Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ހަމަ ނުފިލާނޭ – 1

Reesh Level 110 Stories
March 16, 2014 13 Mins Read
9 Comments

ގެއަށް އައީ ލިބުނު ކުޑަ ނަމަވެސް ފޮނި އުއްމީދާއެކު އެވެ. މީހުން ބުނާތީ އަޑުއަހަމެވެ. މައިންބަފައިންނަކަށް ދުވަހަކުވެސް ދަރިން ބޮޑެއްޗެއް ނުވާނެއެވެ. އެއްފަހަރު އަޅާނުލި ނަމަވެސް ދެވަނަ ފަހަރު އަޅާލަން ތިބޭނީވެސް ހަމަ އެމީހުންނެވެ. އެކަމަކު އެކަން ގަބޫލު ކުރަން ކައިޝް އަށް އުނދަގޫ ވިއެވެ. އެހެން މީހުންގެ އެހީތެރިކަން އެންމެ ބޭނުންވި ދުވަހު މައިންބަފައިންގެ ފަރާތުންވެސް މިވަނީ ކައިޝް އަށް އެހީތެރިކަން ނުލިބިފައެވެ. ރަށު މީހުން ކިޔާނެ އެއްޗަކަށް ލަދުން ގެއިން ބޯހިޔާވަހިކަން ދީފައިވާ މީހެކޭ ކައިޝް އެކޭ އެއްގޮތެވެ.

ނިދޭތޯ ކުރަމުން ދިޔަ ހުރިހާ މަސައްކަތެއް ދިޔައީ ބޭކާރުވަމުންނެވެ. ރަށު ފެންވަރަށް ބެލި ނަމަވެސް ކައިޝްގެ އާއިލާ އަކީ ފޯރުންތެރި ބަޔެކެވެ. ގެވަނީ ޒަމާނީ ފެންވަރަށް ހަދާފައެވެ. ކައިޝްއަކީ އާއިލާގެ އެންމެ ހަގު ކުއްޖާއެވެ. އޭގެ އިތުރުން ދައްތައަކާ ދެބޭބެ ތިބެއެވެ. ދައްތަ ދިރިއުޅެމުންދަނީ މާލޭގައެވެ. ރަށައް އައުމާ ހަމައަށް ކައިޝް އުޅުނީ ދައްތަ ރާނިޔާ ގާތު މާލޭ ގައެވެ. ދައްތަގެ ފަރާތުން ކައިޝް އަށް ލިބުނީ މައިވަންތަކަމުގެ ލޯތްބެވެ. އެކަމަކު އެކަން މިހާރު މިވަނީ ބަދަލުވެފައެވެ. ކައިޝްގެ މޫނު ދެކެންވެސް ރާނިޔާ މިހާރު ބޭނުމެއް ނުވެއެވެ. ދެން ތިބީ ދެބޭބެ އެވެ. އާއިލާގެ އެންމެ ބޮޑު މީހަކީ ދައްތަ އެވެ. އެކަމަކު މިއަދު މިހަތަރުފާރު އެތެރެއިން ޖާގައެއް ލިބިފާ މިވަނީ ކައިޝްގެ ބޭބެ ރާއިދުގެ ސަބަބުންނެވެ. ރާއިދުގެ އެހީތެރިކަން ކައިޝް އަށް ނުލިބުނު ނަމަ މައިންބަފައިން ކުރިމައްޗަށް ދެވަނަ ފަހަރަށް އަންނާކަށް ކައިޝް އަކަށް ނުކެރުނީހެވެ. ދެންހުރީ ނާއިފް އެވެ. ނާއިފް އަކީ ރިސޯޓެއްގަ ވަޒީފާ އަދާކުރާ މީހެއްކަމުން ވަރަށް މަދު ފަހަރަކު ނޫނީ ނާއިފް ރަށަކަށް ނާދެއެވެ. ކައިޝް ވިހޭ ދުވަހު ދިމާވި އެކްސިޑެންޓެއްގަ ކައިޝްމެންގެ ބައްޕަ ވަނީ މިދުނިޔެ ދޫކޮށްފައެވެ. އެދުވަހަށްފަހު ޒުހުދާ ފާޅުގަ ނުބުނި ނަމަވެސް ކައިޝް ދެކެ ރުޅިއާދެއެވެ. ޒުހުދާ ދެކޭގޮތުގަ އެއީ ކައިޝްގެ ސުންޕާކަމުން ވީ ކަމެކެވެ. މަންމަގެ ގޮތް އިނގޭތީ އާއެކު ރާނިޔާ ވެސް ކައިޝް މާލެ ގެންދިޔައީ އެވެ. ބައްޕަ ނެތް ނަމަވެސް ދޮންބައްޕައެއްގެ ގޮތުގަ ކައިޝްމެންނަން ލިބިފަވަނީ އެހާމެ ހެޔޮ ބައްޕައެކެވެ.

އެކަމަކު ދިމާވި އެންމެ ކަމަކުން މަޔަކު ފަދައިން ލޯބިދިން ދައްތަވެސް މިހާރު މިވަނީ ކައިޝް ދޫކޮށްލާފައެވެ. މިއަދު އެދައްތަ ކައިޝް ދައްކާ އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއް ނުވެއެވެ. ރާނިޔާގެ ނަޒަރުގަ ކައިޝް އަކީ ވިޔާނުދާ އުޅުމެއްނެތް އަންހެން ކުއްޖަކަށް މިވަނީ ވެފައެވެ. އެންމެންގެ ކުރިމަތީ ކައިޝް މިވަނީ ބޭޒާރުވެފައެވެ.

ކޮންމެ ކުއްޖަކަށް ވަކިން ކޮޓަރިއެއް ވަނީ އެކުއްޖަކު އުޅުމަށް ދީފައެވެ. ކޮންމެ ކޮޓަރިއެއްވެސް ވަނީ އޭސީ ކުރެވިފައެވެ. އެހެންނަމަވެސް ކައިޝް ގެ ކޮޓަރީގެ އޭސީ ޖެއްސުމަށްވެސް ޒުހުދާ ވަނީ މަނާކޮށްފައެވެ. ކަރަންޓް ހަރަދު ބޮޑުވާނެތީ އެވެ. ބިލްދެއްކުމަށް ދޭނެ ފައިސާ ކައިޝް އަތުގަ ނެތީމައެވެ. އެއް އާއިލާއެއްގެ މިހާ ތަފާތު ބޮޑުކޮށް ކަންތައް ކުރި ނަމަވެސް ޒުހުދާ ކުރިމަތީ އަނގަހުޅުވާލާނެ ހިތްވަރެއް ކައިޝް އަކަށް ނުލިބެއެވެ.

އެހެންނޫންނަމަ އެންމެން އަރާމު ނިދީގަ ތިބި ވަގުތު ކައިޝް އަށް ނުނިދިފަ އޮންނާކަށް ނުޖެހުނީހެވެ. ކައިޝްގެ ކޮޓަރި ހުންނަނީ އެންމެ އެތެރޭގަ ކަމުން ބޭރުގަ ވާ ކަންތައްތަކުގެ އަޑު އިވެނީ ވަރަށް މަޑުންނެވެ. އިތުރު އަޑެއް ނީވުނު ނަމަވެސް ހަތަރުފާރުތެރޭގަ ހަރުލާފައިވަނީ މަޑުމަޑު ގިސްލުމެއްގެ އަޑެވެ. އުމުރުން އެންމެ ނަވާރަ އަހަރުވީތަނުން ކައިޝް މިވަނީ މުޅިން އެކަނިވެފައެވެ. އެނދުގަ އެއްފަރާތަކަށް އޮށޯވެއޮތް ކައިޝްގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުން ފައިބަމުން ދިޔައެވެ. ބާލީހުގަ ބާރަށްހިފަހައްޓާލައިގެން އޮތް ކައިޝް ވަނީ އިންތިހާއަށް ދެރަވެފައެވެ. ކައިޝްގެ ހިތަށް ކުޑަ ނަމަވެސް ހިތްހަމަ ޖެހުމެއް ލިބެނީ ރޭގަނޑުގެ މިވަގުތު އެވެ. އެކަނިވާ ވަގުތު ރޯލުމުން ކައިޝް ހިތްހަމަ ޖެހެއެވެ. ރަށައް އައިތާ މިވީ އެންމެ ދެހަފުތާއެއްތެރޭވެސް ދުވާލު ވެއްޖެނަމަ ދެން ހުރިހާކަމެއް ހަމަވީއެވެ. ކައިޝް އަށް ރަނގަޅަށް ކުރެވޭ އެއްވެސް ކަމެއް ނޯވެއެވެ. ގޭތެރޭގަ ވާ ކޮންމެ ގޯސްކަމެއްގެ ޒިންމާ އެޅެނީ ކައިޝްގެ ބޮލުގައެވެ. ކޮންމެ ރެއަކުވެސް ކައިޝް އަށް ނިދެނީ މިފަދަ ހިޔާލުތަކެއްގަ އޮއްވައެވެ.

އެހެންދުވަސް ދުވަހާ ހިލާފަށް މިއަދު ކައިޝް އަށް ހޭލެވުނީ ތަންކޮޅެއް ލަހުންނެވެ. ބަނޑުހައިވެފަ ހުރިވަރުން މޫނުދޮވެލާ ހަދައިގެން ކައިޝް ގޮސްވަނީ ބަދިގެއަށެވެ. އެތެރެއަށް ފިޔަވަޅެއް އެޅުމުގެ ކުރިން އެތެރޭހުރި ޒުހުދާގެ އަޑު ކައިޝްގެ ކަންފަތުގާ ޖެހުނެވެ. ގޭގެ ކަރަންޓް ހަރަދު ބޮޑުވާ ވާހަކަ އާ ކެއުމުގެ ހަރަދު ބޮޑުވާ ވާހަކައެވެ. ޒުހުދާ ދައްކާ ވާހަކަތައް އަޑުއަހަން ރާއިދު ގެ ދެމަފިރިން ތިއްބެވެ.

” ހަރަދުބޮޑުނުވިއްޔާ ދެރައެއްނު. މިހާރުވެސް ކާނެ އަނގައިން އިތުރުވެފަވިއްޔާ އެހެރީ. ކިޔަވާދީ ބަލާބޮޑުކުރީމަވެސް ފަސޭހައެއްނުވިތަނުގަ އިތުރު އުނދަގުލެއް މިޖެހުނީ އަހަންނަށް ” ޒުހުދާގެ ކޮންމެ ޖުމްލައަކުން ކައިޝްގެ ހިތް ތޮރުފަމުން ދިޔައެވެ. ކިތަންމެ ބަނޑުހައިވި ނަމަވެސް ދެން އެންމެ އެއްޗެއްވެސް އަރުތެރެއިން އެތެރެއަކަށް ނުދާނެއެވެ. އަވަހަށް އެތަނުން ދުރައް ދިއުމަށް ކައިޝް ބޭނުންވީ އެހެންވެއެވެ. ނަމަވެސް ރާއިދު އޭގެ ކުރިން ކައިޝް އަށް ގޮވިއެވެ.

” ކައި.. އާދޭ އަވަހަށް ސައިބޯން ” އެކަމާވެސް ޒުހުދާ ގާތަށް ރުޅިއައީ ކައިޝް ދެކެއެވެ.

” ހޫނ އަވަހަށް އާދޭ ކަމަނާ.. ހުރިހާ އެއްޗެއް ދިރުވާލާ އަވަހަށް.. ” ޒުހުދާގެ ރަހުމްކުޑަކަން ފެނުމުން ރާއިދު އަށް މަޑަކުން ނީދެވުނެވެ. ކާންއިންތަށި ދުރައް ކޮއްޕާލުމަށްފަހު ނީނާ ގޮވައިގެން ރާއިދު ނުކުމެގެން ދިޔައީ އެވެ. ކައިޝް އަށް އޭރު ހަމަ ރަނގަޅަށްވެސް ރޮވެނީއެވެ.

” ދެން މާ ރޯނެކަމެއްނެތް.. އަހަރެން ހިތަކަށް ނާރާނެ އެއްޗެކޭ ކިތަންމެ ވަރަކަށް ރުޔަސް “

” ޒުހުދާ ” ފަހީމްގެ އަޑަށް ޒުހުދާ މައިތިރިވިއެވެ. ފަހީމްއަކީ މަސައްކަތުގަ ގިނަ ވަގުތު ބޭރުގަ ހޭދަކުރާ މީހެއްކަމުން ގޭތެރެއިން ފެންނަނީ މަދު ފަހަރަކު އެވެ.

” ތީދެން ތަންކޮޅެއް ބޮޑުވަރު. އެމަންޖެއަކީ ވެސް ހަމަ އަހަރުމެންގެ ދަރިއެކޭ. ޒުހުދާ ތީ ތިހާ ރަހުމް ކުޑަ މީހެއްކަމެއް ކުރިއަކުން މަށަކަށް ނޭނގޭ ” ފަހީމް ހިތްހަމަ ނުޖެހުނުކަން ފާޅުކުރިއެވެ.

” ފަހީމް ތިހެން ތިވާހަކަ ދައްކަނީ ހަމަ އޭނަގެ ކަންތައް ހުރިގޮތް ނޭނގިގެންތަ؟ ނޫނީ މާ ރަނގަޅު މީހަކަށްވާންތަ؟ ” ޒުހުދާ ވާހަކަ ދައްކަމުން ދިޔައެވެ.

” މަންމާ ހެޔޮނުވާނެ ހުއްޓާލަބަލަ. އަހަރެންވެސް މަންމަގެ އެހީތެރިކަން ބޭނުންވެއޭ. އަބަދާ އަބަދު ތިގޮތަށް އަހަންނާ ދިމާލަށް ހަޅޭއްނުލަވަފާނަންތަ. ” ކައިޝް އަށް ގިސްލެވެން ފެށިއެވެ. އެއަޑުގަވާ ރިހުން ފަހީމް އަށް އިހުސާސް ކުރެވުނުކަން އިނގެނީ އޭނާގެ ލޮލުން ފާޅުވި އަސަރުންނެވެ. އެހެންނަމަވެސް ޒުހުދާގެ ހިތައް ކުޑަ ނަމަވެސް އަސަރެއް ނުކުރެއެވެ.

” ހަޅޭއްނުލަވާ ގޮތަކަށް އުޅެފަތަ އަހަރެން ކައިރިއަށް އައިސް ތިހިރީ. އެއްބަނޑު އެއްބަފާ ދައްތައަށް ނުކުރި އިހުތިރާމެއް ކަލޭ މަށަށް ވަކި ކުރާނެތަ ” ޒުހުދާގެ ރުޅި ކޮންޓްރޯލް ނުވާ ހިސާބަށް ދިޔަ ކަހަލައެވެ.

ކައިޝް ގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ރަހުމެއް ހުރި މީހަކު ނަމަ އަސަރު ނުކޮށެއް ނުހުންނާނެއެވެ. ފަހީމް އަކީ ކައިޝްގެ ދޮންބައްޕައަށް ވިޔަސް ފަހީމް ދެކެނީ ކައިޝް އަކީ ފަހީމް ގެ ދަރިއެއްގެ ގޮތުގައެވެ.

” ފަހީމާ މިހާރު ދެން ތިދަނީ މާމައްޗަށް. އަހަންނަކަށް ނުހުރެވޭނެ މިމަންޒަރު ބަލާކަށް ” ޒުހުދާގެ އަތުގަ ހިފައިގެން ފަހީމް އެތަނުން ދިޔައީ އެވެ. ކައިޝް ގެ ބަނޑުހައި ހޫނުކަންވެސް ފިލާ ދިޔަ ކަހަލައެވެ. ދެލޯ ފުހެލުމަށްފަހު ފެންތައްޓެއް ބޯލައިގެން ކައިޝް ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

” ކައިޝް ކީއްވެ އެއްވެއް އެއްޗެއް ނުކައި ތިދަނީ. އެއީ އަބަދުވެސް މަންމަގެ ގޮތެއްނު. ހިނގާ ދައްތައާ އެކު އެއްޗެއް ކާލަން ” އެއީ ނީނާގެ އާދައެވެ. ރާއިދުގެ ފަރާތުން ލިބޭ ލޯބި ކައިޝް އަށް ރާއިދުގެ އަންހެނުން ނީނާގެ ފަރާތުންވެސް ލިބެއެވެ. މަންމަ ދެކެ ގަންނަ ބިރެއްގެ ސަބަބުން ނީނާ އަށް ފާޅުގަ ކައިޝް އަށް އެހީތެރިވާން ބޮޑައް ނުކެރެނީއެވެ. އެތައް ވަރަކަށް އާދޭސްކޮށްގެން ކުޑަގޮތަކަށް ކައިޝް ސައިބޮއި ނިންމާލިއެވެ.

” ކައިޝް ދައްތައަށް ދޮގުނުހަދާ މިކުރާ ސުވާލަށް ޖަވާބު ދީފާނަންތަ ” ނީނާ އަހަންއުޅެނީ ކޮން ވާހަކައެއްކަން ކައިޝް އަށް އިނގެއެވެ. މީގެކުރިންވެސް އެސުވާލު ނީނާ އެތައް ފަހަރަކު ކޮށްފިއެވެ. ކިތަންމެ ވަރަކަށް އެސުވާލު ކުރި ނަމަވެސް ކައިޝް އަށް ދެވެން އޮތީ ހަމަ ކުރީގަވެސް ދޭ ޖަވާބެވެ.

” ދައްތާ. އަހަންނަށް އިނގޭ ދައްތަ އަހަން ތިއުޅެނީ ކީކޭކަން. އެކަމަކު އަހަންނަށް ރަނގަޅީ ދައްތަ ތި ސުވާލު އަހަންނާ ނުކުރިއްޔާ “

” ކައިޝް ތިކަމުގެ ސަބަބުން އަބަދާ އަބަދު އެހެންމީހުންގެ މަލާމާތް ކައިޝް އަށް ރައްދުވުމަށްވުރެ ދައްތަ އަށް ހީވަނީ މާ ރަނގަޅުވާނެހެން ތިކުއްޖާގެ ބައްޕައަކީ ކާކުކަން ދައްތަ މެން ކައިރި ބުނިއްޔާ. ދައްތަގެ ހިތް ގަބޫލެއްނުކުރޭ ކައިޝް ތިފަދަ ބޮޑުފާފައެއް ކޮއްފާނެކަމަކަށް. އެހެންވީމަ މިއަހަނީ ހަގީގަތަށް ހުރިހާ ވާހަކައެއް ކިޔާދޭށޭ ” ނީނާ އެތައް ވަރަކަށް އާދޭސް ކުރުމުންވެސް ކައިޝް އިތުރަށް އެއްވެސް ވާހަކައެއް ކިޔައެއް ނުދިނެވެ.

ރަށުގަ ކައިޝްގެ އެއްވެސް ރަހުމަތްތެރިއަކު ނޫޅެއެވެ. ކިތަންމެ މޮޅައް ކިޔަވައިގެން ހުރި ނަމަވެސް ކައިޝް އަށް މިވަނީ ދިރުއުޅުމުގަ ކުރިއަށް ދެވެން އޮތް މަގު ބަންދުވެފައެވެ. ނަހަލާލަށް ބަލިވެ އިނުމަކީ ކިހާވަރެއްގެ ފާފައެއްކަން ކައިޝް އަށް އިނގެއެވެ. މިކަމުގަ ކައިޝްގެ ކުށެއްނެތްކަމަކަށް އެކަކުވެސް ގަބޫލެއް ނުކުރާނެއެވެ.

ކައިޝް އެންމެ ދެރަވަނީ މުޅި އާއިލާއިންވެސް ކައިޝް އެންމެ ލޯބިވާ ރާނިޔާ ދައްތަ ކައިޝް ދެކެ ރުޅިއައީމައެވެ. ކައިޝްގެ ހުރިހާވެސް މީހަކީ ރާނިޔާ އެވެ. ކައިޝް އަށް މައިވަންތަކަމުގެ ލޯބި އެމީހެއްގެ ފަރާތުން ލިބުނު ހަމައެކަނި މީހަކީ ރާނިޔާ އެވެ. މަންމަ އަކީ އަބަދުވެސް ނަމަކަށް ހުންނަ މީހެކެވެ.

ދިރިއުޅުމައިގެން ކުރިއަށް ދިއުމަށްޓަކައި ފައިސާވެސް ބޭނުންވެއެވެ. އަބަދާ އަބަދު އެހެންމީހުންގެ އަތުން ލިބޭނެ އެއްޗަކަށް ބަލައިގެން ހުރުމަކީ ކައިޝް ބޭނުންވާ ގޮތެއް ނޫނެވެ. ކޮންމެ ހާލަކައިގެންވެސް އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވަން ކައިޝް ބޭނުންވެއެވެ. އެތައް ގޮތަކަށް ވިސްނުމަށްފަހު ކައިޝް ކޮންމެވެސް މަސައްކަތެއް ކުރުމަށް ނިންމިއެވެ. އަދި އެކަމާ ގުޅޭގޮތުން ރާއިދުއާ ކައިޝް ވާހަކަ ދެއްކިއެވެ.

ކައިޝް އިނީ ނަހަލާލަށް ބަލިވެކަން ނޭނގޭ މީހަކު މިހާރަކު މިރަށަކު ނެތެވެ. އެކަމާ ގުޅިގެން އެކި މީހުން އެކިގޮތްގޮތަށް ވާހަކަ ދެއްކި ނަމަވެސް ކައިޝް އެކަމަކާ ލަދެއް ނުގަނެއެވެ. ކައިޝް ބޭނުންވިނަމަ އެކަން ސިއްރުކުރަންވެސް ކަންތައްތައް ކުރެވުނީހެވެ. އެކަމަކު އެގޮތް ކައިޝް ބޭނުންނުވީއެވެ.  ކޮންމެ ގޮތަކަށް ކަންތައްވީ ނަމަވެސް ކައިޝްގެ ބަނޑުގަ އެވާ ދަރިފުޅުގެ އެއްވެސް ކުށެއްނެތެވެ. ކުށެއްނެތް މައުސޫމު ކުއްޖަކުގެ ފުރާނަ ދުއްވާލުމުގެ އެއްވެސް ހައްގެއް ކައިޝް އަށް ލިބިގެންނުވާކަން އޭނާ ދަނެއެވެ.

ރާއިދު ގެ މަސައްކަތުން ކައިޝްއަށް ވަޒީފާއެއް ހޯދަ ދިނެވެ. ރަށުގަ ހިންގާ ޓިއުޝަން ކުލާހަކުންނެވެ. ރާއިދު އެހަބަރު ދިނުމުން ކައިޝް ވަރަށް އުފާވިއެވެ. އެކަމަކު ހަމަ އެހިނދުން ޒުހުދާ އައިނައި ދިމާލެއް ނޭނގި ހަޅޭއްލަވައިގަތެވެ.

” ރާއިދު ތިއުޅެނީ މޮޔަވެގެންތަ. މީހުން ކިޔާނެ އެއްޗިސް ހަމަ ނޭނގެނީތަ. މުޅިރަށަށް އަދިވެސް އަހަރުމެންގެ އާއިލާ ބޭޒާރު ކުރާނެ ގޮތެއް ހޯދަންދޯ ތިއުޅެނީ ” ރާއިދު ޒުހުދާގެ ވާހަކަ ހުއްޓުވިއެވެ.

” މަންމަ ކައިޝް އަށް އަޅާލާ ނަމަ ނުޖެހުނީސް ދޯ ކައިޝް ބޭރަށްގޮސް ހަދާކަށް. އެހާލުގަ އިނދެ ވަޒީފާ އަކަށް ދާކަށް ” ޒުހުދާ އަކަށް މަޑަކުން ނުހުރެވުނެވެ.

” މަ ބުނެގެންތަ އެމުޑުދާރު ކަންތައް ކޮށްގެން އެހެރީ. އޭނައަށް ކޮންކަމެއް ދަތިވެގެންތަ އެވައްތަރަށް އުޅެފަ އައިސް އެހެރީ. ދެންވެސް މަވީ އޭނަ ބޯ ތަލަމައްޗަށްލައިގެން ހިނގަން. އެވަރު ނުވެގެން އެންމެ ކުޑަމިނުން ބަނޑުގަ ވާ ދަރީގެ ބައްޕައަކީ ކާކުކަން ވެސް ނޭނގޭކަން ނޭނގެ އުޅެވުނުލެއް މުޑުދާރުކަމުން “

” މަންމާ ” ކައިޝް އަށް ހަޅޭއްލަވައި ގަނެވުނެވެ. ކައިޝް އެހާ ބާރަށް ޒުހުދާއަށް ގޮވާލުމުން ރާއިދުގެ އިތުރުން ޒުހުދާވެސް ހައިރާންވިއެވެ. ” މަންމަ ހީކުރާހާ ވިޔާނުދާ މީހެއްނޫނޭ އަހަންނަކީ ” ކައިޝް އަށް ރޮވެން ފެށިއެވެ.

” ކިހާ ސާފުތާހިރު މީހެއްކަން އެބަ އިނގެއެއްނު ނިކަން ރަނގަޅަށް ” ޒުހުދާ އެތެރެއަށް ވަންނަމުން ބުންޏެވެ.

ކައިޝް ދެލޯ ފުހެލުމަށްފަހު ދާންވީ ތަނަކާ ގަޑި އޮޅުން ފިލުވިއެވެ.

ކަން ދިމާކުރިގޮތުން ކައިޝް ޓިއުޝަންދޭން ދާ ކުލާހުން ކައިޝް އާ ދިމާލަށް އެއްޗެކޭ ބުނާނެ މީހަކު ނުފެނެއެވެ. ފުރަތަމަ ދުވަސްކޮޅު ކޮންމެވެސް ވަރަކަށް މީހުންބަލާ އުޅުނު ނަމަވެސް ފަހުން އެކަން އެއްކޮށް ހުއްޓުނެވެ.  ކައިޝް އަކީ ކިޔަވައިގެން ހުރި މޮޅު ކުއްޖެއްކަމުން ކުޑަ ދުވަސްކޮޅެއްތެރޭ އެތައް ބައެއްގެ ލޯބި ކައިޝް އަށް ލިބެން ފެށިއެވެ. އެތައް ބެލެނިވެރިންނެއް ކައިޝް އަށް ކާނެ މީރުތަކެތި ގެއަށް ގެނެސްދީހަދަން ފެށިއެވެ. ކައިޝްގެ ހާލު ބަލާލާހަދަން އަންނަ މީހުން ގިނަވާން ފެށިއެވެ. އެކަމުގެ ސަބަބުން ކައިޝް އަށް ލިބިފަވާ މާޔޫސްކަން ފިލާ ހިނިތުން ވުން އެމޫނުމަތިން ފެންނަން ފެށިއެވެ. މަންމަގެ ފަރާތުން އުނިވެފަވާ ލޯބި ނުލިބުނު ނަމަވެސް މިކަންތައް ތަކުގެ ސަބަބުން ކައިޝްގެ ހިތަށް ހިތްހަމަޖެހުން ލިބެމުން ދިޔައެވެ.

ރަށައްއައިތާ ދެމަސްވީ އިރު ކައިޝްގެ ބަނޑައްވެސް ވަނީ ތިންމަހަށް އަޅައިގަނެފައެވެ. ކައިޝް ހުންނަލެއް ހިކިކަމުން އެއްވެސް ވަރަކަށް އެއީ މާބަނޑު އަންހެނެއްކަމެއް ނޭނގެއެވެ. ގިނަ ވަގުތު ޓިއުޝަން ދިނުމަށް ބޭރުގަ އުޅެން ފެށުމުން މިހާރު ޒުހުދާގެ ވިހަގަދަ ބަސްތައްވެސް ކައިޝް އަށް އަޑުއިވޭލެއް ވަނީ މަދުވެފައެވެ. އެވަރުންވެސް ކިރިޔާ ގޭތެރެއިން ފެނިއްޖެއްޔާ އެއްޗެކޭ ނުބުނެ ހުރުމަކީ ޒުހުދާއަށް ވާވަރުގެ ކަމެއްނޫނެވެ. ކުރިއާ ހިލާފަށް ހަރަދުބޮޑުވަނީއޭ ކިޔާ ހަޅޭއްލެވުން އެއްކޮށްހެން ކެނޑުނެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ ކައިޝް އަށް ލިބޭ އެއްޗެއްގެ ބޮޑުބައި މިހާރު ބޭނުންކުރަނީ ޒުހުދާ އެވެ.

ހުކުރުދުވަސް ކަމަށްވުމުން ކައިޝްވެސް ބަދިގޭގެ ކަމެއްގަ ބައިވެރިވާނަމޭ ހިތާ ބަދިގެއަށް ވަދެލިއެވެ. ވަގުތަކީ ގޭގެ އެންމެންވެސް ބަދިގޭގަ ތިބި ވަގުތެކެވެ. ޒުހުދާ ހުރެއްޖެނަމަ ދެން ތިބި މީހުންވެސް ހީވާނީ ކައިޝް އަށް ބީރައްޓެހިން ހެންނެވެ.

” ކައިޝް އާދޭ މިއުޅެނީ  ނީނާ ލައްވާ ކުކުޅު ހަދަންކަމަށް މިއަދު. ކައިޝްވެސް އާދެބަލަ މިތަނަށް ކަމެއްކޮށްލަން ” ކުކުޅު ކޮށަންހުރި ރާއިދު ކައިޝް އަށް ގޮވާލަމުން ބުނެލިއެވެ. ޒުހުދާ ކޮށަންހުރި ފިޔާތަށި މޭޒުމަތީ ބެހެއްޓުމަށްފަހު އެއްޗެކޭ ނުބުނި ނަމަވެސް ކައިޝް އާ ދިމާލަށް ލޯ އަޅާލިއެވެ. އެކަން ކަމަކަށް ނުހަދާ ކައިޝް ކާށި ނަގައިގެން ހުނި ގާނަން އިށީނެވެ.

” ކައިޝް ހަމަ މިހާރު ތެދުވޭ ” އެއްފަހަރާ ކަހަލަ ގޮތަކަށް ރާއިދު އާ ފަހީމް އަށް ހަޅޭއްލަވައި ގަނެވުނެވެ. ހީވީ ބޮޑުކަމެއް ވީހެންނެވެ. ޒުހުދާ އާ ނީނާ އަށް ވެސް ފަހަރަކު މީހެއްގެ މޫނަށް ބަލަން ތިބެވުނީ ހައިރާންވެފައެވެ.

” ކޮންފަދަކަމެއް. އެއީ ތުއްތު ކުއްޖެއްތަ ގުދުވެލާއިރަށް ތަންދޮރުކުޑަ ތިވަނީ ” ޒުހުދާއަށް އެއްޗެކޭ ނުބުނެ އެއް ނުހުރެވުނެވެ. ނީނާ އަށްވެސް ހުރެވުނީ ރާއިދު އާ ދިމާލަށްބަލާށެވެ. ރާއިދު ކައިޝް ދެކެ ލޯބިވާކަން ނީނާއަށްވެސް އިނގެއެވެ. އެކަމަކު އެހާބާރަށް ހަޅޭއްލަވައިގަތުމުން ނީނާވެސް ހައިރާންވިލެއް ވަކި ކުޑައެއް ނޫނެވެ.

ރާއިދު އަށް އެކަން ފާހަގަވުމުން އެކަމާ ގުޅިގެން ރާއިދު ހަމައެކަނި ބުނިހާވެސް އެއްޗަކީ އެއީ ކައިޝް މިހާރު އިން ހާލުގެ ސަބަބުން އެގޮތަށް ގުދުވާތީ މާބާރަށް ބުނެވުނީ ކަމަށެވެ. ފަހީމް މާގިނަ ވާހަކަ ދައްކަން ނުހަދާ ބަދިގެއިން ނުކުމެގެން ދިޔައީ އެވެ. ކެއްކުމުގެ މަސައްކަތް ނިމެންދެންވެސް ޒުހުދާ އިރުއިރުކޮޅުން ކައިޝް އާ ދިމާލަށް ބަލާލާ ލޯ އަޅާލައެވެ. ޒުހުދާގެ ވިހަ ނަޒަރުން ކައިޝް އަށް ބަލާލާއިރު އެއީ ހަމަ ކައިޝްގެ ވެސް މަންމަ ބާވައޭ އެފަކީރު ހިތަށް އަރައެވެ.

މެންދުރު ކާލާ ހަދައިގެން ކައިޝްވެސް ބޭރަށް ނުކުމެލީ އަތިރިމައްޗަށް ނުކުމެލާ ފިނިކޮށްލުމުގެ ބޭނުމުގައެވެ. އަތިރިމައްޗާ ދިމާގަ ސީދާ މޫދު ފެންނަ ގޮތަށް ހުރި ގަސްތަކުން ގަހެއްގަ އެލުވާފަ ހުރި އުނދޯލި ތަކުން އުނދޯއްޔެއްގަ ކައިޝް އޮށޯވެލާ ހަމަޖެހިލިއެވެ. އެއްއަތުގަ އޭރުވެސް އައިމަގުމަތިން ފެނުނު ދަނޑިކޮޅު އޮތެވެ. މަޑުމަޑުން އުނދޯލި ހެއްލަމުން ދިޔަ އިރު އަތުގަ އޮތް ދަނޑިކޮޅުން ވެލިގަނޑާ ކުޅެމުން ދިޔަ ކައިޝްގެ ހިތަށް އެތައް އެއްޗެއް އަރާ ފައިބަމުން ދިޔައެވެ.

މިހާރަކަށް އައިސް ކައިޝްއަށްވެސް ވިސްނެނީ އޭނަގެ ބަދު ނަސީބު ކަމާ މެދުއެވެ. އެހެން އަންހެން ކުދިންނެކޭ އެއްގޮތަށް ކައިޝްވެސް އުއްމީދުކުރީ ރަނގަޅު ވަޒީފާއެއް ހޯދައިގެން އުފާވެރި ދިރިއުޅުމެއް ހޯދުމަށެވެ. އެކަމަކު ކަންތައް މިވީ ހީކުރިގޮތާ މުޅިން ހިލާފަށެވެ.

ކައިޝް ސިއްސައިގެން ގޮސް ކުއްލިއަކަށް ތެދުވިއެވެ.

” ކާކު.. ކާކު ” ހާސްވިލެއް ބޮޑުކަމުން އަވަސް އަވަހަށް ކައިޝް އަހާލިއެވެ.

” އައްދެ. ހާދަ ހާސްވީ.. އަހަންނޭ ” މަރީ ކައިޝް ކުރިމައްޗަށް ހުއްޓެމުން ހިނިއައިސްފަ ބުނެލިއެވެ.

މަރީ އަކީ މިފަހަކަށް އައިސް ކައިޝްގެ ހުރި ހަމައެކަނި ރަހުމަތްތެރިޔާ އެވެ. ޓިއުޝަން ކުލާހުގެ ޓީޗަރެކެވެ. މަރީ އަބަދުވެސް އޭނައަށް ދިމާވާ ކަންތައްތައް ކައިޝް އާ ހިއްސާކޮށް ހަދައެވެ. އޭގެ ބަދަލުގަ ކައިޝް އަދި އަދަށް ދާންވެސް މަރީއަށްވެސް ކައިޝް އާ ބެހޭ އެއްވެސް ވާހަކައެއް ކިޔައެއް ނުދެއެވެ. އެވާހަކަ އަބަދުވެސް މަރީ ބުނެއެވެ. މަރީގެ ސުވާލުތަކަށް ޖަވާބުދެވެން ކައިޝް އަށް ނެތުމުންނެވެ.

” މަރީ ކީއްކުރަނީ މިތާ ” ކައިޝް އަހާލިއެވެ.

” ހަމަ ފޫހިވެގެން ނުކުމެލީ. މާރަނގަޅަކަށްނު މިދިމާވީ ނުކުތީމަ. ކައިޝް އާ ވެސް ދިމާވީއެއްނު ” މަރީ ބުންޏެވެ.

ދެމީހުން އެކި އެކި ވާހަކަ ދައްކަމުން އެންމެފަހުން ގޮސް މަރީ އަހާލިއެވެ.

” އެންމެ ރަނގަޅު އަހަރެންގެ އެއްވެސް ސުވާލަކަށް ޖަވާބު ނުދިނަސް އެންމެ ރަނގަޅު އިނގޭ. ހަމައެކަނި މިކުރާ ސުވާލުގެ ޖަވާބު ދީބަ. ޕްލީޒް ” މަރީ ބުންޏެވެ.

ކައިޝް ލުއި ހިނިތުންވުމެއް ދިނެވެ.

” ކައިޝް ލޯބިވާ ކުއްޖަކު ހުރޭތަ. މިހެން މިއެހި ކަމަކީ އަހަންނަށް ހިއެއްނުވޭ ކައިޝް ގަސްތުގަ ތިފަދަ ކަމެއް ކޮށްފާނެއެކޭ” މަރީ އަހާލިއެވެ.

” މަރީ އަސްލު އަހަރެންވެސް ބޭނުން މަރީއަށް ވަރަށް ގިނަ ވާހަކަ ކިޔާދޭން. އެކަމަކު މިހާރަކު ނޫން އިނގޭ. ވަގުތު ޖެހުނީމަ ހުރިހާ ވާހަކައެއްވެސް ކިޔާދޭނަން ” ކައިޝް ފެންކަޅިވެ އިނދެ ވާހަކަ ދެއްކިއެވެ. އެމަންޒަރު ފެނުމާއެކު މަރީ އަވަސް އަވަހަށް އޮޅުވާލާ އެހެން ވާހަކައެއް ފެއްޓިއެވެ.

ކައިޝް ގެއަށް ދާން ހިނގައިގަތީ އިރުއޮއްސުމާ ކައިރިވުމުންނެވެ. މަޑުމަޑު ފިޔަވަޅުތަކެއް އަޅަމުން ކައިޝް ކުރިއަށް ދިޔައީ ކޮންމެހެން ދާހިތަކުން ނޫނެވެ. ދާންހުރި ތަނަކީ ވެސް ގެ ކަމަށްވީތީއެވެ.

ކުއްލިއަކަށް ބާރު ސްޕީޑެއްގަ އައި ސައިކަލް ކައިޝް ގައިގަ ނުޖެހުނީ ހަމަ ކިރިޔާ އެވެ. ދުއްވަން އިން ކުއްޖާ އެވަރަށް ސަމާލު ނުވިނަމަ ކައިޝް އޮތީހީ އެސައިކަލް ދަށުގައެވެ. ހަގީގަތުގަ ކުއްވެރިވަނީ ކައިޝް އެވެ. ބަލާނުލާ ގޯޅި ހުރަސްކުރަން އުޅެވުނީ އެވެ.

އަވަސް އަވަހަށް ސޮރީ ބުނުމަށްފަހު އެތަނުން ދިއުމަށް ކައިޝް އަވަސްވެގަތީއެވެ. ކައިޝް ކުރިއަށް ހިނގައިގަތުމަށްފަހު ހުއްޓި އެޒުވާނާ އާ ދިމާލަށް ބަލާލިއެވެ. އޭނާ ބުނި އެއްޗެއް އަޑު އިވުމުންނެވެ.

” އޭ މަންޖޭ. ސޮރީއޭ ބުނީމަ ހުރިހާ ކަމެއް ހަމަވީތަ ” ސައިކަލް މަތީ އިން އަކިޔަން ޖެއްސުމުގެ ރާގަކަށް ބުންޏެވެ. ރަހުމަތްތެރިންގެ ނަމުންނަމަ އައްކި އެވެ. އަކިޔަން އަކީ ކާކުކަން ކައިޝް އަށް ނޭނގޭތީއާ އެކު ބުނި އެއްޗަކަށްވެސް ސަމާލުކަން ދިނުމެއްނެތި އަނެއްކާވެސް ހިނގައިގަތެވެ. އަކިޔަން އަކަށް އެއްގޮތެއް ކަމަކު ނުދިޔައެވެ. އާއްމު ގޮތެއްގަވެސް އޭނާ އަކީ އަބަދުވެސް ލާނެތް މިޒާޖެއް ލިބިފަވާ ފިރިހެން ކުއްޖެކެވެ. އޭނާގެ އުމުރުން އެންމެ ފަސްއަހަރުގަ މަންމަ ވަނީ ނިޔާވެފައެވެ. އެއަށްފަހު އަކިޔަން ބޮޑުވެފަ ވަނީ ދޮންމަންމަ އެއްގެ ބެލުމުގެ ދަށުންނެވެ. އޭނާގެ ބައްޕައަކީ ރަށުގެ އެންމެ މުއްސަނދި މީހުންގެ ތެރެއިން އެކެކެވެ. އެހެންކަމުން އަކިޔަން އަށް ދަތިވާ އެއްވެސް ކަމެއް ނޯވެއެވެ.

އަކިޔަން އަކީ ލާނެތް މިޒާޖެއްގެ ކުއްޖަކަށްވިޔަސް ކިޔަވައިގެން ހުރި ކުއްޖެކެވެ. ރަނގަޅަށް ކިޔަވައިގެން ހުރި ނަމަވެސް ކިޔެވި އެއްވެސް އެއްޗެއްގެ ބޭނުމެއް ނުހިފާ ރަށު ތެރޭ ގިނަވެގެން އުޅުމަކީ އަކިޔަން މާކުރާ ހިތްވާ ކަމެކެވެ. ރަށުގަ އުޅޭ އަންހެން ކުދިންގެ ތެރެއިން އޭނާއަށް ކަމުގޮއްސި އަންހެން ކުއްޖަކު ފަހަތުން ދުވެ އުޅުމަކީ އޭނާގެ އާދައެކެވެ.

އޭނާ އަށް ލިބިފަވާ ރީތި ސިފައަކީ ގިނަ އަންހެން ކުދިންގެ ހިތްތައް ފަތަހަ ކުރުމަށް އަކިޔަން އަށް ލިބިފަވާ ބާރެކެވެ. ކޮންމެ ކުއްޖަކާ އެކުވެސް ކުޑަ ދުވަސްކޮޅަކު އެއްކޮށް އުޅުމަށްފަހު ދޫކޮށްލުމަކީ އޭނާގެ އާދައެވެ.

އަކިޔަންގެ ސަބަބުން ކައިޝް ހިނގުން ބާރުކޮށްލިއެވެ. އެހެން ނަމަވެސް އަކިޔަންގެ އުނދަގުލަކުން ސަލާމަތެއް ނުވިއެވެ. ކައިޝް އެކޭ އެއްވަރަށް މަޑުމަޑުން ސައިކަލް ދުއްވަމުން ކައިރިން ދުއްވަން ފެށިއެވެ. ކައިޝް ބެލީ އަކިޔަން އާ ދިމާލަށް ބަލާ ނުލާ ވޭތޯ އެވެ. އޭނާ ކިޔާ އެއްވެސް އެއްޗެއް އަޑުއިވޭކަމަށްވެސް ކައިޝް ނުހަދައެވެ.

” އޭ ދެން ކީއްތަވާނީ އެއްފަހަރުވެސް އަހަންނާ ދިމާލަށް ބަލާލިއްޔާ. މަންޖެގެ ގައިން ތަންގަނޑެއް އުނިވާނެތަ. އަމުދުން މަށަށް ނޭނގޭނީކީ ނޫނޭ ތީ ކާކުކަން. އަހަންނަށް އިނގޭ ތިހުރި ހާލުވެސް. އެއްފަހަރު ނަމަވެސް އަހަންނަށް ބަލާލަބަ ” އަކިޔަންގެ ޖެއްސުން ކުރުން ހައްތަހާ ބޮޑުވަމުން ދިޔައެވެ. އެވަރުންވެސް ކައިޝް ކެތްކުރިއެވެ. އެންމެފަހުން އަކިޔަން ސައިކަލް ކައިޝްގެ ކުރިމައްޗަށްވާ ގޮތަށް ހުއްޓާ ކައިޝްގެ އަތުގަ ހިފިއެވެ.

” ދޫކުރޭ. މަނުދެކެން ތިހާ ވިޔާނުދާ ގޮތެއް ފޮތެއްނެތް މީހެއް. ތާކުން އަންހެނަކު ނުފެނިފަ ދޯ ތިހުންނަނީ ދިމާކުރަން ” އެހިސާބަށް ކަންތައް ދިއުމުން ކައިޝް އަށް އެއްޗެކޭ ނުބުނެ އެއް ނުހުރެވުނެވެ.

އަކިޔަންގެ މޫނުމައްޗަށް ވެރިވެފަވާ ލާނެތް ހިނިތުންވުން ފެނުމުން ކައިޝް އިތުރަށް ރުޅިގަދަވިއެވެ. އަތް ފޮޅުވާލެވޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު އަކިޔަން އެއަށްވުރެ މާ ބާރުގަދައެވެ. ހިފަހައްޓާލާ ފައިވަނީ އެއަށްވުރެ ބާރަށެވެ.

” އަދިވެސް މަ ދޯ ވިޔާނުދާ ވީ. ތިމާ މީހާ ކޮށްގެން ހުރި ކަންތައް ނޭނގޭތީ ތަ ތިހެން ތިބުނަނީ. ރަނގަޅަށް ވިއްޔާ މަންޖެ އަށް ނޭނގޭނެ ކަންނޭނގެ ތީ ކާކުގެ ދަރިއެއްކަންވެސް ” ކައިޝް އަށް ހީވީ މީހަކު ބޮލުގަ އެއްޗަކުން ބާރަށް ޖެހި ހެންނެވެ. ކަންދިމާކުރި ގޮތުން އަކިޔަން އަށް ހިފަހައްޓައިގެން އިނދެވުނީ ކައިޝްގެ ވާތުގައެވެ. ކައިޝްގެ ރުޅި ކޮންޓްރޯލް ނުވިކަން އެނގުނީ އަކިޔަންގެ މޫނުމަތީ ކައިޝް ޖެހިލެއް ބާރުކަމުންނެވެ. ވީ ތަދުން އަކިޔަން އަށް ކައިޝް އަތުންވެސް ދޫކޮށްލެވުނެވެ.

ކަމެއް ގޯސްވާހެން ހީވެގެން މަގުމަތިން ހިނގާފަ ދިޔަ ދެމީހަކު ކައިޝްމެން ތިބި ދިމާލަށް އަންނަން ފެށިއެވެ. ފުރުސަތުގެ ބޭނުންކޮށް ކައިޝް އަވަސް އަވަހަށް ގެއާ ދިމާލަށް ހިނގައިގަތެވެ. މަސްލަހަތަށްޓަކާ އައްކި އެތަނުން ދިޔައެވެ. އޭރުވެސް އަކިޔަންގެ ދެލޮލުން ފާޅުވަމުން ދިޔައީ ރުޅިވެރި ކަމެވެ.

ގެއަށް ވަދެވުމާއެކު ކައިޝް ބެލީ އަވަސް އަވަހަށް ކޮޓަރި އާ ދިމާލަށް ދެވޭތޯ އެވެ. އަވަސްކޮށްލާފަ ހުރެވުނު ވަރުން ޒުހުދާ ގައިގަ ގޮސް ޖެހުނު އިރުވެސް ކައިޝް އަކަށް ނޭނގުނެވެ.

” އައްދޭ އައްދޭ ވަރެއް ވެފަ ދޯ ތިހުންނަނީ. ކޮންތާކަށް ވަންނަންތަ ދުވެ ނަގަނީ ” ޒުހުދާ ބުންޏެވެ.

” ސޮރީ މަންމާ. ނޭނގިގެން ވީ ކަމެއް ” ކައިޝް މައާފަށް އެދުނެވެ.

” ދެންހެވޭ. މުސާރަ ލިބިއްޖެ އެއްނު. ދީބަލަ ފަސްސަތޭކަ ވަރަކަށް ރުފިޔާ ” ޒުހުދާ އެއްޗެއް ދޭން ބުނެފިއްޔާ ކައިޝް އެކަމެއް ކޮށްދެނީ ކޮށްދޭ ހިތުންނެވެ. އެކަމަކު ޒުހުދާ އެވަރެއް ނުދަންނާނެއެވެ. ކައިޝް ކޮޓަރިއަށް ގޮސް ފަސްސަތޭކަ ރުފިޔާ ގެނެސް ޒުހުދާ އަތަށް ދިނެވެ.

ތަރި ކެފޭ ތެރޭ ހުރި މޭޒެއްގެ ދޮށުގަ މަޑުކޮށްލައިގެން އިން އަކިޔަން ސިނގިރޭޓަކަށް ފަހު ސިނގިރޭޓެއް ހުލިކުރަމުން ދިޔައެވެ. އޭނާ އާ އެކު ދެންތިބި ފަޒީލް އާ އާރިފު ތިބީ ވާނުވާ ނޭނގިފައެވެ. އަކިޔަން އަށް ވާވަރުވުމުން ހުއްޓާލާނެކަން އިނގޭތީ ދެމީހުންވެސް ކޮފީ ބޯލަން ތިބީއެވެ.

” އޭ ފްރެންޑް ގެނެސްދީބަލަ ނެސްކެފޭ ބްލެކެއް ” އަކިޔަން ބުންޏެވެ. ރަނގަޅަށް ހަމަޖެހިލުމަށްފަހު އެދެމީހުންނަށް ހުރިހާ ވާހަކައެއް ފެށުނީއްސުރެ ކިޔާދިނެވެ.

” ކުޅި ދައްކާލާނަން މިފަހަރު. މަމީ ކާކުކަން ނޭނގިގެން އެއުޅެނީ ” އަކިޔަން ކޮންމެ ފަދަ ކަމެއްވެސް ކޮއްފާނެކަން އާރިފު މެންނަށް އިނގޭތީ އެމީހުން ބެލީ ވިސްނަދެވޭތޯ އެވެ. އެދެމީހުން ދެއްކި ވާހަކަ ވިސްނޭ ވަރަށްވުރެ އަކިޔަން އިނީ ރުޅިގަދަވެފައެވެ.

” މަށަށް ވިސްނަދޭން ނަހަދާ. ކަލޭމެން ދެމީހުން މަބުނާގޮތަކަށް ކަންތައް ކުރީމަ ހުންނާނީ ރަނގަޅަށް ” އަކިޔަން އެންމެ ފަހުގެ ބަސް ބުނެލިއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އަކިޔަންގެ ފަރާތުން އާރިފު މެންނަށް ވިއްޔާ ވަނީ ފައިދާ އެކެވެ.

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. އެހެން ރޭރެއާ ހިލާފަށް ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. ބާލީހުގަ ބައްދާލައިގެން އޮތް ކައިޝް ގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނައިން އެބާލީސް ތެމެމުން ދިޔައެވެ. ރޭވެއްޖެ ނަމަ މިއީ ހަމަ ކައިޝް ގެ އާދައެވެ. ރޭވެއްޖެނަމަ ހިތާއި ސިކުނޑިއަށް ލިބޭ ވޭން އިތުރުވެދެއެވެ. އަމިއްލަ ނަފްސާ މެދު ޝަކުވާ ނުކުރާ އެއްމެ ރެއެއްވެސް ނުދެއެވެ.

ރޮއިރޮއި އޮތް ކައިޝް އަށް ނިދި ޖެހުނު ވަގުތެވެ. ނިދީގެ އޮވެވުނު ވަރުން ފޯން ނަގާ ކަންފަތުގަ ޖައްސާ ހަލޯއޭ ބުނެލިއެވެ. އެއާއެކު ކުއްލިއަކަށް ތެދުވެ އެނދުމަތީ އިށީނެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Reesh

Level 110 Stories

ވާހަކަ ލިޔުމަކީ ރީޝް އަބަދުވެސް ވަރަށް ކުރާ ހިތްވާ ކަމެއް.

Other Articles

Previous

ކަރުނަ އޭގެ އިންތިހާ……ފަހުބައި

Next

ލޯތްބަށްޓަކައި… (ހަތަރުވަނަ ބައި)

Next
March 16, 2014

ލޯތްބަށްޓަކައި… (ހަތަރުވަނަ ބައި)

Previews
March 16, 2014

ކަރުނަ އޭގެ އިންތިހާ……ފަހުބައި

9 Comments!

  1. Anonymous says:
    March 16, 2014 at 10:55 am

    Mivaahaka akee konme faharakuves kinme sitakunves vaki hisaaabakah kiyan libey vaahaka akeetha?

    1. Reesh says:
      March 16, 2014 at 10:57 am

      އިރާދަކުރެއްވިއްޔާ މިވާހަކަ އެއްކޮށް މިސައިޓުގަ ގެނެސްދޭނަން.

  2. shif says:
    March 16, 2014 at 11:48 am

    avahah up kondeyti

  3. aroo says:
    March 16, 2014 at 1:47 pm

    dhivehi vaahaka saituga mivaahakaige 9 up kohladheebala pls pls pls reesh

    1. Reesh says:
      March 16, 2014 at 2:01 pm

      އަރޫ މިވާހަކައިގެ ދެން ހުރި ބައިތައް މިސައިޓުން ގެނެސްދޭނަން.

  4. shiyaa says:
    March 16, 2014 at 2:46 pm

    އަނެއްބައި ގެނެސްދޭނީ ކޮންދުވަހަކުންތޯ؟ ވ.ރީތި ވާހަކަ.

  5. ދޮނާ says:
    March 17, 2014 at 8:50 am

    ޝަބާ އެއީ ކާކު!!!!

  6. sul says:
    March 17, 2014 at 10:25 pm

    anehkaaa fleshy that mivaahaka

  7. afaa says:
    March 19, 2014 at 7:10 pm

    kaish keema varah hadi..thankolhei anhen reethi namei kiyaalaba plz…dhen kaish keema mi vaahaka kiyan ves varah udhagoo

Comments are closed.

Next Episodeހިތަކުން ހަމަ ނުފިލާނޭ – 2←

All Right Reserved!