އަަކްމަލްއަށް މައިކް ދިއްކޮށްލަމުން އެމީހާ ސުވާލުކުރިއެވެ. “الحمدلله. ވަރަށް އުފާވެއްޖެ މިހާ ޔަންގްއިރު ސާފްގެ ތަށި ނެގުނީމަ” އަކްމަލަކީ އެގޮތަށް އިންޓަވިއުދިން ކުއްޖަކަށް ނުވުމުން އޭނައަށް ކުޑަކޮށް އުނަދަގޫވިއެވެ. ދެން ޕްރެޒެންޓަރ މައިކް ދިއްކޮށްލީ އަހުސަމްއަށެވެ. “ވަރަށް އުފާވެއްޖެ. ދެން އަކްމަލް ބުނިހެން މިހާ ހަގު އުމުރެއްގަ މިތަށި ރާއްޖެއަށް ހޯދައި ދެވުމުން. އަސްލު މީ ހުރިހާ ކުޅުންތެރިންނާ ކޯޗުންގެ ބުރަ މަސައްކަތް. ދެން ސަޕޯޓަރުންވެސް. އެެއްވެސް ވަރަކަށް އުންމީދެއް ނުކުރަން މިހާ ގިނަ ސަޕޯޓަރުން މިތަނަށް […]
ދެއަތް އުރާލައިގެން ޕޭވްމަންޓް މަތީގައި ޒިވާ ހުރީ ވަރަށްވެސް ހަމަޖެހިލައިގެންނެވެ. ފިހާރައިގެ ދޮރު ކައިރީ އަރިމައްޗަށް ވާގޮތަށް ހުރި އިރު ޕޭވްމަންޓު މަތިން ހިނގާފައި ޒިވާގެ ފަހަތުން އަންނަ މީހުން އޭނާއަކަށް ނުފެންނާނެއެވެ. ކުއްލިޔަކަށް ޒިވާ ސިހުނީ ފަހަތުން އޭނާގެ ނަމުން މީހަކު ގޮވާލި އަޑަށެވެ. ހައިރާންކަމާއި ބިރުވެރިކަން އޭނާ ވަށާލިއެވެ. ބިރުން ހުރި ނަމަވެސް ހިތްވަރު ކޮށްލައިފައި ޒިވާ ފަހަތަށް އެނބުރިލިއެވެ. އެހިނދު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކުރިމަތީގައި މިހާރު އެހުރީ އޭނާއަށް އަބަދުވެސް […]
“ޒިވް.. ދެން ދަނީ އިނގޭ އަހަރެމެން.. ރެސްޓް ކޮށްލާ ދެން..” މައިހާ ޒިވާގެ އަތުގައި ހިފާލައިގެން އެޕާޓްމެންޓްގެ ދޮރުމަތީގައި ހުރެ ވާހަކަ ދައްކަމުން ދިޔައެވެ. ޒިވާވެސް ހިނިތުންވެލުމަށްފަހު ބޯ ޖަހާލީ އެފަދަ ރަނގަޅު ހިތްހެޔޮ އެކުވެރިޔެއް ލިބުނު ކަމަށްޓަކައި އުފާކުރާ ޙާލުއެވެ. އެންމެންވެސް އުފާވެރިކަންމަތީ ހިނިތުންވެލައިގެން ތިބީ ކުރިމަތީގައި އޮތް ތޫފާނުގެ ކުޑަވެސް ހިލަމެއް ނުވާ ޙާލުއެވެ. *** “ޒިވް.. މާދަން ޖެހޭނެ ޑިއުޓީއަށް ނިކުންނަން އަނެއްކާވެސް.. އަހަރެން ނެތެއްކަމަކު ބަލައިގެން އުޅޭތި އިނގޭ.. ނަސީބެއް މަންމަވެސް […]
“މަންމައަށް އިނގޭ ދެކުދިންވެސް ވަރަށް ދެރަވެފަ ކަން ތިތިބީ ދާން ޖެހޭތީވެ.. މަންމައަށް އަޑުއިވިއްޖެ ދެކުދިން ދެއްކި ވާހަކަ ތައްވެސް.. ދަރިފުޅުމެންނޭ.. ދުނިޔެއަކީ އިމްތިޙާނެއް.. އެކި ކަހަލަ އަޑި ގުޑަންތަކާއި ކުރިމަތިލާން ޖެހޭނެ.. އުންމީދު ނުކުރާ ކިތަންމެ ކަމެއް ކުރިމަތިވެދާނެ.. އެކަމަކުވެސް އަހަރެމެން ޖެހޭނީ ހިތްވަރާއެކު އެކަންކަމާއި ކުރިމަތިލާން.. ކެތްތެރިކަމާއެކު ސާބިތުވެ ތިބެން..” ޒިވާ އާއި ޔައީޝް ގާތު މަޑުކޮށްލުމަށްފަހު ނޫރީން އެދެމީހުންނަށް ނަސޭހަތްތެރިވިއެވެ. “އަސްލު ވަރަށް އުފާވެރި ޚަބަރެއް ދޭންވެގެން މި އައީވެސް..” ނޫރީން ހިނިތުންވެލައިފައި […]
ކާރުގައި ދިޔައިރު އެންމެ ފަހަރަކުވެސް ނަވާފް އާއި ނަވާރް އަނގަ ހުއްޓާނުލުމުން ކާރުތެރޭގައި ފަޅުފިލާފައިވެއެވެ. އެމީހުން ބުނެލާ އެއްޗެހިން ޒިވާ އާއި ޔައީޝް އިރުކޮޅަކާއި ހޭން ފަށައެވެ. “ކުވޭ.. ކޮއްކޮ އައިސްކްރީމް ކާހިތްވަނީ..” ނަވާފް ސްނޯތަކަށް ބަލަން އިނދެ ބުނެލިއެވެ. “ކޮއްކޯ… މިހާ ފިނި އިރު ނުވާނެ ފިނި އެއްޗެހި ބޯކަށް.. އެހެން ދުވަހަކުން ދޯ އައިސްކްރީމް ބޯނީ.. މިއަދު ދާނީ ދުއްވާލަން… ގޮސް އެޔޮށް އެޔޮށް ކޮޅުގަ ހުރި މޯލްއިން ކޮއްކޮއަށް ގިފްޓެއް ގަންނާނީ..” ޔައީޝް […]
ރެފްރީގެ ކަށިގަނޑުގެ އަޑާއެކު ހުރިހާ ކުލުންތެރިންވެސް ނުތަނަވަސްވިއެވެ. ވާނީވެސް އެހެންތާއެވެ. ރެފްރީ ކަށިގަނޑު ފުމުނީ އިންޑިއާއިން ޖެހި ލަނޑު އެއީ ލަނޑެއް ނޫންކަމަށެވެ. ޗެތްރީ ބޯޅަ ވައްދާލުމުގެ ކުރިން އޮތީ އޭނާގެ އަތުގައި ޖެހިފައެވެ. އެހިސާބުންވެސް ރެފްރީ އޮތީ ފައުލް ދައްކާފައެވެ. އެހެނަސް އެމަންޒަރު ކުޅުންތެރިންނަކަށް ނުފެނުނެވެ. ރެފްރީގެ އެނިންމުމާއެކު ދިވެހިކުޅުންތެރިންގެ މޫނުމަތި އުޖާލާވިއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލުމަށްފަހު ހުރިހާ ކުޅުންތެރިންވެސް ހަމަޖެހިލިއެވެ. އެހެނަސް އިންޑިއާގެ ކުޅުންތެރިން މައްސަލަ ޖައްސަންފެއްޓިއެވެ. ނަމަވެސް ރެފްރީގެ ނިންމުމަކީ […]
ޖާޒީލައިގެން ތައްޔާރުވެލުމަށްފަހު އާރާޝް އޭނާގެ ފޯނު ބަލާލީ އަފްރާ ނޫނީ މާނީގެ މެސެޖެއް އިންތޯއެވެ. ނަމަވެސް އޭނާގެ ހިތް މާޔޫސްވީ އެކަކުގެވެސް މެސެޖެއް ނެތުމުންނެވެ. އެންމެ ކުޑަމިންނުން ގުޑްލަކް މެސެޖެއްވެސް ނެތެވެ. މާއިޒްގެ ހާލުވެސް އާރާޝެކޭ އެއްފަދައެވެ. ލޯބިވާ ކޮއްކޮއާ ލޯބިވެރިޔާގެ އިތުރުން އާއިލާ މެންބަރެއްގެވެސް މެސެޖެއް ނެތުމުން އޭނަ ދެރަވިއެވެ. އިޝްމާގެ މެސެޖެއް އިންތޯ އެންމެ ފަހުފަހަރަށް އަކްމަލް ބަލާލިއެވެ. އެހެނަސް ހިތުގައި ރިއްސާލީ އިޝްމާގެ މެސެޖެއް ނެތުމުންނެވެ. އެހެނަސް ހިތްހަމަޖައްސާލީ އިޝްމާ މެސެޖުކުރަން އޭނާއަކީ […]
ދާނިޝްއާ އަރްޝާދް ޖޯޒީލައިގެން ތިބިއިރު އުމުރަށްވުރެ ހަގުކަމަށް ދައްކައެވެ. ވިއްސަކަށް އަހަރުގެ ކުދިންނަށް އެދެމީހުން ދޫނުކުރާނެއެވެ. ވޭން އަންނަންދެކަށް ތިރީގައި މަޑުކޮށްގެން ތިބިއިރު އެތައް އަންހެން ކުދިންނެއްގެ ލޯތައް އެދެމީހުންނަށް އަމާޒުވަމުން ދިޔައެވެ. ************ ބަހުން ފައިބައިގެން ދަނޑަށް ވަންނަން ދިޔައިރު ކެމޭރާތަށް ހުރިހާ ކުޅުންތެރިންނާށްވެސް އަމާޒުވަމުންދިޔައެވެ. ނޫސްވެރިން މައިކްތައް ހިފައިގެން މެޗާ ބެހޭ މައުލޫމާތުތަށް ގެނެސްދެމުންދިޔައެވެ. އެމީހުންގެ އެންމެ ބޮޑު ސުވާލަކީ އިންޑީއާގެ ތަޖުރިބާހުރި ވަރުގަދަ ޓީމް […]
އިސްރާ އަވަހަށް ގުދުވެލާފައި އެމީހާއަަށް ކޮތަޅު ނަގާދިނެވެ. އެކޮތަޅު ދިނުމަށްޓަކައި އެމީހާގެ މޫނަށް ބަލާލިއިރު ފެނުނު ސޫރައަކުން އޭނާ ލާންއުޅުނު ނޭވާ އަރުތެރޭތާށި ވިހެން ހީވިއެވެ. އޭނާގެ ކުރިމަތީގައި އެހުރީ އަހުސަމްގެ މަންމައެވެ. ބަލާނުލާ ނުކުންނަން ހަދާގެން އޭނާއަށް ލައިގަނެވުނީ އަހުސަމްގެ މަންމަގެ ގައިގައެވެ. އުނަދަގުލާއެކު އިސްރާ ހިންދިރުވާލުމަށްފަހު އަހުސަމްގެ މަންމައަށް ހިނިތުންވުމެއް ހަދިޔާކުރިއެވެ. ކުރިމަތީގައި ހުރި ކުއްޖާ ކޮންމެސްތާކުން އޭނާދުށް ހަނދާނެއް އާލާވިއެވެ. އޭނާގެ ސިކުނޑީގެކަނަކުން އެއީ ކޮންތާކުންކަންވެސް ބުނެދޭން މަސައްކަތްކުރަމުން ދިޔައެވެ. އިސްރާ މަޑުމަޑުން […]