Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ކުރުވާހަކައެހެނިހެން

ޖިސްމީ މައުޖޫދު

Allura Level 110 Stories
January 16, 2019 2 Mins Read
2 Comments

‍‍‍އެއީ އެހެންވެސް އާންމު ރޭތައް ފަދައިންނެވެ. ފޭސްބުކް ހުޅުވައިގެން ޓެރެންޑުތައް ބެލުމުގައެވެ. ދަންނަ މީހުންނާއި ނުދަންނަ މީހުންގެ ޕޯސްޓުތައް ކޮނެއުމުގައެވެ. ވާނުވާ އާއި ކަންކަން ވާންވީގޮތްތައް ދެނެގަނެ ހޯދުމަގައެވެ. އަބަދުވެސް ވިސްނުން ގެއްލިފައި އޮންނަނީ އެހެން މީހުންގެ އަމަލުތަކަށެވެ. އާންމުކަމެއްނަމަ އެކަމެއް ބަލައިގަނެވޭގޮތް ވެއެވެ. އާނއެކެވެ. އެހެންމީހުންގެ ރުހުން ހޯދުމުގައެވެ. ނުރުހެވޭ ސަމާލުކަމަކުން ދުރުވެގަނެއުމަށެވެ. ނޫނީ އެކަހެރިވެދާނެތީ އެވެ. މީހުންގެ ފުރައްސާރަތަކާއި މަލާމާތްތައް ލިބިދާނެތީ އެވެ. އަމިއްލަ ނަފުސު ނިކަމެތިކުރެވިދާނެ ކަމަށްޓަކައެވެ.

މިއީ އިސްކޫލުދައުރުން ފެށިގެންވެސް ހަރުލާފައިވި ވިސްނުންތަކެވެ. ހުރިހާވެސް ބަޔަކީ ރައްޓެހިންނެވެ. އަދި އެބަޔެއްގެ ތެރޭގައިވުމުން މުޖުތަމައުން ދައްކުވައިދޭ ބަލައިގަތުމެވެ. އެކުވެރިން ގަޔާވާ ކަންކަމަށް ހިތްޖެެއްސުމެވެ. ހެދުންއަޅާގޮތަށް ހެދުން އެޅުމެވެ. ދަތުރުކުރާ ތަންތަނަށް ދެވުމެވެ. އެކުވެރިން ރުހުން އެދޭނެ ކޮންމެކަމަކަށް އާންއެކޭ ބުނެވުމެވެ. އަމިއްލަ ނަފުސެއް ނެތްފަދަ އެވެ. ރޫހު ޖިސްމުން ބޭރުވެ އެހެން ހަށިތަކުގައި ވަށާލެވިފައެވެ. އިޚުތިޔާރެއް ނެތްފަދަ އެވެ. ވިސްނުމުގެ ބާރު ފިލާގޮސް އެހެންބައެއްގެ ކޮންޓުރޯލުގެ ދަށުވެއެވެ. އަބަދުވެސް އޮޅުމެއްގެ ތެރޭގައެވެ. ހިތްއަވަސް ވުމެއްގައެވެ. ބާކީވެވިދާނެ ކަމުގެ ބިރުވެރިކަމަކުން ފުރިފަ އެވެ.

މިފަދަ ޖަޖުބާޒުގަކެއްގެ ނަތީޖާ މިއަދު ވަރަށް ރަނގަޅަށް ވެސް އެބަ ފާޅުވެ ހުއްޓެވެ. އަހުރެން މިހާރު ކިޔަވަމުން މި ދަނީ ނަރުސްކަމުގެ ޑިޕުލޮމާ އެވެ. މި އީ އިސްކޫލު ދައުރުގައި އަހުރެން ޚިޔާލުކޮށްފައިވި ދާއިރާ އެއް ނޫނެވެ. އަހުރެންގެ ހިތުތެރޭގައި އޮތީ ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށެވެ. އެކުވެރިން ވެސް ގެންގުޅުނީ އެ ދާއިރާއާ ގުޅުންހުރި ފިކުރުތަކެކެވެ. އިންސާނީ ހައްޤުތަކާ ގުޅުންހުރި ކަމެއްގަ އެވެ. مُحَامِيَةކަމެވެ. ނޫނީ ސިޔާސީ يُمَثِّلކަށެވެ. ޞިއްހީ ދާއިރާއާ ދުރު ނަންތަކެވެ.

އާނއެކެވެ. އަހަރެންގެ އިޚުތިޔާރުގެ ސަބަބަކަށްވީ މިފަހަރު އާއިލާ އެވެ. މައިންބަފައިންގެ ޕުރެޝަރެވެ. އާމުދަނީ ހޯދުމުގެ ދާއިރާ އެއް ނިންމުމުގައި އެކުވެރިންނަށް ވުރެ އާއިލާގެ ބާރު ޔަގީނުން ވެސް ގަދަވާނެ އެވެ. ދެބައި މީހުންނަކަށް އާނއެކޭ ބުނެވޭކަށް ނޯންނާނެ އެވެ. އެއްބަޔަކު ހަޔާތުން ބެހިގަތީ އެވެ. އެކަމަކު އެއީ އެކަން އޮންނަންޖެހޭނެ ގޮތުގެ އުސޫލެެއްބާއެވެ.

އެންމެ ހަމަނުޖެހޭ ބަޔަކީ އަމިއްލަ ނަފުސަށް އާންއެކޭ ނުބުނެވުމެވެ. އަމިއްލަ ނަފުސެއް ނެތުމެވެ. އަބަދުވެސް އާއިލާ އާއި, އެކުވެރިންނާއި މުޖުތަމައުއެވެ. އަމިއްލަ ނަފުސު އެދުނީ ކޮންކޮން ކަންކަމަކަށް ބާވައެވެ. ހިތަށް ލުއިކަން ގެނުވަދީ ޚިޔާލުތައް ގެންބުވީ ކޮންފަދަ އުޖާލީ ފިކުރުތަކެއްގެތެރޭ ބާވައެވެ. ސަހުޝިއްޔަތު ލޯބިކުރުވީ ކޮންފަދަ ސިފަތަކަކަށް ބާވައެވެ. މިއިން އެއް ވެސް ކަމެއް ނުދަނެ ހުއްޓެވެ. ނަފުސުގެ ތަބީއަތެއް ހޯދިފަ އެއް ނުވެއެވެ. ހޯދުމަށް އެދެވި މަސައްކަތް ކުރެވިފައެއް ވެސް ނުވެ އެވެ. އެފަދަ ހިއްސުވެރިކަމެއް އެއިރު ނެތުމުންނެވެ.

ނަމަވެސް, މާޝާﷲ, މިއަދުގެ ހާލަތު ތަފާތެވެ. އަމިއްލަ ނަފުސިއްޔާތާމެދު އޮތް ޝައުގެވެރިކަން އެހެން ކަންކަމަށް ވުރެން މުހިންމުވެެެެެއްޖެ އެެެެވެ. ރަނގަޅެވެ. އަހަރެން ކިޔަވަމުން މިދާ ދާއިރާ ދެނެއް ބަދަލު ކުރެވޭކަށެއް ނެތެވެ. މިހާރު މާ ލަސްވެއްޖެ އެވެ. ގިނަ ވަގުތުތަކެއް މިކަމުގެ ތެރޭ ހޭދަ ކުރެވިއްޖެއެވެ. އަމަލުތަކަށް ހަށިގަނޑާއި ސިކުނޑި ހޭނުވިއްޖެ އެވެ. ހިތުގައި ކިލަނބު ކަމެއް ނެތެވެ.

އެއީ ތެދެކެވެ. ބައެއް މަސައްކަތްތައް ކުރާހިތްނެތި ފެށިނަމަވެސް އާޚިރުގައި އެ ނިންމުމާމެދު ހިތްހަމަޖެހެވެއެވެ. އެ މީހާގެ ތަހައްމަލުކުރުމުގެ މިންވަރު ހުރި ފެންވަރަކުންނެވެ. ނަމަވެސް ކުރީބައި އަމިއްލަ ހުވަފެންތައް ދެނެގަނެ އެ ނިންމުންތަކުގެ މަތީ ދެމިހުރެވުނު ނަމަ އެއީ އަމިއްލަ ނަފުސަށް ލިބޭނެ ބޮޑު ބާރުވެރިކަމެއްގެ ގޮތުގައި މިހާރު އަހަރެންނަށް ފަހުމުވެދެއެވެ.

(ނިމުނީ)

Share Article

Follow Me Written By

Allura

Level 110 Stories

Other Articles

Previous

އެނގުމެއްނެތި…9

Next

އެހެނަސް…(21)

Next
January 16, 2019

އެހެނަސް…(21)

Previews
January 16, 2019

އެނގުމެއްނެތި…9

2 Comments!

  1. Nattu says:
    January 17, 2019 at 1:14 pm

    nice stryyy

  2. kala123 says:
    January 17, 2019 at 3:22 pm

    Allura
    What you’ve written makes perfect sense! Go ahead.
    Write more!

Comments are closed.


All Right Reserved!