Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އާލިފް 5

yoona Level 110 Stories
March 29, 2014 5 Mins Read
8 Comments

އާލިފް ގޮސް ރެސްޓޯރެންޓަކަށް ވަނެވެ. އަދި ޖީބުގައި އޮތް ފޯނު ނަގައި މަންމައަށް ގުޅާލިއެވެ. އޭރު މަންމަ ހުރީ ގެއަށް ގޮހެވެ. އޭނާ ކާފަ ކިހިނެއްތޯ އަދި މަންމަ ކައިފިންތޯ އަހާލިއެވެ.

“ދަރިފުޅު އަންނަމުން މަންމައަށް ކާންގެނޭ…………..މަންމަ މިއުޅެނީ ނަމާދު ކުރަން އިނގޭ……..” މަރިޔަމް ޖަވާބު ދިނެވެ.

“އާން…………އަޅުގަނޑަށް ދެވޭނީ އަދި ސިމްނަގައިގެން………….” އާލިފް ބުންޏެވެ.

“އެހެންތަ…..ތީ މިވައްޒަފުން ގުޅާ ފޯނުދޯ؟.” މަންމަ އަހާލިއެވެ.

ރޭގަނޑު އަށެއް ޖަހާކަންހާއިރެވެ. އާލިފް ދިޔައީ ދިރާގަށެވެ. ސިމް ނަގާށެވެ. އޭނާ ބޭނުންވީ ކުރިންވެސް ގެންގުޅުނު ނަންބަރު ނަގާށެވެ.

ކިއު ތަރުތީބުން އާލިފް ގޮސް އިށީނެވެ. ނަސީބަކުން ވަރަށް މީހުން މަދު ވަގުތެކެވެ. ނަންބަރު ޖެހުމުން އާލިފް ކައުންޓަރު ކައިރިއަށް ދިޔައެެވެ. އަދި ކައުންޓަރުގައި އިން އަންހެން ކުއްޖާއަށް ބަލާލާފަ ހީލިއެވެ. އެއީ މިއަދު ދިމާވި ކުުއްޖާކަން އާލިފަށް އެނގުނެވެ.

އިމްނާ ހިތާ ހިތުން ކިޔާލިއެވެ.

“މީ ހަމަ އިއްތިފާޤެއް ތަ؟..”

އާލިފް އައި.ޑީކާޑު ދިއްކޮށްލިއެވެ. އިމްނާ ހިނިތުންވެލާފައި އާލިފްއާއި ބެހޭ މަޢުލޫމާތު ސާފުކުރަން ފެށިއެވެ. އެއިރު، މީހާގެ ހިތް ހީވަނީ ހަމަ ދެންމެ ދެންމެ ފުންމާލަފާނެހެވެ.

ސިމްގެ ކަންތައްތައް ނިންމާލުމަށްފަހު އާލިފް ދިޔުމުގެ ކުރިން އިމްނާއަށް ނުހުރެވިގެން އަހާލިއެވެ.

“ތީނަޔާ ދޯ މިއަދު ފިހާރަ ކައިރިން ދިމާވީ؟”

“އާނ………..މަށަށްވެސް ހީވެއްޖެ..” އާލިފް ޖަވާބު ދިނެވެ.

“އިމްނާ….” އިމްނާ ނަންބުނެލިއެވެ.

ސަލާންކޮށްލުމަށް އޭނާ ދިއްލި އަތުގަ އާލިފް ހިފާލިއެވެ.

“އޯކޭ……ދެން ދަނީ..” އާލިފް ދިޔުމުން އިމްނާއަށް އަތުގެ ވަސް ބަލާލެވުނެވެ. ހިތް ހަލާކުވާކަހަލަގެ މީރުވަހެއް އަތުގައި ހުއްޓެވެ.

“އަހަަންނަށް މިވަނީ ކީއް؟…” އިމްނާގެ ހިތަށް އެރިއެވެ.

އިމްނާ އަވަސްއަވަަހަށް ފޯނުނަގައި ރީނާއަށް ގުޅާފައި މިވާހަކަތައް ކިޔާދިނެވެ.

“ތިއޮތީ….ނަމާ ނަންބަރުވެސް އިނގިފައެއްނުން…………..ހިތްވަރުކޮށްފަ ފަށާ..” ރީނާ ބުންޏެވެ.

“ކިހިނެއް ހަދާނީ؟”

“ހަދާނެގޮތް ހުސްވޭތަ……….މެސެޖްކުރޭ ………ނޫނީ ފޭސްބުކުން ހޯދާ…” ރީނާ ކިޔާދިނެވެ.

“ރީނާއަށް އިނގޭތަ؟……އަހަންނަށް ހީވަނީ އޭނާއަކީ ވަރަށް ބޮޑު މުއްސަންޖެއްހެން……”

“ރަނގަޅެއްނުން……….ލަކީއެއްނުން………..އަޅެ ޓްރައި ކޮއްލަބަލަ”

“މަށާ އެކަށީގެން ނުވެއްޖިއްޔާޔޯ…” އިމްނާ ހިތާމަވެރި ގޮތަކަށް ބުނެލިއެވެ.

“ތީ މާކުރީގެ ބޯދާ ޚިޔާލެއް……..މިޒަމާނު  ނުބަލާނެ މާލޭގަ ގެދޮރުހުރިތޯ ނުވަތަ ރާއްޖެތެރެތޯއެއް” ރީނާ އިމްނާއަށް ހިތްވަރު ދިނެވެ.

އިމްނާ  އެރޭ ޑިއުޓީ ނިންމާފައި ގެއަށް އައިއިރު ބާރަ ގަޑި ބައިވެދާނެއެވެ. އިމްނާ އުޅެނީ އޭނާގެ މަންމައާ އެއްބަނޑު މީހަކު ކުއްޔަށް ހިފާފައި ހުުންނަ ތިން ކޮޓަރީގެ އެޕާޓްމެންޓެއްގައެެވެ. އިމްނާ ކޮޓަރިއަށް ވަންއިރު ކޮޓަރި އޮތީ ފުލްވެފައެވެ. އެގޭ ހުރިހާ އަންހެން ކުދިން ނިދަނީ އެއް ކޮޓަރީގައެވެ.

އިމްނާ ލެޕް ހިފައިގެން ސިޓިންގރޫމަށް ނުކުތެވެ. އެހުުޅުވާލުމަށްފަހު އެފްބީ އިން ލޮގްއިން ވެލިއެވެ. އަދި އާލިފް ޖަހާފައި ސަރޗްކޮށްލިއެވެ. އިމްނާގެ ނަސީބު ވަރަށް ރަނގަޅެެވެ. ވަރަށް ފަސޭހައިން ފެނިއްްޖެއެވެ. އޭނާ އެންމެ އުފާވީ އާލިފްވެސް އެގަޑީގައި އޮންވެގެން އިނީމައެވެ. އަދި ފްރެންޑް ރިކުއެސްޓް ފޮނުވާލިތަނާހެން އާލިފް އެކްސެޕްޓް ކުރިއެވެ.

އިމްނާ ހައި ޖަހާލިއެވެ. އާލިފްވެސް ޖަވާބުގައި ހައިޖަހާލިއެވެ.

“ކާކު ކަން އިނގިއްޖެތެ؟..” އިމްނާ އަހާލިއެވެ.

“ޔެސް” އާލިފް ޖަވާބުދިނެވެ.

މިގޮތަށް ދެމީހުން ވާހަކަ ދައްކަަންފެށިއެވެ.

އިމްނާވީ އާލިފްވެސް ވަރަށް ގަޔާވާ ކުއްޖަކަށެވެ. ވަރަށް ދަންވަންދެން ދެމީހުން ޗެޓް ކުރަން ތިއްބެވެ.

އަނެއް ދުވަހު ހެނދުނު އާލިފަށް ހޭލެވުނީ މަންމަ ގޮވާލި އަޑަށެވެ. މޯޅިއަކަށް ދެމިލަމުން ގަޑިއަށް ބަލާލިއެވެ. ދިހައެއް ޖަހަނީއެވެ.

“ހާދަ ލަހުން ތި ގޮވީ؟..” އާލިފް ޝަކުވާކުރިއެވެ.

“އެހެންތަ!….ކިތަށްފަހަރު ގޮވައިފިން….” މަރިޔަމް އާލިފް އޮތް އެނދުގެ ބާލީސްތައް ރީތިކޮށްލިއެވެ. އާލިފް ތެދުވެ އެނދުން ފާބާފައި ބާލީސް ދަށުގައި އޮތް ފޯނުނަގާ ބަލާލިއެވެ.

“އަށް މިސްކޯލް…… ކާކުބާ؟” އަށްފަހަރު ގުޅާފައި އިނީ ވައްޑެއެވެ. އާލިފް އަވަހަށް ވައްޑެގެ ނަންބަރު ޑައިލްކޮށްލިއެވެ.

“ސާބަސް……. ހާދަވަރަކަށް ގުޅައިފީމޭ……. ރޭގަ މޫދުން ނާރަނީތަ؟…”ވަހީދު ޝަކުވާކުރިއެވެ.

“ނޫން…ވީގޮތަކީ….” އާލިފް އިމްނާގެ ވާހަކަ ކިޔާދިނެވެ.

“ތީދޯ ވީގޮތަކީ…..ވަރަށް ސަޅިތަ؟…”ވަހީދު އެހިއެވެ.

“ކީއްކުރަން އެވަރަށް ގުޅީ؟” އާލިފް ވާހަކަ އޮޅުވާލިއެވެ.

“މުތީ ރިސޯޓުގެ ސަޕްލައި ދޯނީގެ އިންޖީނު ހަލާކުވެގެން” ވަހީދުވެސް އާލިފްގެ ސުވާލަށް ޖަވާބުދިނެވެ.

“އެެހެންތަ!….މިހާުރު ކޮބާ؟…”

“މިހާރު އެކަން ނިމިއްޖެ…….ކޮންއިރަކުން މިކޮޅަށް އަންނަނީ ….”

“މާދަމާ ދާނަން…”

ވަހީދުގެ ފޯނު ނިިންމާލުމަށްފަހު އާލިފް ވަނީ ފެންވަރާށެވެ.

ފެންވަރަން ފެށިތަނާ އިމްނާ މަތިން ހަނދާންވެއްޖެއެވެ. އަވަސް ކޮށްލައިގެން ނުކުމެ ފޯނު ނެގިއެވެ.

އެވަގުތު، ފޯނު ރިންގުވާންފެށިއެވެ.

“އައްސަލާމް އަލައިކުމް..” އާލިފްގެ ކަންފަތުގައި އިމްނާގެ ރީތި އަޑު ޖެހުނެވެ.

“ވައަލައިކުމުއްސަލާމް…”

“އަދި ކިރިޔާތަ މޯރނިންގ ވީ …..” އިމްނާ އަހާލިއެވެ.

“އާން….އިމް ނުވެސް ގޮވަމެންނުން…”އާލިފް ސަމާސާ ރާގަކަށް ބުނެލިއެވެ.

އިމްނާ ވަރަށް އުފާވިއެވެ. އާލިފް އެހާގާތްޖޮކޮށް ވާހަކަ ދެއްކީމައެވެ. ދެމީހުން ވާހަކަ ދައްކަން ތިއްބައި އާލިފްގެ މަންމަ ކޮޓަރިއަށް ވަދެގެން އައިކަންވެސް އާލިފަކަށް ނޭންގުނެވެ.

“އަދިވެސް ހުރީތަ…؟

“ކިހިނެއްވީ؟….މަންމަ ތާކަށް ދާންވީތަ؟..”

“އާން……މަންމަ މިދަނީ ކާފަ ކައިރިއަށް ގޮސްލަން…..މަންމަ އަންނަން ބާޒާރަށް ދާންވާއިރަށް……..” މަންމަ ދިޔުމުން އާލިފް އިމްނާއާއި ވާހަކަ ދައްކަން ފެށިއެވެ. އަނދެގެން އިން ތިވާލިއާއިއެކުގައި އެނދުގައި ޖައްސާލަމުން އިމްނާއަށް ހަލޯ ގޮވާލިއެވެ.

“އެއީ މަންމަތަ؟…” އިމްނާ އަހާލިއެެވެ.

“އާން………އިމްނާ ކޮންރަށެއްތަ؟”

އިމްނާ ކޮންރަށެއްކާމާއި އާއިލާއާއި ހައިޞިއްޔަތު އާލިފަށް ކިޔާދިނެވެ. އާލިފްވެސް އިމްނާއަށް އާލިފްއާއި ބެހޭ މަޢުލޫމާތު ދިނެވެ. މޫދާއި އޮންނަ ގާތްކަމުގެ ވާހަކަ މެނުވީއެވެ. އަދި މާދަމާ ރަށަށްދާން ފުރާވާހަކަވެސް ބުންޏެވެ. އިމްނާ ވަރަށް ދެރަވިއެވެ. އެހާ އަވަހަށް ގެއްލޭތީއެވެ. ހިމޭން ވަގުތުކޮޅަކަށްފަހު އާލިފް ވާހަކަ ދައްކަން ފެށިއެވެ.

“އިމް…މިރޭ ޑިއުޓީތަ؟” “ނޫން…ކިހިނެއްވީ؟” “ކެރޭނެތަ މަށާއެެކު ކޮފީއަކަށް ދާން؟'” އިމްނާ ވަކި ޖަވާބެއް ނުދިނުމުން އާލިފް އަނެއްކާވެސް ވާހަކަ ދައްކަންފެށިއެވެ.

“އިމް…ފްރެންޑަކާއެކު އަޔަސް އޯކޭ..”

އިމްނާ އަނގައިން ނުބުނެ އިނީ ވީ އުފަލުންނެވެ.

“ކޮންތާކަށް ދާންވީ؟..” އިމްނާ އަހާލިއެވެ.

“ޓްރޭޑަރސް ކިހިނެއްވާނީ؟” އިމްނާގެ ދެލޯ ބޮޑުވިއެވެ.

“އަދި ދުވަހަކުވެސް ނުދަން ތިތާކަށް…” އިމްނާ އަޅައަޅައިގަންނަމުން ލަދު ރަކިގޮތަކަށް ބުންޏެވެ.

“އިމް އެންމެ ގިނައިން ދަނީ ކޮންތާކަށް؟”

“އޮފީސް ކުރިމަތީގައި އިންނަ ތަނަށް…” އިމްނާ ފަސްޖެހިލިހެން އާލިފަށް ހީވިއެވެ. އަދި އެއީ ކީއްވެގެންކަންވެސް އާލިފަށް ވިސްނުނެވެ.

“ސްކޫޕް އޯކޭވާނެދޯ…”

“އާން..އާން” އިމްނާ އަވަސް އަވަހަށް ޖަވާބުދިނެވެ. ދެމީހުން ފޯނު ބޭއްވީ ދާނެ ތަނަކާއި ގަޑި ކަނޑައެޅުމަށް ފަހުގައެވެ.

ފޯން ރިންގުވާން ފެށުމާއެކު ރީނާ ކުރަންހުރި މަސައްކަތް ހުއްޓާލާފަ ގޮސް ފޯނު ނެގިއެވެ.

 “ކީކޭ އިމް” ރީ….. ރީ…. ރީ…. އަހަރެން ވަރަށް އުފާވެއްޖެ މިއަދު”

“ކިހިނެއްވީ އަނެއްކާ ؟….އެސޮރު ފެނުނީތަ؟…” އިމްނާ އަލިފުން ފަށައިގެން ޔާއަށް ކިޔައިދިނެވެ.

“ކޮބާ މަބުނީމެންނުން ނަސީބާކީ ކައުންސިލަރުން ދޭ އެއްޗެއް ނޫނޭ……………ކޮންތާކަށް ކޮފީއަށް ދަނީ؟..”

“ސްކޫޕަށް…ރީއަށް އިނގޭތަ ފުރަތަމަ ކޮންތާކަށްކަން” އިމްނާ ރީނާއަށް އޮޅުންފިލުވައިދޭން ބޭނުންވިއެެވެ.

“ޓާރޭޑަރސްއަށް”

“ދެންއެހާ ބޮޑު މުއްސަންޖަކަށް ވިއްޔާ އަހަރެން ހާބަރު ކަޑައަކަށްދިޔަސް..”ރީނާ މިހާހިސާބަށް ބުނެފައި ހުއްޓާލިއެވެ.

“ރީ ދާނަންތަ މަށާއެކު؟”

“މަ… ނުދާނަން…” ރީނާ ދެކޮޅު ހެދިއެވެ. ގަސްތުގައެވެ. ރީނާ ބޭނުންވީ އެދެމީހުން ފޮނުވާށެވެ. އެހެން އެކި ބަހަނާ ދައްކައިގެން އިމްނާ ހަމަޖައްސާލިއެެވެ.

އިމްނާ އިންތިޒާރުކުރަމުން އައީ އެރޭ ނުވައެއްޖަހާނެ އިރަކަށެވެ. މިހާހިސާބުން އާލިފްއާ ދެކެވުނު ވާހަކައިން އާލިފަށް އެންމެ ރީތި ކުލައާއި މީރު ކެއުމާއި މިހާރުގެ ބަހުން ބުނާނަމަ ފެވަރިޓް ހުރިހާކަމެއްވަނީ އިމްނާއަށް އެނގިފައެެވެ. އިމްނާ ގަސްތުކުރީ ކަނޑުނޫކުލައިގެ ހެދުމެއް ލާށެވެ.

އާލިފްވެސް ކުރަން ހުރި މަސައްކަތްތައް ނިންމާލާފައި ހަވީރު މަންމަ ގޮވައިގެން ބާޒާރަށް ގޮސް ނިންމާލާފަ ގެއަށްއައިސް ފެންވަރާލައިގެން އެނދުގައި އޮށޯވެލިއެވެ. ހަަމަޖެހިލުމާއެކު ހިތުގައި އިމްނާ ޓަކި ޖަހާލިއެވެ. ހެޔޮވަރުގެ އިސްކޮޅަކާ އެއްވަރު ރޫފަ ހެޔޮވަރު މާދޮންނޫނަސް ވަރަށް ސާފު ސާދާ މޫނެކެވެ. ކުޑަ ކުޑަ ރީތި ދެލޮލާ މުށިކުލައިގެ ކަޅިރަވައާއި މަޑުމައިތިރި މިޒާޖް އާލިފްގެ ހިތް އަތުލައިފިއެވެ. އާލިފްގެ އުމުރުން 25 އަހަރުވީއިރު އެއްވެސް އަންހެން ކުއްޖަކަށް ފަތަޙަ ނުކުރެވުނު އާލިފްގެ ހިތް އޭނާގެ އިމްނާ ވަގަށް ނެގީ އާލިފްއަށް އަންގާވެސް ނުލައެވެ. އެހެންޏާ އާލިފްގެ ބިޒީ ލައިފްގައި އޮންނަނީ ބިޒީ ލައިފް ފިޔަވައި ދެން މޫދެވެ. އެހެނަސް މިހާރު ތިންވަނަ ކަމެއްވެސް މިވަނީ އާސްފައެވެ. މިހާރު ކޮންމެކަމެއް ކުރަން ހުއްޓަސް ހިތުގެ އެއްކަނެއްގައި އިމްނާގެ ވިންދުޖަހައެވެ.

ގަޑިން ނުވައެއް ޖެހިއިރު އާލިފް ހުރީ ސްކޫޕްގެ ވޮޗަރަކަށެވެ. އިމްނާއަށް އާދެވުނީ ތަންކޮޅެއް ލަހުންނެވެ. އިމްނާ ފެނުމާއެކު އާލިފް ޝަކުވާކުރިއެވެ.

“ކީއްވެ ލަސްވީ”

“ކާރެެއް ނުލިބިގެން”

ދެމީހުން އެކުގައި އެތެރެއަށް ވަނެވެ. އާލިފް ހުރީ މާކުރިން ބޮޑު އަގުގައި މޭޒެއް ރިޒަރވް ކޮށްފައެވެ.

“މިތާގަ އިށީންދޭ” އާލިފް އިމްނާ އިށީންނަން ގޮނޑި ދައްކާލަމުން ބުނެލިއެވެ.

“ކޯއްޗެއް ގެންނަންވީ …..އަހަރެން ދާނަން ބަލައި….” އާލިފް މިހެން އަހާލުމުން އިމްނާ އިސްޖަހާލިއެވެ.

“ކޮންމެވެސް އެއްޗެއް ގެނޭ…” އާލިފް ގޮސް 2 ބަނާނާ ސްޕްލިޓާއި ހެދިކާކޮޅެއް ގެނައެވެ.

“އިމް…މާދަމާ 10 ޖަހާއިރު ފުރަން މިއުޅެނީ ..” އިމްނާ އަނގަޔަށްލާން ނެގި ހެދިކާ ވެއްޓުނެވެ.

“ކިިހިނެއްވީ؟” އާލިފް އިމްނާއަށް ބަލާލިއެވެ.

“ކަ…ކަމެއް ނުވޭ..ދެންނުފެންނާނެދޯ އަވަހަކަށް…” އިމްނާ ދެރަވިކަން އާލިފަށް އެނގުނެވެ.

“ނޫނޭ …..އިމް ހަމަ އަންގާލާއިރަށް އަންނާނަން…..” އާލިފް އިމްނާ ހެއްވާލިއެވެ. އިމްނާ ރަކިވިއެވެ. އާލިފް ހިތަށް އެރިއެވެ. މިކަން ދިގު ދަންމާނެކަމެއް ނެތެވެ. އިމްނާގެ ހިތުގައި އޮތް އެއްޗެއް މިރޭ ނެރެންވާނެއެވެ.

“އިމް އަދި އެއްކަމެެއް ކޮއްދީ ފާނަންތަ؟”

“ހޫން…ބުނެބަލަ” އިމްނާ އެއްބަސްވިއެވެ.

“ފަހުން ބުނާނަން”

ސްކޫޕުން ބޭރަށް ނުކުމެފައި ޕާކްކޮށްފައި ހުރި އޭނާގެ ސައިކަލަށް އާލިފް އެރިއެވެ. އަދި ސްޓާޓްކޮށްލުމަށްފަހު އިމްނާ ކައިރީގައި އަރާށޭ ބުންޏެވެ. ބަސްއަހާ ކުޑަ ކުއްޖެއް ފަދައިން އިމްނާގޮސް ސައިކަލް ފަހަތަށް އެރިއެވެ. ދަނީ ކޮންތާކަށްތޯވެސް ނާހައެވެ. ސައިކަލް ދުއްވާލިވަގުތު އިމްނާއަށް އާލިފްގެ އުނަގަނޑުގައި ހިފަހައްޓާލެވުނެވެ. އެކަމާ އާލިފް އުފާވިއެެވެ.

“ބާރަށް ހިފަހައްޓައްޗޭ….ވެއްޓިދާނެ…”އިމްނާ ވަގުތުން ދޫކޮށްލިއެވެ. އާލިފް ކޮށްލި ސަމާސާއިން އިމްނާ ގަތީ ލަދެވެ. ސައިކަލު މަޑުކޮށްލީ ރާޅުގަނޑު ސަރަަހައްދަށެވެ. ސުނާމީ ބިނާ ހުންނަ ދިމާލަށް އިޝާރާތްކޮށްލަމުން…

“ހިނގާ އެތާ އިށީންދެލަން….”އާލިފް ބުންޏެވެ. އިމްނާ ދެކޮޅެއް ނަހަދައެވެ. މޫދު ފެންނަ ހިސާބަށް އައުމުން އާލިފަށް އުނދަގޫތަކެއް ވާންފެށިއެވެ. އާލިފް ފުންނޭވާއެއް ލުމަށްފަހު އިމްނާއާއި ދިމާލަށް އެނބުރުނެވެ. އަދި ހަމަޖެހޭ ގޮތް ދައްކާލަމުން ޖީބުން ފޯނުނެގިއެވެ.

“މީމަގޭ މަންމަ އާއި ބައްޕަ” އިމްނާ ޝައުޤުވެރިކަމާއެކު ފޯނުގައި އިން ފޮޓޮއަށް ބަލާލިއެވެ. ކުޑަ ހިމޭންކަމެއްް އެދެމެދަށް އައެވެ. އެއީ އާލިފް ބުނަންބޭނުންވާ ވާހަކަ ބުނަން ފަސްޖެހުމުންނެވެ. އެވަގުުތު އިމްނާގެ އަތުގައި އެއްޗެއް ޖެހުނުހެން އިމްނާއަށް ހީވިއެވެ. އިމްނާ ސިހިފައި ބަލާލިއިރު އާލިފް އިމްނާގެ އަތުގައި ހިފާލިއެވެ. އާލިފް އިމްނާގެ އަތްތިލަ ގެެނެސް އޭނާގެ އެއްއަތަށްލައި އަނެއް އަތް އޭނާގެ އަތްމަތީގައި ބާއްވާލިއެވެ.

“އިމް އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން…”އާލިފްގެ އަޑުގައި ހުރީ މަޑުމައިތިރި ކަމެވެ. އިމްނާ ލަދުން އިސްޖަހާލިއެވެ. އެހެނަސް އާލިފްގެ އަތުތެރޭގައިވާ އިމްނާގެ އަތް ދަމައިގަންނާކަށްވެސް އިމްނާ ބޭނުމެއް ނުވިއެވެ. އެއީ އެނަވެސް އެކަމާ ރުހޭތިއެވެ.

“އިމްއަށް…..ކެރޭނެތަ މަގޭ ހަޔާތުގެ ބައިވެރިއަކަށްވާން…..” އަސަރުން ފުރިގެންވާ ގޮތަކަށް އާލިފް އަހާލިއެވެ. ޖަވާބަކަށް އާލިފް އިންތިޒާރުކުރިއެވެ.

“އަނެއްކާ އިމްގެ ހަޔާތުގައި އެހެން މީހެއް ވޭތަ؟”

އިމްނާ ނޫނެކޭ ބުނުމުގެ ގޮތުން ބޯހަލުވާލިއެވެ.

“އެހެންވިއްޔާ އަހަރެން ކަމުނުދަނީ ދޯ…”

ދެންވެސް އިމްނާ ވަކިޖަވާބެއް ނުދިނެވެ.

“މަށަށްވެސް އިނގޭ މިވާހަކަ ދައްްކަން މާއަވަސްކަން ……….އެކަމަކު އަހަރެން ދެކޭ ގޮތުގައި ދަސްކުރާކަށް މާގިނަ ދުވަސްތަކެއް ނަގާކަށް ނުޖެހޭ……އިމް ބޭނުމިއްޔާ ވަގުތުކޮޅެއް ނުވަތަ ދުވަސްކޮޅެއްވެސް ދީފާނަން…..އޯކޭ ފަހުން ޖަވާބުދިނަސް…..”މިހެން ބުނަމުން އާލިފް އިމްނާގެ އަތުން ދޫކޮށްލިއެވެ.

އެވަގުުތު އިމްނާ އާލިފްގެ އަތުގައި ހިފިއެވެ. އާލިފް އިމްނާއާއި ދިމާލަށް އެނބުރިލައި ގާތްވެލިއެވެ. އިމްނާވެސް އާލިފާއި ކައިރިވެލިއެވެ. ދުނިޔޭގެ ލޯބިވެރިންގެ ލޯބީގެ ހާރުގެ މުތީއަކަށް މިދެލޯބިވެރިންގެ ލޯބިވެސް އެމުނިއްޖެއެވެ. ކުއްލިއަކަށް ދުރުން ވަރަށްގަދަ އައްޔެއްވީހެން ހީވިއެވެ. ތަންތަންކޮޅުގައި ތިބި މީހުން ސިހިގެން އެދިމައަށް ބަލަންފެށިއެވެ. އާލިފްވެސް އިމްނާގެ ގައިން ދޫކޮށްލުމަށްފަހު ކަނޑަށް ބަލާލިއެވެ. ވަރަށް ބޮޑު އެއްޗެއް ލޮނުގަނޑުން މައްޗަށް ފުންމައިގެން އަރާފައި އަލުން ލޮނުގަނޑުގައި ޖެހުނުތަން ވަރަށް ރީއްޗަށް ފެނުނެވެ. މަންޒަރު ފެނުނު މީހުން ހައިރާންވެގެން ފާޑުފާޑުގެ ވާހަކަ ދައްކަން ފެށިއެވެ. އެއީ ކޯއްޗެއްކަން އެމީހުންނަށް ނޭންގުނަސް އާލިފްއަށް އެނގިއްޖެއެވެ. އާލިފް ބެލީ އިމްނާ ގޮވައިގެން އަވަހަށް އެތަނުން ދެވޭތޯއެވެ.

Share Article

Follow Me Written By

yoona

Level 110 Stories

Other Articles

Previous

ލޯތްބައްޓަކައި…(ހަވަނަ ބައި)

Next

ހިތް ސިހުނުވަރުން. .

Next
March 29, 2014

ހިތް ސިހުނުވަރުން. .

Previews
March 27, 2014

ލޯތްބައްޓަކައި…(ހަވަނަ ބައި)

8 Comments!

  1. i jez says:
    March 29, 2014 at 10:42 am

    MAASHAA ALAAH VV REETHI…………………………………………BT MAALAHEE 2 VANA BAYGESDGEYLEH….THAN KOLHEH AVAHAH GENEBAA…OK THENKS… )

  2. i jez says:
    March 29, 2014 at 10:46 am

    MAASAA ALLAAH vv reethi…………..bt maalahee 2vana bay gesdhey goi ….ehhen veema thankolheh avas ko gennanveehun….ehkam v reethi ingey… 🙂 …MAADHAN aneh bayliyaanan dhoh…..?

    1. yoona says:
      March 29, 2014 at 11:31 am

      THANKX

  3. laara says:
    March 29, 2014 at 12:33 pm

    Ehves kuhjeh athuga laara ge beynunvany yaara eba intho
    Iniyyaa
    Bunelaathi engey
    Erun email address dheynan ekuh jakah
    Laara

  4. aisha says:
    March 29, 2014 at 2:38 pm

    V nice story eh plz nect part update kodhee arvaha

  5. amee says:
    March 30, 2014 at 2:44 pm

    v salhi mi story alhe miahvuren dhigukongenesdhybala

  6. dhunya says:
    March 30, 2014 at 3:51 pm

    dhigu kurantha ehaa dhuru dhuruga liyanythi YOONA.. 😛

  7. ryaa says:
    March 30, 2014 at 4:09 pm

    dhen egadyves hedhikaatha kanyy..eythi kada eyy..

Comments are closed.


All Right Reserved!