Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ތިޔަ ލޯބި އަދު ލިބޭނެބާ 4

Minhaaa Level 110 Stories
September 17, 2020 One Min Read
8 Comments

ރަނގަބީލުގެ އަޑާއެކީ ހުރިހާ ކުދިން ގޭޓުން ވަދެގެން ދާން ހިނގައިގަތެވެ. “މަލް” ދުވަމުން ކަހަލަ ގޮތަކަށް އައި ސާރާ މަލްދާއާއި އަރާ ހަމަކުރަމުން ގޮވާލިއެވެ. އޭރު އޭނާއަށް މައިނޭވާ ލެވެއެވެ. ދެކުދިން އެކީ ކުލާހާ ދިމާލަށް ދަނިކޮށް ފަހަތުން މީހަކު އައިސް މަލްދާގެ ގައިގައި ޖެހިގަތެވެ. އެމީހަކު ފެނުމާއެކު ވަގުތުން މަލްދާގެ މޫނުގައިވީ ހިނިތުންވުން ފިލައިގެން ދިޔައެވެ. ދެބުމަ ގޮށްޖެހިގެން ދިޔައެވެ. “ވަހީދް ސަރ” ސާރާ މަޑުމަޑުން ބުންޏެވެ. “ވަރަށް ބޮޑަށް ސޮރީ މަލްދާ… ސަރ ގަޑި ޖެހޭތީ ބަލާނުލާ ދެވުނީ” ވަހީދު ވާހަކަ ދައްކަމުން ދިޔައިރު ހުރީ ކަޅިޖަހާނުލާ މަލްދާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ވަހީދުގެ އެ ބެލުންތަކުގެ ސަބަބުން މަލްދާއަށް ކިތަންމެ އުނދަގޫވީ ނަމަވެސް މުދައްރިސެކޭ ހިތައި އަޅާނުލާ ދޫކޮށްލަނީއެވެ. އޮޅިގެންނޭ ކިޔައިފައި މީގެ ކުރިންވެސް މަލްދާގެ ގައިގައި އަތްލެވޭތޯ ބަލާކަން މަލްދާއަށް ފާހަގަ ކުރެވެއެވެ. ހަގީގަތުގައި ކިޔެވުން މަތިންވެސް ފޫހިވާންފެށީ މިސަބަބާ ހުރެއެވެ. “އިޓްސް އޯކޭ..” މިހެން ބުނެލުމަށްފަހު މަލްދާ ސާރާއާއި އެކީ ކުލާހަށް ދާން ހިނގައިގަތީ އިތުރަށް އެތާ ހުންނަން ބޭނުންނުވެގެންނެވެ. “މަލްދާ..” އަނެއްކާވެސް ވަހީދު މަލްދާ އަށް ގޮވާފައި ހުއްޓުވިއެވެ. މިފަހަރު ވަހީދު ހިފަހައްޓައިގެން ހުރީ މަލްދާގެ އަތުގައެވެ. ސާރާއާއި މަލްދާއަށް އެކަކު އަނެކަކާ ދިމާލަށް ބަލާލެވުނެވެ. “ސަރ.. އަޅުގަނޑު އަތުން ދޫކޮށްލާ..” މިހެން ބުނިއިރުވެސް މަލްދާ އިނީ ރުޅިއައިސްގެން ގޮސް ރަތްވެފައެވެ. ކުރިންވެސް ވަހީދުގެ އުދަނގޫ ޖެހުނަސް މިއަދު އެދިޔައީ މާ މައްޗަށެވެ. “އަ.. ސޮރީ.. ބަސްއަހައިގެން ކިޔަވާށޭ ބުނަންވެގެން އަސްލު..” ވަހީދުގެ ޖަވާބު އިވިފައި ސާރާގެ ގާތަށްވެސް އައީ އަމަށަކު ރުޅިއެއް ނޫނެވެ. “ސަރ.. ބުނަންތަ ވަރަށް ރަނގަޅުވާހަކައެއް.. ބަސްއަހައިގެން ކިޔަވަން ނަސޭހަތް ދޭއިރު ހަމަ ގޮސް ކޮންމެ ކުއްޖެއްގެ އަތުގައިވެސް ތިހެން ގޮސް ހިފަންތަ.. އިސްލާމް ކިޔަވައިދޭއިރު އިނގެންވާނެ ކަންނޭނގެ ހިލޭ ފިރެހެނަކު ގޮސް ހިލޭ އަންހެނެއް ގައިގަ އަތްލުމަކީ ކޮންކަހަލަ ކަމެއްކަން..” ސާރާގެ ވާހަކަތައް އަޑު އަހާފައި މަލްދާއަށްވެސް ދެލޯ ބޮޑު ކޮށްލެވުނެވެ. ކިތަންމެ ރުޅިއަޔަސް މަލްދާއަށް އެއްޗެކޭ ބުނާކަށް ނުކެރެއެވެ. މަލްދާއަށް ވިސްނާލެވުނީ ދެންވާނެގޮތަކާމެދުއެވެ. “އަދި ތިވަރު ވާކަށް ނުވެ އެއްނުދޯ…” ވަހީދު ހުރީ ވަރަށް ލަދުގައިންފަ ނަމަވެސް އެކަން މޫނުމައްޗަކުން  ނުދައްކައެވެ. ވަހީދު ދާން ހިނގައިގަތުމުން ސާރާ އާއި މަލްދާ އިރުކޮޅެއް ވަންދެން ބަލަން ހުރެފައި ހިނގައިގަތީ ކުލާހާ ދިމާލަށެވެ. ކުލާހަށް ވަނުމުގެ ބަދަލުގައި މަލްދާ ގޮސް ވަނީ ފާހަނަ ބަރިއަށެވެ. ސާރާވެސް މަލްދާ ފަަހަތުން  ދިޔައެވެ. ސާރާއަށް ވަދެވުންއިރު މަލްދާ އަތް ދޮންނަނީއެވެ. “ހުވާ މިބުނީ ހާދަ ފޫއްސެއް ވިޔޭ.. އެނޫން ވައްތަރަކަށް ނޫޅޭނެ.. ސާރާ އެއްޗެހި ކީމަ ދެން ނޭނގެ ހަދާލާނެ ގޮތެއްވެސް.. ޓެސްޓުން ފާހެއް ވެސް ނުކުރާނެ ކަންނޭނގެ.. އެވަރުގެ މީހެއް އެއީ..” ސާރާ ވައިންތައް ފެނިގެން މަލްދާ  ވާހަކަ ދައްކަން ފެށިއެވެ. “މަށެެއް ނުގަނޭ ބިރެއް.. ހެޔޮ ސުމެއް ދިނަސް… އާނ އެހެންޏަ.. ގަޔަކަށް އަތެއް ނުލެވޭނެ ދޯ.. މައްސަލަ ޖައްސަންވީ.. ހޭވް ޔޫ ސީން ހައު ހީ ލުކްސް އެޓް ޔޫ.. ޑިސްގަސްޓިންގް..” ސާރާ އިނީ ހަމަ ރަނގަޅަށްވެސް ރުޅިއައިއްސައެވެ. “ހީވޭތަ އެކަކުވެސް ގަބޫލު ކުރާނެހެން… ރަށު ރައްޔިތުން ދެކޭ ގޮތުގައި އޭނަވަރުގެ މާތް އިންސާނެއް މުޅިި ދުނިޔޭގައިވެސް ނޫޅޭނެ.. ” މަލްދާ އެބުނީ ތެދެކެވެ. ވަހީދަކީ އެރަށުގައި ޤަދަރާއި ޢިއްޒަތް ލިބިގެންވާ މީހެކެވެ. އެމީހުން ދައްކާ ވާހަކަ އެކަކުވެސް ގަބޫލެއް ނުކުރާނެއެވެ. ” ދެންމެ އެހެން ބުނީމަވެސް ނުކެރިދާނެ ކަމެއް ކުރަން.. ދެން އެކަމް އިނގިލި ކުރި ޖައްސާލިއަސް ޕްރިންސިޕަލް އޮފީހަށް…. އޯކޭ.. ދެން ހިނގާ ދަބަސް ބަހައްޓާފައި އަވަހަށް އެސެމްބްލީ އަށް ދެވޭތޯ..” ސާރާ ހިނގައިގަންނަމުން ބުންޏެވެ. އެހެންނަމަވެސް މަލްދާ އިނީ އެއްގޮތަކަށްވެސް އެސެމްބްލީ އަށްދާ ހިތަކުން ނޫނެވެ. މަލްދާ ނުދިޔުމުން  ސާރާވެސް އެންމެ ފަހުން މަޑުުރީއެވެ. ދެމީހުން އެސެމްބްލީ ނިމުން ގަޑީ އެހެން ކުދިންނާއެކީ ގޮސް ކުލާހަށް ވަނެވެ.ކުލާހަށް މުދައްރިސްވަނީ އޭގެ އިރުކޮޅެއް ފަހުންނެވެ.

މަލްދާއަށް މުދައްރިސް ކިޔައިދޭ އެއްޗެއް އަޑުއެހުމުގެ ބަދަލުގައި ކުރެވުނީ ހަމަ އެންމެ ކަމެކެވެ. އަޒްހާންއާއި މެދުގައި ވިސްނުމެވެ. “ބަލަ ބަލަ.. ހާދަ ރީތިކޮށް ފިލާވަޅު ހަދާ ނިންމާލީ ތި” ސާރާ މަލްދާގެ ފޮތައް ބަލާލައިފައި ހެމުން ބުންޏެވެ. މަލްދާއަށް ހޭވެރިކަމެއްވީ އެވަގުތެވެ. ފޮތާ ދިމާލަށް ބަލާލެވުމާއެކީ ދެލޯ ބޮޑުކޮށްލެވުނެވެ. ފޮތުގައި ބޮޑު އަކުރުން ” އައި ލަވް ޔޫ އަޒްހާން” އޭ ލިޔެފައި ހުއްޓެވެ. މަލްދާ ބާރު ބާރަށް ފޮތް ލައްޕާލީ އެހެން މީހަކަށް ފެނިދާނެތީއެވެ. “އެނީ ޕްރޮބްލަމް މަލްދާ..” މަލްދާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މުދައްރިސް އެގޮތައް ގޮވާލުމުން ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ. އެއަށްފަހު ބަލައިލިއިރު ކުލާސް ހުރިހާ ކުދިން ހުރީ  މަލްދާ އާއި ދިމާލަށް ބަލަހައްޓައިގެންނެވެ. މަލްދާއިނީ ލަދުން ބޯ ފަޅައިގެން ދާވަރުވެފައެވެ. ސާރާ އަށް ހިނިގަނޑު  ކޮންޓްރޯލްކޮށްގެން ހުރެވުނީ ހަމަ ކިރިޔާއެވެ. މުދައްރިސް ކުލާހުން ނިކުމެގެން ދިއުމާއެކު ސާރާ ބާރުބާރަށް ހޭން ފެށިއެވެ. މަލްދާއަށް ސާރާއާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

ސާރާގެ ހުނުން ހުއްޓުނީ ކުލާހަށް ވަދެގެން އައި ވަހީދު ފެނުމާއެކީއެވެ. ހުރިހާ ކުދިން ކޮޅައް ތެދުވުމާއެކު މަލްދާއާއި ސާރާ އެކަކު އަނެކަކާ ދިމާލަށް ބަލާލުމަށްފަހު ތެދުވިއެވެ. ކުލާސް ފެށިގެން ދިއުމާއެކީ ދެމީހުންވެސް ތިބީ އެއްކޮށް ހިމޭން ވެފައެވެ. މިއަދު ހެނދުނު ވީ ކަންތަކުން މަލްދާ ހުރީ ބިރުގައިންފައެވެ. ވަހީދު އިނީ ވަރަށް ރުޅިގަދަވެފަ ކަން އޭނަ ކުލާސް ނަގައިދެމުން ގެންދިޔަ ގަޑީ ހާމަވެގެން ދިޔައެވެ. ކުދިންނާ ދިމާލަށް ހަޅޭލެވުން ނޫން ކަމެއް ނުކުރެއެވެ. އަދި އިރުކޮޅުކޮޅާ މަލްދާ މެނާ ދިމާލަށް ބަލާލައެވެ. ގަޑިޖެހުމާއެކު ވަލީދު ކުލާހުން ނިކުމެގެން ދިއުމާއެކު   މަލްދާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. “ކިޔެއްވެފަ ހުރި ދުވަހެއްބާ…” އެންމެ ކުރީ ބަރީގައި އިށީނދެގެން އިން އަލީ، ވަހީދު ދިއުމާއެކީ ބުނެލިއެވެ. ” އަންހެނުން ކާން ނުދީ ފޮނުވީ ކަންނޭގެ..” އެހެން ކުއްޖަކު ޖަވާބުގައި ބުނެލިތަނާ ހުރިހާ ކުދިން ވެސް ހޭން ފެށިއެވެ. “އޭނ.. އާ ކުއްޖެއް އެބައުޅޭ ޖޮއިން ވާން.. ދައްތަ ބުނި..” އަލީ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. “އަންހެން ކުއްޖެއްތަ ފިރެެހެން ކުއްޖެއްތަ.. އަޅެ ހޭންޑްސަމް ބޯއި އަކަށް ވާނެ ނަމަދޯ..” އެކުލާހު އަލީނާ ވަގުތުން ބުންޏެވެ. މަލްދާވެސް އެކުދިންގެ ވާހަކަތައް އަޑުއަހަން ހުއްޓެވެ. މިޑް ޓާމް އަށްފަހު އެކަމް އާ ސްކޫލަކަށް ވަދެގެން ކިޔަވަން އުނދަގޫވާނޭ ހިތައް އެރިއެވެ. ” ކޯއްޗެކޭ ކިޔާކަށް.. ލޯބި ލޯބި އަންހެން ކުއްޖެއް އަންނާނީ..” ދެން ފެށުނީ ކުލާހުގައި ކުޑަވަރެއްގެ ބަހުހެކެވެ. ކުލާހުގައި ދައްކަމުން ދިޔަ ވާހަކައިގައި މަލްދާމެންވެސް ބައިވެރިވިއެވެ. އެއްބައި ކުދިން ކީ އެއްޗެހިނުން ހުރީ ހީ ހީ ހަލާކުވާ ވަރުވެފައެވެ.

**************

ރަށު ފާލަމާ ކައިރިކޮށްލި ލޯންޗު ދޮށަށް އައިސް ފަސްވަރަކަށް މީހުން ހުއްޓެވެ. އެތާއިން ހަލީމާ އިންތިޒާރު ކުރަމުން އެދަނީ އޭނާގެ މާމަ ދަރިފުޅު އަންނާނެ  އިރަކަށެވެ. އިރުކޮޅެއްފަހުން ލޯންޗު ތެރެއިން ނިކުއިން އާރްޔަން އަށް ހަލީމާ ފެނުމާއެކީ ހިނިތުންވެވުނެވެ. އަތްދިގު ރަތްކުލައިގެ ގޮޅިޖެހި ގަމީހަކާއެކު ކަޅުކުލައިގެ ޖިންސެއް ލައިފައި ހުރި އިރު އާރްޔަން ފެންނަމުން ދިޔައީ ނުހަނު ހިތްގައިމުކޮށެވެ. އާރްޔަން ފުޅާ ހިނިތުންވުމަކާއެކީ އައިސް އޭނަ މާމަ ގައިގައި ބައްދައިލިއެވެ. އާރްޔަންގެ އާއިލާއަކީ މާލޭގެ ނަން މަޝްހޫރު ވިޔަފާރިވެރިއެއް ކަމުގައިވާ އިބްރާހިމް ނަޝީދުއަށާއި ހަލީމާގެ އެންމެ ދޮށީ އަންހެން ދަރި އަސްމާ އަށް ލިބިފައި ހުރި ހަމައެކަނި ދަރިފުޅެވެ. އެހެންކަމުން އެދެމީހުން އާރްޔަން ގެންގުޅުނީ ނުލާހިކު ލޯބިންނެވެ. އެދެމީހުން ތިބެނީ އާރްޔަން އެދޭ ކޮންމެ ކަމެއް ކޮށްދިނުމަށްޓަކައި އަތުކުރި އޮޅާލައިގެންނެވެ. މިހާތަނަށް އާރްޔަންގެ އެއްވެސް އެދުމަކަށް ފުރަގަސްދީފައި ނުވާއިރު އޭނަ މަންމަމެން ރަށަށް މާމަ ކައިރިޔަށް ކިޔަވަން އަންނަން އެދުމުން ދެކޮޅުހަދަން ނުކެރުނީއެވެ. އާރްޔަން ނެތުމުން އެކަމުގެ ފަޅުކަން އިހުސާސް ކުރެވޭނެކަން އިނގޭއިރުވެސް އާނއެކޭ ބުނީ އާރްޔަންގެ އުފަލާއި ހަމަޖެހުން އެމީހުންނަށް މާ މުހިންމުވީތީއެވެ. “ފޮށިތައް ގެނެސްދޭނެ އާދަމްބެ.. ދަރިފުޅު ހިނގާ މާމަ އާއި އެކީ ގެއަށް ދާން..” އެހާ ގިނަ ދުވަސްފަހުން މާމަ ދަރިފުޅު ފެނުމުން ހަލީމާއަށް އުފަލުގެ ކޮޅެއް ނެތެވެ. ގޭދަށަށް ދިޔަ މަގުމަތީ ހަލީމާ ބައިވަރު ވާހަކަ ދެއްކިއެވެ. އާރްޔަންވެސް ހުރީ މާމަ ދައްކާ ވާހަކަތައް އަޑު އަހަން ހެވި ދިއްލިފައެވެ. އާރްޔަން އެއްލި ކަޅިއަކުން މަގުމަތިން ހިނގާފައި އައި މަލްދާ ފެނުމުން މަޑުޖެހިލެވުނެވެ. ޔުނީފޯރމް ލައިގެން ހުރިއިރު ދަބަސް ވަނީ އެއްކޮނޑުގައި އަޅުވާލެވިފައެވެ.  ކުދި ދެތިން ފޮތް އަތުން ހިފައިގެން ދިޔައިރު ހުރީ އިސްޖަހައިލައިގެންނެވެ. އާރްޔަން އަޅައިގެން ހުރި އަވިއައިނު ނަގަމުން މަލްދާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. މީގެ ކުރިން އެހާ ރީތި އަންހެން ކުއްޖެއް އޭނަ މުޅި ހަޔާތުގައިވެސް ނުދެކެއެވެ. ހިތުގެ ވިންދު އަވަސްވަމުންދިޔައެވެ. މިހެންވާންވީ ސަބަބެއް ޚުދު އާރްޔަން އަކަށްވެސް ނޭނގުނެވެ. މީގެ ކުރިންވެސް ބައިވަރު އަންހެން ކުދިން އާރްޔަން އަށް ފެނުނެވެ. ނަމަވެސް މިކަހަލަ އިހުސާސެއް ކުރެވުނު މީ ފުރަތަމަ ފަހަރެވެ. ” ދަރިފުޅާ.. ކިހިނެއްވީ” ހަލީމާ އަށް އާރްޔަން ވަކި ހިސާބަކަށް ގޮސް ހުއްޓި ހުރިތަން ފެނުމުން ގޮވާލިއެވެ. “ކަމެއް ނުވޭ.. އަވަހަށް ހިނގާ ދާން..” އާރްޔަން ނޫން ކަމަށް ހަދާފައި އޭނަ މާމަ އާއެކީ ދާން ހިނގައިގަތެވެ. އަދި އެއްފަހަރު މަލްދާއާއި ދިމާލަށް ފަހަތަށް އެނބުރި ބަލައިލިއެވެ.

***********

އަޒްހާން ބެލްކަނީއަށް ނިކުމެ ހުރީ މަލްދާ ސްކޫލުން އެނބުރި އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. މަލްދާގެ ސޫރަ ނުފެންނަހާ ހިނދަކު އަޒްހާންގެ ހިތައް ހަމަޖެހުމެއް ނުލިބެއެވެ. ދުރުން ހިނގާފައި އަންނަމުން ދިޔަ މަލްދާ ފެނުމުން  އަޒްހާންގެ މޫނުމައްޗަށް އުޖާލާކަން ވެރިވެގެން ދިޔަައެވެ. މަލްދާވެސް އަޒްހާންމެންގެއާއި ދިމާލަށް ބަލައިލީ އަޒްހާން ދެކިލުމުގެ އުއްމީދުގައެވެ. މިފަހަރު މަލްދާ އަށް މާޔޫސް ވާކަށް ނުޖެހުނެވެ. މަލްދާއަށް އަޒްހާން ފެނުމާއެކު އެމޫނުމަތީ ލުއި ހިނިތުންވުމެއް ދުވެލިއެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވުމާއެކު ދެހިތުގެ ތެޅުން އަވަސްވެލިއެވެ. މަލްދާގޮސް ގޭތެރެއަށް ވަންނަންދެން އަޒްހާން އަށް ބަލަން ހުރެވުނީއެވެ. ދެން އިތުރަށް އޭނަގެ އިހުސާސްތައް މަލްދާގެ ކުރިމަތީ ހާމަނުކޮށް އަޒްހާން އަކަށް ނުހުރެވޭނެއެވެ. އެއަށްވުރެ ބޮޑަށް އަޒްހާން އަށް މަލްދާ ދެކެ ލޯބި ވެވިއްޖެއެވެ. ކޮންމެ  ގޮތަކަށް ކަންތައް ވެފައިވީ ނަމަވެސް އޭނަ އެކަންތައް އިސްލާހު ކުރަން ބޭނުމެވެ. ނަމަވެސް ސުވާލަކީ އަޒްހާން އަށްއެ ހިތްވަރު ލިބޭނެބާއެވެ.

މަލްދާ ގެއަށް އައިސް ފެންވަރައިގެން ނަމާދުކޮށްގެން ނިކުތީ ކާށެވެ. އޭރުވެސް އެމޫނުމަތީގައި ވަނީ ލުއި ލުއި ހިނިތުންވުމެކެވެ. އަޒްހާން ފެނިއްޖެނަމަ އަބަދުވެސް ވަނީ އެހެންނެވެ. ކިތައްމެ މޫޑު ސަކަރާތް ވެފައި ހުއްޓަސް އެކަންތައް ރަނގަޅުވެގެން ދެއެވެ. މޫނުމައްޗަށް އުޖާލާކަން ގެނެސްދެއެވެ. މަލްދާއަށް އަޒްހާންގެ އެރީތި މޫނަށް ބަލަހައްޓައިގެން ހުންނަންް އެދެވެނީއެވެ. ދުވަހެއް ދުވަހަކަށްވުރެ ހިތުގައި ރައްކާކުރެވިފައިވާ ސިއްރު ދަމަހައްޓަން އުނދަގޫ ވަނީއެވެ. މި ހިޔާލުތަކަށް ގެއްލިފައި މަލްދާއަށް އެކްސްޓްރާ ގަޑިއަށްދާ ގަޑި ޖެހޭކަން އިނގުނީ ނަފީސާ ގޮވާފައި ބުނުމުންނެވެ. އަވަހަށް ގޮސް ތައްޔާރުވެގެން ނިކުއިން އިރު ގަޑިޖެހިގެން ބަރާބަރު ފަސް މިނެޓު ހިނގީއެވެ. ސްކޫލް ފެށުންހެއް ހިޔެއްނުވެ އެކްސްޓްރާ ނަގަންވެއްޖެހޭ މަލްދާގެ ހިތައް އަރަމުން ދިޔައެވެ.  މަލްދާ އަވަސް ފިޔަވަޅުތަކާއެކީ ދިޔައީ ސްކޫލާ ދިމާލަށެވެ. މިއަދު މުދައްރިސް ރުޅި އަންނާނެކަން ވިސްނިފައި އަތުން މަޑުމަޑުން ބޮލުގައި ޖަހާލިއެވެ.

މަލްދާގޮސް ސްކޫލް ކައިރީ ހުންނަ ފަޅުގެއާ އަރާހަމަވިތަނާހެން އެގޭ ތެރެއިން ނިކުއިން މީހެއް މަލްދާގެ އަތުގައި ހިފައިގެންފައި އެގޭތެރެއަށް ގަދަކަމުން ވެއްދިއެވެ. އެގަޑީ މަލްދާގެ ކުޑަ އަތުގައި އޮތް ފޮތް މަގުމައްޗަށް ވެއްޓުނެވެ. އެމީހާ މަލްދާގެ އަތުގައި ހިފަހައްޓައިގެން ގެންގޮސް ހޫރުވައިލިއެވެ. “މަންމާ…..” މަލްދާއަށް ބިރުން ގޮސް ހަޅޭއްލަވައިގަނެވުނެވެ. އޭރު މުޅި މީހާ ދާހިތްލާ ފޯވެއްޖެއެވެ. ބިރުންގޮސް ތުރުތުރުލާން ފެށިއެވެ.

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Minhaaa

Level 110 Stories

Other Articles

Previous

އަލްވަދާޢު- 10

Next

ނޭދެމޭ ވަކިވުމެއް-11

Next
September 17, 2020

ނޭދެމޭ ވަކިވުމެއް-11

Previews
September 17, 2020

އަލްވަދާޢު- 10

8 Comments!

  1. ?KIMSAMUEL? says:
    September 17, 2020 at 1:24 pm

    Ohh… Please maldha ah dhera gotheh nahadha chey…? Can’t wait to know what to happens next.. Varah curious kohlaafa the nimmerly vess. Maldha fakeeru rescue kohdheeba please..? I feel bad for her.. Owhhh a newcomer also came.. Hehehehe I think both azhaan and aaryan will fight to get mal dhw…?? Anyway verhaka hama vrh habeysss ❤️????

    1. Minhaaa says:
      September 17, 2020 at 3:49 pm

      Thankyou so much beb.. you never forget to comment and that means a lot..?
      Let’s see dhw what happens next ??

  2. Maldha mohamed says:
    September 17, 2020 at 2:44 pm

    Wow??
    Love it❤️
    Amilla nan vy hama v majaa kiyan…amilla ah vx hevey baeh faharu vaa gothun…… Waiting for next part ??
    LYSM❤️❤️ TC

    1. Minhaaa says:
      September 17, 2020 at 3:50 pm

      Awwwn.. thankyou so much
      Next part varah avahah genesdheynan In Sha Allah ?

  3. unknown queen says:
    September 17, 2020 at 7:11 pm

    Ammaaa… Kihineh v maldhaa ah???
    Btw v salhi whn next??

    1. Minhaaa says:
      September 17, 2020 at 7:50 pm

      Thankyou so much dear..
      Lets see what happens..
      Next part varah avahah genesdheynan In Sha Allah ?

  4. ✨Anaa naako✨ says:
    September 17, 2020 at 10:02 pm

    Vrh reethi Masha Allah waiting for the next part..

    1. Minhaaa says:
      September 18, 2020 at 1:08 pm

      Thankyou so much dear..
      Tbh i have already uploaded the fifth episode.. idk why its still not published..

Comments are closed.

Next Episodeތިޔަ ލޯބި އަދު ލިބޭނެބާ 5←


All Right Reserved!