
ވިންދޭ ލޯބި ތީ އެދޭ 21
އަލޫފްގެ އެވާހަތަކުން ލިބުނު ހިތްހަމަޖެހުމާއެކު ޝަމްހާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ދެން އޭނައަށް އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެއެވެ. ކުރިއަށް ކުރަން އޮތް ކަމެއް ކުރާނީ ދެން އަލޫފްއެވެ. ކާމިޔާބީގެ ހިނިތުންވުމެއް ވެރިކުރުވައިގެން ހުރެ ޝަމްހާ ހިތާ ހިތުން ވާހަކަ ދެއްކިއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް އައު އަހަރުގެ ކިޔެވުންވެސް ފެށިއްޖެއެވެ. ކިޔެވުން ފެށި ހަފްތާއެއް ފާއިތުވެގެން ދިޔައިރު ދަރިވަރުން އުޅެމުން ދަނީ ވަރަށް ބުރަކޮށެވެ. ރަސްމީ ކުލާސްތަކުގެ އިތުރުން އިތުރު ގަޑިތަކަށްވެސް ހާޒިރުވާންޖެހެއެވެ. މިންހާ އާއި އަޝްރާ ގުރޭޑް ދިހައެއްގައި ކިޔަމުން ދިޔައިރު އިއާން އާއި ނާއިލް ދަނީ އޭލެވެލްގެ ފުރަތަމަ އަހަރުގެ ކިޔެވުން ކިޔަވަމުންނެވެ. ރަށުގައި އޭލެވެލް ކިޔެވެން ނެތުމާއެކު އިއާން އާއި ނާއިލް ކިޔަވަމުން ދަނީ ކައިރި އެހެން ރަށެއްގައެވެ. ދެކުދިންވެސް ތިބެނީ އެއްގެއެއްގައި ކަމުން ދެމީހުންވެސް ތިބީ ވަރަށް އުފާވެފައެވެ. މައިންބަފައިންގެ ރައްޓެހި ބައެއްގެ ގާތު ތިބިއިރު އެމީހުން އެދެކުދިންނަށްވެސް ކަންތައްތައް ކޮށްދެނީ އެމީހުންގެ އަމިއްލަ ދަރިން ފަދައިންނެވެ. އެމީހުންގެ އަމިއްލަ ދަރިންނާ އެކުދިންނާ އެއްވެސް ތަފާތު ކުރުމެއްނެތިއެވެ. ބަންދު ދުވަސްތަކުގައި ދެކުދިންވެސް ރަށަށް އައިސް އާއިލާ އާއި ރަހުމަތްތެރިންނާއެކު ވަގުތު ހޭދަކުރެއެވެ.
އަރާމުކޮށް ނިދާލާފައި އޮތް މިންހާއަށް ހޭލެވުނީ އެލާމްވާ އަޑަަށެވެ. އެލާމް އޮފްކޮށްލުމަށްފަހު އެނދުން ތެދު އާދައިގެ މަތިން އެނދު މަތި ތަރުތީބުކޮށްލުމަށްފަހު ފެންވަރާ ތާޒާވެލުމަށް ފާޚާނާއަށް ވަނެވެ. ފެންވަރާ ތާޒާވެލަައިގެން ނިކުމެ ކުޑަކޮށް ތައްޔާރުވެލައިގެން މިންހާ އަވަސްވެގަތީ ފަތިސް ނަމާދު ކުރުމަށެވެ. ފަތިސް ނަމާދަށްފަހު ޤުރުޢާނުން މިންވަރެއް ކިޔަވާލުމަށްފަހު ސުކޫލަށް ދާން ވާއިރަށް ތައްޔާރުވާން ފެށިއެވެ. ތައްޔާރުވެވުމާއެކު ދަނބު ކުލައިގެ ދަބަސް އޭނަގެ އެއް ކޮނޑުގައި އަޅުވާލުމަށްފަހު ސްޓަޑީ ޓޭބަލް މަތީގައި ތަރުތީބުކަމާއެކު ބާއްވާފައި އޮތް ދެތިން ފޮތް އަތުން ހިފައިގެން މިންހާ ތިިރިއަށް ފޭބިއެވެ. ތިރިއަށް ފޭބުމަށްފަހު ފޮތްތަކާއި ދަބަސް ސޯފާ މަތީގައި ބެހެެއްޓުމަށްފަހު މިންހާ މިސްރާބުޖެހީ ކާކޮޓަރިއަށެވެ. އޭރު އާދައިގެ މަތިން މާހިލް ކޮފީ ބޯން އިންއިރު ނާހިދާ ކިރު ތައްޓެއް ގިރަން ހުއްޓެވެ. މިންހާ އައިސް އިށީނުމާއެކު ނާހިދާ އޭނަގެ ކުރިމައްޗަށް ވާގޮތަށް ކިރު ތަށި މޭޒު މަތީގައި ބެހެއްޓިއެވެ. އެއާއެކު މިންހާ އޭނަގެ އަނގައަށް ވައްތަރެއް ޖައްސާލިއެވެ. ” ހެހެހެ… މަންމާ ހަނދާންވޭތަ… މިންނު އަބަދުވެސް މަންމަ ކިރުތަށި ތައްޔާރުކުރާ ދުވަހަކު ކިރު ތަށި ފެނުނީމަ މިންނު އަނގައަށް ހަދާލާ ގޮތް… މިހާރުވެސް ހަމަ އެހެންވެޔޭދޯ… ހެހެހެ… ” މިންހާ އާ ދިމާކޮށްލުމުގެ ގޮތުން މާހިލް ހެމުން ހެމުން ބުނެލިއެވެ. އެއާއެކު ނާހިދާވެސް މަޑު ހުނުމަކާއެކު އާއެކޭ ބުނެލިއެވެ. މިންހާ ތުންކޮޅު ހަދާލުމަށްފަހު އެއް ނޭވައިން ކިރު ތަށި ބޯލުމަށްފަހު މޭޒު މަތީގައި ހުރި ފެންފުޅިން ފެން ފޮދެއް ބޯލިއެވެ. ”މިންނު… މަންމަ ބުނަމެއްނު އެހާ އަވަސް އަވަހަށް ނުވާނޭ ބޯލާކަށް… ލަސްލަހުންނޭ ބޯލަންވާނީ… ” ތަށިތަކެއް ދޮންނަން ހުރެ ނާހިދާ ބުނެލިއެވެ. ” ހާދަ ނުބައޭ… އެހެންވެއޭ މަންމާ އެއްފަހަރުން ބޯލެވެނީ… ” އަބަދުވެސް އޭނާ ދޭ ޖަވާބު ދިނުމަށްފަހު އަވަސް އަވަހަށް ކާކޮޓަރިން ނިކުތެވެ. ނާހިދާ ތަށިތައް ދޮންނަން ހުރެފައި މަޑުމަޑުން ބޯ ހޫރުވާލިއެވެ. އެވަގުތު މާހިލްވެސް ކޮފީ ބޮއެ ނިންމާލުމަށްފަހު ކާކޮޓަރިން ނިކުމެ ބަދިގެއާއި ދިމާލަށް މިސްރާބުޖެހިއެވެ. ” މައި… ދަނީ އިނގޭ… ” ބަދިގެއަށް ބޯ ދިއްކޮށްލުމަށްފަހު މާހިލް އެހެން ބުނުމާއެކު ފުށް މޮޑެން ހުރި މައިޝާ ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. އެއާއެކު މާހިލްވެސް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ގެއިން ނިކުންނަން ހިނގައިގަތެވެ.
އާދައިގެ މަތިން އަޝްރާ އާއި ދެމީހުން ގޮސް މިންހާ ސުކޫލަށް ވަނެވެ. ހިނިތުންވުމެއްގައި ތިބެ ދެކުދިން ގޮސް ކުލާސް ތެރެއަށް ވަނެވެ. ކުލާސް ތެރެއަށް ވަން މިންހާގެ ހިނގުން ވަގުތުން ހުއްޓި އޭނަގެ ނަޒަރުވެސް ވަކި ދިމާލަކަށް ހުއްޓުނެވެ. ބޮޑުވެފައިވި ދެލޮލުން މިންހާއަށް ކުރިމަތިން ފެންނަމުން ދިޔަ މަންޒަރަށް ބަލަން ހުރެވުނެވެ. މިންހާއަށް އައި ބަދަލުން އަޝްރާއަށް ހައިރާންކަން ލިބުނެވެ. މިންހާއަށް އައި ބަދަލުން ލިބުނު ހައިރާާންކަމުގައި އަޝްރާވެސް ކުރިމައްޗަށް ބަލައިލިއެވެ. އެއާއެކު އަޝްރާގެ ދެލޯވެސް ބޮޑުވެގެން ދިޔައެވެ. ކުރިމަތިން ފެންނަމުން ދިޔައީ އަލޫފް އާއި ޝަމްހާ އާއެވެ. ކުޑަ ދޮރުތައް ކައިރީގައި ދެމީހުން ހުއްޓިލައިގެން ތިބިއިރު އަލޫފް ހުރީ ކުޑަ ދޮރުގައި ލެނގިލައިގެންނެވެ. ދެ ޒުވާނުންގެ މޫނު މަތީގައިވެސް އުފާވެރިކަން ވާއިރު ދެމީހުންވެސް ދިޔައީ އެކަކު އަނެކަކާާ ހިނިތުންވުމެއްގައި ތިބެ ވާހަކަ ދައްކަމުންނެވެ. ”އައި ލަވް ޔޫ ސޯ މަޗް ޝަމޫ… ” އަލޫފް ބުނެލި ބަސްތައް މިންހާގެ ކަންފަތާއި ހަމައަށް ފޯރީ ހޮނު ގުގުރިއެއް ފަދައިންނެވެ. އެއްވެސް އިޚްތިޔާރަކާނުލާ އެބޮޑު ދެލޮލަށް ހޫނު ތާޒާ ކަރުނަތައް ޖަމާވެގެން ދިޔައެވެ. ” އައި ނޯ… އައި ލަވް ޔޫ ޓޫ… ” ތުއިވެލަމުން އަލޫފްއަށް ނަޒަރު ހުއްޓާލައިގެން ހުރެ ޝަމްހާާ ބުނެލިއެވެ. އެއާއެކު އަލޫފް ޝަމްހާގެ އަތުގައި ހިފާ އުފުލާލަމުން އޭނަގެ ތުންފަތް މަޑުމަޑުން ޝަމްހާގެ އަތުގައި ޖައްސާލާ ބޮސްދިނެވެ. ފެނިގެން ދިޔަ މަންޒަރުން މިންހާގެ ލޮލަށް ޖަމާވެފައިވި ކަރުނަތައް ރޮނގެއްހެން ފައިބައިގެން އައިސް އެދޮން ކޯތާފަތުގައި ބޮސްދިނެވެ. ހިތަށް ކުރުވި އަސަރަކުން ހިފަހައްޓާލައިގެން ހުރި ފޮތްތަކުގައި އިތުރަށް ބާރަށް ހިފަހައްޓާލަމުން މޭގާ ބާރަށް ޖައްސާލެވުނެވެ. މިންހާއަށް ކުރާނެ އަސަރު ހިތަށް އެރުމާއެކު އަޝްރާއަށް އަވަސް އަވަހަށް މިންހާއަށް ބަލައިލެވުނެވެ. މިންހާ ހުރި ހާލަތު ފެނި އަޝްރާ ކަންބޮޑުވިއެވެ.
އަޝްރާ ރުޅި އައިސް ރަތްވެފައިވި ނަޒަރަކުން އަލޫފް އާއި ޝަމްހާއަށް ބަލައިލިއެވެ. އެދެމީހުން އަދިވެސް ތިބީ އެމީހުންގެ އަމިއްލަ ދުނިޔޭގައެވެ. އެތަނުގައި އެދެމީހުން ފިޔަވައި އިތުރު އެހެން ބަޔަކު ތިބިހެންވެސް އެދެމީހުނަށް ހީނުވެއެވެ. ”ތީ ކޮންކަމެއް… ނޭނގޭތަ މީ ކްލާސްތެރެ ކަމެއް… ތިކުރާ ކަމެެއް ކޮންމެވެސް އެހެން ތަނަކަށް ގޮސް ކުރޭ… ޑިސްގަސްޓިން… ” އައި ރުޅީގައި ދަތްޕިލަ ޖައްސާ ބާރުކުރަމުން އަޝްރާ ވާހަކަ ދެއްކިއެވެ. އެއާއެކު އަލޫފް އާއި ޝަމްހާ މިންހާ އާއި އަޝްރާއަށް ބަލައިލިއެވެ. ” އޯހް… އެހެން ބަޔަކުވެސް އެބަތިބި ދޯ… އަލޫފް… އައި ތިންކް އަހަރެމެންގެ ރޮމޭންސް މިހިސާބުން މެދުކަނޑާލަން ކަންނޭނގެ ޖެހޭނީ… އެހެން ނޫނީ ކަރުނައިގެ ކޯރެއްގަ ފަތަން ކަންނޭނގެ ޖެހޭނީ އަހަރެމެން… އިރުކޮޅަކު ފެން ބޮޑުވެދާނެ މިތަނުގަ… ” މަލާމާތުގެ ހިނިތުންވުމެއް ހަދިޔާކުރަމުން މިންހާއަށް ނަޒަރު ހުއްޓާލައިގެން ހުރެ ޝަމްހާ ވާހަކަ ދެއްކިއެވެ. ޝަމްހާގެ ވާހަކަތަކަށް ބާރު ދިނުމުގެ ގޮތުން އަލޫފްވެސް މަލާމާތުގެ ހިނިގަނޑެއް ޖަހާލިއެވެ. އޭރުވެސް މިންހާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދިޔައެވެ. ”ޝަމްހާ… ހިތަށް އެރިހާ އެއްޗެއް ނުކިޔައްޗޭ… ޖަސްޓް ޝަޓް އަޕް… ” އަޝްރާއަށް އެއްޗެކޭ ނުބުނެ ނުހުރެވުމުން ޝަހާދަތް އިނގިލި ޝަމްހާ އާ ދިމާލަށް ދިއްކޮށްލަމުން ރުޅި އައިސްފައި ބުނެލިއެވެ. ” ޝަމޫ… ލީވް އިޓް… އެކަހަލަ މީހުނާާ ބޭކާރު ވާހަކަ ދައްކަން އަހަރެމެންގެ ޓައިމް ވޭސްޓްކުރާނެ ކަމެއް ނެތް… ލެޓްސް ގޯ… ” މިހެން ބުނެ މަލާމާތުގެ ހިނިތުންވުމެއް މިންހާއަށް ހަދިޔާކުރަމުން ޝަމްހާގެ އަތުގައި ހިފައިގެން އަލޫފް ކުލާހުން ނިކުންނަން ހިނގައިގަތެވެ. ކަރުނުން ބަރާވެފައިވި ދެލޮލުން މިންހާއަށް އަލޫފްގެ މޫނަށް ބަލައިލެވުނެވެ. އެމޫނު މަތިން އެއްވެސް އަސަރެއް އޭނައަކަށް ނުފެނެއެވެ. ހިތަށް އިހުސާސްވި ތޫނު ތަދާއެކު މިންހާގެ އަނގައިން މަޑު އާހެެއްގެ އަޑު ނިކުތެވެ. ހަމައެއާއެކު ލޮލަށް ޖަމާވެފައިވި ކަރުނަތައްވެސް ހިފެހެއްޓުމެއްނެތި ފައިބައިގަތެވެ.
އަޝްރާ އަވަސް އަވަހަށް އޭނަގެ މޭޒު ކައިރިއަށް ގޮސް މޭޒު މަތީގައި ފޮތްތައް ބެހެއްޓުމަށްފަހު ދަބަސް ގޮނޑީގައި ބެއިންދިއެވެ. އަދި އަވަސް ހިނގުމެއްގައި ގޮސް މިންހާގެ ކޮނޑުގައި ހިފަހައްޓާލައިގެން ހުރެ ގެނެސް ގޮނޑީގައި ބޭންދިއެވެ. އަދި ފޮތްތައް މިންހާގެ އަތުން އަތުލާ މޭޒު މަތީގައި ބެހެއްޓުމަށްފަހު ދަބަސްވެސް ނަގައި މިންހާގެ ގޮނޑީގައި ބޭންދިއެވެ. އެއްވެސް ހަރަކާތެއް ނެތް މީހެއް ފަދައިން މިންހާ އިނީ ހުއްޓުންއަރާފައެވެ. ” މިންނު… މިންނު… އާރް ޔޫ އޯކޭ… ” މިންހާގެ އަތުގައި ހިފަހައްޓާލަމުން ކަންބޮޑުވެފައި އަޝްރާ ވާހަކ ދެއްކިއެވެ. ”ހައު… ހައު ކޭން ހީ ޑޫ ދެޓް… ” ލޮލުން ކަރުނަ އޮހޮރެމުންދިޔަ ހާލު މިންހާއަށް ބުނެލެވުނީ އެހެންނެވެ. އޭނަގެ ހިތް ވަނީ ކުދިކުދުވެފައެވެ. ހިތުގައި އުފެދިފައިވި ރިހުން މުޅި ހަށިގަނޑަށް ފެތުރިފައިވާ ކަހަލައެވެ. ގައިގައި އެއްވެސް ވަރެއް ހުރި ހެނެެއް ހިޔެއްނުވެއެވެ. ” މިންނު… ނޯ… ދިސް އީޒް ނޮޓް ގުޑް… މިންނު… މީ ސުކޫލޭ… އެސެމްބްލީއަށްވެސް ދާންޖެހޭނެ އަދި… މިހާރުވެސް މަދުމަދުން ކުދިންތައް އެބަ އާދޭ… ކުއްޖަކަށް ފެނިއްޖިއްޔާ ސުވާލުކުރާނެ… ކީކޭ އެންމެން ހިތަށް އަރާނީ… ޔޫ ހޭވް ޓު ކޮންޓްރޯލް ޔުއާ އިމޯޝަންސް އެޓް އެނީ ކޯސްޓް… ޔޫ ހޭވް ޓު ކޮންޓްރޯލް… ދޭ އަވަހަށް ފާޚާނާއަށް ގޮސް މޫނު މަތި ރީތިކޮށްލައިގެން އަންނަން… ” މިންހާގެ ކޮނޑުގައި ހިފާ ހިތްވަރު ދިނުމުގެ ގޮތުން އަޝްރާ ވާހަކަ ދެއްކުމާއެކު މިންހާ އަވަސް އަވަހަށް ބޯ ޖަހާލިއެވެ. ” ޔޭސް… އައި ހޭވް ޓު ކޮންޓްރޯލް މައި އިމޯޝަންސް… ” އަތުން ކަރުނަތައް ފޮހެލަމުން މިންހާ ބުނެލިއެވެ. އަދި ދަބަހުން ދެތިން ޓިޝޫއެއް ނަގައި އެބަ އަންނަން ކަމުގައި ބުނެ ކުލާހުން ނިކުމެ ފާޚާނާއަށް މިސްރާބު ޖެހިއެވެ. އެއާއެކު އަޝްރާއަށް މޭގައި އަތް އަޅާލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ.
ޝަމްހާގެ އަތުގައި ހިފައިގެން ވަކި ހިސާބަކަށް އައިސް އަލޫފް އޭނަގެ އަތުން ދޫކޮށްލިއެވެ. އޭރު އެދެމީހުނަށް ތިބެވުނީ ސުކޫލުގެ އަނެެއް ފަރާތު ދޮރު ކައިރީގައެވެ. އަލޫފް އޭނަގެ އަތުން ކުއްލިއަކަށް ދޫކޮށްލުމުން ޝަމްހާގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ” އަލޫފް… ވަޓް ހެޕެންޑް… ” އަލޫފްގެ ފަހަތުގައި ހުރެ ޝަމްހާ ސުވާލުކުރިއެވެ. ” އައި ޑޯންޓް ނޯ… މިންހާ ދެރަވީމަ… މިންހާ ދެލޮލުން ކަރުނަ އައިމަ… އައި ޝުޑް ބީ ހެޕީ… ބަޓް… ނޭނގެ… އަހަރެން ހިތަށް އުނދަގޫ ވަނީ… އައި ޑޯންޓް ނޯ ވައި… އައި… އައި ފީލް ދެޓް ވަޓްއެވާ އައިމް ޑޮއިން އީޒް ރޯންގް… ” އެއްދިމާލަކަށް ނަޒަރު ހުއްޓާލައިގެން ހުރެ އަލޫފް އޭނަގެ އިހުސާސްތައް ޝަމްހާ އާ ހިއްސާކުރިއެވެ. ” ޑޯންޓް ވޮރީ އަލޫފް… ވަޓް އެވާ ޔޫއާ ޑުއިން އީޒް އޯލް ރައިޓް… މިންހާދެކެ އަލޫފް ލޯބިވާތީ ތިހެން ތި ފީލްވަނީ… ބަޓް ވަގުތާއެކު އަލޫފްގެ އިހުސާސްތައްވެސް ބަދަލުވާނެ… ޑޯންޓް ވޮރީ… މިންހާ އަލޫފްގެ ލޯބި ވޭލިއު ނުކުރި އިރު އަލޫފް ކީއްކުރަން މިންހާއަށްޓަކައި ހަމްދަރުދީ ވާންވީ… ޔޫ ހޭވް ޓު ޓޭކް ރިވެންޖް… މިންހާ އަލޫފްދެކެ ލޯބިވާނަމަ އަލޫފްއަށް މަޢާފުކޮށް އިތުރު ފުރުސަތެއް ދޭނެ… އެކަމަކު މިންހާ ކަންތައް ކުރީ އެހެނެއްް ނޫން… މިންހާ އަލޫފްގެ އިހުސާސްތަކަށް ނުބެލިއިރު އަލޫފް ކީއްކުރަން މިންހާގެ އިހުސާސްތަކަށް ބަލަންވީކީ… ” ޝަމްހާާ މިފަހަރުވެސް އަލޫފްގެ ނަޒަރުގައި މިންހާ ގޯސްވާނޭ ފަދައިން ވާހަކަ ދެއްކިއެވެ. ” ޔެއާ… ޔުއާ ރައިޓް… ވަރަށް އަވަހަށް މިންހާގެ ހުރިހާ ހަނދާނެއް އަހަރެންގެ ދިރިއުޅުމުން ފޮހެލާނަން… އޭރުން މިންހާގެ ބަދަލުގަ ޝަމޫ އަހަރެންގެ ލައިފްގަ ހުންނާނީ… މިހާރުވެސް މިންހާގެ އެއްވެސް މުހިއްމު ކަމެއް އަހަރެންގެ ލައިފްގަ ނެތް… މިހާރު އަހަރެންގެ ލައިފްގަ އެގޮތަށް މުހިއްމީ ޝަމޫ… ތޭންކްސް ފޯ ބީއިންގް އަ ޕާޓް އޮފް މައި ލައިފް… ” ޝަމްހާގެ މޫނަށް ބަލަހައްޓާއިގެން ހުރެ އަލޫފް ވާހަކަ ދެއްކިއެވެ. އެއާއެކު ޝަމްހާ އަލޫފްއަށް ލަދުރަކި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އަދި ތަންކޮޅެއް ދުރުން ދެތިން ފިރިހެން ކުއްޖަކު އޭނައަށް ހަނާ އަޅާތަން ފެނި އަލޫފް ދަނީ ކަމުގައި ބުނެ ހިނގައިގަތެވެ.
” ސޯ… ޕްލޭން ސަކްސަސްފުލްވިތަ… ” އަލޫފް ދިޔަ ދިމާލަށް ބަލަހައްޓާއިގެން ހުރި ޝަމްހާގެ ގާތު އައިސް ހުއްޓެމުން އީލާފް ބުނެލިއެވެ. ” ޔެއާ… ޕްލޭން ވަރަށް ފުރިހަމައަށް ކާމިޔާބުވި… އެކަމަކު… އަލޫފް.. ހީ ސްޓިލް ލަވްސް ހާ… ” ފުޅާ ހިނިތުންވުމަކާއެކު ފެށި ވާހަކަ ނިންމާލިއިރު ކޮންމެވެސް ވަރެއްގެ ނުރުހުންތެރިކަމެއް ޝަމްހާގެ އަޑުގައި އެކުލެވިފައިވިއެވެ. ” ކާމް ޑައުން ޝަމޫ… އެއްފަހަރާ ހުރިހާ ކަމެއް ފުރިހަމައެއް ނުވާނެއެއްނު… ދޮންބެ އަމިއްލައަށް ޝަމޫ އާ ރައްޓެހިވާން އެހިކަންވެސް އެއީ ވަރަށް ބޮޑު ވަރެއްނު… އެޓްލީސްޓް ނައު ހީ އީޒް ޔުއާ ބޯއީފްރެންޑް… ގިވް ހިމް ސަމް ޓައިމް… ހީ ވިލް ފޯލް ފޯ ޔޫ… އައިމް ޝުއާ… ދެން މިންހާ ދޯ… މިންހާގެ ދިރިއުޅުމުގައި ދެން ކުރިއަށް އޮންނާނީ އަބަދުވެސް ކަރުނަ އަޅާ ރުއިން… މިންހާގެ ހުރިހާ އުފަލެއް އަހަރެން ފޭރިގަންނާނަން… އެންމެ ފުރަތަމަ މިންހާގެ ލޯބި… ދޮންބެ އަކީ މިންހާގެ ވީކްނެސް… އެވީކްނެސް އަހަރެމެންގެ ބެނެފިޓަށް މި ޔޫސް ކުރަނީ… ދޮންބެ މިންހާ އާ ވަކިވީމަ މިންހާ މުޅިން ބަލިކަށިވާނެ… އެކަމާ ހެދި އޭނަގެ ކިޔެވުމަށްވެސް އަސަރުކުރާނެ… އައި ވިލް މޭކް ޝުއާ ދެޓް ޔޫ ކްރައި އެވްރީ ޑޭ… ” ވަރުގަދަ އަޒުމަކާއެކު އީލާފް ބުނެލިއެވެ. ” ޑޯންޓް ވޮރީ އީލޫ… އަހަރެމެންގެ ޕްލޭން ކާމިޔާބުވާނެ… ” އީލާފްގެ ކޮނޑުގައި އަތް އަޅާލަމުން ޝަމްހާާ ބުނެލިއެވެ.
ފާޚާނާއަށް ވަދެ މޫނު މަތި ރީތިކޮށްލައިގެން މިންހާ ނިކުތެވެ. އަދިވެސް އެދެލޮލުގައި ކޮންމެވެސް ވަރެއްގެ ރަތް ކަމެއް ވެއެވެ. ކުލާހަށް އައިސް ވަންއިރު ގިނަ ޕްރިފެކްޓު ދަރިވަރުން ކުލާހުގައި އުޅެއެވެ. ބެލް ޖެހުމާއެކު ހުރިހާ ކުދިން ކުލާސްތަކަށް ވަންނަން ފެށިއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ކުލާސް ޓީޗަރު އައުމާއެކު އެސެމްބްލީއަށް ދިއުމަށް ހުރިހާ ދަރިވަރުން ތައްޔާރުވިއެވެ. އެސެމްބްލީގައި ހުރިއިރުވެސް މިންހާގެ ފުރިހަމަ ސަމާލުކަން ޕްރިންސިޕަލް ދައްކަމުން ދިޔަ ވާހަކައަށް ދެވޭ ގޮތެއް ނުވިއެވެ. އެއަށްވުރެ އޭނަގެ ސިކުނޑީގައި އުފެދިފައިވި ހައިޖާނުގަނޑު ބޮޑެވެ. ޕްރިންސިޕަލްގެ ވާހަކައިގައި މިއަދުން ފެށިގެން މިއަހަރުގެ ޕްރިފެކްޓް ބޯޑަށާއި ސުކޫލުގެ އެހެނިހެން މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފާވާކަން ފާހަގަކުރިއެވެ. އަދި ދަރިވަރުންނަށް ނަސޭހަތްދީ އެތައް ވާހަކައެއް ދެއްކިއެވެ. ޕްރިންސިޕަލްގެ ވާހަކަތަކަށްފަހު އެސެމްބްލީ ނިމިގެން ދިޔައެވެ. އެއާއެކު ސަފުތަކުގައި ދަރިވަރުންތައް އެބައެއްގެ ކުލާސް ރޫމަށް ދިއުމަށް މިސްރާބުޖެހިއެވެ. ކުލާހުގައި އިން އިރުވެސް މިންހާއަށް ފިލާާވަޅަށް ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ. މިއަދުގެ ހާދިސާގެ އެކި ޚިޔާލުތަކުން އޭނައަށް ދިޔައީ އުނދަގޫވަމުންނެވެ. މިންހާގެ ސަމާލުކަން ފުރިހަމައަށް ފިލާވަޅަށް ނުލިބޭކަން ޓީޗަރުންވެސް މިހާރު ދެތިން ފަހަރު ފާހަގަކޮށްފިއެވެ. އެއިން ކޮންމެ ފަހަރަކު ޝަމްހާ އާއި އަލޫފްގެ އިތުރުން އީލާފްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއެވެ. ވިސްނި ވިސްނިހެން މިންހާގެ ބޮލުގައި ދިޔައީ ރިއްސަމުންނެވެ. އެހެނަސް ކެތްތެރިކަން އިސްކުރަމުން ފިލާވަޅުތަކަށް ސަމާލުކަން ދެވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ރަސްމީ ގަޑިތައް ނިމިގެން ދިޔައީ އެކަހަލަ ގޮތަކަށެވެ. ” މިންނު… ފޯމް ނަގައިގެން ދޯ ގެއަށް ދާނީ… އޭރުން ފަސޭހަވާނީ… ” ދަބަހަށް ފޮތެއް ލަމުން އަޝްރާ އެހެން ބުނުމާއެކު މިންހާ ހޫމް ލައްވާލިއެވެ. އެއަށްފަހު ދެކުދިން އެކުގައި ކުލާހުން ނިކުމެ އޮފީހާ ދިމާލަށް މިސްރާބުޖެހިއެވެ. އޮފީހާ އަރާ ހަމަވިތަނާ އީލާފް އާއި ޝަމްހާ އޮފީހުގެ ދޮރު ހުޅުވާލަމުން ނިކުތެވެ. ” ޝަމޫ… ފުރަތަމަ ދުވަހުވެސް ފިލާވަޅުތަކަށް ސަމާލުކަމެއް ނުދެވުން… ހަހަހަ… ފުރަތަމަ ދުވަހުވެސް ވީވަރު އެއީ… މިއަހަރު މިކަމުގަ ވޭތުވެގެން ދާނީ ކިހިނެއްބާ… ހެހެހެ… ދުވަސްކޮޅަކުން އެބްޒެންޓްވެސް ވާން ފަށާނެ ކަންނޭނގެ… ހެހެހެ… ” އޮފީހުން ނިކުން އީލާފް މަލާމާތް ފާޑަކަށް ހެމުން މިންހާއަށް އެބަސްތައް ރައްދުކޮށްލިއެވެ. ދެރަވީވަރުން މިންހާގެ ލޮލަށް މިފަހަރުވެސް ކަރުނަތައް ޖަމާވިއެވެ. އިސްޖަހާލީ ލޮލަށް ޖަމާވި ކަރުނަތައް ހިންދަން މަސައްކަތް ކުރަމުންނެވެ. އަޝްރާ އެއްޗެކޭ ބުނަން އުޅުނު ތަނާ މިންހާ އޭނަގެ އަތުގައު ހިފަހައްޓާ ހުއްޓުވިއެވެ. މަލާމާތުގެ ހިނިތުންވުމެއް އެދެމީހުނަށް ރައްދުކުރުމަށްފަހު ޝަމްހާ އާއި އީލާފް އެތަނުން ހިނގައިގަތެވެ. އެމީހުން ދިއުމާއެކު ނަފްސު ހަމައަކަށް އަޅުވާލަމުން އަޝްރާގެ އަތުގައި ހިފައިގެން މިންހާ އޮފީސް ތެރެއަށް ވަނެވެ. ދެކުދިން ފޯމު ނަގައިގެން ކުލާހަށް ގޮސް ދަބަހާއި ފޮތްތައް ހިފައިގެން ގެއަށް ދިއުމަށް ހިނގައިގަތީ އަވަހަށް ގަޑި ނުޖެހި އިތުރު ގަޑިތަކަށް ހާޒިރުވެވޭތޯއެވެ.
” މިންނު… ކީއްވެތަ އެމީހުން އެވަރު ކުރިއިރުވެސް އެއްޗެކޭ ނުބުނެ ހުންނަނީ… އަހަރެން އެއްޗެކޭ ބުނަންވެސް ނުދެމެެއްނު… ” ގެއަށް ދިޔަ މަގުމަތީގައިވެސް މިންހާ އެއްވެސް އެއްޗެކޭ ނުބުނުމުން އެންމެ ފަހުން އަޝްރާ ހިތްހަމަނުޖެހިފައި ބުނެލިއެވެ. ” އޭރުން މަސްލަހަތު މާ ބޮޑަށް ގޯސްވާނެއެއްނު އަޝޫ… އެމީހުން ކިޔާ އެއްޗެއް ކިޔަން ބަހައްޓާ… ” އެއްވެސް އަސަރެއްނެތް ގޮތަކަށް މިންހާ ބުނެލިއެވެ. ” އޯހް..، އެހާ އީޒީވިއްޔަ ދޯ ފެންނަ ކޮންމެ މަންޒަރަކަށް ބަލަހައްޓާއިގެން ހުންނަން… އެމީހުން ކިޔާހާ އެއްޗެއް އަޑުއަހާލަ އަހާލަ ހުންނަން… އެހެޔޮދޯ ލޮލުން ކަރުނަ ފޭބިޔަސް… ފިލާވަޅަށް ސަމާލުކަން ނުދެވުނަސް… މިންނުއަށް ހުރެވިދާނެ އެއްޗެކޭ ނުބުނެ… އެކަމަކު އަހަންނަކަށް ނުހުރެވޭނެ އެމީހުން ޖަހާ ސަކަރާތެއް ބަލާކަށް… އަހަންނަކަށް ނުހުރެވޭނެ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ރޯތަން ދެކޭތަން ބަލާކަށް އަބަދަކު… ” އަޝްރާ މިފަހަރުވެސް ވާހަކަ ދެއްކީ ހިތްހަމަނުޖެހިފައި ހުރެއެވެ. ” ބަޓް ޔޫ ހޭވް ޓު… އައި ހޭވް ޓު ބީ ބްރޭވް… އައި ޑޯންޓް ހޭވް އެނީ އަދާ ޗޮއިސް… ” ކަރުނުން ފުރިފައިވި ދެލޮލުން އަޝްރާއަށް ބަލައިލަމުން މިންހާ ބުނެލިއެވެ. ”މިންނު… އައި ނޯ އިޓް ވިލް ބީ ވެރީ ޑިފިކަލްޓް ފޯ ޔޫ… ބަޓް… ޕްލީޒް… ޓްރައި ޓު ބީ ސްޓްރޯންގް… ” މިންހާގެ މޫނަށް ބަލައިލަމުން ނުހަނު ދެރަވެފައި ހުރެ އަޝްރާ މަޑުމައިތިރިކަމާއެކު ބުނެލިއެވެ. އެވަގުތު މިންހާ ލޮލޮން ފޭބި ކަރުނަ އަތުގެ ނުފުށުން ފޮހެލަމުން މަޑުމަޑުން ބޯ ޖަހާލިއެވެ. އަޝްރާއަށްވެސް ދެން ބުނާނެ އެއްޗެއް ނޭނގުނެވެ. މިންހާގެ ހިތަށް ވަރަށް އަސަރުކުރާނެކަން އޭނައަށް އިނގެއެވެ. ގެއަށް ދެވެންދެންވެސް އެދެމެދުގައިވީ ހިމޭންކަމެވެ.
މިންހާ ގޮސް ގެއަށް ވަންއިރު ނާހިދާ އާދައިގެ މަތިން ފަހާފޮށި ކައިރީ ހެދުމެއް ފަހަން އިނެވެ. ”ދަރިފުޅާ… ހާދަ ވަރުބަލިވެފަހެން ހީވެޔޭ… ބަލީތަ އަނެއްކާ… ” މިންހާ ފެނުމާއެކު މޫނު މަތިން ތަފާތުކަން ފާހަގަވުމުން ނާހިދާ ފަހާފޮށި ކައިރި އިނދެފައި ތެދުވެގެން ގޮސް މިންހާގެ ނިއްކުރީގައި އަތް ޖައްސާލަމުން ބުނެލިއެވެ. ” ނޫން މަންމާ.. އެއީ މިއަދު މާ ބިޒީކޮށް ދިޔަ ދުވަހެއް ވީމަ… ” ގަދަކަމުން ހިނިތުންވެލަމުން މިންހާ ބުނެލިއެވެ. ”އެހެންތަ… ދަރިފުޅު ދޭ އަވަހަށް ނަމާދުކޮށް ތައްޔާރުވާން… މަންމަ ފިނި ބުއިމެއް ތައްޔާރުކޮށްލާނަން… ” ނާހިދާ އެހެން ބުނުމާއެކު މިންހާ ބޯ ޖަހާލަމުން ސިޑިން މައްޗަށް އަރަން ފެށިއެވެ. ކޮޓަރިއަށް ވަދެ މިންހާ ސައިޑް ޓޭބަލް މަތީގައި ދަބަހާއި ފޮތްތަތައް ބެހެއްޓިއެވެ. އެއަށްފަހު އަވަސް އަވަހަށް ތައްޔާރުވެލައިގެން ނަމާދުކުރިއެވެ. ތައްޔާރުވެގެން ނިކުމެ ތިރިއަށް ފޭބުމާއެކު އޭނަގެ މަންމަ ގޮވާލި އަޑަށް މިންހާ ކާކޮޓަރިއަށް މިސްރާބުޖެހިއެވެ. ކާކޮޓަރިއަށް ދިޔައިރު މޭޒު މަތީގައި އައިސް މައިލޯ ތައްޓެއް ހުއްޓެވެ. އެއާއެކު މިންހާ އައިސް މައިލޯ ތަށި ބޯލުމަށްފަހު އަވަހަށް ގެއިން ނިކުތީ ގަޑި ނުޖެހި ސުކޫލަށް ދިއުމަށެވެ.
ވަކި ހިސާބަކަށް ދެވުނުތަނާ އަޝްރާ އޭނައަށް ގޮވާލުމާއެކު މިންހާ އަޝްރާ އަންނަންދެން މަޑުކޮށްލިއެވެ. އަޝްރާ އައުމާއެކު ދެކުދިން އެކުގައި ސުކޫލަށް ދިއުމަށް ހިނގައިގަތެވެ. ސުކޫލަށް ވަން މިންހާއަށް ފުރަތަމަވެސް ފެނިގެން ދިޔައީ ބެންޗެެއްގައި އިށީންދެ ތިބި އަލޫފްް އާއި އީލާފްގެ އިތުރުން ޝަމްހާއެވެ. ހީހީފާ އެކަކު އަނެކަކާ ވާހަކަ ދައްކަމުން ދިޔަ ތިން މީހުންގެ މޫނު މަތިންވެސް ފެންނަނީ އުފާވެރިކަމެވެ. ހިތަށް ކުރުވި އަސަރަކުން އިސްޖަހާލަމުން މަޑު ހިނގުމެއްގައި ގޮސް އަޝްރާއާއެކު މިންހާ ކުލާހަށް ވަނެވެ. އިތުރު ގަޑީގައިވެސް މިންހާއަށް އޭނަގެ ފުރިހަމަ ސަމާލުކަން ކިޔެވުމަށް ދެވޭ ގޮތެެއް ނުވިއެވެ. އަލޫފް އާއި ޝަމްހާ އާއި ދެމެދު ބަދަލުކުރެވެމުންދިޔަ ހިނިތުންވުންތަކާއި ދެމީހުން އެކަކު އަނެކަކަށް ބަދަލުކުރަމުންދިޔަ ނަޒަރުތަކުން އޭނަގެ ހިތުގައި އަޅަމުން ދިޔަ ވޭން ދިޔައީ ހިނދެއް ހިނދަކަށް އިތުރުވަމުންނެވެ. މޭގެ ތެރޭގައި ތޫނު ތަދެއް އުފެދިފައިވާއިރު ބޮލުގައިވެސް ދިޔައީ އެވަރަށް ރިއްސަމުންނެވެ. އިރުއިރުކޮޅުން ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ހިންދަން މިންހާ ދިޔައީ އޭނައަށް ކުރެވުނު ވަރަކަށް މަސައްކަތްކުރަމުންނެވެ.
31 Comments!
Comments are closed.
Salaam dear readers ???❤️❤️❤️… Here is the next part ???… Hope all will like this part too ???… Next part In Sha Allah Saturday ga ???… Feel free to comment your views ???… Love you all n thankyou soooooo much dear readers ❤️❤️❤️?????????…
ohh this is so sad :'( please ifoo minha happy kohdhybah avahah let aloof suffer for what he did
the story is really awsome. eagerly waiting for the next part <3 <3 :*
Scarlet ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje ???… Let’s see what happens ???… Much loves from me ❤️❤️❤️?????????…
nice story❤❤❤❤when is the next part
Reader ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Next part In Sha Allah on Saturday ???… Keep waiting ???… Much loves from me
❤️❤️❤️?????????…
Thi aloofmen thee school ah kiyavandhaa baehtha dhen ethiba ulhey vahtharakun haadha foohsey minhaa akeeves nikan hihvarugadha gatu huri kuhjehkan meehunnah angaalabala mi muhimmu aharu minnu kievumaa dhuru nukurey ifoo.nice story keep it up
Noor ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Heheh… S
Dhw ???… Studies ah vure ehen kankamah dhw aloof mennge concentration hunnanee… Let’s see what happens ???… Much loves from me ❤️❤️❤️?????????… Hope to see ur comment more often ???…
just love the story but just hate that aloof shamha n eelaaf
they are so bad
minnuge life aa emeehun ekulheny
actually thats what happening in our society even
ruining others life
dhn haadha goas kamekey dhw eii…
hama emeehunnah neygenytha what minnu n others in the same situation will suffer..
anyways i went out of the topic hihih
vaaahaka hama varah osm
waiting for the next story
much lovess
n miss yh
My dear sweet unique ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje comment kiyaalaafa ???… Yahh… Society ga v ginain mikalah kanthahthah dhimaavey… Even I have gone through such a situation… When they are behaving like that they think that they are doing a great thing n they will benefit a lot from that… Bt at the end they suffered… Anyways thanks once again ❤️❤️❤️???… Much more loves from me dear n miss you too ❤️❤️❤️?????????…
Wow..?. Just wow..???.
Story kiyaairu heevany film eh balaalaahen.. hurihaa manzarehves loluge kurimatheega sifa vaakahala.. u described each and everything very perfectly..??. U are the best writter i have ever seen. Masha Allah ❤?❤?..
Alhey minnu ah ehen nahadhaa.. eynaa haadha hihdathi vaane ey aloof ehen ulhunyma.. ????. Plx minnu happy kohdheebala , varah dheravey minnu ehen sad koh ulheythi.??..
Much love …?❤????????????❣?….. will wait for next part eagerly..
Naum ❤️❤️❤️… One of my best reader ❤️❤️❤️???… Thankyou soooooo much for the support n love ❤️❤️❤️?????????… I really felt soooooo happy after reading your lovely comment ???… Ifoo vx beynumeh nooney minnu sad koh bahataakah bt situation adhi thaneh nudhey minnu happy koh hurumakah… Let’s see what happens… Adhi In Sha Allah minnu happy vaane ???… Much more loves from me ❤️❤️❤️?????????…
mihaaru koba asra ge boyfriend.Iyaan ge bai thankolhea bodukolaba
Shaaif vx eba ulhey hama ???… Last three part bodah minhaa n aloof ah target kohfa inyma iyaan n Shaaif ge bai madhy… Adhi iyaan n Shaaif ge bai vx annaane ???… Keep waiting ???…
Ifoo mi part haadha emotional ey dhw ??????… kiyaa nimunun iru hama rangalhahvx rovihje… ehaavx asarugadha… alhe e aloof n samhaa haadha gohey dhw I hate both of u… v v v foohivey… Alhe ifoo kudanamavx hinteh minnu ah dhybr aan vaa loabyge… eyrun minnu aan dheke like vaane avahah n e aloof gadu mathin gandhaan nethidhaane ❤❤❤??????????????????????????????… I really appreciate your hard work n keep up the good work dear ?????????… curiously waiting for the next ?????????… much n more loves to my favourite writer ifoooooo ⭐⭐⭐☀☀☀❄❄❄??????????????????????????☺
Assluves.. ashu ah olhigen namaves buneveyne nama ehnnu that aan loves minnu.
Naju ❤️❤️❤️… One of my best reader ???❤️❤️❤️… Thankyou soooooo much for the support n love ❤️❤️❤️?????????…
Ifoo v v v ufaavey regular koh Naju ge supportive comments libeythy ???… It really means a lot for me ???… Heheh… V emotional dhw ???… I tried my best emotions thah furihama ah gennann ???… Rovihjihyaa ifoo beynun vi varah emotions genesdhevihje ???… Let’s see what happens ???… Adhi ingeyne minnu ah aan loabi vaakan ???… Heheh… Keep waiting ???… Once again thankyou so much n much more loves from me ❤️❤️❤️?????????…
Naum ❤️❤️❤️… Hehhe… Adhi minnu ah ingeyne ???… Dhn maa gina dhuvaheh neh ???… Hhehe… Keep waiting ???…
Alhe.. minnu ge kiyevumah ehves gothehh nahadhaa.. aloof haadha foohsey.. kobaa iaaan..? Eyna aa minnu ge baeh gesdhyyyyyba.. and also i really really really really really really really love your story
Olaflover ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Ifoo v v v ufaavehje story ehaa kamudhiyaima ???… It means a lot for me ???… Iaan kairi ehen rashehga A level kiyavany… Adhi annaane Iaan n minnu ge bai thah vx ???… Keep waiting ???… Once again thankyou so much n much more loves from me ❤️❤️❤️?????????…
Woww???❤❤?????????????????????? love this story… n pls minnu ahh ehen nahadhaa .. v v dheravey … n aan n minnu gulhuvaba …let her b happy …
N ifoo… i love this story v v much
Miss much???????????????????❤?
Anonymous ❤️❤️❤️… Thankyou soooooo much for the colourful Comment ❤️❤️❤️?????????… Comment kohleema v v v ufaavehje ingey ifoo ???… Minnu dhw ???… Let’s see what happens ???… Once again thankyou so much n much more loves from me ❤️❤️❤️?????????…
alheyy dhn anna part a minnu ah ufaleh dheeba.. nd aloof kuri kushuge adhabu dheeba plssss… Cant wait minnu happy koh hunnaane vaguthakah.. my ge fav haadha molhey dhw stry liyan.. Masha Allah ???❤❤❤❤❤ hope to see next part brighter than this ❤❤❤
Faimu ❤️❤️❤️… One of my best reader ???❤️❤️❤️… Thankyou soooooo much for the support ❤️❤️❤️?????????… Ifoo v v v ufaavehje comment kohleema ???.. Let’s see what happens ???… Much loves from me ❤️❤️❤️?????????…
Mihaaru kobaa ashraa ge shaaif…??
Shaaif vx eba ulhey ???… Edhe kudhinge part vx adhi annaane ???… Keep waiting ???…
Its here finally again…❤❤????…Hwx you dear ifoo…Hope you will be fine…❤❤????…Speechless…Just speechless…❤❤????…. I am addicted to read this story…❤❤????….This part also very very nice…❤❤????…Very very emotional….??????…I really felt how sad she was….??????….Alhe minnu ah ehen nuhadhaba…??????…Keep her happy…??????…Alhe minnu ge studys ah negative effect eh viya nudhehchey…I want her to get good result and make her all heters jelous….????…. Hope that minnu will be happy soon…❤❤????…Alhe ann and naail vex neygey dhw minnu ge conditions…??????…Hope that everything will be fine soon…❤❤????…And e Aloof aa minnu nugulhuvaathi dhen…Minnu ge huri gadha kan vex thi emmen kurimathy ga dhakkaalaba…❤❤????…Keep her strong and happy always….❤❤????….Avahah aan aai minnu gulhuva…❤❤????…Hope it will soon…Please minnu ge studys ah dhera gotheh nahadhaathi…❤❤????….Ash and minnu shoud get good result..❤❤????…Keep it up your good work dear ifoo…❤❤????…You are just amazing…❤❤????…
Miss you and love you alotx ifoo…❤❤????…Much loves…?❤?
THE BEST STPRY
THE BEST WRITTER
❤❤❤❤????
Wow ???… Such a colourful, long comment ???❤️❤️❤️… Thankyou soooooo much @Ikleel ifoo ah thidhey support ah ❤️❤️❤️?????????… V v v ufaavehje ???… Let’s see what happens ???… Much loves from me ❤️❤️❤️?????????…
wow ifoo maashaa allah.. I am waiting next part…
Nivvu ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???… In Sha Allah tomorrow next part genesdheynan ???… I haven’t started to write yet ???… Hehe… Cause last two days I was not feeling well… I will try my best to upload the next part tomorrow???… Keep waiting ???… Much loves from me ??????❤️❤️❤️???…
Wow. Varah reethi… Speachless….. ?????. Alhey minhaa aa iyaan aa gulhuva Bala.??.. Anyway ifoo ge story’s thah vvvv reethi. And describe koh dheyleh varah reethii??.. Best of luck.
Maya ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje ???… Much loves from me dear n hope to see ur comment more often ???❤️❤️❤️??????…