްގައި އިން ގޮނޑީގައި މުސްކާން އިށީނދެގެން އިން އިރު އޭނާގެ ވަށައިގެން ޒީޝާ އާއި އައިލީޝް ގެ އިތުރުން އަދިވެސް ދެތިން ކުއްޖަކު ހަރަކާތް ތެރިވަމުން ދިޔައެވެ. މުސްކާން ގެ މޭކަޕް ކުރުމުގައެވެ. މުސްކާން އަށް ވެސް މާ ގަދަ މޭކަޕް ކަމު ނުދާތީ ކުރެވުނީ ވަރަށް ވެސް އާދައިގެ ރީތި މޭކަޕެކެވެ. އެހެންނަމަވެސް އެ މޭކަޕް މުސްކާން އާއި ނުހަނު ގުޅެއެވެ. އިޒިކް އާއި ދާނިޝް ގެ އިތުރުން ރާސިލް އެއް ކޮޓަރިއެއްގައި ތިބިއިރު އެދެމީހުންގެ ދެމެދުވެސް ދިޔައީ ބަހުސް ކުރެވެމުންނެވެ.
“ބްރޯ ރެޑީތަ؟ މިރޭ ތިއުޅެނީ ދެން ކައިވެނި ވެސް ކުރެވެން އިނގޭ… ދެން އުޅެން ޖެހޭނީ ވަރަށް ވިސްނައިގެން… އަންހެނުން ބުނާ ގޮތަށް ހަދަން ޖެހޭނީ” ދާނިޝ ރާސިލް އަށް ބަލާލަމުން އެއްލޯ މަރާލިއެވެ.
“ހޫމް ހެވޭ… ދެން ތި ދެމީހުން ތިއުޅެނީ ކިހިނެކޯ” އިޒިކް ވެސް ދޫ ދޭކަށް ބޭނުމެއް ނުވިއެވެ.
“އަސްލު ކީއްވެތަ ބޮޑުކޮށް ޕާރޓީ ބާއްވަން ބޭނުންނުވީ” އިޒިކް ގާތު ރާސިލް އަހާލިއެވެ. އޭނާ އައިސް އެނދުގައި އިށީނެވެ.
“އަސްލު އަހަރެންނަށް އެނގޭ މުސްކާން އަށް ވަރަށް އުނދަގޫކަން މީހުންނަށް ކުރިމަތިލާން… މީހުންނާ އެކު ގިނަ ވަގުތުހޭދަކުރަން އަދިވެސް އޭނާ ކޮންފޮރޓަބަލް އެއްނުވޭ. މީހުން ގިނަ ވީމަ ހާސްވޭ… އޭނާ އަށް ނުތަނަވަސް ކަމެއް ލިބެން އަހަރެންނެއް ބޭނުމެއްނުވޭ… އަނެއްކޮޅުން އަހަރެންވެސް އެހާ ބޭނުމެއް ނުވި ބޮޑު ޕާރޓީއެއް ބާއްވަން…” އިޒިކް ވިސްނަން އިނދެ ޖަވާބުދިނެވެ.
ދާނިޝް އާއި ރާސިލް އާ ވެސް ބޯ ޖަހާލުމަށް ފަހު އެ ސީރިއަސް މާހައުލު ފަލުފިލުވާލާ އަނެއްކާވެސް ކޮންމެވެސް މަޖާ ވާހަކަ އެއް ދައްކަން ފެށިއެވެ.
“ހޫން އަންހެނަކަށް ވުރެ ކަންތަށް ބޮޑޭ ދޯ މީނަ. އަށް ގަޑި ބަޔަށް ގާޒީވެސް އަންނާނޭ… ހިނގާ ދާން ތިރިއަށް” ދާނިޝް އައިސް އިޒިކް ގެ ކޮނޑުގައި ޖަހާކަމުން ބުނެލިއެވެ. “ހޫން އައްދިއްޔޯތް” އިޒިކް އަށް ބުނެވުނެވެ. “ސުބްޙާނަﷲ… ދޮންބޭ ނުޖަނާ… އެ ސޮރަށް ތަދުވަނީޔޯ” ރާސިލް އެއްލޯ މަރާލަމުން ބުނެލިއެވެ. އެއާއެކު ތި ް ފިރިހެނުންގެ ހުނުމގެ އަޑު ކޮޓަރިތެރެއިން އިވިގެން ދިޔައެވެ.
“މިރޭ އިޒިކް ހޭނެތޭނެ ދޯ އައިލީ” އައިލީޝް އާ ދިމާލަށް ބަލާލަމުން ޒީޝާ ބުނެލިއެވެ. އެ ބަހުން މުސްކާން ގެ މޫނުމައްޗަށް ޖަންބުކުލައެއް ވެރިވެގެން ދިޔައެވެ. އޭނާ ލަދުން މޫނު ފޮރުވާލިއެވެ. “ހާދަ ބްލަޝް ވެޔޭ ދޯ… އައިލީ… ވީ ހޭވް އޯލްސޯއެކްޕީރިއެންސްޑް ދޯ… އެހެން ވާނެ ކައިވެނީގެ ފުރަތަމަ ރޭ… އައިމީން ކައިވެނި ކުރެވޭ ރޭ… ” ޒީޝާ ވެސް ވިސްނުމަކަށް ގެއްލިފައި ހުރެ ބުނެލިއެވެ. އެބަސް ތަކުން އައިލީޝް އަށް އޭނާ ކައިވެނި ކުރި ރޭ މަތިން ހަނދާންވިއެވެ.
އެ ތުންފަތުގައި ފަނޑު ހިނިތުންވުމެއް ދުވެލިއެވެ.
“އޭ ދެން ހިނގާ ތިރިއަށް ދާން… އަށް ގަޑި ބައިވަނީ” ޒީޝާ އަތުގައި އޮތް ގަޑިއަށް ބަލާލަމުން ބުނެލިއެވެ. އެވަގުތު ޑްރެސިން ޓޭބަލް މަތީގައި އޮތް މުސްކާން ގެ ފޯން ރިންގްވިއެވެ. “ކާކުތަ؟” ޒީޝާ އެހެން ކިޔާފައި ބޯ ދިއްކޮށްލިއެވެ. “ހޫން އިޒިކް ދޯ… ހުވާ މި ބުނީ… މިރޭ މުސްކާން މިތަނަށް އައި ފަހުންވެސް ފަސްވަރަކަށް ފަހަރު ގުޅައިފި ހުރެބަލަ މިފަހަރު އެއްޗެކޭ ބުނެލާނަމޭ…” ޒީޝާ މުސްކާން ފޯން އަތަށް ނެގުމާއެކު އަތުލާ އޭނާ އެ ފޯނަށް ޖަވާބު ދިނެވެ.
“އަޅެ އިޒިކް އަށް ޓަކާ މުސްކާން ރީތިކޮށްލަދޭއިރުވެސް އަދި އެބަ ގުޅާ އިރު އިރު ކޮޅަކާ… ނުފެންނަތާ ގިނަ އިރު ވީތަ…. މި ދަނީ އޭ ގޮވައިގެން ކެތް ކޮށްލާ” ޒީޝާ ފޯން ކަނޑާލިއެވެ.
މުސްކާން ރަކިވެފައި ބަލަން އިނެވެ. “ދެން ހިނގާ ދާން” ޒީޝާ އެހެން ބުނުމާއެކު އައިލީޝް ވެސް އިޝާރާތް ކޮށްލިއެވެ.
“ކޮބާ ފޯން ނެގިތަ؟” ރާސިލް އަހާލިއެވެ. އިޒިކް ފޯނަނަށް ބަލާލަމުން ބޯ ޖަހާލިއެވެ. “ޒީ ނެގީ” އޭނާ ފަހަރަކު މީހެއްގެ މޫނުމައްޗަށް ބަލާލަމުން އަނގަ ސަކަރާތް ވެ ހުރެ ބުނެލިއެވެ. “އޭތް އަދި ތިހާ ސަކަރާތް ވާކަށް ނުވެޔޭ ބްރާދަރ… މިރޭ ދެން މިލްކަކަށް ވިއްޔޭހެހެހެ” ރާސިލް ވެސް ދާނިޝް ގެ ވާހަކައިގައި ބައިވެރިވެލިއެވެ.
“އޭތް އެހެރީ ކުރިމަތީ ތި ހޯދާ ޕަރީ” ދާނިޝް އިސްޖަހައިގެން ފޯނަށް ގެއްލިފައި ހުރި އިޒިކް ގެ ކަންފަތް ބުޑުގައި ބުނެލިއެވެ. އެއާއެކު އޭނާ އިސްއުފުލާލާ ބަލާލިއެވެ. އެވަގުތު އޭނާގެ ނޭވާ އަރުތެރޭގައި ތާށިވެގެން ދިޔައެވެ.
ނޭވާލާން ވެސް ހަނދާން ނެތުނު ފަދައެވެ. ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ކުރިމަތީ އެ ހުރި މުސްކާން އެވެ. އެހެން ރޭރޭ އާ ހިލާފަށް މިރޭ މުސްކާން ވަރަށް ރިއްޗެވެ. ނަލައެވެ. އޭނާ ގެ ދުލުން ތައުރީފް ކުރާނަމަ ތައުރީފް ގެ ބަސްތަށް ވެސް ހުސްނުވާނެއެވެ.
ހެނދުން މާ ގޮތް ބޮޑު ނޫން ކަމަށް ވިޔަސް ނަލައެވެ. ހުދުކުލައިގެ ހެދުމުގެ މޭމަތި ގަދަ ނޫކުލައިގެ އެސްތަކަކުން ޖަރީކޮށްފައިވާއިރު ފަހަތުން ވެއިލް ބައެއްދޫކޮށްލާފައިވެއެވެ. ފަހަތުން ދޫކޮށްލާފައި އޮތް ބޮޑު ފޮތިގަނޑުގެ ސަބަބުން ހިނގާއިރު އެބައި ބިންމަތީގައި ހޭކެމުން އާދެއެވެ. އަޅާފައިވާ ހުދުކުލައިގެ ވިދާ ބުރުގަލުގައިވެސް ވަނީ ރޯޔަލް ބްލޫ ކުލައިގެ ޑިޒައިން ތަކުން ޒީނަތްތެރިކުރެވިފައެވެ. އެ ހެދުމުގައި މުސްކާން ފެންނަ ލެތް ކިތަންމެ ހާވެސް ފުރިހަމައެވެ.
“ހޫމް ހޫމް… ދެން ދަމާ” ޒީޝާ އާއި ދާނިޝް އާއި ދެމީހުން ލޮލުން އިޝާރާތް ކޮށްލާ އެއްފަހަރާ ބުނެލިއެވެ.
ދާނިޝް އާއި ޒީޝާ އެކަކު އަނެކަކަށް ލޮލުން އިޝާރާތް ކޮށްލުމަށްފަހު އެއްފަހަރާ ބުނެލިއެވެ. އަދި އެ ދެމީހުން ގޮވައިގެން ސިޑިއާ ދިމާލަށް ހިނގައިގަތެވެ.
އައިލީޝް ވެސް ހިނގައިގަތެވެ. އެހެންނަމަވެސް ރާސިލް އައިލީޝް ގެ އަތުގައި ހިފާ އެ ދެމީހުންގެ ކޮޓަރިއަށް ވަނެވެ. އަދި ދޮރުފަތުގައި އައިލީޝް ލައްކޮށްލާ ހުރެ އޭނާގެ ނިތްކުރި ގެންގޮސް އައިލީޝް ގެ ނިތްކުރީގައި ޖައްސާލިއެވެ. “އައި އެމް ސޮރީ” ރާސިލް ބުނެލިއެވެ. އައިލީޝް ވީ ގޮތް ނޭނގުމާއެކު ކިހިންވީހޭ އިޝާރާތުން އަހާލިއެވެ. “އެރޭ މަތިން އަހަރެން ދުވަހަކުވެސް ހަނދާނެއްނުނެތޭނެ… އައިލީ އެހާ އަހަރެން ގެ ފަރާތުން ބަހެއްބުނާނެ ކަމަށް އުން މީދު ކުރިއިރުވެސް އަހަރެން އަޅައެއްނުލީމެއްނު… އެކަމަށް ސޮރީ… ދެން ވި ހުރިހާކަމަކަށް ވެސް” ރާސިލް ބުނެލިއެވެ. އެއާއެކު އައިލީޝް ވެސް ހިނިތުންވެލިއެވެ.
“އިޓްސް އޯކޭ… އަހަރެން މާފު ކޮށްފީމޭ… ރާސިލް ކުޑަކޮށް ދުރަށް ޖައްސާލާފައި އައިލީޝް އިޝާރާތުން ބުނެލިއެވެ. އޭނާ ގެ ތުބްފަތަށް ހިނިތުންވުމެއް މެދުވެރިވީ އޭނާ އާއި އައިލީޝް އާއި ދެމީހުން ގެ ދެމެދުގައި ވާހަކަ ދެއްކުމުގެ އެއްވެސް ހުރަހެއް މިހާރު ނެތީތީއެވެ.
“ދެން ހިނގާބަލަ… ދާން… އެކަމަކު ކިހިނެތްތަ ރާސިލް އަށް ބަސް ދަސްކުރަން ހިޔާލް އުފެދުނީ” ރާސިލް ގާތު އައިލީޝް އަހާލިއެވެ. އޭރު އޭނާގެ ތުންފަތް މަތީގައިވެސް ވަނީ ހިނިތުންވުމެކެވެ.
“އެނގެން ބޭނުންތަ… އާދޭ އަހަރެންނާ އެކު” ރާސިލް ބުނެލިއެވެ. އަދި އައިލީޝް ގެ އަތުގައި ހިފައިގެން ގޮސް އަލަމާރި ހުޅުވާލާފައި ތަޅުލާފައި އިންނަ ވަތް ގަނޑު ދައްކާލިއެވެ.
ރާސިލް އެ ހުޅުވާލުމާއެކު އައިލީޝް ވެސް އޭގެ އެތެރެ ބަލާލިއެވެ. އޭނާ އަށް މާކުރިންވެސް ރާސިލް އެ ފޮތް ކީކަން އެގުނެވެ. އެހެންކަމުން މިހާރު އެ ފޮތް ފޮރުވުމުގެ ހިޔާލް ވެސް އައިލީޝް ގެ ނެތީއެވެ.
“އައިލީ އަށް އެނގޭތަ.. ހަގީގަތް އެނގުމަށްފަހު އައިލީ އަށް އެހެން ހެދުނީ ތީ ވަރަށް ދެރަވި. ދެން މި ފޮތް ފެނުނީ… އެހެންވީމަ ހަމަ ހިތަށް އެރީ އައިލީ އަބަދު އެދެނީ އެހެން މީހުންނެކޭ އެތް ގޮތަށް ވާހަކަ ދެއްކޭނެނަމައޭ އެހެން މީހުންނާ ވެސް… ދެން އެހެން މިހެން އުޅެމުން” ރާސިލް އެއްލޯ މަރާލަމުން ބުނެލިއެވެ.
އެ ވަތް ގަޑު ގެ ތެރޭގައި އޮތް އެއްޗެއް އައިލީޝް ގެ ލޮލުގައި އަޅައިގަތުމާއެކު އޭނާ އެ ނަގާ ބަލާލިއެވެ. އޭރު ކޮންމެވެސް ވަރެއްގެ ހައިރާން ކަމެއް އޭނާގެ ލޮލުގައި ވިއެވެ.
“މީ ކޯންޗެއް؟” އައިލީޝް އޭނާގެ އަތުގައި އޮތް ކެވެލި ގަނޑު ނަގާ ރާސިލް އަށް ދައްކާލަމުން އިޝާރާތުން ދުވާލުކޮށްލިއެވެ.
“ތީ ދޯ… ވަރަށް ދިގު ވާހަކަ ތީ އިނގޭ… އެއްރޭ އަހަރެން ގޭން ދިޔަ ރެއަކު އެއީ ކޮންމެވެސް ކަމެއް ވެގެން… ވަރަށް ވިއްސާރަ ރެއަކު… ބަނދަރު ކައިރިން ވަރަށް ބާރަށް ދިޔަ އަންހެން ކުއްޖެއް…. އެ ކުއްޖާ ދިޔަ ލެއް ބާރުކަމުން ކަންނޭގެ ތި ވެސް އެޅުނީ… ފަހުން ފަހަތް ބަލާލިއިރު ގެއްލިއްޖެ… ތި ހިފައިގެން ގޮސް ގެއަށް ގޮސް… ހިތަށް އެރި ފައިނޭންޝަލީ ދަތި ކަމުން ވިއްކާލަން ވެސް… އެކަމަކުވެސް ނޭނގޭ ސަބަބަކާ ހެދި ހަމަ ހިތް އެއްބަހެއް ނުވި… އެއީވެސް ހަމަ އައިލީ ގޮތަށް ކަޅު ހެދުން ލާ އަންހެން ކުއްޖެއް…” ރާސިލް ވިސްނާލާފައި ބުނެލިއެވެ.
ރާސިލް ގެ ވާހަކަތަކުން އައިލީޝް ގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެފައި ވިއެވެ. އޭނާ ކުއްލިއަކަށް އެ ކެވެލި ކޮޅު ހިފައިގެން ހުރެފައި ރާސިލް ގެ ގައިގައި ވަރަށް ބާރަށް ބައްދައިގަތެވެ. “ވަޓް ހެޕެންޑް…” ރާސިލް އަހާލިއެވެ. “ރާސިލް އަށް އެނގޭތަ އެއީ ކާކުކަން” އައިލީޝް ދުރަށް ޖެހިލާ އިޝާރާތުން އަހާލިއެވެ.
“ނޫން ނޭނގޭ…. ކާކު؟” އައިލީޝް ލަދުވެތި ހިނިތުންވުމަކާއެކު އިސްޖަހާލުމާއެކު ރާސިލް ވާހަކަ ދެއްކިއެވެ.
“އައިލީ… އައިލީ ތަ އެއީ” އައިލީޝް ލަދުވެތިކަމާއެކު އިސްޖަހާލުމާއެކު ރާސިލް އަށް ދެވަނަ ސިކުން ތުގައި ބާރަށް ބުނެވުނެވެ.
އަޅޭ” ރާސިލް އަށް ބުނެވުމާއެކު އައިލީޝް ވެސް ދެވަނަ ފަހަރު ރާސިލް ގެ ގައިގައި ބައްދާލިއެވެ.
“އެރޭ އެއީ ބައްޕަ ކަމަކާ އައިލީ އަށް އަނިޔާ ކުރި ރެއެއް… ދޮންބެ ގޮވަ ގޮވާ ހުއްޓާ ވެސް އަޅާ ނުލާ އައިލީ ދިޔައީ… ހެހެ… ރާސިލް އާ ދޯ އެހެންވީމަ އެ ދިމާވީ ރަނގަޅެއްނު. ތީ ދޮންބެ އައިލީ އަށް ބާރތްޑޭ އެއްގައި ދިން ގިފްޓެއް… ވަރަށް ދެރަވި ގެއްލުނީމަ ހެހެ” އައިލީޝް ސިޑިން ފައިބަމުން ވީ ގޮތް ރާސިލް އަށް އޮޅުން ފިލުވައިދިނެވެ.
އެރޭ ކައިވެނި ކުރެވިގެން ދިޔުމާއެކު އެންމެން ގެ އަތްތިލަ ބަޑިން މުޅިތަން ގުގުމައިގެން ދިޔައެވެ.
ރާސިލް އާއި އައިލީޝް ވެސް އެ އުފަލުގައި ފުރިހަމަ އަށް ބައިވެރިވިއެވެ. އަންޖުމް ވެސް ހުރީ ލޯބި ލޯބި ހެދުން ކޮޅެއް ލައްވާފައެވެ. ރޯޔަލް ބްލޫކުލައިގެ ހެދުމުގައި އެ ތުއްތު އަންހެން ކުއްޖާ ފެންނަލެތް ނުހަނު ހިތް ގައިމެވެ.
އައިލީޝް އާއި ޒީޝާވެސް ހުރީ ރޯޔަލް ބްލޫ ކުލައިގެ ދިގު ހެދުމެއްގައެވެ. ހެދުމުގެ ފަސްބައި ދިގުކޮށްލާފައިވެއެވެ. އަޅާފައިވަނީ ހުދުކުލައިގެ ޝޯލް އެކެވެ. އެ ޝޯލް ގައި ވަނީ ނޫކުލައިގެ އެސްތަކެއް ބޮލާ ދިމާލުގައި ޖަހާފައެވެ. ހެޑް ބޭންޑް އެއް އަޅާފައިވެއެވެ. ދާނިޝް އާއި ރާސިލް އާއި ވެސް ހުދު ކުލައިގެ ގަމީހެއް ލާފައި ނޫ ކުލައިގެ ޓައީއެއް އަޅާފައި ތިބިއިރު ނުހަނު ސްމާޓެވެ.
ކައިވެނި ކުރެވުމާއެކު ދެން އޮތީ ތައްޔާރުކުރެވުނު ސަޔަށް އިންސާފުކުރުމެވެ. އެރޭ ހުރިހާކަމެއް ނިމްމާލެވުނު އިރު ހުރިހާ އެންމެން ވެސް ތިބީ ނުހަނު ވަރުބަލިވެފައެވެ. ކޮންމެ މީހަކުވެސް ބެލީ އަވަރަށް ގެއަށް ގޮސް އަރާމް ކޮށް ނިދާލެވޭތޯއެވެ.
އޭގެ އަނެއްދުވަހެވެ. ރާސިލް ކެއުމުގެ ވަގުތުގައި އިއްވާލި ވާހަކައިން އެންމެންގެ މޫނުމަތިން ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. “އައިލީ ގެ ބޭސް ކުރަން އަހަރެން އެބަ ނިންމަން ރަޝިއާ އަށް ދާން”
“ދާނިޝް އާއި ހިޝްމާވެސް އެކަމާ ނުހަނު ގަޔާވިއެވެ.
އޭގެ ހަފްތާއެއްފަހުން އެމީހުން ރަޝިއާއަށް ފުރިއެވެ. ފިނިދުވަސްކޮޅަކަށް ވުމުން ރަޝިއާގެ ގިނަ ހިސާބުތަކަށް ސްނޯ ފައިބަމުން ދިޔައެވެ.
ރާސިލް މެން ނިންމީ ސިޓީ އާއި ތަންކޮޅެއް ދުރުގައި ހުންނަ ކޮޓެޖް އެއްގައި ތިބުމަށެވެ. ކޮޓެޖް ގައި ތިބޭއިރު ހުދު ކަފަކޮޅެއްފަދަ ސްނޯތަށް ފައިބަމުން ދާ މަންޒަރު ނުހަނު ހިތްގައިމެވެ. ލޯ ގަނޑު ގެ ކުރިމަތީގައި ފިނިހެދުމުގައި ހުރި އައިލީޝް ސިހުނީ އޭނާގެ ފަހަތުން ރާސިލް އައިސް ބައްދާލުމުންނެވެ. އައިލީޝް ހިނިތުންވެލިއެވެ. “އިންޝާ ﷲ… އަދި އައިލީޝް އަށް ވާހަކަ ދެއްކޭނެ… ޓްރީޓް މެންޓް ނަގާނީ ދޯ” ރާސިލް އައިލީޝް ގެ ކޮނޑުގައި ދަތްދޮޅި އަޅުވާލަމުން ވާހަކަދެއްކިއެވެ. އެއާއެކު އައިލީޝް ވެސް ބޯޖަހާލިއެވެ. ރާސިލް ވެސް ހިނިތުންވެލިއެވެ.
“މަންމީ ޑެޑީ ކޮއްކި ބޭނުން ސްނޯގައި ކުޅެން” އަންޖުމް ދުވަމުން އައިސް އެދެމީހުންގެ ގައިގައި އޮޅުލައިގަތެވެ. ތިން މީހުން ސްނޯ ވެހެމުންދާ މަންޒަރު ބަލަން ތިބިއިރު ނުހަނު ހިތްގައިމެވެ. ހަމަ “ޕާރފެކްޓް” ފެމެލީއެވެ.
އައިލީޝް މެން ހޮސްޕިޓަލަށް ދިޔައިރު ވެސް މާހައުލު ފިނިކަމުން ޙީވަނީ އެހެންފަދަ ކަމެއް ހެންނެވެ. ޑޮކްޓަރަށް ދެއްކުމާއެކު ތަފާތު ޓެސްޓް ތަށް ހެދުނެވެ. ޓެސްޓް ތަކުގެ ނަތީޖާ ލިބުނީ ހީވެސް ނުކުރާހާ ގޮތަކަށެވެ. އައިލީޝް އަށް ވާހަކަ ދެއްކޭނޭ ކަމުގެ އުންމީދު ނުހަނު ކުޑަ ކަމުގައި ކޮޑްތަރު ބުންޏެވެ. އެކަމުން އައިލީޝް އަށް ނުހަނު ބޮޑު ހިތާމައެއް ލިބިގެން ދިޔައެވެ. ރާސިލް ގެ އުންމީދު ފުނޑު ފުނޑުވެ މާޔޫސްވެގެން ދިޔައެވެ. އެހެންނަމަވެސް އޭނާ އައިލީޝް ގެ ގާތުގައި އެކަން ނުދައްކާ ވޭތޯ ބުނެލިއެވެ.
އައިލީޝް ނިދާފައި އޮއްވާ އަންޖުމް ހޭލައިގެން އައީ ފިނިވެގެންނެވެ. އޭރު އަދި ފަހެއްޖަހަނީއެވެ. މެންދުރު ބޮލުގައި ރިއްސާތީ އުޅެފައި ނިދިގޮތަށް އައިލީޝް ވެސް އަދި ނުހޭލަނީއެވެ.
އަންޖުމް އުރާލައިގެން ރާސިލް ސިޓިން ރޫމަށް ނުކުތެވެ.
އަދި ލޯގަނޑު ކައިރިއަށް ގޮސް ހުއްޓުނެވެ. ދެބަފައިން ސްނޯ ވެހޭތަން ބަލަން ތިބިއިރު ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ. “ޑެޑީ… ކީއްވެ މަންމި ޓޯކް ނުކުރަނީ؟” ރާސިލް ގެ ތުންފަތުގައި ވި ހިނިތުންވުން ފަނޑުވީ އަންޖުމް ގެ ސުވާލުންނެވެ. “އަންޖޫ ޑެޑީ ދައްކާ ވާހަކަ ވަރަށް ކަނުލާ އަޑު އަހައްޗޭ” ރާސިލް އަންޖުމް އާއި އެއް ހަމައެއްގައި އިށީނދެ އިނދެ ވާހަކަ ދެއްކިއެވެ.
އަންޖުމް އާއި ކޮންމެވެސް ވަރަކަށް ވިސްނޭ ގޮތަށް އެ ވާހަކަ ކިޔައިދޭ ވަގުތު އައިސް ޖެހިއްޖެކަމުގައި ރާސިލް އަށް ވިސްނުނެވެ. އެހެންކަމުން އޭނާ އެވާހަކަ ދައްކަން ނިންމިއެވެ.
“އަންޖޫ… އަންޖޫ ކްލާހުގަ އިނެއްނު އެއްފަހަރެއްގައި އަޑު ނީވޭ ގާރްލް އެއްދޯ… އަންޖު ވަރަށް ހެޕީ ވެފަ އުޅެމެއްނު ކުޅެން.. ދޯ… ބައެއް ކުދިންނަށް ވާހަކަ އެއްވެސް ނުދެއްކޭނެ… އަނެއްބައި ކުދިންނަށް އަޑެއް ނީވޭނެ… އަންޖު ދެކުނީމެއްނު ނުހިނގޭ ކުއްޖެއްވެސް ދޯ… އެ ގޮތުން މަންމަ އަކީވެސް ވާހަކަ ނުދެއްކޭ ކުއްޖެކޭ… އެކަމު އަންޖު ދެރަނުވައްޗޭ… މަންމި އާ ވާހަކަ ދެއްކޭނޭ… ޑެޑީ ދައްކާ ގޮތް ފެނެއެއްނު ދޯ… އެގޮތަށް އަންޖު ދަސްކުރާނަންތަ؟” ރާސިލް އަންޖުމް އަށް ވިސްނައިދިނެވެ. އަންޖުމް ފުރަތަމަ ހުރީ ހައިރާންވެފައި ނަމަވެސް ފަހުން ރާސިލް ވިސްނައިދިނުމުން ހަމަޖެހުނެވެ.
އެމީހުންނަށް ނޭނގުނީ އެ ވާހަކަ އަޑުއަހަން އައިލީޝް ހުރިކަމެވެ.
“އެ ގޮތަށް ވީ ނަމަވެސް އަޅުގަނޑުމެން ޖެހޭނެ މަންމި މެން ވެސް ކަންކަމުގައި ބައިވެރިކުރަން އިނގޭ އަންޖޫ… ޖެހޭނެ މަންމި އަށް ވެސް ހިތްވަރުދޭން” ރާސިލް ގެ ވާހަކަ ހުރި ގޮތުން އައިލީޝް ގެ ހިތުގައި ރާސިލް އަށް ދެވިފައި އޮތް ދަރަޖަ އެތަށް ތަނެއް އުފުލިގެން ދިޔައެވެ.
އައިލީޝް އަށް ވާހަކަ ނުދެއްކުނަސް އޭނާ ބޭނުންވާ ގޮތް ރާސިލް ދެނެގަންނަ ގޮތް އައިލީޝް ގެ ހިތްހަމަޖައްސާދެއެވެ. އޭނާ އަކީ ނުކުޅެދުންތެރިކަމެއް ހުންނަ މީހެއްކަން އެންމެ ފަހަރަކުވެސް ރާސިލް އެއް ނުދައްކައެވެ. ރާސިލް އެ އިހްސާސް އައިލީޝް އަށް ކޮށެއްނުދެއެވެ.
އަށް މަސް ފަސް
***********
އެމީހުން ރަޝިއާއިން އަންނަން ޖެހުނީ މާޔޫސްކަމާއެކުގައެވެ. އޭރު އެހެންނަމަވެސް އަދިވެސް ކޮންމެވެސް ދުވަހަކުން އައިލީޝް އަށް ވާހަކަ ދެއްކޭނޭ ކަމުގެ އުންމީދު އެދެމީހުންވެސް ކުރެއެވެ.
އެމީހުން އައި އިރު ޒީޝާ ގެ ބަނޑަށް ވަނީ ނުވަމަސް ފުރިފައެވެ. އައި ދުވަހު ނޫން އަނެއް ދުވަހު ޒީޝާ ހޮސްޕިޓަކަށް ވިހަން ގެންދެވުނެވެ.
“ދޮންބޭ… ހަމަޖެހޭ” ޒީޝާ ވެއްދި ރޫމް ގެ ދޮރުމަތީގައި ހުރި ދާނިޝް ގެ ކޮނޑުގައިޖަހާލާފައި ރާސިލް ވާހަކަ ދެއްކިއެވެ. “ކޮބާ ކިހިނެތް ވަނީ” އެތަނަށް އިޒިކް އާއި މުސްކާން ވެސް އައެވެ. ޝިފާވެސް އައިސް ހުއްޓެވެ. މިވީ ދުވަސްތަކުގައި ޝިފާ އާއި އެމީހުންނާއި އޮތް ގުޅުންވެސް ވަނީ ނުހަނު ބޮޑަށް ބަދަހިވެގެން ގޮހެވެ. މުސްކާން އާއި ޒީޝާ އާއި ދެމީހުންގެ ގުޅުން ވެސް އެހާ ގާތް ވެފައި ވަނީ އެ ދެމީހުން އެކުގައި ޖަމިއްޔާގައި މަސައްކަތް ކުރާތީއެވެ. ޒީޝާ ވިހާ ދުވަސް ގާތް ވުމާއެކު އޮފީހުގެ ހުރިހާ ކަމެއްވެސް ކުރަމުން ދިޔައީ މުސްކާން އެވެ. އޭނާ އަކީވެސް މިހާރު އަނިޔާ ލިބޭ މީހުންނަށް އެހީތެރިވާ އެ ޖަމިއްޔާގެ އިސް މެންބަރެކެވެ.
ޒީޝާ ވިހެއީ ފިރިހެން ކުއްޖެކެވެ. ޕްރައިވެޓް ރޫމަކަށް ބަދަލް ކުރެވުމާއެކު ހުރިހާ އެންމެން އެ ރޫމަށް ވަނެވެ.
ތޭންކްސް ބޭބީ” ދާނިޝް ޒީޝާގެ ނިތަށް ބޮސްދެމުން ބުނެލިއެވެ. އެއާއެކު ޒީޝާ ހިނިތުންވެލިއެވެ. “ދެން އޮތީ އިޒިކް އާއި މުސްކާން ދޯ” ރާސިލް އެއްލޯ މަރާލަމުން ބުނެލިއެވެ. އެއާއެކު އައިލީޝް ވެސް ހަރަކާތް ކޮށްލަމުން އެއްބަސް ވިއެވެ.
ދާނިޝް އެ ލޯބި ފުށްގަނޑެއްފަދަ ކުއްޖާ އުރާލުމާއެކު އެ ދެކޮލަށް ބޮސްދިނެވެ. އުފާވެރިކަމުގެ ކަރުނަ އެ ދެލޮލުން ނީރާލާފައި ވެއެވެ. އެ ދަރިފުޅަށް ޓަކައި އެހިތް ލޯބިން ފުރިފައިވިއެވެ.
އެ އެންމެންގެ ތެރޭގައި އެކަކަށް ވެސް ނޭނގޭ ގޮތަށް ރާސިލް އަންޖުމް އަށް ލޮލުން އިޝާރާތް ކޮށްލިއެވެ. އެއާއެކު އަންޖުމް ލަދުވެތި ހިނިތުންވުމަކާއެކު އައިލީޝް ގެ އަތުގައި ހިފާލިއެވެ. “މަންމީ” އަންޖުމް އައިލީޝް އަށް ގޮވާލުމާއެކުއައިލީޝް ގެ އިތުރުން އެހެން ހުރިހާ އެންމެންގެ ނަޒަރުވެސް އައިލީޝް އަށާއި އަންޖުމް އަށް އަމާޒްވެގެން ދިޔައެވެ. އަންޖުމް ރާސިލް އަށް ބަލާލުމާއެކު އެންމެންގެ ނަޒަރުވެސް ރާސިލް އާއި އަންޖުމް ކުރެ އެކަކު އަނެކަކަށް އަމާޒް ވެގެން ދިޔައެވެ.
އަންޖުމް ބޯ ޖަހާލާފައި ރާސިލް އަށް ބަލާލުމަށްފަހު އައިލީޝް ގާތު އެދުނީ އޭނާ އާއި އެއްހަމައެއްގައި އިށީނުމަށެވެ. އައިލީޝް އެގޮތަށް ކަންތަށް ކުރުމާއެކު އަންޖުމް ވަކިވަކިން ފަހަރަކު މީހެއްގެ މޫނަށް ބަލާލިއެވެ. އަދި ހިނިތުންވެލާ އައިލީޝް އަށް ބަލާލިއެވެ. އަންޖުމް ކުރަން އުޅޭ ކަމެއް ނޭނގި ހުރިހާ އެންމެން ގެ މޫނުމަތިންވެސް ފެންނަނީ ހައިރާންކަމެވެ.
އެހެންނަމަވެސް ރާސިލް ގެ ތުންފަތުގައި ވި ހިނިތުންވުމުން އޭނާ އަށް ހުރިހާ ކަމެއް އެނގޭކަން އެނގެއެވެ.
އަންޖުމް އެންމެ ފުރަތަމަ އޭނާގެ މެއާ ދިމާލުގައި އަތް ޖައްސާލިއެވެ. އެއަށްފަހު މޭގައި ޖައްސާލާފައި ދެއަތް ހުރަސްކޮށްލިއެވެ. އަދި ދެވަނަ ފަހަރު އައިލީޝް އާ ދިމާލަށް އެ އިނގިލި ދިއްކޮށްލަމުން އައިލީޝް ގެ މޭގައި ޖައްސާލިއެވެ. އަންޖުމް ގެ އިޝާރާތުގެ މާނަ ނަގައިގަނެވުމާއެކު އައިލީޝް އަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. އަންޖުމް އިޝާރާތުން “މަންމާ” އޭ ވެސް ބުނެލިއެވެ. މި އަމަލުން އައިލީޝް ގެ އިތް ފުރިގެން އައެވެ. އޭނާ އަންޖުމް ގެ ގައިގައި ބައްދާލިއެވެ. ރާސިލް ވެސް އައިސް ތިރީގައި އިށީނދެ އެދެމީހުން އޭނާގެ އަތުގެ ތެރެއަށް ގެނައެވެ. މުޅި އުމުރަށް ހިމާޔަތް ދޭނަމޭ ބުނާފަދައެވެ. އައިލިޝް އަށް ވާހަކަ ނުދެއްކުނަސް އޭނާ އެކަންތަށް އައިލީޝް އަށް އިހްސާސްވިޔަކަ ނުދޭނެއެވެ. އައިލީޝް ގެ ނުކުޅެދުންތެރިކަމެއް ހުއްޓަސް އެ ކަމުގެ ސަބަބުން އައިލީޝް އަށް ލިބެން ޖެހޭ އުފާވެރިކަމެއް އެއްވެސް ހުރަހެތް ނެތް ކަންއޭނާ ސާބިތު ކޮށްދޭނެއެވެ. އެއީ އައިލީޝް ބޭކާރުކޮށްލަން ޖެހޭ ކަމެއް ކަމަށް އޭނާ ނުދެކެއެވެ. ވާޖަކަ ނުދެއްކުނަސް އޭނާ އައިލީޝް ދެކެ ފޫއްސެއްނުވާނެއެވެ. އޭނާ ހިތްވަރު އައިލީޝް އަށް ދޭނެއެވެ. އައިލީޝް އަކީވެސްމުހިންމު މީހެއްކަން އޭނާ އިހްސާސް ކޮށްލަދޭނެވެ. ދުނިޔޭގައި ތިމާ ހިންއެދޭ ކަންތަށް އެންމެ ފުރިހަމަ ގޮތަކަށް ނުވާނެއެވެ. ކޮންމެ މީހަކުގެވެސް ކޮންމެވެސް ކަމެއް ހުންނާނެއެވެ. އެއްވެސް މީހަކީ އެންމެ ފުރިހަމަ މީހެއްނޫނެވެ. ރާސިލް ގަބޫލް ކުރާ ގޮތުގައި ތަފާތު މީހުން ނަށް ބޭނުންވަނީ ތަފާތު އަޅާލުމެވެ. ތަފާތު ތަކާއެކުވެސް މީހުން ބަލަގަންނަން ޖެހޭނެއެވެ. ރާސިލް ގެ ހިޔާލްގައި އެކަކުވެސް ބާކީ ކޮށްގެން ނުވާނެއެވެ. ނުކުޅެދުންތެރިކަމެއް ހުއްޓަސް އުފަލުގައި ވެސް ދިރިއުޅެވިދާނޭކަން ރާސިލް ސާބިތުކޮށްދޭނެއެވެ.
ރާސިލް، އަދި އަންޖުމް ގެ ހުނުމުގެ އަޑު އެ ކޮޓަރިތެރޭގައި އިވިގެން ދިޔައެވެ. އައިލީޝް ވެސް ހިނިތުންވެލިއެވެ. އެންމެންމެ އަތް ތިލަ ބަޑިން އެތަން ގުގުމައިގެން ދިޔައެވެ.
***ނިމުނީ***
މި ވާހަކަ އަކީ އަޅުގަނޑު އަމިއްލަ ހިޔާލަކަށް ލިޔެފައިވާ ވާހަކައެކެވެ. އެއްވެސް ހާލަތެއްގައި ހިނގާފައި އޮވޭދާނޭ ނުވަތަ ހިނގާފާނޭ ކަމަކަށް ލާފާ ކޮށްފައި ލިޔެފައިވާ ވާހަކައެއްނޫނެވެ. ވާހަމަ ފެށިގެން މިހިސާބަށް ހިމީ އަށް ސަޕޯރޓް ކުރި ހުރިހާ ކުދިންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަމެވެ. މި ވާހަކަ މިހާ ހިސާބަށް ތިޔަ އެންމެހާ އެކުވެރިންގެ ސަޕޯރޓް އާ ނުލާ ނާދެވޭނޭ ކަމީ އެއްވެސް ޝައްކަތް އޮތް ކަމެއް ނޫނެވެ. ވުމާއެކު މި ވާހަކައިގެ މި އެޕިސޯޑް ތިޔަ އެންމެހާ ކުދިންނަށް ހާއްސަކޮށްލަން
ޖަޒާކަﷲ ޚައިރަން….
125 Comments
Comments are closed.
me first tha… miulhenii kiyaalan.. cant wait to knw wat happens
thankyou dear. vvv ufaavehjje. thankyou so much. kiyaalaafa hiyaaleh dhehchey dear. 🙂
Assalaam alaikum. Kobaa hurihaa kudhin. Story ves mioh nimuni. Pls let me knw how was cover and the story. Aslu ailee ah talk nukurevunima gina reders like nuvedhaane. Ekm ummeedhu kuran msg rh dhevunu kamah. Story ge therein thafaath gina msg thah dhevunu kamah himi ummeedhu kuran. Aslu ailee ah talk nukyrevey goi eyo himi first story ge plot reyviiruves nimmaafa in goi. Dhen beynun nuvi eythi change kuran. Hope u will like it. Still like it. ❤❤❤ Thiya enmehaa kiyun therinnah shukuriyya. Vvv bodah shukuriyya. Las v aslu cover ves hadhan jehunima. Ba eh readers ehchei kiyaaga hurima aslu v dheravi. Himi ah time v ves 11 vaan ulhenikoh. Avas avas koh liyelaafa up kohki. Vaufhu vrfa ves innaane mirey up kohkan. Ekam ves aneh dhuvahah dw mi vi. 12 ge fas v ma. Ummeedhu kuran maàf kuraane kamah. Gonna miss you sooo much. Guys. Much loves. Thankyou for the love support and care.
Jazakallah Khairan. ❤❤❤
Thanks himi
thankyou dear. 🙂
Masha allah vvvvvv reethi mi story…???❤❤❤dhen kon irah kun hi mi ge new story eh kiyaalan libeyny
thanks shanan. vvv ufaavehjje. In Sha Allah. liye nimunuhaa avahah up kohdheynan. 🙂
varah furihama mi vhk.. aasha heekuree ailee ah talk kureveyne kamah.. ekmves mi vhk nimmaalaafa in goii hama varah reethi. varah furihama.. aasha ge hithaa kulhelaifi mivaahaka.. himi ur ar a very talented person.. god bless u.. love u himi….nd tbh aasha avves vaaka nudhekkey, but my family and friends never let me feel like one, they are jus a blessing to my lyf.. i would like to say thnks to my family and friend nd yess thank you himi for writing such a wonderful story.. hithaa hama kulhelaifi…ly himi <3
Knme family eh vx aashaa ge family gothah visnaanama mikahala kudhin mujthamauga baaky eh nuvaane…
Ur family❤
Ma’sha allah
I agree pink. Aslu kulhe dhey meehun jeheyne dhen thibi meehun nah e heeve e meehun naky vex mujuthamau ge baeh kamu hadhan.
thankyou story kiyaa man. vvv ufaavehjje thi hiyaal faalhu kohlima. 🙂 ekudhinnaki ves v muhimmu ba eh. :):):)
alheyh aasha dear. himi vvv ufaavehjje ingey aasha ge comment eh fenunima. vvv ufaavehjje. aslu feel vi gotheh neygey bunaakah dear. ekam varah happy ingey famly and frnds ves aashaa aa eki thibeythy. In Sha Allah. himi ves mi huri hama aasha aa eku. In Sha Allah. much more loves aashaa. hama hageegathugaves aashaa aa dhimaa vi ma v ufaavehjje. 🙂
wow aasha.. im so happy tht u got motivated.. and its very nice to knw that ur family and friends never let u down..
this sory is the best story so far, thank you himi dear for writing this story..
Aasha ge comment fenifa varah ufaa vejji.. magey wife akeeves vaahaka nudhekkey meeheh.. marry kurithaa mihaaru 3 years nd we have 4 kid.. varah loabi wife eh eii inshaa allah.. dharinves varah rangalhu, mamma mennaa varah care kurey, nd ummeedhu kuran ekudhin boduvegen dhaa iruves hama egothuga thibeyne kamah.. magey wife mi vaahaka in veegoi kiyaidhineema harakaathun bunee ( aharennah thihaa care koh aharen dheke thihaa loabiveethee varah ufaavey.. thankyou for being there with me when all my dear ones left me.. i love u very very much.. plx never do leave me)
mi comment magey wife kiyaifiyya mee kaakukan eyna ah ingeyne kanneynge.. MY LOVE I WILL NEVER LEAVE U AND I WILL ALWAYS LOVE U..
thanks pink. 🙂
thanks light. varah varah varah ufaavehjje ingey. himi ge vaahakain msg thah libigen dhiyaithy ufaakuran. Alhamdhulillah! 🙂
alheyn nan neii dear. varah emotional comment thakeh mihuree hurihaa comment eh ga ves. himi varah ufaakuran hurihaa kudhin ves thihaa loabi koh comment kohlaathy. himi dheyn beynun vi msg eh dhevijje. ekam yageen vehjje. mi hurihaa commetn akun ves. reply las v thy sorry. hama bixi kamun. himi edheni abadhuves nan neii ah adhi wife ah ves kuri wrumaa kaamiyaab. Aameen. In Sha Allah. :):)
Himi V reethi ingeyh mi story ves . Aslu varah realistic Ailee ah talk nukurevuneema . I mean dhuniye ah anna iru vaahaka nudhekki bodu vaa kudhin , ehaa dhuvas v ma vaahaka dhekkumuge chance adhi varah kuda dhw . InShaAllah adhi ekamah kuraane faruvaa scientists hoadhaane . Ekam for the time being faruvaa eh netheema hama varah varah realistic . Story kiyan gavaidhun . Ekam ein konme faharaku comment eh nukohlevey . Ummedhu kuran HiMi ge vaahaka eh awas musthaqbalehga kiyaalan libeyne kamah . Himi ah adhah vure fehi maadhama akah edhen . Maaiy Allah thibaayah heyo rahumah lavvashi . Aameen
hehe. himi hama gasthuga ey ailee ah talk nukurevey gothah hedhy. aslu beynunvi msg eh dheyn. ummeedh kuran e msg deliver kohdhevunukamah… himi ah thihaa support koh himi aa eku hureethy vvv bodah shukuriyya… :):):) hehe. v ufaavehjje ingey yahy himi ge story gavaidhun kikan ingunima. himi ge dua aki yahee ah ves maai Allah kaamiyaab minvaru kurevvun. aameen.
masha allahu v v reethi nimunves fashunves ☺???????????????❤???????
Thankyou shaan. Vvv ufaavehjje. Himi ah thidhey support ah varah bodah shukuriyya. ❤?❤?❤?
Story is awsome….
Ma’sha allah ❤❤❤
Baeh myhunnah hyvefa onnany vaahaka nudhehkey kudhinnah ufaaveri lyf eh ulhumuge nasybeh nethey…
Bt himi ge story enmenah vx engeyne itx nt the right thinkin❤❤❤
Thankyou pink. Vvv ufaavehjje thi faalhu kohli hiyaal ah. Pink ge thinking ah himi ves varah thaaeedhu kuran. In sha Allah. And vvv ugaavehjje again. Thanks a lotxxx. ❤?❤?❤?
thiyakuri massakatha hama assaribahaa saabas. V habeys story eh mee vx.. waitin fr yo nxt story dear.. salaam???
Thankyou dear lotus thiya dhin support ah. Adhi hiyy varah. Himi vvv ufaavehjje. Adhi unmeedhukurani v avahah new story akaa eki bahdhal vaane kamah. Vvv avahah. Much loves. ❤?❤?❤?
Wowww ❤️❤️❤️???… Mi part vx v v v reethi ???❤️❤️❤️?????????… The whole story was hama fabulous ❤️❤️❤️???????????????… Superb Hi Mi ???❤️❤️❤️… Cover pic vx hama v v reethi ❤️❤️❤️??????… Anju haadha cute ey ??????❤️❤️❤️… So again pinky ge guesses right dhw… Ifoo ah majubooru kuruvy zaahidh n that keveli kolhuvx aee ailee ge ehcheh ???… V v v muhihmu message thakeh libigen dhiya mi story in ❤️❤️❤️????????????… Feelings thah vx v v v furihama ah genesdhin mi story ga vx n sifakurunthah vx hama v reethi ❤️❤️❤️?????????????????????… Hi Mi ge knme story ehvx v v v v reethi ❤️❤️❤️??????????????????… Mi Story akee vx mihaa thanah kiyunu story thakuge therein enme reethi eh story ???❤️❤️❤️???????????????… Good job Hi Mi ❤️❤️❤️?????????????????????… Hi Mi akee v v molhu writer eh Maa Sha Allah ??????❤️❤️❤️???… Hi Mi is the best ❤️❤️❤️??????????????????… Hi Mi akee ehen writer’s ah namoonaa eh pinky dhekey gothuga ??????❤️❤️❤️… Abadhuvx bunaa dhuvahah kameh dhimaa nuvanyaa or bxy noonihyaa Hi Mi story up kohdhey ❤️❤️❤️??????????????????… Hi Mi akee readers aa vx ehaa gulhey v friendly writer eh ❤️❤️❤️????????????????… Dhn neynge bunaane ehcheh vx ???… Hi Mi akee pinky ge favourite n hama best writer ❤️❤️❤️???????????????… I’m gonna miss u n ur story too ❤️❤️❤️?????????… Ummeedhukuran mi story ah vx Hi Mi beynun vi fadha supporteh pinky ge faraathun libunu kamah ❤️❤️❤️???????????????… Hi Mi ge new Story akah v v v inthizaaru kuran ❤️❤️❤️????????????… In Sha Allah next story ah vx pinky ge faraathun full support libigen dhaane ???❤️❤️❤️??????… Thankyou so much for the wonderful story n for the lovely replies ❤️❤️❤️?????? ????????????… Take care of yourself Hi Mi ❤️❤️❤️?????????… Love you Hi Mi ❤️❤️❤️?????????????????????…
pinky ge thi loabi comment fenifa himi vvv ufaavehjje. varah ufaavehjje. thihaa colurful koh comment koh abadhuves himi ah hiyy varu dhinithy fafashun shukuriyya. feshunissure ehves part eh miss nukoh comment kuri kujjeh thy. ekamah varah bodah shukuriyaa. eyi himi ah libunu varah bodu hiyy varah. unmmeedh kuran varah gina msg thah m story in ves dhevuu kamak. comment kiyaalaafa yageen vehjje himi beynun vi gothah reethi story eh genes dhevunukamah. much loves himi ge faraathn dear. :):):)
Masha Allah v v reethi
thanks shaa. vvv ufaavehjje. :):):)
Thank you dear for the lovely story…….hope to see many more story like this
thanks saifeena. v ufaavehjje himi aaeku hureethy. thi dhin support ah shukuriyya. 🙂
Masha Allh himi ge mivahaka v reethi love you ?❤❤❤❤
anks any. himi aa eku hureethy adhi support kureethy fafashun shukuriyya. 🙂
The story is really Awesome ❤ hope that we’ll get to read more stories of you. Keep going like this. Love you and wish you all the best ❤❤❤❤?
thankyou betty… vvv ufaavehjje story kamudhiyaima. adhi himi ah thidhin support ah. In Sha Allah. next story ves liye nimunuhaa avahah up kohladheynan. ekm himi kuda time kolHeh beynun ingey dear. much loves. 🙂
Alhey hi mi story ninmaaly dhw… Ninmaali goeh v v rythi… N v ves furihamaey buneveyny… V molhu igey hi mi ge mi story ves… N v v asaru gadha… Dhen avahah aneh story start kohdhy igey… Abadhuves jeheyne hi mi loabi loabi story eh kiyuntherinnah kiyaalan liben… Hama yagyn hurihaa kudhin ves inthixaaru kuraanankan… Me n babies alhamdhulihllah hama v rangalhu… Hi Mi ves rangalhu vaanekamah heekuran… Miss u…??❤??❤??❤??❤??❤?
thanks shann. vvv ufavehjje shannn ge support himi ge mi storyah ves libunima. himi ah libey enme bodu eh hiyy varaki hama gaimuves thi kahala loabi comments thah kan yageen. hehe. ehentha shann dear. In Sha Allah. next story ves liyenimunuhaa avahah nuny bodu bai liyevunima up kohlan fashaanna. kuda kuda inthixaareh ingey dear. and i am so happy shann and babies ves rangalhey bunima. will miss yh more. much loves. :):):)
stroy nice. AZIK aa mushkaan ge romantic thankolheh leenama v salhivees. new story akaaeku badhal kuraanekamah ummeedhu kuran
thanks dear. v ufaavehjje story kamudhiyaima. 🙂
In Sha Allah next storyves liye nimunuhaa avahah up kohla dheynan. nuny bodu bai liyevunima. 🙂
V reethi story nimun goeh waiting 4 tha nxt story
thanks riyaa. aslu himi furathama heekuree like ves nuvaane kamah gina kudhin ailee ah talk nukurevunima. ehennamaves konmeves msg eh ves dhinumuge beynumuga ehen nimaali. vvv happy kudhin like v ma. next story ves soon. In Sha Allah. keep waiting. much loves. 🙂
Masha allah vv salhi n vvv furihama.comm nukuri yass hama baraa barah kiyan.v salhi kuriyah dhiya goih.aslu hi mi men kahala kudhin thi koh dheny shukuru eyge ehme mathiyy dharaja inn hahgu mashah kathen.mi kahala stry thakun mi mujuthamau gai meehun dhekey goih badhalu veyy.adhi ekahala kan kamah fikuru kuran vex furushathu libeyy.
Keep it up hi mi. thiya kuri hihvarah.kon irakun nw stry eh kiyaalan libeyny.
Adhi cove pic vv salhi igey.ekam haadha meehun gina ey pic ga.
Waiting 4 nw stry.
-salaam hi mi-????
thanks story kiyaa man. vvv ufaavehjje. it means a lot. himi ah libey enme bodu eh hiyy varaki thi kahala loabi loabi readers ge thi support adhi commentts. eyi kuriah dhiyumah libey vvvv bidu hiyy vareh. hehe. cover dw. yh meehun gina vaane ehnu. story ge hurihaa coupes thah e thibi. raasil and ailee izik and muskaan. dhaan and ifu dhaan and zee. dhen anju. much loves dear. :):):)
Hodulevun sababu meth ehnu.
can u explain thankolheh bodah dear. zee ah viyya preg v ma. eba innaane kuee part ga. thankyou dear. 🙂
reethi ekamaku hykuri wareh nuwi……..
thanks dear. expect kuri varah nugendhevunithy maafah edhen. story kiyaalithy fafashun shukuriyya. dhen faharakun rangalhu kuran try kuraanan. In Sha Allah. 🙂
Alhey nimuneetha….
Vvvvv reethi… vvvvv furihama….. ????
yes dear. surprise ending eh mi hehe. vvv uaavehjje kamu dhiyaima. much loves and thanks. 🙂
Himi varah reethi story. First episdoe in fashaigen ehves episode eh dhookoh nulaa hurihaa baeh kiyan. Himi liyunu emme reethi vaahaka mee❤️ nimunuma varah sad ekm kme kamakah ves nimumeh annaane dho hehe
Will miss this story and you deae ❤️❤️❤️❤️ dhen konirakh himi ge new story eh kiyaalan libeyny? Varah beynun new story eh adhi kiyaalan. All the best fornyiur future ❤️ in sha allah you will become one of the bst writer in maldives.
thanks reader. vvv ufaavehjje ingey. will miss you more ingey. himi ge loabi readers mathin hama gaimuves himi va handhaan vaane. mi himi aamukoh kuraakamakah v ma aadhavefa hunanani ves comment thah kiyumaa vaahaka dhehkumaa readers aa. vvv ufaavehjje. it means a lot. much loves. 🙂 vvv bodah shukuriyya. reader ah ves faaathi musthagbalakah himi edhen. In Sha Allah. 🙂
Reethi mivaahaka vs
thankyou mal. 🙂
Alheyy… masha allah.. this stry is jxt awesomee…????????superbb..????? vrh vrh reethi… ???????… its owk aily ah vhk nudhhkunas.. cox it gives a great msg at the endd…xaahidh hrdha gwheyy.. i hate him..??????.. tht anjum is soo cute.. ????.. mi stry mathin hrdha miss vrneyy.. btw himi mathun adhi maa bodahh s miss vrne… cox yu r the bst writer… whn nxt stry? Curiously waitin… lysm… ????❤❤❤??????????????⚘⚘⚘????????
thanks mishy. msg eh dhevuniyya evi hehe. himi v ufaavehjje mishyge comment kiyaalaafa. mail eh ves nukohlevey dw himi ah. hehe. will miss dw anjum ves. shes sooo cute asluves. next story ves IN SHA ALLAH. soon genesdheynan wait kurahechey dear. much kore loves from me ingey. :):):)
Masha Allah mi partves haadha reechey haadha furihamayey????❤??himi dhoony himi thidhiny vvvv muhihmu msgeh aslu mimujuthamauga haahsa eheeah beynunvaa kudhin thibeny baakee kihlaafa ekudhinnah alhalaa bayaku nuthibey vaahaka nudhehkunas adhi ehen kameh viyas ekudhingeves hahguthakeh onnan vaane dhw himi dhooni vvvv ufaa vejje mi story migothah genes dhinyma thnx dear???????????story feshigen nimendhekah xaan nukiyaa enme partehves neennaane eh partah vure aneh part reethi foohi kameh nethi vvvvv reethi mistoryves??????xaan bunaany himi varuge vaahaka liyun theriyeh nethey hama thee xaange enme best?????????story kiyaa iru hama heevany filmeh balaalevey hen hama ehaaves reethi❤❤❤❤❤❤❤❤❤waiting next story mis u dear???????????????
Thankyou for the comment dear xaaan. Hageegathugaves they need our support. They can also be a part of our society. Vvv ufaavehjje xaaaan ge thi hiyaal ah. Vvv las vehjje dw reply ves. Ekamakuves bixi v hama ingey dear. Story liyamun dhiyabiruves himi hithah aramun dhiyae e gothashey nimmaani. Ailee ah talk nykurevey gothah. Himi beynun vi gothah msg ves deliver kohdhevijje. Alhamdhulillah!❤
Thankyou xaaan. Dear. Will miss u more. In Sha Allah. Much loves. ❤?❤?❤?
Himi ge adhi eh story genesdheebaa?? i love reading your stories
In Sha Allah. Soon dear. Much loves. Thankyou so much for the support. ❤?❤?❤?
vrh nice story eh??…lov the story??….will miss you Hi Mi???…..much loves????
Awwwn. Will miss u more. In Sha Allah. Thanks guys. And thankyou ingry vvvvv bodah. Much loves. ❤?❤?❤?
masha allah himi vrah salhi
Thanks riya. ❤?❤?❤?
oh hi mi i just love this story i’ll miss u so soooooo much hi mi vvv bodah plxxx come back soon plss………….
nd the cover pic hama mi story aa vv gulhey vv loabi thanks hi mi for the lovely story……. ly
Alheyh. Cute cute unique dw miulheny. Himi ves v miss vaane ingey dear. Thankyou so much mihaa dhuvahu himi ah dhin support ah. Much loves. ❤?❤?❤?
The story was amazing ?cover pic vrh salhi igey.?…nd vrh miss vaane himi muthin…hope to see you soon…❤
Thanks dear. It means a lot ingey. Vvv ufaavehjje. V ufaavehjje asluves. Ingey dear. Mill miss more. Much loves. ❤?❤?❤?
Alheyy story nimuny dho varah salhi masha Allah thanks himi
Thanks livee. Vvv ufaavrhjje. Thanks a lot. Ingey dear. ❤?❤?❤?
Masha Allah himi ge mi story mi nimuneedho
Vv reethi mi story ves
Aily ah talk kureveyne kamah heekuree
Ekam maa iburaitheri dho mi go thah veema
Hama vv reethi
yes dear. stiry in msg ves libijje dw. thanks for the support allthe way ingey. much loves. 🙂
Himi….angaa ves nulaa this nimmaa Lee. anjel ahh shokehh libunii nimunii jahaafa in than fenunyma….hehe …. vaahaka varahh salhi ingey. Masha Allah ….cover pic ves varahh salhi….dhen feshuny it ves ingey himi ge story ehh v ma salhi vaane kan hehe….ailee vaahaka dhekkeyne goyy hadaidheyshey keendhw anjel ves varah ekam aslu rangalhu vaahaka dhekkeyne goyy nu hedhias cause the main thing about the story was ailee being mute….varahh miss caane himi mathin hiyy edhunas fashan gasthu kuranii kihaa dhuvahaku ehaa dhigu inthuzaarehh nu kuruvahche himi….mi dhuvas kolhu kiun emme salhi vaahaka thakakii himi ge AADHEYS KURAA HIYY VEY ROMUN…and Lara ge bunedheyshey ruhemey series vaahaka akahh acctually anjel kianee ves varahh madhu series vaahaka…..aslu ingey Tha anjel men rashuga ulheny ne aileesh ehh so vaahakaige kurii kolhu e ailii sifa vanii.hehe…himi ge vaahaka thakuga dhanna meehun ge names beynun kuran tha…anjel varahh beykaaru vaahaka dhakka dhw…. LOL..so anjel bunii next story Avahah fashahhcheyy ..mihaaru himi thivany readers ge life ge part akahh bes vefa …. special anjel ge….may God bless you…and thank you for presenting such a lovely story …..love you himi….?????????????????????????????????????????????????????????hi
alheyh. loabi loabi anjel dear dw miulehny. himi vvvv ufaavehjje himi ah thihaa suport dhinima. himi ummeedhukyran ingey himi ah abadhuves thi gothah supoort kuraane kamah. and yh hehe. varah kullli aka dw mi nimuni. surprise koh nimmaali. hehe. dhen ibrah libunima varah ufaavehjje. varah vvvv ufaavehjje ingey himi ge story thah like vaathy. dhen anjel mathin ves v miss. aslu sorrt ingey reply late v ma. mi part ge hurihaa comment thakah reply kurevunima aneh story ves up kra fashaaneeve. bixi kamun aslu story aa ehaa noolhevey. : much loves dear. miss vey more. :):):)
Wheww ..how I waited for ur reply…
Hey himi … story b salhi and cover ves….himi plz bunedhyba himi cover photo hadhaa goyy…. I actually wanted to make a pic for cover but neyngun pleas reply please please please please please please please please please
thankyou dear. corel in hadhani. much loves. 🙂
Wow. Story vvvvvvv rythi. Maasha allah … waiting new story eh upload vaane irakah…. himi ge story thah vvvvvvv taf…..
thanks shaai. vvv ufaavehjje. himi abadhuves masah kai kuraanan reethi story thakeh genesdheveythoa. In Sha Allah. 🙂
Vaahakaige nimun vs hama vv salhi ??obinass to the max. ???? n thax hi mi. Afy dhin idea a hi mi balaigatheema. Cover foto change kolleema???? salhi.good luck to next story. Waiting…
thankyou afy. himi varah ufaavey afy men kahala kudhin abadhuves hyaal dheythy. e hiyaal thah balaiganegen kuri ah dheveythoa mi masah kai kurani. In Sha Allah. much loves dear. 🙂
Vvv reethi vaahaka himi ❤? aa vaahakayakah inthizaaru kuran ☺
In Sha Allah. soon. thanks dear. 🙂
himi story nimuny dhw atlast. overall koh i am very satisfied with the story. love it. aili ah tlk nuvima kudakoh sad. But story hama best ey bune veyni. A happy ending at last. love it so much. waiting for ur new story gonna missya story alot.
yh dear. sad vi namaves maa ibrai theri dw. himi hama plam kohfa in goi mi kurin ves. thanks a lot. ingey much loves. gonna miss yh too. much loves. 🙂
Alhey story nimuny dho ??Dhena neh vaahaka up kuran fashaakah nuveytha?hope you will up that story very soon. Mi story ves varah reethi. Himi mihaathanah liyun 3 story ves varah reethi. Love it ❤???????????
thanks raifa. much loves. 🙂
Awwwww ???? story v v v vv v v v v v reethi ?? v maana fun msg libun story in just loved it ? ur just an awesome writer ?? y don’t u release this stry as a book I think it will be great ? just an opinion igey ? I read all ur stories its just great??? when is ur next story ⁉ curiously waiting for next story ☺☺☺☺ jazakallah khairan ❤ much love hope ur next story v avahah kiyaalan libeyne kamah ?????
thanks shiya. haadh ufaavehjjey. himi ah thikahala loabi readers libeythy. hehe. much loves from me. thanks. :):):)
V nice
thankyou nathoo. 🙂
Vaahaka nimigen dhiyairu ves neygunu ifsha dhaanish ge name bunan jehunu sababey..majbooru kurigothey… story v reethi…
sorry dear. ebai innaane rangalhu kohlaafa. thanks. 🙂
Masha Allah vv reethi mi story…. ending vx hama habeyss… ly himi… waiting for a new story of u….. 🙂
thanks shif. much loves. 🙂
Asl mivaahaka ga ehaa asareh neh.maa gina meehunge baitha onnaathi ehaa kamaku nudhey. Main character akee koba kameh neyge. Himi dhen vaahaka liyaa iru mikan ragalhu kohlaathi. Sifa kurun tha mivaahakain nufeney
its okay dear. ekam mi vaahaka aki ekeh nun baivaru meehun ge dhiri ulhumuge mahchah binaakoh liyunu dhigu vaahaka eh vima emeehun ge dhiri ulhumaki ves muhimmu bayeh kamugawi himi dhekuni. 🙂
v reethi ..alhey nimuny dhw bt himi ge next story fashaanan dhw varah avahah…waiting…vvvvvvvvvvvvvvvvhabeys…>3>3himi thy vvv best writer eh vvvv caring , understamding, friendly and kind…
thanks thi comment ah. varh ufaavehjje. himi aa medhu thi bahahtaa gaai kamah. abadhuves visnani thi enmehaa kiyun therin ufaavaane beynun vaanefadha gothakah genesdheveythoa. 🙂
Nice story
?
thanks dear. 🙂
It’s a beautiful story
thanks dear. 🙂
mi story varah salhi.. varah unique.. aamukoh hama hurihaa story thakuga ves main character akee nukulhedhey kujjennama knmes gothakun kulhedhey goii vaane.. eii thanakun vettigen noonii misaalakah mivaahaka ah balaairu like anjum ah nooni raasil ah knmes gothakun aniyaa eh liben ulheythii emeehunnah govan ulhumuge thereyga aileesh ah vaahaka dhekkidhaane… but aslu mivaahaka varah realistic… actually mi vaahaka in nukulhedun huri kudhinnah adhi haassakoh kulhedhey meehunnah varah ves furihama mssg eh eba dhevey… ” BEING DISABLED PERSON DOESNT MEAN THT HE/ SHE SHOULD BE SEPARATED FROM OUR SOCIETY, THEY ALSO CAN LIVE A LIFE LIKE NORMAL PERSON, THEY JUST NEED SUPPORT” and anyways kulhedhey meehunnavvure nukulhedhey meehunge maa rahum hurey, they knw to respect and value others…
himi thankyou for writing such a realistic, wonderful story. this story is the BEST dhivehi story i have ever read in my life.. thankyou himi dear thankyou
alheyh. light. ufalun bunaane ehchei ves neygunu. light ge thi msg febifa varah ufaavehjje. thy hama himi ves bunan beynun vaa vaahak eh. varah thedhu vaahaka eh ligt thibuni. light ge thi msg in ves ethah bayakah ibrai libigen dhaane kam yageen. himi varah ufaavehjje thi kahala reader eh mi story kiyaalima, adhi comment kohlima. sorry for the late repky and for te short repky. much loves from me. thankssss… :):):)
Thnkss hi mi for a lovely story???? story v v v v v v v v v v v v v v v v reethii??????❤?????❤???❤????❤??????
thanks dear. much loves. 🙂
hi, himi i have sent a mail pls check
checked dear. 🙂
Himi desparatley waiting for ur new story
In Sha Allah. soon ingey dear. 🙂
Koirakun new story eh liyaanee hi mi dhooni??? waiting waiting???????
In Sha Allah. soon ingey dear. 🙂
Vvvvvv lobi
thankyou dear. 🙂
himi jus luv the story and missed it so much himi i cant type long ifu phn anehkaa massalajehigen v haalun mi kiyaalyy
will miss yaa himi
urs biiiigggggest fan ifu
stiiiiiiiiillllllllll willllllllll miss yaaa himi
its okay ifu. himi ves bixi kamun long reply thah nukurevigen miulheny. beynun last part ah v ma kuran ves. hehe.v ufaavehjjen,ike v ma. much loves. 🙂
plx himi mail send kohdhy baa
ifu mail eh hedhi dhuvahakun himi ge stories beynun ehenve
[email protected]. mi mail ah msg kohlima himi aa vaahaka dhahkaalevidhaane. thanks ear for the support. 🙂
Mis u himi dhooni koniraku story up kurany nw kiyaahithun keh nuvegen miulheny
alheyh xaaaan. miss vey too bixi kamun nulhevigen miulheny. ekm ves sooon. IN SHA ALLAH:)
Masha Allah v v v reethi ninmun varah bodah rohvalaifi adhi ehame ufaavesvehjje hi mi hama molhee varahfurihama vaahaka adhimujutamauga haasaeheebeynunvaa meehunah devenjehey alhalunkuda ekamun mikahalavaahaka akunvrs kitanme meehege dekey goth badaluvegendane vv bodah shukuru ariskuran beynun mikahala ragalhu message takeh hi mi ge vaahakain libigen datee adives ehfaharu shukuriyya adhitikuraa hivarah saabasden love ??????????♥️? aysh
thanks aysh. vvvv ufaavehjje. himi ah thidhey supprt ah fafashun shukuriyya. sorry for the late reply ves. ekames hama reply kohli. fennaane kameh ves neyge dw. hehe. las v ma. aush ah kamu dhiya ithy v ufaavehjje. much loves again. miss vaane iggey dear. 🙂
V v salhi story…keep it up girl…bless u dear..