އެނގުމެއްމެތި…23 – ފަހު ބައި
ހަޔާތުގެ ސަފުހާތައް އުކެމުންދިޔައީ ވަރަށްވެސް ބާރަށެވެ. ކިޔެވުމުގައި އަވަދިނެތި އުޅެ ފަސް މަސް ވޭތުވެގޮސް ގުރޭޑު ދިހައަކުން އަލީޝާ ދަސްވެނިވީ ރަން ވަނަތަކާއި އެކީގައެވެ. އިނާމު ދޭ ޖަލްސާގައި ސްޓޭޖަށް އެރި އަލީޝާ ޓީވީން ބަލަން އިން އީތަންގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ވިއެވެ. އަލީޝާއަށް އުފަލެއް ލިބުމަށްވުރެ އުފާވެރިކަމެއް އީތަންއަކަށް މިހާރު ނޯވެއެވެ.
މާލެ އައި ބޯޓުން ފޭބި އަލީޝާއަށް ފުރަތަމަވެސް ފެނުނީ ދުރުގައި ގަހެއްގައި ލެނގިލައިގެން އޭނާއާއި ދިމާއަށް ބަލަހައްޓައިގެން ހުރި އީތަންއެވެ. ހަތަރުކަޅި ހަމަވި ނަމަވެސް ނުފެންނަކަމަށް ހަދާފައި އަލީޝާ ހިނގައިގަތީ، އީތަންއަށް ހަނގާކުރުމުގެ ރޭވުން އަދިވެސް ކުރިއަށް ގެންދާތީއެވެ. ބޮޑާހާކާ ގޮތަކަށް ތުން ދަމާލައިފައި އީތަން އަލީޝާ ފަހަތުން އައެވެ.
“އަނހާ، އެތާ ހުރީ ކަލޭދޯ. މަ ހީކުރީ ގަހުގެ ބޭކާރު ބައެއްކަމަށް.” އީތަން އައިސް ހިނގުން އެއްވަރު ކުރުމުން އަލީޝާ ބުނެލިއެވެ.
“ކެމަފްލާޖް ވެގެންނޭ ހުރީ.” އީތަން ކަޑަނުވާންވެގެން ރައްދު ދިނެވެ.
“މަ މިއުޅެނީ މާލެ ބަދަލުވާން.” އަލީޝާގެ ޖުމުލައިން އީތަން ހުއްޓުންއެރިއެވެ. “އޭލެވެލް ހަދަން.” އަލީޝާ އީތަންއަށް ބަލައިވެސް ނުލައެވެ.
“އެހެންދޯ…” އީތަން ބުނެލިހާވެސް އެއްޗަކީ އެއީއެވެ. ނުދާށޭ ބުނާނެކަމަށް ހީކޮށްގެން ހުރި އަލީޝާ ކުޑަކޮށް ހައިރާންވިއެވެ.
އެ ދުވަހަށްފަހު އަލީޝާއަށް އީތަން ނުފެނެއެވެ. ސްކޫލަށް ވަނުމުގެ ކަންތަކާއި، ހުންނާނެ ތަނެއް ހަމަޖެހުމުން މާލެ ފުރި އަލީޝާ ފުރުވަންވެސް އީތަން ނާދެއެވެ. ހުންނަން ހަމަޖެއްސީ ހަނީފުމެން ގޭގައެވެ. އެކުގައި އުޅެވޭނެތީ އަލީޝާއާއި ތޫބާ ތިބީ ވަރަށް އުފާވެފައެވެ.
“އެއީ ދޯ މަށާހެދި މޮޔަވެގެން އުޅުން މީހާ. އެއްބުރުން އެ ހަނދާންނައްތައިލީ. އެހާ ފަސޭހަ ކަމެއް ދޯ.” ނިދަން އަރައި އޮތް އަލީޝާއަށް ވިސްނެމުންދިޔައެވެ. އީތަންއާއި ދޭތެރޭގައި ވާ އިހުސާސްތައް ފޮހެނުލެވޭނެކަން އަލީޝާއަށް މިހާރު މާ ރަނގަޅަށްވެސް އިނގެއެވެ. އެކަމަކު އެހާ ފަސޭހައިން ހިތް ބަދަލުކޮށްލާ ކުއްޖަކާއި ދޭތެރޭ ވިސްނައި، އުމުރަށް ހިތާމަކުރުމަކީ ބޭކާރު ކަމެއްކަމަށް އަލީޝާ އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. އެހާ ފަސޭހައިން އީތަންއާއި ލޯބީގެ ގުޅުމަކުން ނުގުޅެވުންކަން ނަސީބެކޭ ހިތަށްއެރިއެވެ. މާ ބޮޑަށް ލޯބިވެވޭ ފަހުން އީތަން އޭނާ މަތިން ފޫހިވާން ނިންމައިފިއްޔާ ކުރަންޖެހޭ ހިތާމަ މާ ބޮޑުވާނެކަން އިނގޭތީއެވެ. ހުރިހާ ކަމެއްވެސް ވީ ރަނގަޅަށް ކަމަށް ވިސްނައި ލޯ މަރައިލި އަލީޝާގެ ހިތުގައިވީ ހުސްކަމެކެވެ.
ފެހި ލައިޓު ދިއްލުމުން މަގު ހުރަސްކުރަން ނުކުތް ތޫބާގެ އަތުގައި ހިފައި މީހަކު ދަމައިގަތުމުން އޭނާ ފަހަތަށް އަރިއަޅައިލިއެވެ. ގައިގައި ކިރިޔާ ޖެހޭ ނުޖެހޭ ހިސާބުން ވުއިސްއަޅާފައި ދިޔަ ސައިކަލު ފެނި ތޫބާގެ ދެލޯ ބޮޑުވިއެވެ. މަޑުމަޑުން ފަހަތަށް ބަލައިލިއިރު އޭނާގެ އަތުގެ މުލަށްދަނޑީގައި ހިފާފައި ހުރީ އީތަންއެވެ. އީތަން އެ ފަދައިން ކަންތައް ނުކުރިނަމަ ތޫބާގެ ފުރާނައަށް ގެއްލުންވީސްކަން ޔަގީނެވެ.
“ތެ…ތެންކްޔޫ.” އީތަން އަތް ދޫކޮށްލުމުން ތޫބާ ޝުކުރުއަދާކުރިއެވެ. އަދި އަވަސްއަވަހަށް ބޮކި ރަތްވުމުގެ ކުރިން މަގުގެ އަނެއް ފަޅިއަށްދިޔައެވެ.
“އަލީޝާ ކައިރީ ނުބުނައްޗޭ މަ ފެނުން ވާހަކަ.” އީތަން ހީލާފައި ބުންޏެވެ. ތޫބާގެ ހިތުގެ ތެޅުން ވަނީ އަވަސްވެފައެވެ. އީތަން އޭނާގެ ފައިދާ ނަގަން އުޅުނު ހަނދާން ނުނެތެއެވެ. ނަމަވެސް އެ ހަނދާނަށްވުރެ ވަރުގަދައަށް އޭނާގެ ހިތް ހިސާރުކުރީ އީތަން ތިން ފަހަރުމަތިން އޭނާ ސަލާމަތްކުރި ހަނދާނެވެ. ދެއްކުންތެރިކަމަށް ނަމަވެސް ފުރަތަމަ ފަހަރު ޕޫލްގައެވެ. ދެން ފަޅު ގޭގައި އެ ނުލަފާ ޖަނަވާރުން ކިބައިންނެވެ. މިހާރު ތިންވަނަ ފަހަރަށެވެ. އަލީޝާއާއި އޭނާއާއި ދެމެދު އޮތް މުހިއްމު ގުޅުން ފާޅުވުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރީވެސް އީތަންއެވެ. ކިތަންމެ ގޯސްކަންތައް ކޮށްފައި ހުއްޓަކަސް އީތަންގެ ކިބައިގައި ހެޔޮކަމެއް ވާކަން ތޫބާއަށް އެނގެއެވެ. އެހެންކަމުން އޭނާގެ ހިތުގައި އީތަންއަށްޓަކައި އުފެދިފައިވާ އިހުސާސްތަކެއް ނުފިލިއެވެ. އަލުން އީތަންއާއި ބައްދަލުވާނެ ދުވަހަކަށް ތޫބާއަށް އިންތިޒާރުކުރެވުނެވެ.
އާ އަހަރުގެ ކިޔެވުން ފެށުނުއިރު އަލީޝާ ސްކޫލަށް ދިޔައީ އާ ހިތްވަރަކާއި އެކީއެވެ. ވޭތުވެދިޔަ އަހަރުފަދަ ޑްރާމާ ބޮޑު އަހަރަކަށް ނުވާނެކަމުގެ ފޮނި އުންމީދުގައެވެ. ނަމަވެސް އެ އުންމީދު ފެނަށް ދިޔައީ އެކުގައި ކުލާހަށް ވަތް އީތަން ފެނިފައެވެ.
“ކަލޭ މިތާ ކީއްކުރަނީ؟!؟!” އަލީޝާއަށް ތަންކޮޅެއް ބާރަށް ބުނެވުމުން ކުލާހުގައި ތިބި ބީރައްޓެހި ކުދިންތައް ބަލައިލިއެވެ.
“ފަހަތުން މި އައީނު، ލޯބިވާތީ…” އީތަންގެ ޖުމުލައިން ކުލާހުގައި ތިބި ލާނެއް ކުދިންކޮޅަކު އެއްފަހަރައި އޯ އޭ ކިޔައި އަޑުލައްވައިގަތެވެ. ވަރަށް ކަންބޮޑުވެފައި އަލީޝާއަށް ވަށައިގެން ބަލައިލެވުނީ ހަމަޖެހިގެން އުޅުމުގެ ހުވަފެން، ފެށުމުގެ ކުރިން ނިމުނުކަން އެނގިއެވެ. ނަމަވެސް އީތަންގެ އެ ޖުމުލައިން އޭނާގެ ހިތަށް އަނެއްކާވެސް ތޫފާނެއް ގެނުވައިފިއެވެ. އެވަގުތު ކުލާހަށް ވަތް ތޫބާއަށް މާ ރަނގަޅަށްވެސް އީތަންގެ ޖުމުލަ އިވުނެވެ.
ސްކޫލުގެ ކިޔެވުން ފެށުނުތާ ދެވަނަ ދުވަހެވެ. ހަޔާތުގައި އެންމެ ކެރިގެން ކަމެއް ކުރަން ތޫބާ އައީ ތެޅި ތެޅި އޮތް ހިތަކާއި އެކީއެވެ. އިންޓަވަލް ގަޑީގައި އީތަން ކުރިމަތީ ގޮސް ހުއްޓުނުއިރު ހިތް ހާސްވެގެންގޮސް އޭނާގެ ދެފައި ތުރުތުރުއަޅައެވެ. ނަމަވެސް ހިތްވަރުކޮށްފައި ތޫބާ ބުނަން ބޭނުންވި އެތި ބުނެލިއެވެ. އީތަންއަށްޓަކައި ހިތުގައިވި އިހުސާސް ހާމަކޮށްލިއެވެ. އެވަގުތު އެތަނަށް އާދެވުނު އަލީޝާއަށް އެ އަޑުއިވި ހުރި ފިޔަވަޅުމަތީ ގަނޑުވިއެވެ. ދުވެފައި ގޮސް އެ ދެމެދަށް ވަދެގަންނަން ހިތް ބުނި ނަމަވެސް ހުރި ގޮތަށް ހުރީ އީތަން ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ.
“ސޮރީ. މަ ލައިކުވަނީ އަލީޝާދެކެ.” އީތަން ބުންޏެވެ. ތޫބާގެ މޫނުމަތިން ފެނުނީ ހިނިތުންވުމެކެވެ. އޭނާ އައީ އެ ޖަވާބުގެ ބޭނުމުގައެވެ. އެ އިހުސާސްތައް ހަނދާން ނައްތައިލުމަށްޓަަކައި އީތަންގެ ދުލުން އެކަން އިވެން ބޭނުންވީއެވެ.
“އަލީޝާއަށް ދެރަގޮތެއް ނަހަދައްޗޭ.” ތޫބާ އެދުނެވެ. އީތަންވެސް ރައްދުގައި ހިނިތުންވެލީ އެ ދެމެދުގައި އެއްބަސްވުމެއް ވެވުނު ފަދައަކުންނެވެ. އަލީޝާވެސް އީތަންދެކެ ލޯބިވާކަން ތޫބާއަށް އެނގެއެވެ. އޭނާއަށް ހިތުގެ އަޑިން އެދެވުނީ އެ ދެކުދިންގެ އުފަލަށެވެ. ދުރުގައި ހުރި އަލީޝާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ތޫބާއަށްޓަކައި ދެރަނުވަނީކީ ނޫނެވެ. އޭނާގެ އިހުސާސްތަކުގައި ވީ އަމިއްލަ އެދުން މާ ބޮޑީއެވެ. ތޫބާގެ ލޮއެއްބަށް، ނުވަތަ އެހެން މީހެއްގެވެސް ލޮއެއްބަށް އީތަން ގަބޫލުވާކަށް އޭނާ ބޭނުމެއްނުވެއެވެ.
އަލީޝާ މަޑުމަޑުން ގޮސް އީތަން ކުރިމަތީ ހުއްޓުނެވެ.
“މަ ދެކެ ލޯބިވޭތަ؟” އަލީޝާ ކުއްލިއަކަށް އެއްވެސް އަސަރެއްނެތި އަހައިލި ސުވާލުން އީތަން ސިހުނެވެ.
“އާނ…” ވަރަށް ސީރިއަސްވެފައި އީތަން ޖަވާބުދިނެވެ.
“އެހެންވިއްޔާ މިއަދުގެ ތާރީހު ހަނދާންކުރާތި. މިއަދު މީ އަހަރުންގެ އެނިވާސަރީ.” އަލީޝާ އެހެން ބުނެލުމަށްފަހު ފަސް އެނބުރި ހިނގައިގަތެވެ. އެ ބުނި އެތީގެ މާނަ ނޭންގިފައި އީތަންއަށް އިރުކޮޅަކު ގަބުވެފައި ހުރެވުނެވެ.
“އެނިވާސަރީ؟… އެނިވާސަރީ؟!؟!” މާނަ ވިސްނުމުން އީތަންގެ ދަތްޕިލަ ދިލިއްޖެއެވެ. “އޭތް! އަލީޝާ! މަޑުކޮށްބަލަ! ކޮން އެނިވާސަރީއެއްތަ؟” ނޭންގޭކަމަށް ހަދާފައި އީތަން އަލީޝާއާއި ހަމައަށް ދާން ދުއްވައިގަތެވެ. އެނގުމެއްނެތި ދެ ދުޝްމަނުންގެ ދެމެދުގައި އުފެދުނު ލޮއެއްބަށް އައީ އާ ފެށުމެކެވެ.
(ނިމުނީ)
19 Comments!
Comments are closed.





Me first dhw..kiyaafa comment eh kohlaanan..jiji log out vefa comment mikurany??
Yeah u r first jiji
Yeyy.. aleesha and eethan..gulhuneethaa emme fahun..hehe..v reethi mi story ves..jinni ehen story eh liyaanii Kon dhuvahakun..mihaarun fashaagen inthizaaru gaa
Ehen story eh fashaakah adhi nuvisnan ekamu liyaa hihvi irakun iraadhakureviyya liyaanan
Mi stry vec hama habbu????????..waiting for ur another stry sis..luv ya
Thnx luv u more
eii hama ehvanaige stry eh dhen konirakun new stry eh liyaany i will miss u
Thnx nattu adhi aa idea eh nei. idea eh libunuhaa avahakah liyaanan
Adhi vx beynumy hama mi type ge story eh
Dhen ehen type eh ge vaahaka eh liyaahih vany. Ekamu varah ufaa vejje mi story kamudhiyaima
?❤
?❤
Wow. Mai first me, mihaa laikuvi…
Aslutha? I’m so happy
Best story ever
Thnx
Wow… vvvv dhuvas fahun mi kiyaalevuny… mihaa fakka stry ehge enme fahu bai v ma vvvv dhera vey… ekm vs hama vvvv obi masha allah… jinni ge dhn oih stry akh inthizaaru kuran…❤❤❤
Wow… vvvv dhuvas fahun mi kiyaalevuny… mihaa fakka stry ehge enme fahu bai v ma vvvv dhera vey… ekm vs hama vvvv obi masha allah… jinni ge dhn oih stry akh inthizaaru kuran…❤❤❤ n alysha r eethan enme fahun gulhuny dhw… dhn dhemyhun dhimaa nukh rythi gothuga ulheythi
V salhi mi story … meege season 2 e genasfiyaa v salhi vaane adhi