ލާއިސް މޫނު މައްޗަށް އުފާވެރި ކަމުގެ ކުލަވަރު އައީ އެ މަޚްލޫޤު ހަމްދާނު ހޯދައިދިނުމުގައި އެހީތެރި ވާނެ ކަމަށް ބުނުމުން ނެވެ. ” ކަލެއަށް ކިޔަނީ ކޮން ނަމެއް ހެއްޔެވެ.؟” ލާއިސް ދެން ވެސް ކޮއްލީ ސުވާލެކެވެ. ” އަހަރެންގެ ނަމަކީ ރިދަން” އެ މަޚްލޫޤު ޖަވާބު ދިނެވެ. ” ހަމްދާނު ހޯދަން ދާން ޖެހޭނީ ކޮންތާކަށް” ލާއިސް މި ފަހަރު ސުވާލު ކުރީ ހަމްދާނާއި ބެހޭގޮތުން ނެވެ. ” ފުރަތަމަ އަހަރެން ސަލާމަތް ކުރީ މަ އަހަރެން ދެން ކިޔާދޭނީ” ރިދަން އެ ސުވާލަށް ޖަވާބު ދިނެވެ. ލާއިސް ބަލާ ކަށް ނުހުރެ ރިދަން އެބޯޅައިން ސަލާމަތް ކޮށްދިނެވެ. ސަލާމަތް ވުމާއެކު ރިދަން ސުވާލެއް ކޮއްލިއެވެ. ” ހަމްދާނު ސަލާމަތް ކުރަން ދާންޖެހޭ ތަން މަ އެބަ ބަލާ ލަން !” އެހެން ބުނެފައި ރިދަން ލޯ މަރާލިއެވެ.
އެއާއެކު ރިދަން އަށް ފެންނަން ފެށީ ހަމްދާނު ގައިގައި މީހުން ތަކެއް ތަޅާ ތަނެވެ. އެތަން ފެނުމާއެކު ރިދަން އަވަހަށް ލޯ ހުޅުވާ ލުމަށް ފަހު ލާއިސް ކައިރީ ބުންޏެވެ.” ހަމްދާނު ގައިގައި މީހުން ތަކެއް ތަޅާ ތަން ފެނިއްޖެއެވެ.” ލާއިސް އަށް އަށް އެއަޑު އިވުމާއި އެކު ހައިރާން ކަމާއެކު އަހާލިއެވެ. ” ކިހިނެއް ރިދަން އަށް ފެށުނީ!” ރިދަން ހަމަ ޖެހިލާފައި ޖަވާބު ދިނެވެ. ” ޖާދޫގެ ބާރުން! އަހަރެން މީ ޖާދޫގަރެއް! ހައްހައްހާ!!!!!” އެހެން ބުނެ ނިމުނު އިރު ރިދަން ވަނީ އެހެން ސިފައަކަށް އަކަށް ބަދަލު ވެފައެވެ. އޭތީގެ އަސްލު ސިފައަށް ބަދަލު ވެފައެވެ. މިހާރު ހީވަނީ ތަނެއް ގެ ބޮޑު މީހެއް ހެނެވެ. ލައިގެން ހުރީ ދަނބު ކުލައިގެ ކޯޓު ފަޓުލޫނެކެވެ. ކޯޓުގެ އަޑިން އެއްޗެއް ލާފައި ނެތުމުން ބަނޑު އޮތީ ފެންނާނެ ށެވެ. އެކަމަކު އޮތީ “ސަބީ” ބަނޑެއް ނޫނެވެ. ބަނޑަށް ހުރީ ” ސިސް ޕެކް” އަރުވާލާފައެވެ. ސިސް ފެކް ހުއްޓެއް ކަމަކު އޭގައި ހުރީ ވަކި އަޅާ ފައެވެ. ވަކި އަޅާފައި ވަނީ އަމިއްލަ އަށް ކަމެއް އެހެން މީހަކު ކަމެއް ނޭނގެއެވެ. ބޮލު ގައި ރީތި ކުލަ އެއް ޖައްސާލާފައި ހުއްޓެވެ. ކަޅާއި ރަތެވެ. ފުނާ އަޅާފައި ވަނީ އެއް އަރި އަކަށެވެ.
ލާއިސް އަކީ އެހާ ފިނޑި ކުއްޖެއް ނޫން ކަމުން ރިދަން އާއި ލާއިސް ސުވާލު ކޮއްލި އެވެ. ” ދެން ކީއްވެ ރިދަން އެހެން ސިފައެއް ގަ ތިއޮތީ ” ހިނިގަނޑެއް ޖަހާލުމަށް ފަހު ރިދަން ބުނެލި އެވެ. ކަަލޭމެން ކަހަލަ ކުޑަކުދިން ބިރު ގަން ދުވަން! ހައްހައްހައް!!!!! “އެހެން ބުނެފައި އަނެއްކާވެސް ރިދަން ހިނިގަނޑެއް ޖަހާލިއެވެ.” އާޗާ!!!! އަހަރެން ހަމަ ގައިމު ވެސް އަހަރެން ކަލޭ ދެކެ ބިރެއް ނުގަނޭ!!!” ލާއިސް ބުނެލިއެވެ. ” ބިރު ގަންނުވާލަން ވީތަ!!!!!” އެހެން ބުނެފައި ރިދަން ބަދަލު ވީ މިނިކާވަގާށެވެ. މިނިކާވަގަކަށް ބަދަލުވެ ލާއިސް އާ ދިމާއަށް ފުންމާގަތެވެ. ނަމަވެސް ލާއިން ހަމަ ހުރިތާ ހުއްޓި ހުއްޓެވެ. ލާއިސް އަކީ ބިރު ނުގަންނަ ކުއްޖެއް ކަން އެނގުމުން ރިދަން ކަޑަ ވެގެން އަސްލު ސިފަ އަށް ބަދަލު ވިއެވެ.” ހައްހައްހައް ހާ!!! ކޮބާ އަހަރެން ބިރު ގަންދުވިއްޖެތަ! ” ލާއިސް ވެސް ހިނިގަނޑެއް ޖަހާލުމަށް ފަހު ބުނެލިއެވެ.” މިހާރު އަހަރެން ޖަހާ ގޮތަށް ހިނިގަނޑު ޖަހަން ވެސް ދަސް ކުރީ ދޯ!” ލާއިސް ކުރި ސުވާލަށް ޖަވާބު ނުދީ ރިދަން ބުންޏެވެ. ލާއިސް ބިރު ނުގަތުމުން ކަޑަ ވީ ކައްނޭނގެ އެވެ. ދެމީހުން މި ގޮތަށް ސަކަރާތް ޖަހަން ތިއްބާ ކުއްލި އަކަށް ދޮރު ގައި މީހަކު ޓަކި ތަޅާ ގައެވެ. ދޮރު ތަޅު ލާފައި ހުރި ކަން ނަސީބެއް ތާއެވެ. ލާއިސް އަވަހަށް ރިދަން ކައިރީ ފިލާށޭ ކިޔާފައި ދޮރު ހުޅުވަން ދިޔައެވެ.
ދޮރު ކުރި މަތީގައި ހުރީ ލާއިސް ގެ މަންމަ އެވެ. ” އާދޭ ކާން ދާން ” ލާއިސް މަންމަ އައީ ލާއިސް ކާން ބަލައެވެ. ލާއިސް ކޮޓަރިން ނުކުމެ މަންމަ އާއި އެކު ކާން ދިޔައެވެ. މަންމަ ކާން ހަދާފައި ހުރީ ވައިޓް ސޯސް ޕާސްތާ އެވެ. ލާއިސް ވަރަށް އަވަހަށް ކައި ނިންމާލުމައް ފަހު އަނެއްކާވެސް ކޮޓަރި އަށް ދިޔައެވެ.
ކޮޓަރި އަށް ވަދެ ފުރަތަމަ ވެސް ބަލާލީ ރިދަން ކޮބާ ތޯ އެވެ. ރިދަން ފެންނަން ނެތުމުން ވަރަށް މަޑުން ރިދަން އަށް ގޮވާލިއެވެ. ފަހަތުން މީހަކު ކޮއްޓާ ހެން ހީވެ ބަލާލި އިރު ރިދަން ހުރީ ބިރުވެރި ވައްތަރެއް ޖައްސައިގެން ނެވެ. އެ ހުރި ގޮތުން ލާއިސް ސިއްސައިގެން ގޮސް އިދިފުށަށް ވެއްޓުނެވެ.
އިދިފުށަށް ވެއްޓުނު ނަމަވެސް ލާއިސް ބޯ ފަޅާގެން ނުދިޔަ ކަން ނަސީބެއް ތާއެވެ. ލާއިސް ތެދުވީ އުނަގަނޑުގައި އަތް އުނގުޅަމުން ނެވެ. އޭރު ރިދަން ހުރީ ހޭންށެވެ. ” މަ ވެއްޓުނީ މަވެސް މި ސޮރު ފެށީ ހޭކަށެއްނު!” ލާއިސް ރުޅި އައިސްފައި ބުނެލިއެވެ. ސޮރީ މައިމޭން! ތަދުވި ދޯ! ” ރިދަން ބުނެލިއެވެ. ލާއިސް ވަރަށް ހައިރާން ވެފައި އަހާލިއެވެ.” އޭ ރިދަން ކައެ ހާދަ މޮޅޭ ދޯ! ވާހަކަ ދައްކަން ވެސް! ރިދަން ބޯ ޖަހާލިއެވެ.
މި ގޮތަށް ސަކަރާތް ޖަހަމުން ދިޔައިރު ވެސް ދެ މީހުން ތިބީ ކުރަން އުޅުން ކަންތައް ހަނދާން ނެތިފައެވެ. އެހެން ތިއްބައި އަނެއްކާވެސް މީހަކު ދޮރު ގައި ޓަކި ތަޅާ ގަތެވެ. އެތާ ހުރީ ލާއިސް ގެ އެހެން ރައްޓެއްސެއްކަމަށް ވާ ލުވޭޒުއެވެ. ލާއިސް ލުވޭޒު ކައިރީ ކިހިނެއްތަ ވީހޭ އެހުމުން ލުވޭޒު ބުނީ………………..
މިބައި ކުރުވީތީ އެންމެން ކައިރިން މަޢާފަށް އެހެން!!

17

1 Comment

  1. hoodie gurrl

    September 18, 2020 at 8:56 pm

    vrh reethi… Maasha Allah

Comments are closed.