Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ވެދާނެބާ…

Shaam Level 110 Stories
March 18, 2015 2 Mins Read
4 Comments

މެންދަމުގެ ހަމަހިމޭންކަމުގެތެރޭގައި ޝާދިޔާގެ ކޯތާފަތްމަތިން އޮހޮރެމުންދާ ކަރުނަތައް އިޙްސާންގެ ބެންޑޭޖްކޮށްފައިވާ އަތްމައްޗަށް ރާބައްޖަކަށް ރާއެޅޭ އުޞޫލުން ތިކިތަޅަމުންދެއެވެ. އީޙްސާންގެ އެނދާއި ޖެހިގެން ހުރި ކުޑަދޮރުގައި ބަނޑުއަޅާލައިގެން ބޭރަށް ބަލަހައްޓައިގެން ޝަމީލް އޮތެވެ. ސާދަވިލޭރޭގެ މެންދަމުގެ ބޮޑެތިރާޅުތަށް ތޮށިގަނޑުގައި ޖެހިގެން ވިއްސައިގެންދާއިރު ހޮސްޕިޓަލްގެ ތިންވަނަ ފަންގިފިލާގައި ހުރި ޝަމީލްގެ ހިތްވެސް އެބިޔަރާލުތަކާއި އެކު ބަޖިޔާ ގާތަކުގައި ފިތެމުންދާފަދަ އިޙްސާސްތަކެއް ކުރެވެމުންދެއެވެ.
“ޝަމީލް! ހިތްވަރުކުރޭ..އިރާދަކުރެއްވިއްޔާ ގޯހެއް ނުވާނެ” ޝަމީލްގެ އަތުގައި ހިފަހައްޓާލުމަށްފަހު ކުރަކިވެފައިވާ އަޑަކުން ޝާދިޔާ ބުނެލިއެވެ. ޝަމީލްއަށް އިވިގެން ދިޔަ އަޑަކީ ކޮންމެ ގޮތެއްވިޔަސް ނާއުއްމީދީ އަޑެއްކަން ޝަމީލްއަށް އެނގެއެވެ. ޝާދިޔާ މިގޮތަށް ބުނުމުގެ ބޭނުމަކީ ޝަމީލް ހިތްހަމަޖައްސާލުންކަން ޝަމީލްއަށް ޤަބޫލްކުރެވުނެވެ. އެންމެ ބޮޑު ނުތަނަވަސްކަމަކީ އިޙްސާން އެނދުމަތި ކުރިތާ ތިންދުވަސްފާއިތުވެ، ގޮސް ހަތަރުވަނަ ދުވަހަކަށް އަލިވިލިގެން ދާއިރުވެސް ޑޮކްޓަރ ވަކިޖަވާބެއް ދެއްވާފައި ނުވާތީއެވެ.
ހުދުފޮތިގަނޑަކުން މޫނުމަތި ބެންޑޭޖްކޮށްފައިވާ އިޙްސާންއަށް އޭނާގެ މައިންބަފައިންގެ މޫނުމައްޗަށް އަރާފައިވާ ކުލަވަރުތަކާއި އެދެމަފިރިންނަށް ކުރަމުންދާ އަސަރުތަށް ފެންނަނަމަ އެފަކީރަށް ވާނީ ކިހިނެއްބާވައެވެ. ނަމަވެސް ކަނުއަނދިރީގައި ހިތާއިސިކުނޑި ބާއްވައިގެން އިޙްސާންކުރަމުން އެދާ ޖަޒްބާތީ އިޙްސާސްތަކަކީ އެކަނިވެރިވެފައިވާ ކޮންމެ ޖިންސުއްލަތީފެއްވެސް ކުރާނޭ އިޙްސާސްތަކެކެވެ.
” އަހަރެންގެ ހިތުގެރާނީ ލޯބިވާ ހޫރުޕަރީ ކޮބާބާވައެވެ. މިރޫގެ ބައްޕަ މިރޫއަށް ދޭނީ ކޮންފަދަ އަދަބެއް ބާވައެވެ.އަހަންނާއި މިރޫއާއި ދެމީޙުންގެ ލޯބީގެ ގުޅުން މިރޫއަށް އެގޭނެ ބާވައޭ” މިހިރީ ހައްތަހާވެސް އިޙްސާންގެ ހިތުގައި ގެބެމުންދާ އިޝްޤީ ފުން ހިޔާލްތަކެވެ. ކުއްލިއަކަށް މިރޫ އޭ ކިޔާފައި އިޙްސާން ހަޅޭއް ލައްވައިގަތުމުން ޝާދިޔާ އިޙްސާންއާއި ދިމާލަށް އެނބުރިލިއެވެ. “ދަރިފުޅާ އިޙްސާން.. ކީކޭތަ ތިކިޔަނީ” ޝާދިޔާ ހައިރާންކަމާއިއެކު ބުނެލިއެވެ.” އާނ މަންމާ މިރޫ އެއީ އެކުއްޖަކީ.. އަހަރެން ލޯބިވާ މިރުފާ” އިޙްސާން ޖެހިލުން ކުޑަގޮތަކަށް މަންމައާއި ދިމާލަށް ބުނެލިއެވެ.
އަނެއް ދުވަހު އަލިވެ އިރުމަތީފަރާތު ކުޑަދޮރުތަކުން އަވިދޯދިތައް ވަންނަމުން ދިޔައިރު ޝާދިޔާގެ ހަށިގަނޑުގައި ނިދީގެ ވަރުބަލިކަން ހުރުމާއިއެކު ގޮނޑީގައި އިށީދެގެން އިޙްސާން އޮތް އެނދުގައި ބޯއަޅާލައިގެން ޝާދިޔާ އޮތެވެ. އަދި ޝާދިޔާގެ ދެލޯމެރި ނިންޖާއި އެކު ޝާދިޔާގެ ވިސްނުން ޣަރަޤުވެ ހިގައްޖެއެވެ. ” މަންމާ ބައްޕަ ޓެކްސީ ސެންޓަރަށް ދިޔައީތަ؟ ، މަންމަ ކީއްވެތަ ވާހަކަ ނުދައްކަނީ، ނިދުނީތަ، ނޫނީ އަހަރެންގެ ހަށިގަނޑު މިރޫއަށްޓަކައި ޤުރުބާންކުރި ވާހަކަ ރޭގަ ބުނީމަ ހިތްހަމަނުޖެހުނީތަ؟” މިވާހަކަތައް އިޙްސާން އޭނަގެ މަންމައާއި ޙިއްސާކޮށް ނިންމާލިއިރު ޑޮކްޓަރ ހުރީ އިޙްސާންގެ ކައިރީގައެވެ.” އިޙްސާންގެ މަންމަ އަށް ނިދިފައި އޮތީމައި ވާހަކަ ނުދައްކަނީ”
ޑޮކްޓަރ އިޙްސާން އާއި ދިމާލަށް ހިނިތުންވެލާފައި ބުނެލިއެވެ. އަދި އިޙްސާންގެ ކަންފަތުގައި އެ އަޑު ޖެހުމާއި އެކު ޑޮކްޓާރކަން ޔަޤީންވިއެވެ. ” އަހަންނަށްވެސް އެގިފައިވާގޮތުން ތިހާދިޘާ ދިމާވީ އިޙްސާން އަންހެން ކުއްޖެއް ސަލާމަތްކުރަން އުޅެނިކޮށް..އަނެއްކާ އިޙްސާނަށް ތިހެންވީ މިރޫގެ އަތުގައި ހިފާފައި ދުއްވައިގަތްތަނުންތަ! އެއަންހެންކުއްޖާއަކީ ތަ ތިހާވަރަށް ތިކިޔާ މިރޫއަކީ” އިތުރަށް މަޢުލޫމާތު ހޯދުމުގެ ޤަސްތުގައި ޑޮކްޓަރ އޮޅުން ފިލުވަން މަސައްކަތްކުރިއެވެ.
” މިރޫ އަކީ އަހަރެންގެ ބައިވެރިޔާ، އޭނަގެ އަސްލުނަމަކީ މިރުފާ.. މަންމަމެންނަށް އަޅުގަނޑުވާނީ އެކަން ވަރަށް ބޮޑަށް ސިއްރުކޮށްފައި.”
ޑޮކްޓަރ: “އެއީ ކީއްވެ”
އިޙްސާން: ” އެއީ ހަމަޔަޤީނުންވެސް އަޅުގަނޑުގެ މައިންބަފައިންނެއް ބޭނުމެއް ނުވާނެ އެކަހަލަ ކުއްޖަކާ ގުޅޭކަށް. އަޅުގަނޑުމެންނަކީ ނިކަމެތިން. އަޅުގަނޑު ވަޒީފާއަކަށް ވަދެވެންދެން އަޅުގަނޑުގެ ބައްޕަ ޓެކްސީކޮށްގެން ލިބޭ ލާރިން އަޅުގަނޑުމެން އުޅުނީ”
ޑޮކްޓަރ: ” ތިބުނަނީ މިރޫއަކީ ވަރަށް މުއްސަނދި އާއިލާއެއްގެ ކުއްޖެކޭތަ!”
އިޙްސާން: “އާދެ! އަޅުގަނޑަށް އެގިފައިވާގޮތުން މިރޫގެ މަންމަ އަކީ ޤާޒީއެއް..ބައްޕައަކީ ޑޮކްޓަރެއް”
މިގޮތަށް އިޙްސާން ބުނުމާއި އެކު ޑޮކްޓަރ ވަރަށް ހިތްހަމަނުޖެހުނެވެ. އަދި އިޙްސާންގެ ބޮލުގައި ޑޮކްޓަރގެ އަތްތިލަ ބާއްވާލިއެވެ.
ޑޮކްޓަރ:”އިޙްސާން ތިހާބޮޑު ޤުރުބާނީއެއް މިރޫއަށްޓަކައި ވީމަ ،ކީއްވެތަ މިރޫ އިޙްސާން ކައިރިއަށް ޙާލުބަލާލަން ނާންނަނީ”
ތުރުތުރު އަޅާރާގަކަށް ޑޮކްޓަރ ބުނެލިއެވެ.
އިޙްސާން: ” މިރޫއަށް ނުކެރެނީ އަންނަން.. މިރޫގެ ބައްޕަވެސް އުޅެނީ މި ހޮސްޕިޓަލްގައި.ފެނިއްޖެއްޔާ ސުވާލްކުރާނެ،، ދެން ވަކި ކީކޭ އޭނާ ބުނާނީ”
މިހެން އިޙްސާންބުނިވަގުތު ބޭ އިޚްތިޔާރުގައި ޑޮކްޓަރއަށް އިޙްސާންގެ އަތުގައި ހިފިއެވެ.އަދި ވަރަށް ބާރަށް ދެއަތް ޖޯޑުކޮށްލުމަށްފަހު ބުންޏެވެ.
” ދަރިފުޅާ އިޙްސާން..މިހާރު މިރޫގެ ބައްޕަ މިރޫއާއި ކުރާނެ އެއްވެސް ސުވާލެއް ނެތް. އަހަރެންގެ ދަރިފުޅު މަރުގެ އަދަވަޅަކުން ސަލާމަތްކޮށްދިނީތީ އިޙްސާނަށް ޝުކުރު އަދާކުރަން”
ކޮޓަރީގެ ދޮރު ހުޅުވާލުމާއި އެކު ކުއްލިއަކަށް ތެދުވެ އިޙްސާން ދެލޯ ފޮހެލިއެވެ. ކުރިމަތީގައި ހުރީ މަންމައެވެ. ” އިޙްސާން އަދިވެސް ނުތެދުވަނީތަ..އިޙްސާން މިއަދު މާލެދާތީވެ އަލިބެ އެބަހުރި ބަލާއައިސް.. ދެން ނޭގެއެއްނު ދަރިފުޅަށް ރަށަށް އާދެވޭނެ ދުވަހެއްވެސް”
އިޙްސާންއަށް މަންމަގެ އެވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ދެވޭގޮތެއް ނުވިއެވެ. އިޙްސާން އަށް ވިސްނެނީ ނިދީގައި އެފެނުނު ހުވަފެނާއި މެދުގައެވެ. މާލެ ގޮސްފިނަމަ އަނެއްކާ އެހެން ދިމާވެދާނެބާވައެވެ. އެރީތި އަންހެންކުއްޖާގެ ޙައްޤުގައި މަޑުމަޑު އަތުގައި ހިފާ ދާމާލި ވަގުތު އަހަންނަށް އެލިބުނީ ކޮންފަދަ ކެއްސެއް ބާވައެވެ. ހިތާހިތާކޮއްލި ސުވާލުތަކާއި އެކު އިޙްސާން އެނދުންތެދުވެ ހިގައިގަތެވެ.

Share Article

Follow Me Written By

Shaam

Level 110 Stories

Other Articles

Previous

އަހަރެންގެ ހައްގެކެވެ. (7ވަނަ ބައި)

Next

ޖަޒްބާތުގައި…

Next
March 18, 2015

ޖަޒްބާތުގައި…

Previews
March 18, 2015

އަހަރެންގެ ހައްގެކެވެ. (7ވަނަ ބައި)

4 Comments!

  1. ummi says:
    March 18, 2015 at 6:02 pm

    Feshun v reethiii..aneh bai avahah up kohdhehche. … 🙂 🙂 🙂

  2. el says:
    March 18, 2015 at 9:35 pm

    starting varrah reethi.. hope we will get to read the next episode soon!!

  3. athoo.. says:
    March 18, 2015 at 10:04 pm

    v nice… goooood luck!

  4. yash says:
    March 19, 2015 at 3:42 am

    Varah salhi good luck

Comments are closed.


All Right Reserved!