Skip to content
އެސްފިޔަ

ނުކުޅެދުން

އަހުރެން ކެފޭއަކަށް ވަނތް ފަހަރެކެވެ. ކޮށިގަނޑުމަތިން ފެނުނު ހެދިކާކޮޅަކަށާއި ކޮފީ އަކަށެވެ. އޮފީހުގެ މަސައްކަތްތަކުން ފުނިޖެހުމަށްވުރެން ބޯހާސްކަން އިތުރުކުރުވީ ބުރޭކް ނަގަން ވަދެވުނު ތަނުގެ ހަލަބޮލިކަމަކުންނެވެ. ހަރަކާތްތެރިކަމެއް ނޫނެވެ. އަޑުތަކުގެ ހަރުކަށިކަމެވެ. މި އެތެރެވެވުނީ ސަހަލު ތަކަނަކަށް ކަމާމެދު އަމިއްލަ ނަފުސާ ސުވާލުކުރެވުނެވެ. އެކަމަކު މި އީ އައު ކަމެއް ވެސްމެ ނޫނެވެ. އަހަރެންގެ އުންމީދު ގޯސްވީ އެވެ. އަހަރެންނަށް އުންމީދުކުރެވުނީ ސަހަރާ އަކަށެވެ. މަޚުލޫގުން އާންމުތަނެއްގައި މުސްތަހީލު އެދެވުމެކެވެ.

މި އެދުމަށް އަމިއްލަ ކޮޓަރިތެރެ ރަނގަޅުވީހެވެ. ބޯހާސްކަން މާ ރަނގަޅަށް ވެސް އުތުރިއަރާވީ އެވެ. އަމިއްލަ ނަފުސުގައި ހުރި ކޮށިކަމާއި އެވެ. އަމިއްލަނަފުސާމެދު ހެވޭ ގޮތްވި އެވެ.

ކުއްލިއަކަށް މީހެއްގެ ކެއްސުމުގެ އަޑު ފެތުރުނެވެ. މުސްކުޅި އަޑެކެވެ. ފަހަތުން އައިސް އެ މީހަކު އަހަރެންގެ މޭޒާ އަރާ ހަމަކުރި އެވެ. ރަތްވެފައިވި ދެ ލޮލުން ފާޑުވެރި ގޮތަކަށް ބަލަހައްޓައިގެން ހުރެލުމަށް ފަހު މޭޒުގެ ހުރަސް ފަރާތުގައި އިށީންނެވެ. ކެއްސުން އަދިވެސް ކުރިއަށް ގެންދިޔަ އެވެ. ކުއްލިއަކަށް އަހުރެންގެ ނޭވާގައި ވެސް ހާސްކަމެއް އުފެދެން ފެށުނެވެ. ނޫނެކެވެ. އެއީ ހަމަ ވައިގައި ހުރި ތެތްފިނިކަން އިތުރަށް ތާޒާ ވުމެކެވެ. ފުންކޮށް ނޭވޭލާން ފެށީމެވެ.

ދެން ފާހަގަކުރެވުނީ، ކާން ހުރި ހެދިކާކޮޅު، މިނެޓެއް ނުވެއުޅެނިއިރު ގަންބާލެވިފައިވާ ތަނެވެ. ކަން ހިނގިގޮތުގެ އެއް ވެސް ހޭވެރިކަމެއް ނުގެނެވުނެވެ. ކުރިމަތީގައި ދެ ލޯ ބޮޑުކޮށްގެން އިންމީހާގެ ނަޒަރު އަހުރެންނަށެވެ. ސުކުންތުންސުކުންތުން ކެއްސަމުންނެވެ. އަހުރެންނަށް ހާސްވެރި ހީލުމެއް ބަދަލުކޮށްލެވުނެވެ. އެހެނަސް އެ މީހާގެ މޫނުގައި ވީ އޮޅުންވެރިކަމެކެވެ. އަހުރެންނަށް ކުއްލިއަކަށް ތެދުވެވުނެވެ.

“މާ ހައިވެފަ ހުރީ ދޯ!” މުސްކުޅި މީހާގެ އަނގައިން ބޭރުވި ކުއްލި ބަސްތަކާ އެކެ، ޖޯކުވެރި ހިނުމެއް އަމިއްލަ ނަފުސަށް ގެނުވި އެވެ. އަހަރެން ވެސް އޭނާގެ ރާގަށް ހެއުނީމެވެ. އޮޓޮމެޓިކޮށް ދެބަސްވުމަށް ހިތް މަޖުބޫރުކުރުވި އެވެ. “ނޫނޭ، ހަވާ ހަމަ ޚަރާބީ” އޭ، ނޫނީ “ވަގުތު މާ ކުޑަތަންވެފެ ހުރީމަ” އޭ ފަދަ އިބާރާތްތަކެއް ބޭރުކުރުވުމަށެވެ. ނަމަވެސް ސިކުނޑި ދެކޮޅު ހެދި އެވެ. އެ މުސްކުޅި މީހާގެ އެންމެ ފުރަތަމަ އިޖާބަ ފަދައިން އަހަރެންގެ ސިކުނޑި ވެސް ވީ އޮޅުންބޮޅުން ވުމެއްގެ ތެރޭގައެވެ.

ހަގީގަތުގައި ވެސް އެ ކަމެއް ހިނގާ ދިޔަ ގޮތުގެ އަސާސެއް ފަހުމެއް ނުކުރެވުނެވެ. ފާހަގަނުކުރެވި ކުރިން ވެސް މި ފަދަ ހާދިސާތައް ހިނގާފައިވޭ ބާވައެވެ. އެ ކަމެއް ހިނގަމުން ދިޔަ ވަގުތު ކުރެވެމުން ދިޔަ އަމަލުގެ އެއްވެސް ހިއްސުވެރިކަމެއް އިހުސާސް ނުކުރެވުނީ ކީއްވެބާވައެވެ. މިއީ ތަބީޢީ ކަމެއްބާވައެވެ. ނޫނީ ހަމައެކަނި އަހަރެންގެ ތަބަޢަތުގައިވި އާންމު ކަމަކީ ބާވައެވެ.

އަމިއްލަ ނަފުސިއްޔާތާމެދު މި ފަދަ ސުވާލުތަކެއް ކުރެވޭން ފެށުނެވެ. އަދި ޖަވާބު ހޯދުމުގައި ނުކުޅެދުނެވެ.

(ނިމުނިީ)

Comments (5)

  1. Princess

    What is this

  2. Kous

    Humor writing?! ?

  3. Luloo

    what type of story is this

  4. Inna

    Is this a story…aanuvaa ehvx neynge

  5. Eyelash

    Don’t even knw what’s happening in this syory??ekm varah reethi Ibaaraai kohffa hurihothaa sifakurun thah beynunkohffa huri goi ?vaanuvaa engun nama varah habeys vees?☺

Comments are closed.