އެހެންދުވަސް ދުވަހާ ހިލާފައް މިއަދު ނީމްގެ މަސައްކަތް އަވަހައް ނިމުމުން ލަމްޔާ އާއިއެކު ރަސްފަންނަށް ނީމް ދިޔައެވެ. ހަވީރު ގަޑިކަމުން އެކި އުމުރުފުރައިގެ މީހުން ހިތްހަމަ ޖައްސާލަންށާއި މޫދައް އެރެން އައިސް އުޅެއެވެ. ” އޭ ނީމް ހިނގާބަ ޖޫގޯގަންނަން މަށާއެކު” ލަމްޔާ ނީމް ކައިރީ ބުންޏެވެ. ނީމް ވެސް އެއްބަސްވުމުގެ ގޮތުން ބޯޖަހާލުމައްފަހު ލަމްޔާ އާ އެއްކޮއް ދިޔައެވެ. ******************************************************** ހަވީރުގަޑީގަ ޔޫއާން ފޫހިވެގެން އެނދުމަޗައް ވެއްޓިފަ އޮތެވެ. ރީމް ވެސް ސުކޫލުގައި ވުމުން ސަކަރާތް […]
ނިދަންއޮތް ނީމް އަށް ހޭލެވުނީ މީހަކު ހުއްޓަނުލާ ދޮރުގައި ޓަކިޖަހާ އަޑަށެވެ. ކަންނެތް ކަމާއެކު އާ ފުރިލުމައްފަހު ފޯނު ނަގާ ގަޑި ބަލާލި އިރު ކަމަކުދާކަށް ނެތެވެ. ގަޑި ޖެހެން ހުރީ 15 މިނެޓަށް ވެފައެވެ. އޭރުވެސް ހުއްޓާނުލާ ޓަކިޖަހާ އަޑު އިވެއެވެ. “ދަރިފުޅާ ނީމް މިހާރު އެއޮއް އޮފީހައްދާ ގަޑި ޖެހެނީ” ނީމް ގެ މަންމަ ނޫރީން ގޮވާލި އަޑު އިވުނެވެ. “ލައްބަ މަންމާ އަޅުގަނޑު ހޭލާފިން” މިހެން ބުނެލުމައްފަހު އަތުގައި އޮތް ފޯނު އެނދުމައްޗައް އެއްލާލުމައްފަހު […]
ނިދަންއޮތް ނީމްއަށް ހޭލެވުނީ މީހަކު ހުއްޓާނުލާ ދޮރުގައި ޓަކިދޭ އަޑަށެވެ. ކަންނެތްކަމާއެކު އާފުރިލުމަށްފަހު ފޯނު ނަގާ ގަޑި ބަލާލި އިރު ކަމަކުދާކައްނެތެވެ. އޮފީހައްދާ ގަޑި ޖެހެން ހުރީ 15 މިނެޓަށް ވެފައެވެ. އޭރުވެސް ދޮރުގައި ހުއްޓާނުލާ ޓަކިދެމުން ދިޔައެވެ. “ދަރިފުޅާ ނީމް މިހާރު އެއޮއްގެން އޮފީހައްދާ ގަޑިޖެހެނީ” ނީމްގެ މަންމަ ނޫރީން ގޮވާލި އަޑު އިވުނެވެ. “ލައްބަ މަންމާ އަޅުގަނޑު ހޭލައިފިން” މިހެން ބުނެލުމައް ފަހު އަތުގައި އޮތް ފޯނު އެނދު މައްޗައް އެެއްލާލުމައްފަހު އަވަހައް ތައްޔާރުވާން […]
އަންޖަލް ބުނެގެން ފެން ފޮދެއް ބަލައި ބަދިގެއަަށް ވަން މާނީއަށް އާރާޝް ބުނި ވާހަކަ އަޑު އިވުނެވެ. އެއާއެކު އޭނާގެ ހިތުގައި ޖެހުނެވެ. އާރާޝް ކުރިން ވެސް އެހެން ބުނެއެވެ. ގިނަ ފަހަރަށް ބުނާނީވެސް އޭނައާ ދިމާއަށެވެ. އެހެނަސް މިއަދު ވީ ފަދަގޮތެއް ނުވެއެވެ. ބަދިގޭ ދޮރުމަތީ ހުރި މާނީ ފެނުމުން އާރާޝްއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. މާނީއަށް އެ ވާހަކަ އަޑު އިވުމުން އާރާޝް ދެރަވާގޮތްވިއެވެ. “މާނީ އާރާޝް ބުނީ މާނީއަކާ ނީންނާނަމޯ!” އަހުސަމް އާރާޝް […]
އަރްޝާދް މާލެ އަންނާނެ ދުވަހެއްގެ އިންތިޒާރުގައި އަފްރީން ހުންނަތާ ތިންމަސް ވެއްޖެއެވެ. މިރޭވެސް އެނދުގައި ދެކޮޅަށް ފޮރޮޅިލަ ފޮރޮޅިލާ އޮތީ އަރްޝާދްގެ ޚިޔާލުތަގައެވެ. ހެނދުނު އަށެއް ޖެހިއިރު އަފްރީން ހުރީ އަފްޝަންމެން ގޭގައެވެ. ސުހެއިދު އޮފީހަށް ދަމުން ދިޔައީ އަފްރީން އެގެއަށް ލާފައެވެ. ކުޑަކޮށް ދުވެލާފައި ދޮރުން އެތެރެއަށް ވަން އަފްރީންގެ ފިޔަވަޅުތަށް ހުއްޓުނީ ދޮރުން ނިކުންނަން އައި އަރްޝާދް ފެނިފައެވެ. ހަމައެކަނި ކަކުލާ ހަމަައަށް އަންނަ ކުޑަ ސޯޓުބުރިއެއް ލައިގެން ހުރި އަރްޝާދްގެ ކަސްރަތީ ހަށިގަނޑު […]
މާޒީ…… ކުލަ ގަދަ ހަފްލާއަކަށް ފަހު އައްމާރާއި އާލާގެ ކައިވެނި ކުރވިގެން ދިޔައެވެ. ކައިވެނި ޕާޓީ އޮތީ ރަށުގެ އަތިރިމަތީގައެވެ. ހަނދުވަރުގެ އަލިން މުޅި ސަރަހައްދުވަނީ އަލިވެފައެވެ. ދޮންވެލިގަނޑު މަތީ ބޮޑު މޭޒެއް ބަހައްޓާ ތަފާތު ވައްތަރުގެ ކާނާތައް ވަނީ މޭޒުމަތީ އަތުރާފައެވެ. އަތިރިމަތީގެ އެކި ސަރަހައްދުގައި ވަނީ މޭޒު ބަހައްޓާފައެވެ. ކޮންމެ މޭޒެއްގެ މަތީގައި ހުދު ފޮތިގަނޑެއް އޮތީ އަޅާފައެވެ. އަދި ފޮތިގަނޑުގެ އެކި ހިސާބުތަކުގައި މަޑު ނޫކުލައެއްގެ ރިބަން އެލުވާާފަ ހުއްޓެވެ. ކޮންމެ މޭޒެއް […]
ޢިމާރާތުގެ ދިހަވަނަ ބުރިން ފުންމާލިއިރު އަހަރެންގެ މުޅި ހަޔާތް ވަނީ ހިތާމައާއި ހިތްދަތިކަމުން ފުރިފައެވެ. ޙައްލުކުރާނެ މަގެއް ނެތި ހަމައެކަނި އަހަންނަށް ފެނުނު މަގަކީ އަމިއްލައަށް މަރުވުމެވެ. ފުންމާލާނީ ބާ އޭ، ނުފުންމާލާނީބާވަ އޭ ހިތަށް އަރަމުން އެންމެފަހުން ހަމަ ފުންމާލީމެވެ. ނުވަ ވަނަ ބުރިއާ ހަމައަށް އައި އިރު ކަމަކުދާކަށް ނެތެވެ. އެދެމީހުންގެ ލޯބީގެ ވާހަކައާއޮ ހަމަޖެހޭ ދިރިއުޅުމުގެ ވާހަކައިން މިސާލުޖަހާލެވޭ ދެމަފިރިން ޒުވާބުކޮށް ގަޔަށް އަތްލަނީއެވެ. ހަޤީގަތުގައި މީ އުފަލުގައި އުޅުނު ބައެއް […]
އިސްތަށިގަނޑު ތެރެއަަށް އަތް މަހާލަމުން އިވާން ގޮނޑިއެ ތެރެއަށް ވެއްޓިގަތެވެ. އަރައިގެންފައި ހުރި ރުޅި މައިތިރި ކުރުމަަށްޓަކައި ސިނގިރޭޓެއް ދަމާލިއެވެ. ފޯނު ކަނޑާލުމަށްފަހު މާނީ އަހުސަމަށް މެސެޖު ކުރިއެވެ. އިސްރާގެ ނަންބަރު ހޯދަން އިވާން ގުޅިވާހަކައެވެ. މާނީގެ މެސެޖް ފެނުމާއެކު އަހުސަމްގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އިވާން ގުޅި ވާހަކަ އިތުރު މީހަކައި ހިއްސާ ނުކުރުމަށް އަހުސަމް މާނީ ގެ ކިބައިން އެދުނެވެ. އިވާން އިން ތަނުން ތެދުވީ ދެތިން ސިނގިރޭޓު ފޮށި ހުސްކޮށްފައެވެ. އޭރު ހުއްޓުމެއް […]
ރޭގަނޑުގެ ކެއުމުގައި އޭނާގެ ކާފަ ދަރިންގެ އެކުވެރިން ބައިވެރިވުމުން ސުހެއިދު ހުރީ ވަރަށް އުފާވެފައެވެ. އެއިން ކޮންމެ ކުއްޖަކަށްވެސް ހަދިޔާއެށް ސުހެއިދު ދިނެވެ. އާލާއާ އައްމާރާއި އެއްމޭޒު ދޮށެއްގައި ކާން ޖެހުމުން އިސްރާއަށް ރަނގަޅަށް ކެވޭ ގޮތެއް ނުވިއެވެ. އެންމެ ރޮށްޓެއް ކާލުމަށްފަހު އޭނާ ކެއުން ނިންމާލިއެވެ. އަހުސަމް އަށްވެސް ރަނގަޅަށް ކެވޭ ގޮތެއް ނުވިއެވެ. އަކްމަލް ކާން އިންގަޑީ އިޝްމާއަށް ކުދި އުނދަގޫ ކުރަމުން ދިޔައެވެ. އިޝްމާ އިނީ އޭނަގެ ކުރިމައްޗަށް ވާ ގޮތަށް ކަމުން […]