މެންދުރު ނަމާދު ކޮއްގެން ކިޔާރާ ކޮޓަރިން ނުކުމެ ކައިލް ގޭގައި އުޅޭތޯ ބެލިއެވެ. ނެތްކަން ޔަގީން ކޮށްފައި ކައިލްގެ ކޮޓަރިއަށް ވަދެ އޭނާގެ ފޯނު ހިފައިގެން ނުކުތެވެ. ކުރާނެ މާބޮޑު ކަމެއް ނެތުމާއެކު މެންދުރު ކާން އެކަކު ވެސް އަދި ނާންނާތީ ކިޔާރާ ދިޔައީ ނައިނާ ކޮޓަރިއަށެވެ. ކޮޓަރި ދޮރުގައި ޓަކި ޖަހާލިތަނާ ނައިނާ ދޮރު ހުޅުވާލައިފި އެވެ. “ވީ ހެވެންޓް މެޓް ބިފޯރ ޕާސަނަލީ. އައިމް ކިޔާރާ”. “އައިމް ނައިނާ” ނައިނާ ހީލުމަށްފަހު ސަލާމްކޮށްލިއެވެ. “އާރ […]
ހެނދުނުގެ ސައިން ނިމިގެން ކާގެއިން ދުމެއް ޖަހާފައި ނުކުތް ކިޔާރާ ފެނިފައި އޭނާގެ މަންމަ އަމީނާ ވެގެން އުޅޭގޮތެއް އެއްސެވެ.”މިދަނީ ދޮންބެއަށް ގޮވަން. މިއަދު ފަތިހު ސައިކަލް ދުއްވާލަން ދާނަމޭ ކިޔާފައި ނުދިޔަ. ގޮވާގޮވާވެސް ހޭލެވޭ ކަމަކަށް ނުވި. ހުރެބަލަ ވަރުގަދަ ލަނޑެއް ދޭނަމޭ. މިހާރު އެއޮށް އަށެއް ޖަހާ ބޮޑުވީ.” އާމީނާ ބޯހޫރާލުމަށްފަހު ދިޔައީ އެއީ އާކަމަކަށް ނުވާތީއެވެ. ކިޔާރާ އޭނާގެ ދޮންބެ، ކައިލްގެ ކޮޓަރިއަށް ވަތްއިރު ކައިލް އޮތީ އެނދު ހުރަހަށް ވާގޮތަށް ނިދާފައެވެ. […]
މެލޭޝިޔާގެ ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާރޕޯޓުގެ އެރައިވަލް ގޭޓުން ނުކުމުގެންއައި ދެ ޒުވާނުންނަށް ހަމަޖެހުމުގެ ނޭވައެއް ލެވުނީ އެމީހުންގެ މަންޒިލަށް ވާސިލްވުމުންނެވެ.މި ދެޒުވާނުންގެ ތެރެއިން އެކަކީ 18 އަހަރުގެ އައިޒަން އެވެ.އިސްކޮޅުންދިގުވެފައި، ބައިމަތި ފުޅާކޮށް ހުރިއިރު ބަލާލަން ފިރިހެންވަންތައެވެ.ބައްޕަގެ ފަރާތުން ލިބިފައިވާ މުށިއިސްތަށިގަނޑާއި ފެހިދެލޮލަކީ ދިވެހިކުދިންނާ ތަފާތުކުރުވާ ދެސިފައެވެ.ކަޅު ޓީޝާޓާއި އައިސްބްލޫ ޖިންސެއްގައި ހުރިއިރު އައިޒަން ވަރަށް ސްމާޓެވެ. ދެން ހުރީ ނައިނާ އެވެ. އައިޒަން އެކޭ އެއްފަދައިން ނައިނާ އަށް ވެސް ލިބިފައިވަނީ ދޮންހަމަކާއި ހަމަކާއި މުށިއިސްތަށިގަނޑެކެވެ. އާދައިގެ އިސްކޮޅެއް ހުރިއިރު، ރީތި ބުމައަކާ ދިގުއެސްފިޔަތަކުގެ ހިޔާއެޅިފައިވާ ނޫ ދެލޮލަކީ މީހުން އެންމެ އަޅައިގަންނަ ސިފައެވެ. ރަތް ކުލައިގެ ޓޮޕަކާއެކު ކަޅު ސްކިނީގަ ހުރިއިރު އަރާފައި ހުރީ މީޑިއަމްހީލް އަކަށެވެ.މޭކަޕެއްނެތް މޫނުގައި ވަނީ ރީތި ހިނިތުންވުމެކެވެެ.ނައިނާ އަށް ވީ އަދި 17 އަހަރެވެ. އެއާޕޯޓުގެ ހަލަބޮލި މާހައުލުން ނުކުމެ އައިޒަން ވަށައިގެން ނަޒަރު […]
މިި ވާހަކަ އަކީ އަޅުގަނޑު މި ސައިޓުގަ ލިޔާ ފުރަތަމަ ވާހަކަ. އިންތިޒާރުކޮށްލަށްވާ!