Skip to content
އެސްފިޔަ

ވުުމުން ހިތެއްގެ މިލްކުގައި 8

ކޮޓަރިން ނިކުމެގެން އަވްޔަން ގޮސް އަލިޝްކާ ކޮޓަރި ދޮރުމަތީގައި ހުއްޓިލިއެވެ. ހުޅުވާފައި ހުރި ދޮރުން އެތެރެއިން ފެންނަމުން ދިޔަ މަންޒަރުން އޭނާ ދެއަތް މުއްކެވުނެވެ. ބާރު ހިނގުމެއްގައި ކޮޓަރިއަށް ވަދެ އަލިޝްކާ ގައިމައްޗަށް ވެރިވެގަންފައި އޮތް އަޖްވަދުގެ ގަމީސްގިރުވާނުގައި ފަހަތުން ހިފާ ކޮޅަށްޖެހިއެވެ. ކިތަންމެ ބަރުނަމަވެސް އައިސްފައި ހުރި ރުޅީގެ ސަބަބުން އަވްޔަންއަށް އެ ބަރުަކަންވެސް ހަނދާން ނެތްކަހަލައެވެ. ދުލަށް އައިހައި ނުބައި އެއްޗެއް އަވްޔަން ގޮވައިގަންއިރު އެއީ އޭނާގެ އުފަން ބައްޕަ ކަންވެސް ހަނދާން ނެތްކަހަލައެވެ. ގިރުވާނުގައި ހިފާއްޓަބަހައްޓާފައި އަވްޔަން އަޖްވަދުގެ ބޯ ފާރުގައި ޖެއްސިއެވެ. ގަދަ ހަދަން އަޖްވަދު ކުރި މަސަތްކަތް ވީ ބޭކާރެވެ.

ހެދުން ރީތިކޮށްލަމުން އެނދުން ތެދުވި އަލިޝްކާ މަސަތްކަތް ކުރީ ދެ ޖަނަވާރުން ފަދައިން ތަޅާ ފޮޅަމުން ދިޔަ ދެމީހުން ހުއްޓުވޭތޯއެވެ. ނަމަވެސް އަޖްވަދުގެ އުޅަނބޮށި ޖެހި އޭނާ އަލުން އެނދު މައްޗަށް ވެއްޓުނެވެ. “ކަލޭ ކައިރި ނުބެނެވޭތަ ދުރުގަ ހުންނާށެކޭ..” އަޖްވަދުގެ ގިރުވާނުން ދޫނުކޮށް އަވްޔަން ބުނެލިއެވެ. އަވަސް ނޭވާތަކަކާއެކު އަޖްވަދު މަސަތްކަތް ކުރީ ވާހަކަ ދެއްކޭތޯއެވެ. “އެއީ މަގޭ ހައްގެކޭ..” ފުންނޭވާއެއް ލަމުން އަޖްވަދު ބުންޏެވެ. “ކަލޭ އަމައޭ ކިޔާ ފެއްސޭ މިތަނުން..ދެން މި ފްލޯރ އަށް ވައި އެޅިގެންވެސް ނުވާނެ..ކަލޭގެ ވަސްވެސް މިތާނގަ ޖެހިޖެއްޔާ މަ ހުރިހާ ހަގީގަތެއް ފަޅާ އަރުވާނަން” އަޖްވަދުގެ ބުރަކަށީގައި އަޅާ ކޮށްޕާލަމުން އަވްޔަން އޭނާ ކޮޓަރިން ބޭރު ކުރިއެވެ. ރުޅި އައިސް ރަތްވެފައި ހުރެ އަޖްވަދުވެސް ނިކުމެގެން ދިޔައީ އަވްޔަންގެ އިންޒާރަށް އޭނާގެ މޭ ގުޑިލުމުންނެވެ.

އަޖްވަދު ދިޔަތަން ބަލަން އަދިވެސް ޝޮކެއްގައި އިން އަލިޝްކާއަށް އަވްޔަން ނަޒަރު ހިނގާލިއެވެ. ބަލާބެލުމުން އޭނާ މާ ފީވެ އިންހެނެއް ހިޔެއްނުވެއެވެ. އެނދު ކައިރީގައި ދެފައި މައްޗަށް އިށީނދެ އަލިޝްކާގެ މޫނުގައި އަވްޔަން އަތް ހިނގާލީ އޭނާ ޙިޔާލެއްގެ ތެރެއިން ނުނިކުމެ އިންކަން ޔަގީންވުމުންނެވެ. އަލިޝްކާ ސިހިފައި އަވްޔަންއަށް ބަލާލީއެވެ. އެއްބުމަ އަރުވާލިއެވެ. އަވްޔަންވެސް ނިއްއަރުވާލިއެވެ. “ނިންޖާރ ޔޫ އޯކޭ ވައްތަރު ހުންނަނީ؟ އޭނާ ކީއް އެކުރީ..” އަލިޝްކާ މޫނުމަތީގައި ހުރި އިސްތަށި ކޮޅު ކަންފަތް ދޮށަށް ވައްދާލަމުން އަވްޔަން އެއްސެވެ. “އާން..ހަމަ ބަރާބަރު ކަމެއް ނުކުރެވެނީސް ބިލިމަގު އައިސް ފައްސާލީއެއްނު..ބިލިމަގު ސޭވްސް ދަ ނައިޓް” އަލިޝްކާ އެއްމިޔަކުން ހިނިތުންވެލިއެވެ. އަވްޔަންވެސް މެއެެވެ. އެ ދެމީހުން ޓަޗެއް ޖަހާލީ ލޯބިގޮތަކަށެވެ. “ދެންފަހަރަކުންވެސް ބަރަބޯ ގޮވައިފިއްޔާ މަ އަންނާނަން މާރސްގަ ހުރެފަވެސް..” އަވްޔަންގެ ބަހާއެކު އަލިޝްކާ ހިނިގަނޑެއް ޖަހާލިއެވެ. އަވްޔަންގެ ކަރުގައި އޭނާ ބައްދާލުމުން އަލިޝްކާގެ އުނގުގައި އަވްޔަން ބޯ އަޅާލިއެވެ.

“ދެން ދާން އުޅޭ ނިދަން..އަދި ތިނެއް އެ ޖެހީ..” ދެތިން މިނެޓުގެ ހިމޭންކަމަކަށްފަހު އުނގުގައި އޮތް އަވްޔަން ނަގަން މަސަތްކަތް ކުރަމުން އަލިޝްކާ ބުނެލިއެވެ. ނަމަވެސް އަވްޔަން ތެދުވާ ކަހަލަ ޙިޔާލެއް ނުކުރިއެވެ. އަލިޝްކާ ރަނގަޅަށް ބަލާލިއިރު އަވްޔަން އޮތީ ގަދަ ގުގުރީގައެވެ. ނިދޭލެއް ހަމަ އަވަހީއެވެ. މިލައިގަތީ އަނެއް ހަ ކަންތަކާ ނޫންހެއްޔެވެ. އަވްޔަން ނިދާފައި އޮތްވާ ނެގުމަކީ މާ ފަސޭހަކަމަކަށް ނުވާނެކަން ސަމީމާ ވަނީ ސާބިތުކޮށްދީފައެވެ. މާ ބަރު ނޫން އަވްޔަން އެނދުގައި ބާއްވާލަމުން ރަޖާ އަޅާ ދީފައި އަލިޝްކާ މިސްރާބު ޖެހީ އަވްޔަންގެ ކޮޓަރިއަށް ނިދާށެވެ.

“އަވޫވޫ…..” ނިދާހޭލައިގެން އަވްޔަންގެ ކޮޓަރިން ނިކުތް އަލިޝްކާ އޭނާގެ އަމިއްލަ ކޮޓަރި ދޮރުމަތީގައި ހުއްޓިލިއެވެ. އާފުރިލަމުން ލޯގަނޑު ކުރިމަތީގައި ހުރި އަވްޔަންއަށް ނަޒަރު ހިނގާލިއެވެ. އަލިޝްކާ ކޮށި އަރައިގަތެވެ. އޭނާ ބުނަން އުޅުނުބަސްވެސް ދުލުގައި ތާށިވި ފަދައެވެ. “ކީއްތިކުރަނީ…” ތަންކޮޅެއް މަޑުމަޑު އަލިޝްކާ އެއްސެވެ. އޭނާ ހިނގައިގަތީ އަވްޔަންއާ ދިމާލަށެވެ. “މި ކަބަޑުގަ ހުރި ހެދުންތަށް އެކްސްްޕްލޯރ ކުރަނީއެއްނު..” ހެވިފައި ހުރެ އަވްޔަން ބުނެލިއެވެ.

އަލިޝްކާގެ ބުރާ އަޅައިގެން ގަމީސްލާން މަސަތްކަތް ކުރި އަވްޔަންއަށް ބަލަހައްޓައިގެން އަލިޝްކާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. “މި ބުރާ ވަރަށް ބޮޑު..އެކަމަކު ލަފާ ކުރެވޭ ގޮތުގަ މި ގަމީސް ހެޔޮވަރުވާނެ..” އަލިޝްކާގެ މޫނުމަތީ ކުލަވަރަށް ބަލާލުމެއްނެތި ފަހަތުން އަވްޔަން ބުޅިގަނޑު އަޅުވާލިއެވެ. ގަމީސް ލަމުން އޭނާ މަސަތްކަތް ކުރީ ގަމީސް ގޮށްތަށް އެޅުވޭތޯއެެވެ. ނަމަވެސް އެތަށް ފަހަރަކު ނާކާމިޔާބުވިއެވެ. “ސަހާދެއް މި ބުރާ މަގޭ ގައިގައި ދުވާވަރުންވެސް..” އެއްއަތުން އޭގާ ހިފާއްޓާލައިގެން އަނެއްއަތުން ގޮށް އަޅުވަން އަވްޔަން ކުރި މަސަތްކަތް ނިކަން ބުރައެވެ.

“ދެން ހެޔޮ..ތި އެއްޗެއް ނާޅާ މި ކަބަޑުގަ ހުރި ހުރިހާ ހެދުމެއް ލިޔަސް ވަރިހަމަ..” އެއްފަޅިން އަލިޝްކާ ބުރަލަށް ދަމައިގަތެވެ. އަވްޔަން އަނެއްފަޅިއަށެވެ. ދެމީހުންވެސް ފަހަތަށް ޖެހެމުން ގޮސް އެވެސް ދިޔައީ ދެފަޅިއަށް އިރައިގެންނެވެ. “ދެން އަވްޔަންންންން..” އަލިޝްކާ ހަޅޭއްލަވައިގަތެވެ. ހަގީގަތުގައިވެސް އޭނާ ރުޅިއައިއްސިއެވެ. އަލިޝްކާ އޭނާގެ އަތުތެރޭގައި އޮތް އެ ފަޅި އެއްލަމުން އެނދާ ދިމާލަށް މިސްރާބުޖެހިއެވެ. އަވްޔަން ދިޔަގޮތަށް ގޮސް އަލިޝްކާޔާއެކީ އެނދަށް ވެއްޓިގަތެވެ. ނަމަވެސް އަލިޝްކާ އޭނާ ގައިގައި ބާލިހަކުން ޖެއްސެވެ. “ނުދެމިނަމަ ހަލާކެއް ނުވާނެއެއްނު..ރީއްޗަށް ބުނީމަ މަ ދޭނަންވިއްޔަ..” ބާލިހުގައި ހިފަމުން އަވްޔަން ހިފާލީ ތުން ދަމައިގެން އިން އަލިޝްކާގެ ތުންފަތުގައެވެ. “މަ ގަންދޭނަން އޭގެ އެއްޗެއް އޯކޭ؟” އަލިޝްކާގެ ތުންފަތްމަތިން ހިނިތުންވުމެއް ފެނޭތޯ އަވްޔަން މަސަތްކަތް ކުރިއެވެ. އެކަން ކާމިޔާބުވެސްވިއެވެ.

“މަ ގަންދޭނަން އަވޫވޫއަށް ބޮކްސާރއެއް ދެން އަވޫވޫ ޖެހޭނީ މަށަށް އޭގެ އެއްޗެއް ގަންދޭން އޯކޭ..” އަލިޝްކާ ދަތްތަށް ފެންނަވަރަށް ހީލިއެވެ. “ޑީލް..” މުއްކެވިފައިވާ އަތެއް އަވްޔަން ދިއްކުރިއެވެ. “ޑީލް..” އަލިޝްކާވެސް އޭނާގެ އަތް މުއްކަވާލަމުން އަވްޔަންގެ އަތުގައި ޖައްސާލިއެވެ.

1 އަހަރު ފަސް….

ދުވަސްތަށް މިފަދަ ގޮތަކަށް ފާއިތުވަމުން ދިޔައެވެ. އަހަރެއް ފާއިތުވީއިރު އަވްޔަންއަށް އޭނާގެ ބަލިން އެއްކޮށް އަރައިގަނެވިއްޖެޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނިމުމެއް ނުވާ ބާހާރު މޫސުމެއް އަވްޔަންގެ ހަޔާތަށް އަލިޝްކާ ޔަގީންކޮށްދިންއިރު އަލިޝްކާ އަދިވެސް އިންތިޒާރު ކުރަނީ އަވްޔަންގެ ޖަވާބަކަށެވެ. އަވްޔަންގެ ބައެއް ހަރަކާތްތަކުން އޭނާ ނުތަޅުވާށޭ އަލިޝްކާ ހިތް ބުނާ ކަހަލައެވެ. އަޖްވަދުގެ އަނިޔާތަކާއި އޭނާ ކަތި ނަޒަރުތަކުން އަލިޝްކާ ދުރަށް ގެންދިޔުމަށް އަވްޔަން ވަރެއް ނެތެވެ. ނަމަވެސް އެ ރެއަށްފަހު އަޖްވަދު ބިރުންވެސް އަވްޔަންމެންގެ ފްލޯރއަކަށް އޭނާ ނާރައެވެ. އަވްޔަން ދިން އިންޒާރު އޭނާއަށް މާ ބިރުވެރީ ކަންނޭނގެއެވެ. ޒިޔަލްއާއި އަޖްވަދުގެ ޕްލޭންތަށް ބޮޑުވެ ކުރިއަރަމުން ދިޔައިރު އުފަލާއި މަޖަލުގައި ދުވަސްތަށް ގުނަމުން ދިޔަ އަލިޝްކާއާއި އަވްޔަންއަށް މިކަމުގެ ހިލަމެއްވެސް ނުވާ ފަދައެވެ. އެކުވެރިންނަށް ވުރެ އެދެމީހުންގެ ދެމެދު އޮތް ގުޅުން މާ ގާތްވާނެކަން ބަލާލާ ކޮންމެ މީހަކަށްވެސް ޔަގީންވާނެއެވެ.

މިރެއަކީ ހަމަ ގައިމުވެސް އަލިޝްކާއަށް ވަރަށް ޙާއްސަ ރެއަކަށް ވާނެއެވެ. އެއްއަހަރާއި ހަމަސް އޭނާ ކުރި ބުރަ މަސަތްކަތުގެ ފޮނި ނަތީޖާ ލިބޭތީއެވެ. ދިގު ކަޅުކުލައިގެ ވިދާ މެކްސީގެ މަތިން އަލިޝްކާއަށް ގައުންލާން އެހީވެދިނީ އަޝްފާއެވެ. ކެޕް ވަންތަނެއް ނޭނގުނެވެ. އަވްޔަންގެ ކަމެކޭ ހިތާ އޭނާ ލޯގަނޑު ކުރިމަތީގައި ހުއްޓިލިއެވެ. އަމިއްލަ ހަށިގަނޑަށް ނަޒަރު ހިނގާލިއެވެ. ފަން އިސްތަށިގަނޑު މިހާރު އުނަގަނޑާ ހަމައަށް އަރާއިރު ވަނީ މިނިވަންކަމާއެކު ވިހުރެން ދޫކޮށްލާފަައެވެ. މާ ބޮޑު މޭކަޕެއް ނެތަސް އޭނާގެ ތުންފަތުގައި ގަދަ ފިޔާތޮށިކުލައެއް ޖައްސާލިއެވެ. “ވާވު އަލްގާޒީ އައިޝަތް ބަރަބޯ..” އަލިޝްކާ ކެޕް އަޅައިގެން މުޅި ތާނގައި ދުވެދުވެފައި އައި އަވްޔަން ކޮޓަރި ތެރެއަށް ބޯދިއްކޮށްލިއެވެ. އޭނާގެ ފަހަތުން ނާއިލްއާއި ސައިފްވެސް ކޮޓަރިއަށް ވަނެވެ. “އޭ އަސްލުވެސް ފަހަރި ލުކިން ލައިކް އަ ގާޒީ ދޯ..” ނާއިލް ހިނިގަނޑެއް ޖާހާލިއެވެ. “މި މީހުން މަށަށްވުރެ މޮޅުވާނެ އަލީޝް ރީތިކުރަން..” އަލިޝްކާގެ ކޮނޑުގައި ޖަހާލަމުން އަޝްފާ ނިކުތީ އެ ތިން ފިރިހެނުންގެ އަތްމައްޗަށް ތައްޔާރީތަށް ދޫކޮށްލާފައެވެ.

“ގާޒީއަކަސް ރީއްޗޭ..” ބޮލާ ނުކުޅަދާނަވެފައި ހުރި އަލިޝްކާ މަސަތްކަތް ކުރީ އަވްޔަންގެ އަތުން ކެޕް އަތުލެވޭތޯއެވެ. އެނދުމަތީގައި ކޯޅެމުން ދިޔައިރު ކުޅި ބަލަން ނިކަން ހެވިފައި ނާއިލްއާއި ސައިފް ތިއްބެވެ. ޖެއްސުމަށް ނޫނީ އެއްޗެއް ނުކިޔާ އަތްޖަހާލަ ޖަހާލައެވެ. “އޭ ދެން ނުތޮޅެ ދާން ހިނގާ…އަވްޔަންއަކަށްވެސް ނޭނގުނު ވިއްޔަ މިކަހަލަ ތޮއްޕެއް އަޅާކަށް..” ދޮރު ކުރިމަތީގައި އަބާޔާއާއެކު ރީތިވެގެން ހުރި ސަމީމާ ކުދި ކިޔައި ގަތެވެ. ނަމަވެސް އޭނާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. އަލިޝްކާގެ ބޮލުގައި ތޮފި އަޅުވާ ރީތިކޮށްދިން އަވްޔަންއަށް ތުންއަނބުރާލިއެވެ.

ނަމަވެސް ކަޑަނުވާން އަވްޔަން ޖަހާލީ ހިނިގަނޑެކެވެ. “މަ ހުވަފެނުގަ އެޅީމެ އެކަހަލަ ތޮއްޕެއް..މަންމަ ދައްކާ ވާހަކަ..” އަވްޔަންގެ ވާހަކައަށް ހެމުން ހެމުން އަލިޝްކާވެސް ސަމީމާއާއެކު ހިނގައިގަތެވެ. “ހޫނނނނ..” ބުނާނެ އެއްޗެއް ނެތުމުން ސަމީމާ އަޑެއް ލަވާލިއެވެ. “ހޯހޯ..ވަރަށް ރީތި ރާގެއް..މަންމާ ކުރިއަށް ކުރިއަށް..” ކޮޓަރި ދޮރު ޖަހާފައި އައިސް އެނދުގައި އިށީނދެލި އަވްޔަން ބޭރަށް އިވޭވަރަށް ގޮވާލިއެވެ. ސައިފްވެސް އެނދުމައްޗަށް ވެއްޓިގަތީ އަވްޔަންއާ އެއްބައިވަމުންނެވެ. ކޮޅަށް ހުރީ ނާއިލްއެވެ. ބަލާބެލުމުން ހީވަނީ ވާހަކައެއް ދައްކަން އުޅޭހެއްނެވެ.

އަވްޔަންއަށް އެކަން ފާހަގަ ވެގެން ނާއިލް ގާތު ކީއްވީތޯ އެއްސެވެ. “މަ ބުނީ…ކަލޭ ޖަވާބު ދެނީ ކޮންދުވަހަކުން ހެއްޔޭ؟؟” ވާހަކައިގެ ނިމޭ ތަންކޮޅަށް ދަމާލަމުން ނާއިލް އެއްސެވެ. “ތެދެކޭ ސަނީ ބުނި މިހާރު އަހަރެއް ވަނިއްޔޭ ޕްރޮޕޯސް ކުރިތާ..ކަލޭ ތަޅުވަން ހެޔޮނުވާނެ..” ހިނިގަނޑެއް ޖަހާލަމުން ސައިފް ތަފްސީލުކޮށްދިނެވެ. މި ދެމީހުން މި ދައްކާ ވާހަކަ އަވްޔަންއަށް ރޭކާލީ ދެނެވެ. ބޯ ހާވާލާފައި އަލިޝްކާގެ އެނދުގައި އޮށޯވެލިއެވެ. އެއްޗެއް ނުބުނެ އޭނާ އާފުރެން ފެށިއެވެ. “އޭތްތް…ބީރު ވީތާ…” އަވްޔަންގެ ފައިގައި ފައިން ޖަހަމުން ނާއިލް އެއްސެވެ. “ޖަވާބެއް ދޯ..އައި ލަދްސީ..” ބާލިސްތެރޭގައި އަވްޔަން މޫނު ފޮރުވާލުމުން ޕަކަަޕަކަ ލާފައި ނާއިލްއާއި ސައިފް ހޭންފެށިއެވެ. އެދެމީހުންނަށް އަވްޔަންގެ ޖަވާބު ވީ މަޖާލަކަށެވެ.

“ހެވޭ..ތީ ފިރިހެނެކޭ..މަށަށް އިނގޭ ކައެ ބުނާނީ..ޔޭސްްްސްސް..” އެކުވެރިޔާގެ ހާލު ދެނެހުރެ ސައިފް ބުންޏެވެ. ބާލިސްތެރޭގައި ފޮރުވިފައި އޮތް ނަމަވެސް އޭނާ ބޯ ޖަހާލިކަން އިނގެއެވެ. “ކޮންއިރަކު ބުންނަވީ..” ތެދުވެ މޯޅިއަކަށް ދެމިލަމުން އަވްޔަން ސުވާލުކޮށްލިއެވެ. އޭނާ ހުރީ ތައްޔާރަށްކަން އިނގުމުން ސައިފްއާއި ނާއިލް އެކަކު އަނެކަކަށް ބަލާލަމުން ހެވިފައި އެއްބުމަ އަރުވާލިއެވެ. “ސޯ…މިރޭ މިއުޅެނީ..ސަމީމައްތަޔާއެކީ ގްރެޖުއޭޝަން ނިންމާފަ އަލީޝް އަންނަން ވާއިރަށް ކުޑަ ޕާރޓީއެއް ހަދަން..އެހެންމަ މިހާރު ވާންވީ ގޮތަކީ ސަމީމައްތަ އަންނާނީ ކާރުގަ ތަންކޮޅެއް ކުރިން ދެން ކައެ ދާނީ އަލީޝް ބަލައި އޭނާ ގޮވައިން އަންނަންވާއިރަށް އެންމެން ސަޕްރައިސް ހަދާނީ..އޯކޭ؟.” ހުރިހާ ކަމެއް މާ ކުރިން ރޭވިފައި ހުރިކަން އިނގުމުން އަވްޔަން ހިސާބަކަށް ހައިރާންވިއެވެ. އެހެންނަމަވެސް އޭނާ ބޯ ޖަހާލިއެވެ.

“މަ ހިތަށް އަރާ ކައެމެން އަލީޝް ކިޔަނީ ކީއްވެބާއޭ..” އަވްޔަންގެ ކޮޓަރިއަށް އޭނާގެ އެކުވެރިންނާއެކު ވަންނަމުން އަވްޔަން އޭނާގެ ހިތަށް އެރި ވާހަކަ ދުލުން ބޭރުކޮށްލިއެވެ. “ކަލޭގެ ބަރަބޯ ނިންޖާރ އޯ ވަޓް އެވާރ..އެހެން އެންމެންގެ އަލީޝް އެއްނު..ދެން ފޮނި ވާހަކަ ނުދައްކާ ވަދޭ ފާހާނާއަށް އަދި މިއަދު ހެނދުނު ތެދުވިގޮތަށް ފެންނުވަރާ ކަންނެ ޔަގީންވިއްޔާ..އަވަހަށް ދޭ ކުނި ކުކުޅާ އަހަރުން ގަމީސް އިސްތިރިކުރާނަން..” ފުނާ ނާޅާ ހާމުން އަވްޔަންގެ ބޯ ހާވަމުން ސައިފް ފަތިވަރު ދަމާލިއެވެ. “ކަލޭވެސް ނުވަރާނެ ދުވާލު ދެދަޅަޔަކަސް މަށަށް ޔަގީން..ގަމީހެއް ނޫން އެއްކަހަލަ އަތްދިގު ހުދު ސްވެޓާރ އިސްތިރިކުރާނީ..” ޕިސްޕިސް ތަޅަމުން އަވްޔަން ފާހާނާއަށް ވަނެވެ. އަވްޔަން އެނގި އަމުރާ އެއްގޮތަށް ނޫކުލައިގެ ޖިންސަކާއި ހުދު ކުލައިގެ ސްވެޓާރ އިސްތިރިކުރުމުގެ މަސަތްކަތް އޭނާގެ ދެ އެކުވެރިން ފެށިއެވެ. ވަރަށް ހާލުން ނަމަވެސް ނެތް ކަށިން ހިތްވަރު ނެރެގެން ކަބަޑު ތެރެއަށް ބޮޑިކޮށްފައި ހުރި އެ އެއްޗެހިން ރޫ ފިލުވޭތޯ އެމީހުން މަސަތްކަތް ކުރިއެވެ. ނިމުމެން ނުވާ ކަންނެތް ކަން މިލްކު ކޮށްފައި ހުރި އަވްޔަންއަށް އެތަށް ހާސްބަހުން ތައުރީފްކުރަމުންނެވެ.

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ދެ ސައިކަލު މަޑުކޮށްލީ ކޮލެޖް ކުރިމައްޗަށެވެ. ކުރީގައި އޮތް އަވްޔަންގެ ސައިކަލުގައި އިން އަވްޔަން ފަސް އެނބުރި ބަލާލިއެވެ. ފަހަތުގައި އޮތް ސައިކަލުގައި ތިބި ނާއިލްއާއި ސައިފްއަށް ބުމަ އަރުވާލިއެވެ. “ދޭބަލަ ތި ގަންނަ އެއްޗެއް ގަންނަން..” އަވްޔަން ބުނެލިއެވެ. “އޭ ތެދެކޭ މާ ގަންނަ ފިހާރަ ބަންދުކުރާނެ..ދިހައެއް ޖަހާއިރު.” ނާއިލްގެ ސައިކު ފަހަތުގައި އިން ސައިފް އަތުކުރީ ގަޑިއަށް ބަލާލިއެވެ. އިތުރު ވާހަކައެއް ދެއްކުމަކާ ނުލާ އެދެމީހުން ދުއްވާލީ އަވްޔަން ގޮވަ ގޮވާ ހުއްޓައެެވެ. “އޭތް ކީއްކުރާ މަލެއްތަ..ކޭކުވެސް ފަޅައޭ..މޮޔައިންތަކެއް ސަހާދެއް..ދެން މާދެނީ ސަންތިމަރިޔަންބު ޒަމާނުގައެއް ނޫންތަ.” ބޯ ހޫރާލަމުން އަވްޔަން އޭނާގެ އަމިއްލަ ނަފްސަށް އިވޭވަރަށް ބުނެލިއެވެ. އޭނާގެ ނަޒަރު ދެން ހުއްޓުނީ ގޭޓު ކުރިމަތީގައި އެހެން ދެ އަންހެން ކުއްޖަކާއެކު ހޭން ހުރި އަލިޝްކާއަށެވެ. މިރޭ އުޑުމަތިން ހަނދު ނުފެންނަނީ ބިމަށް އެ ހަނދު ފައިބާ ހުރީމަ ކަންނޭނގެއެވެ. ޖީބުގައި އޮތް ފޯނު ނަގާ އަވްޔަން އެ މަންޒަރު ރައްކާކޮށްލިއެވެ.

ޔަމާނީއާއެކު ސެލްފީއެއް ނާގަލި އަލިޝްކާގެ ލޮލުގައި އަވްޔަންގެ ކެމެތާ ފްލޭޝް އަޅައިގަތެވެ. ދެލޯ ކުޑަކޮށްލަމުން އަވްޔަންއާ ދިމާލަށް އޭނާ މިސްރާބުޖެހިއެވެ. އަވަސް ހަރަކާތާއެކު އަވްޔަން ފޯނު ޖީބަށް ކޮށްޕާލިތަން އޭނާ ދުއްޓެވެ. “ހޯހޯ..” ކަށި އިނގިލި ދިއްކޮށްލަމުން އަލިޝްކާ ބުނެލިއެވެ. އަވްޔަން ވައްތަރު ޖައްސާލިއެވެ. “ނާރަންތަ..” އޭނާ އެއްސެވެ. “އުހުނ..އެރީމައެއްނު ދެވޭނީ ސަމީމައްތަ ގޮއްސި ކާރެއްގަ..” ގައުން ހިއްލާލަމުން އަލިޝްކާޔަށް ސައިކަލަށް އެރުންވީ އުނދަގޫ ކަމަކަށެވެ. ނަމަވެސް އޭނާއެކަން ކާމިޔާބު ކުރީ އިތުރުގޮތެއް ނެތުމުންނެވެ.

ސައިކަލު ދުއްވާލީ ބާރު ސްޕީޑެއްގައެވެ. ހީވަނީ ވައިވެސް އެއާއެކު ގެންދާހެންނެވެ. މޫނުމައްޗަށް ވެރެމުން ދިޔަ އިސްތަށިތަށް އެކަމުގެ ހެއްކަކަށް ފުދޭނެއެވެ. ހަމަ އެ ސްޕީޑުގައި ގޮސް ރަސްފަންނު ކުރިމައްޗަށް ސައިކަލު ހުއްޓާލިއެވެ. “މި ކީއްކުރާ ތަނެއް..” އަލިޝްކާގެ ސުވާލަށް ދެ ކޮނޑު އަރުވާލަމުން ރަސްފަންނު ތެރެއަށް ވަދެގެން ދިޔައެވެ. ދެފައި ދަމަމުން އަވްޔަން ގޮސް އިށީނދެލީ އެންމެ ފުރަތަމަވެސް ވެލިގަނޑު މަތީގައެވެ. ތުން ދަމާލަމުން އަލިޝްކާ އަވްޔަންއަށް ބަލާލިއެވެ.

އަވްޔަން އިންތަނުން ނަގާނެ ގޮތެއް އިނގުމުން އަލިޝްކާ ނުލަފާ ގޮތަކަށް ހިނިތުންވެލިއެވެ. ވެލިމުށެއް ނަގާ އަވްޔަންއާއި ދިމާލަށް އެއްލިއެވެ. ގައިން ވެލި ފޮޅާލަމުން އަވްޔަން ވެލިގަނޑު މަތިން ތެދެވީ ފޫކޮޅުގައި ކައްޓެއް ޖަހައިގެން ތެދުވާ ފަދައިންނެވެ. އޭނާ ދުއްވައިގަތީ އަލިޝްކާ ފަހަތުންނެވެ. ވަކި ހިސާބަކަށް ގޮސްފައި އަލިޝްކާ ވަރުބަލިވެގެން ހުއްޓާލުމުން އޭނާ ފަހަތުން ގޮސް އަލިޝްކާގެ މެދުހަށީގަ އޮޅުލައިގަތެވެ. މާ ނޭވާ ލެވޭ ހާލު އެ ދެމީހުން ވެއްޓުނީ ވެލިގަނޑު މައްޗަށެވެ. ހެދުމަށް ވެލި އެޅުމުން އަލިޝްކާޔަށް އުނދަަގޫވާ ގޮތްވިއެވެ. ނަމަވެސް އަވްޔަން ވަރަށް އަރާމުގައި އަލިޝްކާގެ މޭގައި ބޯ އަޅާލިއެވެ. އެއީ މާ ރަނގަޅު އަމަލަކަށް ނުވިއެވެ. “އައްދިއްޔޯއި..” އަލިޝްކާ ހަޅޭއްލަވައިގަތުމުން ފުންމައިގެން އަވްޔަން ތެދުވިއެވެ. އޭނާ ނިއްއަރުވާލިއެވެ. ރަނގަަޅަށް އަލިޝްކާޔަށް ބަލާލުމުން މި ކުރެވުނީ ކީއްކަން ރޭކާލިއެވެ.

“އޯހް ސޮރީ ސޮރީ..މީ އަންހެނެކޭ ދޯ..” އޭނާ ޕަކަޕަކަ ޖަހައިގަތެވެ. އަލިޝްކާ ތުންއަނބުރާލަމުން ތެދުވެ ހެދެން ހިއްލާލައިގެން ހުރެ މޫދާ ކައިރިވިއެވެ. ފެންފޮދެއް ނަގައި އަވްޔަންގެ މޫނަށް ބުރުއްސާލިއެެވެ. “މޮޔަ ވާހަކަ ނުދައްކާ ކަލޯ” އަލިޝްކާ ބުންޏެވެ. “މިތާ އުޅެނީ ބަރަބޯ ކިޔާ އެންމެ މޮޔައެއް” މޫދުން ފެން ބުރުއްސަމުން އަވްޔަން ރައްދުދިނީ ހަރަކާތުންނާ ޢަމަލުންނެވެ. ހަނދުވަރުގެ އަލި ނެތުމުން މުޅި މާހައުލު ފެންނަނީ އެއްކޮށް އަނދިރިކޮށެވެ.

ރަސްފަންނުގެ އެ ހިމޭން ހިސާބުގައި މީހުންވެސް ނުލާހިކު މަދެވެ. ގަޑިން ރޭގަނޑު އެގާރާ ޖަހާއިރު ދެން ބީޗަށް އަންނަނީ ހަމައެކަނި އަވްޔަންމެން ކަހަލަ މޮޔައިންނެވެ. ފެންޖަހާ ބުރުއްސަމުން ވެލި މުށްމުށުން ގޯނާ ކުރަމުން ދާއިރު ކުރިއަށް އޮތް ކޮޅިގަނޑުގެ ހިލަމެއްވެސް ނުވާ ކަހަލައެވެ. މިހާރު އެ ދެ ތުންފަތް މަތިން ފެންނަ ހިނިތުންވުމުން ފިލައިގެން ދާކަށް މާ ގިނައިރެއް ނެތްކަން ރޭކާނުލާ ހިތް ފުރެންދެން ކޮލްގެޓް އިސްތިހާރު ކުޅުނެވެ. މާދަން ފިޔާ ކޮށާ އިސްތިހާރެއް ކުޅެން ޖެހިދާނެކަމާމެދު ވިސްނައެއް ނުލައެވެ.

“އޭ ދެން އައްޗީޑި ގައުން ތެމެނީއޭ..” ތަނބިކަށްޓާ ހިސާބަށް ފެންގަނޑު އެރުމުން އަވްޔަންގެ ފެން މުގޯށިތަކުން ފިލަން އަލިޝްކާ ވެލިގަނޑު މައްޗަށް އެރިއެެވެ. ހިއްލައިގެން އުޅުނު ނަމަވެސްހެދުމުގެ ފައިބައި ހިސާބަކަށް ތެމުމުން ހިންހަމަނުޖެހިފައެވެ. “ކާކުތަ މަގޭ ގަޔަށް ލޮނުފެން މާގަނޑު ފެންޖެހީ..” އަވްޔަންވެސް ފެން ބުރުވަމުން މޫދުން ފޭބިއެވެ. އޭނާގެ ނޫކުލައިގެ ޖިންސު ކަކުލުން ތިރިއަށް އޮޅާފައިވާއިރު ފެންނަން އޮތްބައި އެއްކޮށް ތެމިފައެވެ. “އެ ލޯބިން..” އެސްފިޔަަތަށް ތަންކޮޅެއް ބާރަށް ޖަހާލަމުން އަލިޝްކާ “ފްލައިން ކިސް” އެއް ރައްދުކޮށްލިއެވެ. “އަމައްޔާއި..ފްލައިން ކިސް ދޭހާ ދުރަކަށް އަދި ނުދަމޭ..” ނޭވާ ޖެހޭ ހިސާބުގައި ހުއްޓިލި އަވްޔަން ބުނެލިއެވެ. އަލިޝްކާ ދެބުމަަ ކައިރިކޮށްލީއެވެ. ދެލޯ ކުޑަކޮށްލީ އަނގައިން ބަސްހުސްވުމުންނެވެ.

ދެން އަވްޔަން ކޮށްލި ހަރަކާތުން އޭނާ ސިހުނެވެ. އަލިޝްކާގެ ނޭފަތުގައި ބާރަކަށް ދަތް އަޅާލަމުން އަވްޔަން ހިނގައިގަތީ ރަސްފަންނުން ނިކުންނާށެވެ. ނޭފަތުގައި ފިރުމާލަމުން ވެލިގަނޑު މަތީގައި އޮތް ސެޓްފިކެޓާއެކު އަވްޔަންއާ އަލިޝްކާ އެއްވަރުކޮށްލިއެވެ. ފަހަތުން ގޮސް އަވްޔަންގެ ކަންފަތު ފޫޅިގައި އަލިޝްކާ ދަތްއަޅާ ދަމާލިއެވެ. “އާއާއާއާއާއާއާއާ….” މުޅި ފަޒާގައި ގުގުމާލީ ލިބުނު ސިހުމާއި ވޭނާއެކު ހަޅޭއްލަވައިގަތް އަވްޔަންގެ އަޑެވެ. އެ އަޑުގެ މައްޗަށް އަލިޝްކާ ބާރު ހުނުން ވެރިވެގަތެވެ. ރާޅުތަށް ބީއްސާލާ އަޑާއި މިދެމީހުންގެ އަޑު އެކުވީ ނާޒުކު ގޮތަކަށެވެ.

ކަންފަތުގައި ފިރުމާލަމުން އަވްޔަން ވައްތަރު ޖައްސާލިއެވެ. އަލިޝާކް އެއް އަރިއަކަށް އެނބުރި އަވްޔަންގެ އުނަގަނޑުގައި އޭނާ ފޫކޮޅުން ޖަހާލީ ކުޑަކޮށް ގުދުވަމުންނެވެ. އޭނާ ނޭނބުރި އުޅެނިކޮށް އަވްޔަންވެސް އަލިޝްކާ ފަދައިން އަވްޔަންގެ ފޫކޮޅުން އަލިޝްކާގެ ފޫކޮޅުގައި ޖެހިގަތެވެ. އޭނާގެ ނިޔަތަކަށްވީ އަލިޝްކާ އުނަގަނޑުގައި ޖެހުމެވެ. ނަމަވެސް މިއީވެސް އޭނާގެ ނަސީބު ކަންނޭނގެއެވެ. އެދެމީހުންނަށް އެއްފަހަރާ ކުރެވުނީ މަޖާ ކަމެކެވެ. ނޭނގުނުކަމަކީ ހިތުތެރެއިން ދެމީހުންވެސް ލަދުގަތްކަމެވެ. އަވްޔަންގެ ކޯ އަލިޝްކާގެ ކޮލަށް ވުރެ އަވަހަށް ރަތްވިހެން ހީވިއެވެ. އޭނާ ވަގުތުން ތުންފަތުގައި ދަތް އަޅާލަމުން ބޯ ކަހާލިއެވެ.

“އަވްޔަންސް ސްމޯލް ބޫޓީ ލުކިން ގޫ…ޑް..” ބޮޑުވާ އިނގި ދައްކާލަމުން އަލިޝްކާ ބުނެލީ އަވްޔަން އިތުރަށް ލަދުގަންނަވާށެވެ. ކޯ ފޮރުވުމަށްޓަކައި އަވްޔަން ދެ ކޯ މަތީގައި ދެއަތް އަޅާލިއެވެ. “ބަރަބޯގެެވެސް ފަލަވީމަ ލުކިން ސޯ ބޫޓިފުލް…” ކަޑަނުވާން އޭނާ އެއްލޯ މަރާލިއެވެ. “އޯ މައި ގޯޑް އެހެންވެ ދޯ މި ސޮރު އެހާ ލަވްލަވް ވަނީ..” ލަދުގަންކަން ނުދައްކަން އަލިޝްކާ ކުރި މަސަތްކަތް ފުރިހަމައެވެ. “ބުރިއަކަށް ނުބަލަން..ބަޓް ވަވް ޔޫ..” ސައިކަލު ކުރިއަށް އަރަމުން އަވްޔަން ބުނެލީ ތޫލި އަޑަކުންނެވެ. “އޯވްވް..ލަވް ޔޫ..” އަލިޝްކާވެސް ހިިނިގަނޑެއް ޖަހާލިއެވެ.

ގޭ ދޮރުމައްޗަށް ހުއްޓާލީ ސައިކަލެކެވެ. އެއަށް ނަޒަރު ހުއްޓާލައިގެން ތަންކޮޅެއް ދުރުގައި ޕާކްކޮށްފައި އޮތް އަޖްވަދުގެ ސައިކަލުގައި ތިބި ޒިޔަލްއާއި އަޖްވަދުގެ ތުންފަތް މަތީގައި ވަނީ ކާމިޔާބުގެ ހިނިތުންވުމެކެވެ. މިރެއަކީ އެ ދެމީހުންނަށްވެސް ނިކަން ޙާއްސަ ރެއަަކަށް ވާނެތީއެވެ. އެ ދެ ޒުވާނުން ތަތް ފިޔަވަޅުތަކެއްގައި ގޮސް ގޭ ދޮރު ހުޅުވާލިއިރު މުޅި ތަނުން ފެނުނީ އަނދިރިކަމެވެ. “ކަލޯގަޔާ.ކޮންކަމެއްބާ..” އަވްޔަންގެ އަތްތިލައިގައި އަލިޝްކާ ވިކައިގަތެވެ. “މަށަށްތަ އިނގެނީ..މައެ އަތަށް ތި ހުރިހާ ވަރެއް ނުބާލުވެބެއަ..” ސިއްރުސިއްރުން އަވްޔަން ބުނެލިއެވެ. ކުޑަ އިރުކޮޅެއްގެ ހިމޭންކަމަށްފަހު އޭނާ ތުންބުން ފުމެލި އަޑަށް މުޅިތަން ދިއްލިގެން ދިޔައެވެ. ތަފާތު ކުލަތަކުންނެވެ. އަނގަ މަތީގައި އަތް އަޅާލި އަލިޝްކާޔަށް ބަލާލަމުން އަވްޔަން ހިނިގަނޑެއް ޖަހާލިއެވެ.

“ސަޕްރައިޒް..” އެންމެން އެއަަޑަކުން ހަޅޭއްލަވައިގަތް އަޑު މުޅި ގޭގައި ގުގުމާލިއެވެ. ޕާރޓީ ޕޮޕާރ ޕޮޕްވިއެވެ. މުޅިތަން ރީތިކޮށްފައިވަނީ ފުއްޕާހަންތަކުންނެވެ. ފާރުގައި ބޮޑު އަކުރުން “ކޮންގްރާ ބިލްބޯ ” ޖަހާފައި އިނުމުން އެތަށް ބަޔަކު ސުވާލު އުފެއްދިއެވެ. އަޝްފާއާއި ސައިފްގެ އިތުރަށް ނާއިލް ފިޔަވައެވެ. ނަމަވެސް އެކަމުގެ ހަގީގަތްވެސް ފާޅުވާކަށް މާގިނައިރެއްނެތެވެ.  ލުއި ކާއެއްޗެހިން ފުރިފައިވާ މޭޒު ފެނުމުން އެންމެ ފުރަތަމަވެސް ކުޅު ދިޔާވީ އަވްޔަންއެވެ. ލުއި ކާއެއްޗެއްސަށް ދެވިހިފާފައިވާ މީހެއްގެ ހާލެވެ. އަލިޝްކާ ބާރު ހިނގުއްމެއްގައި ގޮސް އެންމެ ފުރަތަމަވެސް ބައްދައިގަތީ ކޭކު ހިފައިގެން ހުރި ސަމީމާގެ ކަރުގައެވެ. ހެމުން ހެމުން ސަމީމާވެސް މޭޒު މަތީގައި ކޭކު ބަހައްޓާލިއެވެ.

އުފާވެރި ވަގުތު ކޮޅަކަށްފަހު ހިތްހަމަޖެހިލައިގެން އާއިލާއެއްގެ ގޮތުގައި އަޖްވަދު ނުލާ އެންމެން މަޖާކުރިއެވެ. ނާއިލްއާއި ސައިފްގެ އިތުރަށް އެދެމީހުންގެ ލޯބިވެރިން ބައިވެރިކޮށްގެންނެވެ. އެންމެންވެސް ހަމަޖެހިފައި ތިބިއިރު އަވްޔަންގެ ހިތްވަނީ ނުތަނަވަސްކަމުން ފުރާލާފައެވެ. ޖަވާބު ދޭންޖެހުމުގެ ނުތަނަވަސްްކަމެވެ. އޭނާއަށް ހަގީގަތުގައިވެސް އަލިޝްކާ ބެލެހެއްޓޭނެހެއްޔެވެ. މި ހަވާލުވެވެނީ ކުރެވޭނެ ވަރު ކަމަކާބާއެވެ. އަލިޝްކާ އޭނާގެ ހައްގެއްގެ ގޮތުގައި ގެންގުޅުމަކީ ހަމަގައިމުވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ. ކުރިމަތިވާން މިއުޅެނީ ރަނގަޅުކަމެއް ނޫންކަން އަވްޔަންގެ ހިތުގެ ކަނަކުން އިންޒާރު ދެމުން ދިޔައެވެ. އޭނާގެ ހިތް ބުނަމުން ދިޔައީ މި އިމްތިހާނުން އޭނާ ފާސްނުވާނެކަމަށެވެ. ނަމަވެސް ޡަމީރު އެކަމާ ދެކޮޅު ހަދާނީވެސް ހަމަ ސަބަބެއް އޮތީމަ ނޫންހެއްޔެވެ.

“ދެން އުޅޭ ކޭކު ފަޅަން..” ކޭކު ކައިރިއަށް ދާން އަމީން ތަންދެއްކިއެވެ. މޭޒު ކައިރީގައި އަލިޝްކާ ވަޅިއާއެކު ހުއްޓިލަމުން އަވްޔަންއަށް ބަލާލިއެެވެ. “އޭ އަވޫވޫ ކައެވެސް ދޭބަލަ އެއްކޮށް ފެޅީމަ ކޭކުގަ މީރު ރަހަ ލުން ގާތްކަން ބޮޑު..އެހެންނޫނަސް ކޭކު މަތީގަ އެހެރީ ބަރަބޮލާ ބިލިމަގޭ..” ނާއިލްގެ ވާހަކައިން އެންމެން ހޭންފެށިއެވެ. ދޮގެއް ނޫނެވެ. ވެނީލާ ކޭކުގެ މަތީގައި އެއްއަރިއަކަށް ވާގޮތަށް ތިން ބިލިމަގު ކޮޅާ ދެ ބަރަބޯ ކޮޅު ބާއްވާލާފައި އޮތެވެ. އަވްޔަން ހުއްޓިލީ އަލިޝްކާ ކައިރީގައެވެ. މުޅި މާހައުލު އަނދިރިވެފައި ވާއިރު އެދެމީހުންގެ މޫނު އަލިކޮށްދިނީ ކޭންޑަލްސް ތަކެވެ. ކޭކުގައި އަލިޝްކާ ވަޅި ޖައްސާލިއެވެ. ފަަހަތުން އަވްޔަންވެސް އަލިޝްކާ ގައިގައި އަތްވަށާލަމުން ވަޅީގައި އަތްޖައްސާލިއެވެ. ކޭކު ފަޅާލި ގަޑީ ކެމެރާ ފްލޭޝްތަށް ނިވި ދިއްލެން ފެށީ ހަޅޭކުގެ އަޑާ އެކުގައެވެ.

“ޔެސް..” ދަތް ޖައްސާލަމުން އަލިޝްކާގެ ކަންފަތް ބުޑުގައި އަވްޔަން ބުނެލިއެވެ. އަލިޝްކާ ދެލޯ ކުޑަކޮށްލަމުން އަވްޔަންއަށް ބަލާލީ ކޭކުފޮތި އަތަށް ނަގަމުންނެވެ. “ޔެސްއޭ..ކޮންކަމަކަށް..” އަވްޔަންގެ އަނގަޔަށް ކޭކު ފޮތިލިއިދިން އަލިޝްކާގެ ހިތުގައި ސުވާލު އުފެދުނެވެ. މަންޒަރު ބަލަން އެންމެން ތިބީ ހިމޭންވެފައެވެ. ހިނިގަނޑު ހިފާއްޓާލައިގެންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (72)

  1. She

    Me first tha if so yeyyyyy…adhi nues kiyan?????

    1. gigi
      She

      Congratulations yeyy ❤❤❤❤ proud proud of ya ?????????? kiyaalaafa comment kohlachey ?????

  2. Mal

    Wow vrh reethi story????????

    1. gigi
      Mal

      Thank you so much mallu derr ???❤❤❤❤??????????? much luv ??

  3. Sis

    Salhi ingey gigi?.. Ekam Hama varah curious kohlaafa thi nimmaali.. Alhe keeh ve ehn hadhani? ? Mihaaru emme beynumi alishka ge reaction balan.. Hop hop #BILBO ?..But ajvadh e rey khaassa V keeh ve baa? ?Anekkaaves plan eh kohgen dhw? ? Mi story varah reethi.. ?❤️❤️❤️ gigi hama Mi speed ga story nimmaala dhehchey ingey.. ? btw me second dhw?

    1. gigi
      Sis

      Awwn ma siss ❤❤❤❤❤❤ Thank you so much ?????????? i figured out all of a sudden that sis is a curiouse person ????? ehemma hama curiouse kohlaa hihvee ????? I goas tha? ??? and yeah lets see dho alishkrrr ge reaction on avuvuu ????? hama gogo #BILBO…and yess ajwadh ah indeed Haassa ingeyh I’ll tell u why next part gaa ????? alheyy such luvv insha allah hama mi speed ga dhen in few parks up kohladheynann ????????????????? mifaharu 3rd dho let’s try 2nd or 1st ga lavvalathoa dhen oii baiga! ???????

  4. gigi

    Salaamai all luvs ❤❤❤❤❤❤❤ I missed you all so much during this weekend ????????????????????? and srry vaahaka lasveema assu weekend bxyy veema daily koh up nuviii ???but from today onwards I’m aiming daily koh up kohdheveythoa ??????????????And yes next part contains big surprises too and Im writing it right know I’ll try submiting today ???????and this weekend ga kehthikameh nethi vaahakayah inthizaaru kudhinnah vrh bodah thank you ?????????? and baehkudhin heekohfaane lasvegn ehaa ginain comment kureema gigi ah undhagoovaanee but no vrh vrh ufaavey hurihaa readers ves inthizaaru kuraanan ingeythii ????????????????????????? ( baeh comments ah reply nukurias it cux bxy veemaa I’m very thankful to have readers like u ) ????????????? kuree part ge baeh comment thakah i didnt reply im srry but mi part ga ill try ??????????this part ge ves comment thakah I’ll be replying hope u like this part and have a nice day ❤❤❤❤❤❤?????????????????????????????

  5. Mazu

    Woww Alheyyy vrh loabi mi part vess.. Alhe gigi haadha creative ey dhw..??? So loabss..hope vrh avahah next part vess up koh dheyne kamah..vuv u gigi kolhaa.. Umwahhh?❤️??

  6. Xennyy

    Oh…my gigss…….vav..u..so.so…sooo..much….
    Story is awwwwwsum…n nice…lovrly…cute…best story ever????????????❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????????????????????❤❤❤❤❤❤❤

    1. gigi
      Xennyy

      OMG bro ai vaalhu vedhaane ehaa gina hearts ah fithanyya ??? BTW awwwn my xennnyyyss makin me speechless again ❤❤❤❤❤❤❤❤❤❤❤❤❤❤ Thank you so much ???????????? vuv uuuuuuuu moreeeeeeee 2222222222???????? best reader 2222222 ?????????❤❤

  7. anaa

    nice story.. nd plxx avyan nd alishka dhuru nukurahchey plxx

    1. gigi
      anaa

      Thank you so much anaa dear ❤❤❤❤?????????? I’ll try not too but mihaaru vrh heeveyy ekahala gotheh ves vedhaaneyyy ???????????

  8. Cute Lips

    Alhe barabolaa bilimagu vaki nukuraaathi….. Kihaa gulhey tha e couple…. E ajvadh ai ziyal ah addu bodieh kaan dhee plzzzz

    1. gigi
      Cute Lips

      Hingaa dho dhuaa kurann ?????? “bilimagaai baraboa vakinukurahvaandheyy “???insha allah I’ll try vaki nukurann ? alhe I never went to addu mithaa addu kujje ulhenyya gigi ah addu bondieh dhee lol????

    2. Cute Lips
      Cute Lips

      Alheyyy…. Cute Lips kulhudhuffushi…. Hehehehe….. Addu bodi ey buny .. Emyhunnah ladeh dheyshey bunumuge mainaaga…. Hehe… Vau u…

    3. Cute Lips
      Cute Lips

      Half H.DH.kulhudhuffushi…… Half M kolhufushi……….

      …… ;)….

      Alhe Cute Lips vs beynun gigi ai tlk kurn……. :(……

      Ekm snapchat eh nugen gulhen…

    4. gigi
      Cute Lips

      mazu bunanii she have oa ?? btw dhen mithaanga talk kuranii dho i made a special public acc in snap readers aa talk kurann??

    5. Kokko
      Cute Lips

      Cute lips kon school eh. I think I know u

  9. her new fan

    ITS HERE VERY NICE

    1. gigi
      her new fan

      Thank you so much ???❤❤❤❤❤???? lots and much luvvx ma fann ?????????????

  10. Mazu

    Alhe my gigi kolhaa is soo talented.. Haadha reehchey mi part vess.. ? story kiyaa iru hama gadhayah rovey faharu vess aadhey.. Adhi hama ehaa varah hevey faharu vess aadhey thi #BILBO dhemyhun kuraa majaaa kanthahthah kiyaalaafa… Sifakurun is also hama just perfect ey buneveyny.. So loabss.. Vuv u my loabi loabi gigi rankolhaa❤️❤️❤️???????

  11. Mazu

    Mazu mee addu kujjeh gigi.. Aadhey addu ah.. ❤️

    1. gigi
      Mazu

      Ticket pleaseeeee ????addu friend eh ulheyy but no contact mihaaru ehnoonama dhiyaeemuss ????

    2. Mazu
      Mazu

      Eheh gigi vess buney Kon rashehkan eyrunneh nu ticket vess fonuveyny??

    3. gigi
      Mazu

      im from male dear ???? well half i guess..maybe..but i live in male☺☺☺☺

  12. Mazu

    And about the story, it’s just hama perfect ey buneveyny.. Thigothuga hifahattaalahchey story nimendhen ingey.. Vuv u alott???

    1. gigi
      Mazu

      Alheyy thank you so much dearrr ❤❤❤❤❤❤ vvvv ufaavejje u be so loabiiiii and I’m speechless ?????????????????????? yesh insha allah I will ????????? vuv uuuuuuuu lots moree ???????

  13. siyaa

    story varah reethi abadhuves story kiyan ekm frist time mi comment kohly u r one of my favourite gigi
    i am a fan of u now gigi.when next part???waiting

    1. gigi
      siyaa

      Awwn vvvvvvvvvvvvvv ufaavejje siyaa ge comment eh libuneema ❤❤❤❤❤❤?????? and welcome to the comment section ????? alheyy assu vess it’s really nice of u first comment ves hama ehaa loabi ??????????????????? u just became one of ma favs ???? next..tomorrow insha allah ?????

  14. Batthu

    Pls upload next part soon..varah varahh reethi mi storyy….????? bilbo varah salhi????

    1. gigi
      Batthu

      Ooh missed u bathhuu ❤❤❤❤❤❤ I’m trying ma best thanks alot ?????????#BILBO forever ??????

  15. Mal

    Alhey gigi dhn thi nimmaaly emme curious kohlaafa….????alishkaa ge reaction balaalan beynunvany mihaaru….???forever together insha allah#BILBO….???????mi part ga ves dhn haadha cute ey…???☺??anehkaa keehvebaa ajwadh ah ehaa haahsavyy….???nenge dhw knmes molhu plan eh kanneynge….v foohive….??????☺????gigi dhn bunabaa u ge age….plx…..aslu mal v beynun gigi aa talk kohlan…????☺???????and gigi plx don’t separate bilimagu and barabo…such a nice combination…and about the stry v loabi v romantic….??????☺?????i just wanna say go girl…u deserve all the happiness in ur life….may allah protect your talent from evil ? eyes….. ? ? ? ? lot’s of love…….❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. gigi
      Mal

      I’ve been waiting for your comment mallluuuuu ❤❤❤❤❤❤❤❤❤ gigi goas dhoo hama curiouse kohlaa hihvee ??????? such a colourful supportive loabi osam cute and adorable comment….u just make mee too speechless??????????? ur suchha big support thank you so much dearrr assu ves I have no words to describe how haply I am to have u ???????????????????????????????????????????? yes insha allah #BILBO FOREVER ?????? let’s see dhoo ajiyal men haavan ulheyy hadiehves and hoping for the besttt hama ????????????? insha allah I wont saperate themmm I’ll try not to……awwwn thank you so much thikahala comments akee kuriah dhaan libey vrh bodu hihvareh ????????????????????????????????? and yeah private koh talk kohlan beynumiyya add me on snapchat my acc is “rightergigi” ??????? thanks alot again u suchaa luvvv ???????? may Allah protect you from the bad guide u to the good and blesss u with all the happiness that can be on both worlds ??????????❤❤❤❤❤❤vuv u too ??????

    2. gigi
      Mal

      oh srry my accs username is “gigittey”

  16. Maa

    Commenteh nukuran hurefaves gigi use kuraa molhu basthakun…??? hama heehee halaakuuu??????

    1. gigi
      Maa

      ???? gigi ge molhu words eyy? I don’t remember using molhu words ?? dheeba missaaeh ????

  17. Beryl Stone

    Masha allah???vrh vrh thithi ingey mi prt vx????hiyy varey hiyy varey #BILBO ??????Gigi is a scwl student??OMG??I’m alsw a student ey ??miss ya❤????In sha Allah???vaane dhw male in myt vaan???fenna komme grl akah gigi kiyaafa govyma ok vaane dhw gigi ganduu???????Beryl Stone akah neyge ehaa majaa vaakah??alhey u avuvuu n Alysh dhuru nukurahchey???????plx ey???Hrdha thithi ey mi stry????ma golaa nuthalhuva nxt prt avahah up kohdhehche ingey brww?????????????????Such much vuv from me??vuv u bodukoh ??❤❤????????

  18. ?

    Varah kiyaahithun indhaa nimuniii???????????..anyways varah salhi mi vaahaka vess …..aneii part ves varah avahaha up kohdhehchey gigii…???????…mi story ah comment nukoh hama hiyhama nujehey…..??????? gigii thikuraa hiyvarah hama saabas??????????keep it up gigiii????????????????????????????????????????????????????????????❣❣????????????????❤?❤????????❤?❤❤??????????????❣????????????????????????????????????

    1. gigi
      ?

      Ehehe unicornyyy ???????? srry to make u sad but next part contains for surprises ❤❤❤❤????????????????????? thank you so much for the endless support…..insha allah vrh avahah next part ves up kohdheynan and I’m hopin to see uu❤❤❤❤❤❤❤❤❤❤❤❤❤❤ awwwnnn so sweet of you and gigi ahves unicorn ge comment ah reply nukoh hama keh nuveyyyy….thanks in bunches ??????????????????????❤?❤?❤??????????????????????❤?????????❤????????????????????❤❤???????????????????? and the emojies ves hama obiness ?????

  19. unique

    heheh
    love it waited a lot but bxy vma got late to reply
    but as usual love the BILBO couple
    sooo much loves
    missed the story

    1. gigi
      unique

      Ahahaha ??????? issok ?? comment eh kohleema vrh vrh vrh bodah thank youuuuu ????❤❤❤❤❤?? ehehe ya bilboo frvr ?????? much more vuvs and missed u 2?????

  20. kookie

    oh my gigi …. vav u soooooo muuuchh. mi part vx varah vav. next part avahah genedhehchey. waiting. vav u again. 😀 :*

    1. gigi
      kookie

      Ommm kookie ❤❤❤❤❤❤ vuv u moree ???? thank you saah much and much love again ????????????????insha allah tommorow ???

  21. Gigi ge fan

    This part is very special than other parts?????…varah habeys???????…avahah up kohdheeeeba gigi dhoonyaa…vuv you bodukoh???????❤????❤❤?????????❤????

    1. gigi
      Gigi ge fan

      indeed. ?? kuriah oii baii adhi maa special vaane ingeyyy??????? awwn and thank you so muchh ????????❤❤?? yes im trying my best mihaary almost 1000 words hama vanii?????? vuv u big too ???????????????❤❤

  22. Sara

    Vuv u. Waiting for next part, ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????????????????????????????????????????????????????????????????????????????????

    1. gigi
      Sara

      Vuv u lots more 2????? yes thanks alot for waiting and how did u know my fav 2 colours ??❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  23. Mazu

    Gigi loabikolhu insta use kurantha? ❤️Alhe use kuranyaa user name akah innany Kon name eh? Mazu vess insta use kuran.. Gigi use kuranyaa talk kuran kamah.. ??

    1. gigi
      Mazu

      Oh I’m srry dear I use to use insta ekm mihaaru i can’t cux of some reason…and yeah Ive promised myself not to get in there again so acc vess dlt kohlaifin ?????? alhe dear alhaaba snapp eyrah we can talkkk ???

    2. Mazu
      Mazu

      Aarn alhaanan snap ehen vejjiyya.. Keekey innany name ah jahaafa? ?

    3. Mazu
      Mazu

      Aarn Okayh so snap alhaany gigi love kolhaa talk kuran..?❤️? and Kon name ehtha jahaafa innany snap ga??

  24. ?

    Nice story

  25. Mazu

    Alhe okay so snap alhaany.. But keekeytha snap ga name akah gigi jahaafa innany? ??❤️?

  26. vov hamtii

    Hehe??
    #BILBO FOREVER
    I vov bilimaguuu n barabo…alhey haadha cutee couple ekey eii??..i juss vov them a looooot..mmwaaaah????giggi bro hama molhee ey…vuv uu cucumber ??????

    1. gigi
      vov hamtii

      Ahah brwww ????? exactly #BILBO vaahaka liyunu iruves emme furathama hithaeri hamtti vrh like vaaneyy ????? cux Ik ur type last yrrr remember? ??? and yeah thank you so much ????????????????? k ves hama ma goani fullah laanves vrh molhu and mihaaru phone fenuneethrr I gotta send uuu ❤❤❤❤❤❤❤❤❤❤??????????? vuv u lots lots lots and more one of my biggest treasures k thee ????????????

  27. nai sher

    thisss izz ma farrst comment..umm esfiya ah ves..heheluv luv
    BILBO mmwah
    Haadha haa loabey e couple ulhey goii..ooppsyyyy…eii couple ehnun dhw adhi..bt next part ga dhey will be vov vov couple..vov uuuuu gigi?
    #TeamBILBO
    #BILBO vs AJYAL
    #VOV AVUVUU
    #VOV ALEESHH
    #GOGO TEAM BILBO

    1. nai sher
      nai sher

      Omg hurihaa hashtag eh ehuree olhun bolhun vefa..ahaha

    2. gigi
      nai sher

      Lol ok vaane as long as hurihaa names hamayah huriyyaa ????? and welcome to this’ll comment section dear nice to meet u ❤❤❤❤❤❤❤❤????????????????? vuvvv uuu 2 ? yesh adhi couple eh noon but hopefully soon ???? we are hoping for the best dhooooo ?? and yeah vuv u lots lots more ❤❤?????? it’s a battle ingey between #AJIYAL vs #BILBO thanks for the support and thank you so much for the adorable comment ????????

  28. Gigi ge fan

    Adhives up nuwey…alhey can’t wait to see reactions of baraboa and bilimagu??????vuv them a lot…please gigi dhoonyaa up kohdheeeeba as soon as possible..????????????????

    1. gigi
      Gigi ge fan

      Sooooon ❤❤❤❤❤❤❤ mihaaru submit kohlaifin ingey ????????????

  29. vov hamtii

    gigi mihaaru publish kohffintha next part..alheyyy, pleeeez faast..up kuraathi asap

    1. gigi
      vov hamtii

      kehtheri brontho gotta ask ur mother ingey k ah impatients vaarathavee kaakuge faraathunthoa lol ..almost done….??????❤❤

  30. Mal

    Gigi darling actually i don’t use snap….????insta beynun kurany….insta in ekani vaahaka dhehkeynyves….????☺☺???gigi plx dhn tell u r age….

    1. gigi
      Mal

      alheyy..i cant use insta im srry myself just don allow me ??? u not allowed tha snap ? ?????? but ill try to frnd ehge acc in viyas…

  31. ?

    Giggittey eyee snap acc name tha giggii…..i ah ok girl eii vias boy eii vias …..beynumee hama frnd akah vaan…???????????☺☺☺?????????????????

    1. gigi
      ?

      yes its “gigittey” snap acc ????? add me and ill accept u and then u can say you are unicorn from esfiya so we can be friends hama ☺☺???????❤❤???? and yeah who cares bout the gender dhw?????

  32. Mal

    Yahh plx try kohlahchey frnd ehge acc in viyas…????

    1. gigi
      Mal

      Yesshhh I’ll try…?

  33. Cute Lips

    Alhe Cute Lips balaanan frnd eh ge snp in gigi feney thw…. When i get permision to use…. Snp ……. viber……. Insta…….. Fb…… All those stuff we could tlk freely right… Bt nw i can tlk in esfiya……

    1. gigi
      Cute Lips

      Yeah msg kohlanyya just tell me ingey thee cute lipsey ??

  34. Xiwerrkie

    Alhey haadha rythi vaahaka yekey??????best story ever
    Kn iraku ane bai upload kurany???

    1. gigi
      Xiwerrkie

      Awwwwn ???? one of the best comments evaah ❤❤❤??????????? mihaaru submit kohlaifin ingey ????????

Comments are closed.