“އިޝް. މަށަށް އިނގޭ މީގެ އަހަރުތަކެއް ކުރިން މަށަަށް އިޝްގެ ހިތުގަ ޖެއްސުނުކަން. ލޯބިވަމޭ ކިޔާފަ ދޮގު ހެދުނުކަން. އޭރު އަހަންނަކަށް ނޭންގެ ލޮތްބަކީ ކޯޗެއް ކަމެއްވެސް. އަހަރެން އޭރު ބޭނުންވީ ވީހާވެސް ގިނަ ކުދިން އަހަރެންގެ ލިސްޓަށް އަރުވަން. އަހަންނަކީ ކާމިޔާބު މީހެއްކަން އެންމެންނަށް ދައްކަން. އިޝް އެހުރިހާ ކަމެއް ބަދަލު ވެއްޖެ. އަހަންނަށް ވިސްނިއްޖެ ލޮތްބަކީ ކޯޗެއްކަން. އިނގޭ މިހާރު އިޝްއަށް އުނދަގޫ ވާނެކަން މަށަަށް ޓްރަސްޓު ކުރަން. އެކަމު އިޝް އަހަންނަށް އިޝްދެކެ […]
އަޅުގަނޑު މި ސައިޓަށް ލިޔާ ފުރަތަމަ ވާހަކަ “ހިތް މަގޭ ދެވިއްޖޭ” ގައި އުޅޭ ކެރެކްޓަރުންނަށް ނަން ދިނުމުގެ ފުރުސަތު ހުރިހާާ ކިޔުންތެރިންނަށް ހުޅުވާލަމެވެ. އަންހެން އަދި ފިރިހެން ވަރަށް ރީތި އަދި ތަފާތު ނަންތަކެއް ކޮމެންޓުގެ ޒަރިއްޔާއިން 1 އޮގަސްޓުގެ ކުރިން ފެންނާނެ ކަމަށް އުންމީދުކުރަމެވެ.
މުޅި ދުވަސް މާނީ ހޭދަ ކުރީ ސުހެއިދު ގެނައި ޖާޒީ ހިފައިގެންނެވެ. ލިބިދާނެ ކަމަށް އުއްމީދު ނުކޮށް ހުއްޓައި ސަލާހުގެ އޮޓޮގްރާފް ލިބުމުން މާނީއަށް ބަޔާންކުރަދަތި އުފަލެއް ލިބުނެވެ. ފުޓްބޯޅައަށް މާނީ ހުންނަ ޝައުގު އެކަކަށްވެސް ނޯޅޭނެއެވެ. މާނީއަކީ ހަގީގީ ފުޓުބޯޅަ ފޭނެކޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. މާއިޒަށް ވުރެ ބޮޑަށް ޓީމުތަކާއި ކުޅުންތެރިން މާނީއަށް އެނގެއެވެ. ހަވީރުގެ ހިތްފަސޭހަ ގަޑީގައި އަހުސަމް ގެއިން ނުކުތީ އާރާޝް ގުޅާފަ ކޮފީއަކަށް ދާން ބުނުމުންނެވެ. އާލާ އަދި އައްމާރު […]
ނޯޓު:މިވާހަކައިގެ އުޅޭ މައިގަނޑު އެއް ޝަޚްސިއްޔަތު ކަމަށްވާ އިސްރާގެ މަންމަގެ ނަން އިންނާނީ ފަރުހާއިން ޝަހުދާޔަށް ބަދަލުކުރެވިފައެވެ. މިހާރު.. އެކިވައްތަރުގެކެއުން ތަކުން ސުފުރާމަތި ވަނީ ފުރާލެވިފައެވެ. ބަލާބެލުމަށް ހީވަނީ ބަޔަކަށް ހެނދުނުގެ ސަޔަށް އިންސާފުކުރަން ދަޢުވަތު ދީފައި ވާހެނެވެ. އަފްރީންއާ އަފްރާ ވަރަށް ބުރަކޮށް މޭޒުމަތި ތައްޔާރުކުރުމައިގެން އުޅުނެވެ. އެހެން ދުވަސް ދުވަހާ ޚިލާފަށް ސައި ތައްޔާރު ކުރަމުން ދިޔައީ ގޭގެ ޓެރަހުގައެވެ. އަފްރާމެންނަށް އަތްގާތްކޮށްދިނުމަށް މާނީ އަދި އިޝްމާވެސް ހަރަކާތްތެރިވަމުން ދިޔައެވެ. ގޭގެއެންމެތިރީގައި އަޝްވާ ގޮވައިގެން […]
ފަހަރަކު ސިނގެރޭޓެއް ހުސްކުރަމުން ދިޔައީމެވެ. ފޮއްޓަކަށް ފަހު ފޮއްޓެކެވެ. ސީޝާ ފުޅިއަކަށް ފަހު ފުޅިއެެކެވެ. ރައްޓެހިންނާއެކު ހުތުރު ބަސްތަށް ކިޔަމުން ނުބައި ކަންތަށް ކުރީމެވެ. މަގުމަތިން ދާ ހުރިހާ އަންހެނުންނާ ކަހަލަ ގޮތަކަށް ފޮށެމުންނެވެ. ހުންނަ ސިފައަށާއި ޢުމުރަށް ނުވަތަ ލައިގެން ހުންނަ ފޭރާމަކަށް ނުބަލަމެވެ. ދުވާލުގެ ވަގުތު ހަމަހޭގައި ހޭދަކޮށްފައި ރޭގަނޑުގެ ވަގުތު މަސްތުގައި ހޭދަކުރީމެވެ. އިރުގެ އަލިކަމުގެ ތެރޭގައި ރައްޓެހިންނާއެކު ހީ ސަކަރާތް ޖަހާށެވެ. ނަމަވެސް ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި ފަރުދާވެ ފަތްމިނިތަކާއެކު ފާހިޝް […]
“އަހޫ ކިހާ ދުވަހެއް ވެއްޖެ އިސްރާޔާ ރަށްޓެހިވެގެން އުޅޭތާ؟” އާާލާގެ ސުވާލުން އަހުސަމަަށް ހާޓެޓޭކެއް ނުޖެހުނީ ކިރިޔާއެވެ. ނުވިސްނާ ހުއްޓާ އެފަދަ ސުވާލެއް ކުރަމްތިވުމުން އަހުސަމަކަށް ދޭނެ ޖަވާބެއް ނޭންގުނެވެ. ކުށްވެރިއެއް ފަދައިން އިސްޖެހުނެވެ. “އަހޫ” އަހުސަމް ޖަވާބެއް ނުދީ ގިނައިރުވުމުން އައްމާރު ގޮވާލިއެވެ. އަހުސަމް ފުން ނޭވައެއް ދޫކޮށްލިއެވެ. މަންމަ އަދި ބައްޕައަށް ހަގީގަތް ކިޔާދޭންވީ ވަގުތު ޖެހުނީކަން އޭނައަަށް އެނގުނެވެ. ރެއަކީ ހަނދުމަހުން ސާދަވިލޭރެއެވެ. ވިއްސާރަ ވިލާތަކުގެ ސަބަބުން ސާދަވިލޭރޭގެ ހަނދުވަނީ ފޮރުވިފައެވެ. އެނދުގައި […]
ދެންތިބި ކުދިންނަށްވުރެ ކުރިން އިސްރާ ގެއިން ނުކުންނަން ދިޔައެވެ. ދޮރުހުޅުވާފައި ނުކުންނަން ބަލާލިއިރު ކުރިމަތީގައި ހުރި އާލާފެނި އޭނާގެ ފިޔަވަޅުތައް ހުއްޓުނެވެ.ހިންދިރުވާލުމަށްފަހު ގަދަކަމުން ހިނިތުންވެލިއެވެ.އާލާވެސް އިސްރާއަށް ހިނިތުންވުމެއް ދިނެވެ. އެއަށްފަހު އެކުދިންގާތު އަވަހަށް ތިރިއަށް އައުމަށް އެދުނެވެ. “ހަހަހަ ބަލާބަލަ އިސްރާއަށްވެފަ އިން ގޮތް އެހެންވާނީ ކެތްނުލަވައިގެން އުޅެންޏާ. އަސްލު ހަނދާންނެތިފައޭ މިއިންނަނީ އަހަރުން ޖެހޭނީ އާލާދައްތައާ އެކީދާން. ކުޑާބެއާ ކުޑާ ހިނގައްޖެ ސައިކްގަ. ކޫބެއާ ތިއްތަ ގޮއްސި އަޝްކޮއާ އަންޖަލް ގޮވައިގެން ދެން އަހަރުން ޖެހޭނީ […]
ސީލިންގާއި ދިމާއަށް ބަލަހައްޓައިގެން އޮވެވުނީ ހުވަފެނީ ގޮތަކަށެވެ. ސީލިންގު ކަމުދިޔައީއެއް ނޫނެވެ. އާނއެކެވެ. އަހަންނަށް ވެވިފައި މި ވަނީ ހަމަކަށަވަރުންވެސް ލޮއެއްބެވެ. ލޯބިވެވުނީ އަންހެންކުއްޖެއްގެ ލަވަކިޔާ އަޑު ދެކެއެވެ. ފުރާނައިގެ އެންމެ ފުން މިނާއި ހަމައަށް ފޯރި އަޑެކެވެ. އެހާ ސާދާ ވެފައި ހިމޭނެވެ. އެ އަޑުގެ ކުރިމަތީގައި އެންމެ ފުރިހަމަ އަޑު ނެރޭ މުނިޔާތައްވެސް އިސްޖަހައިލަން ޖެހޭނެއެވެ. އިތުރަކަށް ދެން ކެތެއް ނުވިއެވެ. އަޑު އެހާ ރީތީޔާ އެ އަޑުގެ ވެރިޔާވެސް ކިހާ ފުރިހަމަ ވާނެބާއޭ […]
ރައިފާ އޭތި މީތި ކިޔަމުން ދިޔައީ މައިހާ އިތުރަށް ރުޅި އަރުވާށެވެ. ކަން ވީވެސް އެހެންނެވެ. ހިނގަމުން ދިޔަ ކޮންމެ މިނެޓަކާއެކު މައިހާގެ ހިތުގައި އަނދަމުން ދިޔަ ނަފްރަތުގެ އަލިފާންގަޑު ބޮޑުވަމުން ދިޔައެވެ. އެހެން ހުރުމަށްފަހު ރައިފާ ވަގުތު ޖެހުނީއޭ ހިތާ އޭނާގެ މަސައްކަތް ފެށަން އަވަސްވެ ގަތެވެ. “ޒިވާ.. އަހަރެން ކަލޭ ބުނާ އެއްވެސް އެއްޗެއް އަޑެއް ނާހާނަން.. ކަލޭގެ މި އެއްވެސް އެކުވެރިއެއްގެ ވެސް.. އަދި ކަލޭ ކިތަންމެ އާދޭހެއް ކުރިއެއްކަމަކު އަހަރެންގެ މި […]