Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އޯގާވީ ހިތަކުން…3

މުތާ/ ސ.ހިތަދޫ Level 210 Stories
March 17, 2014 5 Mins Read
14 Comments

”އިނޫ!…” އީނާ ދާން އުޅުމާއެކު ޒީމަން ގޮވާލިއެވެ. އީނާއަކަށް އެއަޑެއް ނީވުނެވެ. ރުޅިގަދަވެފައި ވަނީ އިންތިހާއަށެވެ. އޭނަ ރެސްޓޯރެންޓުން ނިކުމެގެން މިސްރާބުޖެހީ ސުނާމީ ބިނާއަށެވެ. އެކަނިވެލަން ބޭނުން ވާތީއެވެ. ސިކުނޑިއަށް ފުނިޖެހިފައިވާ ހިޔާލުތައް ގިނަވެ ބޮލަށް އެނބުރުން އަރައިފިއެވެ. ހިސާބަކަށް އަލްޔަސް ދެކެ އޭނަ ހުރީ ފޫހިވެފައެވެ.

ވާރޭތުނިކޮށްލާފައި އޮތަކަސް ފައިބާ ފެންތިކިތަކުން އީނާ ހީކަރުވާގޮތް ވިއެވެ. ކަނޑުގައި އުފެދިފައިވާ ތޫފާނާއެކު ތޮށިގަނޑުމައްޗަށް ބިންދާލަނީ ބިޔަ ރާޅުތަކެވެ. ރާޅުގެ މިޔުޒިކީއަޑުގެ ބަދަލުގައި އިވެނީ ބިރުވެރި، ނާމާން އަޑެކެވެ. މަގުތަކުން ހޭލަމޭލަވަމުން ދިޔަ މީހުންތައް މަދުކަމުގައި ވިޔަސް ލޯބިވެރިންތައް އެހިސާބުން ވަރަށް ގިނައިން ފެނެއެވެ. އީނާ މޫނުގައި ފިރުމާލަމުން މޫދަށް ނަޒަރު ހުއްޓާލިއެވެ. ލޯބިވެރިން ގިނަ މާހައުލުގައި އެކަނިވެރިވަފައި އިނީ އޭނަ އެކަނިއެވެ. ހީސަމާސާކުރާ އަޑު ކަންފަތުގެ ތެރެއަށް ވިރިގެން ދެއެވެ. އެ ނާޒުކު ހިތުގައި އުފެދިފައިވާ އުދާސްތައް ކަރުނައިގެ ސިފައިގައި ބޭރުވާން ނެގީ މަދު ވަގުތުކޮޅެކެވެ. ރުޅިވެސް ފިނިވެގެން ދިޔައީއެވެ.

އީނާ އަނގަމތީގައި އަތްއެޅިއެވެ. ރުއިން ހުއްޓާލަން ކަރުނަތައް ދިރުވާލަން މަސައްކަތް ކުރެވުނެވެ. ނަމަވެސް ކޮށްފައިވާ އަސަރަކުން އެއީ ފަސޭހަކަމަކަށް ނުވިއެވެ. މިރޭ ޒީމަން އެކްޓެއް ޖެއްސިކަމުގައި ވިޔަސް ފަހުން ދުވަހަކުން އެހެން އަންހެންކުއްޖަކު އަލްޔަސް ދެކެ ލޯބިވެގެން އެކުގައި އުޅެން ފަށައިފިއްޔާ ޔަޤީނުންވެސް އޭނަގެ ހިތް ހަލާކުވާނެއެވެ. ކެތްނުކުރެވޭނެއެވެ. އެދުވަހަކުން އޭނަ މޮޔަވާނެކަން ގައިމެވެ. މިރޭ އެކަން ސާބިތުވެގެން ގޮސްފިއެވެ. ނަފްރަތުގެ ހުޅުކޮޅު ނިވިގެން ދިޔައެވެ.

މައްސަލައަކީ ފައިޒާން އެވެ. އެނުބައި ފިރިހެނާއާއި ބައްދަލު ނުވިނަމައެވެ. ފައިޒާންއަށްވުރެ ކުރިން އަލްޔަސް ލޯބި ހުށައެޅިނަމަ އެވެ. އޯގާތެރި ހިތަކުން އަލްޔަސް އެހިތުގައި ފިރުމާލަދީފިއެވެ. ހިޔަނިހެން އެކުގައި އުޅުނީ އޭނަ އުފަލުގައި އުޅޭތަން ދެކެން ބޭނުންވީތީ އެވެ. އޭނަގެ ހިނިތުންވުން ދެކިލާށެވެ. ނުވިސްނުނީ އޭނައަށެވެ. ރުޅި އިސްކޮށް ލޯބިވެރިޔާއަށް އަނިޔާ ދެވުނީއެވެ. ހާދަ ދެރައެވެ. ބުނެވިފައިވާ ޖުމްލަތަކާމެދު އީނާ ހިތާމަކުރިއެވެ. ދުރުވުމުގެ ހިޔާލު ދޫކޮށްލަން އޭނަގެ ޒަމީރު އިރުޝާދު ދިނެވެ.

އެތައް އިރެއް ވަންދެން އީނާ އެތަނުގައި އިނެވެ. ފަނޑުއަލިކަމުގެ ތެރޭން ފެންނަ ބިރުވެރި ބިޔަ ރާޅުތަކާއި ބާނީތަކަށް ބަލަން އިނދެފައި އޭނައަށް ދެލޯމަރާލެވުނެވެ. ކޯތާފަތުގައި ރޮނގުދަމާލާފައިވާ ކަރުތައް ވާރެއާއެކުވެ އިސާހިތަކު މުޅިމީހާ ތެމިއްޖެއެވެ. ކަށީގެ ތެރެއަށް ފިނި ސަވާރުވެގަތެވެ. ދެލޯމަރާލުމުން އީނާއަށް ފެނުނީ އަލްޔަސްގެ ރީތި މޫނެވެ. އޭނައަށް އުނދަގޫކުރަމުން އުޅުނު ދުވަސްވަރެވެ. ނަފްރަތު ލޯތްބަށް ބަދަލުވި ގޮތެވެ. އެއީ ހަމަ ލޯތްބެވެ. އޭނައަށް ކަންކުރެވެން އުޅުނީ މުޅިން ނުބައިކޮށެވެ. ރުޅި އިސްކޮށް ރަގަޅު ނިންމުމެއް ނުނިންމޭނެކަން ސާބިތުވިއެވެ.

އީނާ ފުން ނޭވާއެއް ލިއެވެ. ރުއިން ކޮންޓްރޯލް ކުރެވުނެވެ. އެތެރެއަށް ނޭފަތް ދަމާލަމުން އޭނަ ތެދުވުނު ވަގުތު ބިޔަ ހިޔަންޏެއް އައިސް ކުރިމައްޗަށް ހުއްޓިއްޖެއެވެ.

”އީނޫ ކޮބާތަ؟ ފޯނެއްވެސް ނުނަގާ…” ރޫޔާ ހުރީ ކަންބޮޑުވެފައެވެ. އަލްޔަސް ވެސް މެއެވެ. ނުބުނެ އީނާ ދިޔައީ ކޮންތަނަކަށް ހެއްޔެވެ؟ އަލްޔަސް ތަކުރާރުކޮށް އީނާގެ ފޯނަށް ގުޅިއެވެ. ޖަވާބެއް ނުލިބުނެވެ.

”އަޅޭ، އީނޫ ދާނި ކޮންތަނަކަށްތަ؟، އަންގާލާފަ ދިޔަނަމަ، ސޭމް، ރިނީ ދައްތައަށް ގުޅާފަ އަހާބަލަ އީނޫ ގޭގައި އުޅޭތޯ ބަލަން…” ރޫޔާއަށް ނުރޮވުނީ ހަމަ ކިރިޔާއެވެ. މާލޭގެ މަގުތަކަކީ އަންހެންކުއްޖަކަށް ރައްކާތެރިތަނެއް ނޫނެވެ. ފޭރުމާއި، މެރުމާއި، ރޭޕްކުރުމުގެ ހާދިސާތައް އުޅޭނީ އެހާމެ މަތީގައެވެ. އީނާއަށް ކަމެއް ވެދާނެތީ އޭނަ ބިރުގަތެވެ.

އަލްޔަސް ރާނިޔާގެ ފޯނަށް ގުޅުމުން ޖަވާބެއް ނުލިބުނެވެ. ކޮންމެ ފަހަރަކު ރިންގެވަފައި ކެނޑެނީއެވެ.

”ސޭމް ހިނގާބަލަ ގެއަށް ދާން، ފަހަރެއްގައި އީނޫ ގެއަށް ދިޔައީ ކަމަށްވެސް ވެދާނެ…..” ރޫޔާގެ ލޮލުން ކަރުނަ ހިލުނެވެ. އޭނަ ކަރުނަތައް ފޮހެލަމުން ތުންފަތުގައި ދަތްއަޅާލިއެވެ. މިތޫފާނީ ރޭގައި އީނާ ދާނީ ކޮންތަނަކަށް ހެއްޔެވެ؟ އޭނަގެ ސަބަބުން ދިމާވި ކަންތަކެވެ. އީނާއަށް ކަމެއް ވެއްޖެނަމަ ދުވަހަކު އަމިއްލަ ސަފުސަށް މާފް ނުކުރެވޭނެ އެވެ.

”ފައިޒާން!…” އީނާ ފަހަތައް ޖެހިލިއެވެ. ފައިޒާންގެ ތޫނު ބަލައިލުމުން އޭނައަށް އުނދަގޫވިއެވެ. ދާން އުޅުމުން ފައިޒާން އެރީ ކުރިމައްޗަށެވެ. ކުރިއަށް ނުދެވޭނެހެން މަގު ބެއްދިއެވެ. އީނާ ބިރުގަންނަ ގޮތްވިއެވެ. ފައިޒާންގެ ދެލޮލުގެ ވިދުން ވަނީ ބަދަލުވެފައެވެ.

”ވަޓް އިޒް ރޯން ވިތް ޔޫ؟!” އީނާގެ އަޑު ތުރުތުރުލި އެވެ. ފައިޒާންގެ ހަރަކާތްތަކުން ހަށިގަނޑުގެ ހިމަ ނާރުތަކާހަމައަށް ދުވެލީ ބިރުވެރިކަމުގެ ބާނީތަކެވެ.

”އިނޫ، އަހަންނަށް މާފްކުރޭ…” ފައިޒާން ކުރިއަށް ޖެހިލާފައި އީނާގެ ހަށިގަނޑާއި  ކައިރިވާން މަސައްކަތް ކުރިއެވެ. އީނާއަށް ހައިރާންކަން ލިބުނެވެ. ފައިޒާން މިހުރީ ހަމަހޭގައި ބާވައެވެ. މާފަށް މިއެދެނީ ކޮންކަމަކަށް ހެއްޔެވެ؟

”ކީކޭ؟…” އީނާގެ އަޑުގައިވަނީ ސާފު ނަފްރަތެވެ.

”އަހަރެން ލޯބިވަނީ އީނޫ ދެކެ، އަހަންނަށް އިތުރު ފުރުސަތެއް ދީބަލަ ޕްލީސް، އެސަރާއާ ހެދި ދެމީހުން ވަކިވާން ޖެހުނީވެސް، އަހަރެން އޭނަ ދެކެ ލޯތްބެއް ނުވަން، އަހަރެން ބޭނުމީ އީނޫ….” ފައިޒާން އީނާގެ ވަށްމޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. އީނާގެ މޫނާއި ތުންފަތުގައި ވިދާ ފެންތިކިތަކުން ފައިޒާންގެ ހިއްސުތަކާ ކުޅެލިއެވެ. މިރީތިކަމާއި ފުރިހަމަކަން ސަރާއަކަށް ލިބިފައެއް ނެތެވެ. އެހާމެ ހިއްކެވެ. އެވަރުން އޭނަގެ ހިތްހަމަޖައްސާ ދެވޭނެ ހެއްޔެވެ؟

”އަހަރެންގެ ގަޔަށް އަތްނުލާތި!…” ފައިޒާންގެ ޖުމްލައިން އީނާ އައީ ރުޅިއެވެ. ފައިޒާން ހީކުރީ އޭނައަކީ މޮޔައެއްކަމަށް ހެއްޔެވެ؟ ދެވަނަ ފަހަރަށް އޭނަ މިނުބައި ފިރިހެނާގެ މަޅިފަތީގައި ނުޖެހޭނެއެވެ. ފައިޒާން ދުވަހަކު އިސްލާހެއް ނުވާނެއެވެ. އަންހެންކުދިންނަށް ޤަދަރު ނުކުރާ މީހަކާއެކު ދުވަހަކު އުޅެވޭނެ ހެއްޔެވެ؟ ލިބޭނީ ވޭނާއި ހިތްދަތިކަމެވެ. ބޭނުން ކަންތައް ފުދުމުން ދޫކޮށްލާނެއެވެ. އޭނައަކީ ފައިޒާން ހީކުރާ ފަދަ ކުއްޖެއް ނޫނެވެ.

”ޕްލީސް… ލޯބިވާކަން ސާބިތުކޮށްދޭނަން….” ފައިޒާން އާދޭހުން ފުރިފައިވާ އަޑަކުން ބުނެލިއެވެ. އެވަގުތު އީނާގެ އަތުގެ ހޫނު އެތިފަހަރެއް ފައިޒާންގެ މޫނަށް އެރިއެވެ. މޫނުމަތިން ކުދި ތަރިތަކެއް ވިދާލިއެވެ. ދިލަނަގަމުން ދިޔަ ހިސާބުގައި ފައިޒާން ފިރުމާލިއެވެ.

”ބުނަން ވާހަކައެއް! އަހަންނަކީ ކަލޭ ހީކުރާ ފަދަ ޗީޕް ކުއްޖެއް ނޫން، ދެވަނަ ފަހަރު ތިމަޅިފަތީގައި އަހަރެން ނުޖެހޭނެކަން ހަނދާން ކުރާތި!. ލޯބިވެޔޭ ކިޔާފައި މަރުވާނަމޭ ބުންޏަސް އަހަރެން ޤަބޫލެއް ނުކުރާނަން…. ތިދެއަތުން އަހަރެން ފީލިންގްސްތަކާ ކުޅުނީ، އޭރު ތި ލޯބި ކޮބާ؟ ފޫހިވީމަ ދޫކޮށްލީ، އަހަރެންގެ ހިތް ހަލާކުކޮށްލީ ކަލޭ!… ދެން ކަލޭ ބުނާ އެއްޗެއް ޤަބޫލުކުރެވޭނީ ކިހިނެއް؟ އަހަރެން ބޭނުމެއްނޫން ތި ސޫރަވެސް ދެކޭކަށް، ދޭބަލަ ސާރާ ގާތަށް……” އީނާ ހަޅޭއްލަވައިގަތެވެ.

ފައިޒާން އޭނައަށް ވަރަކަށް ވޭން ދީފިއެވެ. ދެން ފައިޒާންގެ ދޮގުތަކަށް އޭނަ ނުހެއްލޭނެއެވެ. ސާރާ އާއެކު އުޅެފައި އެއައީ ހިތުން އޭނަގެ ސިކުނޑިއަށް ވެރިވެގެންނާށެވެ. އޭނައަކީ ކުރީގެ އީނާއެއް ނޫނެވެ. ވޭނަކީ މީހާ ބަދަލުކޮށްލާ އެއްޗެކެވެ.

އީނާ ފައިޒާންގެ މޭގައި އަތްއަޅާ ދުރަށްކޮށްޕާލިއެވެ. ފައިޒާން ހުރީ ޤަބޫލު ނުކުރެވިފަ އެވެ. އެއީ ހަމަ އީނާ ހެއްޔެވެ؟ އޭނަ ދެކެ ލޯބިވީ އީނާ ހެއްޔެވެ؟

”އިނޫ…” އީނާގެ ހަށިގަނޑުގައި ބީހެން ފައިޒާން އުޅުނެވެ. އީނާ ދުރަށް ޖެހިލާފައި ފައިޒާންއަށް ބަލައިލީ އަލިފާނުގެ ނަޒަރަކުންނެވެ. ދެލޮލުގައިވާ ދިލަހޫނުން ފައިޒާން ފިއްސާލަން ބޭނުންވިއެވެ. މިނުބައި މީހާގެ ސޫރަ ފެނިއްޖެނަމަ ދުވަސް މުޅިން ހަރާބުވާނެއެވެ.

”ތި ދުލުން އަހަރެންގެ ނަން ބޭރުނުކުރާތި!….” ބިރުވެރިކަމުގެ މައްޗަށް ރުޅިވެރިކަން ސަވާރުވިއެވެ. އީނާ ވަރަކަށް އެއްޗެހި ކިއެވެ. ފުދޭވަރު ވުމުން އީނާ ދެން އަވަސްވެގަތީ އެތަނުން ދާށެވެ.

”އަދި އެއްވާހަކަ، އަހަރެން ލޯބިވާ ކުއްޖަކު ހުރޭ…” އީނާ ދަމުން ބުންޏެވެ. އޭނަ ބާރަކަށް ހިނގައިގަތެވެ. ލޮލުން ފޭދުނު ކަރުނަތައް އަތުގެ ނުފުށުން ފޮހެލެވުނެވެ. ސިކުނޑިން އެތައް މިލިއަން ޓަނުގެ ބަރުދަން ލުއިވެއްޖެއެވެ. އޭނަގެ ފުރާނައަށް ހަމަޖެހުން ލިބިއްޖެއެވެ. މާޒީ ދޫކޮށްލާފައި ކުރިއަށް ފިޔަވަޅުތަކެއް އަޅާލެވުނެވެ. ފައިޒާންގެ ހަނދާންތައް ސިކުނޑިން ނެރެ އެއްލާލެވުނެވެ.

އަލްޔަސް ކުއްލިޔަކަށް ކާރުގެ ބުރަކި ޖައްސާލިއެވެ. ވިސްނާނުލައި އިން ރޫޔާ ވިއްސައިގެން ނުދިޔައީ ކިރިޔާއެވެ. އޭނަގެ މޭގަނޑު އަނގަޔަށް އައެވެ.

”އީނާ…” އަލްޔަސް އަވަސް އަވަހަށް ކާރުގެ ދޮރުފަތް ހުޅުވާލިއެވެ. ފުރަގަހުން ފެނިލިއިރުވެސް އޭނައަށް އެއީ އީނާކަން ނަގައިގަނެވުނެވެ. ރޫޔާވެސް ކާރުން ފޭބިއެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. މާތްﷲގެ އިރާދަފުޅާއެކު އީނާއަށް ބޮޑުކަމެއް ނުވަނީސް ފެނިއްޖެއެވެ.

”އީނާ…” އަލްޔަސް ދުވެލާފައި އައިސް އީނާގެ އަތުގައި ހިފާލިއެވެ. އެއަތުގެ ބީހުމުން އީނާގެ ހަށިގަނޑު ގަނޑުވެގެން ދިޔައެވެ. ފޮނި ބާނީތަކެއް ދަތުރުކޮށްލިއެވެ. ލަސްލަހުން އޭނަ އަލްޔަސްގެ މޫނަށް ބަލާލިއެވެ. އެދެލޮލުގައިވަނީ އުފާވެރިކަމެވެ. އީނާއަށް ނޭވާނުލެވުނެވެ. ވާރޭތެރޭން އަލްޔަސްގެ ސޫރަ ފެނުނީ އޭނަ ކިޔާއުޅޭ ވާހަކަތަކުން ”ޕްރިންސް” ސިފަކޮށްދޭ ގޮތަށެވެ. އެފަދަ ފެންޓަސީ ދުނިޔެއަކަށް އަލްޔަސްއާއެކު ދާން ބޭނުންވިއެވެ. އެކަނި އުޅޭލާށެވެ. މޭމެލާމެލީގެ މެހެފިލްގައި އަތުގުޅުވާލައިގެން ދުވެލާށެވެ. ވަށައިގެން ވާހާ މަންޒަރެއް ގަނޑުވެގެން ދިޔައެވެ.

އީނާ ހުރީ އާގަމަވެފައެވެ. ލޯބިވާކަން ހާމަކުރަން އިންތިހާއަށް ބޭނުންވިއެވެ. އެލޯތްބަށް ފެންބޮވައިގެންފައި ވާއިރު ފަސްދީފައި ދެވޭނީ ކިހިނެއް ހެއްޔެވެ؟ ރުޅިވެރިކަމުގެ އަލިފާނުގައި ސިކުނޑި ފިހެމުން ދިޔައިރު އޭނައަށް ނުވިސްނުނީއެވެ. އަލްޔަސް ބީވެގެން ދާކަށް ބޭނުމެއް ނުވެއެވެ. އީނާގެ ދޫހަރަކާތެއް ނުކުރިއެވެ.

”އީންއަށް ކަމެއް ވެދާނެތީ ވަރަށް ބިރުން މިހުރީ، ކީއްވެ ނުބުނެ އެކަނި ދިޔައީ، އައި ވޯޒް ސްކެއާރޑް…” އަލްޔަސްގެ އަޑުގައިވަނީ ހާސްކަމެވެ. އީނާއަށް ކަމެއް ވެދާނެތީ އޭނަ ހުރީ ބިރުގެންފައެވެ. އެޖުމްލައިން އެކަނިވެސް އަލްޔަސް ލޯބިވާވަރު ހާމަވެގެން ދިޔައެވެ.

އީނާއަށް އިސްދަށަށް ޖަހާލެވުނެވެ. ނޭގި ނަމަވެސް އަލްޔަސްއަށް އަނިޔާތައް ޖެވިއްޖެއެވެ.

”އީން ވާހަކަދައްކަބަލަ…” އަލްޔަސް ބުންޏެވެ. އީނާ ޖެހިބުދެއްހެން ހުއްޓުންއަރާފައި ހުރެ ރޮއިގަތެވެ. އޭނަ ހިމާޔަތް ހޯދުމުގެ ގޮތުން އަލްޔަސްގެ އަތު ތެރެއަށް ވަނެވެ. އެހަށިގަނޑުގެ ހޫނުން އީނާއަށް އަރާމުވިއެވެ. އަލްޔަސްގެ ހިތުގެ ތެޅުން އިހުސާސްކުރެވި ބުނަން ނޭގޭ އުފަލެއް ލިބުނެވެ. ބައިމަތިފުޅާ ހަށިގަނޑުގައި ކުރިއަށްވުރެ ބާރަށް އީނާ ބައްދައިގަތެވެ. އަލްޔަސް ހުރީ ހުއްޓުން އަރާފައެވެ. މީ ހުވަފެނެއް ހެއްޔެވެ؟

ރޫޔާގެ ތުންފަތުގައި ހިނިތުންވުމެއް ކުޅެލައިފިއެވެ. އޭނަގެ ރޭވުން ކާމިޔާބު ކުރެވިއްޖެއެވެ. ރޫޔާގެ ދެލޮލުން ފޭބީ އުފާވެރިކަމުގެ ކަރުނައެވެ. އީނާއަށް ވިސްނުނީތީ އޭނަ އުފާވިއެވެ.

”ފައިނަލީ…” ރޫޔާ ހީލިއެވެ.

ކުރެވޭ ހަރަކާތަކުން އީނާ ގެއްލިދާނެތީ އަލްޔަސް ހުރީ ގާވެފައެވެ. އިނގިއްޔެއްގެ މިންވަރުވެސް އޭނަ ހަރަކާތެއް ނުކުރިއެވެ. އޭނަ ހީކުރީ އެއީ ހުވަފެނެއް ކަމަށެވެ. ހުވަފެނެއްގައި ނޫނީ އީނާ އޭނަގެ ހަށިގަނޑުގައި ބައްދާނުލާނެތީ އެވެ. އީނާ އޭނަދެކެ ނަފްރަތު ކުރާއިރު އެފަދަ ގޮތަކަށް ކައިރިވުން އެއީ މުސްތަހީލު ކަމެކެވެ. ޔަޤީނެވެ. އޭނަ މިވަނީ ހިޔާލީ ދުނިޔެއެއްގަ އެވެ.

”ސޭމް….” އީނާ މަޑުމަޑުން ބުންޏެވެ. ވާހަކަ ދެއްކުނީ އަޅައިގެންނެވެ. އީނާގެ ޖާދުވީ އަޑުން އެއީ ހަޤީޤަތްކަން ހާމަވިއެވެ. އަލްޔަސްއަށް ލިބުނު ހައިރާންކަމާއެކު އީނާގެ މޫނަށް ބަލާލެވުނެވެ. އޭރު އީނާގެ ދެލޯވެސް އަމާޒުވެފައިވަނީ އަލްޔަސްގެ މޫނަށެވެ. ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވެ ވަރުގަދަ ބާރެއް ދެމެދުގައި އުފެދުނެވެ. އީނާގެ މޫނު ފަވާލެވުނު ޖަންބު ކުލަ ފެނި އަލްޔަސް އާޝޯހު ވިއެވެ. ކޮންފަދަ ރީތިކަމެއް ހެއްޔެވެ؟ ދުވަހަކު ލޯކުރިމަތިން އެތަސްވީރު ގެއްލިގެން ދާން ފުރުސަތެއް ނުދެވޭނެއެވެ.

”އައި ލަވް ޔޫ….” އަޅައިގަންނަމުން އީނާ ބުންޏެވެ. މޭގަނޑު ފަޅާލާފައި ހިތް ނުކުމެދާނެހެން ހީވިއެވެ. އީނާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. އަލްޔަސްއާ ދުރުގައި ދެން ނޫޅެވޭނެއެވެ. އޭނަ ވަރަށް މަސައްކަތް ކޮށްފިއެވެ. ނަމަވެސް އެކަންވީ ނާކާމިޔާބެވެ.

”ވަޓް؟…” އަލްޔަސްއަށް ޤަބޫލެއް ނުކުރެވުނެވެ. އީނާ އެހަށިގަނޑާއި ދުރުކޮށްލަމުން އަލްޔަސް އީނާގެ ކޮނޑުގައި ހިފަހައްޓާލިއެވެ. އީނާ ތަކުރާރުކޮށް ލޯބިވާކަން ހާމަކުރިއެވެ. އަލްޔަސްއަށް ލިބުނު އުފާ ބަޔާން ކުރަން ދަށްޗެވެ.

”ވަރަށް ބޮޑަށް ލޯބިވޭ…” އަލްޔަސްގެ އަތަށް އީނާ ބޮސްދިނެވެ. އަލަޔަސް އީނާގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. އަޖައިބު ކުރުވަނިވި ރީތި ކަމެކެވެ. ތާޒާ މޫނުގައި ހަރުލާފައިވަނީ ޝަބްނަމް ތިކިތަކެވެ. ފުރިހަމަކަމާއެކު ފޮޅިފައިވާ ފިނިފެންމަލެކެވެ. ޝާޢިރުންގެ ގަލަމުން މިޕަރީގެ ރީތިކަން ބަޔާންކޮށެއް ނުދެވޭނެކަން ގައިމެވެ.

އަލްޔަސްވެސް އެހިތުގެ ހާލު އީނާއަށް އަންގައިދިނެވެ. ދެޒުވާނުންގެ ލުއި ހުނުމުގެ އަޑުއިވުނެވެ. ކޮންފަދަ އުފާވެރި މޫނުތަކެއް ހެއްޔެވެ؟ މަގުން ހިނގާފައިދާ މީހުންގެ ހަސަދަވެރި ލޯތައް ހުއްޓެއެވެ.

”ސޭމްއަށް އަނިޔާއެއް ދެވިފައިވާނަމަ ސޮރީ، ވަރަށް ލަހުން ރިއަލައިޒްވީ ސޭމްދެކެ ލޯބިވެވުނުކަން، އެކަން އެނގުމުން ބޭނުންވީ އެ ފީލިންގްސްތަކާ ދުރަށް ދާން، އެކަމަކު ނުދެވުނު، ސޭމް ގެއްލިދާނެހެން ހީވީ…..” އީނާގެ ޖުމްލަ ފުރިހަމަ ނުވަނީސް އަލްޔަސް އީނާގެ މަޑު ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން ދެފަރާތަށް ބޯހޫރާލިއެވެ.

”މާފަށް އެދޭވަރުގެ ކަމެއް އަދި ނުވެއްނު އިމޯޝަނަލް ތިވީ…..” އަލްޔަސް ސަމާސާރާގަކަށް ބުނެލިއެވެ. ހަޤީޤަތުގައި ވެސް އޭނައަށް ބޮޑު އުފަލެއް މިލްކު ކުރެވިއްޖެއެވެ. އޭނަގެ ލޯބިވެރިޔާ ލިބުނީއެވެ. ދުވަހަކު އެލޯބި ލިބިދާނެކަމަކަށް ހިޔެއް ނުކުރެވުނެވެ. އެހެނަސް ޤުދުރަތުގެ ނިންމެވުންތައް ނިކަން ދެކިލަބަލާށެވެ. އީނާގެ ހިތް ބަދަލުވެގެން ދިޔައީ ނިކަން އަވަހަށެވެ.

”އޯކޭ ލަވްބާޑްސް، ދެން ގެއަށް ދާންވީ، މަގުމަތިން ހާދާ މީހުންގެ ނަޒަރު ހުއްޓާލެވިފައިވަނީ ތިދެމީހުންނަށް، މީ ޔޫރަޕް ގައުމައް ނޫނެ މަގުމަތީގައި ރޮމޭންސް ކުރަން، ޕަބްލިކް ތަނެއްގައި ރޮމޭސްކުރަން ހަދައިގެން ޖަލަށް ދާން ޖެހިދާނެ….” ރޫޔާ އައިސް ދިމާކޮށްލިއެވެ. ތިންމީހުން އެއްކޮށް ހީގަތެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

މުތާ/ ސ.ހިތަދޫ

Level 210 Stories

Other Articles

Previous

ހިތަކުން ހަމަ ނުފިލާނޭ – 2

Next

ހިތަކުން ހަމަ ނުފިލާނޭ – 3

Next
March 18, 2014

ހިތަކުން ހަމަ ނުފިލާނޭ – 3

Previews
March 17, 2014

ހިތަކުން ހަމަ ނުފިލާނޭ – 2

14 Comments!

  1. މުތާ/ ސ.ހިތަދޫ says:
    March 17, 2014 at 5:01 pm

    hope that readers will like this part too 🙂 rangalhu kuran jehey kameh faahanga kurevihjenama let me knw, 4th part thursday ga upkohladeynan inshaallah

  2. inaa says:
    March 17, 2014 at 6:15 pm

    mi part ves v rythi…..waiting 4 da nxt part…

  3. zoe says:
    March 17, 2014 at 6:19 pm

    maa kuryyyyy

  4. Naal says:
    March 17, 2014 at 8:20 pm

    Haadha Laguna 4 vana part up kurany?

  5. saaidh says:
    March 18, 2014 at 1:44 pm

    nice

  6. fan says:
    March 18, 2014 at 5:30 pm

    Haadha kurey! Rithi viyas kuruvima masala aki 🙁

  7. shiru says:
    March 18, 2014 at 9:18 pm

    Varah reethi mutha varah molhu loabyge vahaka liyan

  8. މުތާ/ ސ.ހިތަދޫ says:
    March 18, 2014 at 9:47 pm

    thanks a lot inaa,zeo,naal,saaidh and fan, yeah i knw tht this part is short, but dhen neri baithah dhigukohlaanan

  9. Aahshaaa says:
    March 19, 2014 at 10:37 am

    waaaoooooo….. fantastic ingey how nice that’s wht I wat…….. Mutaage vaahakatakuga sifakurun genes dyfa hunnagoiyy hama v nice ingey…. kiyaahitun kiyaalevey…. beynunvany kuriah oyytangavs mikahala loabyga ohtaru hunna asarugada vaahakatakey…. BEST OF LUCK MUTAA… INSAA ALLAH SUKURAN MUTAA….. ALLAH iraadukureyvihya Mutaa ah mirongun kuriah devidaane… keep it up….. bai baai

  10. mintyyyy says:
    March 19, 2014 at 8:56 pm

    muthaa……vvvv salhi ingeyyy…adhivx sifurn bodah genesdhenvvvviii…I ah adhi sifakrn thankolhei kuda…eki myhnge hunnanyy eki hiyaalu dho…ehnve mihn mi bunyyyy…hykrn mikn rngalhu kh laane kamah……..wating 4 da nxt part<3
    …….

  11. xaaahy says:
    March 20, 2014 at 5:09 pm

    whers the next part muthaa
    today is thursday
    i hope u will up the next part tonight 🙂

  12. kiyuntheriyaa says:
    March 20, 2014 at 5:54 pm

    when is next part
    cant wait to read next part
    🙂

  13. މުތާ/ ސ.ހިތަދޫ says:
    March 21, 2014 at 7:42 pm

    thnq yw Aahshaaa, mintyy and xahy nd kiyuntheriyaa, i am so happy after reading yr cmmnt Aahshaaa, its a , lot for me adhy book gothuga nikunane mutha ge 3 story, inshaallah, eves loabyge 3 story…. mintyy mutha sifakurun ithurukohlaanan ingey, alsu evleen liyunu iru sifakurun ginavegen kudhin bunaathi mi story ge sifakurun limit kohgen miulheni, but dhen nerei baithakuga sifakurun add kohlaanan 😀

  14. Rookko says:
    June 20, 2014 at 2:34 pm

    My name is not Rooya. :p It’s rooshan. But my friends call me Roo. Hahahahaa. Nice story I love Eena and Alyas <3

Comments are closed.

Next Episodeއޯގާވީ ހިތަކުން…4←


All Right Reserved!