Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ހަމަ ނުފިލާނޭ – 2

Reesh Level 110 Stories
March 17, 2014 10 Mins Read
5 Comments

ރޮއިރޮއި އޮތް ކައިޝް އަށް ނިދި ޖެހުނު ވަގުތެވެ. ނިދީގެ އޮވެވުނު ވަރުން ފޯން ނަގާ ކަންފަތުގަ ޖައްސާ ހަލޯއޭ ބުނެލިއެވެ. އެއާއެކު ކުއްލިއަކަށް ތެދުވެ އެނދުމަތީ އިށީނެވެ.

އެއީ އެއްގޮތަކަށްވެސް ކައިޝް އަޑުއަހަން ބޭނުންވާ މީހެއްގެ އަޑެއްނޫނެވެ. އެއްޗެކޭ ބުނެވިދާނެތީ ކައިޝް އަށް ބޭއިހުތިޔާރުގަ އަނގަމަތީ އަތްއެޅުނެވެ. ފޯނު ކަންފަތާ ދުރުކޮށްލުމަށްފަހު ނިއްވާލިއެވެ. ކައިޝް އަބަދުވެސް ކަންތައްކުރާ ގޮތަކީ އެއީ އެވެ. އެމީހަކަށްޓަކައި ކައިޝްގެ ހިތުގަ އުފެދިފަވަނީ ކޮން އެއްޗެއްކަން ހުދު ކައިޝް އަކަށްވެސް ނޭނގެއެވެ.

އެފޯން ކޯލްގެ ސަބަބުން ކައިޝްގެ ރުއިން ގަދަވެގެން ގޮސް ގިސްލުމަކަށް ބަދަލުވިއެވެ. ހަނދާންކުރަން ބޭނުންނުވާ އެތައްކަމެއް ހަނދާންވުމާއެކުއެވެ. ހީވާ ކަހަލައެވެ. ނިކަމެތި ކައިޝްގެ ހިތް ވިރިގެން ފައިބަނީ އެވެ. ކައިޝް އަކީ މިއަދު އެހެންމީހުން ކުރިމަތީ ކުއްވެރި އެކެވެ. އެހެން މީހަކަށް ނޭނގުނު ނަމަވެސް އެހެންމީހުން ކުރާ ކުށުގެ އަދަބު ކުއްނުކުރާ މީހަކު އުފުލުމަކީ ކިހާވަރެއްގެ ކަމެއްކަން އިނގޭނީ އެފަދަ ކަމެއް ދިމާވެފައިވާ މީހަކަށެވެ. ކައިޝް އަކީ މިއަދު އެފަދަ މީހުންގެ ތެރެއިން އެކެކެވެ.

ކައިޝް އަށް ރައްދުވާ މަލާމާތުގެ ބަސްތަކަށް ބޭނުންނަމަ ޖަވާބު ދެވުނީހެވެ.

ހަގީގަތުގަ ކައިޝް އަށް އެހާބޮޑު އަސަރެއް މިރޭ ކޮށްފައިވަނީ އަކިޔަންގެ ފަރާތުން ރައްދުވި މަލާމާތުގެ ސަބަބުންނެވެ. އެކަމަކު ކައިޝްގެ މަޖުބޫރީ ހާލަތުގެ ސަބަބުން އަކިޔަން އަށް ވެސް ޖަވާބު ދެވޭކަށް ނެތެވެ.

އެހެން ދުވަސް ދުވަހާ ހިލާފަށް ކައިޝް އަށް ޓިއުޝަން ކުލާހަށް އާދެވުނީ ތަންކޮޅެއް ލަހުންނެވެ. އައިގޮތަށް އައިސް އަވަސްވެގަތީ ކްލާސް ނަގައި ދިނުމަށެވެ. ހުރިހާ ގަޑިތަކެއް ނިންމާލުމަށްފަހު ކައިޝް އާ މަރީ އާ ދެމީހުންނަށް ނުކުމެވުނީ އެކުއެކީ ގައެވެ. ކައިޝްގެ މިލާ މޯޅިވެފަވާ މޫނާއި ދުޅަވެ ރަތްވެފަ ހުރި ދެލޯ ފެނުމުން އެއްވެސް އެއްޗެއް އަހާނުލާ ހުންނަން މަރީއަށް އުނދަގޫވިއެވެ.

” މަރީ .. ނުވެއޭ އެއްވެސް ކަމެއް. ތަބީއީ ގޮތުންވެސް އަހަންނަކީ އަބަދުވެސް ވަރަށް މަޑުންހުންނަ މީހެކޭ. މީކީ އެއްވެސް ހިތާމަވެރިކަމަކާ ނޫނީ އުފާވެރި ކަމަކާ ގުޅުން ހުރި ކަމެއްނޫން. ރޭގަ އެހާ ރަނގަޅަށް ނުނިދުނީމަ ލޯ ދުޅަވެފަ މިހުރީ ” ކައިޝް އެގޮތަށް މަރީގެ ސުވާލުތަކަށް ޖަވާބު ދިން ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއްކަން މަރީއަށް އެނގެއެވެ.

ކައިޝް އަށް ހިތާ ހިތާ ބުނެލެވުނެވެ.

” އަހަރެންވެސް ބޭނުންވޭ މަރީ މެންގޮތަށް މަޖާކޮށް އުޅެން. ހީ ސަމާސާކޮށް އުފާކޮށްހަދަން.. އެކަމަކު އެކަމެއް ނުކުރެވޭ. އަހަރެންގެ ހިތާ ނަފްސު އެކަމަކަށް ތަނެއްނުދޭ.. އަހަންނަށް ލިބިފަ މިވަނީ އެއަށްވުރެ ބޮޑު ހިތްދަތިކަމެއް ” ލޮލަށް ކަރުނައިގެ އަސަރު ވެރިވާން އުޅުނު ކަމުގައިވިޔަސް އެވަގުތު ކައިޝް އެކުވެރިޔާއަށް އެކަން ސިއްރުކުރުމަށްޓަކައި އަވަސް އަވަހަށް ނޭނގޭ ކަމަށްހަދާފަ އަނެއްފަރާތަށް އެނބުރިލާ ލޯފޮހެލިއެވެ.

ކުއްލިއަކަށް ކައިޝްމެން ކުރިމައްޗަށް ސައިކަލެއް މަޑުކޮށްލިއެވެ. ކައިޝް އަށް ކުރިއަށް ނުދެވޭނެހެން މަގުބެއްދިއެވެ. މަރީއަކަށް އެއްޗެކޭ ނުބުނެ ނުހުރެވުނެވެ.

” ހޫނ އެއްކަލަ އަކިޔަން. މިރަށުގަ ނެތީތަ މިހާރު ދިމާކުރާނެ މީހަކު. އަހަރުމެންނާ ތިދިމާކުރަނީ “

” އޭ މަރިޔަނބާ ބުނަން ރަނގަޅު ވާހަކައެއް. އަހަރެން ކުރާނެ ކަންތަކާ ބެހޭނެ މީހުން އިނގޭނީ އަހަންނަށް. މިކަމުގެ ތެރެއަށް ނުވަދެ މިތަނުންދެންވެސް ދާންއުޅޭ ” އަކިޔަން އެހެން ބުނި ނަމަވެސް މަރީ ގުޑާވެސް ނުލިއެވެ. އެވަރުން ނުވެގެން ކައިޝްގެ އަތުގަ ހިފައިގެން އަނެއްކޮޅަށް އެނބުރި ހިގައިގަތެވެ.

މަރީއަކީ އެއްވެސް މީހެއްގެ ދަށުވާ ފާޑުގެ އަންހެންކުއްޖެއް ނޫނެވެ. އެކަމާ ހުރެވެސް އަކިޔަން ރުޅިއައީ ކައިޝް ދެކެއެވެ.

” ކައިޝް ހާސްނުވޭ. އެއީ އޭނަ އަބަދުވެސް އުޅޭ ވައްތަރު. އަހަރެން ހިތަށްވެސް އެރިއޭ އިއްޔެ އޭނަ ޖެއްސި ވައްތަރުގެ ވާހަކަ ބުނީމަ ދުލެއް ނުކުރާނެއޭ ” އެންމެ ފަހުން މަރީ ގެއަށް ދިޔައީ ކައިޝް ގެއަށް ލާދީފައެވެ.

ކައިޝް އަށް ދޮރާ ހަމައަށް އެރުނު އިރު ފަހީމް ބޭރަށް ދިއުމަށް ނުކުންނަނީ އެވެ.

” ދަރިފުޅާ.. ” ފަހީމް ގޮވާލިއެވެ.

” ދަރިފުޅާ.. ބައްޕައަށް ހާދަ ހީވެއޭ ދަރިފުޅު ކަމަކާ ހާސްވެފަ ހުރިހެން. ކަމެއް ގޯސްވީތަ ” ފަހީމް އަކީ ދޮންބައްޕައަށް ވިޔަސް ފަހީމްގެ އޯގާތެރި ބަސްތަކުން ކައިޝްގެ ހިތްރޮއްވާލިއެވެ. މަންމަ އެންމެ ފަހަރަކު ނަމަވެސް ދަރިފުޅާ އޭ ކިޔާލާފަ ގޮވާލާނެ ނަމައޭ އެވަގުތު ކައިޝްގެ ހިތަށް އެރިއެވެ.

” ނުވޭ އެއްވެސްކަމެއް. ކުޑަކޮށް ވަރުބަލިވެފަ ހުރީމާ ހީވާގޮތްކަންނޭނގެ ” ކުރު ގޮތަކަށް ޖަވާބު ދިނުމަށްފަހު ކައިޝް ގޭތެރެއަށް ވަނެވެ.

ކަމެއްނުވަނީކީ ނޫނެވެ. ހަގީގަތުގަ ދިމާވެގެން އުޅެނީވެސް ކުޑަކަމެއް ނޫނެވެ. މިހާރު ދިރިއުޅުމަކީވެސް ހަޔާތުގައި އެހާ މުހިއްމު އެއްޗަކަށް ނުވާ ވަރަށް ކައިޝް ވަނީ ދިރިއުޅުންމަތިން ފޫހިވެފައެވެ. އެކަމަކު ކައިޝްގެ ބަނޑުގަ އުފެދެމުންދާ ތުއްތު ފުރާނައަށްޓަކައި ކައިޝް ދިރިހުރުން މުހިއްމެވެ. ހަމައެކަނި އެފުރާނައަށްޓަކައެވެ. ކުރިމަތީ ހުރަސްވެފަ ވާ އެތުއްތު ފުރާނައަށް ގެއްލުމެއް ލިބޭނެ އެއްވެސް ކަމެއް ކުރުމަކީ ކައިޝް އަށް ވާނެކަމެއް ނޫނެވެ. އުމުރުން ކިތަންމެ ޅަ ނަމަވެސް ކައިޝް އަށް ހުރިހާ ކަމެއްވެސް ވިސްނެއެވެ.

ކައިޝް އަށް ބުނެވޭ ހަމަ އެންމެ ޖުމްލައެއްގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުން ފަނާވެގެން ހިނގައިދާނެއެވެ. އެގޮތަށް އެކަންވުމަށްވުރެ އެކަނިމާ އެކަނި އެވޭން އުފުލަންވެސް ކައިޝް އަށް މާރަނގަޅެވެ.

” ރާއިދު މިހާރަކަށް އައިސް ކައިޝް އެއްގޮތަކަށްވެސް ކައެއްނޫޅޭ. އެތައް ވަރަކަށް އާދޭސް ކޮށްގެން އެއްޗެއް ކާލާ ހަދަނީ. ރޮއި ރޮއި ދެލޯ އެހުންނަނީ ވަޅު ވަދެފަ. އެކަމުގެ ސަބަބުން އޭނަގެ ބަނޑުގަ އެވާ ދަރިފުޅަށްވެސް ގެއްލުން ލިބޭނެ. އަޅެ ރާއިދު ވާހަކަ ދައްކަންވީނު ” ނީނާ ވާހަކަ ދެއްކީ އޭނަގެ ފިރިމީހާ ރާއިދު އާއެވެ.

” ނީނާ. އިނގޭ ތިކަން އަހަންނަށްވެސް. ކިތަންމެ ވަރަކަށްވެސް ވާހަކަ ދައްކައިފިން. އެކަމަކު އެއްގޮތަކަށްވެސް އަހަރެންކުރާ އެއްވެސް ސުވާލަކަށް ޖަވާބެއް ނުދޭ. ކައިޝް ގެ އެހާލާ ގުޅިގެން ސުވާލު ކޮށްފިއްޔާ ހަމަހިމޭންވުން ނޫންކަމެއް ނުކުރޭ. މަންމަ ކައިޝް ދެކެ ކިތަންމެ ރުޅި އައި ނަމަވެސް އަހަރެންގެ ހިތެއް ގަބޫލެއް ނުކުރޭ ކައިޝް އަކީ ގޯސް ކުއްޖެއް ކަމަކަށް. ހަގީގަތުގަ އަހަންނަށްވެސް އެހީއެއް ނުވެވޭ ގިނަ ފަހަރު ” ރާއިދު އާ ނީނާ އާ ދެމީހުން ކިތަންމެ ދެރަވި ނަމަވެސް ޒުހުދާ ގެ ހިތުގަ ކުޑަ ނަމަވެސް ލޯތްބެއް ކައިޝް އާ ދޭތެރެއަކު ނުވެއެވެ.

” ޒުހުދާ ވެސް ދެން މާމަ އަކަށް ވަނީއެއްނު “އަވައްޓެރި ހައްވަ ބުންޏެވެ. ހައްވަ އަކީ ޒުހުދާމެންގެ އާ ޖެހިގެން ހުންނަ ގޭގަ އުޅޭ އަންހެނެކެވެ.

” ހައްވަ ބުނަން ރަނގަޅު ވާހަކައެއް. އަހަރެން ދުވަހަކުވެސް ގަބޫލެއް ނުކުރާނަން އެއީ އަހަރެންގެ މާމަ ދަރިއެއްކަމަކަށް. އަހަރެންގެ ދަރިއަކަށްވިޔަސް ނުބައި ނުލަފާ ކަމެއް ކޮށްފިއްޔާ އަހަރެން އެކަމަކަށް މައާފެއް ނުކުރާނަން ” ޒުހުދާ ބުންޏެވެ.

” އެކަމަކު އެމަންޖެ އެކަން ނުކުރާ އިރުވެސް ޒުހުދާ ހަމަ ތިރުޅި ބާލަމެއްނު އެމަންޖެއަށް ” އެއީކީ ރަށު ރައްޔިތުންނަށް ނޭނގޭ ކަމެއްނޫނެވެ. އެހެންވެ ހައްވަ އެވާހަކަވެސް ފުރުސަތުގެ ބޭނުންކޮށް ޒުހުދާ އާ ދިމާލަށް ބުނެލިއެވެ.

އަވައްޓެރިންގެ ފަރާތުން އިވެމުން ދިޔަ އަޑުތަކުންނާއެކު ޒުހުދާގެ ރުޅި އިންތިހާ އަށް ހުރީ ގަދަވެފައެވެ. ގޭތެރެއަށް ވަދެގެން އައިގޮތުންވެސް އެކަން ބަލަންހުރި މީހަކަށްވިއްޔާ އެނގޭހާވެއެވެ. ދިޔަ ބާރު މިނުގަ ގޮސް ތަޅައިގަތީ ކައިޝް ކޮޓަރީ ދޮރުގައެވެ. އޭރު ކައިޝް ކޮޓަރީގަ ނެތީ ހަމަ ކައިޝްގެ ނަސީބެވެ. އެހެންނޫންނަމަ ޒުހުދާގެ އަތުންފައިން ގޯހެއް ހެދުނީހެވެ.

” ޒުހުދާ ކިހިނެތްވެގެން ތިއުޅެނީ ” ފަހީމް އައިސް ހުއްޓެމުން ބުންޏެވެ.

” ތެދެއް މަންމާ ކިހިނެތްތަވީ. ކައިޝް ކީއްކޮށްގެންތަ މިފަހަރު ތިއުޅެނީ ” ރާއިދުއަށް ވެސް އަހާލެވުނެވެ. ގޭތެރޭގަ އަޑުގަދަވެގެން ރާއިދުގެ ދެމަފިރިންވެސް ނުކުތީ އެވެ.

” ވެގެންއުޅޭ ގޮތް ހަމަ ނޭނގިގެންތަ ތިއަހަނީ ކޮންމެ މީހަކު. ކަލޭމެންނަށް އެވިޔާނުދާ އަންހެނާ ރަންގަނޑަކަށްވިޔަސް އަހަންނަށް އެއީ އެއްވެސް މީހެއްނޫނޭ” ޒުހުދާ ހިތު ހުރި ހުރިހާ އެއްޗެއް ގޮވަމުން ދިޔައެވެ. ޒުހުދާގެ ހިތުގާ މައިވަންތަ ކަމުގެ ކުލުނުގެ ޒައްރެއްގެ މިންވަރުވެސް ވާނަމަ އެފަދަ ގޮތަކަށް ބަނޑުއަޅާ ވިހޭ ދަރިއަކާ ދިމާލަށް އެފަދަ އެއްޗިސް ކިޔާކަށް ނުކެރުނީހެވެ.

” އޭނަގެ ބަނޑުގަ އެއޮތީ ކާކުގެ ދަރިއެއްކަން ނުބުނާހާ އިރު ލާހިކެއްނޫން މިރޭ މިގެއަށް ވަންނާކަށް. ލަދުން ބޯފަޅައިގެން ދާވަރުވެއޭ ” ޒުހުދާ ސިޓިންގރޫމްގަ އިށީނެވެ. ގޭތެރޭގެ ކަންތައް ހުރި ގޮތުން ފަހީމްވެސް ރާއިދުވެސް ބޭރަށް ނުގޮސް ގޭގަ މަޑުކުރީ އެވެ. ޒުހުދާ އަކީ ހަމައިން ނައްޓާ ފާޑު މީހެއްކަން ފަހީމް އަށް އިނގޭތީ އާ އެކުއެވެ.

ކައިޝް ޓިއުޝަން ދޭ ކުއްޖަކަށް ޓެސްޓެއް އޮވެގެން އެކުއްޖާގެ މަންމަ ކިޔާވަރުން އިތުރަށް އެއްޗެއް އޮޅުންފިލުވާ ދިނުމަށް ކައިޝް އިނީ އެގޭގައެވެ. ކިޔަވާދީ ނިންމާލުމަށްފަހު ކައިޝް ގެއަށް ދިއުމަށް ނުކުތެވެ. އަކިޔަން މަތިން ހަނދާންވުމާއެކު ކައިޝްގެ ހިނގުން ބާރުކޮށްލިއެވެ. މާލެއާ ހިލާފަށް ރަށުގާ ނުވައެއް ޖަހާހާއިރު މަގެއްގެ މަތިން މީހަކު ފެންނަނީވެސް މަދު ފަހަރެއްގައެވެ. ރޭގަނޑުގެ މިފަދަ ވަގުތެއްގަ އަކިޔަން އަށް ފެނިއްޖެއްޔާ ކަންތައް ކުރާނެ ގޮތެއްވެސް ނޭނގެއެވެ. ގެ ހުންނަ މަގަށް އެޅުމާއެކު އަދި ކުރިއަށްވުރެ ބާރަށް ކައިޝް ހިނގަން ފެށިއެވެ.

ހަމަ އެވަގުތު އެއްވެސް އަޑެއްބަޑެއް ނީއްވާ އައި މީހަކު ކައިޝްގެ އަތުގަ ހިފާ އޭނައާ ދިމާލަށް ދަމައިގަތެވެ. ބޭއިހުތިޔާރުގަ ކައިޝް އަށް ހަޅޭއްލަވައި ގަނެވުނެވެ.

އެމީހާ ފެނުމާއެކު ކައިޝްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެމީހަކު ފެނިދާނެތީ ބިރުން އުޅުނު މީހާއެވެ. އަކިޔަން އެވެ. ކައިޝް ސަލާމަތްވާން މަސައްކަތް ކުރިއެވެ.

އެކަމަކު މިފަހަރު އެކަމެއް ނުވިއެވެ. އަކިޔަން ހުށިޔާރު ކަމާއެކު ކައިޝްގެ ދެއަތުގަ ހިފާ ފާރާ ތަތްކޮށްލިއެވެ.

އަކިޔަންގެ އަނގައިން ދުވި ސިނގިރޭޓްވަހުން ކައިޝް މޭނުބައިކުރާ ގޮތްވިއެވެ. އަދި ދޫކޮށްލުމަށް އެދި އާދޭސް ކުރިއެވެ.

އެކަމަކު އެއިން އެއްވެސް ކަމަކާ އަކިޔަން ހާހެއް ނުވެއެވެ. އެންމެ ކުޑަމިނުން މީހަކު އަތުވެދާނެތީވެސް އަކިޔަން ހާހެއް ނުވެއެވެ. އެއްވެސް ޖެހިލުމެއްނެތި ކައިޝްގެ ތުންފަތާ އަކިޔަންގެ މޫނުކައިރިކުރަމުން ދިޔައެވެ.  އަކިޔަން ކުރަން ބޭނުންވި ކަންތައް ވަރަށް ރަނގަޅަށް ކުރިއެވެ. އަދި އެއަށްފަހު ކައިޝްގެ ދެއަތުން ދޫކޮށްލިއެވެ. ސަލާމަތްވުމާއެކު ކައިޝް އަވަސް އަވަހަށް ގެއާ ދިމާއަށް ދުއްވައިގަތެވެ. އޭރުވެސް ކައިޝްގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ.

ކައިޝް ދުވެފަދާތަން ބަލަންހުރި އަކިޔަން ހުރީ ފާޑަކަށް ހުއްޓިފައެވެ. މޫނުމަތީ އަތްކާތާ ލެވުނެވެ. ކައިޝްގެ ލޮލުން ފޭބި ކަރުނައިގެ ބައެއްތިކި އަކިޔަންގެ މޫނުގަ ޖެހިފަވާކަން އަކިޔަންކަން އިހުސާސް ކުރެވެން ފެށިއެވެ. އަކިޔަން ބޭނުންވީ ކައިޝް އާ ރަނގަޅަށްވެސް ދިމާކޮށްލާށެވެ. އެކަމަކު ކުއްލިއަކަށް ކުރެވުނު އިހުސާސެއްގެ ސަބަބުން އަކިޔަން ކައިޝް ދޫކޮށްލީއެވެ.

އޭރު ފަޒީލް އާ އާރިފު އެހިސާބަށް އަރާ ހަމަވަނީ އެވެ.

” ކޮބާ ކިހިނެތްވީ. އެމަންޖެ ކިހިނެތްވަނީ. ރަނގަޅުތަ ” އެއްފަހަރާ ހެން އެމީހުން އަހާލިއެވެ.

” ކޭމެން ނައްޓާ އިނގޭ.  މަ ދިމާކުރާނަން ފަހުން ” އަކިޔަން އަށް އައި ބަދަލު އެއްގޮތަކަށްވެސް އެމީހުންނަކަށް ނުވިސްނުނެވެ. ދެމީހުން ދެމީހުންގެ މޫނަށް ފާޑަކަށް ބަލަން ތިބީއެވެ.

އަވަސް އަވަހަށް ގެއަށްވަން ކައިޝް އަކަށް ގޭތެރޭގެ ހާލަތެއް ނޭނގެއެވެ. ކައިޝްބެލީ އަވަހަށް ކޮޓަރިއަށް ދެވޭތޯ އެވެ. އެކަމަކު އޭގެ ކުރިން ޒުހުދާ ކައިޝްގެ ކުރިމައްޗަށް ހުއްޓި ހަޅޭއްލަވަން ފެށިއެވެ.

” ވަރަށް ރީތިކޮށް މަމިއަހަނީ. މިގޭ ހަތަރުފާރުން އެތެރޭގަ ހުންނަން ބޭނުންވަންޔާ ބުނޭ ތި ބަނޑުގަ ތިވަނީ ކާކުގެ ދަރިއެއް. ލައްކަ ދުވަހު ކެތްކޮށްފިން މިހާރު ” ކައިޝްގެ ކޮނޑުގަ އަޅާ ކޮއްޕާލަމުން ޒުހުދާ އަޑުގެ ނެތްތަނަށް ތަކުރާރުކޮށް އެކައްޗެއް އަހަމުން ދިޔައެވެ. ރުއިން ފިޔަވާ އިތުރު އެއްވެސް ކަމެއް ކައިޝް ނުކުރެއެވެ. ކައިޝްގެ ހަމަހިމޭންކަމުގެ ސަބަބުން ޒުހުދާގެ ރުޅި ހައްތަހާ ގަދަވިއެވެ.

” މަންމާ ތިކަން ހުއްޓާލަބަލަ ” ރާއިދު އުޅުނީ ޒުހުދާއަށް ވިސްނަދެވޭތޯ އެވެ. ފަހީމްވެސް އެކަން ކުރެވޭތޯ ބެލިއެވެ. އެކަމަކު އެކަމެއް ނުވިއެވެ. ކުއްލިއަކަށް ހެދި ނެހެދިއެއްނޭނގި ފެނުނީ ޒުހުދާ ކައިޝްގެ އަތުގަ ހިފާ ގޯތިތެރެއަށް ކޮއްޕާލިތަނެވެ. އެންމެންވެސް ހީކުރީ ކައިޝް ވެއްޓުނީ ކަމަށެވެ.

” ކިހިނެތްވެގެން މިއުޅެނީ ” ގެއަށް ވަނުމަށް އައި މީހާ ކައިޝް ނުހިފެހެއްޓިނަމަ ކައިޝް ވެއްޓުނީހެވެ. އިސްއުފުލާ އެމީހާ އާ ދިމާލަށް ބަލާލެވުމާއެކު ކައިޝްގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ.

ކުއްލިއަކަށް އެމީހާ ފެނުމާއެކު ކައިޝްގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

” ނާއިފްބޭ ” ކައިޝް ގެ ދެލޮލުން ފޭބި ކަރުނަތައް ފޮހެލަމުން ނާއިފް ކައިޝް ގޮވައިގެން ގޭތެރެއަށް ވަނެވެ.

” ނާއިފް ހަމަމިހާރު ތިވިޔާނުދާ އަންހެނާ މިގެއިން ނެރޭ. އެހެންނޫނީ އަހަރެންގެ އަތުން މިއަދު އޭނަ މަރާނަން ” ޒުހުދާ ގެ ރަހުމްކުޑަކަން ފެނިފަ ނާއިފް ހުރީ ބަސްހުއްޓިފައެވެ.

” މަންމާ .. ” ނާއިފް ނެގި އަތް ތިރިކޮށްލިއެވެ. މަންޒަރު ބަލަން ތިބި އެންމެން ތިބީ ބަސްހުއްޓިފައެވެ. ނާއިފް އަކީ ދުވަހަކުވެސް މަންމަ އާ ދިމާލަށް ބާރަށް އެއްޗެއް ބުނި މީހެއްނޫނެވެ. އެފަދަ މީހަކުގެ ފަރާތުން އެކަހަލަ އަމަލެއް ފެނުމުންވެސް ވާނީ އެކަހަލަ ގޮތެކެވެ.

” މަންމަގެ އުފަންދަރިއެކޭ ކޮއްކޮ އަކީ. މަރާލަން ބުނާއިރު ތިހިތަށް ހަމަ އެކައްޗެއްވެސް ނާރަނީތަ. އަހަރެން މިއަދު ލަދުގަނޭ ތީ އަހަރެންގެ މަންމައޭ ބުނަންވެސް ” ނާއިފު ވާހަކަދެއްކީ ރުޅިއައިސްފަ ހުރެއެވެ.

” ނާއިފް ތިފާޑަށް މިއަދު މަށާ ތިވާހަކަ ދައްކަނީ މިމުޑުދާރު އަންހެނާ ކޮށްގެން ހުރި ކަންތައް ނޭނގޭތީތަ. އަހަރެން މުޅި ރަށަށް ގިނަކޮށް މުޅި އާއިލާ ބޭޒާރުކޮށްފިއޭ މިހާރު. އާއިލާގެ އިއްޒަރާ ގަދަރު ނުހިފަހައްޓާ އަންހެނަކަށް މަ ކޮން ރަހުމެއް ކުރާކަށް ” ޒުހުދާ އަކީ ގޮތްދޫކުރާނެ މީހެއްނޫނެވެ.

” އާއިލާގެ އިއްޒަތާ ގަދަރު ހިފަހައްޓަނީ ކާކުކަން ބަލަން ބޭނުންތަ މަންމަ ” ނާއިފުގެ އަތުގަ ކައިޝް ހިފަހައްޓާލިލެއް ބާރުކަމުން ނާއިފް އަށް ކައިޝް ބުނަން ބޭނުންވަނީ ކީކޭކަން މާރީއްޗަށްވެސް ނަގައިގަނެވުނެވެ. ކައިޝް އާ ދިމާލަށް ނާއިފް ބަލާލިއެވެ. އެއަށްފަހު ނާއިފް ކޮޓަރިއާ ދިމާލަށް ހިނގައިގަންނަމުން އެންމެންނާ ދިމާލަށް ބަލާލުމަށްފަހު ޒުހުދާ އަށް ނިސްބަތްކޮށް ބުންޏެވެ.

” ހަނދާންކުރާތި، ކައިޝް މިގެއިން ނެރެފިއްޔާ އަހަންނަށްވުރެ ނުލަފާ މީހަކު ނުހުންނާނެ ” ހުރިހާ އެންމެން އެކި ދިމާލަށް ގޮސް ގެއްލުނުއިރުވެސް ޒުހުދާ ހުރި ގޮތަށް ހުރީ ގާވެފައެވެ. ކައިޝް ދެކެ ކިތަންމެ ރުޅިއައި ނަމަވެސް ނާއިފު އެންމެ ފަހުން ބުނި ޖުމްލަ ޒުހުދާގެ ކަންފަތުގަ ހަރުލާފަ ހުއްޓެވެ.

“” އާއިލާގެ އިއްޒަތާ ގަދަރު ހިފަހައްޓަނީ ކާކުކަން ބަލަން ބޭނުންތަ މަންމަ “” ނާއިފް އެހެން ބުނި ސަބަބަކީ ކޮބާ ހެއްޔެވެ؟ ޒުހުދާ ކޮޓަރިއަށްވަދެ ރާނިޔާ ގެ ނަންބަރަށް ގުޅާލިއެވެ. ދެފަހަރަކު ރިންގުވުމާ އެކު ރާނިޔާ ފޯނު ނެގިއެވެ.

” ކީކޭ މަންމާ. ހާދަ ލަސްގަޑިއެއްގަ ތިގުޅީ އަނެއްކާ އެވިޔާނުދާ ކައިޝް ކަމެއްކުރީތަ؟ ” ރާނިޔާ ބުންޏެވެ.

” ދަރިފުޅާ ރާނިޔާ. ރާނިޔާ އަށް ހަމަ އެއްގޮތަކަށްވެސް ނޭނގޭތަ ކައިޝްގެ ބަނޑުގަ އެވަނީ ކާކުގެ ދަރިއެއްކަމެއް ” ކުއްލިއަކަށް މަންމަ އެވާހަކަ ދެއްކީތީވެސް ރާނިޔާ ގާތަށް ރުޅިއައެވެ.

” ތިސުވާލު އަހަންނާ ކުރުމަށްވުރެ މާރަނގަޅުވާނެ ގޮސް އެކަމަނާ އާ ކުރިއްޔާ. އޭނައަކަށްނު އިނގޭނީ އޭނަ އުޅުނު ވައްތަރު . ރަނގަޅަށް ވިއްޔާ ނޭނގޭނެ ކަންނޭނގެ އެއީ ކާކުގެ ދަރިއެއްކަމެއްވެސް ” ރާނިޔާ ޒުހުދާ ބުނާ އެއްޗެއް އަޑުއެހުމަކާ ނުލާ ފޯނު ކަނޑާލިއެވެ.

” ކައިޝް އަހަރުމެން ގޭ ހިސާބު އެންމެން މާދަން ދަތުރު ދާން މިއުޅެނީ.. ” ޓިއުޝަން ނިންމާފަ ގެއަށް ދިޔަ މަގުމަތީ މަރީ ވާހަކަދެއްކީ ކައިޝް އާ އެވެ.

” މިތާ ކައިރި އޮންނަ ފަޅު ރަށަކަށް ދަނީ.. ކައިޝް ވެސް ވާނެ އަހަރުމެންނާ އެކުދާން ” މަރީ އެދުނެވެ.

” ހަމަ ރަނގަޅަށްވެސް އިނގޭނެ އަހަރެން އެއްގޮތަކަށްވެސް ތިކަހަލަ ކަންތަކަށް ޝައުގުވެރިކަން ނުހުންނަކަން. އަހަރެން އެއްގޮތަކަށްވެސް ދަތުރު ދާހިތެއްނުވޭ” ކައިޝް ފާޅުގަ އިންކާރު ކުރިއެވެ.

” ދެންހެވޭ. އަޅާނުލާ ” ކައިޝް ހަޔާތުގަ ފޮރުވިފައިވާ ސިއްރުތައް މަރީ އަށް ނުހޯދުނު ނަމަވެސް މިހާރުގެ ދިރިއުޅުމުގަ ކައިޝް ހިތްހަމަޖެހޭނެ ފަދަ ކަންތައް ކޮށްދޭން މަރީ ބޭނުންވެއެވެ. ކައިޝް ކުރާ ހިތާމަ އެންމެ ގާތުން އިނގޭ ހަމައެކަނި މީހަކީ ވެސް މިހާރު މަރީ އެވެ.

ކައިޝް އާ މަރީއަށް އެއްފަހަރާ ކަހަލަ ގޮތަކަށް ހުއްޓެވުނީ ކުރިމައްޗަށް އެރި އަކިޔަން ފެނިފައެވެ. ކައިޝް ގެ މޫނުމައްޗަށް ވެރިވި ކުލަވަރު ފެނިފަ އަކިޔަން ފުރަތަމަ ފަހަރަށް ކުރަން އައި ކަންތައް ކުރުމަށް ޖެހިލުންވިއެވެ.

” ކައިޝް އަހަރެން ބޭނުން ވާހަކައެއް ދައްކާލަން. ޕްލީޒް މަޑުކޮށްލަބަ ” ކުރިން ފެނުނު އަކިޔަން އާ މިހާރު ކުރިމަތީ ހުރި އަކިޔަން އާ ދެމެދު ތަފާތެއް ހުރި ކަމަށް ކައިޝް އަށް ގަބޫލު ކުރެވުނެވެ.

” އަކިޔަން ބުނަން ރަނގަޅު ވާހަކައެއް. ކައިޝް އާ ދިމާ ނުކޮށް މިތަނުން ދެންވެސް ދޭ. ލައްކަވަރު ކުރެވިއްޖެ އެއްނު ދޯ މިހާރު ” މަރީ ކައިޝްގެ ދިފާއުގަ ވާހަކަ ދެއްކިއެވެ.

ކައިޝްމެން ދާތަން ބަލަން އަކިޔަން ހުރީ ހަގީގަތުގަވެސް ދެރަވެފައެވެ. އެރޭ ކައިޝް އާ ދޭތެރޭ ކަންތައް ކުރެވުނު ގޮތުން އަކިޔަން އަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. ފުރަތަމަ ފަހަރަށް ކުރެވުނު ކަންތަކާ މެދު އަކިޔަން ވަނީ ދެރަވެފައެވެ. ކައިޝް ގެ މައާފު މިހާރު އަކިޔަން އަށް ވަރަށް މުހިއްމެވެ.

ގެއަށް ވަދެ ސިޓިންގރޫމް ސޯފާ މައްޗަށް އަކިޔަން ވެއްޓިގަތެވެ. އޭރު ލަތީފާ އާ ކަރީމް އާ ދެމީހުންވެސް އެތާ ތިއްބެވެ. ލަތީފާ އަކީ އަކިޔަންގެ ދޮންމަންމަ އަށް ވީ ނަމަވެސް ލަތީފާ ދެކެނީ އަކިޔަން އަކީ ހަމަ ލަތީފާ ގެ ދަރިއެއް ކަމަށެވެ. މިވީ ދެތިން ދުވަހެއްތެރޭ އަކިޔަން އަށް ބަދަލުތަކެއް އަންނަ ވާހަކަ މިހާރު ލަތީފާ ދެތިން ފަހަރަކު ކަރީމް ގާތު ދައްކައިފިވެސް މެއެވެ. ކުރިން ގޭތެރެއިން މަދު ފަހަރަކު ފެންނަ އަކިޔަން ގިނަ ވަގުތު އޮންނަނީ ގޭގައެވެ.

” ދަރިފުޅާ ކިހިނެތްވީތަ އަނެއްކާ. ” ކަރީމް އަހާލިއެވެ.

” ނުވެއޭ ކަމެއް ބައްޕާ. ހަމަ ދެން ޖައްސާލީ ” އަކިޔަން އޮޅުވާލިއެވެ. ކަރީމް ގާތަށް އައީ ހިންޏެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އަކިޔަންގެ ވާހަކަ ދެއްކުމުގަ ވާ މަޑުއިތިރިކަން ފެނިފަ ކަރީމް އިނީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ.

މިއާދައިގާ ދުވަސްތައް ފާއިތުވަމުން ދިޔަ ނަމަވެސް ކައިޝްގެ އެކަނިވެރި ހިތްދަތި ދިރިއުޅުމަށް އެއްވެސް ބަދަލެއް ނާދެއެވެ. ދުވަސް ވީ ހެން ކައިޝްގެ ބަނޑު ބޮޑުވަމުން ދިޔައެވެ.  ކުރިއަށްވުރެ ބޮޑައް ވަރުބަލިކަން އިހުސާސް ކުރެވެމުން ދިޔައެވެ. ނާއިފުގެ ސަބަބުން ކުރިން އަބަދާ އަބަދު ކައިޝް އާ ދިމާލަށް ހަޅޭއްލަވާ ޒުހުދާގެ ހަޅޭއްލެވުން ކޮންމެވެސް ވަރަކަށް ހުއްޓުނެވެ. އެވަރުންވެސް ދޭތެރެއަކުން ކޮންމެވެސް އެއްޗެކޭ ބުނެލައެވެ.

ހީނުކުރާހާ އަވަހަށް ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ބަނޑަށް ހަމަސް ފުރުނުއިރު ކައިޝްގެ ބަނޑުން މާބަނޑު މީހެއްކަން އެނގޭހާ ވެއެވެ. އެކަމަކު ހަށިގަނޑު އެހާ އަނަރޫފައެވެ.

ޓިއުޝަން ނިންމާލުމަށްފަހު ކައިޝް ގެއާ ދިމާލަށް ހިނގަމުން ދިޔައެވެ. ކުއްލިއަކަށް މަގުމަތީ އޮތް ގާގަނޑެއްގަ އަޅައިގެންފަ ކައިޝް ވެއްޓެން ދިޔައެވެ. އެކަމަކު އަކިޔަންގެ ހުށިޔާރުކަމުން ކައިޝް ވެއްޓުނަނުދީ ހިފެހެއްޓިއެވެ. ކައިޝްއަށް އަކިޔަން އާ ހަތަރު ހަމަކޮށްލެވުނީ ބޭއިހުތިޔާރުގައެވެ. އެކަމަކު އެއީ ކުޑަ ހިނދުކޮޅެއްގެ ކަމެކެވެ. އަވަސް އަވަހަށް އަކިޔަންގެ އަތް ފޮޅުވާލުމަށްފަހު ކައިޝް ދުރައް ޖެހިލިއެވެ.

ކައިޝް އަވަހަށް އެތަނުން ދިއުމަށް ހިނގައިގަތެވެ. އަކިޔަން ދެފަހަރަކު ގޮވާލުމުންވެސް ކައިޝް އެނބުރި ބަލާވެސް ނުލިއެވެ. އަކިޔަން އިސްޖަހާލުމަށްފަހު އައިކޮޅަށް ހިނގައިގަތެވެ. ކައިޝް އާ އަކިޔަން އާ ދިމާވިފަހުންވެސް މިވަނީ އެތައް ދުވަހެއް ފާއިތުވެ ގޮސްފައެވެ.

ކައިޝްގެ ސަބަބުން އެއްވެސް އުޅުމެއްނެތް މަގުމަތީ ގިނަވެގެން އުޅުނު އަކިޔަން އެވަނީ ބަދަލުވެފައެވެ. ކުރިން އެއްވެސް މަސައްކަތެއްނުކޮށް ބައްޕަ އަތުން ލާރިހޯދައިގެން އުޅެމުން އައި އަކިޔަން މިހާރު ހުރިހާ ވަގުތެއް ހޭދަކުރަމުންދަނީ ބައްޕަގެ ވިޔަފާރީގެ މަސައްކަތުގައެވެ. އެއްކޮށް އުޅުނު ރައްޓެހިންނާ ދުރުވެ އަމިއްލަ މަސައްކަތުގަ ގިނަވަގުތު ހޭދަކުރުމަކީ އަކިޔަންގެ އާދައެވެ. އެވަރުންވެސް ކޮންމެ ދުވަހަކުވެސް ކައިޝް ނިމޭ ވަގުތަށް ކޮންމެ ގޮތަކުން ވެސް ޓިއުޝަން ކުލާސް ކައިރިއަށް އަކިޔަން ދެއެވެ. ކައިޝްގެ ފަސްފަހަތުން ގެއާ ހިސާބަށް ނުދާ ދުވަހެއް މަދެވެ. ކައިޝް އަށް އެއިން އެއްވެސް ކަމެއްގެ ހިލަމެއްވެސް ނުވެއެވެ. މަރީގެ ފަރާތުން ކޮންމެވެސް ވަރަކަށް އެކަންތައް އިނގުނު ނަމަވެސް އެއިން އެއްވެސް ވާހަކަ އަކަށް ކައިޝް ސަމާލުކަމެއް ނުދެއެވެ.

މަރީމެންގެ އާ ޖެހިގެން ހުންނަ ފިހާރައިން މަރީ ނުކުރީ ކޯކް ފުޅިއެއް ގަނެގެންނެވެ. ގެއަށް ވަނުމުގެ ކުރިން އަކިޔަން ގޮވާލުމުން މަރީ ހުއްޓުނެވެ.

” މަރީ. އަހަންނަށް ކަމެއް ކޮށްދީފާނަންތަ ” އަކިޔަން އަށް ބަދަލުތަކެއް އައިސްފަވާކަން މަރީއަށް ގަބޫލު ކުރެވެއެވެ. އަކިޔަން އެދުނީ ކައިޝް އަށް ގުޅޭނެ ނަންބަރެއް ދިނުމަށެވެ.

” އަކިޔަން އަށް އިނގޭ ކައިޝް އިނީ ކޮންހާލެއްގަ ކަން. އަހަރެންވެސް ބޭނުން ކައިޝް އަށް ރަނގަޅު ގޮތެއް ވާން. އެކަމަކު އަހަންނަށް ކިހިނެތް އިނގެނީ އަކިޔަން ކައިޝް ގެ ނަންބަރު ތިހޯދަނީ ކޮންބޭނުމަކުކަން ” މަރީ އަކީ ހިތުގަ އޮންނަ ގޮތަށް ކޮންމެ ވާހަކައެއްވެސް ބުނާ ކުއްޖެއްކަމުން ބުންޏެވެ.

” މަރީ އަހަރެން ބޭނުންވަނީ ކައިޝް ގާތުން މައާފަށް އެދެން ” އަކިޔަން ހާމަކުރީ ހަގީގަތެއްނޫނެވެ. މީގެ އެތައް ދުވަހެއްކުރިން ކައިޝް އަށްޓަކައި އަކިޔަންގެ ހިތުން ވަނީ ހާއްސަ ޖާގައެއް ދެވިފައެވެ. ކައިޝް ފެންނަ ހިސާބަށް ދާން އަކިޔަން ބޭނުންވެއެވެ. ކައިޝް ނުފެނިއްޖެ ދުވަހަކު އަކިޔަންގެ މޫޑު ހަރާބު ވެއެވެ.

ވަރަށް ވިސްނުމަށްފަހު މަރީ އަކިޔަން އަށް ކައިޝްގެ ނަންބަރު ދިނެވެ. އަދި ވަރަށް ރަނގަޅަށް ކައިޝްގެ ހާލަތު އަކިޔަން އަށް ވިސްނާދިނެވެ. އެހުރިހާ ވާހަކައެއް އަކިޔަން އަޑުއެހީ އަހާހިތުންނެވެ.

އެހެންރޭރެއާ ހިލާފަށް ކައިޝްގެ ބަނޑަށް އުނދަގޫވަމުން ދިޔައެވެ. ނިދަން އުޅެ އެއްގޮތަކަށްވެސް ނުނިދުނެވެ. ފެންބޯން ބަލާލިއިރު ފެންހުރީ ހުސްވެފައެވެ. ކޮޓަރީ ހުރީ ފުޅި ހިފައިގެން ކައިޝް ނުކުތީ ފެންއަޅާށެވެ. ބަދިގެ އަށްވަދެ ހުސްފުޅި ބެހެއްޓުމަށްފަހު އައިސްއަލަމާރިން އެހެން ފެންފުޅިއެއް ނެގިއެވެ. ހަމައެވަގުތު ނާއިފު އައިސް ބަދިގެއަށް ވަނެވެ.

” މިގަޑީ ކީއްވެ ނުނިދާ ތިއުޅެނީ ” ނާއިފް އަކީ ކުރިން ގޭތެރޭގެ އެއްވެސް ކަމަކާ މާބޮޑު ސަމާލުކަމެއް ދީ އުޅޭ މީހެއްނޫނެވެ. އެހެންނަމަވެސް ކައިޝް އަށް މިކަން ދިމާވިފަހުން ނާއިފު ކައިޝް އާ ދޭތެރޭ ކަންތައް ކުރަމުން ދަނީ ނުހަނު އޯގާތެރި ކަމާ އެކުއެވެ.

” ކައިޝް އިށީނދެބަލަ މިތާ ” ގޮނޑި ދައްކަމުން ނާއިފު ބުންޏެވެ. ކައިޝް ފެންފޮދެއް ބޯލުމަށްފަހު ހަމަޖެހިލައިގެން ގޮނޑީގަ އިށީނެވެ.

” ކޮއްކޮއަށް ކޮންމެ ކަމެއް ދިމާވިޔަސް ލަސްނުކޮށް ބޭބެއަށް ގުޅައްޗޭ. ކޮންމެ ވަގުތަކު ގުޅިޔަސް ބޭބެ ހުންނާނީ އަންނަން ތައްޔާރަށް. އިނގޭ މިހެން ބުންޔަސް ކޮއްކޮ ހިތުގައަޅާނެ ވޭން. ކައިޝްގެ ބޮލުގަ ނުހަނު އޯގާތެރިކަމާ އެކު ފިރުމާލަމުން ނާއިފު ބުންޏެވެ. ކުރިން ކައިޝް އަށް ހީކުރެވުނީ ކައިޝްދެކެ ހަމައެކަނި ލޯބިވަނީ ރާއިދު ބޭބެ ކަމަށެވެ. އެކަމަކު އޭގެ ބަދަލުގަ ކައިޝްގެ ދެބޭބެވެސް ކައިޝް ދެކެ އިންތިހާ އަށް ލޯބިވެއެވެ. ނާއިފް ރިޒޯޓް ވަޒީފާގައި އުޅޭ ނަމަވެސް ކޮންމެ ދުވަހަކަ އެއްފަހަރު ނަމަވެސް ކައިޝް އަށް ގުޅާ ހާލު އޮޅުންފިލުވާ ހަދައެވެ. މަންމަގެ ލޯބި ކައިޝް އަށް އުނިވެފަވީ ނަމަވެސް އާއިލާގެ ފަރާތުން ކައިޝް އަށް އިންތިހާ އަށް ލޯބި ލިބެއެވެ. ކައިޝްގެ ކަންބޮޑުވުމަކީ އެއެންމެންގެ ލޯބި ލިބޭއިރުވެސް ކައިޝް އެންމެ ލޯބިވި ދެމީހުންގެ ލޯބިން ކައިޝް އުނިވީ ކަމެވެ.

ކައިޝްގެ ދެލޮލަށް ޖަމާވި ކަރުނަ ނާއިފް ފޮހެލަދިނެވެ.

” ނާއިފްބޭ އަހަރެން ބޭނުން ދޮންތަގެ ލޯބި ” ކައިޝް އަކަށް ކެތެއް ނުކުރެވުނެވެ. ނާއިފް އެތައް ވަރަކަށް ވާހަކަ ދައްކައިގެން ކައިޝް ހަމައަކަށް އެޅުވިއެވެ. ނާއިފް ކައިޝް ގާތު ދައްކަމުން ދިޔަ ހުރިހާ ވާހަކައެއްވެސް އިތުރު މީހަކަށް އަޑުއިވެމުން ދިޔައެވެ. އިވެމުން ދިޔަ ކޮންމެ ޖުމްލައެއް އެމީހަކަށް އަޑު އިވެމުން ދިޔައީ ވިހަ ތީރެއް ފަދައިންއިނެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Reesh

Level 110 Stories

ވާހަކަ ލިޔުމަކީ ރީޝް އަބަދުވެސް ވަރަށް ކުރާ ހިތްވާ ކަމެއް.

Other Articles

Previous

ހަތިޔާރު (ނިމުމުގެ ފެށުން: ހަތަރުވަނަ ބައި)

Next

އޯގާވީ ހިތަކުން…3

Next
March 17, 2014

އޯގާވީ ހިތަކުން…3

Previews
March 16, 2014

ހަތިޔާރު (ނިމުމުގެ ފެށުން: ހަތަރުވަނަ ބައި)

5 Comments!

  1. inaa says:
    March 17, 2014 at 9:27 pm

    konirakun nxt part up kohdheyny….v rythi mi story….

  2. ރަޝް says:
    March 17, 2014 at 11:29 pm

    ރީ ދެންކިހާދެރަކަމެއް…މިވާހަކައިގެ އާބަޔެށް ނުނެރެ ހުރިހާ ސައިޓަކަށް ތިލަނީ ހަމައެއްބައެށް… މވާހަކައިގެ އާބައެއް ނެރެބަލަ..

    1. Reesh says:
      March 18, 2014 at 2:03 pm

      ރަޝް ވަރަށް ބޮޑައް ސޮރީ… އެކަމަކު މިސައިޓްގަ މިވާހަކަ އެއްކޮށް މެދުކެނޑުމެއްނެތި ގެނެސްދޭނަން އިރާދަކުރެއްވިއްޔާ…… މިސައިޓްގަ ގެނެސްދޭގޮތުން 5 ވަނަ އެޕިސޯޑަކީ އާބައެއްކަންވެސް ބުނެލަން 🙂

  3. v says:
    March 18, 2014 at 7:17 pm

    ..vaahaak liyan neygenyaa nuliyebala.. ninman neygigen ulhey myheh mi

  4. none says:
    February 22, 2015 at 3:39 pm

    reesh liyunun aneh vaahaka kb aneh bai evaahakaa ge aneh bai kiyan varh beyun plxxx

Comments are closed.

Next Episodeހިތަކުން ހަމަ ނުފިލާނޭ – 3←


All Right Reserved!