ކައިވެނީގެ ބޮޑު ހެދުމުގައި ކައިޒީން ފެންނަނީ ހޫރު ޕަރީއެއްގެ ސިފައިގައެވެ. އެއް ހެދުން ފަހާފައި ވަނީ އެއް ރޫޅާފަތި ހަށިގަނޑާ ގުޅޭ ގޮތަށެވެ. ކައިރީގައި ހުރި ކިޔާން ހުރީ ވަރަށް އުފާ ވެފައެވެ. ނަމަވެސް ކައިޒީން ގެ މޫނު މަތިން ފެންނަނީ ރުޅިވެރިކަމެވެ. އިރު އިރު ކޮޅާ ކައިޒީން ކިޔާން އާއި ދިމާލަށް ބަލާލައިފައި ލޯ އަޅުވައެވެ. އެއް މަންޒަރު ބަލަން ދުރުގައި ތިބި އީނާޝް އާއި ރިޔާޝާ ތިބީ ހީހީ ބިދިފައެވެ. އީނާޝް އާއި ރިޔާޝާ އަކީ ވަރަށް ގާތް ދެއެކުވެރިންނެވެ. ކިޔާން އަކީ ގުރޭޑު 5 ކުން ފެށިގެން ކައިޒީން ލޯބީގައި ޖެހިފައިވާ ޒުވާނެކެވެ. ކައިޒީން ކިޔާން ދެކެ ކުޑަ އިރުން ސުރެއް ރުޅި އާދެވެ. އެހެން ނަމަވެސް ދެމީހުންގެ އެކުވެރިކަން ފެށުނީ ކައިޒީންގެ އުމުރުން 13 އަހަރުގައެވެ. އިންޓަނެޓުގެ ޒަރިއްޔާއިން އީނާޝް އަދި ރިޔާޝާ އިތުރުން ކައިޒީން އަދި ކިޔާން ވާހަކަ ދައްކައެވެ. ކައިޒީން މި ކައިވެންޏަށް އެއްބަސްވީ މައިންބަފައިންގެ އެދުމުގެ މަތިންނެވެ. އީނާޝް އަދި ރިޔާޝާ ލައިފައިވަނީ ރަތް ކުލައިގެ ދިގުހެދުމެކެވެ. އަޅާފައިވަނީ އަޅި ކުލައިގެ ސޯލްއެކެވެ. ދެމީހުންނަކީ ވެސް ސަކަ މިޒާޖެއްގެ ބައެކެވެ. ގަތަ ރަތް ކުލައިން ފަވާލެވިފައިވާ ތުންފަތުގައި ކޯކު ތަށި ޖައްސާލަމުން އީނާޝް ހީގައެވެ. ” އީނާ .. ވަރަށް ކިއުޓޫ ކަޕަލްސް އެއް ދޯ .. އައި މިރޭ ގަޑެއް ގަންނާނެހެން ” ރިޔާޝާ ކިޔާން އަދި ކައިޒީން އާއި ދިމާލަށް ނަޒަރު ހުއްޓާލަމުން ބުނެލިއެވެ. ” ރިޔާޝާ ވެސް ބިޓޭއް ހޯދަންވީނުން.. މިތަނުން ވެސް އެބަ ފެނޭ ހޮޓު ބިޓުން ” އީނާޝް އިޝާރާތް ކުރީ އިއާން އާއި ދިމާލަށެވެ. އިޔާން އަކީ ވަރުގަދަ ހަށިގަނޑަކާ އަންހެން ކުދިން ހިތް ކަތިލާ ފަދަ ރީތި ހިނިތުންވެމެއް ލިބިފައިވާ ރީތި ޒުވާނެކެވެ. ” އައްޗީ.. މަށަކާ ނުގުޅޭނެ އައި ތިންކް […]