Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ރާސްތާ 25

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
August 11, 2018 5 Mins Read
8 Comments

އިސްތަށިގަނޑު ތެރެއަަށް އަތް މަހާލަމުން އިވާން ގޮނޑިއެ ތެރެއަށް ވެއްޓިގަތެވެ. އަރައިގެންފައި ހުރި ރުޅި މައިތިރި ކުރުމަަށްޓަކައި ސިނގިރޭޓެއް ދަމާލިއެވެ.

ފޯނު ކަނޑާލުމަށްފަހު މާނީ އަހުސަމަށް މެސެޖު ކުރިއެވެ. އިސްރާގެ ނަންބަރު ހޯދަން އިވާން ގުޅިވާހަކައެވެ.

މާނީގެ މެސެޖް ފެނުމާއެކު އަހުސަމްގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އިވާން ގުޅި ވާހަކަ އިތުރު މީހަކައި ހިއްސާ ނުކުރުމަށް އަހުސަމް މާނީ ގެ ކިބައިން އެދުނެވެ.

އިވާން އިން ތަނުން ތެދުވީ ދެތިން ސިނގިރޭޓު ފޮށި ހުސްކޮށްފައެވެ. އޭރު ހުއްޓުމެއް ނެތި އޭނާ ކެއްސަމުން ދިޔައެވެ. އެ ގޮޅިއެއް ކަހަލަ ތަނުން ނުކުމެގެން އިވާން މިސްރާބު ޖެހީ ރަސްފަންނާ ދިމާއަށެވެ.

އަކްމަލްއާ ނަވްޔާ ހަވީރު ރަސްފަންނަށް ދިޔައީ ދެބެއިން އެކުގައި ވަގުތު ކޮޅެއް ހޭދަކޮށްލާށެވެ. ދެބެއިންގެ ދެމެދުގައި އަހަރުގެ ގޮތުން މާބޮޑު ތަފާތެއް ނެތުމުން އުޅެމުން ދަނީ ވަރަށް އެއްކޮށެވެ.

އަކްމަލާއި ނަވްޔާ ގޮސް އިށީނީ ރަސްފަންނުގައި އިން އުނދޯޔެއްގައެވެ. އޭރު ރީތި ވަރަކަށް ވައި ޖެހެމުން ދިޔައެވެ.

“ދޮންބޭ” ނަވްޔާ އަކްމަލަށް ގޮވާލިއެވެ. ކިހިނެއްވީހޭ ކިޔާ އަކްމަލް ބުމަ އަރުވާލިއެވެ. “އިޝްއަށް ދެރަގޮތެއް ނުހަދައްޗޭ. ކުރީ ފަހަރު ހެދިހެން ހަފްތާއެއް ވީމަ ދޫކޮށްލާނީކީ ނޫން އިނގޭ. އިޝް ދޮންބެ ދެކެ ވަރަށް ލޯބިވޭ. ދޮންބެ އިޝްއާ ބްރޭކްއަޕް ވީމަ އިޝް އުޅުނު ގޮތް އެންމެ ގާތުން ފެނުނު އެކަކު ނާޔާމީ. އޭރު ދޮންބެ ދެކެ ވަރަށް ރުޅި އާދެވުނު. އެކަމު އިޝް ބުނީ ދޮންބޭއާ ދިމާއަށް އެއްޗިހި ނުކިޔާށޯ އެހެންވެ އެއްޗެކޭ ނުބުނެ ހުރީ. އެކަމު މިފަހަރު އެހެން ހަދާފިއްޔާ އައި ވޮންޓް ސްޕެއަރ ޔޫ.” އަކްމަލާއި ދިމާއަށް ލޯ އަޅާލަމުން ނަވްޔާ ބުންޏެވެ. މީގެ އަހަރުތަކެއް ކުރިން އަކްމަލް އިޝްމާ ދޫކޮށްލުމުން އުޅުނު ގޮތް އެންމެ ގާތުން ދުށް އެކަކަށް ނަވްޔާ ވާނެއެވެ. އޭނަ އަކްމަލް ދެކެ އިންތިހާއަށް ރުޅި އައެވެ. އެހެނަސް އިޝްމާގެ އެދުމުގެ މަތިން އެއްޗެކޭ ނުބުނެ ހުރީއެވެ. “ހެހެ ނާޔާ ވެސް ދޯ. އައި އޭމް ނެވާ ގޮންނާ ލީވް ހާ. އައި ލަވް ހާ. މާ ލަހުން ރިއަލައިޒްވީ އިޝް ދެކެ ލޯބިވާކަން. ވަރަށް ދެރަވި އެ ދުވަހު އެހެން ހެދުނީމަ. އަސްލު ހިޔެއް ނުކުރަން އިޝް ދޮންބެއަށް މާފު ކުރާނެކަމަކަށް.” މޫދަށް ގާކޮޅެއް އެއްލަމުން އަކްމަލް ބުނެލިއެވެ. އެތަށް އިރެއް ވަންދެކަށް ދެބެއިން އެކި ވާހަކަ ހިއްސާ ކުރަން އެތަނުގައި ތިއްބެވެ.

ސޯޝަލް ސެންޓަރު ކުރި މަތީ ސައިކަލު ޕާކު ކުރުމަށްފަހު އިވާން ރަސްފަންނަށް ވަނެވެ. ކަކުލާ ހަމައަށް އަރާ ސޯޓުގެ ދެ ޖީބަށް އަތް ޖަހާގެން ތުމުން ފުމެމުން ދިޔަ އިރު ބައެއް އަންހެން ކުދިންގެ ނަޒަރު އޭނާއަށް ހުއްޓެމުން ދިޔައެވެ. އަތްދިގު ގޮޅި ޖެހި ރަތް ގަމީހުގެ މޭމަތީ ގޮށް ނައްޓާލާފައި ހުރުމުން އޭނާގެ ތަނަވަސް މޭމަތިން އެއްބައި ހާމަވާން ހުއްޓެވެ.

އިވާނަށް ނަވްޔާއާ އަކްމަލް އުނދޯލީގައި ވާހަކަ ދައްކަން ތިއްބާ ފެނުނެވެ. ނަވްޔާ ފެނުމުން އޭނާގެ މޫނު މަތީގައި ހިނިތުން ވުމެއް ދުވެލިއެވެ. އޭނަ ކޮންމެހެން ރަސްފަންނަށް އައިކީ އިސްރާގެ އެކުވެރިޔަކާ ދިމާވޭތޯއެއް ނޫނެވެ. އެހެނަސް އޭނާގެ ނަސީބު ރަނގަޅުކަމުން ނަވްޔާ ފެނުނީއެވެ. އަތުގައި އަޅާފައި އިން ވޫލް ގަނޑުން ބޮލުގެ އިސްތަށިަނޑުގައި ހުޅިއެއް ޖެހިއެވެ. އެއަށް ފަހި މޭމަތީ ގޮށް އަޅުވަމުން ނަވްޔާމެން ތިބި އުނދޯއްޔާ ދިމާއަށް ހިނގާގަތެވެ.

އަމްމަލާއި ނަވްޔާ އޮލަ ވާހަކައިގަ ތިއްބާ ފިރިހެނަކު ނަވްޔާއަށް ގޮވާލިއެވެ. ނަވްޔާ އެެމީހާއާ ދިމާއަށް ބަލާލުމަށްފަހު އުނދޯލިން ފުންމައިގެން ތެދުވިއެވެ. “އިވާން” “ޔެސް މީ އިވާން. ނަވްޔާ ހާލު ކިހިނެއްތަ؟ ހައު އިޒް ލައިފް؟ އާކޭވެސް އެބައިން ދޯ. ކިހިނެއްތަ؟” އިވާން އެއް ފަހަރާ އެތަށް ސުވާލެއް ކުރިއެވެ. ހައިރާންވިއެއް ކަމަކު ނަވްޔާ އެކަން ނުދައްކާ އިވާންގެ ސުވާލު ތަކަށް ޖަވާބު ދިނެވެ.” ހަމަ ވަރަށް ރަނގަޅު. ލައިފްވެސް ހަމަ ހަބޭސް އިވާން ކިހިނެއްތަ ހާދަ ތަފާތޭ މިހާރު” އިވާނާ ދިމާއަށް ނަވްޔާ ރަނގަޅަށް ބަލާލިއެވެ. އިވާން މިހާރު އުޅެމުން ދާ ގޮތުގެ ވާހަކަ މާއިޒްގެ ފަރާތުން ކޮންމެސް ވަރަކަށް ނަވްޔާއަށް ވަނީ އިނގިފައެވެ. މާއިޒްއާ އިވާން އަކީ ކުރީގައި “ބެސްޓް ފްރެންޑްސް”އެވެ. އެދެމީހުން ސްކޫލްގައި އުޅުނީ އެއް ކޮށެވެ. އެހެނަސް ބާރަ ނިންމުމަށްފަހު އިވާންގެ އުޅުން އެކީހެން ބަދަލުވުމުން މާއިޒްއާ އޮތް ރަހުމަތްތެރިކަން ވެސް ނެތިގެން ދިޔައީއެވެ.

” ކޮބާ އިސްރާ މިހާރު؟” އިވާން އަސްލު މައުލޫއަށް ޖެހިލިއެވެ. “އިސްރާ ވެސް އެބަ އުޅޭ. އިނގެއެއްނު އަހޫ އާރާޝްގެ ކަޒިން އިސްރާ އުޅެނީ އެ އަހޫ އާ ރަށްޓެހިވެގެން” ހިނިތުންވެލާފައި ނަވްޔާ ދިން ޖަވާބުން އިވާންގެ ހިތށް ހީވީ ކަށިތަކެއް ހަރާލިހެންނެވެ. އިސްރާ އަބަދުވެސް ބުނަމުން ދިޔައީ އޭނަ ދެކެ ލޯބިވާ ވާހަކައެވެ. އުމުރު ހުސްވަންދެކަށް އިވާނަށް އިންތިޒާރު ކުރާނެކަމަށް ބުނެފަ މިހާރު އެ ހެދީ ކިހިނެއް ހެއްޔެވެ. އިވާންގެ ހިތް ނަފްރަތުން ފުރުނެވެ. އެހެނަސް ނަވްޔާ ކުރިމަތީގައި އެ ރުޅި ވެރިކަން ނުދައްކާ އެހެންހޭ ބުނުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ. އިވާން ދިޔުމުން ނަވްޔާއް އަކްމަލް ވެސް ގެއަށް ދާން ހިނގައިގަތެވެ.

***********

“އަހަންނަށް ވަރަށް ސަޅި އެ ކުޅުންތެރިޔާގެ ކުޅުން. އޭޖްއާ ބަލާފަ ވަރަށް ޓެލެންޓެޑް. ރަނގަޅު ޓްރެއިނިން ލިބިއްޖެޔާމުން ދުނިޔޭގެ ފެންވަރުގެ ކީޕަރަކަށް ވެވޭނެ އެކުޅުންތެރިޔާއަށް. މި ޓްރާންސްފާގަ މި ޓީމަށް އަހަރެން ގެންނަން އެންމެ ބޭނުންވާ ކުޅުންތެރިޔަކީ އެއީ މަށަށް ހެޔޮ ކުލަބުގެ މާލިއްޔާ އެކީ ހުސްކޮށްގެންވެސް އެ ކުޅުންތެރިޔާ ލިބޭތޯ ބަލަންވަނީ. ދެން އެ މީހުންގެ ޒުވާން ފޯވާޑް އާރާޝްވެސް ބޭނުން. އެއީ މި ޓީމަށް މަދީ ހުނަރުވެރި ފޯވާޑަކާއި ކީޕަރެއް. ސުނިލްއަށާ ސުބަރްތާއަށް ރިލީޒް ދީފަ އެ ދެކުޅުންތެރިންނަށް ބެންގަލޫރަށް ގެންނަންވީ. އެއީ އަހަރެން އެންމެ ބޭނުންވާ ގޮތް” ބެންގަލޫރު އެފްސީގެ ކޯޗު އެ ޓިމުގެ އޮފިޝަލުންނާއި ކުލަބުގެ އިސްވެރިންނާއި ވާހަކަ ދައްކަމުން ކުރިއަށް އޮތް ފުޓު ބޯޅަ ސީޒަނަަށް އޭނަ އެންމެ ބޭނުންވާ ދެ ކުޅުންތެރިން ކަމަށްވާ އާރާޝްއާ އަކްމަލްގެ ވާހަކަ އެ މީހުންނާ ހިއްސާކުރިއެވެ. ކޯޗުގެ ވާހަކަ ހުރި ގޮތުން އޭނަ އެ ދެކުޅުންތެރިންވެސް ވަރަށް ބޭނުންވާކަން އެނގެއެވެ. ޓީމުގެ އިސް ވެރިން މަޝްވަރާ ކުރުމަށްފަހު އެ ދެ ކުޅުންތެރިންވެސް އެ ޓީމަށް ގެންނަން އެއްބަސް ވިއެވެ. އެމީހުން ދެން މަސައްކަތް ކުރާނީ އެ ދެކުޅުންތެރިން މިހާރު ކުޅެމުން އަންނަ ކުލަބުތަކަށް ބިޑް ހުށައެޅުމުގެ މަސައްކަތެވެ. އާރާޝް މިހާރު ކުޅެމުން އަންނަނީ ރާއްޖޭގެ އެންމެ ދުވަސްވީ އަދި ސަޕޯޓަރުން އެންމެ ގިނަ ކުލަބް ނިއުރޭޑިއަންޓަށެވެ. އަކްމަލް ކުޅެމުން އަންނަނީ ފުރަތަމަ ޑިވިޝަނަށް އާ ކުލަބެއްކަމަށްވާ ޔުނައިޓެޑް ވިކްޓްރީއަށެވެ.

************

ސާފު ޗެމްޕިއަންޝިޕަށް ލީގު މެދުކަނޑާލުމަށްފަހު ކުރިއަށް އޮތް ހަފްތާގައި ދިވެހި ލީގު އަލުން ފަށާނެއެވެ. އެހެންވެ ހުރިހާ ޓީމުތަކުން ވަނީ ޕްރެކްޓިސް ފަށާފައެވެ.

ނިއުރޭޑިއަންޓްގެ ޕްރެކްޓިސް އޮތީ ރޭގަނޑު އަށްގަޑި ބައިގައެވެ. މާއިޒްއާ އާރާޝް އިޝާނަމާދަށް ދިޔައީ ޕްރެކްޓިހައް ދާން ތައްޔާރުވެގެންނެވެ. ނަމާދުން ފައިބައިގެން އެ ދެ ކުދިންވެސް ދިޔައީ ޓާފްދަނޑަށެވެ. އޭރު ދަނޑުގެ އަނެއް ފަޅީގައި ޓީސީ ކުޅުންތެރިން ތިއްބެވެ. އަހުސަމްވެސް އެތަނުގައި ހުއްޓެވެ. އަހުސަމް ކުޅެނީ ޓީސީ ސްޕޯޓްސް ކްލަބަށެވެ. އާރާޝް ފެނުމުން ހިނިތުންވުމެއް ހަދިޔާ ކުރުމަށްފަހު ވާމްއަޕް ވާން އަހުސަމް ދިޔައެވެ.

އެހެން ކުޅުންތެރިން ނާންނާތީވެ މާއިޒްއާ އާރާޝްގެ އިތުރުން ޒަޔާން ދަނޑުމަތީގައި އިށީންދެލައިގެން ތިއްބެވެ. ޒަޔާން މާ އުފާވެފައި ހުރުމުން އާރާޝް އެކަމާ ބެހޭ ގޮތުން ޒަޔާނާއި ސުވާލު ކުރިއެވެ. “އުފާވާނެއްނު ލަޔާލް މަށަަށް ޔޭސް ބުނެފި. މަ އޭނަ ފަހަތުން އުޅޭތާ އަހަރެއްވީ ފަހުން ޔޭސްއޭ އެ ބުނީ މިއަދު. މަށަށް އުފަލުން ހުރެވުނުތަން ވެސް ނޭންގުނު” ބައްތިރީސް ދަތްފެންނަ ވަރަށް ހެމުން ޒަޔާން އޭނާގެ ލޯބިވެރިޔާގެ ވާހަކަ އާރާޝް މެންނާ ހިއްސާކުރަމުން ދިޔައެވެ. ޒަޔާނަށް ލަޔާލް ކާމިޔާބުވީ އެތައް ދުވަހެއްގެ އިންތިޒާރަށް ފަހުއެވެ. އެހެންވެ އޭނާ ހުރީ ނިކަން އުފާވެފައެވެ. “އަހަރުންނަށް ޓްރީޓް އޮންނަން ވާނެ އިނގޭ” އާރާޝް ވަގުތުން ބުނެލިއެވެ. ޒަޔާން ވަގުތުން އެއްބަސް ވިއެވެ. ޕްރެކްޓިސް ނިންމާފަ މާއިޒްއާ އާރާާޝްއަށް ކޮފީ ދޭން އެއްބަސްވިއެވެ.

ޕްރެކްޓިސް ގަޑީގައިވެސް އަހުސަމްގެ ސިކުނޑީގައި އެނބުރެމުން ދިޔައީ މިއަދު ހަވީރު މާނީ ބުނި ވާހަކައެވެ. އިވާން އިސްރާގެ ހަޔާތަށް އަނބުރާ އައީ ކީއްވެތޯ ހިތަށް އެރިއެވެ. އިޝްމާގެ ހިތް އަކްމަލް ފުނޑު ފުނޑު ކުރި ފަދައިން އިވާން ވަނީ އިސްރާގެ ހިތްވެސް ފުނޑު ފުނޑު ކޮށްފައެވެ. އިޝްމާ ދެވަނަ ފަހަރަށް އަކްމަލްގެ ލޯބި ގަބޫލު ކުރި ފަދައިން އިސްރާވެސް އަނބުރާ އިވާން ގާތަށް ގޮސްދާނެތީ އަހުސާމްގެ ހިތް ނުތަނަވަސް ވިއެވެ. އަހުސަމަށް އެދެވޭ ކުޅުމެއް ޕްރެކްޓިހުގައި ކުޅެވޭ ގޮތެއް ނުވިއެވެ. ކޯޗު ދެތިން ފަހަރަކު ވެގެން އުޅޭ ގޮތް އަހުސާމް ގާތުން އޮޅުން ފިލުވިއެވެ. ކޮންމެ ފަހަރަކުވެސް ކަމެއް ނަވާ ކަމަށް ބުނެ ސުވާލުން އޭނަ ރެކިގަނެއެވެ.

އަފްރާ ސިޓިންރޫމްގައި އިނީ އާރާޝް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ޕްރެކްޓިސް އަދި މެޗު އޮންނަ ރޭގަކުގައި އަފްރާ ނިދަން ވަންނަނީ އާރާޝް ގެއަށް އައުމުން ކާންދީފައި ތަށިތައް ނަގާފައެވެ. އޭރު އަދި އައްޒާމްވެސް ގެއަށް ނާދެއެވެ.

ލެމަން ގްރާސް ސިޓްރަންގެ ހިތްގައިމު މާހައުލުގައި އަފްރީންއާ އަރްޝާދް ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަމުން ދިޔައެވެ. ދެ މީހުން ކުރެ އެކަކުވެސް އަނގައިން ބަހެއް ބުނުމެއް ނެތި ކެއުން ފުރިހަމަ ކުރަމުން ދިޔައެވެ. ކެއުން ނިންމާލުމަށްފަހު އަފްރީން ގޮވައިގެން އަރްޝާދް ދިޔައީ ތިން ރުއް ޕާކަށެވެ. އެހިތް ގައިމު މާހައުލުގައި ޒުވާން ޖޯޑުތައް ލޯބީގެ ބަހީޗާ އާރާސްތުކުރަމުން ދިޔައެވެ.

“ރީން އައި އޭމް ސޮރީ. އަހަންނަށް ރީން ވަރަށް ދެރަކުރެވިއްޖެ. ރީން ދެކެ ލޯބި ނުވާއިރުވެސް އަހަރެންގެ އަމިއްލަ އެދުން ބޮޑު ކަމުން ރީންއާ މެރީ ކޮށްފަ ރީންގެ މުޅި ދިރިއުޅުން ހަލާކު..” އަރްޝާދަށް ބުނެވުނީ އެހާ ވަރަށެވެ. އަފްރީން އޭނަގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖެއްސުމަށްަަަަަަަަަަަަަަަަަަަަަަަަަަަ ފަހު ދެ ފަރާތަށް ބޯ ހުރުވާލިއެވެ. “އަހަރެންގެ ހަޔާތް ބަރުބާދެއް ނުވޭ. އަރްޝާދް އަހަރެން ދެކެ ލޯބި ނުވާއިރުވެސް އަހަރެން އަރްޝާދްގެ މީހަކަށް ހަދައިދިން. އަހަރެންނަަށް ދުވަހަކުވެސް އިހްސާސެއް ނުވޭ އަރްޝާދް އަހަރެންދެކެ ލޯބި ނުވާ ކަމެއް. އަަހަރުމެންގެ ދެ ކުދިން ބެލުމުގަވެސް އަހަންނެކޭ އެއްފަދައިން އަރްޝާދްވެސް ހިއްސާވޭ. މާޒީގަ ކޮންމެ ގޮތަކަށް ކަންތައްވެފަ އޮތަސް އަރްޝާދް އަހަންނަށް އެެއްވެސް ކަމެއް އުނި ވިޔަކަ ނުދޭ. އެކަމު އަހަރެން ސުވާލެއް ކޮށްލަންތަ؟ އަފްރާއާ އަރްޝާދް ދެ މީހުން ދެކެ ލޯބިވިއިރު ކީއްވެ ވަކިވީ؟ އަރްޝާދަށް އުނދަގޫ ނޫނިއްޔާ އަހަންނަށް ވީ ގޮތް ކިޔާދެވިދާނެތަ؟” އަފްރީން ފުރަތަމަ ފަހަރަށް އަފްރާއާ ބެހޭ ގޮތުން އަރްޝާދާއި ސުވާލު ކުރިއެވެ. އަރްޝާދް ދެ ލޯ މަރާ ލުމަށްފަހު ފުން ނޭވައެއް ދޫކުރިއެވެ. އޭނާގެ މާޒީ އަފްރީނަށް ކިޔާދެން ބޭނުންވިއެވެ. އަށާރަ އަހަރު ކުރީގެ މާޒީ ފިލްމެއްހެން އޭނާގެ ލޯ ކުރިމަތީގައި ފާޅުވާންފެށިއެވެ.

މާޒީ….

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

“ހިތް” ލޭ ކޮށެވިފައި……21

Next

މާޔޫސް ނުވާށެ

Next
August 12, 2018

މާޔޫސް ނުވާށެ

Previews
August 11, 2018

“ހިތް” ލޭ ކޮށެވިފައި……21

8 Comments!

  1. Kiyara says:
    August 11, 2018 at 2:47 pm

    Slm hurihaa kudhin. Varah bodah sorry vaahaka nugenesdhevi lasvikamah takai. Midhiya week in feshigen alhugandu test othyma vaahaka nugenesdhevuny. Adhi wifi libun dhathi vymayaa ehkkoh vaahaka genesdhevun lasvany. Mikamah takai kiyuntheringe kibain nihaayathah maafah edhemeve. Mi bai liyunu varah avaha kamun typing mistakes ginavaaneve. Mi hafthaa nimumun daily koh up koh dheveytho alhugandu massakkai kuraanameve.
    Kiyara

    1. Twinkle? says:
      August 11, 2018 at 2:58 pm

      It’s k dear❤❤❤

  2. Twinkle? says:
    August 11, 2018 at 2:47 pm

    Yay me first

  3. Twinkle? says:
    August 11, 2018 at 2:57 pm

    Wow mi part vs hama habeys masha allah… whn nxt part??? Curiously waiting

  4. Nunnu says:
    August 11, 2018 at 3:05 pm

    vv reethi
    waiting for next part

  5. Someone says:
    August 11, 2018 at 6:53 pm

    Its ok dear…dhn next part Konirakun??waiting..

  6. Livee says:
    August 11, 2018 at 7:55 pm

    It’s OK dear
    Alhey hama keiytheri kameh nethi dhen oiy part ge inthizaar game meeny
    Hama varah obi

  7. Maany says:
    August 12, 2018 at 6:32 pm

    Dear dhn next part up vaane ireh bunedhyba..???curiously waiting??❤❤❤

Comments are closed.

Next Episodeރާސްތާ 26←


All Right Reserved!