Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ހަމަ ނުފިލާނޭ – 5

Reesh Level 110 Stories
March 20, 2014 4 Mins Read
21 Comments

ގޮނޑިބަރީ އިން ޒުހުދާއަށް ރާނިޔާ ފެނުމާއެކު ރުޅި އައިސް ރަތްވިއެވެ.

” މަންމާ އަހަރެންދެކެ ރުޅި ނާދޭ. އަހަރެން ބޭނުން މަންމަ އަށް ހުރިހާ ވާހަކައެއް ކިޔާދޭން ” ރާނިޔާ ވާހަކަ ދެއްކީ ދެރަވެފަ ހުރެއެވެ.

ނަދީމްގެ އެވިޔާނުދާ އަމަލު ކުރިން ރާނިޔާ އަށް ނޭނގޭކަމަށް ޒުހުދާ ގާތު ބުންޏެވެ.

” ރާނިޔާ ތިވާހަކަތައް ހުއްޓާލާ. މީކީ ތިވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތެއްނޫން “

އެވަގުތު މަރުކަޒުގަ ހުންނަ ނަރުސްކުއްޖާ އައިސް ޒުހުދާ މެންގާތަށް ހުއްޓެނީ އެވެ. އެކުއްޖާ ބުނަން އުޅެނީ ކީކޭކަމެއް ދެނެގަންނާކަށް އެކަކަށްވެސް ނޭނގުނެވެ.

އެންމެންގެ ނަޒަރު ހުއްޓިފަވަނީ ނަރުސް ކުއްޖާ އަށެވެ. ނަރުސްކުއްޖާގެ ފަހަތުން އައި ޑޮކްޓަރ އެންމެންނާ ހަމައަށް އައިސް ވެގެންއުޅޭގޮތް އޮޅުން ފިލުވައިދިނެވެ.

” ކައިޝްގެ ހާލު ރަނގަޅު… ރިހުން ކޮންމެވެސް ވަރަކަށް އައިސްފަ ދަނީ.. ރަނގަޅަށް ރިހުން އަންނަންދެން ވޯޑްގަ ބާއްވާލަންޖެހޭނީ ” ޒާހިދާ ގެ ހިތަށް ލިބުނު ހިތްހަމަޖެހުން ބަޔާންކޮށްދޭންވެސް ނޭނގުނެވެ.

ޑޮކްޓަރގެ ހުއްދަ ލިބުމުން އެންމެން އެކުގަ ކައިޝް އޮތްވޯޑާ ދިމާލަށް ހިނގައިގަތެވެ. ޒާހިދާ އަތުގެ އިޝާރާތުން ރާނިޔާ ނުވަނުމަށް އެންގިއެވެ.

މަންމަމެން ފެނުމާއެކު ކައިޝްއަށް ގިސްލާ ރޮވެން ފެށިއެވެ. އެދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަދޭން ބޭނުންވާ އެތައް އަތެއް މިއަދު އެބަތިއްބެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ކައިޝް އަށްޓަކައި ފުރިގެންވީ ލޯތްބާއި އަޅާލުމެވެ. ހަމައެފަދައިން އެންމެންގެ ހިތުގަވެސް އެތައް ސުވާލެއްވާނެކަންވެސް ކައިޝް ގަބޫލު ކުރެއެވެ.

” މަންމާ ދޮންތަ …………. ؟ ކައިޝް އަހާލިއެވެ.

” އޭނަގެ ވާހަކަ ނާހާ އަހަރެން ކައިރި. އޭނައަކީ މިހާރު ހުއްޓަސް ހަމަ ނެތް ދަރިއޭ އެއްފަދަ އަހަންނަށް “

” ނޫން މަންމާ ތިހެންނުބުނޭ… ” ކައިޝް އަށް މަންމަގެ ލޯބި އެންމެ މުހިއްމުވި ދުވަހު އެލޯބި ދިން މީހަކީ ރާނިޔާކަން ކައިޝް ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނެއެވެ.

*************************************

” ދޮންތާ…. ދޮންތާ … ” އަޑުގެ ހުރި ބާރެއްލާފަ ރާނިޔާ އަށް ގޮވަމުން ގޮވަމުން އައިސް ކައިޝް ބަދިގެ ތެރެއަށް ވަނެވެ. ރާނިޔާ ހުރީ ރޭގަނޑުގެ ކެއްކުމުގެ މަސައްކަތުގެ މަސްއޫލު ވެގެންނެވެ.

” ކިހިނެތްވީ މާބާރަކަށް ހަޅޭއްލަވަމުން ތިއަންނަނީ. އަނެއްކާ މާބޮޑު ކަމެއްވީތަ ” ރާނިޔާ ހިނިތުންވުމާއެކު ބުނެލިއެވެ.

” ދޮންތައަށް އިނގޭތަ. މިރޭ އެބައޮތް ރައްޓެހި ކުއްޖެއްގެ ގޭގަ ޕާޓީއެއް. އޭނައަށް ކުލާހުން ފަސްޓް ލިބުނީމަ. ޕްލީޒް ދޮންތާ އޯކޭތަ ދިޔަސް ” ކައިޝް މޫނަށް ވައްތަރެއް ޖައްސާލަމުން އެހިއެވެ.

ރާނިޔާ އަކީ މީހަކާ އިނދެގެން އުޅޭ މީހަކަށްވިޔަސް އިންތިހާއަށް އެކަނިވެރި މީހެކެވެ. ނަދީމް އުޅޭނީ އަބަދުވެސް ކޮންމެވެސް މަސައްކަތެއްގެ ބޭރު ތެރޭގައެވެ. އެނޫންވަރެއް ނަދީމް އަށްވާކަމަކަށް ނުވެއެވެ.

” އެންމެ ރަނގަޅު. އެކަމަކު އެހާ ލަސްނުވެ އަންނާތި ” ކައިޝް އުފާވިވަރުން ރާނިޔާގެ ގައިގަ ބައްދާލުމަށްފަހު ދުވެފަގޮސް ކޮޓަރިއަށް ވަނެވެ.

ކޮޓަރިއަށްވަދެ ފަހަރަކު ހެދުމެއް އަލަމާރިން ނަގައިގެން ކައިޝް ބަލަމުން ދިޔައެވެ. އެއީ ކައިޝްގެ އަބަދުގެވެސް އާދައެވެ. ބޭރަށް ދާން ބޭނުންވެއްޖިއްޔާ ވާނީ ހަމަ އެވަރެވެ. ލާނެ ހެދުމެއް ނޭނގިގެން އެތައްވަގުތެއް ހޭދަކުރާނެއެވެ.

ކައިޝް އަށް ތަންދޮރު އޮޅުން ފިލަން ފެށީއްސުރެވެސް ކައިޝްގެ ހުރިހާ ވެސް މީހަކީ ރާނިޔާ އެެވެ. ދޭތެރެއަކުން ފަހީމް މާލެ އައިސްފިއްޔާ ކައިޝް މެންނާ ބައްދަލު ކުރެއެވެ. ޒުހުދާ ފިޔަވާ އާއިލާގެ ދެންތިބި ހުރިހާ އެންމެންވެސް ކައިޝްދެކެ އިންތިހާ އަށް ލޯބިވެއެވެ. އެކަމަކު ޒުހުދާ ކައިޝް ދެކެ އަންނަ ރުޅިއެއްގެ ސަބަބުން ރާނިޔާ ކައިޝް ގޮވައިގެން ރަށައް ނުދަނީ އެވެ. ޒުހުދާ ކިތަންމެ ވަރަކަށް ރާނިޔާ އަށް ގުޅައިގެން ވާހަކަ ދެއްކި ނަަމަވެސް އެއްމެ ފަހަރަކުވެސް ކައިޝްގެ ހާލު އަހާނުލާނެއެވެ.

ފަހަރަކު ހެދުމެއް ބަލަމުން ގޮސް އެންމެފަހުން މަޑު ރީނދޫ ކުލައިގެ ހެދުމެއް ނަގާ ގައިގަ ޖައްސާލިއެވެ. ކަކުލާ ހަމައަށް އަންނަ އެހެދުން މިރެއާ ވަރަށް ގުޅޭނެއޭ ކައިޝް ހިތާ ހިތާ ކިޔާލިއެވެ. އެއަށްފަހު ހެދުމާ ގުޅޭ ކުލައެއްގެ އަތުގަ އަޅާ އެއްޗަކާ ފަށެއް ހޯދާލިއެވެ.

އަދި ވަގުތު އޮތުމާއެކު މަޑުމަޑު ފުއްކޮޅެއްފަދަ ގޮދަޑީގައި ކައިޝް އޮށޯވެލާ ދެކޮޅަށް ފުރޮޅިލިއެވެ. ކަންނެތްގޮތަކަށް ދެލޯ މަރާލުމަށްފަހު ހުޅުވާލިއެވެ. ފޯނު ނަގާ ބަލާލިއެވެ. އުއްމީދު ކުރި ފަދަ މެސެޖެއް އައިސްފަވޭތޯ އެވެ. އެކަހަލަ ކަމެއް ނެތުމުން ފޫހިކަމާއެކު ފޯނު އެއްފަރާތެއްގަ ބޭއްވުމަށްފަހު އަނެއްކާވެސް އެނދުން ތެދުވިއެވެ. ތެދުވި ގޮތަށް ތިރީގައި ބަހައްޓާފައިހުރި މަޑުމަޑު ފައިވާނަށް ދެފައި ކޮއްޕާލައިގެންގޮސް މަގުމައްޗާ ވާގޮތަށް ކައިޝްގެ ކޮޓަރިން ހުންނަ ބެލްކަނީގަ ގޮސް މަޑުކޮށްލާ ބޭރުބަލާލިއެވެ.

އިރުކޮޅަކު އެހެން ހުރުމަށްފަހު ފާހާނާ އަށްވަދެ ފެންވަރަން ފެށިއެވެ. ފެންވަރައިގެން ނުކުމެ ރީނދޫކުލައިގެ ހެދުން އޭނާގެ ލޫޅާފަތި ހަށިގަނޑަށް މަހާލާފައި ޑްރެސިންގޓޭބަލް ކުރިމަތީގައިހުރި ގޮނޑީގާ އިށީނދެ ލޯގަނޑުން މޫނު ބަލާލިއެވެ. ފުނާއަޅާލުމަށްފަހު ހެދުމާ ގުޅޭގޮތަށް މޭކްއަޕް ކުރިއެވެ.

” ހާދަހާ ރީއްޗެކޭ މިރޭ ތިވަނީ. ދޮންތައަށް މިހީވަނީ ރަނގަޅަށްތަ އަނެއްކާ ” ރާނިޔާ ހިނިއައިސްހުރެ ބުންޏެވެ.

” ދޮންތާ. އެހެނެއްނޫނޭ. އެހެންނޫނަސް އަހަރެން މީ މިހާރު ބޮޑުކުއްޖެކޭ ދޮންތާ ” ކައިޝް ޅަގޮތަކަށް ބުނެލިއެވެ.

” ދެން އެންމެ ރަނގަޅޭ. މާބޮޑު މީހަކަށް ވާން އުޅޭނެކަމެއްނޫން. އަދި ކިރިޔާ ސަތާރަ އަހަރު ވާން ތިއުޅެނީ ” ރާނިޔާ އެހެންބުނުމަށްފަހު ނުކުމެެގެން ދިޔައީ ކައިޝް އަތަށް ސަތޭކަ ރުފިޔާ ދީފައެވެ. ކައިޝް އެކަނިމާއެކަނި ރޭގަނޑު ހިނގާފަ ތަންތަނަށް ފޮނުވުމަކީ ރާނިޔާ އެހާ ހިތްހަމަ ޖެހޭ ގޮތެއްނޫނެވެ. އެހެންނޫނަސް ފައިސާގެ ގޮތުން ދަތިވާ އެއްވެސް ކަމެއްނޯވެއެވެ. ނަދީމް ގެ މަސައްކަތުގެ ގޮތުން ގިނަ ވަގުތު މާލެއިން ބޭރުގަ އުޅުނު ނަމަވެސް ރާނިޔާ ބޭނުންވާ ވަރަށް ރާނިޔާ އަށް ފައިސާ ހުންނަނީ ދީފައެވެ.

ދެރަކަމަކީ ފައިސާ އަކީ ހުރިހާ އެއްޗެއް ނޫންކަން ނަދީމް އަށް ނުވިސްނޭ ކަމެވެ. ރާނިޔާ އަކީ ރީތި މީހެކެވެ. މީހުންގެ ލޮލުގަ އަޅައިގަންނަ ފަދަ ރީތި ސިފަތަކެއް ވަނީ ރާނިޔާ އަށް ލިބިފައެވެ. ރާނިޔާގެ ހަމައެކަނި ހިތާމައަކީ ކައިވެންޏަށް ކިތަންމެ ގިނަ ދުވަސްވީ ނަމަވެސް އަދިވެސް ދަރިއަކު ނުލިބުމެވެ. ދަރިއަކު ހޯދަން ރާނިޔާ ކިތަންމެހާވެސް ބޭނުމެވެ.

ޓެކްސީއަކަށް ގުޅާލުމަށްފަހު ކައިޝް ނުކުމެ ބޭރުގަ މަޑުކޮށްލިއެވެ. ދޮންތަ ގާތު ދޮގު ހެދުނީތީ ކައިޝް ކުޑަކޮށް ހިތްހަމަ ނުޖެހޭ ގޮތްވިއެވެ. އެހެންވިޔަސް ކޮފީއަކަށް ދާ ވާހަކަ ބުނަން ކައިޝް ކުޑަކޮށް ޖެހިލުންވީއެވެ.

ޓެކްސީ އަށް އެރުމަށްފަހު ކައިޝް ދާންބޭނުންވާ މަންޒިލްގެ ނަން ބުނެލިއެވެ. ކޮފީ ޝޮޕްގެ ބޭރުން ކައިޝް އަށް މަރުހަބާ ކީ ލައިޝާގެ އިތުރުން އެމީހަކަށްޓަކައި ކައިޝްގެ ހިތުން ހާއްސަ ޖާގައެއް ހޯދާފައިވާ ނިކީލް އެވެ. ކައިޝްގެ ރީތިމޫނަށް ބަލަހައްޓައިގެން ނިކީލް އަށް ހުރެވުނީ އެވެ. ލައިޝާ ލާނެތް ހިނިތުންވުމަކާ އެކު ނިކީލްގެ އަތުގަ ވިކާލިއެވެ.

ތިންމީހުން ކޮފީ ޝޮޕް އެތެރެއަށްވަދެ ހަމަޖެހިލިއެވެ.

އާވި އަރަމުންދިޔަ ލަވާޒާ ތަށީގައި ތުންޖަހާލުމަށްފަހު ކައިޝް ތަށި ބަހައްޓާލިއެވެ. ކައިޝްގެ ޖާޒުބީ ތުންފަތުގައި ޖައްސާފައިހުރި މަޑު ފިޔާތޮށިކުލަ ހުދުކުލައިގެ އެތަށީގެ ބޭރަށް ތައްގަނޑެއްހެން ނެގިގެން ދިޔައެވެ. މޭޒުކައިރި އިން ނިކީލް އިނީ ކައިޝްގެ ހިޔާލުތަކަށް ޣަރަގުވެ ނިމިފައެވެ.

މިރޭ މިގޮތަށް ބައްދަލު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް ނިކީލްގެ ހިތުގަ ވާ އެއްޗެއް ކައިޝް އަށް ހާމަ ކުރުމެވެ. ލައިޝާ އާ ނިކީލް ނިންމާފައިވަނީ ވަކި ހިސާބަކުން ލައިޝާ އެތަނުން ދިއުމަށެވެ. ރެސްޓޯރެންޓް އަށް ވަންނަ އެއްވެސް ބަޔަކަށް އެމޭޒުގަ ތިބޭ މީހުންނެއް ނުފެންނާނެއެވެ.

ލައިޝާ އަށް ފޯނެއް އައީ ހަމަ އެވަގުތު އެވެ. ލައިޝާ ދެއްކި ވާހަކައިން އޭނަ ދާން ޖެހުނީކަން ކައިޝް އަށް އިނގުނެވެ. ލައިޝާ އާ އެއްކޮށް ކައިޝް ވެސް ތެދުވީ ގެއަށް ދާށެވެ.

” ކައިޝް މަޑުކޮށްލާ. އަހަރެން އަންނާނަމޭ ވަރަށް އަވަހަށް ” ނިކީލް އަށް އެއްލޯމަރާލުމަށްފަހު ލައިޝާ ދިޔައެވެ. ލައިޝާ ނެތުމުން ކައިޝް އިނީ ލަދުގަނެފައެވެ. އިސްވެ ވާހަކަ ދައްކަން ނުކެރިފައެވެ. ނިކީލް ކަޅިޖަހާނުލާ ބަލަން އިނުމުން އިތުރަށް ކައިޝް ލަދުގަންނަން ފެށިއެވެ. ނިކީލް މޭޒުދަށުން ކައިޝްގެ ފައިގަ ކޮއްޓާލިއެވެ.

” ނިކީލް ………………… ” ކައިޝް ލަދުވެތިކަމާއެކު ބުނެލިއެވެ.

ނިކީލް އުއްމީދުކުރިގޮތަށް ހުރިހާ ކަމެއް ނިމިގެން ދިޔައެވެ. ނިކީލް އެކޭ އެއްފަދައިން ކައިޝްގެ ހިތުންވެސް ނިކީލް އަށް ވަނީ ހާއްސަ ޖާގައެއް ދެވިފައެވެ. ދެމީހުންގެ ލޯބީގެ އާ ސަފުހާއެއް ލިޔެވިގެން ދިޔައެވެ. އެކަކު އަނެކަކު ދެކެ އިންތިހާ އަށް ލޯބިވާ ވާހަކަ ދެމީހުންވެސް ބުނަމުން ދިޔައެވެ.

” ބިޒީކަމުން އަހަރެންމަތިން ހަނދާންވެސް ނައްތާލީދޯ …. ” ލައިޝާ ގެ އަޑަށް ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ. ކޮފީ ނިންމާލުމަށްފަހު އެންމެން އެއްކޮށް ގެއަށް ދިއުމަށް ނުކުތެވެ. ނިކީލް އެތައް ވަރަކަށް ކިޔުމުންވެސް ކައިޝް ބޭނުންވީ އެކަނި ގެއަށް ދާށެވެ.

ޓެކްސީ އެއް ހުއްޓުވުމަށްފަހު ކައިޝް އަރާ ގެއާ ދިމާލަށް ދިއުމަށް މިސްރާބު ޖެހިއެވެ. ޑްރައިވަރަށް ލާރި ދިނުމަށްފަހު ކައިޝް ކާރުންފޭބިއެވެ. ގަޑިން ބާރަޖަހަނީ އެވެ. ދޮންތަ ބުނާނެ އެއްޗެއް ނޭނގޭތީ ކައިޝް ކުޑަކޮށް ޖެހިލުންވިއެވެ. އެހެންކަމުން ގެއަށްވަނީވެސް މަޑުމަޑުންނެވެ. ދޮންތައަށް އަޑުނީއްވާ ކޮޓަރިއަށް ދިއުމަކީ ކައިޝް ބޭނުންވާ ގޮތެވެ.

ކައިޝް ކޮޓަރީގެ ދޮރު ހުޅުވަން އުޅުނު ވަގުތު މީހަކު އައިސް ކައިޝްގެ އަތުގަ ހިފާ ދަމައިގަތެވެ. ދިޔަ ބާރުމިނުގަ ގޮސް ކައިޝްގެ ބޯ ޖެހުނީ އެމީހާގެ މޭމަތީ ގައެވެ. އަނގައިން އެއްޗެކޭ ބުނުމުގެ ކުރިން އެމީހާ ކައިޝްގެ އަނގަމަތީ އަތްއަޅާ ބާރުކޮށްލިއެވެ. ދެލޯ ބޮޑުކޮށްގެން ކައިޝް އަށް ބަލަން ހުރެވުނީއެވެ.

( ނުނިމޭ )

Share Article

Follow Me Written By

Reesh

Level 110 Stories

ވާހަކަ ލިޔުމަކީ ރީޝް އަބަދުވެސް ވަރަށް ކުރާ ހިތްވާ ކަމެއް.

Other Articles

Previous

ހިތަކުން ހަމަ ނުފިލާނޭ – 4

Next

އޯގާވީ ހިތަކުން…4

Next
March 20, 2014

އޯގާވީ ހިތަކުން…4

Previews
March 20, 2014

ހިތަކުން ހަމަ ނުފިލާނޭ – 4

21 Comments!

  1. inaa says:
    March 20, 2014 at 1:17 pm

    v reethi…

  2. Anonymous says:
    March 20, 2014 at 1:50 pm

    varah reethi

  3. mary says:
    March 20, 2014 at 5:29 pm

    nice…

  4. Anonymous says:
    March 22, 2014 at 8:55 am

    Waiting for next part…..

  5. CHUMYY says:
    March 22, 2014 at 10:35 am

    V NICE …. NEXT PART UP KOHDYBA ASAP..DYING TO READ…

  6. shai says:
    March 24, 2014 at 9:47 am

    kiyaahih vanyyyyy avahah up kohdhyba

  7. neem says:
    March 24, 2014 at 11:12 am

    Alhey keevvetha stories thah up nuvanee? :'( So sad Avahah up kohdheeba!!! plx plx plx

  8. aroo says:
    March 24, 2014 at 10:48 pm

    vvvvvvvvv nyc .plx plx reeeesh badhaluvihayaathuge 13 up kohdheeyba plx plx

  9. leen says:
    March 25, 2014 at 1:25 pm

    when is the next part?

  10. leen says:
    March 25, 2014 at 1:26 pm

    when is the next part?pls update this soon..

  11. CHUMYY says:
    March 26, 2014 at 4:39 pm

    kyvetha up nuvany this story!!!!!!!!!!!! so sad plxxxx avahah next part up kohdhyba!!!!!!

  12. aisha says:
    March 29, 2014 at 2:20 pm

    Plz plz plz plz update kodhibala next part plz plz
    Mivara hinthisaaru kuruvaaka nuvaana nun dhen plz z ……

  13. CHUMYY says:
    March 30, 2014 at 10:07 am

    reesh…alhe keevetha up nuvany next part???????

  14. aisha says:
    March 31, 2014 at 10:51 pm

    Plz plz plz update kodhibala

  15. aisha says:
    April 12, 2014 at 6:12 pm

    Plz plz dhen orbaa update kodhibala v kyhaahithun hutaa tthi madhukadalhee plz plz plz

  16. aroo says:
    April 17, 2014 at 10:45 pm

    ??????????????? kn irakun nxt prt reeeeeeeeeesh pls pls pls pls pls avahah up kohdhyyyyyyyyyyyyyyyyyyyyyyyba….

  17. reeharn says:
    May 13, 2014 at 1:24 am

    Alhey kobaathr next parts

    Plx please plz next parts thr liyebal

  18. ma says:
    May 29, 2016 at 3:47 pm

    Omg mee kihineh vaahaka liya myhehtha? Komme vaahaka ehge vex ehbai DW litany…. Nulaahiku kiyaa hithun mi thibrny… Vaahakaige nimun gennan neyngenytha???????

  19. ****Aal**** says:
    October 9, 2016 at 4:45 pm

    Vvvvv nice mi part vxx.. Alhe reeesh heyonuvaane next part avahah upkohdhybaa.. Mihaaru miyoh moya vany..plx plx plx plx plx reeesh lobi.. Pleeeeexxxxxxxx.

  20. Hateness✨ says:
    April 26, 2017 at 4:06 pm

    Eyh. Dude This His Too Much. Alhe Aharun bodu Suspension eh ge therey baahvafa You Are Chilling? Huh.? Vai Meeheh Thee? ekam story akee vrh habeys story eh. neyge adhi kaish ah veegotheh ves. peh. these types of writers ginaii meega. reesh thee vrh obi meeheh. dheyn ekam ma vai vee.
    reeeeeeeesh dhen thi upload kuran veee ingihjje? kohmmes meeheh buneba mi noon site eh vahaka kiyaane.????????????

  21. ?? says:
    July 15, 2017 at 5:37 pm

    Ebunaahen komme vaahaka eggeves ebbaithigennany keevvegentha pls mivaahaka up kolladhybala komme stry evves ehaa rythi masha allah ekam vakihisaabakun vaahaka nunimenis up nukureveny kyvvegentha mihaaru up kureveyhaadhuvas vejje dhw thigothah kanthah kuryma myhunge kurmathy thimaage aguvetteyny plx up koh dhybala plx plx????????

Comments are closed.



All Right Reserved!