Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

ހާސިލް ވުމަށް އެދި 1

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
June 20, 2019 5 Mins Read
32 Comments

ހެނދުނުގެ ހިތްގައިމު ވަގުތުގައި މަގުމަތީގައި ހިނގަމުން ދިޔަ އަންހެން ކުއްޖާގެ އެއްވެސް މިސްރާބެއް ނެތެވެ. ރަތް ކުލައިގެ ކަކުލާއި ހަމައަށް އަންނަ ވަށްތިރި ހެދުމެއް ލާފައި ހުރިއިރު އެ ދޮން ހަށިގަނޑާއި އެހެދުން ނުހަނު ގުޅެއެވެ. އުނަގަނޑާއި ހަމައަށް އަރާ ރާޅުބާނީ ދިގު އިސްތަށިގަނޑު ވަނީ ވަށްޓާލާފައިއެވެ. ފިޔާތޮށި ކުލައިގެ ފިނިމެންމަލެއް ފަދަ ތުންފަތެއް ލިބިފައިވާ އެކުއްޖާގެ ލޯވަނީ ބޯ ދިގު އެސްފިޔަ ތަކުގެ ނިވަލުގައި ރައްކާކުރެވިފައިއެވެ. ރޫޅާފަތި ހަށިގަނޑެއް ލިބިފައިވާ އެ އަންހެން ކުއްޖާ ބަލާބެލުމަށް ވައްތަރީ ސޯޅަ އަހަރުގެ ކުއްޖަކާއިއެވެ. މި އަންހެން ކުއްޖާއަކީ ފިރިހެން ކުދިންގެ ހިތްތައް ކަތިލާނޭ ފަދަ ހޫރު ޕަރީއެކެވެ. މޫނުގައި އެއްވެސް މޭކަޕް އެއް ނެތި ވެސް އެހައިމެ ފުރިހަމައެވެ. މިހުރިހާ ރީތި ކަމަކުން ފުރިފައިވާ އެކުއްޖާގެ މޫނުމަތިން އެއްވެސް އުފާވެރިކަމެއް ހިތްހަމަ ޖެހުމެއް ނުފެނެވެ. އެ ރީތި ދެލޮލުން ފެނިގެންދަނީ ހިތާމައެވެ. އެދޮން މޫނުން ފެނިގެންދަނީ މާޔޫސްކަމެވެ. އެއްވެސް މިސްރާބެއްނެތި ހިނގަމުން އެދަނީ މަގުމަތިން ދާ މީހަކަށް ނޫނީ ދުއްވާފައި ދާ އެއްޗަކަށް ވެސް ސަމާލުކަން ނުދީއެވެ. އަންހެން ކުއްޖާ ހިނގަމުން ހިނގަމުން ގޮސް ވަރަށް އާދައިގެ ގޮތަކަށް ހަދާފައި ހުރި ގެއަކަށް ގޮސް ވެނެވެ. ނަމަވެސް އޭރުވެސް އެކުއްޖާގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅުވާކަށް ނެތެވެ.

“އައްދިޔޯއި.. ތަދު ވޭބަ އޭ..” އާރިފާ ހަޅޭލަވަމުން އެދަނީ އޭނާގެ ފިރިމީހާ ކުރާ އަނިޔާތަކަށް ކެތްނުކުރެވިގެންނެވެ. އާރިފާގެ އެ ދޮން މޫނު ރަތްވެފައި ވާއިރު މޫނުގެ އެކި ތަންތަން ވަނީ ހަލާކުވެ ނޫފާގަނެފައިއެވެ. އަދި އަތުގެ އެކި ތަންތަންވެސް ވަނީ މަށާގެން ގޮހެވެ. އީނާޝް ގެއަށް ވަނެގެން އާއިރު ނަބާހު އޭނާގެ އިންތިޒާރުގައި ބޭރުގައި ދެފަރާތަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ކަޅުކުލައިގެ ގަމީހަކާއިއެކު ހުދު ކުލައިގެ ޖިންސެއް ލައިގެން ހުރި ނަބާހުގެ ފިރިހެންވަންތަކަށް ނުހަނު ބޮޑަށް ހާމަވަމުން ދިޔައީ ގަމީހުގެ އަތުކުރި އުޅަަބޮށްޓާއި ހަމައަށް އޮޅާފައި ހުރުމުންނެވެ. ނަބާހުއަށް ލިބިފައިވާ އާދަޔާ ހިލާފު އަޅި ކުލައިގެ ކަޅިން އެ ފިރިހެންވަންތަކަން އިތުރަށް ހާމަވެއެވެ. ފަނަރަ އަހަރުގެ ކުއްޖެއްހެން ހީވެސް ނުވެެއެވެ.

ނަބާހު އަކީ އާރިފާގެ ފިރިމީހާ ސޮބާހުގެ ފުރަތަމަ ކައިވެނީގައި ލިބިފައި ހުރި ކުއްޖެކެވެ. ނަބާހު އީނާޝްއަށް ވުރެ ހަގު ވާނީ އެންމެ އަހަރެކެވެ. އިނާޝް އެއީ އާރިފާ އާއި ނާސިރަށް ލިބިފައި ހުރި ހަމައެކަނި ދަރިއެވެ. އީނާޝް އުފަން  ނުވަނީ ހެން ނާސިރު ވަނީ މި ފަނާވަނި ދުނިޔެއަށް އަދި އެދެމައިންނަށް މުޅި އުމުރަށް އަލްވަދާޢު ކިޔާފައިއެވެ. އީނާޝް ފެނުމެއްވެސް ނެތިއެވެ.

އާރިފާ އަކީ އަބަދުވެސް މުއްސަނދި ކަމަށް ލޯބި ކުރާ މީހެކެވެ. އާރިފާ ސޮބާހުއާ ކައިވެނި ކުރީވެސް މުއްސަނދި ކަމުގެ ބޭނުމުގައިއެވެ. މުއްސަނދި ކަމަށްޓަކައި އާރިފާ ހުރީ ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށެވެ. އެކަމުގެ ސަބަބުން އާރިފާއަށް ސޮބާހު އެވަރަށް އަނިޔާ ކުރާއިރުވެސް ވަކި ނުވާންވެސް އެހުރީ ހަމަ އެހެންވެއެވެ.

ނަބާހު އީނާޝްގެ ކުރިމައްޗަށް އެރުމާއި އެކު އީނާޝް ބެލީ ނަބާހުގެ ކުރިމަތިން ދެވޭތޯއެވެ. ނަބާހުގެ މޫނަށް ބަލައިލާކަށްވެސް އީނާޝް ބޭނުމެއްނުވެއެވެ. ”އީނާޝް…. އަހަރެން ސަލާމަތް ކުރޭ..” ނަބާހު ވާހަކަދައްކަން ހުޅުވާލި އަނގަ ލެއްޕުނީ އާރިފާ އަޑުގެ ނެތްތަނަށް ހަޅޭލަވައިގަތުމުންނެވެ. ކުރިމަތީގައި ހުރި ނަބާހު އެއްފަރާތަކަށް ކޮށްޕާލައިފައި އިނާޝް ފައިގައި ހުރި ބާރެއްލައި ދުއްވާގަތީ އޭނާގެ މަންމަ އެ އަނިޔާވެރިކަމުން ސަލާމަތް ކުރެވޭތޯއެެވެ. ސޮބާޙު ހަމައެކަނި އަނިޔާ ކުރަނީ އާރިފާއަށެވެ. ނަމަވެސް އިނާޝް އާ ދިމާއަށް ވެސް ނުރުހުމުގެ ބަސް ބަސް ބުނެ ހަދައެވެ. ނަބާހުވެސް އިނާޝްގެ ފަހަތުން ދުއްވައިގަތީ ނުހަނު ބާރަށެވެ.

ގޭގެ ސިޓިންރޫމަށް އިނާޝް އާއި ނަބާހު ވަންއިރު ސޮބާޙު ހުރީ ދަނޑިބުރިއެއް ހިފައިގެން އާރިފާ ގައިގައި ޖަހަން އަތް މަޅާލައިގެންނެވެ. އިނާޝް ބަލާކަށް ނުހުރެ ސޮބާހު އެތަނަށް ވަށްޓަާލިއެވެ. ހަމައެއާއިއެކު ނަބާހު ގޮސް އެދަނޑު ބުރި ނަގާ އޭތި ސޮބަހުއަށް ނުފެންނަ ތަނަކަށް ފޮރުވަން ދިޔައެވެ. ސޮބާހު އޮތީ އީނާޝް ވަށްޓާލިލެއް ބާރުކަމުން ގުނޑިލަންވެސް ނުކެރިފައިއެވެ. ސޮބާހުގެ ބޮލުގައި އަތް އަޅައިގެން އޮތްއިރު އެނާގެ ބޮލަށް ތަދުވީކަން އީނާޝްއަށް އެނގުނެވެ. ނަމަވެސް އީނާޝް އެތަނުން ނުކުމެގެން ދިޔައީއެވެ. އޭގެ ފަސްމިނެޓް ފަހުން އީނާޝް އެތަނަށް އައި އިރު ކޮޑުގައި ބޮޑުވަރެއްގެ ދަބަހެއް އަޅުވައިގެން ހުއްޓެވެ. އަދި އާރިފާގެ އަތުގައި ހިފާފައި އެތަނުން ނަގައި އަވަހަށް އެގެއިން ނިކުމަންނަން ދުއްވައިގަނެވެ. އޭރުވެސް ސޮބާހު ކުރިއެކޭ އެއްގޮތަށް ތަޅުންމަތީގައި ބޮލުގައި އަތް އަޅައިގެން އޮތެވެ.

ނަބާހު އެދަނޑި ބުރި ފޮރުވައިފައި އައި މަގުމަތީގައި ގެއިން ދުވެފައި ނިކުން އާރިފާ އާއި އީނާޝް ލޮލުގައި އަޅައިގަނުމާއި އެކު ނަބާހުވެސް ދުވެފައި ގޮސް އެދެމީހުންނާ އެއްވަރު ކޮށްފައި ކޮންތާކަށް ދަނީހޭ ސުވާލުކުރިއެވެ. ”އަހަރެމެން ނޫޅެންދެން ކަލޭގެ ގޭގައި އުޅޭކަ…..” އީނާޝްގެ ޖަވާބު ފުރިހަމަ ނުވެ އުޅެނިކޮށް އާރިފާ އޭނާގެ ކޮޑުގައި ދެތިން ފަހަރަކު ވަރަށް ބާރަށް ޖަހައިލިއެވެ. އަދި ތިއުޅެނީ ކިޔެއްވެގެން ހޭ އަހައިލިއެވެ. އީނާޝްއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް އެމީހުންގެ ގެއިން ނުކުތް ސޮބާހު ފެނިފައި ނަބާހުގެ ގާތު ނުރުހުންވެ ހުރެފައި ބައްޕަ ހުއްޓުވަން ބުނެފައި އިނާޝް އާރިފާގެ އަތުގައި ހިފައިގެން ދުއްވާގަނެއެވެ. ނަމަވެސް އޭރުވެސް އާރިފާ ދިޔައީ އިނާޝްއާ ދިމާއަށް އެއްޗެހި ގޮވަމުންނެވެ. އާރިފާ ސޮބާހުއާ ވަކި ވާކަށް ބޭނުމެއް ނޫނެވެ. ސޮބާހު އާ ވަކިވެއްޖެނަމަ އޭނާއަށް ލިބެމުން އަންނަ މުދަލާއި ފައިސާ ގެއްލިދާނެތީއެވެ. އާރިފާ ކުއްލިއަކަށް ހުއްޓުމާއިއެކު އީނާޝްއަށް ވެސް ހުއްޓުންއެރިއެވެ. ”އީނާޝް ކަލޭ މޮޔަވެގެންތަ ތިއުޅެނީ؟ އަހަރެމެން ގޮސް ވަންނާނެ ތަނެއް އެބަހުރިތަ އެގެއިން ނުކުމީމަ؟ މަގޭ މުދާކޮޅޭ ގެއްލޭނީ.. މިހާރުއަންނަން ވީ ދާން..” އާރިފާ ވާހަކަ ދައްކަމުން ދިޔައީ މަންމައަކު ދަރިއަކާ ވަހަކާ ދައްކާނޭ ގޮތަކަށް ނޫނެވެ. މައިވަންތަ ކަމުގެ ލޯތްބެއް އާރިފާގެ ހިތުގައި ނެތީބާވައެވެ. ”މަންމާ.. މިވަގުތު މުހިންމީ މުދަލާއި ފައިސާއެއް ނޫނޭ.. މިވަގުތު މުހިންމީ މަންމަގެ ފުރާނަ ސަލާމަތް ކުރުމޭ.. ކިތައް ދުވަސް ވެއްޖެ.. ކިތައް ދުވަސް ވެއްޖެ މަންމައަށް ތިއަނިޔާ ލިބެމުން އަންނަ ތާ؟” އީނާޝްއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. ނަމަވެސް އަވަސް އަވަހަށް އެ ރުއިން ހުއްޓާލީ އޭނާ މިވަގުތު ރޮއިގެން އެއްވެސް ކަމެއް ނުކުރެެވޭނެތީއެވެ. އާރިފާ އަނގައަށް ވައްތަރެއް ޖައްސާލައިފައި އެމީހުން އައިކޮޅަށް އެބުރުނުތަނާ ސޮބާހު އޭނާއަށް ގޮވަމުން އަންނަ ތަން ފެނުނެވެ. ހަމައެވަގުތު އީނާޝް ކާރެއް ހުއްޓުވައި އާރިފާގެ އަތުގައި ހިފައިގެން ގޮސް ކާރަށް އެރިއެވެ.

ޖަމާލުއްދީން ސުކޫލްގެ ކުރިމައްޗަށް ހުއްޓުނު ކަޅުކުލައިގެ ޕްރައިވެޓް ކާރަށް ދިޔައީ ގިނަ ބެލެނިވެރިންނާއި ސުކޫލް ކުދިންގެ ނަޒަރުތައް ހުއްޓެމުންނެވެ. ކާރުގެ ފަހަތު  ދޮރުފަތް ހުޅުވާލައިފައި ނުކުތް ފަނަރަ ވަރަކަށް އަހަރުގެ ކުއްޖާ އަކީ ރީތިކަމުން ފުރިފައިވާ ކުއްޖެކެވެ. ސުކޫލް ޔުނީފޯމް ލައިގެން ހުރިއިރު އެކުއްޖާގެ މަޑު ފިޔާތޮށި ކުލައިގެ ތުންފަތުގައި ނުފިލާ ހިނިތުން ވުމެއް ހުއްޓެވެ. ލައިގެން ހުރި ނޫކުލައިގެ ފަލަމަސްގަނޑާއި ހަމައަށް އަންނަ ޔުނީފޯމް ލައިފައި ތިރިން ކަޅު ކުލައިގެ ޖިންސެއް ލައިގެން ހުރި އިރު އެކުއްޖާގެ ދޮން ހަންގަނޑާ އެ ޔުނީފޯމް ނުހަނު ގުޅެއެވެ. އިސްތަށިގަނޑު ފަހަތަށް ގަތާފައި ހުރިއިރު ކުރިމަތިން ނިތްކުރިމަތި ވަނީ ރީތި ވަރަކަށް ކޮށާލައިފައިއެވެ. އަދި ބޮލުގައި ޓައީއެއް ހިއްޕާފައި ހުރި ބޭންޑެއް އަޅައިގެން ހުރި އިރު މައުސޫމް ކަމާއި އެއްވަރަށް ރީތިކަން ވެސް ދެގުނައެވެ. ކޮޑުގައި އެންމެ ޒަމާނީ ގަދަ ފިޔާތޮށި ކުލައިގެ ދަބަހެއް އަޅުވައިލައިގެން ހުރިއިރު އެކުއްޖާއަށް އެހުރީ ވަރަށް ބަރުވެފައި ކަން އެނގިގެންދަނީ ދެބުމަ ކައިރިކޮށްލާފައި ހުރުމުގެ ސަބަބުންނެވެ. ހަމަގައިމުވެސް މިކުއްޖާ ފިރިހެން ކުދިން ހިތްތަށް ވަގަށް ނަގާނެއެވެ. އަދި މި ރީތި ކުއްޖާއަށް ބަލައިލުމުން އެނގިގެންދަނީ އެއީ ވަރަށް މުއްސަނދި އާއިލާއަކަށް އުފަން ވެފައިވާ ކުއްޖެއްކަމެވެ.

”ކައި.. ކައީ މަޑުކޮށްބަލަ..” ކާރުގެ ކުރީގެ ކަނާއަތް ފަރާތު ދޮރު ހުޅުވައިލާފައި ނިކުތް މާހިލް ދިޔައީ ފަރި ހިނގުމެއްގައި ހިނގާފައި ސްކޫލަށް ވަންނަން ދިޔަ ކައިޒީންއަށް ގޮވަމުންނެވެ. އަޅި ކުލައިގެ ޓީޝާޓްއަކާއި އެކު ކަޅު ކުލައިގެ ޖިންސެއްލާފައި ހުރި މާހިލްއަށް ބަލާލުމުން އެއީ ފިހާރައެއްގައި މަސައްކަތްކުރާ މީހެއްކަން ވަރަށް ރަނގަޅަށް ހާމަވަމުން ދަނީ އެޓީޝާޓްގެ ފަހަތުގައި މާލޭގައި މަޝްހޫރު އެއްފިހާރަ ކަމަށްވާ ކައި ޓްރޭޑާރސްގެ ނަން ޖަހައިފައި ހުރުމުންނެވެ. ކައި ޓްރޭޑާރސް އެއީ ކައިޒީންގެ ބައްޕަ ޒިރާން ކައިޒީން ވަރަށް ކުޑަ އިރުގައި ހުޅުވި ފިހާރައެކެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް އެބޮޑު ފިހާރަ ހިންގަމުން އެއަށްނަނީ ޒިރާންއެވެ. ޒިރާންގެ ދަށުން މަސައްކަތް ކުރަމުން ދަނީ ފަޒީލެއެވެ. މާހިލް އަކީވެސް އެފިހާރައިގައި މަސައްކަތް ކުރާ މުވައްޒަފެކެވެ.

ކައިޒީން އަކީ ޒިރާން އާއި ފަޒީލާއަށް ލިބިފައި ހުރި ހަމައެކަނި ދަރިއެވެ. ފަޒީލާވަނީ ކައިޒީންގެ އުމުރުން އެންމެ ހަ އަހަރުގައި ކެންސަރުގެ ޝިކާރަކަށްވެ އެ ނުރައްކާތެރި ބައްޔާއި ހަނގުރާމަ ކުރަމުން ދަނިކޮށް މި ފަނާވަނިވި ދުނިޔެއަށް އަލްވަދާޢު ކިޔާފައިއެވެ. އެހެންކަމުން އެދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް ޒިރާން މީހަކާ ކައިވެންޏެއް ނުކުރެއެވެ. އެއީ އޭނާއަށް ކައިވެނި ކުރެވޭ މީހެއްގެ ސަބަބުންވެސް ކައިޒީންގެ މުޅި ދިރިއުޅުން ހަލާކުވެދާނެތީއެވެ. ނަމަވެސް ކައިޒީންއަށް ފަޒީލާ ނިޔާވުމުން މަންމަ އެއްގެ ލޯބި ދެމުން އައީ އެގޭގައި މަސައްކަތް ކުރަން ގެންގުޅޭ ޖަންނަ އާއި ނަޝްވާއެވެ. މި ދެމީހުން އެމީހުންގެ އަމިއްލަ ދަރިއެއްހެން ކައިޒީން ބަލައި ބޮޑުކުރީ މަންމަ އެއްގެ ލޯބި އެންމެ ފުރިހަމައަށް ދެމީހުންވެސް ދެމުންނެވެ.

”ހުމްމް… ކިހިނެއްތަ ވީ؟ މިހާރު އެއޮށް ގަޑި ޖެހެނީ އޭ..” ކައިޒީން ފަހަތަށް އެނބުރިލާފައި ބުނެލިއެވެ. ”މިއޮތީ ކައިގެ ފިޒިކްސް ފޮތް.. އަތުގައި ފޮތް މަދު ކަމެއްވެސް ނޭނގޭ ދޯ..” ”ޔާރައްބީ.. އަހަރެން ހަނދާންވެސް ނެތް މިފޮތް މަތިންނެެއް.. ތޭންކްސް އަ ލޮޓް މާހިލް ބޭބޭ..” ކައިޒީން ބޮލުގައި އަތްއަޅާލައިފައި މާހިލް އަތުން ފޮތް އަތުލާފައި ދުވެފައި ގޮސް ސްކޫލަށް ވަނިއެވެ. އޭރު އެހެންކުދިންވެސް ދިޔައީ ސްކޫލަށް ވަންނަމުންނެވެ. ކައިޒީން ދެކެނީ މާހިލް އެއީ އޭނާގެ ބޭބެ ކަމަށެވެ.  ކައިޒީން ލޮލުކޮޅަށް ގެއްލުމާއިއެކު ދެފަރާތަށް ބޯހޫރުވާލައިފައި ގޮސް މާހިލް ކާރަށް އަރައި ކާރު ދުއްވާލިއެވެ.

ކާރަށް އާރިފާއަށާއި އީނާޝްއަށް އަރައި ދޮރުލައްޕައިލެވުނު ވަގުތަކީ ސޮބާހު އައިސް ކާރާއި ހަމައަށް އަރި ވަގުތެވެ. ނަމަވެސް އެދެމީހުންގެ ނަސީބު ކަން ދިމާކުރި ގޮތުން ސޮބާހުއަށް ކާރުގެ ފަހަތުން ނުދެވުނީ ނަބާހު އައިސް ސޮބާހު ހިފަހައްޓާ ނަސޭހަތްދޭން ފެށުމުންނެވެ. ނަބާހު ކިޔައިދިން ވާހަކަތަކުން ސޮބާހު މައިތިރިވެފައި ހުއްޓެވެ.

”އޭ ޑްރައިވަރޫ.. އަހަރެމެން މިކާރަށް އެރި ހިސާބަށް އަހަރެމެން ގެންގޮސް ލައިދީ ހަމަ މިހާރު” ”ނޫން ހަމަ ދާގޮތަށް ބަސް ސޮޓޭޝަން އަށް ދޭ..” އާރިފާ އާއި އީނާޝް ދިޔައީ ކާރުތެރޭގައި އަޑުގެ ނެތްތަނަށް ހަޅޭލަަވަމުންނެވެ. ދެމީހުން ބަހުސް ކުރަމުން ދިޔައިރު ހީވަނީ އެއީ އެމީހުންގެ އަމިއްލަ ކާރެއް ހެންނެވެ. ”ހެޔޮނުވާނެ.. ކޮންމެސް އެކައްޗެއް ކިޔާބަލަ.. އަހަރެން މިހާރު މީގައި އިނެގެން ބޯފަޅައިގެން ދާވަރު ވެއްޖެ.. އަދި ދުވަހަކުވެސް ތިކަހަަލަ ބައެއް ގޮވައިގެން އަހަރެން ދަތުރެއް ނުކުރަން.. ދާންވީ ކޮންމެސް އެއްތަނެއް ބުނޭ.. އެހެންނޫނީ މި ކާރުން ތި ދެމީހުން ބާލަން ޖެހިދާނެ..” އާރިފާއާއި އީނާޝްއަށް ހުއްޓުން އެރީ ކުއްލިއަކަށް ޑްރައިވަރު ކާރު ހުއްޓާލުމުންނެވެ. ”ނޫންން…” ދެމީހުންވެސް އެއްފަހަރާ ނޫނެކޭ ކިޔައި ހަޅޭލަވައި ގަތުމާއިއެކު ޑްރައިވަރު އަނެއްކާވެސް ތުންތަޅުވާލިއެވެ. ”މަންމާ އަން.. މިއޮތީ އެމީހާ ގަނޑު މަންމައަށް ދޭން ގަނެފައި އޮތް އެއްޗެއް.. އަހަރެން މިއައީ ނޭނގޭ ގޮތަކަށް ހިފައިގެން..” އީނާޝްގެ ދަބަސްތެރޭން ކަޅުކުލައިގެ ކުޑަކުޑަ ފޮށްޓެއް ނަގާފައި އާރިފާ އަށް ދިއްކޮށްލިއެވެ. އާރިފާ އަވަސް އަވަހަށް އޭގައި ހިފައި ފޮށި ހުޅުވައިލިއެވެ. ފޮށީގައި ވަނީ ހުދު ކުލައިގެ މުތީއެއްފަދައިން ވިދަވިދާ އޮތް އަނގޮޓިއެކެވެ. ބަލާބެލުމަށް އެއީ ވަރަށް އަގުބޮޑު އަނގޮޓިއެކެވެ. އޭތި ފެނުމާތިއެކު އާރިފާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް އެރިއެވެ. ހަމައެއާއިއެކު އެނާގެ ދެކޮލަށް އަޑިކޮޅެއެއްވެސް އެރިއެވެ. ނަމަވެސް އާރިފާގެ ހިތަށް އެރިއެވެ. ”އީނާޝް އެހައި މަޑުމަޑުން ހުއްޓަސް މިއީ ހަމަ ބޮޑު ވަގެކެވެ.” އިނާޝްއަށްޓަކައި އާރިފާގެ ހިތުގައި އެއްވެސް ލޯތްބެއް ހަމްދަރުދީއެއް ކުލުނެއް ރަހުމެއް ނެތެވެ. އީނާޝް އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައިއެވެ. ސަބަބަކީ އެކަހަލަ އެއްޗެއް ދިނުމުން އޭނާގެ މަންމަ އުފާވީ ވަރުންނެވެ. އޭގެ ދެވަނަ ސިކުންތުގައި އީނާޝްއަށް ހައިރާން ކަމާއިއެކު އާރިފާގެ މޫނަށް ބަލައިލެވުނީ އާރިފާ ބުނި އެއްޗަކުންނެވެ. ތިން ހަތަރު ފަހަރު އާރިފާ ދިޔައީ އެޖުމުލަ ތަކުރާރު ކުރަމުނެވެ. ”ދާގޮތަށް ބަސް ސްޓޭޝަންއަށް ދޭ..” މިހެންނެވެ. އާރިފާ އެހެން ބުނެލުމާއިއެކު ޑްރައިވަރު ބަސް ސްޓޭޝަންއަށް ދިޔުމަށް މިސްރާބު ޖެހިއެވެ.

މޭރީ ބްރައުން އިން  ކައިޒީން ނުކުމީ ނުހަނު ބާރަށް ހިނގަމުންނެވެ. ސަބަބަކީ ޒިރާން ގުޅާފައި ގެއަށް އައުމަށް ބުނުމުންނެވެ. ސުކޫލް ނިންމާލާފައި ގެއަށްވެސް ނުގޮސް ކައިޒީން ދިޔައީ އޭނާގެ އެކުވެރި ދެ ކުދިން ގޮވައިގެން  މޭރީ ބްރައުންއަށެވެ. ފޯނަށް ބަލަމުން ދިޔަ ކައިޒީން މީހެއްގެ ގައިގައި އަޅާގަނެފައި އޭނަގެ އަތުގައި ހުރި ފޮތްތަކާއި ފޯން ވެސް ބިތްމައްޗަށް ވެރުނެވެ. އަދި އެމީހާގެ އަތުގައި ހުރި އެއްޗެހިވެސް ބިންމައްޗަށް ވެރުނެވެ.

~ ނުނިމޭ ~

ނޯޓް: މި ވާހަކައަކީ އަޅުގަނޑުގެ އަމިއްލަ ހިޔާލަށް ލިޔާވާހަކައެކެވެ. އަދި މިވާހަކައަށް ކިޔުންތެރިންގެ ހިޔާލާއި ސަޕޯޓް އަދި އަޅުގަނޑަށް ހެދިފައިވާ ކުށްތައްވެސް ފާހަގަކޮށްދޭނެ ކަމަށް އުންމީދު ކުރަމެވެ. ދެން އޮތް ބައި ބުދަ ދުވަހު ގެނެސްދޭނަން..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ވެވުމުން ލޯބި 2

Next

އަސްލާން 8

Next
June 20, 2019

އަސްލާން 8

Previews
June 20, 2019

ވެވުމުން ލޯބި 2

32 Comments!

  1. aishoo says:
    June 20, 2019 at 6:01 am

    Me first dhw…. will cmt after reading???❤?❤?❤

    1. aishoo says:
      June 20, 2019 at 2:26 pm

      Dear mi part varah reethi…. ?????masha allah…. ????waiting for next part.. ❤?❤?❤?❤?❤?❤?

    2. ?Nafu? says:
      June 20, 2019 at 3:15 pm

      ya congrats.. thanks aishoo

    3. ?Nafu? says:
      June 21, 2019 at 8:49 am

      Thanks aishoo❤️❤️❤️ ya keep waitin

  2. jiji says:
    June 20, 2019 at 6:21 am

    Me first dhw..feshun v kamudhey ingey??????❤❤❤???…Story thafaathu kohly dhw..Anyways good..ok..

    1. ?Nafu? says:
      June 20, 2019 at 3:15 pm

      thanks jiji… 🙂

  3. Ibsha says:
    June 20, 2019 at 11:23 am

    Varah kamudhey…?❤?hama varah reethi ???????????????

    1. ?Nafu? says:
      June 20, 2019 at 3:16 pm

      thanks ibsha.. 🙂 🙂

  4. ?Nafu? says:
    June 20, 2019 at 3:22 pm

    assalaam alaikum.. ”HAASIL VUMAH EDHI” alhuganduge thinavana long story.. mi story vs kiyuntherinnah kamudhaane kamah unmeedhu kuran..adhi kiyuntheringe support libeyne kamah vs unmeedhu kuran.. 🙂 mi vaahakaige dhevana bai budha dhuvahugai genesdheynan.. insha allah..

    1. Shau says:
      June 21, 2019 at 9:13 am

      Kuryge vhk thakah kiyaa names bunela dhyfaanan tha? ????
      Btw vrh rythi mi vhk ge feshun… hope Dhn huri part thah vs rythi vaane kamah??❤️? Keep it up dear ??❤️❣️

    2. ?Nafu? says:
      June 21, 2019 at 1:05 pm

      Kurehun elhuney hithuge adygai, vaguthu.. mee dhigu vaahaka akah liyuni vaahaka.. thanks Shau..❤️❤️ ya will try to make the story more beautiful..???

  5. Rai says:
    June 20, 2019 at 7:10 pm

    varah reethi. when next?

  6. ?Nafu? says:
    June 20, 2019 at 10:41 pm

    Thanks rai.. next part Wednesday gai.. Insha allah,???

  7. Luc!f3r says:
    June 22, 2019 at 12:31 am

    Vaahaka heevey varah reethi vaanehen.. Eba ulhey madhunnamaves mistakes.. Recheck kollanikoh rangalhuvedhaane.. Thankolheh gina baithah kiyunyma ingeyny common mistakes bunan.. Waiting for next episode.

    1. ?Nafu? says:
      June 22, 2019 at 5:23 am

      Thanks Luc!f3r..??? ya will try to improve my writing.. and keep waiting..???

    2. Luc!f3r says:
      June 23, 2019 at 11:48 am

      Waiting for wednesday like???

  8. Luc!f3r says:
    June 22, 2019 at 12:38 am

    Park shin hye.. Nam joo hyuk.. Hye sun.. Min ho.. Vaahaka kee iruves mi meehun baraabarah sifavey?

    1. ?Nafu? says:
      June 22, 2019 at 7:38 pm

      Alheyy.. thanks a lot Luc!f3r..nd lots of love from me???????

  9. Oomg says:
    June 22, 2019 at 6:18 pm

    Thy kon rashu kujjeh?

    1. ?Nafu? says:
      June 22, 2019 at 9:27 pm

      Vaahaka aa gulhey comment kurehvun edhen..??

  10. aisooo says:
    June 22, 2019 at 9:06 pm

    So beutiful story wating for next episord

    1. ?Nafu? says:
      June 22, 2019 at 9:25 pm

      Thanks aisooo???

  11. friendeh says:
    June 24, 2019 at 7:29 pm

    Hageegey Vaaahaka ah liyelabal Vr kiyaaa hiy vey

    1. ?Nafu? says:
      June 27, 2019 at 1:23 pm

      Insha Allah.. will try.. ????

  12. Muneesha? says:
    June 26, 2019 at 9:05 pm

    Wow haadha salhi eyy

    1. ?Nafu? says:
      June 27, 2019 at 1:23 pm

      Thank you muneesha?…..?????

  13. Anonymous says:
    July 12, 2019 at 10:49 am

    Alhe kaaku ths uniform aai eku jeans lany
    Hehehe anyway vvv reethi

    1. ?Nafu? says:
      July 14, 2019 at 7:17 pm

      thanks anonymous.. 🙂

  14. Kai27 says:
    July 16, 2019 at 2:43 pm

    Wow I can imagine the characters really well…

    1. ?Nafu? says:
      July 24, 2019 at 6:50 pm

      🙂 🙂 awwwn.. thank u sooo much kai27… 🙂 🙂

  15. K-pop lover says:
    September 13, 2019 at 1:19 pm

    Vaahaka varah reethi. Vaahakaige characters thah ves. Haassakoh Nabaah (Minho).

    1. ?Nafu? says:
      September 14, 2019 at 8:48 am

      aww… thank u soo much dear.. 🙂 🙂

Comments are closed.

Next Episodeހާސިލް ވުމަށް އެދި 2←


All Right Reserved!