ލިވަޕޫލްގެ ފަހަތަށް ކުޅޭ ކުޅުންތެރިޔާ މުޅިން ހުސްކޮށް ހުރި ޔޫސުފްއަށް ބޯޅަ ދިނެވެ. ޔޫސުފް ހަލުވަކަމާއެކު ބޯޅަ ހިފައިގެން ދެމިގަތެވެ. ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި ގޯލާ ދިމާއަށް ބޯޅަ ފޮނުވާލަން އުޅުނު ވަގުތު ސަޕޯޓަރުން ތެރޭގައި ހުރި ނަވާރްފެނި ޔޫސުފް ގަނޑުވިއެވެ. ފެންނަމުން ދިޔައީ ހުވަފެނެއް ކަމަށް ހީކޮށް ޔޫސުފް އެސްފިޔަޖަހައިފައި ހުޅުވާލިއެވެ. އޭރުވެސް އެ އިން ގޮތަށް ނަވާރް އިނެވެ. ޔޫސުފް އެއިން ގޮތަށް އައިސް ފަހަތުން ދަތި އަޅުވާ އޭނާ ވައްޓާލިއެވެ. އެއާއެކު […]
ގެއަށް އައި މަގުމަތީގައިވެސް ގެއަށް އައި ފަހުންވެސް ދަހުލާންގެ ޚިޔާލުތަކުގައިވީ އާލިޔާއެވެ. އެ ހިނިތުންވުން ސިފަވާ ކޮންމެ ފަހަރަކު ދަހުލާން ހިތަށް ފިނިކަން ވެރިވެއެެެވެ. ކޮޓަރިއަށް ވަން ގޮތަށް އެނދުގައި އޮށޯވެ ދަހުލާންއަށް ވިސްނެމުން ދިޔައީ އާލިޔާއާއި މެދުގައެވެ. އެ އަންހެން ކުއްޖާ ރަނގަޅަށްވެސް އޭނާ ޖާދޫގައި ޖައްސައިފިއެވެ. ދަހުލާންއަށް ހޭލެވުނީ މަންމަ ގޮވާ އަޑަށެވެ. މަންމަގެ ކަންބޮޑުވެފައިވި މޫނު ފެނި ފުންމައިގެން ތެދުވެވުނެވެ. “ޑޭން މަންމަ ކިރިޔާއޭ ބިރުން ހަލާކު ނުވީ. ސްޓެފް ކާން އައިސް […]
ވާންއުޅޭގޮތް ނޭނގޭ ހާލު އީލާފް ހުރީ ވަރަށް ހަމަޖެހިފައެވެ. ރައިސާންގެ މައިންބަފައިން ހިތްހެޔޮވުމުން އީލާފް ހުރީ އުފާވެފައެވެ. ހިތާހިތުން އެފަދަ އެކުވެރިއެއް ލިބުނީތީ އުފާކުރިއެވެ. އެހެން މީހުންވެސް ޖޫސްބޯންފެށުމުން އީލާފްވެސް ޖޫސްތަށްޓެއް ނެގިއެވެ. ގަފޫރު ޖޫސްފޮދެއް ބޯލުމަށްފަހު ވާހަކަދެއްކިއެވެ. ”ލާމިއު ދެން މި ކައިވެނި ލަސްކުރާނެކަމެއް ނެތެއްނުން…… ރައިސާން އަދި އަނާގެ ކައިވެނި އަންނަ މަހަށް ހަދަން އަހަންނަށް ފެންނަނީ……”ގަފޫރު ވަރަށް ހަމަޖެހިލާފައި ވާހަކަދެއްކިއެވެ. ގަފޫރު، ރައިސާން އަދި އަނާގެ ކައިވެންޏޭ ބުނުމުން އީލާފް ކުށިނޭރީ ކިރިޔާއެވެ. […]
“ޝަނާޒް…” އެ ކުދިންނާ ދިމާއަށް ބަލާލި ނަބާހާއަށް ބުނެވުނެވެ. “ނަބާ އެ ކުދިން ދަންނަންތަ؟” ނަވާޒް އަހާލިއެވެ. “އާނ، ކްލާސްމޭޓެއް އެއީ… ހޭ ޝަނާޒް!” ނަވާޒްއަށް ޖަވާބު ދީފައި ނަބާހާ ބާރަށް ގޮވާލިއެވެ. ޝަނާޒްގެ ނަމުން ގޮވާލި އަޑު އިވުމުން އެ ދިމާއަށް ޝަނާޒް ބަލާލިއެވެ. ނަބާހާ ފެނުމުން ޝަބާ ކައިރީ ކޮންމެވެސް އެއްޗެއް ބުނެފައި ދެ ކުދިން އެކުގައި އައިސް ނަބާހާމެން ކައިރީ މަޑުކޮށްލިއެވެ. “ނަބާ! ހާދަ ދުވަހެއް ފަހުންނޭ ދޯ މި ދިމާވީ؟ ކިހިނެއްތަ؟” […]
އަހަރެންގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުމަކީ ވަރަށް ނުވާ ކަމެވެ. އަހަންނަކީ ފިރިހެނެކެވެ. އެކަމަކު ފިރިހެނެއްގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުމަކީ ފިރިހެންވަންތަކަން ނެތުމެއް ވެސް ނޫނެވެ. މިއަދު ލޮލުން ކަރުނަ އައިސް އަހަންނަށް ރޮވިއްޖެ އެވެ. މި އޮތް ހުރިހާ ދުވަހު އަންހެން ކުދިންނާ ދުރުގައި އުޅުމުގެ އުނިކަން އަހަރެންގެ ހަޔާތަށް ހިޔަންޏެއް އަޅައިފި އެވެ. އެއިން ނުކެރުމާއި ނުކުޅެދުންތެރިކަމުގެ ވޭން އަހަންނަށް ލިބެމުންދާކަން ވެސް މިހާރު ގަބޫލު ކުރެވެން ފަށައިފި އެވެ. ހަޔާތުގެ އެއް […]
ޔާސިރުމެންނަށް ރިސޯޓަށް ދެވުނުތަނާހެން ޔާސިރުއަށް މައިރާގެ ފޯނެއް އައެވެ. މައިރާގުޅީ ޔާސިރުއަށް ކެއުމަކަށް ދަޢުވަތު ދިނުމަށެވެ. މައިރާ ގާތު ދާނަމޭ ބުންޏަސް ޔާސިރު ހުރީ ދާގޮތަކަށް ނޫނެވެ. އަދި އެވަގުތު އޭނަ ހުރީ ރަށުން ބޭރުނޫން ކަމެއްވެސް މައިރާގާތަކު ނުބުނެއެވެ. އެދުވަހު ޢަޒީޒްއާ އެއްކޮށް ރަށުން ބޭރަށް ދެވުނު ކަމީ އޭނާގެ ނަސީބެވެ. އެހެންނޫންނަމަ ޢަޒީޒްއަށް ހުރިހާ ކަމެއް އިނގޭނެކަން ޔަޤީނެވެ. ******************************************************* އިރުއޮއްސެމުންދިޔަ ވަގުތެވެ. އާދައިގެ މަތިން ރުކުގައި ލެނގިލައިގެން މައިރާހުއްޓެވެ. އަތުގައި އޭނަ ލިޔަން […]
މީހުންގެ ލޯތައް އޭނާއަށް އަމާޒު ނުވޭތޯ ދުއާ ކުރަމުން ކުރިޔަށް ހިނގަމުން ދިޔައެވެ. އެންމެ ފަހުން އޭނާ ގޮސް ހުއްޓުނީ ޒައިރާގެ ގެ ކައިރީގައެވެ. ނަސީބު ވަރަށްވެސް ރަގަޅެވެ. އޭރު ޒައިރާވެސް ގޭ ދޮރާށިން ނުކުންނަނީއެވެ. ޒައިރާއަށް އޭނާ ފެނުމާއި އެކު އެއީ ކާކު ކަން އެގިއްޖެއެވެ. ” ކަލޭ އަނެއްކާވެސް އައީތަ؟ ” މަގުގެ ދެފަރާތް ބަލާލުމަށްފަހު ޔަޒަން ކައިރިޔަށް އައެވެ. ” ކަލެއަށް ކޮށްލި ވަރު ކުޑައީތަ އަދިވެސް” ޒައިރާގެ އަޑުގައި ހުރީ ރުޅިވެރިކަމެވެ. […]
ގެއަށް އައި މަގުމަތީގައިވެސް ގެއަށް ވަދެފައިވެސް އިވާން އަނގައިން އެންމެ ބަހެއްވެސް ނުބުނެއެވެ. ނަވާރްއަށްވެސް އިސްވެ ވާހަކަ ދައްކާކަށް ނުކެރުނެވެ. ގެއަށް ވަން ގޮތަށް އިވާން ސޯފާގައި އިށީންދެ މޫނުގައި އޭނާގެ ދެއަށް އަޅައިލިއެވެ. މީހާ ހަމަޖެހިލުމަށްފަހު އަތުގެ އިޝާރާތުން އޭނާއާއި ގާތަށް އައުމަށް ނަވާރްއަށް އިޝާރަތްކުރިއެވެ. އެ ހުރިހާ އިރު ވީއިރުވެސް ގުޑިލަން ނޭންގިފައި އިން ނަވާރް އިވާން އަތުން އިޝާރާތް ކުރުމާއެކު ލަސް ލަހުން ހިނގައިފައި ދިޔައެވެ. އޭރު މުޅި ކުއްޖާ ބިރުން ތުރުތުރު […]
ހަމަބިމަށް އާދެވުމުން ނަވާރް އޭނާ ގައިމަތީ އޮތް ޔޫސުފް ކޮށްޕާލިއެވެ. “ސްޓޭ އަވޭ ފްރޮމް މީ” އިންޒާރެއް ދީފައި ނަވާރް އަވަހަށާ ތެދުވަން އުޅުނެވެ. ނަމަވެސް ޔޫސުފް ނަވާރް އަތުގައި ހިފައި ދަމައިގަތުމުން މި ފަހަރު ނަވާރް ވެއްޓުނީ ޔޫސުފް ގައިމައްޗަށެވެ. ނަވާރްގެ އުނގަނޑުގައި އަތް އަޅުވައި އޭނާގެ ދެއަތު ތެރޭ ނަވާރް ހައްޔަރުކޮށްލިއެވެ. “އަހަރެން ކުރާ ސުވާލަށް ޖަވާބު ނުދެނީސް ދޫކޮށެއް ނުލެވޭނެ! އަހަރެންދެކެ ލޯބިވޭތަ؟” އެވަގުތު ބިން ފަޅައިފައި އަޑިއަށް ދެވޭނެނަމައޭ ހިތަށް އެރިއެވެ. […]