Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބައްޓަކައި…(ހަވަނަ ބައި)

xaaahy Level 110 Stories
March 27, 2014 7 Mins Read
14 Comments

ލަޔާލް ހައިރާންވީ ޝައުފް އެތަނަށް އައީމައެވެ. މަގުގެ ދެކޮޅަށް ބަލާލީ އަނެއްކާވެސް އާކިފްގެ ޚަބަރެއް ވޭތޯއެވެ.
” ކާކު ހޯދަނި….” ޝައުފް ލަޔާލް ދެކޮޅު ބަލަން ފެށުމުން އަހާލެވުނެވެ. ” ލަދުން ދޯ ތިއުޅެނި…..ފަސްޓް މީޓިންގަ އުޅޭނެ ތިހެން ލަދުން…” ޝައުފް ޖެހިލުމެއްނެތި ލަޔާލްގެ އަތުގައި ހިފާލިއެވެ. ލަޔާލް އަތްފޮޅުވާލުމަށްފަހު ފަހަތަށް ޖެހިލައިފިއެވެ.
” ޝައުފް ކީއްކުރަނި މިތާ…..ޝައުފްއަށް ކިހިނެއް އެނގުނި އަހަރެން މީހެއްގެ އިންތިޒާރުގައި ހުރިކަން……..” ލަޔާލް ބުނެލިއެވެ. މިފަހަރު ޝައުފްގެ ހިތުގައި ސުވާލްތަކެއް އުފައްދައިފިއެވެ. ” ލަޔާލް ތިހުރީ ކާކުގެ އިންތިޒާރުގައި……” ޝައުފް އަހާލިއެވެ. ” އަހަރެންގެ ލޯބިވެރިޔާގެ އިންތިޒާރުގަ……..” ލަޔާލް ބުނެލިއެވެ.
” މިހުރީނުން ކުރިމަތީ……….” ޝައުފް އެހެން ބުނުމުން ލަޔާލް ޝައުފްއަށް ބަލާލިއެވެ. ”ލަޔާ އަހަރެން ތަޅުވަނީދޯ….މައްސަލައެއް ނެތް…ސީކްރެޓެއް ބުނަންތަ ލަޔާ ތިހެދުން ލީމަ ވަރަށް ރީތި…..އުފާވެއްޖެ އަހަރެން ބުނި ބުނުމަށް ހެދުން ލީތީ…..” ޝައުފް ހަމަޖެހިލަމުން ބުނެލިއެވެ. ކެވެލި ކޮޅަށް ބަލާލަމުން ލަޔާލްގެ ކައިރިއަށް ދެތިން ފިޔަވަޅު ކުރިއަށް އަޅައިފިއެވެ.
”’ ޝައުފް ކީކޭ ތިކިޔަނީ…..ޝައުފް ބުނެގެންތަ އަހަރެން މި ހެދުންލީ……އަހަރެން ކީއްކުރަންތަ ޝައުފް ތަޅުވަންވީ……” ލަޔާލް ބުނެލިއެވެ. ”’ ލަޔާ ޕްލީސް އިތުރަށް އަހަރެން ނުތަޅުވާބަލަ….” ޝައުފް ލަޔާލްގެ އަތުގައި ހިފާ އޭނަގެ ކައރިއަށް ދަމާލިއެވެ. ”ޝައުފް..” ލަޔާލް ޝައުފް މޭގަ އަޅާ ކޮއްޕާލިއެވެ.
” އަހަރެން މިތަނަށް ގެނެސް ކޮން ސަކަރާތެއް ތި ޖަހަނި…..ބައްދަލްނުވެގެން އުޅުނު އިރު ހީވި އެހެން ކަމެއް ހެން……” ޝައުފް ރުންކުރު ގޮތަކަށް ބުނެލިއެވެ. ލަޔާލް އެހެން ކަންތައް ކުރަން ފެށުމުން ޝައުފްގެ އުފާވެރި މޫޑް ގޯސްވެއްޖެއެވެ.
” އަހަރެން ބުނެގެންތަ ތިއައި…..” ލަޔާލް އަހާލިއެވެ. ” އާން މިއަދު ގުޅީމަ…..” ޝައުފް ބުނެލިއެވެ. ލަޔާލްގެ ސިކުނޑީގައި ސޮފްހާތައް އުކެންފެށިއެވެ.
” ޝައުފްތަ އަހަންނަށް ގުޅީ………މާނައަކީ މި އަނގޮޓިއާ މާބޮނޑިވެސް ޝައުފް ތަ ފޮނުވީ….” ލަޔާލް އަހާލިއެވެ.
” އަހަރެން ގުޅީ………ލަޔާލް އަހަރެން މިތަނަށް ގެނެސް ކޮން ޑްރާމާއެއް ތިކުޅުނީ…..އެނގިހުރެ ގަސްތުގައ މިތަނަށް ތިގެނައީ ތިހެން ހަދަންތަ….ނޭނގޭކަމަށް މިހާރު ތިހަދަނި…….” ޝައުފް ހިތްހަމަ ނުޖެހުނެވެ. ލަޔާލް އެ އަނގޮޓި ބާލައި ޝައުފްއަށް ދިއްކޮއްލިއެވެ.
” އަން…..ސޮރީ އަހަންނަކަށް ނޭނގެ އެއީ ޝައުފްކަމެއް…….އަދި އަހަރެން ގަސްތުގައި ޝައުފް ތަޅުވަން ކުރިކަމެއް ނޫން އެއީ…….އަހަރެން ހީކުރީ…..އަހަރެންގެ ލޯބިވެރިޔާކަމަށް ………..ސޮރީ….” ލަޔާލް ބުނެލިއެވެ. ޝައުފް އަނގޮޓީގައި ހިފާ ބަލަން ހުރެވުނެވެ. ” ލަޔާ…….އަހަރެން…..” ޝައުފް ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކުރެވުނެވެ.
” އަހަންނަށް އެނގޭ ޝައުފް އަހަންނާއި މެދު ދެކެމުން އައި ގޮތް…..އެކަމަކު އަހަރެންގެ ހިތުގައި ޝައުފްއާ ދޭތެރޭ އެކަހަލަ އެއްވެސް ގުޅުމެއް ނެތް….” ލަޔާލް ބުނެލިއެވެ. ”ކުށްވެރިއަކީ އަހަރެން….އަހަރެން ކުށްހީއެއްގަ ހުރެ ޝައުފްއާ ވާހަކަ ދެއްކުނީ…..” ލަޔާލް ހުރިހައި ކަމެއް އޮޅުން ފިލުވައިދިނެވެ.

އެތަކެއް އުއްމީދަކާއެކު ލަޔާލްގެ ކުރިމައްޗަށް ޝައުފް އައުމުން ތަގުދީރު މިފަދަ ގޮތެއް ނިންމާނެކަމެއް އެނގެނީ ކިހިނެއް ހެއްޔެވެ؟ ޝައުފްގެ ހިތް ފުޑުފުޑުވެގެން ހިގައްޖެއެވެ. ލަޔާލް މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުން ޝައުފް ސައިކަލަށް އަރައި ގެއާ ދިމާލަށް ދުއްވައިގަތީ ލަޔާލްގެ ކުރިމަތީ އެއްޗެއް ބުނާނެ ހިތްވަރެއް ނުލިބުނީތީއެވެ. ލަޔާލްގެ ފައިބުޑަށް ވެއްޓި އޭނަގެ ލޯތްބަށް ފުރަގަސް ނުދޭން އާދޭސް ކޮއްފާނަމޭ ހިތަށް އެރި ނަމަވެސް އެވަރު ހިތްވަރެއް ނެތެވެ.

ލަޔާލް ގޭގެ ދޮރާށި ކައިރީ ބުދެއް ހެން ހުރިއެވެ. ލަޔާލްއަށް ހަގީގަތް އެނގިވެސް އާކިފްއަށް އިންތިޒާރުކުރެވެންފެށީ ކީއްވެގެންކަމެއް ނޭނގެއެވެ. ” ކާކުގެ އިންތިޒާރުގަތަ ދެކޮލުގައި ފުށްޖަހާ ނަލަވެގެން ތި ހުންނަނީ…..އިންތިޒާރުކޮށްކޮށް ވަރުބަލި ވިއަސް ތި އާކިފްއެއް ނާންނާނެ…….” ޝިފާނާ ދޮރާށިން ބޯދިއްކޮއްލަމުން މަލާމާތުގެ ރާގަކަށް ބުނެލިއެވެ. ހަރަކާތެއް ނެތި ހުއްޓުން އަރާފައި ހުރި ލަޔާލް ގޭތެރެއަށް ހިނގައިގަތީ މާޔޫސްކަމާއެކުއެވެ. ހިތުގައިވާ އުދާސްތަކާ ޝަކުވާތަކެއް ކަރުނައިގެ ސިފައިގަ ބޭރުވެގެން ދިޔައެވެ.

ޝައުފް ސައިކަލްގައި ގޮސް މަޑުކޮއްލީ އާރޓިފިޝިއަލް ބީޗް ކައިރީއެވެ. ތަނުގެ ހަލަބޮލި މާހައުލުގައި ފެންނަމުން ދިޔައީ ޖޯޑު ޖޯޑަށް ތިބި ލޯބިވެރިން އަތުގުޅުވާލައިގެން ތިބި ތަނެވެ. އެ މަންޒަރުތަކުން ޒަހަމްވެފައި ޝައުފްގެ ހިތަށް އިތުރު އަނިޔާތަކެއް ލިބިގެންދެއެވެ. ހިތްވަރުކޮއްލައިގެން ހުއްޓަސް އެންމެ ފަހުން އެދެލޮލުންވެސް ފާއްދައިލީ ކަރުނަތަކެވެ.
” އަހަރެން ވީ ލޯބީގެ އަގަކީމީތަ؟ ލަޔާ އަދި އަހަރެން ދެކެ ލޯބިވާނެ……މި ދުނިޔެއިން ލަޔާ އެހެން މީހެއްގެ ހައްގަކަށް ވިއަކަ ނުދޭނަން……ލަޔާ ޔޫއާ މައިން…..” ޝައުފް އަޑުގެ ކޮޅަށް ހަޅެއްލަވައިގަތެވެ. ދުރު ދުރުގައި ތިބި މީހުންގެ ލޯތަށް ޝައުފްއަށް އަމާޒްވެއްޖެއެވެ. ކަޅީޖަހާނުލައި އެދިމާލަށް ބަލަން ފެށިއެވެ. ޝައުފް އެކަމަށް އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ. ހިތުގެ ޝުއޫރުތައް ފަޒާގެ ތެރެއަށް ދޫކޮއްލައިފިއެވެ.

އިމްލީ ހުރީ ކޮޓަރި ތެރޭ ހާސްވެފައެވެ. ފާއިޝް މިރޭ ބައްދަލްކޮއްލަން ބޭނުންވާ ވާހަކަ ބުނުމުން އެކަން ކުރާނެ ގޮތަކާ މެދު ވިސްނަމުން ދަނީއެވެ. ލަޔާލްގެ ފޯނަށް ގުޅުމުން އެ ފޯނުން ޖަވާބެއް ނައެވެ. މިހާރު ބާރަ ޖަހައިގެން ބޮޑުވެއްޖެއެވެ. މިހާ ފުރަ މެންދަމުގައި ލަޔާލްއަށް ގުޅިއަސް ލަޔާލްއަށް ކޮއްދެވޭނެ ކަމެއްވެސް ނޯންނާނެއެވެ.

އިމްލީ ފޯނު ނަގައި ފާއިޝްއަށް ގުޅާލިއެވެ. ” އަހަރެން މިހުރީ ބޭރުގަ…..” ފާއިޝް ބުނެލިއެވެ. ” ފާއިޝް ޕްލީސް ދޭ ގެއަށް…..އަހަރެން ކިހިނެއް ނުކުންނާނި…އަމުދުން މިގަޑީގަ……” އިމްލީ ބުނެލިއެވެ. ” އިމްލީ ނުކުންނާނެ ކަމެއް ނެތް….އަހަރެން ވަންނާނަން ތި ކޮޓަރިއަށް….ތި ކޮޓަރީގެ ކުޑަދޮރު ހުޅުވާބަލަ…..” ފާއިޝް ބުނެލިއެވެ.

މަޑުވައިލެޓްކުލައިގެ ކާރޓެއިން ކަހާލުމަށްފަހު ކުޑަދޮރު ހުޅުވާލި އިރު ފާއިޝް ހުރީ ކުޑަދޮރުގެ ކައިރީއެވެ. ހަލުވި ކަމާއި އެކު ކުޑަދޮރުން ކޮޓަރި ތެރެއަށް ދެމިގެންފިއެވެ. ” ފާއިޝް…..” އިމްލީ ބުނަން އުޅުނު ޖުމްލަ ފާއިޝް ފުރިހަމަ ކުރިއަކަ ނުދިނެވެ. ފާއިޝްގެ އިނގިލި އިމްލީގެ ތުންފަތުގައި ޖައްސާލިއެވެ. އިރުކޮޅަކު އިމްލީގެ ލޮލަށް ބަލްނ ހުރުމަށްފަހު ފާއިޝްގެ ކަިއރިއަށް ދަމާލިއެވެ. ގަޔާ ބޮޑިކޮއްލަމުން ދެއަތުން ބައްދާލިއެވެ. އިމްލީވެސް ފާއިޝްގެ ހަށިގަނޑުގައި އޮޅުލައިގަތެވެ.
”އިމްލީ ބަލިވެތަ ތިއުޅެނި…..” ފާއިޝް އޯގާތެރިކަމާއެކު ބުނެލިއެވެ. ”ނޫން…” އިމްލީ އެހެން ބުނެލުމަށްފަހު ފާއިޝްގެ އަތުގައި ހިފާ ގެނެސް އެނދުގައި ބައިންދާލިއެވެ. ” ކުޑަކޮން ބޮލުގައި ރިއްސަނި..” އިމްލީ ނިއްކުރީގައި ފިރުމާލިއެވެ. ފާއިޝްގެ މޫނުމަތިން ދުވެލީ ވިހަ ހިނިތުންވުމެކެވެ. ޖީބުން ބޭސްގުޅައެއް ނަގަމުން އިމްލީއަށް ދިއްކޮއްލިއެވެ. ”’މިއީ…..”އިމްލީ ފާއިޝްގެ މޫނަށް ބަލާލަމުން އަހާލިއެވެ.
” ބޭސް……….އިމްލީއަށް ގެނެސް….” ފާއިޝް އިމްލީގެ މޭޒުމަތީ ހުރި ފެންފުޅި ނަގައި ދިއްކޮއްލިއެވެ. ” ފާއިޝްއަށް ކިހިނެއް އެނގުނި އިމްލީ ބަލިވެ އުޅޭކަމެއް……” އިމްލީ އަހާލިއެވެ. ” އިމްލީގެ ހިތް މިއޮތީ އަހަރެންގެ އަތުގައި…..ދެން ކީއްވެ ނޭގެންވީ…” ފާއިޝް ބުނެލިއެވެ. އިމްލީ ފާއިޝްދިން ބޭސްގުޅަ ކާލިއެވެ. އެއާ އެކު އިމްލީގެ މޫނުމައްޗަށް ގޮތެއް ވާހެން ހީވިއެވެ. ފާއިޝްގެ އަތްމައްޗަށް އިމްލީ ވެއްޓުނީ ފާއިޝް އެ ފުރުސަތުގެ އިންތިޒާރުގަ އިންދައެވެ.

ފާއިޝް އިމްލީގެ ހަށިގަނޑުން އުފާ ހޯދަމުން ދިޔައިރު އިމްލީ ވެފައިވާ މަސްތެއްގެ ސަބަބުން މާބޮޑު އަލާލުމެއްނެތި އޮތެވެ. ފާއިޝްގެ ރޭވުމަކީ އިމްލީގެ ފަރާތުން އެފަދަ އުފާތައް ހޯދުމެވެ. އިމްލީ ހަމަހޭގައި ހުއްޓައި ފާއިޝްއަށް އެ ފަދަ ފުރުސަތެއް ނުދޭނެއެވެ. ހުރިހައި އުފަލެއް ހާސިލް ކުރުމަށްފަހު އިމްލީގެ ފޭރާމެއްނެތް ހަށިގަނޑުގެ ފޮޓޯތަކެއް ނަގައި އެ ފޯނުގައި ރައްކާކުރިއެވެ. އެއީ ފާއިޝްއަށް ލިބިގެންދާނެ ހަތިޔާރެކެވެ.

ފާއިޝް ކުޑަދޮރުން ބޭރަށް ފުންމާލި ގަޑިއަކީ ޝައުފް ގޭތެރެއަށް ވަދެގެން އައި ގަޑިއެވެ. ޝައުފްއަށް ލިބިފައިވާ ހާސްކަމާ ހިތްދަތިކަމުގެ ސަބަބުން ފެނުނު މަންޒަރު ކަމަކަށް ނުހަދައި ގޭތެރެއަށް ވަދެގެން ދިޔައެވެ. ޝައުފް ކޮޓަރިއަށް ވަދެ ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. ތަރުތީބު ކޮއްފައިވާ ކޮޓަރިތެރޭގައި އަތުޖެހުނު ކޮންމެ އެއްޗެއް އެތަންމިތަނަށް އުކަން ފަށައިފިއެވެ. ބާލީސްތައްވެސް އުކާލައި އެނދުގެ ބެޑްޝީޓްވެސް ނަގައި ހޫރާލިއެވެ. ދެން ބޮލުގެ އިސްތަށިގަނޑުގައި ހިފަހައްޓާލައި ކަކޫމައްޗަށް ތިރިވާންފެށިއެވެ.

އިރުގެ ދޯދިތަކުން އަލިކޮއްލައިފިއެވެ. އިމްލީ ކަންނެތް ގޮތަކަށް ދެލޯ ހުޅުވާލިއެވެ. އަދިވެސް ބޮލަށް ބަރުވެފައި ރިހުން ގަދައެވެ. ބެޑްޝީޓަކުން ނިވާކޮއްފައިވާ ހަށިގަނޑު ފެނުމާއިއެކު އިމްލީއަށް ރޭގެ ހާދިސާ ލޯމައްޗަށް ސިފަވެގެން ދިޔައެވެ. ”ނޫން…ނޫން…މި ހުވަފެނަކަށް ވާނަމަ…..” އިމްލީ އަށް ރޮއިގަނެވުނެވެ. އޭނައަށް އެފަދަ ފާފައެއް ކުރެވުނަތީ އެކަމާ ހިތާމަ ކުރާ ހާލުގައެވެ. އިމްލީ ވިސްނާލިއެވެ. ރޭގަ އޭނައަށް ވީ ކިހިނެއްކަމެއް އޭނައަކަށް ނުވިސްނުނެވެ.

”ޝައުފް އޮފީހަށް ދާ ގަޑިއެބަޖެހޭ…..” ސޯފީ އެކޮޓަރި ތެރެއަށް ވަންނަމުން ގޮވަންފެށިއެވެ. ކޮޓަރިތެރޭ ތަރުތީބެއްނެތި އުކާފައިވާ އެއްޗެހިތައް ފެނުމުން ސޯފީ ދެފަރާތަށް ބޯހޫރުވާލިއެވެ. ”ޝައުފް….” ސޯފީ އަނެއްކާވެސް ގޮވާލިއެވެ. ނިދިބަރުވެފައިވާ ދެލޯ ގަދަކަމުން ޝައުފް ހުޅުވާލިއެވެ. ”ބައްޕަ ކައިރީ ބުނެދީ އަހަރެން ބަލިވެ މިއަދު އޮފީހަށް ނުދާވާހަކަ……” ޝައުފް މޫނު ފޮރުވާލިއެވެ. ” ބަލިވީތަ….ކިހިނެއްވީ ދަރިފުޅާ…..” ސޯފީ ކަންބޮޑުވިއެވެ.
”ބޮލުގަ ރިއްސަނި މަންމަ އެހެން ބައްޕަ ކައިރީ ބުނެދީބަލަ…..” ޝައުފް ބޭނުންވީ ސޯފީ ފޮނުވާލާށެވެ. ރޭގަ ރުއިމުގެ ސަބަނުން ރަތްވެ ދުޅަވެފައިވާ ދެލޯ ސޯފީއަށް ފެންނާކަށް ބޭނުމެއް ނޫނެވެ. ”ބުނާނަން…… މަންމަ ބޯ މޮޑެދެންތަ…..” ސޯފީ ޝައުފްގެ ބޮލުގައި އތްޖައްސާލިއެވެ. ”އުހުން……” ޝައުފް އަވަހަށް ބުނެލިއެވެ. ސޯފީއަށް ފޮރުވަން މަސައްކަތް ކުރިނަމަވެސް އެންމެ ފަހުން ސޯފީއަށް ޝައުފްގެ މޫނު ފެނިއްޖެއެވެ.
”ޝައުފް ކިހިނެއް ވެފަ..” ސޯފީ ދެރަވެއްޖެއެވެ. ޝައުފްގެ މޫނުމަތިން ފެންނަމުން ދިޔަ ހިތާމައިގެ ކުލަވަރު ފެނުމުންނެވެ. ޝައުފް ކުޑަކުއްޖެއްހެން އައިސް ސޯފީގެ އުނގުގައި ބޯއަޅާލައި ރޯންފެށިއެވެ. ލަޔާލްގެ ފަރާތުން ލިބުނު ޖަވާބުން އޭނަގެ ހިތަށް ކޮއްފައިވާ އަސަރު ސޯފީއަށް އިހްސާސްވެއްޖެއެވެ.

”ހިތްވަރުކުރޭ……މަންމަ ލަޔާ އާ ވާހަކަ ދައްކަންތަ؟” ސޯފީ އަހާލިއެވެ. ”ނޫން ލަޔާ ލޯބިވާ މީހަކާއެކު އުޅުމުގެ ހައްގު އެބައޮތް…..މަންމާ ލަޔާއާ އެއްވެސް ވާހަކައެއް ނުދައްކާތި……” ޝައުފް ބުނެލިއެވެ. ސޯފީ ހިތާހިތުން އަޒުމް ކަޑައެޅިއެވެ. އޭނަގެ ދަރިފުޅަށް ލަޔާލް ކޮންމެ ހާލެއްގަވެސް ހޯދައިދިނުމަކީ މުހިއްމު ކަމެކެވެ. ޝައުފްގެ ލޮލުން ކަރުނަ އަންނަތަން ދެކުމަކީ ސޯފީއަށް ކުރެވޭނެ ކަމެއް ނޫނެވެ.

ލަޔާލް އެގެއަށް އާއިރު އިމްލީ ބަދިގެ ތެރޭގައި އުޅެއެވެ. ” މިއަދު ސްކޫލަށް ނުދަނީތަ؟” ލަޔާ އަހާލިއެވެ. ” އާން ބޮލުގަ ރިއްސާތީ ނުދަން…..” އިމްލީ ބުނެލިއެވެ. ”ދެން އެހެންވީއިރު އަރާމްކުރަންދޭ…….އިމްލީ މަތިން އަހަރެން ހުރިހައި ކަމެއްކުރާނަން……” ލަޔާލް ބުނެލިއެވެ. އިމްލީ ކޮޓަރިއަށް ދިއުމުގެ ބަދަލުގައި ޖައްސާލީ ބަދިގެ ތެރޭގައި ހުރި ގޮނޑިއެއްގައެވެ. ލަޔާލް އަށް އިމްލީ ރޯތަން ފެނުނެވެ. ”ކިހިނެއްވީ؟” ލަޔާލް އިމްލީގެ ކުރިމަތީހުރި ގޮނޑިއެއްގައި ޖައްސާލިއެވެ.
” ލަޔާ އަހަންނަށް ވަރަށް ގޯސް ކަމެއް ކުރެވިއްޖެ……އަހަންނަކަށް ނޭނގެ ކީއްވެކަމެއް އަހަންނަށް ކުރެވެންވީ……އަހަރެން ވަރަށް ދެރަވޭ.” އިމްލީ ލަޔާލްއަށް ރޭގަ ހިނގި ކަންތައް ކިޔައިދިނެވެ. ލަޔާލް ހިތަށް އެރިއެވެ. އެންމެ ފުރަތަމަ ދުވަހުވެސް ފާއިޝްގެ ހަގީގަތް އިމްލީއަށް ކިޔައިދެވުނު ނަމަ ކިހާ ރަނގަޅު ހެއްޔެވެ؟
” އިމްލީ އަހަރެންދެކޭ ގޮތުގައި ފާއިޝްއަކީ ރަނގަޅުކުއްޖެއް ނޫން…..އެއީ މާތް އިންސާނެއްނަމަ އެފަދއ ނިޔަތެއްގަ އިމްލީގެ ފަރާތުން ޖިންސީ އުފަލެއް ނުހޯދާނެ…….” ލަޔާލް އެހެން ބުނުމާއިއެކު އިމްލީ ގޮނޑިން ތެދުވެއްޖެއެވެ. ” ލަޔާ…ފާއިޝްއޭ ކިޔައިގެން އެއްވެސް އެއްޗެކޭ ނުކިޔާތި.،ކީއްވެތަ ފާއިޝްގެ ބޮލުގައި މިކަން ތި އަޅުވަނީ….ކުށް ކުރިން އަހަރެންވެސް…..ފާއިޝް އެކަންޏެއް ނޫން މިކަންތައް މިކުރީކީ…….” އިމްލީއަށް ފާއިޝްއޭ ކިޔައިގެން އެންމެ ލަފްޒެއްވެސް އަޑުއަހަން ފަސޭހައެއް ނޫނެވެ.
” އަހަރެން ކިހިނެއް އިމްލީއަށް ވިސްނައިދޭނީ….އިމްލީ ހަމަ ހަގީގަތަށް މިބުނީ ފާއިޝްއަކީ ރަނގަޅު ކުއްޖެއް ނޫނޭ…..” ލަޔާލްއަށް ފެނުނު މަންޒަރު އިމްލީގެ ކުރިމަތީ ކިޔައިދޭކަށް ފަސޭހައެއް ނޫނެވެ. ލަޔާލްގެ މޫނުމައްޗަށް އެރީ އިމްލީގެ އަތުން ހޫނު ހަމަލާއެކެވެ. ” ދެން އެންމެ ލަފްޒެއްވެސް ފާއިޝްއާ ބެހޭގޮތުން އަހަރެން އަޑުއަހާކަށް ނެތިން……ކަމެއްވާއިރަށް ފިރިހެނުންގެ ބޮލުގަ އަޅުވަންވީ ކީއްވެތަ…….އަހަރެންގެވެސް ކުށް އެއީ ފާއިޝް ދަންވަރު ގަޑީގަ ކޮޓަރިއަށް ވެއްދިކަން……” އިމްލީ ބަދިގެ ތެރެއިން ބޭރަށް ހިނގައިގަތެވެ. ލަޔާލް ބަސްހުއްޓިފައި ބަލަން ހުރެވުނެވެ. އިމްލީއަށް ވިސްނައިދޭނީ ކިހިނެއް ހެއްޔެވެ؟ އިމްލީ ފާއިޝްފެ ދަލުން ސަލާމަތް ކުރަން ލަޔާލް ބޭނުންވެއެވެ.

ސޯފީ ލަޔާލްމެންގެއަށް ގޮސް ސަލާމް ގޮވާލިއެވެ. އެވަގުތަކީ ޝިފާނާ ޖިމަށް ދާން ތައްޔާރުވެގެން ނުކުންނަ ވަގުތެވެ. ސޯފީ ފެނުމުން ޝިފާނާ ހައިރާންވިއެވެ. ” ކުޑަވގުތުކޮޅެއް ދެވިދާނެތަ އަހަރެން ވާހަކައެއް ދައްކާލަން………” ސޯފީ އެހެން ބުނުމާއިއެކު ޝިފާނާ ފަހަތަށް ޖެހިލައި އަތުން އެތެރެއަށް ވަނުމަށް އިޝާރަތްކޮއްލިއެވެ. ސޯފީ އިށީނުމުން ޝިފާނާވެސް އިށީނެވެ.
”ކަމަކުތޯ…” ޝިފާނާ އަހާލިއެވެ. އޭރުވެސް ޝިފާނާގެ ކަޅިހުރީ ސޯފީގެ އަތުގައިވާ ކޮތަޅަށެވެ.
” އާން….ބޮޑު ކަމަކު…..އަހަރެންގެ ދަރިފުޅު ޝައުފް ވަރަށް ބޭނުން ލަޔާލްއާ ކައިވެނި ކުރަން…..އެހެންވެ އެވާހަކަ ދައްކާލަން…ލަޔާލްވެސް ހިއެއް ނުވޭ ޝިފާނާ މިވާހަކަ ދައްކަނިކޮން ދެކޮޅު ވެދާނެހެންނެއް……” ސޯފީ އެހެން ބުނެލި ވަގުތަކީ އަކްމަލް އޮފީހުގައި އިނދެފައި ގެއަށް ސައިބޯން އައިގަޑިއެވެ. އަކްމަލްއަށް ސޯފީގެ ވާހަކަތައް އަޑުއިވުމުން މޫނުމަތިން އުފާވެރިކަމުގެ ކުލަވަރު ފެނިގެން ދިޔައެވެ.
” ހާދަ އުފާވެރި ޚަބަރެކޭ ތިދިނީ…ލަޔާއާ އަހަރެމެން ވާހަކަ ދައްކާލާނަން…….ލަޔާލްއަށްވެސް ޝައުފް ކަމުދާނެހެން ހީވަނި..” އަކްމަލް ޖަވާބު ދެމުން ޝިފާނާއާ ޖެހިގެން އިށީނެވެ. ” އެ ލަޔާލް ޔަގީނުންވެސް އެއްބަހެއް ނުވާނެ……އޭނަ އެ އިންތިޒާރުކުރާ ޕްރިންސްއާ ނޫނީ ހިއެއް ނުވޭ އިންނާނެހެން……” ޝިފާނާ ވައިއަޑުން ބުނެލިއެވެ. އަކްމަލް ސޯފީއަށް ބަލާލައި ހީލިއެވެ.
” ސޯފީއަށް އަހަރެމެން ޖވާބެއް ދޭނަން….” އަކްމަލް ބުނެލިއެވެ. ސޯފީގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔައެވެ. ސޯފީ އަތުގައިވާ ކޮތަޅު ޝިފާނާއަށް ދިއްކޮއްލިއެވެ. ” މިއީ ޝިފާނާއަށް ގެނައި ހަދިޔާއެއް…..” ސޯފީ ކޮތަޅު ދިއްކޮއްލިއެވެ. ޝިފާނާ އޭގައި ހިފައި ބަލާލިއެވެ. ސޯފީ ގެއިން ނުކުތުމުން ޝިފާނާ ބުނެލިއެވެ.
” ލަޔާ ކައިވެނި ކުރާކަށް މަށެއް ގަބޫލެއް ނޫން…އޭނަ މުއްސައްޖަކާ ކައިވެނި ކުރުވާނެ ކަމެއްނެތް….އޭނަ ބަހައްޓާ ގޭގަ….” ޝިފާނާ އެދުވަހު ލީލާ އާއި ހާޖަރު ދެއްކި ވާހަކަތައް ހަނދާން ވުމުން ބުނެލިއެވެ.
” ޝިފާނާ ވަރުގެ މޮޔައެއް ނުދެކެން……ލަޔާލް މުއްސައްޖަކާ އިނުމަކީ އަހަރެމެން އުފާކުރަންވީ ކަމެއްނުން…” އަކްމަލް ބުނެލިއެވެ. ” އަހަރެމެން ކޮންކަމަކާ އުފާވާންވީ…އަހަރެމެންގެ އަމިއްލަ ދަރިއެއް ކައިވެނި ކުރާނަމަތާ އުފާކުރަންވީ……ލަޔާލްއަކީ އަހަރެމެންނަށް ޖެހުނު މުސީބާތެއް……” ޝިފާނާ އަކްމަލް އަށް ބުނެލިއެވެ. ލަޔާލް އަކީ އެމީހުންގެ އުފަން ދަރިއެއް ނޫނެވެ.
” ތިކަން ތިހެން އޮތީމަ އަހަރެމެން ލަޔާލް އަވަހަށް ފޮނުވާލަންވީ…..ސޯފީމެން ގޮތް ޝިފާނާއަށް ވުރެ ބޮޑަށް މަށަށް އެނގޭ…..އަހަރެމެންނަށް ދެގޮތުންވެސް ފައިދާވާނެ ލަޔާލް އެގެއަށް ދިޔައީމަ…….” އަކްމަލް ބުނެލިއެވެ. ”ކޮންދެގޮތެއް؟” ޝިފާނާ އޮޅުން ފިލުވަން ބޭނުންވިއެވެ.
” ހަނދާން އެބަހުރިތަ ލަޔާލްގެ ބައްޕަ ކުރި ވަސިއްޔަތް….” އަކްމަލް އެހެން ބުނުމުން ޝިފާނާއަށް މީގެ ވިއްސަކަށް އަހަރުކުރީގެ ހާދިސާއެއް ހަނދާންވިއެވެ.
****** ********************* ****************
ވިއްސާ ކޮޓަރީގައި ޝިފާނާ ވިހަން ބަނޑުގައި ރިއްސާތީ އޮތް އިރު ޖެހިގެން ހުރި އެނދުގައި އެހެން އަންހެނަކުވެސް އޮތެވެ. އެތަކެއް ވޭނަކާއި އެކު ޝިފާނާއާ އެ އަންހެން މީހާއަށް ވިހެވުނެވެ. ނަސީބު ދިމާކުރިގޮތުން ޝިފާނާ ވިހޭއިރުވެސް ދަރިފުޅު އޮތީ މަރުވެފައެވެ. ވިހާފައި މާގިނަ އިރެއްނުވެ ލޭމަނާ ނުވެގެން އެ އަންހެން މީހާ ދުނިޔެ ދޫކުރިއެވެ. ޝިފާނާ ދަރިފުޅު މަރުވގެން ހިތާމަ ކުރިއިރު އެ އާއިލާންވެސް ހިތާމަ ކުރަމުން ދިޔައެވެ.

އެ އަންހެންމީހާގެ ފިރިމީހާ ހާޝިމް ދަރިފުޅު ގެނެސް ޝިފާނާގެ އަތަށް ދިނެވެ. ” އަހަރެންގެ އަންހެނުން މަރުވުމުން މި ކުއްޖާއަށް އަޅާލާނެ މީހަކު ނެތް….އަހަންނަށް އިހްސާންތެރިކަމެއް ކޮއްދެންޏާ މި ދަރިފުޅު ބަލާދީ……މި ދަރިފުޅު ކައިވެންޏަކާ ހަމަޔަށް ދެވޭ ދުވަހަކީ އަހަރެންގެ ހުރިހައި މުދަލެއް ތި ދެމަފިރިންނަށް ލިބޭނެ ދުވަހެއް…” ރޮއި އޮރި އޮތް އަންހެން ކުއްޖެއް ޝިފާނާގެ އަތަށް ދެމުން ހާޝިމް ބުނެލިއެވެ. ހާޝިމް އަކީ ވިޔަފާރި ވެރިއެކެވެ. ގިނަވަގުތު ރާއްޖެއިން ބޭރުގައި އުޅެން ޖެހޭތީ ދަރިފުޅަށް އަޅާނުލެވޭނެތީ ޝިފާނާގެ ދެމަފިރިންނާ ލަޔާލް ހަވާލް ކުރީއެވެ.
************** ********************************

ޝިފާނާއަށް އެ ހިޔާލްތަކުން އާދެވުނީ އަކްމަލް ކޮނޑުގައި ޖަހާލުމުންނެވެ. ”’ އެދުވަހަށްފަހު އެ ހާޝިމް އަރާވެސް ނުލާ……އަހަރެމެންގެ ބޮލަށް ކުއްޖާ ޖެހުމަށްފަހު އޭނަ އެހުރީ ފިލާފަ..ކޮން ޔަގީންކަމެއް އޮތީ އޭނަ ކުރި ވަސިއްޔަތް ފުރިހަމަ ވާނެކަމުގެ……” ޝިފާނާ އަކްމަލްއަށް ބުނެލިއެވެ. އަކްމަލް ޝިފާނާގެ އަތުގައި ހިފައިގެން ގޮސް ވަނީ އޭނަގެ ކޮޓަރިއަށެވެ. އަލަމާރިން ނެގީ ފަތްޖަހާފައިވާ ކަރުދާންގަނޑެކެވެ.

” މިއީ އޭނަ ދިން ވަސިއްޔަތް….މ.ލަޔާ އަކީ އަހަރެމެންގެ ހައްގަކަށްވާނެ ލަޔާލް ކައިވެނި ކުރިދުވަހަކުން….ތީގަ އިންނާނެ ހުރިހައި އެއްޗެއް ލިޔެފަވެސް……..” އަކްމަލް އެހެން ބުނުމުން ޝިފާނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މާލޭގައި މިހާރު އެންމެ ފެންވަރުގައި ހަދާފައިވާ އެ ގެސްޓް ހައުސްއަށް އެނގޭ ވާނެއެވެ. އެފަދަ ބޮޑު މުއްސަދިގެއެއް އެމީހުންގެ އަތްދޮށަށް އައުމަކީ ކޮންފަދަ ނަސީބެއްހެއްޔެވެ؟
” ލަޔާލް ދިޔަޔަސް ކޮންކަމެއް…..އޭނައަށްވުރެ ރަނގަޅު ނޯކަރުން އަހަރެމެންނަށް ލިބޭނެ އޭރުން…….” އަކްމަލް ބުނެލިއެވެ. ޝިފާނާއަށް އުފަލުން ނެށެންވެސް ފަށައިފިއެވެ. ލަޔާލް އަކީ އޭނަގެ ނަސީބެވެ. ލަޔާލް ބަލައި ބޮޑުކުރުމގެ އަގު އެ ދިނީ ކިހާ ރަނގަޅަށް ހެއްޔެވެ؟
”އަކްމަލް އެއް ނޫން އަހަރެން ކައިވެނީގެ ވާހަކަ ދައްކާނަން ލަޔާލްއާ….އޭނައަށް ލާހިކެއް ނޫން ނޫނެކޭ ބުނާކަށް..” ޝިފާނާ ވިސްނާލާފައި ބުނެލިއެވެ. ” އާން…..އެކަމަކު ތި ވަސިއްޔަތުގެ ވާހަކ ނުވާނެ އޭނައަށް އެނގިގެން…….އޭނައަށް އަސްލު މައިންބަފައިންނަކީ އަހަރެމެން ނޫންކަން އެނގިގެން ނުވާނެ…” އަކްމަލް ބުނެލިއެވެ. ޝިފާނާ ދެފަރާތަށް ބޯހޫރުވާލިއެވެ.

”މަށެއް ގަބޫލެއް ނޫން…..” ލަޔާލް އެނދުގައި އިށީންނަމުން ބުނެލިއެވެ. އޭރު ލަޔާލްގެ ކުރިމަތީ ޝިފާނާ އުނަގަނޑުގައި އަތްވިއްދާލައިގެން ކުރިމަތީ ހުއްޓެވެ. ” ތިޔަ އިންތިޒާރުކުރާ މަނިކުފާނު ނުދުރރުވާނެ ތި ބޮލުގައި ހުރި އިސްތަށި ނުރަވާއރުވެސް……..ބޭކާރު އިންތިޒާރެއްގަ ވަގުތުތައް ނަގާލަންވީ ކީއްކުރަން……އަބަދުވެސް ތިގޮތަށް ގޭގޭގަ ނޯކަރީ ކުރަން ބޭނުންވަނީތަ…..ނަސީބު އަތުގައި ހިފީމަ ކާކު ފުރަގަސްދޭނި….ކަލޭ ފަދަ މޮޔައިން ފުރަގަސްދީފާނެ…..މުއްސަދިކަމާ އަރާމްގައި އުޅެން ބޭނުންނުވަނީތަ؟” ޝިފާނާ ލަޔާލްއަށް ބުނެލިއެވެ.
” އާން އަހަރެން މުއްސަދިކަމެއް ބޭނުމެއް ނޫން……އަހަރެން މިހެން މުޅި އުމުރުގައިވެސް ހުރެދާނަން……” ލަޔާލް ޖެހިލުމެއްނެތި ޖަވާބު ދިނެވެ. ”އެހެންތަ އަހަރެމެންނަށް އުދަނގޫ ޖައްސަން ދޯ ތިއުޅެނީ….ބުނަން ތިން ދުވަސްތެރޭ ތި އިންތިޒާރުކުރާ މީހަކު ނައިއްސިއްޔާ އަހަރެން މިބުނާ ކައިވެންޏަށް އެއްބަސްވާންޖެހޭނެ…އަހަރެމެން ބުނެގެން ކައިވެންޏެއް ކޮއްގެން ކަލޭގެ ހަށިގަނޑުން ތަނެއް އުނިވަނީތަ……މައިންބަފައިންނަށްޓަކައި ދަރިން ގުރުބާންވޭ…..އެތަކެއް ބުރައެއް އުފުލާ ކަލެއް ނުވޭ އެއްކަމެއްވެސް…….” ޝިފާނާ ލަޔާލްގެ އިސްތަށިގަނޑު އަތަށް އޮޅާލިއެވެ. ” އެންމެ ތިންދުވަސް…….” ލަޔާލް އެނދަށް ކޮއްޕާލަމުން ޝިފާނާ ބޭރަށް ނުކުމެގެން ދިޔައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

xaaahy

Level 110 Stories

Other Articles

Previous

އޯގާވީ ހިތަކުން…7

Next

އާލިފް 5

Next
March 29, 2014

އާލިފް 5

Previews
March 27, 2014

އޯގާވީ ހިތަކުން…7

14 Comments!

  1. xaaahy says:
    March 27, 2014 at 9:44 pm

    sory readers
    internet ga ulhunu mahsala akun up nukurevuny
    this part admin ah fonuvaigen mi up kury vess
    so miadhah fahu gennaanan iraadhakurehviyaa medhu nukedi
    so hope u will enjoy reading this story 🙂

  2. liuu says:
    March 27, 2014 at 10:25 pm

    so finally xaahy…..kiyaaln libijje……vvv salhi prt vx ekm thnkolhei kury…..ingey mihn mi v internt ge prblm akaa hurekn…so frgt it….i really liked ths prt….wating 4 da nxt prt

  3. xaaahy says:
    March 28, 2014 at 12:38 pm

    thanx liuu 🙂

  4. Aahshaaa says:
    March 28, 2014 at 6:15 pm

    Waaaaaaaooooo…. how nice Xaaaahy…… its realy nice…… Liuu Aa bunaakah mi Shifaanayah vy landeydeyn…… ehunany laariya mudalaan boothkaifavihya……Aaaash ah ingeyhavs ehchaky Shifaanaavs Akmalvs maruvaanekan….. kamakah vaany 3days tereyga Layaalge lovely bf eyna kairiah aiyy yaa ……. eyrun den Shifaana huredaannu bolunna 2 kanfatunna dun ara ara dho Liuu……. asluvs mipartvs hama v nice ingey Xaaahy….. uhmydukuran kuriah huri part tahvs hama mihaa hot vane kamah…… Xaaahy ur da bst kyp it up my dear…….. INSAA ALLAH … SUKURAN XAAAHY……

  5. suha says:
    March 28, 2014 at 6:49 pm

    Wow vara habed

  6. mary says:
    March 29, 2014 at 10:38 am

    Nice story.. Thanx Xaaahy

  7. reen says:
    March 29, 2014 at 11:27 am

    wow vvvvvv nice

  8. laara says:
    March 29, 2014 at 12:34 pm

    Ehves kuhjeh athuga laara ge beynunvany yaara eba intho
    Iniyyaa
    Bunelaathi engey
    Erun email address dheynan ekuh jakah
    Laara

  9. shara says:
    March 30, 2014 at 9:35 pm

    v nice……kn dhuvahakn tha 7 vana baii..

  10. laii says:
    March 30, 2014 at 9:58 pm

    kn dhuvahakuntha nxt prt xaahyyy????????????????iam craving 4 da nxt prt……

  11. liuu says:
    March 31, 2014 at 5:20 pm

    eyyy……xaahy kbatha nxt prt??????????????kn dhuvahakuntha nxt prt up kuranyyyy…….

  12. liuu says:
    March 31, 2014 at 5:24 pm

    xaahyyy……..kn site ehgatha kurin mi vaahaka post kuryyy

  13. shiny says:
    April 1, 2014 at 3:11 pm

    xaaahy bxy kamun upload nukurany
    i’m her sister

  14. Angel says:
    January 4, 2018 at 11:50 pm

    V sali

Comments are closed.

Next Episodeލޯތްބަށްޓަކައި (ހަތްވަނަ ބައި)←


All Right Reserved!