ލަޔާލް އެ ކަރުދާސްކޮޅުގައިވާ އިބާރަތްކޮޅު ތިން ހަތަރު ފަހަރު ކިޔާލިއެވެ. އޭގައިވާ ފަށުވި އިބާރާތްކޮޅުން ހިތަށް ފިނިކަމެއް ލިބިގެން ހިގައްޖެއެވެ. ލަޔާލް ހިތުގެ އަޑިން ބުނެވެންފެށިއެވެ. ޔަގީނެވެ. މިއީ ހަމަ އާކިފްގެ ފަރާތުން ލިބުނު ހަދިޔާއެކެވެ. އަނގޮޓިއަށް ބަލާލައި އެ އަނގޮޓީގައި ބޮސްދިނެވެ. އެއަށްފަހު ކަށިވާ އިނގިލީގައި އަނގޮޓި އަޅާލިއެވެ. އެއާއެކު އާކިފްގެ ހިޔާލްތައް ލަޔާލްގެ ސިކުނޑީގައި ވަށާލައިފިއެވެ.

ލަޔާލް ސިހުނީ އޭނަގެ ފޯން ވައިބްރޭޓްވީމައެވެ. ލަޔާލް ފޯނަށް ނުދަންނަ ނަންބަރަކުން ގުޅަން ފެށުމުން ތެޅިތެޅި އޮތް ހިތަކާއެކު އެ ފޯން ނަގައި ކަންފަތުގައި ޖައްސާލީ އާކިފްގެ ކޯލެއް ކަމުގެ އުއްމީދުގައެވެ.
”ހެލޯ” އެކޮޅުން އައީ ދަންނަ އަޑެކެވެ. އެކަމަކު ކާކުކަން ނަގައެއް ނުގަނެވުނެވެ. ” ހަލޯ…ކާކު؟” ކާކުތޯ އޮޅުންފިލުވުމަށް ލަޔާލް އަހާލިއެވެ. ”ގެސް ކޮއްލަބަލަ…….” އެކޮޅުން ބުނެލިއެވެ. ލަޔާލްގެ ހިތުގައި ވަނީ އާކިފްގެ ނަމެވެ. އާކިފް ގަސްތުގައި ލަޔާލް ތަޅުވަން މަސައްކަތް ކުރަނީކަމަށް ލަޔާލް ހީކުރިއެވެ. ”ކިހިނެއް އަހަރެންގެ ނަންބަރު ހޯދީ…….އަހަންނަށް އެނގޭ ތި ކާކުކަންވެސް….” ލަޔާލް ބާލީހުގައި އޮޅުލައިގަންނަމުން ބުނެލިއެވެ. ” އެހެންތަ އަހަރެން ހިއެއް ނުކުރަން އަހަރެންގެ ގޮތް އެނގޭނެ ކަމަކަށް….ލަޔާ މޮޅީ ހަމަ…….ދެން ނަމްބަރުދޯ އެ ނުލާހިކު ފަސޭހަ ކަމެއްނު…ހޯދާފަ މިއޮތީ…..” ލޯތްބާއެކު އެކޮޅުން ވާހަކަ ދެއްކިއެވެ.
” ކިހާ ދުވަހަކު ފިލާ އުޅެފިން…..މިހާރު އަހަރެން މޮޔަވެއްޖެ……” ލަޔާލް ބުނެލިއެވެ.
” އެހެންތަ….އަހަރެންވެސް ތިޔަ ލޯބީގާ މޮޔަވެއްޖެ……ދީވާނާ ވެއްޖެ…..”’ އެކޮޅުން ބުނެލިއެވެ. ” ތިއަށްވުރެ ބޮޑަށް އަހަރެން/…” ލަޔާލް ބުނެލިއެވެ. އާކިފް ކަމަށް ލަޔާލް ވާހަކަ ދެއްކި ނަމަވެސް ގުޅައިގެން ހުރީ ޝައުފްއެވެ. އެ މާބޮނޑިއާ ޕާރިސަލް އަކީވެސް ހަމަ ޝައުފް ފޮނުވި އެއްޗިއްސެވެ.
” އެހެން……އަހަރެން ފޮނުވި ހަދިޔާ ކަމުދޭތަ……” ޝައުފް އަހާލިއެވެ. ” ހޫމް ވަރަށް ލޯބި…..” ލަޔާލް ބަލައިލީ އަނގޮޓިއަށެވެ. ” އެނގޭތަ މާބޮނޑިއަކީ އަހަރެންގެ ހިތް…..ދެން ތި އަނގޮޓިއަކީ އަހަރެންގެ ފުރާނަ……އަހަރެން މި ފޮނުވި އަމާނާތަށް ފަރުވާތެރިވައްޗޭ…..” ޝައުފް ބުނެލިއެވެ. ”ޔަގީން….އަހަރެން ދެން ދެރަގޮތެއް ނުހަދާނަން……ތިއީ އަހަރެންގެ ފުރާނައަކީ….އުއްމީދަކީ އަހަރެންގެ ދިރިއުޅުމަކީވެސް……..” ލަޔާލް ބުނެލިއެވެ.
” އެހެންތަ……ފޯނުންތަ ހުރިހައި އެއްޗެއް ކިޔާނި ކައިރިއަށް އައިސް ބާކީބައި ކިޔަން މަޑުކޮއްލާ…..” ޝައުފް ބުނެލިއެވެ. އެހެން ބުނެވުނުތަނާ ޝައުފްގެ ފޯނު ނިވިގެން ކޯލް ކެޑިއްޖެއެވެ. ލަޔާލް ތިން ހަތަރު ފަހަރު އެ ނަންބަރަށް ގުޅިއެވެ. ނިއްވާލާފަ އޮތުމުން މާޔޫސްކަމާއެކު ފޯން ބާއްވާލިއެވެ.

”މިނޫން ގަޑިއެއްގަ ނޭނގުނުތަ ނިވޭކަށްވެސް……ދެން ނުފެންނާނެ ޗާރޖަރެއްވެސް……..” ޝައުފް މުޅި ކޮޓަރި ހޯދަމުން ބުނެލިއެވެ. ” ނުފެންނާނެ އެތަން މިތަނަށް އުކަންޏަކާއެއް…….ކާކާތަ ތި ވާހަކަ ދެއްކީ……” ސޯފީ ކޮޓަރި ތެރެއަށް ވަންނަމުން އަހާލިއެވެ. ޝައުފް އެއްޗެއް ނުބުނެ އެތަން މިތަށް ހޯދަން ފެށިއެވެ. ” މަންމަ ކައިރީ ނުވެސް ބުނާނަންތަ……” ޝައުފްގެ ފަރާތުން ޖަވާބެއް ނައުމުން ސޯފީ އަހާލިއެވެ. ” މީހަކާއެއް ނޫން………” ޝައުފް ފާޑަކަށް ރަކިވާ ގޮތް ވިއެވެ. ” ދޮގު ނުހަދާބަލަ…….އަހަރެންގެ ވާންއުޅޭ ޅިދަރިއާ ދޯ…..ޝައުފް..” ޝައުފްގެ މޫނުމަތިން ފެންނަން ފެށި ކުލަވަރު ސޯފީ ކިޔާލި ފަދައެވެ. ކުޑަކުއްޖެއް ފަދައިން ބޯޖަހާލަމުން އިށީދެ އިން ސޯފީގެ އުނގުގައި ޝައުފް ބޯއަޅާލިއެވެ.
” މަންމައަށް ވަރަށް ކަމުދާ ކުއްޖެއް އެއީ………ވަރަށް ރަނގަޅު ކުއްޖެއް….ލަޔާ…..” ޝައުފް އެހެން ބުނުމުން ސޯފީގެ މޫނުމަތީގައިވާ އުފާވެރިކަން އެތައް ގުނައަކަށް އިތުރުވިއެވެ. ” ދެން ލަޔާއަށް ދަރިފުޅު ކަމުދޭތަ…….” ސޯފީ އަތުން ޝައުފްގެ ފަން އިސްތަށި ގަނޑުގައި ފުނާ އަޅާލަދިނެވެ. ” އާން……ލަޔާވެސް އަހަރެން ދެކެ ލޯބިވޭ……” ޝައުފް އެހެން ބުނީ ލަޔާލް ދެއްކި ވާހަކަތަކަށް ބަލާފައެވެ.

ސޯފީއާއި ޝައުފް ދެއްކި ވާހަކަތައް އަޑުއަހަން ފަރީޝާ އެކޮޓަރި ބޭރުގައި ހުރި އިރު އޭނަގެ މޫނުމަތިން ފެންނަމުން ދިޔައީ ނުރުހުންވުމުގެ ކުލަވަރެވެ. ލަޔާލް މިގެއަށް ޝައުފްގެ އަތްބަކަށް ވެގެން އަންނަ ދުވަހަކީ ފަރީޝާގެ ކުޅިގަނޑު ފަޅާއަރާނެ ދުވަހަކަށް ވާކަށެއް ބޭނުމެއް ނޫނެވެ. އޭގެ ކުރިން ލަޔާލް މިގެއިން ފައްސާލަން ފަރީޝާ ނިންމިއެވެ. އަދި މިގޭ މީހުންގެ ހިތުގައި ލަޔާލްއާ ދޭތެރޭ ނަފްރަތު އުފައްދައި މިގޭގެ އިތުރުން އެމީހުންގެ ހިތުގައި އެވާ މަގާމުންވެސް ދުރުކޮއްލަން ބޭނުމެވެ. ފަރީޝާ ކޮޓަރިއަށް ގޮސް ފާއިޝްއަށް ގުޅާ ރޭވުމެއް ރާވާލިއެވެ.

އެހެން ރޭރެއާ ހިލާފަށް މިރޭ ލަޔާލްގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. އާދައިގެ މަތިން ޝިފާނާގެ ހަރުކަށި ބަސްތަކުގެ ސަބަބުން ލަޔާލްގެ ހިނިތުންވުމަށް ކުޑަވެސް ފަޑުކަމެއް ނާދެއެވެ. އާކިފްގެ ދެވަނަ ކޯލެއްގެ އިންތިޒާރުގައި މުޅި ރޭގަނޑު ދުއްވާލީ ފޫހިކަމެއް ނެތިއެވެ. ލަޔާލްގެ ހިތުގެ ކަނެއްގަ ވަޅުލެވިފައިވާ ލޯބި މިރޭ އަނެއްކާވެސް އާލާވެއްޖެއެވެ. އެ ލޯތްބަށް އިތުރު ދިރުމެއް ލިބިއްޖެއެވެ.

އާދުވަހަކަށް އިރުއެރީ ލަޔާލްއަށް ނުނިދި އާކިފްގެ ހިޔާލްތަކުގައި އޮއްވައެވެ. އެ މައުސޫމް މޫނުމަތިން ނިދީގެ އަސަރެއް ފެންނަންވެސް ނެތެވެ. މޫނު ދޮވެ ތާޒާވެލައިގެން ރާސްތާންއަށް ދިޔައެވެ. ލަޔާލް ބަދިގެ ފަރާތަށް ދަމުން ފޯނާއެކު އޭނަގެ ހޭންޑްބޭގް ބާއްވައިލީ ގޭގެ ސިޓިން ރޫމްގައެވެ. ވަގުތަކަށް ބަލަން ހުރި ފަރީޝާއަށް މިކަން ރަނުގެ ފުރުސަތަކަށް ވެގެން ދިޔައެވެ. ދަބަސް ކައިރިއަށް ހުއްޓި ސިއްރު ސިއްރުން ކޮންމެވެސް އެއްޗެއް އެ ދަބަސް ތެރެއަށް ލައިފިއެވެ.

ހެނދުނުގެ ސައިގަޑިއެވެ. އޮފީހަށް ދާން ތައްޔާރުވެލައިގެން ޝައުފްއާ ޝާން އަދި މާހިރު އައިސް ކާމޭޒުދޮށުގައި އިށީނެވެ. ސޯފީ ވެސް އޭނަގެ ގޮނޑީގައި އިށީންނަމުން ފަރީޝާގެ ގޮނޑިއަށް ބަލާލިއެވެ. ” ޝާން ފަރީޝާ ނުހޭލަނީތަ…..” ސޯފީ އަހާލިއެވެ. ”ނޫން ހޭލައިގެން އުޅުނު …އަންނާނަން ބަލާލާފަ…..” ޝާން ތެދުވަމުން ބުނެލިއެވެ. ” މަޑުކުރޭ ޝާން……މަންމަ އަންނާނަން ބަލާލާފަ……..” ސޯފީ ތެދުވެ ފަރީޝާގެ ކޮޓަރިއަށް ހިނގައިގެންފިއެވެ.

ފަރީޝާގެ ކޮޓަރިއަށް ސޯފީ ވަތްއިރު އަލަމާރީގައި ހުރި ހުރިހައި ސަމާނެއް އެނދުމައްޗަށް އަޅާލައިގެން ފަރީޝާ ކަންބޮޑުވެފަ އިނެވެ. އެނދުމަތީ ތަރުތީބެއް ނެތި އަންނައުނުތައް ފުނިޖެހިފައި އޮތެވެ. ” ފަރީޝާ…..މި ކޮންކަމެއް………” ސޯފީ ހައިރާންވެ އަހާލިއެވެ. ހާސްވެފައި އިން ފަރީޝާ ރުއިމުގެ އަޑުން ކޮޓަރީގައި ވީ ހިމޭންކަން ދުއްވާލައިފިއެވެ. ” ކީއްތަވީ…” ފަރީޝާ ރޯން ފެށުމުން ސޯފީ އިތުރަށް ކަންބޮޑުވިއެވެ.
” މަންމާ އަހަރެން އަތަށް ޝާން ދިން ތިންހާސް ރުފިޔާ ގެއްލިއްޖެ…” ފަރީޝާ ރުއިން މެދުކަނޑާލަމުން ބުނެލިއެވެ. ” ގެލިއްޖެއޭ…ފަރީ ބަލާބަލަ ރަނގަޅަށް ބޭއްވުނީ ކޮންތާކު ތޯ…ކޮންމެވެސް ތާކަށް ތި ލެވުނީ…..” ސޯފީ ބުނެލިއެވެ.
” އަހަރެން ހުރިހައި ތަނެއް ބަލައިފިން…..އެއްތާކުވެސް ނެތް….ޔަގީން ކޮންމެވެސް މީހަކު ވަގަށް ނެގީ…” ފަރީޝާ ޔަގީން ކަމާއެކު ބުނެލިއެވެ. ” ދެން އަޅާނުލާބަލަ…….އެންމެ ތިންހާސް ރުފިޔާ….މަންމަ ދީފާނަން ފަރީޝާއަށް ތިންހާސް ރުފިޔާ…..” ސޯފީ ހިނިއައިސް ބުނެލިއެވެ. އެންމެ ތިންހާސް ރުފިޔާއަކީ ސޯފީ މެންނަށް ބޮޑު އެއްޗެއް ނޫނެވެ.
” އަހަރެން ބޭނުމެއް ނޫން އަޅާނުލާ ދޫކޮއްލާކަށް….ޝާން އަހަންނަށް ދިން އެއްޗެއް……ކޮންމެވެސް މީހަކު ވަގަށް ނެގީ…..” ފަރީޝާ އެނދުން ތެދުވެއްޖެއެވެ. ” މިގޭގަ ކާކު ހުންނާނި ވައްކަން ކުރަން……” ފަރީޝާގެ ފަހަތުން ނުކުންނަމުން ސޯފީ އަހާލިއެވެ.

ފަރީޝާ ކޮޓަރިން ނުކުތް އިރު ފިރިހެންވެރިން ސައިބޮއިގެން އޮފީހަށް ހިގައްޖެއެވެ. އޭރު ލަޔާލް އެކަނި ތަށިތައް ނެގުމަށް އުޅެއެވެ. ”ލަޔާލް……” ހަރިކަށިކަމާއެކު ފަރީޝާ ގޮވާލުމުން ލަޔާލް ސިހިގެން ހިގައްޖެއެވެ. ”އަހަރެން ކޮޓަރިއަށް މިއަދު ވަނިންތަ؟” ފަރީޝާ އެހެން އެހުމުން ލަޔާލްގެ ބަދަލުގައި ޖަވާބު ދިނީ ސޯފީއެވެ. ” ލަޔާލް ތި ކޮޓަރިއަށް ވަނަސް ފަރީޝާއަށް އެނގޭނެ…..ދެން މިއަދު ހެނދުނު ޝާންއާ ފަރީޝާއާ ކޮޓަރިން ނުވެސް ނިކުމޭ ދެން ކިހިނެއް އެހެން މީހަކަށް ތިތަނަށް ވަދެވޭނި…….” ސޯފީ އެހެން ބުނުމުން ފަރީޝާގެ ބަސްހުއްޓުން ކަހަލައެވެ.
” އަހަރެން ހެނދުނު ބަގީޗާއަށް ފެންދޭންވެސް ދިޔައިން……ޝާން ނިދާފަ އޮތް އިރު މީނަ ނުވަންނަ ކަމެއް ކިހިނެއްތަ އެނގެނީ..” ފަރީޝާ އިނގިލި ދިއްކޮއްލަމުން ލަޔާލްއަށް ލޯއަޅާލިއެވެ. ” އަހަރެން ނުވަންނަން ދައްތަ ކޮޓަރިއަކަށް…..ކިހިނެއްވީ…..’ ލަޔާލް އަހާލިއެވެ.
”ކިހިނެއްހޭ ވީ…….އަހަރެންގެ ކޮޓަރިން ވައްކަން ކއްގެން މިއުޅެނި……ހިލޭ މީހަކަށް މިގެއަށް އައިސް އުޅެނި ލަޔާލް…….” ފަރީޝާ ބުނެލިއެވެ. ލަޔާލްގެ ބޮލުގައި އެފަދަ އިލްޒާމެއް އެޅުވީތީ ލަޔާލް ދެރަވިއެވެ. ދެލޯ ފެންކަޅިވެގެން ދިޔައެވެ.
” އަހަރެން އެއްވެސް އެއްޗެއް ނުނަގަން……ހަމަ ތެދަށް މިބުނީ…..” ލަޔާލް ރޮވިފައި ބުނެލިއެވެ. ފަރީޝާ ބަލައިލީ ލަޔާލްގެ އަތް ދަބަހަށެވެ. އަވަސް އަވަހަށް އެ ދަބަސް ނަގައި ހާވަން ފަށައިފިއެވެ. ” ފަރީޝާ ކޮން މޮޔައެއް ތިވަނި……ލަޔާލްގެ ބޮލުގައި އިލްޒާމްތަކެއް އަޅުވައި ކޮންކަމެއްގެ ހަސަދައެއް ތިބާލަނި….” ސޯފީ އަހާލިއެވެ.
” އަހަރެން ކަމެއްގެ ހަސަދައެއް ނުބާލަން…….މީހެއްގެ ބޮލުގައެއް އިލްޒާމެއްވެސް ނާޅުވަން…….ބަލަ މި ކޯއްޗެއް………އަހަރެންގެ ތިންހާސް ރުފިޔާ ދޯ މީ…..” ލަޔާލްގެ ދަބަހުން ފަތްޖަހާފައިވާ ފައްސަތޭކައިގެ ނޫޓްތަކެއް ނެގިއެވެ. ލަޔާލްއާއި ސޯފީގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ.
” އަހަންނަށް ފުރަތަމަ ދުވަހުވެސް ޝައްކު…. ތާކުން މީހަކު ފެންނަ އިރަށް މަންމަ ވާނެ މީހުން ގެންނަން……” ފަރީޝާ ސޯފީއަށް ބުނެލިއެވެ.
” އަހަރެން ނުނަގަން…….އަހަންނަކަށް ނޭނގެ އަހަރެންގެ ދަބަހަށް ތި ފައިސާ އައީ ކިހިނެއް ކަމެއް…….ސޯފީ ދައްތާ އަހަރެން ދޮގެއް ނުހަދަން……އަހަރެން ……..” ލަޔާލް މޫނުގައި އަތް އަޅައި ރޮއިގަނެވުނެވެ. ސޯފީ އެއްޗެއް ނުބުނެ ހިމޭނުން ހުރީއެވެ. ފަރީޝާ އިރުކޮޅަކު ހުރުމަށްފަހު އަމިއްލަ ކޮޓަރިއަށް ހިނގައިގަތް އިރު އެމޫނުމަތިން ފެންނަމުން ދިޔައީ ވިހަ ހިނިތުންވުމެވެ. އެ ވިހަ ހިނިތުންވުން ރަމްޒު ކޮއްދެނީ އޭނައަށް ލިބުނު ކާމިޔާބެވެ.

ލަޔާލް ވަރުވަލި ވަންދެން ރޯލިއެވެ. ސޯފީ އެހާ އިރުވަންދެން ލަޔާލްގެ ކުރިމަތީ ހުރީ އަނގައިންވެސް ނުބުނެއެވެ. ލަޔާލްވެސް އެއްޗެއް ނުބުނެ ތަށިތައް ނަގައިގެން ބަދިގެ ފަރާތަށް ދިޔައީއެވެ. ސޯފީ އާއި ފަރީޝާ ސައިބޮއި ނިމެންދެން ލަޔާލް ހުރީ އެމީހުން ފެންނަ ހިސާބަށް ވެސް ނުގޮހެވެ. އޭނަގެ ބޮލުގައި އެފަދަ އިލްޒާމެއް އަޅުވަން ފަރީޝާ ނޫނީ އެހެން މީހަކު ނޫޅޭނެކަން ޔަގީނެވެ. ފަރީޝާގެ ގޮތް ލަޔާލްއަށް އެނގެއެވެ. އަމިއްލައަށް ކުށެއް ނެތްކަން ސާބިތު ކޮއްދޭން ކުރެވޭނެ ކަމެއް ނެތްކަން އެނގުމުން ހިމޭނުން ހުރީއެވެ.

އޮފީހުގައި އިނދެފައި ޝައުފް ފޯން ހުޅުވާލައި ލަޔާލްގެ ނަންބަރަށް ޑައިލް ކޮއްލިއެވެ. ލަޔާލް ފޯނު ރިންގުވާންފެށުމުން ފޯން ނަގައި ކަންފަތުގައި ޖައްސާލިއެވެ.
” ހެލޯ…”
” ހެލޯ……ސޮރީ އިނގޭ ރޭގަ ފޯން ނިވުނީ…….ދެން ހޯދާ ހޯދާ ޗާރޖަރެއްވެސް ނުފެނުން……” ޝައުފް އަވަހަށް ބުނެލިއެވެ. ”ވަރަށް ގިނަ އިރު އިންތިޒާރު ކުރިންތަ؟” ޝައުފް އަނެއްކާވެސް އަހާލިއެވެ. ” އަބަދުވެސް ހުންނަނީ އިންތިޒާރުގައި….ކުރިންވެސް މިހާރުވެސް ދެންވެސް……..” ލަޔާލް ބުނެލިއެވެ. އެކޮޅުން އައީ ލުއި ހީލުމެކެވެ. ” އަސްލުވެސް….ދެން ފަހަރަކުން އެހެންނެއް ނުވާނެ…..މިހާރު ފޯނުގެ ޗާރޖަރު ނުގެއްލޭނެ ހެން އޮންނާނެ ފޮރުވާފަ………ހެހެ” ޝައުފް ބުނެލިއެވެ.
” މިހާ ދުވަސް ވަންދެން ނުގުޅާ ހުރީ ހަމަ ތި ފޯނުގައި ޗާރޖު ނެތީމަތަ………ނޫނީ އަހަރެން ގޭގެ އެޑްރެސް ނޭނގިގެންތަ؟” ލަޔާލް ބުނެލިއެވެ. އެހެން ލަޔާލް ބުނީ އާކިފް އެތައް ދުވަހެއް ވަންދެން ޚަބަރެއް ނުވެ ހުރުމުންނެވެ. ޝައުފްއަށް ލަޔާލް ބުނި ޖުމްލައެއް ދޭހައެއް ނުވިއެވެ. ”ކީކޭ ތިބުނީ….ނުވިސްނުން…..” ޝައުފް ބުނެލިއެވެ.
” ދެން ނުވިސްނޭ ކަމަށް ހަދަނީ……މީޓް ކުރީމަ ކިޔައިދޭނަން …….” ލަޔާލް ދޯޕައްޓާގެ ފަސްބަޔާ ކުޅެލަމުން ބުނެލިއެވެ.
” އާން…..އަވަހަށް މީޓް ކުރަންވީ…….މިރޭ އަހަރެން ތިގޭ ކައިރިއަށް ދާނަން……” ޝައުފް އެހެން ބުނުމުން ލަޔާލްގެ ހިތަށް ނޭނގޭ ހަމަޖެހުމެއް ލިބިގެން ހިގައްޖެއެވެ. އާކިފް އާ މީޓް ކޮއްލާ ހިތުން ލަޔާލްއަށް ހުރެވެނީ އެއް ނޫނެވެ.
” ލަޔާ……ރިކުއެސްޓެއް އެބައޮތް…..” ޝައުފް ބުނެލިއެވެ.
” ކޮންކަމެއް؟”
” އަހަންނަށް ވަރަށް ރީތި ލަޔާ ރަތްކުލައިގެ ދޯޕައްޓާ ހެދުން ލީމަ……..ޕްލީސް މިރޭ ރަތްކުލައިގެ ހެދުމެއް ލާތި…..އަހަރެން ގަޑިއަށް ދާނަން…..” ޝައުފް ބުނެލިއެވެ. ” އާން….” ލަޔާލް ބުނެލިއެވެ. ” އިހަށް ބާއްވާ…..މިގަޑީގަ ވަރަށް މަސައްކަތް އެބަހުރި….” ލަޔާލް ބަދިގެ ތެރެއަށް ނަޒަރެއް ހިންގާލަމުން ބުނެލިއެވެ. ޝައުފް ދެކޮޅު ހެދުމެއް ނެތި ފޯން ބޭއްވީ ހިތުގައިވާ އުއްމީދުގައި ކުލަ ޖެހުމުގެ ސިގްނަލްތައް ފެންނަން ފެށުމުންނެވެ.

ހެނދުނު ގޭތެރޭ ހިނގި އެއްވެސް ކަމެއް ލަޔާލްގެ ހިތަކު ނެތެވެ. ހިތުގެ ވެރިޔާ ފޯނުން ގުޅާލުމުން އެ ހިތުގައިވާ އުދާސްތައް ފެން އަޅައި ދޮވެލި ކަހަލައެވެ. ފަނޑުވެފައިވާ ހިނިތުންވުން އަނެއްކާވެސް ތުންފަތް މަތީ ދުވެލައިފިއެވެ. މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ލަޔާލް ގަޑިއަށް ބަލާލިއެވެ. މެންދުރު ދޭއްޖަހަނީއެވެ. މިރޭ އަށެއް ޖަހަން އަދި ހަގަޑި އިރު އެބަ އޮތެވެ. ” މިއޮއް ހާދުވަހުވެސް އިންތިޒާރު ކޮއްފިން…ދެންވެސް އިންތިޒާރުކުރާނި…..” ލަޔާލް އަމިއްލަ ނަފްސަށް ބުނެލިއެވެ.

ގޭގެ ބެލް ޖަހާލުމުން ލަޔާލް ދުވެފައި ގޮސް ދޮރު ހުޅުވާލައިފިއެވެ. ” ސޯފީއަށް ގޮވާލަ ދީބަލަ…..”’ އެމީހާ ބުނެލިއެވެ. ލަޔާލް ފަރުވާތެރިކަމާއެކު ބަލާލިއެވެ. ބްރިފްކޭހެއް ހިފައިގެން އައިސް ހުރި އެމީހާގެ ކަރުގައި އަޅާފައިވާ ސްޓެތޯސްކޯޕުން ދޭހަ ކޮއްދެނީ އެއީ ޑޮކްޓަރެއް ކަމެވެ. ” އަންވަރު އައީތަ….” ސޯފީ ކޮޓަރިން ނުކުންނަމުން ޑރ. އަންވަރު ފެނުމުން ބުނެލިއެވެ. ޑރ.އަންވަރު އާއި ސޯފީ ހިގައިގަތީ ބަންދު ކޮޓަރިއާ ދިމާލަށެވެ. އެވަގުތަކީ ސްކޫލުން ނިމިގެން އިމްލީ އައި ވަގުތެވެ. އިމްލީގެ ކައިރިއަށް ހުއްޓެމުން ލަޔާލް އަހާލިއެވެ.
” އެމީހުން އެތަނަށް އެ ދިޔައީ ކީއްކުރަން….އެ ޑޮކްޓަރ އެ އައީ ކީއްކުރަން…..” ލަޔާލް ހިތުގައި ފުނި ޖެހެމުން ދިޔަ ސުވާލްތައް ބަންޑުން ޖަހާލިއެވެ. ” ސާބަސް ލަޔާ…..ޑޮކްޓަރުން އަންނަނީ ބަލި މީހުން ބަލާކަންނުން…..ވެދާނެ އެތާގައި އެ އިންނަ މީހާ ބަލިވީކަމަށް…..އެ ޑޮކްޓަރ އަންވަރު އަކީ މި ފެމެލީ ޑޮކްޓަރެއް…….ސައިކޮލިޖިސްޓެއް އެއީ………ސޯފީ ދައްތަގެ ކަޒިންއެއް……” އިމްލީ ގޭތެރެއަށް ވަންނަމުން ބުނެލިއެވެ.
” ދެން އެތާ ބަންދު ކޮއްފަ އިނީމަ ސައިކޯ ވާނީ އިތުރަށް……ހޮސްޕިޓަލަކަށް ނުގެންދޭތަ؟” ލަޔާލް އިމްލީގެ ފަހަތުން ހިނގައިގަންނަމުން އަހާލިއެވެ. ” ދެން އެއީ އެމީހުންގެ ކަމެއް….ހޮސްޕިޓަލަކަށް ނުގެންދިޔަސް ފަރުވާ ކުރެވެންޏާ ގޭގަވެސް ކުރަންވީ……” އިމްލީ ބުނެލިއެވެ. އޭނަގެ ފޮތްދަބަސް ފަރުވާ ކުޑަގޮތަކަށް އެނދުމައްޗަށް އެއްލާލަމުން އެނދުގައި އިށީނެވެ.

” ބަންދު ކޮއްފަ އެ އިނީ ކާކުތަ؟” ލަޔާލްއަށް އަހާލެވުނެވެ. ” ނޭނގެ ކާކުކަމެއް………އިމްލީ ކުރިންވެސް ބުނިން ނޭނގެއޭ…..ނަމެއްވެސް ނޭނގެ ދުވަހަކުވެސް މި ދެލޮލަކުން ނުދެކެން……..” އިމްލީ އޭނަގެ ދެލޮލަށް އިޝާރަތްކޮއްލަމުން ބުނެލިއެވެ. ” ދެން އިތުރަށް ސުވާލް ކުރާނެ ކަމެއްނެތް……..އަވަހަށް ގެއަށް ދޭ……ކިތައްމެ ވަރަކަށް ސުވާލު ހިތުގައި އުފެދުނަސް ތިއީ ޖަވާބު ލިބޭނެ ސުވާލްތަކެއް ނޫން…..” އިމްލީ ތުވާލި ނގައި ފާހާނާއަށް ހިނގައިގަތެވެ. ލަޔާލް އެއްޗެއް ނުބުނެ ހިނގައިގަތެވެ. ބަގީޗާ ތެރެއިން ދިޔައިރު މެދު ނުކެނޑި އެ ކޮޓަރިން ހަޅޭކުގެ އަޑު އިވެމުން ދިޔައެވެ.

ބުނެފައިވާ ގަޑިއަށް ވުރެ ކުރިން ލަޔާލް ތައްޔާރުވެލިއެވެ. ރަތްކުލައިގެ ހެދުން ލައިގެން ހުރި އިރު ލަޔާލް ވަރަށް ރީއްޗެވެ. އިސްތަށިގަނޑު އެއް ފަރާތަށް އައްސާލުމަށްފަހު ކަންފަތް ބުޑުގައި ރަތްކުލައިގެ ފިނިފެންމާ ބޮނޑިން މަލެއް ޖަހާލިއެވެ. ދެފަރާތުގެ ކަންހުޅިންވެސް މޫނުމައްޗަށް އިސްތަށިކޮޅެއް ދޫކޮއްލެވިފައި އޮތެވެ. ލަޔާލް މިވަރަށް ތައްޔާރުވާންފެށުމުން ޝިފާނާ ޝައްކުގެ ނަޒަރަކުން ބަލަންފެށިއެވެ. މަޑުން ނުހުރެވިގެން އަހަންވެސް އެހިއެވެ. ލަޔާލް އެއްވެސް ޖަވާބެއް ނުދިނެވެ.

ދޮރާށި ކައިރިއަށް ނުކުމެ ދެކޮޅު ބަލާލިއެވެ. އާކިފް ފެންނަން ނެތުމުން އިންތިޒާރުގެ ވަގުތުތައް ގުނަން ފަށައިފިއެވެ. ހަނދުގެ ހަނދުވަރުން އެޅިފައިވަނީ ފަނޑު އަލިކަމެކެވެ. މަގުމަތިން ދިއްލާފައިވާ ބައްތި ތަކުންވެސް ލަޔާލްގެ ގޭކައރިއަކަށް މާބޮޑު އަލިކަމެއް ފޯރުކޮއްލައެއް ނުދެއެވެ. ލަޔާލް ދޮރާށީގައި ލެނގިލައިގެން ހުރި އިރު މަގުމަތިން ހުރަސްކޮއްލާ ބައެއް ޒުވާނުންގެ ލޮލުގެ ހަމަލާތައް އަމާޒްވަމުން ދިޔައެވެ.
” އައި އެމް ސޮރީ…..” ސައިކަލްގައި މަޑުކޮއްލަމުން މީހަކު އެހެން ބުނެލި އަޑަށް ލަޔާލް ބަލާލިއެވެ. ސައިކަލްގެ ހެޑް ލައިޓް ނިއްވާލުމާއި އެކު މުޅިތަނަށް ވެރިވި އަނދިރިކަމުން މޫނު ނުފެނުނު ކަމުގައި ވިއަސް ލަޔާލް ނިންމީ އެއީ އާކިފް ކަމަށެވެ. ” މިރޭވެސް ލަހުން…….އަހަރެން ހީކުރި އަވަހަށް އަންނާނެކަމަށް…..” ލަޔާލް އަނެއްފަރާތަށް އެނބުރުނެވެ. ” އައި އެމް ސޮރީ……އަހަރެން ގަސްތުގައި ލަސްވީއެއް ނޫން……ލަޔާގެ ސަބަބުން ލަސްވީ……” ޝައުފް ހީލަމުން ބުނެލިއެވެ.
” އަހަރެން……..” ލަޔާލް އަހާލިއެވެ. އޭރުވެސް ލަޔާލް ހުރީ ފުރަގަސްދީގެން ކަމުން ޝައުފްކަމެއް ލަޔާލްއަކަށް ނޭނގެއެވެ.
” ހޫމް…މި ހަދިޔާ ގެންނަން ހަދައިގެން ލަސްވީ……” ޝައުފް ޖީބުން ރިހި ކެވެލިކޮޅެއް ނަގަމުން ބުނެލިއެވެ. ލަޔާލް އެނބުރިލައި ބަލާލުމާއިއެކު އެ މޫނުމަތިން ފެންނަމުން ދިޔަ ލަދުރަކި ހިނިތުންވުން ފަޑުވެއްޖެއެވެ. ޝައުފް ކެވެލި ކޮޅަށް ބަލަހައްޓައިގެން ހުރިތަން ފެނުމުން ލަޔާލްއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ.
”ޝައުފްތަ؟” ލަޔާލްއަށް އަހާލެވުނެވެ.

(ނުނިމޭ)

13

11 Comments

 1. inaa

  March 21, 2014 at 2:02 pm

  v reethi mi part ves…..next part thankolheh avahaa upload kohdhyfihyaa v rangalhu……

 2. zahu

  March 21, 2014 at 2:38 pm

  so aakif mee shauf ge beybe dhwww

 3. xaaahy

  March 21, 2014 at 8:50 pm

  nop xuhu aakif aky kaakukan engeyne dhen huri part thah kiyaa lyma
  n btw thanx inaa

 4. Aahshaaa

  March 22, 2014 at 3:21 pm

  Waaaaaaaaooooo…….. alhe haada salhiey……… next part vx v rytivaane kamah uhmydu kuran…….

 5. liuu

  March 23, 2014 at 6:01 pm

  zahu bunhn liuah vx huvanyyy aakif aky shauf ge bro hnnn….ehn vejjeyya v kada vaane ingey…liu beynumy shauf n layaa gulhuvn…dhn edheytherah ehn myhaku nugenacheyyy…..wating 4 da nxt prt<3
  …..

  • maee

   March 24, 2014 at 10:39 pm

   mashahvessssssssssssss.

 6. liuu

  March 24, 2014 at 4:38 pm

  xaahy…..avahah up khdhyba….Kn dhuvahei wait kuraathaa
  C…Mihaaru nidhivx naaadhey vaahaka kiyaahithn….dhn plxxxx…….avahah up khdhyba:

 7. xaaahy

  March 24, 2014 at 9:18 pm

  sry liu
  mi ulheny internet slow kamun up nukurevigen
  maybe tommorow i will up the next part

 8. liuu

  March 25, 2014 at 11:28 pm

  alhe xaahyyy…mihaa dhn v ma vx mi balaaly vaahaka up vefa intho…kbaatha…haadha inthixaarei eba kuramey…alhe plxxx…..2mrw up khdhechey….plx…plx…plxxxxx….v kiyaahivvey mi vaahaka….plxxx.plxxx.

 9. some1

  March 26, 2014 at 8:42 pm

  eyyyy….zaahyy kbaatha…wait koh koh halaaku vejje……..kn dhuvahakuntha up kuranyyyyyyyy?????????????????????????????

 10. liuu

  March 26, 2014 at 10:34 pm

  zaahyy………………..kihinei thi hadhanyyyyy…..adhivx ntwrk prblm solve ei nuveythaa…….pls up khdhybaa iam waitng immensely 4 da nxt prt……………………..

Comments are closed.