” ޒޯޔާ އަކީ އަޔާން ތިހީކުރާ ހާ ރަނގަޅު ކުއްޖެއް ނޫން … އޭނަ …” އަޖުމަލް އަށް އެހިސާބަށް ބުނެވުނު ތަނާ އަޔާން ރުޅިއައިސް އަޖުމަލް ގެ ގަމީހުގެ ގިރުވާނުގައި ހިފާ އިންތަނުން ނެގިއެވެ. އޭރު އަޔާން ގެ މޫނުމަތިން ރުޅިއައިސް ހުރި ވަރު ފެންނަމުން ދިޔައެވެ.
އެވަގުތު އެ ރެސްޓޯރެންޓުގައި ތިބި ގިނަބައެއްގެ ލޯ އެމީހުންނަށް އަމާޒް ވެގެން ދިޔައެވެ. އަޔާން ކަންތައް ކުރި ގޮތުން ދިހަމް ވެސް ހުރީ ކޮންމެވެސް ވަރަކަށް ބިރުގަނެފައެވެ. ” ބުރޯ .. ކާމް ޑައުން …” އަޖުމަލް ނުލަފާ ވައްތަރަކަށް ހިނިތުން ވެލުމަށް ފަހު ބުނެލިއެވެ. އަޔާން އަޖުމަލްގެ ގަމީހު ގިރުވާނުން ދޫކޮށް ލިއެވެ. އަދި އެތަނުން ދާން ހިގައިގަތެވެ. ނަމަވެސް އަޖުމަލް މާ ހުޝިޔާރެވެ. ” ކަލޭ ތިއުޅެނީ އޭނަ އޭ ކިޔައިގެން އެކަހަލަ ވަހަކައެއް އަޑުއަހަން ނުކެރިގެން ދޯ .. ބަލަ މި ރަށު ހުރިހާ ފިރިހެނުންގެ ހިތްތަކުގެ މަލިކާއޭ އެއީ .. އޭނަ މިރަށު އެތައް ފިރިހެނެއް ގާތަށް ފިރިހެނުންގެ ފޫހިފިލުވައި ދެން ދާނެ .. އޭނަ އަމާމެން ނިޔާވިފަހުން އެ އުޅެނީ އެހެން … ތިކަހަލަ ބީރަށްޓެހިނަށް ވުގުތީ އުފާ ހޯދައިދޭން އޭނާ ހުއްނާނީ ރެޑީގަ .. އެކަން ކަލެއަށް ވެސް އެނގިފަ ކަންނޭގެ އޮށްނާނީ … އެއީ ހަމަ ކޫ.. ” އަޔާން އިތުރަށް އެތާ ހުންނަށް ބޭނުމެއް ނުވިއެވެ. އަވަސް ހިގުމެއްގައި އެތަނުން ނިކުމެގެން ދިޔައީ އެވެ.
އަޖުމަލް އިނީ ހެވި ދިލިފައެވެ. އޭނާ ބޭނުންވާ ގޮތަށް މިފަހަރު ވާނެކަން އޭނައަށް ޔަގީން ވިއެވެ. ޒޯޔާގެ ހަޔާތަށް އުފަލެއް އަޔަ ނުދެން އޭނާ ހުރީ އަތުކުރި އޮޅަލައިގެން ކަހަލައެވެ. ” ކަލޭ ދާންވީ ފިލްމު ކުޅޭކައްނު ހަމަ ޔަގީން ފިލްމު އިންޑަސްޓުރީގައި އުޅޭ މީހުން ފަހައް ޖައްސާލާނެ ކަން …” ދިހަމް އިނީ އަޖުމަލް ވާހަކަ ހަދާލި ގޮތް ފެނި އަޖައިބު ވެފައެވެ. ” އެ އަންހެނާ އަހަރެންނަށް ނޫނެކޭ ބުނެ އެހެން މީހަކާ އެކު އުޅެވޭތޯ މަ ބަލާލާނަމޭ … ” ޖީބުން ސިގިރޭޓެއް ނަގައި ތުބުގައި ޖަހާލަމުން އެނެއް އަތުން ލައިޓަރު އަޅާލަމުން ބުނެލިއެވެ. އަދި ނުލަފާ ހިނިގަނޑެއް ޖަހާލިއެވެ.
އަޔާން މަޑު ހިނގުމެއްގައި ހިނގަމުން ގޮސް އެދިމާލުން އަތިރި މައްޗަށް ނިކުތެވެ. މުޅި ދުނިޔެ އެބުރޭ ކަހަލަ އިހުސާސެއް ވަމުން ދިއެވެ. އެވަގުތަކީ މެންދުރު ވަގުތަށް ވާތީ އެވަގުތު އެ ހިސާބުގައި މީހުންނެއް ނޫޅެއެވެ. އަޔާން ގޮސް މޫދުފެންނަ ހެން ގަހެއްގެ ހިޔަލުގައި އިށީނެވެ. އަދި ޖީބުގައި އޮތް ފޯން ނެގިއެވެ. ގެލަރީ އަށް ވަނުމަށް ފަހު ޑިއަރ ލަވް ޖަހަފައި އިން ފޯލްޑާއެއް ހުޅުވައިލިއެވެ. އެ ފޯލްޑާގައި ހުރީ ހަަމައެކަނި ޒޯޔާގެ ފޮޓޯ ތަކެވެ. ޒޯޔާއަށް ނޭގި އަޔާން ނަގާފައިވާ އެތައް ފޮޓޯ އެއް އެ ފޯލްޑާގައި ވިއެވެ. ފަހަރަކު ފޮޓޮއެއް ބަލަމުން ގޮސް އޭގައިވާ ފޮޓޯތައް ބަލާ ނިމުން އިރު އަޔާންގެ ލޮލުގައި ގިނަވެފައިވި ކަރުނަތައް އޭގެ މަގާމް ދޫކޮށް ފައިބަން ފަށައި ފިއެވެ.
އަޔާން އެވަގުތު އިން ހާލު ފެނުނު މީހެއްގެ ދެލޮލުން ކަރުނަ ނުއޮހޮރި ނުހުއްނާނެކަން ގައިމެވެ. ޒޯޔާ އާއި އެކު ވެތުކުރެވުނު ވަގުތުތައް ކުރިމަތީ ފުލޭޝް ބެކެއް ފަދައިން ދައުރުވަމުން ދާހެން ހީވުމުން އަޔާންއަށް ލޯމަރާލައި ކަންފަތްމަތީ އަތްއަޅައި ވަރަށް ބާރަށް ޒޯޔާގެ ނަމުން ގޮވައި ލެވުނެވެ. އަޔާންގެ ހަޅޭކުގެ އަޑަށް އެތަނުގެ ގަސްތަކުގައި އިށީދެ ތިބި ކާޅުތަށް އެއްފަހަރައި އުދުއްސައި ގަތެވެ.
ޒޯޔާ ހުރީ ހެނދުނު ސައިބޮއިގެން ގެއިން ނިކުމެގެން އަޔާން ދިޔަ ގޮތަށް ގެއަށް ނާންނާތީ ކަންބޮޑު ވެފައެވެ. ޒޯޔާ ބޭރަށް ނިކުމެ އުދޯލީގައި އިށީނެވެ. އިރުކޮޅަކުން އަޔާން ގޭޓުން ވަދެގެން ބާރު ހިގުމެއްގައި އައިސް ގޭތެރެއަށް ވަދެގެން ދިޔައެވެ. ޒޯޔާ އަޔާން އަށް ގޮވައިލަންވެގެން އުޅުނެވެ. އަޔާން ގެއަށް ވަދެގެން ދިޔައިރު ޒޯޔާ އެތަނުގައި ހުރިކަން އަޔާން އަށް އެނގުން ހެންނެއް ހިޔެއް ނުވެއެވެ. ޒޯޔާ ގޭތެރެއަށް ވަންއިރު ރީނާއާއި ފަޔާޒް ސޯފާގައި ފިލްމެއް ބަލަން ތިއްބެވެ. ޒޯޔާ މަޑުމަޑުން ގޮސް އަޔާންގެ ކޮޓަރީގެ ދޮރުގައި ޓަކިދިނެވެ. ނަމަވެސް ދޮރެއް ނުހުޅުވިއެވެ. ޒޯޔާގެ ފޯނަށް މެސެޖެއް އައުމުން ޒޯޔާ ފޯނުގެ ސްކުރީން އަށް ނަޒަރ ހިންގައިލިއެވެ.* އައި ވޯންޓު ގެޓް ސަމް ރެސްޓް * އެއީ އަޔާން ގެ މެސެޖެކެވެ. ޒޯޔާ އޯކޭ އޭ ބުނެ ހިގާލާފައި ގޮސް ރީނާމެން ގާތު ސޯފާގައި ފިލްމު ބަލަން އިށީނެވެ.
ރޭގަނޑު ކާންހަދާފައި ޒޯޔާ އަޔާން އަށް ގޮވަން ދިޔައެވެ. ” ޔާން … އާދޭ ކާން … ފަޔާޒް ވެސް އަބައިން ޔާން އަންނަށް ދެން ކާން ނުފަށާ ” އަޔާންގެ ކޮޓަރީގެ ދޮރުގައި ޓަކިދެމުން ޒޯޔާ ގޮވާލިއެވެ. އަޔާން ދޮރު ހުޅުވިއެވެ. ޒޯޔާ ރީތި ހިނިތުން ވުމެއް ދިންއިރު އަޔާންގެ ފަރާތުން ފެނުނީ ބީރަށްޓެހި ކަމެވެ. ޒޯޔާގެ ހިތަށް އެކަމުން ވަރަށް އަސަރު ކުރިއެވެ. ނަމަވެސް އަޔާން އާއި ސުވާލު ކުރާނެ ހިތްވަރެއް ނުލިބުނެވެ. ޒޯޔާއާއި އެއްވެސް ވާހަކައެއް ދެއްކުމެއް ނެތި އަޔާން ގޮސް ކާމޭޒް ދޮށުގައި ކާން އިށީނެވެ. ޒޯޔާއަށް ހަމަޖެހިލައިގެން ނުވެސް ކެވުނެވެ. އަޔާން އަށް އައިސް ހުރި ބަދަލުގެ ސަބަބެއް ނޭގޭތީއެވެ. އޭނާ ދުކޮށްލާފައި އަޔާން ގޮސް ދާނެކަމުގެ ބިރު ހިތަށް ވުމުން ޒޯޔާގެ ހިތުގައި ވިންދުޖެހުން ކުޑަވަގުތު ކޮޅަކަށް ނަމަވެސް ހުއްޓުން ކަހަލައެވެ.
” ޒޯ…” ރީނާ ޒޯޔާއަށް ގޮވާލިއަޑަށް ސިހިފައި ޒޯޔާއަށް ރީނައާއި ދިމާލަށް ބަލައިލެވުނެވެ. ދެވަނަ ސިކުންތުގައި އަޔާން އިން ގޮޑިއަށް ބަލާލިއެވެ. ނަމަވެސް އޭރު އަޔާން ކައިގެން ގޮއްސިއެވެ. ޒޯޔާ ރީނާއާއި ވާހަކަ ދައްކަން ފެށީ ރީނާއަށް އޭނަގެ ފަރާތުން ކަމެއް ފާހަގަ ވެދާނެ ތީއެވެ. އެހެން ވެއްޖެނަމަ ޒޯޔާއަށް ރީނާއަށް ދޭނެ ޖަވާބެއް ނޯއްނާނެވެ.
މުޅިރޭ ނުނިދާ ޒޯޔާ ހޭދަކުރަމުން ދިޔައީ އަޔާން އާއި ދޭތެރޭ ވިސްނުމުގައެވެ. ޒޯޔާގެ މައިންބަފައިން ނިޔާވިފަހުން ޒޯޔާގެ ހަޔާތަށް ޒޯޔައާއި އެހާ ގާތްމީހެއްގެ މަގާމް ދެވުނީ އަޔާން އަށްށެވެ. ނަމަވެސް އަޔާން އެގޮތަށް ޒޯޔާއާއި ދޭތެރޭ ކަންތައް ކުރަންޔާ ޒޯޔާގެ ހިތް ކުދި ކުދި ވެދާނެވެ. ޒޯޔާއަކީ އެހާ ހިތްވަރުގަދަ ކުއްޖެއް ނޫނެވެ. ޒޯޔާ އެ ފިކުރު ތަކުގައި އޮށްވައި ނިދުނީ ކިހާއިރަކު ކަމެއްވެސް ނޭގުނެވެ.
ފަތިހު ހޭލެވުމުން ޒޯޔާ ފުރަތަމަ ކަމަކަށް ފަތިސް ނަމާދު ކޮށްލިއެވެ. އަދި ބަދިގެއަށް ގޮސް ކޮފީތަށްޓެއް ގިރައިގެން ބޯލިއެވެ. ގޯތިތެރެއަށް ނިކުން އިރު ގަސްތަކުން ފައިބާފައި އޮތް ފަތްތަކުން ގޯތިތެރޭގައި ސާލެއް ލެވިފައި ވިއެވެ. އިލޮށިފަތި ހިފައިގެން ބޭރަށް ނިކުމެލި ވަގުތު ޖެހުނު ފިނިވައި ރޯޅިއައިސް ގައިގައި ބީހިލި ވަގުތު ގައިން ހީބިހި ނަގައިގެން ދިޔައެވެ. ޒޯޔާ ހިތްވަރުކޮށްފައި ބޭރަށް ނިކުމެ ކުނިކަހަން ފެށިއެވެ.
ޒޯޔާގެ ހަރަކާތް ތަކަށް ކަޅިޖަހާނުލައި ކޮޓަރީގެ ކުޑަދޮރުގެ ފަރުދާކަހަލައިގެ އަޔާން ހުއްޓެވެ. އޭނަ ކިތައްމެ ބޭނުއްނުވިއަސް ބަސްނާހަ ހިތް ޒޯޔާއަށް އެދޭވަރުން ސިކުޑީގައި އެބުރެމުން ދިޔަ ކަންތައްތަކައް ހިތަށް ބާރު ނުފޯރުވެވުނީއެވެ. ޒޯޔާ ކުނިކަހާ ނިމެއްދެން އަޔާން އެގޮތަށް ހުއްޓެވެ. ޒޯޔާ ގެއަށް ވަދެ ރުފިޔާއެއް ހިފައިގެން ފިހާރައަށް ދިޔައީ ހެނދުނަށް ހަދާނެ ކޮންމެވެސް އެއްޗެއް ގަންނާން ށެވެ.
” ފަޔާޒް ހޭލަބަލަ … ލޯންޗު އައިސް ދާނެ މިހާރު އަވަހަށް އެއްޗެހި އަޅާ…” އަޔާން ދަބަހައް އެއްޗެހި އަޅާ ނިއްމާފައި ގޮސް ފަޔާޒް ކޮޓަރިއަށް ވަދެ ފަޔާޒް އަށް ގޮވިއެވެ. ” އާނނ ކީކޭ…” ފަޔާޒް ކުއްލިއަކަށް ތެދުވަންނަމުން ބުނެލިއެވެ. ” ކުއްލިއަކަށް … އެނެއްކަ ކިހިނެއްވީ …” ފަޔާޒް އިނީ ދާން ބޭނުން ނުވެފައެވެ. އަދި ރީނާއާއި އެކު އިތުރަށް ވަގުތު ހޭދަކޮށްލަން ބޭނުންވާތީއެވެ. ” އޮފީހުން ގުޅީ އައިސް ދޭށޭ ބުނީ އަވަހައް އެހެންވެ…” އަޔާން ބުނެލިއެވެ. އިތުަރަށް ސުވާލުކުރުމެއް ނެތި ފަޔާޒް ތައްޔާރު ވިއެވެ.
އަޔާން އާއި ފަޔާޒް ދަބަސް ހިފައިގެން ނިކުތުމުން ރީނާވެސް ހުރީ ޝޮކެއްގައެވެ. އަޔާން ރީނާއާއި ސަލާމް ކޮށްލަމުން ދަނީ ކަމުގައި ބުނެލިއެވެ. ރީނާއަށް ފަޔާޒް އަށް ބަލާލެވުނެވެ. ފަޔާޒްގެ މޫނުމަތިން އެތަށް ކަމެއް ފެންނަށް ހުއްޓެވެ. ރީނާއާއި ދުރުގައި ފަޔާޒް އަށް އުޅެވިދާނެ ބާއޭ. އެދެހިތަށް ކުރާއަސަރު އެގޭނީ ކިހިނަކުން ހެއްޔެވެ. ފަޔާޒް އާއި އަޔާން އަށް ގެއިން ނިކުމެވުނީ ޒޯޔާގެ ކުރިމައްޗަށްށެވެ. އަޔާންގެ ކޮޑުގައި އަޅުވާލާފައި އޮތް ދަބަސް ފެނި އަޔާން ދަނީކަން ޒޯޔާއަށް އެނގުނެވެ. ހިތްނޭގޭ ބާރުމިނެއްގައި ތެޅެން ފެށިއިރު ކަޅިޖަހާނުލާ އަޔާން އަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
ދޫކޮށް ނުދޭ ކައިރީގާ ވޭ މަގޭ
ނޭދެމޭ ވަކިވުމެއް ހާދަހާ ލޯބިވޭ
ޖާނާމަގޭ ތަގުދީރޭ މީ އިނގޭ
ނޭދެމޭ ވަކިވުމެއް ހާދަހާ ލޯބިވޭ
އަޔާން ސަލާމަށް އަތްދިއްކޮށްލުމުން ޒޯޔާ އެއަތުގައި ހިފިއެވެ. ދުވަހަކުވެސް ނުގޮސް ޒޯޔާގާތު ހުރުމަށް އެދެން ޒޯޔާ ކިތަންމެ ފަހަރަކު ބޭނުންވިއެވެ. ނަމަވެސް އެހިތްވަރު ޒޯޔާ ގަޔަކު ނެވެ. އެއްފަހަރު ނަމަވެސް އެ ހަށިގަނޑުގެ ގައި ބައްދާލާ ރޮއި އާދޭސް ކުރަން ބޭނުންވިއެވެ. ނަމަވެސް .. އަޔާން ޒޯޔާއަތުގެ ތެރެއިން އޭނާގެ އަތް މިނިވަން ކުރިއެވެ.
ޒަހަމްވެ ހިތް ކުދި ކުދި ވެދަނީ
ހިތި ވޭނުގެ ރަހަ ލިބެމުން ދާތީ
ގެން ދިޔުމަށް އެދެމޭ އެކުގާ
އަބަދަށް ކުރަމޭ މިވަދާއީ ސަލާން
ފަޔާޒް ޒޯޔާއާއި ސަލާމް ކޮށްލުމަށް ފަހު ރީނާއަށް ބަލައިލިއެވެ. އަދި ދާންހިގައި ގަތެވެ. އަޔާން ފަސް އެނބުރި ބަަލައިލާތޯ ޒޯޔާ ހުއްޓެވެ. ނަމަވެސް އަޔާން ދިޔަ ގޮތަށް ދިޔައީއެވެ.
ރީނާ ސޯފާގައި އިށީނެވެ. މޫނުމަތިން ގަދަކަުން ހިނިތުން ވުން ދެއްކިނަމަވެސް ހިތުގައި ވޭން އަޅަމުން ދިޔައެވެ. ޒޯޔާ ކޮޓަރިއަށް ވަދެ އެނދުގައި އިށީނެވެ. އަޔާން އެހެން ކަންތައް ކުރުމުން އެހިތް ކުދިކުދި ވަމުން ދިޔައެވެ. އިރުކޮޮޅަކުން ޒޯޔާގެ ފޯން އަށް މެސެޖެއް އައެވެ. ޒޯޔާ އަވަސް އަވަހައް ފޯންނަގައި ބަލާލިއެވެ. އަޔާން ގެ މެސެޖަކަށް ވާތީއެވެ. * ޒޯޔާ… އަހަރެން ދިޔުމަށް ފަހު އަހަރެންނާއި ޒޯޔާއާއި ދޭތެރޭ ވީ ހުރިހާކަމެއް ހަދާން ނައްތާލާނެ ކަމަށް އުއްމީދު ކުރަން … އަހަރެންނަށް ޒޯޔާ އަށް ހާރޓު ކުރެވިފައި ވާނަމަ މާފަށް އެދެން .. އެކަމަކު އަހަރެން ނޭދެން މިއިން ދުވަހަކުވެސް ޒޯޔާގެ ސިފަ ދެކޭކަށް … އެހެން ވީމަ އަހަރެންނަށް އުނދަގޫ ކުރަން ނޫޅުނިއްޔާ ވަރަށް ރަނގަޅު … އަހަރުމެން ދޭތެރޭ އޮތް ގުޅުން ސިއްރު ކޮށްދިނުން ވަރަށް އެދެން ….*
- – ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
34 Comments!
Comments are closed.




Me first dhw????❤❤????
Yes u are jiji
Jiji hurihaa stry eh ge first hoadhany… Dhw..
Alhe sis ah first dheyn v thr???hehe..ehvec kujjaku comment nukuraathii comment kohly…ehnoonas sis eba hoadha mehnu hurihaa stry akun second…dhw dhoonii??❤❤??????????????gud nyt
Jiji… Ehen nu hadhaa scarlet ah ?
Btw stry vvvvvvv salhi… N I think then zoaya preg vaany kanneyge…. I think ingey.. Hama bunely.. nice mi prt vec..
Oh thank u. .. Scarlet… Higaa dhw balaa lan kineh tho vani
Alhe edhemeehun dhuru nukurahchey..I mean ayan aa zoya..stry hama habbu??????????????????❤❤?..Curiously waiting for the next..ly Ash sis
Oh thank u. .. Jiji … Ash ves beynu meh nuh zo aa yaan dhuru kuraa kah… Ekam who knows ????????
Alhe Hama meehaku Ehchekey bunelaairah jeheytha gabool kuran kankamuge hageegaiy hoadhan ves vaane dho dhen dhekudhin rulhin ehaa ginadhubvahu nubaithibbaathi keep it up dear waiting for the next part
Noor ur right….. Ayaan jehey nu zoya ah trust kuran but… He is losing her because oh him…. Sad… Thank you for ur comment ?
Alhey dhn miha weak kammakau hiyyei nukuran emeehun ge gulhun..?? he could just ask her instead of being a stranger…. but still nice story… waiting for the next part???
Yeah he should ask
.. But vedhaanu zoya because of his past life he have that behavior dhw… Thank u shala for ur comment ???
Wooooww masha allah ash.. Fabulous… Alhey plx zoya aa ayan separate nukurahche… They are so cute… I really loved this part.. Ur great ash keep up the good work dear ???????
Hi kitty
Thank u kitty …. Yeah zoya aa ayaan vaki nukuraanah igey … ???
Heii ash..eiimerr buny stry public v ma kihineh hoa stry ge pic change kurany..If I ignore u swry..v v avas reply eh beynun????????
Thi buni ehcheh ash akah nuvis nuh jiji
Heii ash..eiimerr buny stry public v ma kihineh hoa stry ge pic change kurany..If I ignore u swry..v v avas reply eh beynun????????
Heii thts me..swry comment dhefaharah repeat v ma..assu comment nufenunyma dhevana faharah kohly ..
Oh ok ?
Jiji mibuny stry update vumah fahu kihineh hoa stry ge cover pic change kurany??????..mihaaru ingijje thr dear???
Oh …. edit ah gos gen kure ve eh nu…
Bt she asked me again tht edit innany kon thaaku hoa ash kairi ahaabalaashw..jiji dhn nukureyne bunefa ekm eyna buniima ahaaly…swry inge undhagoo kohlevijjiyyaa..??
Ash akah ney ge dhen kiyai dheyne gothah
When next part?
alhe kyhve zoya ah thi haalu thi jehsy…. reminds me of my bad past… i knw how it feels like…. btw story hama fab… ekm zoya ah ehn hedhyma Cute Lips ah vs rovihjje
Oh sorry cute lips… Sometimes aharemen beynuh vaa gothah ves nuve higai dhaan ne dhw…. Things may change… But hihvaru kohgen kankama kurimathi laan keren vaane….
heyy mi part vx varah rythi…. can’t wait to see what happen next..kon irakun thr next part up vaaney?
Thank you kwyn… Next part Isha Allah tomorrow ?
alhey kiyeh thi kury edhemyhun vaki kuraakah nuvaane dhw sec akah ves ….any way nice story….I love it ..ekamu varah hadhi vane edhemyhun vaki kohfiyya
Oh shamm@ yeah aslu ves dhw… Ekam khih kuraa ni… Dhey will be together one day
Varah hithuga jehey kahala. Thi hama story writing in number 1 hama ?
can’t wait next part ah?
Thank you luffy…. Part 11 already up kohfa ihnaani