Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ހިތް ސިހުނުވަރުން. .

GuDuMeena Level 310 Stories500 Comments100 Comments
March 29, 2014 3 Mins Read
29 Comments

އިރުގެ ރަންދޯދިތައް ދުނިޔެ މައްޗަށް ދިރުން ގެނުވަމުން ދަނީއެވެ. އާދުވަހަކަށް އެރި އާ އިރާއިއެކު ހީވާގިކަމާއިއެކު އާ ޢަޒުމެއްގައި ނިކުމެއުޅޭ ޒުވާނުން މަދެއް ނޫނެވެ. އަހަރެންވެސް އެހެން ދުވަސްތަކެކޭ އެއްގޮތައް ހެނދުނު ހެނދުނާ މިސްރާބުޖެހީ ވަޒީފާއަށް ދިއުމަށެވެ. ވަޒީފާއަށް ނިކުންނަން ފެށިތާ އަދި މާގިނަ ދުވަހެއް ނުވެއެވެ. ހޭލެވުނުލެއް ލަސްކަމުން ތެޅި ފޮޅިގަނެގެން ދާންޖެހުނީ ރަނގަޅަށް ސައިވެސް ނުބޮއެވެ. ބުރުޒުމަގުން ހުޅަނގަށް ހިނގާފައި އަހަރެން ދިޔައީ ލެނާ ސުޕަރމާޓާއި ދިމާލަށެވެ. އަހަރެންނަކީ ފިހާރައިގެ ސޭޓުކަމުން ހަތެއް ޖަހަންވާއިރަށް ފިހާރަހުޅުވުމަކީ އަހަރެންގެ ޒިންމާއެކެވެ. ގަޑިޖެހުމުގެ 15 މިނެޓެއްހާއިރު ކުރިން ފިހާރަ ހުޅުވުމަކީ އަހަރެންގެ އާދައެކެވެ. އެއީވެސް އެކަހަލަ ދުވަހެކެވެ.

        ލިބިފައިހުރި އޯޑަރުތަކަށް މުދާ ހަމަކުރުމާއި މަދުވެފައިވާ މުދާތަކަށް އޯޑަރު ހެދުމާއި ފިހާރަޔާއި ގުޅުންހުރި ކަންތައްތައް ރޭވުމުގައި އަހަރެންގެ ސިކުނޑި ވަނީ މާކުރީއްސުރެ ހައިޖާނު ގަނޑެއްގެތެރޭގައެވެ. މަގުމަތިން ދުއްވަމުންދާ އެއްޗަކަށް ނުވަތަ ހިނގާފައިދާ މީހަކަށް ފަރުވާލެއް ނުބެހެއްޓެއެވެ. ދަންނަމީހަކު އަތްހޫރާލި ނަމަވެސް އަހަރެންނަކަށް ނޭނގުނީހެވެ. މަންޒަރުވަނީ ފުސްވެ، ހޭލައިހުއްޓާ ފެންނަމުންދާ ހުވަފެނަކަށް ވެފައެވެ. ދެވުނީ ކިހާ ހިސާބަކަށްކަމެއް ޚުދު އަހަރެންނަކަށްވެސް ނޭގެއެވެ.

            އެ ކުލަނެތް ހުވަފެނުގެ ތެރެއިން އަހަރެންގެ ލޮލަށް ކުލަވެގެން އައީ ތުންފަތެކެވެ. ތުނި ތުންފަތެކެވެ. ޖާޒުބީ އަސަރުގަދަ ތުންފަތެކެވެ. މަޑު ފިޔާތޮށި ކުލައިގެ ލޯބިވެތި ތުންފަތެކެވެ. އަހަރެންގެ ޚިޔާލީދުނިޔެއިން ހޭލައްވާލީ އެ ހުވަފެނީ މަންޒަރެވެ. އެއާއިއެކު އެހުވަފެނުގައި ކުލަޖެހިގެން ލޯމަތިން ސިފަވެގެންދިޔައީ އޭގެ އެތައްގުނައެއްގެ ފުރިހަމަކަމާއިއެކުއެވެ. އަހަރެންގެ ހިތުގެ ތެޅުން އެވަގުތު އަވަސްވެގެންދިޔައީ ކިހާވަރަކަށް ކަމެއް ބަޔާން ކޮށްދޭކަށް ނޭނގެއެވެ. އޭގެ އަސަރުން އަހަރެންގެ މޫނުމަތި ރަތްވެގެންދިޔަކަން އަހަރެންނަށް އިޙްސާސްކުރެވުނެވެ. އެތޫނު ކަޅިރަވަ އަހަރެންގެ ހިތް ޤަތުލުކޮށްލީ އެހިނދުއެވެ. އެ އެންމެ ބަލައިލުމަކުންވެސް ހޭ ހަށިންފިލައި ދިޔަކަހަލައެވެ. އެބެލުމުގައި ވަނީ ދަޢުވަތެކެވެ. ކަޅުކުލަގަދަ އެދެލޮލުގެ ފުންކަމުގެ ތެރެއަށް އަހަރެން ޣަރަޤު ކޮށްލައިފިއެވެ.

             ފަޅި ސިކުންތުކޮޅަކަށް ނަމަވެސް އަހަރެންނާއި ދާދިކައިރިން ފެނި، ފަސްދީ އެދިޔައީ މީގެކުރިން ދުވަހަކުވެސް ނުވާ އެތަކެއް އިޙްސާސެއް ހޭލައްވާލައިފައެވެ. ހިތް ސިހުނުވަރުން ބަލާލެވުނެވެ. ކޮންފަދަ ލޫޅާފަތި ކަމެއް ހެއްޔެވެ؟ ފުރިހަމަ ވަނާ ތަކެކެވެ. އަޅާ ކޮންމެ ފިޔަވަޅަކާއިއެކު ހިތްތައް ފަތަޙަކުރާފަދަ ފަރި ހިނގުމެކެވެ. ސިލްކު ކޮޅެއްހާ އޮމާން، ރޭގަނޑެއްހާ ކަޅު އިސްތަށިގަނޑެކެވެ. ބޯކިރުކޮޅެއްފަދަ ދޮން ކަނދުރާގެ އޮމާންކަމާއެވެ. އެފަރި ސޫރަ ހިތުގައި ބިންވަޅު އެޅުނުވަގުތު އަހަރެންގެ ހަށީގައި މަޑު ތުރުތުރެއް އުފެދުނެވެ. އެ ސޫރަ ދުށުން ހިތް އެދި ގޮވަންފެށިއެވެ. ނަމަވެސް އެއީ ސަޒާއެއްފަދައެވެ. އެރީތިކަމަކީ އަހަރެންގެ ހިތާއި ސިކުނޑިއަށް ކެތްވާވަރަށްވުރެ ފުރިހަމަކަމެކެވެ.

         ޖެހިގެން ހުރި ގޯޅިން އަޅައި އަހަރެންގެ ކުރިމަތިން އެސޫރަ ގެއްލުނު އިރުވެސް އަހަރެންނަށް ހުރެވުނީ އާޝޯހުވީވަރުން ގުޑިލަންވެސް ނޭނގިފައެވެ. އަހަރެންނަށް އަތްފައި ގުޑުވައިލެވުނީވެސް ދެނެވެ. ކަންތައްވެގެން ދިޔަގޮތް ހިތަށްއެރުމާއިއެކު އަހަރެންގެ މޮޔަހިތައް މަލާމާތް ކޮށްލެވުނެވެ. އެއީ ހަމަ ހޭލައި ހުއްޓާ ފެނުނު ކުލަފަތި ހުވަފެނެކެވެ. އެފަދަ ފުރިހަމަކަމެއް ޙޫރަލްޢީނުންގެ ކިބާގައި މެނުވީ ނުވާނެއެވެ. އަހަރެންގެ މޮޔަހިތައް ވިސްނުވައިދިނީމެވެ. އަހަރެން އެނބުރި އައިކޮޅަށް މިސްރާބު ޖެހީމެވެ. ހުރެވުނީ ފިހާރަ ދޫކޮށް އެތަކެއް ހިސާބަކަށް އާދެވިފައެވެ.

          އެދުވަހުގެ މަސްކަތްތައް އަހަރެންނަށް ކުރެވުނީ މުޅިން އައު ފޯރިއަކާއި ޖޯޝެއްގައެވެ. އިރުއިރުކޮޅާ އެ ތޫނު ކަޅިރަވަ އާއި މަސްތީ ދެލޯ އަހަރެންގެ ކުރިމަތިން ސިފަވެގެން ދެއެވެ. އެއާއިއެކު އަހަރެންގެ ހިތުގެ ހިނގުން އަވަސްވެ މީހާއަށް ދިރުން ގެނުވަމުން ދެއެވެ. ކުރިން އިޙްސާސްނުވާހާ ފޮނިކަމެއް އިޙްސާސް ކުރެވެން ފެށީ ފަހެ ކީއްވެ ހެއްޔެވެ؟

          ފިހާރައިގެ ކަންކަމުން އަވަދިވެގެން ނިކުތްއިރު މެންދަންވާން ވަނީ ކައިރިވެފައެވެ. މަގުމަތީގެ ހަލަބޮލިކަން ތަންކޮޅެއް ކުޑަވެފައި އަނދިރިކަން ވަނީ އިތުރު ވެފައެވެ. ނަމަވެސް އެކަން ފަޅުފިލުވައިލަދެމުން ދިޔައީ އުދަރެސް މަތީގައި ފިޔަޖަހަމުން ދިޔަ ބުރުހަމަ ހަނދެވެ. ދިގު ދުވަހެއްގެ މަސައްކަތް ނިންމާލައިފައި ގެޔަށް ދިއުމަށް ހިނގައި ގަތީމެވެ. މިޔަދަކީ އާދަޔާ ޚިލާފަށް ވަރުބަލިވި ދުވަހެކެވެ. ހަށިގަނޑުގައި މުޅިދުވަހު އުތުރި އަރަމުން ދިޔަ ޖޯޝާއި ފޯރީގެ ސަބަބުން މިހާރު ސިކުނޑިވެސް ވަނީ ބަރުހެލިވެފައި ކަހަލައެވެ. ގެޔަށްދެވޭލެއް ލަސްވެފައި އަހަރެންނަށް ހުރެވުނެވެ.

          ކުއްލިޔަކަށް ޕޭމަންޓްމަތިން އަހަރެންނާއި ދިމާލަށް ހިނގާފައި އަންނަ ބޯކިރުކޮޅެއްކަހަލަ ދޮން ބުޅާ އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އައި ނައި ތަނެއް ނޭނގި ފުރަތަމަވެސް ފެނުނީ އަހަރެންނާއި އަރާ ހަމަވާން ތައްޔާރުވެފައި ވަނިކޮށެވެ. ކެހެރިބޯ، ރީތި ފުއްކޮޅެއްކަހަލަގެ ލޯބި ބުޅަލެކެވެ. އެއީ އަންހެން ބުޅަލެއްކަން އަހަރެންގެ ހިތައް އެނގުނުގޮތެއް ނޭނގުނެވެ. އަހަރެންގެ ޙަޔާތުގައިވެސް ދިރޭއެއްޗަކާއިމެދު ހިތުގައި އެހާ ޝަޢުޤުވެރިކަމަކާއި ލޯބިވެތިކަމެއް އުފެދުނު ހަނދާނެއް ނުވެއެވެ. އަހަރެންނާއި އަރާ ހަމަވުމަށްފަހު އިސްއުފުލާ އަހަރެންނަށް ބަލާލުމަށްފަހު ފަސްދީ ދިޔައެވެ.

          އަހަރެންގެ ދެފައިގައި ހީވީ މީހަކު ހިފެހެއްޓިހެނެވެ. ހުއްޓުންއަރާ މުޅި މީހާ ގަނޑުވިއެވެ. އެބުޅަލުގެ ކަޅިރަވައިން އަހަރެންނަށް މިޔަދު ފެނުނު ފަތްމިނިކުއްޖާ  ސިފަވިހެން ހީވީ ކީއްވެކަމެއް ނޭނގުނެވެ. އެހާތޫނު ރީތި ބަލައިލުމެއް އެބުޅަލުގައި ހުރީ ކީއްވެހެއްޔެވެ؟ ފަހަތުން ދިއުމަށް އަހަރެންގެ ހިތަށް މަޖުބޫރު ކުރުވާކަހަލައެވެ. ހިތް ސިހުނުވަރުން އަހަރެންނަށް ފަސްއެނބުރި ބަލައިލެވުނެވެ. އަމިއްލަ އިޙްތިޔާރަކާއި ނުލައެވެ. ނަމަވެސް ދެން ހޯދާ ހޯދާ އެއްވެސް ތަނަކުން ބުޅަލެއްގެ އަސަރެއްވެސް ނުފެނުނެވެ.

         އެއީ ވަރުބަލިވެފައިވާ ސިކުނޑިއަށް ސިފަވި މަންޒަރެކެވެ. އެއީ ހޭލައި ހުޓާފެނުނު ހުވަފެނަކަށް ނޫނީ ނުވާނެއެވެ. އެއީ ޙަޤީގަތެއް ނޫނެކެވެ. ސިކުނޑިއަށް އަރާމު ބޭނުންވެފައި ވީވަރުން ވީ ވަހުމެކެވެ. އަހަރެންގެ މޮޔަހިތަށް އަނެއްކާވެސް ވިސްނައިދިނީމެވެ.

        ގެޔަށް އާދެވުމާއިއެކު އަހަރެން ކޮޓަރިއަށް ވަދެ އެނދު މައްޗަށް ވެއްޓިގަތީމެވެ. ވެފައިވީ ވަރުބައްޔާއި، ދިމާވިކަންތައްތައް ހަނދާންވެ ދެފަރާތައް ބޯހޫރާލެވުނެވެ. އެވަގުތު ލޮލުގައި އަޅައިގަތް އެއްޗަކުން ހިތް ސިހުނުވަރުން ފުންމައިގެން ތެދުވެ އިށީނދެވުނެވެ. ޑްރެސިންގް ޓޭބަލްމަތީގައި އެއޮތީ އަހަރެންގެ ތަވީދެވެ. އަވަސްއަރުވާލާފައި މިޔަދު އަހަރެންނަށް ދެވުނީ އެތަވީދު އުނގުގައި ނާޅައެވެ. ތަވީދު ނަގައި އެޔަށް ރަނގަޅަށް ބަލައިލީމެވެ. އެއީ އަހަރެން ހަނދާން ހުންނަން ފެށީއްސުރެ އަހަރެން ގެއިން ބޭރަށްދާ ކޮންމެފަހަރަކު އަޅާއެއްޗެކެވެ. މަންމަމެން ބުނާގޮތުގައި އެއީ އަހަރެން ވަރަށް ކުޑައިރު ދިމާވެފައިހުރި ކަމަކުން ރައްކަލެއްގެ ގޮތުގައި އަޅާ އެއްޗެކެވެ. މީގެކުރިން އެކަކާވެސް އެކަމާއި ބެހޭގޮތުން ސުވާލެއް ކުރެވިފައެއް ނެތެވެ. އެއީ އަބަދުވެސް އެކަން ކުރާ ގޮތަށްވީތީ އާދަވީއެވެ.

        ވަގުތުން އަހަރެން އެ ތަވީދުނަގައި އުނގުގައި އަޅާލީމެވެ. މިޔަދުއެދިމާވި ކަންތަކަކީ އެތަވީދު ނެތުމުން ދިމާވި ކަންތައްކަން އަހަރެންނަށް ޔަޤީން ކުރެވުނެވެ. އެއީ އަހަރެންނާއި އަވަލަވައިގެން އުޅޭ ޖިންނި ކުއްޖެއްކަން ގައިމެވެ. އެ ހިނދު އެފަތްމިނި ކުއްޖާގެ ރީތި ސޫރަ ހިތުގައި ކުރަހާލެވުނެވެ. އެވަގުތު ހިތުގައި ފޮނި ރާގެއް ކުޅެލެވުނެވެ. އެއާއިއެކު އަހަރެންނަށް އުނގުން އެތަވީދު ނަގައި އެއްލާލެވުނެވެ.

-ނިމުނީ-

Share Article

Follow Me Written By

GuDuMeena

Level 310 Stories500 Comments100 Comments

Other Articles

Previous

އާލިފް 5

Next

އޯގާވީ ހިތަކުން…8

Next
March 29, 2014

އޯގާވީ ހިތަކުން…8

Previews
March 29, 2014

އާލިފް 5

29 Comments!

  1. GuDuMeena says:
    March 29, 2014 at 2:12 pm

    ކިޔުންތެރިންގެ ބިނާކުރަނިވި ފާޑުކިޔުމަށް އަބަދުވެސް މަރުޙަބާ ކިޔަން

  2. lalalaaalaaa says:
    March 29, 2014 at 2:19 pm

    hus moya hiyy moya hiyy…..heylaaa fenunu huvafenei……hus hiyy sihunu varunn….hurihaa thanei repeat koh koh gn thi liyanyyyy…….mi ah vure rythi koh genesdhybala….sifakuri kurynun inthihaa ah goss….i hope mi knthathaka visnaafa dhevana prt up kuraane kamah……

  3. GuDuMeena says:
    March 29, 2014 at 2:24 pm

    thanks for the comment . . 🙂

  4. hurt says:
    March 29, 2014 at 3:49 pm

    Vrh reeeeethi Hama hiyyy sihijje………

    1. GuDuMeena says:
      March 29, 2014 at 4:12 pm

      ހެހެހެ. . ޝުކުރިއްޔާ. . ! އަޅުގަނޑަކީ މިދާއިރާއަށް މުޅިން އާ ކުއްޖަކަށް ވުމާއިއެކު ކޮންމެވެސް ވަރަކަށް ރަނގަޅު ކުރަންޖެހޭ ކަހަލަ ބައެއް ކަންތައްތައް ހުރެދާނެ . . ކަމެއް ފާހަގަ ކޮށްލަން ބޭނުންފުޅިއްޔާ މަރުޙަބާ ކިޔާނަން. . 🙂

  5. me says:
    March 29, 2014 at 4:27 pm

    is it really ur name?? araamaguga in araafuttah area fureytha v salmi inge, comment kohnuliyas, hehe best of luck

  6. me says:
    March 29, 2014 at 4:28 pm

    is it really ur name?? araamaguga in araafuttah araa fureytha v salhi inge, comment kohnuliyas, hehe best of luck

    1. GuDuMeena says:
      March 29, 2014 at 4:42 pm

      Thanks. . 🙂

    2. GuDuMeena says:
      March 29, 2014 at 4:45 pm

      GuDu+Meena dhenan eh kollaafa ehehe

  7. me says:
    March 29, 2014 at 4:29 pm

    moalhi nuvanis ves v salhi

    1. GuDuMeena says:
      March 29, 2014 at 4:43 pm

      e vaahaka mikolhah vx laanan varah avahah In Sha Allah. .

  8. me says:
    March 29, 2014 at 5:24 pm

    oh ehentha, hehe so funny, like ur name ur stories r also v GuDu 🙂

    1. GuDuMeena says:
      March 29, 2014 at 5:26 pm

      😀 thanks. .

  9. ENY says:
    March 29, 2014 at 10:30 pm

    UGUGAI EH NOON UNAGANDU GA

  10. thahleex says:
    March 30, 2014 at 9:25 pm

    furathama dhuvahu dhahtha fenunyma v ihusaas dhw miothi kiyaadhyfa.hehehehehehe,,,anyway v salhi sifakurun thah gengulhefa huri goi…keep it up

    1. GuDuMeena says:
      March 30, 2014 at 9:58 pm

      ehehe. . Thanks thahu. . 🙂

  11. kiddy says:
    March 31, 2014 at 11:39 am

    mivaahaka ge feshun v reethi…bt ninmun kamaku nudhey…veydhaaney Gudumeena mi dhaairaa ah a kuhjjeh v ma kamah vx mihaa gina kuh thakuraaru vany…..bt v reethi vaahaka gennan ulhey rgoih….unmydhu kuran miah vureh reethi n mistake thah rangalhu kohgen vaahaka liyaaney kamah….i like u story 🙂

    1. zaama says:
      March 31, 2014 at 11:47 am

      gudumeena mashah join vaan v nun…..ma beynun ma liyeyfa oih vaahaka thah gudumeena ah hadhiyaa kuran 🙂

    2. GuDuMeena says:
      April 5, 2014 at 10:13 am

      will think about it. . find me on fb http://www.facebook.com/llGuDull

  12. haneefa says:
    April 4, 2014 at 5:45 pm

    haadha ha salhi vaahakaekey

  13. GuDuMeena says:
    April 5, 2014 at 10:14 am

    thankew all. . 🙂

  14. mystyrious grl says:
    April 26, 2014 at 5:18 pm

    varah reethi sifa kurun thah
    ekm maa bodah overdose vefa
    hehe

  15. aysh says:
    June 7, 2014 at 5:48 pm

    🙂

  16. lammy says:
    June 14, 2014 at 1:13 am

    ………………….very nice n beautiful for the chreography n

  17. lammy says:
    June 14, 2014 at 1:16 am

    ………………….very nice n well chreographed for the person who has written this

  18. arney says:
    July 15, 2014 at 10:51 am

    meege 2 wana baeh nehtha?

  19. nasu says:
    August 17, 2014 at 1:55 pm

    aslu v habeyxx 🙂

  20. Chignon says:
    November 8, 2014 at 11:20 pm

    Vnhnhncngcgn

  21. Chawder says:
    October 30, 2017 at 11:24 am

    Rangalhey buny

Comments are closed.


All Right Reserved!