Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އޯގާވީ ހިތަކުން…6

މުތާ/ ސ.ހިތަދޫ Level 210 Stories
March 24, 2014 6 Mins Read
13 Comments

”ސިމީ…” ކުލްޘޫމް މޫނުގައި ފިރުމާލިއެވެ. އޭނައަށް ރަގަޅަށް ވެސް ރޮވިއްޖެއެވެ. އަލްޔަސް ބުނި ކޮންމެ ޖުމްލައަކާ އެކު އޭނަ ދެކުނު ހުވަފެނެން ވިއްސިވިހާލިވެގެން ހިނގައްޖެއެވެ. ދަރިފުޅު ގާތުން ސުވާލުކުރުމެއް ނެތި ކައިވެންޏަށް އެދުމުގެ ނަތީޖާ ފެނިއްޖެއެވެ. ދެން އެމީހުންނާ ހަތަރުކަޅި ހަމަކުރަން ވެސް ލާހިކެއް ނޫނެވެ. ތާއިފްވެސް ރުޅިއައެވެ. އަލްޔަސްއަށް މަޖުބޫރުކޮށްގެން ވިޔަސް އެކައިވެނި ކުރެވޭނެއެވެ. އަލްޔަސް އެބުނާ ކުއްޖަކު ޖެހޭނީ އަލްޔަސްގެ ހަޔާތުން ދުރަށް ދާށެވެ.

”ތާއިފް. ކީކޭތަ އަހަރުމެން ބުނާނީ؟… އެވްރީތިންގް އިޒް ރުއިންޑް…” ކުލްޘޫމް ބުންޏެވެ.

”ތާއިފް ބުނިހެން އަލްޔަސްއާ ކުރިން ވާހަކަ ދައްކާލެވުނުނަމަ، ދަރިފުޅުގެ ހިޔާލު ހޯދާލެވުނު ނަމަ މިހެން ނުވީސް، ފަޒޫވެސް ބުނި ފުރަތަމަ ކުދިންނާ ވާހަކަ ދައްކައިގެންނޭ ޑިޒިޝަން ފައިނަލް ކުރާނީ، އެކަމަކު އަހަރެންގެ ކެތްތެރިކަން ކުޑަވުމުގެ ނަތީޖާ މިފެނުނީ، ފަޒޫވެސް ކިހާ ދެރަވާނެ، ގިނަ އުއްމީދުތަކާއެކު އެވާހަކަ ދެއްކީވެސް، ފަޒޫ ހީކުރިގޮތާ މުޅިން ހިލާފަށް ކަންތައް މިދިޔައީ… އީނާއަކީ ހުރިހާ ގޮތަކުންންވެސް ރަގަޅު ކުއްޖެއް….” ބޮޑުކޮޓަރިއަށް ވެރިވި ހިމޭންކަމުގެ ތެރޭން ކުލްޘޫމްގެ ގިސްލުމުގެ އަޑު އިވުނެވެ. އޭނަ ނުރޯން ވަރަކަށް މަސައްކަތްކޮށްފިއެވެ. ނަމަވެސް ހިތަށްކޮށްފައިވާ ފުން އަސަރުތަކާ ދުރަށް ނުދެވުނެވެ. ދެޢާއިލާގެ ދެމެދުގައިވާ އެކުވެރިކަމަށްވެސް ލޮޅުންތަކެއް އަރާނެއެވެ. މިވީ ހާދަ ދެރަގޮތެކެވެ.

”އަލްޔަސް ނުރުހުނަސް ކައިވެނި ކުރަން ޖެހޭނީ، އެންޑް ދެޓްސް ފައިނަލް!،” ތާއިފް ސޯފާއިން ތެދުވުނެވެ. ތާއިފްގެ ބުމަ ވަނީ ގޮށްޖެހިފައެވެ. ރުޅީގެ ކިތަންމެ ކުލަވަރެއް މޫނުމަތިން ފާޅުވެއެވެ. ކުރިން އަލްޔަސްގެ ހިޔާލު ހޯދަން މުހިންމުކަމަކަށް ވިޔަސް މިހާރު އޭނަގެ ވިސްނުން ބަދަލުވެއްޖެއެވެ.

ސިޑިން ފޭބި އަލްޔަސްގެ ސަމާލުކަން މަންމައާއި ބައްޕަގެ ވާހަކައަށް ހުއްޓުނެވެ. އީނާގެ ވާހަކަ ދެކެވޭތީއެވެ. ލިބުނު ހައިރާންކަމާއެކު ފިޔަވަޅުތައްވެސް ގަނޑުވެއްޖެއެވެ. މަންމަމެން އެބުނާ ކުއްޖަކީ އީނާ ހެއްޔެވެ؟ އޭނަގެ ކައިވެނި ހަމަޖެހުނީ އީނާއާ ހެއްޔެވެ؟ މޭގަނޑު ތެޅިގަތެވެ. އަރަތެއްގެ ސިފައިގައި ނުބުނެ ސީދަލަށް މަންމަ އެވާހަކަތައް ދެއްކިނަމައެވެ.

”ނޫން، ސޭމްއަށް މަޖުބޫރުކުރުމުން ނޭދެވޭ ނަތީޖާއަށް ނިކުމެދާނެ…” ހިތާއި ދެކޮޅަށް ކުލްޘޫމް ބުންޏެވެ. ދަރިފުޅުގެ އުފާތަކަށް ހުރަސް އެޅެން އޭނަ ބޭނުމެއް ނުވެއެވެ. ކައިވެންޏަށް މަޖުބޫރުކޮށްފިނަމަ ދަރިފުޅުވެސް ގެއްލިގެން ހިނގައިދާނެއެވެ. އެހެން ކަންތައް ވާދުވަހަކުން އޭނަ މަރުވެދާނެއެވެ.

”އެކަމަކު…” ”ތާއިފް، ސޭމްއަކީ ގޮތްދޫނުކުރާ ކުއްޖެއް، ބޭނުން ކަންތައް ހާސިލު ނުކުރެވެނީސް ހުއްޓައެއް ނުލާނެ، މަޖުބޫރުކުރަން ހަދައިގެން ސޭމް ޖެއްލިޖެނަމަ ލިބޭނެ ހިތާމަ މާބޮޑުވާނެ…. މަޖުބޫރު ކައިވެންޏަކުން ސޭމްގެ ދިރިއުޅުންވެސް ހަލާކުވުން ނޫންކަމެއް ނުވާނެ…. އުފަލެއް ނުލިބޭނެ….” އަމިއްލަ އެދުން ބޮޑުކޮށް ދަރިފުޅަށް ވޭން ދޭކަށް ކުލްޘޫމްގެ ޒަމީރެއް އެއްބަހެއް ނުވިއެވެ. އޭނަގެ އުއްމީދުތައް ބިމާ ހަމަވިޔަސް އަލްޔަސްގެ ޒުވާން ހިތުގައި އުއްމީދުތަކެއްވެސް ވާނެއެވެ. ލޯބިވާ ކުއްޖާއާއެކު މުޅި އުމުރު ހޭދަކޮށްލުމުގެ ހުވަފެންތަކެއް ވެސް ދެކޭނެއެވެ. އެ އުއްމީދުތަކަށް ހުރަސް އެޅޭޏީ ދެންފަހެ ކިހިނެއް ހެއްޔެވެ؟ ދަރިފުޅަށް ވޭން ދީފައި އޭނައަށް ވަކި އުފަލެއް ލިބޭނެ ހެއްޔެވެ؟ ބޭނުންވާ ކަންތައް ފުދުނަސް އެގުޅުން ކުރިއަށް ދިޔުން އެއީ ނާދިރު ކަމެކެވެ. އަލްޔަސްގެ އުފާތަކާ އެއްކޮޅަށް އޭނަ ވަކާލާތު ކުރާނެއެވެ. އޭނައަކީ ހިތް ނުބައި މީހެއް ނޫނެވެ.

”ޝިޔާޢު އާއި ފަޒްލާއަށް އަހަރުމެން ދައްކާނީ ކޮން މޫނެއް؟…..” ތާއިފްގެ ސުވާލުން ލުކްޘޫމްގެ ދުލުގައި ތަޅެއް ލެވުނެވެ. އިސްދަށަށް ޖަހާލެވުނެވެ.

”މަންމާ…” އަލްޔަސް އައިސް މަންމައާއި ބައްޕަ ކުރިމައްޗަށް ހުއްޓުނެވެ. ތާއިފްގެ ދެލޮލުގައިވަނީ ރުޅިވެރިކަމެވެ. އަލްޔަސްގެ އަޑަށް ލޮލުން ފޭދުނު ކަރުނަތައް ފޮހެލަމުން ކުލްޘޫމް ހިނިތުންވެލިއެވެ.

އަލްޔަސްގެ ސިކުނޑީގައި އެނބުރެން ފަށާފައިވާ ސުވާލުތަކުގެ ޖަވާބު ހޯދަން އޭނަ އަވަސް ވެގަތެވެ. އޭނަގެ ކައިވެނި ހަމަޖެހިފައިވާ ކުއްޖަކީ އީނާކަމަށް ވެއްޖެއްޔާ އޭނަ އުފަލާއެކު ކައިވެންޏަށް އެއްބަސް ވާނެއެވެ. ކުލްޘޫމް އަލްޔަސްގެ ބޮލުގައި ފިރުމާލައިފިއެވެ.

”އިޒް އިޓް އީނާ؟…” އަލްޔަސް މަންމަގެ ބޫނަށް ބަލަމުން ސުވާލު ކުރިއެވެ. ޖަވާބު ދިނުމުގެ ގޮތުން ކުލްޘޫމް ބޯޖަހާލިއެވެ. ދަރިފުޅަށް އައިސްފައިވާ ބަދަލުތައް ފެނި ކުލްޘޫމްއަށް ހައިރާންކަން ލިބުނެވެ. އެއީ ރުޅިއައިސްގެން ދިޔަ އަލްޔަސް އެއް ނޫނެވެ. ދެލޮލުގައިވަނީ ތަފާތު ޝުއޫރުތަކެކެވެ.

އަލްޔަސްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ކޮންފަދަ އުފާވެރި ޚަބަރެއް ހެއްޔެވެ؟ އޭނަގެ ހިތުގެ ގޮވުންތައް މަންމައަށް އަޑުއިވުނީކަން ޔަޤީނެވެ. ވަގުތު ފާއިތުވުމުގެ ކުރިން އެނގުނުކަން ހާދަ ރަގަޅެވެ. އެހެންނޫންނަމަ އީނާއާއި އޭނައާ ދެމެދު މައްސަލަތައް ފެންމަތިގެ އީނާ ގެއްލުނީހެވެ.

”ކީއްވެ ކުރިން ނުބުނީ؟….” އަލްޔަސްއަށް އަހާލެވުނެވެ. އޭނަ ކުލްޘޫމްގެ ގައިގައި ބައްދާލިއެވެ.

ކުލްޘޫމްއަށް ލިބުނު ހައިރާންކަން އިތުރުވުން ނޫންކަމެއް ނުވިއެވެ. ދަރިފުޅުގެ ފަރާތުން ފެނުނު ބަދަލުތަކާއެކު ބިރުވެސް ގަތެވެ. އަނެއްކާ އަލްޔަސް ބަލިވީ ހެއްޔެވެ؟ ކައިވެންޏާ ދެކޮޅު ހަދާފައި މިހާރު އަލްޔަސްގެ ފަރާތުން ފެންނަމުން މިދަނީ އާދަޔާ ހިލާފު ބަދަލުތަކެކެވެ. ސުވާލުތައް އުތުރިއަރައިގަތެވެ. ހިސާބަކަށް އޭނަ ކަންބޮޑުވެސް ވިއެވެ.

”އަހަރެން ލޯބިވާ ކުއްޖަކީވެސް އީނާ، ތޭންކް ގޯޑް ކަންތައް ގޯސްވުމުގެ ކުރިން އެނގުނުކަން….” އަލްޔަސް ބުންޏެވެ.

ކުލްޘޫމްއާއި ތާއިފްގެ މޫނުމަތިން ހަމަޖެހުމުގެ ކުލަވަރުތައް ފެނުނެވެ. ތާއިފްގެ ނިތަށް ޖަމާވި ރޫތައް ފަނޑުވެ ރުޅިވެރިކަން ވަންތަނެއް ނޭގެއެވެ. ބޮޑު ކަންތައްގަނޑެއް ނުހިނގީ ހަމަ ކިރިޔާއެވެ.

”ވަރަށް ބޮޑަށް އުފާވެއްޖެ، ނޯ ވޯރޑްސް…” މިފަހަރު ކުލްޘޫމްގެ ލޮލުން ނީރާލީ އުފާވެރިކަމުގެ ކަރުނަ ތިކިތަކެވެ. ލިބުނު ހިތަމާތަކުގައި އަލްޔަސް ގަނޑުފެން އަޅާލަ ދީފިއެވެ. ތާއިފް ދަރިފުޅުގެ ގައިގައި ބައްދާލަމުން ހިނިތުންވެލިއެވެ.

އީނާއާއި އަލްޔަސްގެ ކައިވެނީގެ ވާހަކައިން މައިމޫނާ ހޭނެތިގެން ނުވެއްޓުނީ ކިރިޔާއެވެ. ބޮލަން އެނބުރުން އަރައި ފައިން ވާގި ދޫވެއްޖެއެވެ. މޫނުގެ ވިދުން ގެއްލި ވެރިވީ މަޑު ހުދުކުލައެކެވެ. އެއްގޮތަކަށްވެސް ލިބިދާނެކަމަކަށް އޭނަ ހީކުރިފަދަ ޚަބަރެއް ނޫނެވެ. ކަންތައް މިދަނީ ގޯހުން ގޯހަށެވެ. ތަޤުދީރުވެސް އޭނައަށް ދެނީ ކެއްސެވެ. ހިތާމަވެރި ދުވަސް ތަކެވެ. ހަމަހިލާ އެކަން ވިޔަކަ ނުދެވޭނެއެވެ. އީނާ އުފަލުގައި އުޅޭތަން ފެނިއްޖެނަމަ އޭނަ ރުޅިގޮސް ފިހިދާނެއެވެ. އޭނަގެ ނުބައިކަން މިފަހަރު ދައްކާލާނެ އެވެ. ޢާއިލާ މީހުންގެ ތެރޭގައި މައިމޫނާ އިނީ މަލަމަތި ރީތިކޮށްލައިގެންނެވެ. ދެންކުންތެރި ހިނތިތުންވުމަކާ އެކު އޭނަ އީނާއަށް ބަލާލިއެވެ.

އީނާ އިނީ އުފަލުން ފޮޅިފައެވެ. ގަދަ ފިޔާތޮށިކުލައިގެ ޓޮޕަކާއި ހުދުކުލައިގެ ލެގިންސްއެއްގައި އިން އީނާގެ އޮމާން މޫނަށް ފަނޑު ރަތްކުލައެއް ވެރިވެލާފައި ވެއެވެ. ކަޅުކަންގަދަ ބުޅި އިސްތަށިގަނޑުން ސްޕްރިސްޖްކޮޅުތަކެއް ވިދާ ކޯތާފަތުގަ އާއި ކަދުރާގައި ބީހިލައެވެ. މޫނުގައި މޮއިސްޗަރައިޒާރއެއްވެސް ހާކާލާފައި ނުވާއިރު ވިދާގޮތުން މައިމޫނާ އެތެރެއިން އެނދިއެވެ. ރޫޔާ އުޅޭގޮތުން އޭނައަށް ކެތްކުރެވުނީ ކިރިޔާއެވެ. ދުޝްމަނަކު މާވަރަކަށް ގާތްކޮށް ހަދާތީ މައިމޫނާ ރުޔާ ދެކެވެސް ރުޅިއަންނަން ފެށިއެވެ.

މައިމޫނާ ކޮޓަރިއަށް ދިޔައީ ބާރަކަށެވެ. ދަތްކުނޑި ވިލާލެވުނު ހިނދު ދެލޯ ހަނިކޮށްލެވުނެވެ. ”އަހަރެން އުއްމީދުކުރިހެން އެއްވެސް ކަމެއް ކުރިއަކަށް ނުދޭ، ފަޒްލާގެ ބޮލަށް ސަވާރުވާން އުޅުމުން މިފެނުނީ ހިތި ނަތީޖާއެއް، ހުވާ އެދެމީހުންގެ ކައިވެނި ވިޔަކަ ނުދޭނަން، ހިންދީ ޑްރާމާތަކުން ފެންކަހަލަ ނުބައި މީހެއްކަން ދައްކާލާނަން. ދެން އެއުޅޭ ރޫޔާ، އެކައްޗެއްވެސް އަޑެއް ނާހާ، އީނާ ފޫރޭތަ އެހުރީ މަގޭ ދަރިވެސް މަގު އޮޅުވާލާފަ. އީނާ ގަނޑު ރީތި ވީމަ އާސްމާނުގަ އުދުހިލާފަ އޭނަ އުޅޭނީ، ޒަހަރު ދީގެން މަރާލަފާނަމޭ ހިތަށް އަރާ، ރޫޔާވެސް އަހަރެން ދައްކާ ވާހަކައެއް އަޑެއް ނާހާ….” މައިމޫނާ ވަރުބޭލީ އޭނަގެ ފޯނަށެވެ. ފޯނު ފާރުގައި ޖެހިފައި ކުޑަކުޑަ އެތިކޮޅުތަކަށް ބުރައިގެން ދިޔައެވެ. އެކަމާ ފަހުން އޭނަ ހިތާމަ ކުރިއެވެ. ރުޅީގެ ސަބަބުން އަގުބޮޑު ފޯނު އެދިޔައީ ހަލާކުވެގެންނެވެ.

”އީނާ، އީނާ، އީނާ، ބޮޑު އުނދަގުލެއް….” މައިމޫނާ ރުޅިން ގޮސް ރޫޅިދާނެ ވަގުތުކޮޅެއް އައެވެ. އޭނަ ދުވަހުގެ ބާކީއޮތްބައި ދުއްވާލީ ވިސްނުމުގައެވެ. ކޮލެޖް ނިމެން ހަމަސް ބާކީ އެބައޮތެވެ. ހިތްވަރުކޮށްލައިފިނަމަ ކާމިޔާބު ވެދާނެއެވެ. އޭނަގެ މަޅިފަތީގައި އީނާ ހައްޔަރުވެއްޖެއްޔާ ދެން ސަލާމަތްވުން އެއީ ނާދިރުކަމެކެވެ. މައިމޫނާގެ ސިކުނޑި މަސައްކަތް ކުރަނީ އޭނަ ބަލާއުޅޭ ހިންދީ ސިލްސިލާއާ ދާދީ އެއްގޮތަކަށެވެ.

”މިފަހަރު ކުޅި ދައްކާލާނަން….” މައިމޫނާ އެނދުގެ ހެޑްބޯޑަށް ލެނގިލިއެވެ. އޭނަ ލޯމަރާލައިގެން އިނދެ ވަރަކަށް ވިސްނިއެވެ. އެންމެ ފަހުން ބޮލަށް އެނބުރުން އަރައިފިއެވެ. ނަފްރަތާއި ހަސަދައިގެ ކަޅު އަލިފާނުގެ ތެރޭގައި އަނދަމުން ދިޔަ މައިމޫނާގެ ބޮލަށް ޝައިތާނާ ވަނީ ސަވާރުވެފައެވެ. މުޅިން ވިސްނެނީ ނުބައި ކޮށެވެ. ނަމާދާއި ދުރުވުމުގެ ނޭދެވޭ ނަތީޖާއެވެ. މައިމޫނާގެ ހިތުގައި ހަމްދަރުދީގެ ކަންފުޅެއްވެސް ނެތެވެ.

މައިމޫނާއަށް ނޭގުނީ ތަޤްދީރުގެ ނިންމެވުންތައް ބަދަލުނުކުރެވޭނެ ކަމަށާއި އޭނަގެ ރޭވުންތައް ކާބިޔާބުކުރަން ހުރަސްކުރަން އެތައް ހާސް ދަތި އުނދަގޫ މަގުތަކެއް ވާނެ ކަމެވެ. އެމަގުތައް ފުރިފައިވާ ކަށިތަކުން ޒަހަމްވުން ނޫންކަމެއް ނުވާނެ ކަމެވެ.

އިރުއޮއްސި ދުނިޔެއަށް ވެރިވާން ފެށީ އަނދިރިކަމެވެ. އުދަރެސް ފަވާލެވުނު ރަތާއި، ގަދަ ފިޔާތޮށިކުލައިގެ ޖާދުވީ ކުލަތައް ގެއްލި އަލިކަމެއްނެތް ކަޅު ސައިލުމަތިން ތަރިތައް ފަޅުވާން ފެށިއެވެ. ވިދާބަބުޅާ ތަރިތަކުގެ ފަނޑު އަލީގެ ތެރޭން ހިތްގައިމު ރޯޅިތަކާއެކު ފަތުރާލެވިފައި ތިބި ވިލާކޮޅުތައް ހަލުވިކަމާއެކު ދަތުރުކުރާތަން ފެނެއެވެ. ވަގުތުތައް ފާއިތުވެ ވިލާކޮޅުތައް ހަމަ ލޮލަށް ފެނުން ގެއްލުނެވެ. ދެން އުޑުމަތި ހިސޯރުކޮށްލީ ގުނާ އަދަދު ނުކުރެވޭހާ ގިނަ ތަރިތަކުންނެވެ. ހަނދުމަހުގެ ފުރަތަމަ ހަނދުވެސް މެދު އުޑުގައި ފަރިވެލައިގެން އިނެވެ. އޭގެ ރިހިކުލައިގެ އަލި ދިމާދިމާލަށް ފަވާލާފައި ހުއްޓެވެ.

ކަނޑުގެ އޮމާން ސަތަހަ މެދުން އިރާލާފައި ފެރީ އޭގެ ހަލުވި ދުވެލީގައި މިސްރާބު ޖެހީ ހުޅުލެއަށް ދިއުމަށެވެ. އަނދިރީގެ ތެރޭން ބޮކިތަކުން ފެންވެރިފައިވާ މާލެ ފެނުނީ ކުރަހާފައިވާ ތަސްވީރެއްގެ ސިފައިގައެވެ. އުސްއިމާރާތްތަކުގެ އަލިވަރުތައް މޫދުގެ ލޮނުގަނޑު ތެރޭގައި ނަށާލައެވެ. ފިނި ރޯޅިތަކުން ރާނިޔާ ހީކަރުވަން ފެށިއެވެ. އޭނަ އަވްޝަންއާ ކައިރިއަށް ޖެހިލަމުން އަވްޝަންގެ މުލައްދަނޑީގައި ބާރަކަށް ހިފަހައްޓާލިއެވެ. އަވްޝަން ރާނިޔާގެ އުނަގަނޑުގައި ހިފަހައްޓާލަމުން ގާތަށް ގެނައެވެ. ފެރީ ފުރާލާފައިވާ މީހުންތަކުގެ ނަޒަރު ދެމަފިރިންނަށް ހުއްޓުނެވެ.

ރާނިޔާ އާއި އަވްޝަން ފުރުވަން ދިޔައީ އަލްޔަސްއާއި އީނާއެވެ. ރޫޔާއަށް ނާދެވުނީ ޒަލަފްގެ ޢާއިލާ މީހުންނާއި ބައްދަލުކުރަން ދާންވުމުންނެވެ.

ފެރީ ފާލަމަށް ލެފުމާއެކު މީހުންތައް ތެޅިފޮޅިގަތެވެ. އަވްޝަންމެން ވެސް މީހުންތަކުގެ ތެރޭން ރެކިގަނެގެން ފޭބިއެވެ. އީނާ ހުރީ ހާސްވެ ނޭވާ ހުސްވާން ކައިރިވެފައެވެ. މީހުން ގިނަ ތަނަކަށް އާދެވިއްޖެނަމަ އެއީ އަބަދުގެ އާދައެވެ. ލަގެޖްތައް ޓްރޯލީއަކަށް ލަމުން އެންމެން މިސްރާބު ޖެހީ އިންޓަނޭޝަރަލް ޓާރމިނަލް އަށެވެ.

”ބެސްޓް އޮފް ލަކް…” އީނާ ރާނިޔާގެ އަތުގައި ހިފާލިއެވެ. ރާނިޔާ ހިނިތުންވެލިއެވެ. ރާނިޔާއާއި އީނާ އައީ އަވްޝަންގެ ފަހަތުންނެވެ.

”ވެލް، ތޭންކްސް، އިނޫ ކަންތައް ސިއްރުކުރާތީ ރުޅި އައިސްފަ މިހުރީ…” ރާނިޔާ ބުންޏެވެ.

”ސޮރީ ރިނީ، ބްލިކްނެއްގެ ތެރޭގައި ހުރިހާ ކަމެއް ހިނގާދިޔައީ، ދެޓްސްވައި ބުނަން ވަގުތެއްވެސް ނުލިބުނު، އަނެއްކޮޅުން މެރިއޭޖްވެސް ފިކްސްޑް، ބިރުވެސް އެބަގަނޭ ހުރިހާ ކަމެއް އަވަހަށް ވާތީ، އައި މީން ރައްޓެހިވިތާ އަދި ތިން ދުވަސް ވީ، އެކަމަކު މެރިއާޖްއާ ހަމައަށް ގޮސްފި……” އީނާގެ އަޑުގައި ހާސްކަން އެކުލެވުނެވެ. ހަޤީޤަތުގައިވެސް އޭނަގެ ހިތުގައި ބުނަން ނޭގޭ ބިރުވެރިކަމެއް އުފެދިއްޖެއެވެ. ހީވެސް ނުކުރާހާ އަވަހަށް ކަންތައްތައް ވަމުން ދާތީއެވެ. މަދު ދުވަސްކޮޅެއް ވިޔަސް އޭނައާއި އަލްޔަސްއާ ދެމެދު އުފެދިފައިވަނީ ވަރުގަދަ ގުޅުމެކެވެ. އެކަމާމެދު އޭނަ އުފާވެސް ވެއެވެ. އެހެނަސް…….

”ހޫމްމް ، ހޫމްމްމް، ދެން މާބޮޑަށް ވިސްނަން ހަދައިގެން ފަން ސްޕޮއިލް ވެދާނެ، އެއީ ހީވާގޮތް، އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ދާނީ ރަގަޅަށް، ލެޓް އިޓް ގޯ….” ރާނިޔާ އިނާގެ ކޮނޑުގައި ޖަހާލިއެވެ. އީނާ ފަހުން ހީލިއެވެ. މާބޮޑަށް ވިސްނެނީ ކަމަށްވެސް ވެދާނެއެވެ.

ވަދާއުގެ ސަލާމްކޮށްލަމުން ދެމަފިރިން ޗެކިންއަށް ވަނެވެ. އިރުކޮޅެއް ވަންދެން އެތާންގައި ތިބުމަށްފަހު ދެޒުވާނުން މިސްރާބުޖެހީ ޖެޓީއާ ދިމާއަށެވެ.

ފެންވަރާލައިގެން ރޫޔާ ފާޚަނާއިން ނިކުތްތަނާ ފަހަތަށް ފިޔަވަޅުތަކެއް އަޅާލެވުނެވެ. މެޔަން ފިނިވެ މޫނު ހުދުވާން ފެށިއެވެ. މުޅި ހަށިގަނޑު ތުރުތުރު އަޅައިގަތެވެ.

މައިމޫނާ އިނީ ރޫޔާގެ ފޯނު ނަގައިގެންނެވެ. ރޫޔާއަށް ކުޅި ދިރުވާލަން ދަތިވިއެވެ. އޭގައިވާ މެސެޖްތައް މަންމައަށް ފެންނަން ބޭނުންނުވާތީ ރޫޔާ ގޮސް ފޯނު ޖަހައިގަތެވެ. އޭރު މުޅިމީހާ ދަލުން ފެންވެރިއްޖެއެވެ. ތާޒާ މޫނުގައި ބަބުޅަން ފެށީ ދާތިކިތަކެވެ. ކަޅުކުލައިގެ ދެލޯ ހެކިދެނީ ބިރުން ހުރި ވަރެވެ.

”ކިހިނެއް ވެގެންތަ ތިއުޅެނީ؟، އަހަރެން އުޅުނީ ތިފޯނުން އެކުވެރިއަކަށް ގުޅަން!…” މައިމޫނާ ހަޅޭއްލަވައިގަތެވެ. އީނާގެ ފަރާތުން ރޫޔާ ދަސްކޮށްގެން އުޅޭ ނުބައި އާދަތަކެވެ. އޭނައަށް ޤަދަރެއް ނުކުރެއެވެ. ރޫޔާ ޑިސްޕްލޭއަށް ބަލާލިއެވެ. ހާސްކަމަށް ބަދަލެއް ނައެވެ. ފަހުން ހަނދާންވީ މެސެޖް ހުޅުވަން ޕާސްވޯރޑެއް ޖަހަންޖެހޭ ކަމެވެ. ހާސްކަމާއި ބިރުވެރިކަމުން ސިކުނޑި ފިއްސާލުމުން އެކަން ހަނދާން ނެތުނީއެވެ. ރޫޔާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.

”މިގަޑީގަ ހާއްސަ މީހަކު ގުޅަނީތަ ތިވަރަކުން ފޯނަށް ތިބަލަނީ؟….” މައިމޫނާ ޝައްކެއްގެ މަތީގައި ހުރެފައި އަހާލިއެވެ. ރޫޔާ އޭނަގެ އަތުން ފޯނު ޖަހައިގަތުމުގެ ފަހަތުގައި ސަބަބެއް އޮންނާނެއެވެ. ސިއްރުން ކަންތައްގަނޑެއް އެބަ ހިނގައެވެ. މައިމޫނާގެ މޫނު ބަނަވިއެވެ. ހިތާމައަކަށްފަހު ހިތާމައެކެވެ.

”ނޫން، މަންމައަށް ފޯނާއި ކުޅެން ނޭގިދާނެތީ ހޯދީ…” މަންމަގެ ސުވާލުން ރޫޔާ ބޭރުކުރަން އުޅުނު ނޭވާ އެތެރޭގައި ތާށިވެގެން ދިޔައެވެ. އޭނަ ދޮގެއް ހަދާލިއެވެ. މައިމޫނާ ހުރީ ދެލޯ ހަނިކޮށްގެންނެވެ.

”މަށަކީ ކުޑަކުއްޖެއް ނޫން، ރޫޔާ ތިއުޅޭ ސްޓައިލް ދޫކޮށްލުން ބުއްދިވެރިވާނީ، އީނާގެ އަވާގައި ޖެހި މަށާ ވާހަކަދެއްކުމުގެ ރާގުވެސް ހަނދާން ނެއްތިއްޖެ…” މައިމޫނާ ހަށަން ބަނދެލިއެވެ. ތަޒާކަން އެކުލެވިފައިވާ ރޫޔާގެ މޫނު ފެނި ފުރަތަމަ ފަހަރަށް އޭނަ ފަހުރުވެރިވެލިއެވެ. މައްސަލައަކީ މިރީތިކަން ފާޅުކުރަން ރޫޔާ ބޭނުން ނުވާތީއެވެ.

”ޕްލީސް، އަބަދު އީނާގެ ބޮލަށް ކަންތައް ނުޖަހަބަލަ……” ރޫޔާ ފޫހިކަމާއެކު ބުންޏެވެ.

”ކީއްވެ؟…” މައިމޫނާ ބުމަކައިރިކޮށްލިއެވެ.

ރޫޔާ ދިޔައީ ދުރަށެވެ. މަންމައަށް ވިސްނައިދިނަސް ވާކަމެއް ނޯވެއެވެ. ގޮތް ދޫނުކުރާތާންގައި ތިމާގެ ކުށްވެސް ޤަބޫލެއް ނުކުރާނެއެވެ. ބުނެލާ އެއްޗަކާމެދު ދެރައެއްވެސް ނުވާނެވެ. އެއިން އަނެކާއަށް ކުރާނެ އަސަރުތައް އަންދާޒާއެއް ނުކުރެއެވެ. ދުލަށް އައިހާ އެއްޗެއް ގޮވާލާނެއެވެ.

”ކީއްވެހޭ؟…” މައިމުނާ އަޑަށް ބާރުލިއެވެ. ރުޔާ އެސުވާލަށް ޖަވާބެއް ނުދިނެވެ. ގަޑި ޖެހެން ކައިރިވަނީއެވެ. ރޫޔާ އިސްތަށިގަނޑުގައި ފުނާއަޅަން ފެށުމާއެކު މައިމޫނާ އައިސް ފުނާ ޖަހއިގަތެވެ. ދެން އޭނަ ޖެހީ ރޫޔާގެ މޫނުގައެވެ. އެއީ ޒުވާބު ކުރުމުގެ ސަޒާއެވެ.

ރޫޔާ ވިއްސައިގެން ގޮސް ޖެހުނީ ރީތިވާ މޭޒާއި އަލަމާރިއާ ދެމަދަށް ހުރި ހުސްތަނުގައެވެ. ލޮލުން ހޯސްލާފައި ފެން ފައިބައިގަތެވެ. ކަންފަތުގައި ޒޫމް އަޑެއް ގުގުމައިގަތެވެ. މަންޒަރު ފުސްވެ ލޮލަށް ޖަމާވި ކަރުނަތައް ކޯތާފަތުން ފިރުކެމުން ގޮސް ރަތްކުލައިގެ ވްރެޕް ޑެރެސްގެ ތެރެއަށް ގެނބިގެން ދިޔައެވެ. މޫނު ރަތްވެ ރޫޔާއަށް ތުންފަތުގައި ދައިގަނެވުނެވެ. ދިލަނަގާ ހިސާބުގައި މަޑުން ފިރުމާލެވުނެވެ.

”މީގެ ފަހުން ޒުވާބުކުރަން ނޫޅެތި، އަހަރެން ކުރި ސުވާލަށް ޖަވާބު ދިނުންވެސް މުހިންމު ކަމަކަށް ނުވި….” މައިމޫނު ކުރިއަށް ޖެހިލިއެވެ. ރޫޔާ ބަހެއް ނުބުނެ ހިމޭނުން ހުރީއެވެ. ދެން މަންމަ ދޭނެ ހަމަލާއެއްވެސް އެނގެނީކީ ނޫނެވެ.

”އީނާ ކިތަންމެ ރަގަޅު މީހެއްކަމަށް ހެދިގެން އުޅުނަސް އޭނަގެ ނުބައި ފަރާތް ރޫޔާއަށް އަދި ފެންނާނެ، އެދުވަހަކުން ރޫޔާއަށް ވިސްނޭނެ އަހަރެން ދެއްކީ ރަގަޅު ވާހަކަތަކެއް ކަން!…” މައިމޫނާ ނިކުމެގެން ދަމުން ބުންޏެވެ.

ރޫޔާ ފާރުގައި ބުރަކަށި ޖައްސާލަމުން ކަރުނަތައް ފޮހެލިއެވެ. މޫނު ރަތްވެ ލޯކައިރިވަނީ ދުޅަ ވެފައެވެ. އޭނަ ރުއިން ކޮންޓްރޯލް ކުރިއެވެ. ފޯނު ރިންގްވާން ފެށުމުން އޭނަ ފޯނަށް ޖަވާބު ދިނެވެ. ލަސްވެގެން ޒަލަފް ގުޅީއެވެ. މިއަންނަނީ ކަމަށް ބުނެ ރޫޔާ ފޯނު ކަނޑާލިއެވެ.

ކުޑަކޮށް މޭކަޕްކޮށްލުމުން ނިޝާންތައް ފޮރުވާލެވޭވަރު ވިއެވެ. ފަހު ފަހަރަށް ލޯގަނޑުން ސޫރަ ބަލައިލަމުން ރޫޔާ ކޮޓަރިން ނިކުތެވެ. ފައިވާން ހަރުގަނޑުން ބޫޓެއް ނެގިތަނާ މައިމޫނާ ގޮވާލިއެވެ.

”މިގަޑީގަ ފަރިވެލައިގެން ކޮންތަނަކަށް ދާން ތިއުޅެނީ؟…” މައިމޫނާ އެހި އެވެ. ރޫޔާގެ މޫނަށް އެތިފަހަރެއް ވީއްލާލެވުމުން އޭނަ ދެރަވިއެވެ. އޭނަ މާފަށް ނޭދުނީ ހަރުކަށިކަން ދައްކަން ވެގެންނެވެ.

”ޒީމަންއާއެކު ބޭރަށްދާން…” ރޫޔާ ފަސްއެނބުރި ބަލާލުމުން ޖަވާބު ދިނެވެ. މައިމޫނާ ހިމޭނުން ހުރުމުން އޭނަ ލިފްޓާ ދިމާއަށް ހިނގައިގަތެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

މުތާ/ ސ.ހިތަދޫ

Level 210 Stories

Other Articles

Previous

ކަލާގެ ހަނދާންތަކުގާ…….

Next

އޯގާވީ ހިތަކުން…7

Next
March 27, 2014

އޯގާވީ ހިތަކުން…7

Previews
March 23, 2014

ކަލާގެ ހަނދާންތަކުގާ…….

13 Comments!

  1. މުތާ/ ސ.ހިތަދޫ says:
    March 24, 2014 at 8:39 pm

    sorry for the late update, mutha comp ah kudha masalaeh dhimavegen ulhethi lasvi, unmeedhu kuran mibaives kamudhaane kamah, 5th vana bayah comment kohli hurihaa kudhinah varah bondhah shukuriyaa, 7th vana bai thursday ga, inshaallah, Enjoy reading 😀 dhen mutha kurin araamagu.com ah liyunu vaahakathah adhi future ga fenane, isnshaallah, 🙂

  2. ishaa says:
    March 24, 2014 at 9:26 pm

    Muthaa beautiful….but keeve ehaa avahah marriage fix kuree…ehaa avahah mi story ninimmachey…all the best in the. Field..

  3. liuu says:
    March 24, 2014 at 10:39 pm

    haaadha kurey…thnkolhei dhigukoh genes dhybaaaaa……muthaa…… v nice ingey mi prt vx….wating 4 da nxt prt

  4. hazu says:
    March 24, 2014 at 10:55 pm

    ishaaaaa thibunee rangalhah….. story hama habeyx……heskiyaaafa salhi….n maimoooona ah landeh dheeeba heyonuvaane….. maimoooona inaaa kalafaaane….haxu biruganey….hihihi ;P

  5. އީނާ says:
    March 24, 2014 at 11:53 pm

    thanks muthaaa…. vvv reethi mi part ves… waiting 7th part ah..

  6. kiyuntheriyaa says:
    March 25, 2014 at 9:36 am

    v reethi mipart ves !! 😀

    !!!!plx maimoonaa ah dera gotheh hadhaa lahchey

  7. leen says:
    March 25, 2014 at 1:23 pm

    mutha pls maimoona ah gotheh hadhrba.. varah reethi…

  8. މުތާ/ ސ.ހިތަދޫ says:
    March 25, 2014 at 3:16 pm

    thanks,ishaa, liu, hazu, inaa, kiyuntheriyaa, and leen, i have planned something for maimoona, liuu; dhikohlaanan aneh bai ,kurige part thakaa eh varah mi liyani ves but kuruvefa dhoa miothy, time vi varakun dhigukoh liyelanan, ishaaa dhi story ehkoh nuves feshigenn miulheni, still a lot to come so mi story ves evlyn haa dhigu koh genes deynan, inshaaallah

  9. Aahshaaa says:
    March 25, 2014 at 3:26 pm

    Vaahakaehge huri fuhamakan ebahuri……. sifakuruma ibaaraaiy kurun hama habeys…….. v v nice ingey Muthaaa…. Hazu n Leen buni hen MAEMOONAA yah vy hitun nufilaavaruge landeydeyn…. ehenyaafahe……. dho Hazu…… hagygy 2loabiveriney durey nukureveyne….. kitahme v durukuriyas hitaa hitunvs bahdalu kuraane……. uhmydu kuran next part v v v v v v avahah up kuraane kamah….. kuriah oyy part kiyaalaa hitun keymaduvefa Aaaash mihiry……. INSAA ALLAH…. SUKURAN MUTHAAA….

  10. shai says:
    March 25, 2014 at 7:31 pm

    Muthaa this is awsome inaa ah alyas dhurunukuraathi maimoonaa ah angaalhaathi inaa aky ragalahu kuhjehkan………. v avhah up kohdheythi

  11. Dhaha says:
    March 25, 2014 at 8:44 pm

    alhe haadha salhiye mi vaahaka..mutha’ge sifakoh dhinun v habeyss v salhi..aisha naseem’ge vaahaka thakuga hunna kahala styl’eh hunnaathy adhi v v kiyaahihveyy.. <3

  12. fan says:
    March 26, 2014 at 3:52 pm

    Wow mutha genesdey style varah salhi, reethi kudhin thibima story ithurah fakaa vani vs 😀 dhen evlyn hen discriprion ginakohlaba, miga sifakurun vvv madhu, dhen english bas mi baiga madhu kan faahaga kohlan, keep it up ♥♥♥♥♥♥♥♥

  13. ENY says:
    March 26, 2014 at 11:18 pm

    WOW SALHI STORY EH

Comments are closed.

Next Episodeއޯގާވީ ހިތަކުން…7←


All Right Reserved!