Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެދިއެދި ހޯދީމޭ…(2 ވަނަ ބައި)

musthafa
March 2, 2015
4 Mins Read
5 Comments

 

“އައްސަލާމަލައިކުމް..”ވަރަށް ދަންނަ އަޑަކުން ސަލާން ގޮވާލިއެވެ.

“ވައާލައިކުމުއްސަލާމް”.ބާރު އަޑަކުން ފަޒީލް ބުނެލިއެވެ.އަތުގައި ހުރި ފިނިފެން ފުޅި ފްރިޖަށް ލުމަށްފަހު ސިޓިންގް ރޫމަށް ނުކުންއިރު ގޭގެ ދޮރުމަތީ ހުރީ ސުހާއެވެ.އޭނާގެ ފަހަތުގައި އިމްނާއާއި އެހެން ދެތިން ކުއްޖަކުވެސް ތިއްބެވެ.ހީވަނީ ކޮންމެވެސް ކަމަކު އައިސް ތިބި ހެންނެވެ.ނަމަވެސް ފަޒީލްގެ ކަޅި ހުއްޓިފައި ވަނީ ސުހާގެ ފަހަތުގައި ހުރި އިމްނާއަށެވެ.”ކޮބާ މިގޭ ދައްތަ؟”.ސުހާ އަހާލިއެވެ.ނަމަވެސް ފަޒީލްއަކަށް އަޑެއް ނީވުނެވެ.އަދިވެސް ހުރީ އިމްނާއާއި ދިމާއަށް ބަލާށެވެ.”މަށަށް ހީވަނީ ކަލޭ ބީރުހެން..ކޮބާހޭ މިގޭ ދައްތަ؟ގޭގަ އެބަ އުޅޭތަ…”.ސުހާގެ އަޑު ބާރު ކޮށްލިއެވެ.އެ އަޑަށް ފަޒީލް ދިޔައީ ސިހިގެންނެވެ.”އާނ….ކީކޭ؟ދައްތަ އޭ….ދައްތައެއް ނެތް ގެއަކު”.ބޯ ކަހާލުމަށްފަހު ފަޒީލް ބުންޏެވެ.މިހެން ބުނުމުން ސުހާމެން ހިނގައްޖެއެވެ.

ފަޒީލް ކޮޓަރިއާއި ދިމާއަށް ދުއްވައިގަތީ ފޯނެއް އަންނަ އަޑަށެވެ.ގުޅަނީ ޝިޔާޒެވެ.ވަރަށް އަވަހަށް ފޯން ނެގިއެވެ.”ކޮބާ؟…ކޮންތާކު؟…މަމިއިނީ ކެފޭގައޭ..އަވަހަށް އާދެބަލަ”.މިހެން ބުނެފައި ޝިޔާޒް ފޯން ކަނޑާލިއެވެ.

“ކީއްވެ ލަސްވީ؟….ޔަގީން ފާހާނައަކަށް ދާން ޖެހުނީކަން….ދޯ…”ޝިޔާޒް ދިމާ ކޮށްލިއެވެ.”މަ މިކޮޅަށް އަންނަން އުޅެނިކޮށް މިއުޅޭ ޑާންސް ގްރޫޕް އައީ ޝިޔާޒްގެ މަންމަ ހޯދަން…އެތާ ހުއްޓޭ އެއްކަލަ ކުއްޖާވެސް”.ފަޒީލް ކިޔައިދިނެވެ.”އެގޮއްޔަ ފެނުނީމަ ހުއްޓުން އެރީ ދޯ…”.މަލާމާތުގެ ރާގަކަށް ޝިޔާޒް ބުނެލިއެވެ.”ޝިޔާޒް ދެން އޭނަ ކައިރި އަހާބަލަ..މިހާރު އަނެއްކާ ދާ ދުވަސްވެސް ކައިރިވަނީ….އުޅެބަލަ ދާން ވާއިރަށް ސެޓް ކުރަން”.ފަޒީލް ބުނެލިއެވެ.”އިރާދަކުރެއްވިއްޔާ ފަޒީލްއަށް ތިކަން ކޮށްދޭނަން…އެ އުޅޭ ސުހާ ބުނި،އޭނަ ބުންޏޭ ކުއްޖަކާ ރަށްޓެހިވާ ހިތެއް ނުވެއޭ..އޭނަ ހަދާފާނެ ދޮގެއްވެސް”ޝިޔާޒް ބުނެލިއެވެ.

ފަރުމާ ބޮޑުބެރު ގްރޫޕް ރަށުގެ މުސްކުޅި ފުރާގެ މީހުންގެ ދަފި ނެގުމުގައި ބައިވެރި ވިއެވެ.މި މަންޒަރު ބަލަން ރަށުގެ ކުދި ބޮޑު އެންމެން ނުކުމެއްޖެއެވެ.ޝިޔާޒް އިނީ މަގުމަތީ ހުރި ޖޯލިފަތީގައި ސިނގިރޭޓެއް ބޯލާށެވެ.ފަޒީލް ވީ ކުޅިވަރު ބަލަން ގޮހެވެ.އިރުކޮޅަކުން މާ ދުރުން ސުހާ އަންނަތަން ޝިޔާޒްއަށް ފެނުނެވެ.”އޭއް ސުހާ….އާދެބަލަ”.ޝިޔާޒް ގޮވާލިއެވެ.”ކިހިނެއްވީ އަނެއްކާ؟ކަމެއްވީތަ؟”.ސުހާ އަހާލިއެވެ.”ކަމެއް ނުވޭ…ވާހަކައެއް ދައްކަލަން..މިތާ ޖޯލީގަ އިށީންދެބަލަ”.ޝިޔާޒް އެދުނެވެ.”ކޮން ވާހަކައެއް…އަނެއްކާ މަގޭ ކައިރި ރަށްޓެހިވާން ނާހައްޗޭ….”.ސަމާސާ ރާގަކަށް ސުހާ ބުނެލިއެވެ.”މަށާ އެކީ އައިސްގެން އުޅޭ ސޮރު ބުނީ،އިމްނާ އާއި ރަށްޓެހިވާން ބޭނުމޯ…ސުހާ އޭނައަށް އެކަން ކޮށްދޭންވީއްނު”.ޝިޔާޒް ބުންޏެވެ.”އަހާލެވިދާނެ…އެކަމަކު ހިޔެއްނުވޭ ރަށްޓެހި ވެދާނެ ހެނެއް. މަ ޝިޔާޒް ކައިރިވެސް ބުނީމެއްނު،އިމްނާ ބުންޏޭ މީހަކާ ރަށްޓެހި ވާހިތެއް ނުވެޔޭ…”ސުހާ ބުންޏެވެ.”ސުހާ އަހާލަބަލަ…އެހެންނޫނީ ގެނޭ އޭނަގެ ފޯން ނަމްބަރު….އަހަރެމެން މިރޭ ގުޅާނަން…”ޝިޔާޒް ބުންޏެވެ.އިމްނާގެ ފޯން ނަމްބަރު ސުހާ ދިނެވެ.

އިރުއޮއްސުމުން ސުހާ ދިޔައީ އިމްނާ ކައިރިއަށެވެ.”އިމް ގާތު ވާހަކައެއް ދައްކާލަންވެފަ އެބަ އޮތް….މިހާރު ދެއްކިޔަސް އޯކޭ ދޯ….”.ސުހާ އަހާލިއެވެ.”އާނ…އޯކޭ…ތި ވާހަކައެއް ދައްކަބަލަ”.އިމްނާ ބުނެލިއެވެ. “ޝިޔާޒްމެންގެ ގޭގަ އުޅޭ މާލެ ސޮރު ބުނީ އިމްނާ ކައިރި ބުނެބަލާށޯ އޭނަޔާ ރަށްޓެހިވެ ބަލާށޭ….އިމް ދެކެ ވަރަށް ލޯބިވާ ވާހަކަވެސް އޭނަ ބުނި”.ސުހާ ބުނެލިއެވެ.ކޮންމެ އަކަސް އިމްނާ ގާތަށް ރުޅި އަތުވެއްޖެއެވެ. “ނޫޅެން…ސުހާ ވެސް ނުދައްކާނެ އެނޫން އެހެން ވާހަކައެއް…ރަށަށް މީހަކު އަރާއިރަށް މަ ޖެހޭތަ އެމީހަކާ ރަށްޓެހިވާން…ނުވާނަން ރަށްޓެއްސެއް”.އިމްނާ ހުރީ ވަރަށް ރުޅި ގަދަ ވެފައެވެ.”މިހާރު އިމް ވެސް ތިހުރީ މީހަކާ އިންނަ އުމުރަށް އެޅިފައެއްނު…ދެން އެކަހަލަ ރަނގަޅު މީހަކު އައިސް އަތުގަ ހިފީމަ އެމީހާއާއި އެކު ދާން އެއްބަސްވާންވީއްނު…ހާދަ މޮޔައޭ…”.ސުހާ ބުނެލިއެވެ.”ކަލޭ ތީ ކާކުތަ މަށަށް ވިސްނާދޭން…ސުހާއަށް ކިހިނެއްތަ އެނގެނީ އެއީ ރަނގަޅު މީހެއްކަމެއް..އާނ.. މީނަވެސް ހީވަނީ މީހުންނާ މަ ތަތްކުރުވަން އުޅޭ މީހެއްހެން…މަ ނޫޅެން އެމީހަކާ ރަށްޓެހިވާކަށް…ތިހާ ބޭނުންވަންޏާ ސުހާ އެމީހަކާ ރަށްޓެހިވެގެން ކައިވެނި ކޮށްބަލަ”.އިމްނާ ވަރަށް ބާރަށް ބުނެލިއެވެ.” އެއީ ވަރަށް ރަނގަޅު މީހެއް…އެކަމު އިމްނާ ކައިރިއެއްނު ރަށްޓެހިވާން އެހީ…އެވާހަކަ ދައްކާލަން އައީ…ދެން ދަނީ”.މިހެން ބުނެފައި ސުހާ ހިނގައްޖެއެވެ. އޭނާއާއި ދިމާއަށް ކީ އެއްޗެހިން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިގެންނެވެ.

“ހަލޯ….ޝިޔާޒް ދޯ….”ސުހާ ގުޅީ ޝިޔާޒްއަށެވެ.

“އާނ..ކިހިނެއްވީ..”ޝިޔާޒް އަހާލިއެވެ.

“ދެންމެއަކު މަ މިއައީ އިމްނާ ކައިރިއަށް ގޮސް….އެއްކަލަ ވާހަކަ ދައްކަން…އޭނަ އެއްބަހެއް ނުވި…އެވާހަކަ ދައްކަން ފެއްޓިހައިރުން މަށާ ދިމާއަށް ބަވާލީ..”.ސުހާ ކިޔައިދިނެވެ.”އެހެންތަ؟ދެން އަޅާނުލާ..އަހަރެމެން މިރޭ އިމްނާއަށް ގުޅާނަމޭ…އެ ގޮތް ރަނގަޅު ވާނެއްނު”.ޝިޔާޒް ބުނެލިއެވެ.”ނޫން…މިރޭ ގުޅާނިކަމެއް ނެތް..އަދިވެސް ހުންނާނީ އެ ރުޅި ގަނޑުގެ ތެރޭގަ”.ސުހާ ބުންޏެވެ.

ބޮޑުބެރު ޝޯވް ކުރިއަށް ދަނީ ވަރަށް ފޯރިގަދަކޮށެވެ.ގްރޫޕަކީ ރަށުން ބޭރު ގްރޫޕެއް ކަމަށްވާތީ ޝޯވްގެ ފޯރި ގަދަވިހެން ބެލުންތެރިންގެ ފޯރިވެސް އެހާމެ ގަދައެވެ.

“ދެން ކިހިނެއް ހަދާނީ…މަ މިރޭ ގުޅާނަން އެ ނަމްބަރަށް…އޭރުން އޯކޭ ވާނެއްނު”.ފަޒީލް ބުންޏެވެ.”އާނ.. ދެން އެ ގޮތް އޮތީ…ސުހާ ލައްވާ އަހައިގެންވެސް ނުވިއެއްނު”.ޝިޔާޒް ބުނެލިއެވެ.”އަނެއްކާ މިހާރު ދާންޖެހޭ ދުވަސްވެސް ކައިރިވަނީ…އަވަހަށް އެއްބަސްވިއްޔާ ކިހާ ރަންގަޅު”،ލޫއި ހިނިތުންވުމަކާއެކީ ފަޒީލް ވާހަކަ ދެއްކިއެވެ.”އިރާދަކުރެއްވިއްޔާ ކާމިޔާބު ވާނެ…”.ޝިޔާޒް ބުނެލިއެވެ.”އޭއް..ދެން ހިނގާ ކޮފީއަކަށް”.ފަޒީލް ބުންޏެވެ.

ކޮފީއިން އައިސް ފަޒީލް ވަނީ ކޮޓަރިއަށެވެ.މާ ދަންވެފައި ހުރުމާއެކުވެސް އިމްނާއަށް ގުޅާ ހިތުންވެސް މެއެވެ. އޭނާގެ ފޯނުގައި ނަމްބަރު ޖަހާލުމަށްފަހު ފުރަތަމަ ފަހަރަށް އިމްނާއަށް ގުޅާލިއެވެ.ނަމަވެސް ފޯނެއް ނުނަގައެވެ.އަނެއްކާވެސް އެ ނަމްބަރަށް ގުޅާލިއެވެ.ނިދިފައި އޮތް އިމްނާއަށް ހޭލެވުނީ އޭނާގެ ފޯނު ރިންގް ވާން ފެށުމުންނެވެ.ގުޅަނީ ނުދަންނަ ނަމްބަރަކަށްވާތީ ފޯން ނަގަން ޖެހިލުންވިއެވެ.ނަމަވެސް އެ ގުޅަނީ ކާކުތޯ ބެލުމަށްޓަކައި ފޯން ނެގިއެވެ.

“ހަލޯ…ކާކު؟އިމްނާތަ؟”.ފުރަތަމަވެސް ކަންފަތުގައި ޖެހުނީ ފިރިހެން އަޑެކެވެ.”އާނ…ތީކާކު؟ނުދަންނަން ތިމީހަކު”.އިމްނާ ބުނެލިއެވެ.”އެހެންތަ….އެކަމަކު އަހަރެން ދަންނަން އިމްނާ”.ފަޒީލް ބުންޏެވެ.”ދެން ތިމީހެއްގެ ނަން ބުނަންވީނު…ނުދަންނަ މީހުންނަކާ މިކަހަލަ ގަޑިގަޑިއަކު ވާހަކަ ދައްކައެއް ނޫޅެން..އެހެންނޫނީ ބާއްވަނީ”.އިމްނާ މަސައްކަތްކުރީ އެމީހެއްގެ ނަން ހޯދާށެވެ.”ނޫން…މަޑުކޮށްލަބަލަ..ކުރިންރޭ ނެށިއިރު ވަރަށް ރީތި އިނގޭ”.ފަޒީލް ބޭނުންވީ ވާހަކަ ދިގުކުރާށެވެ. “ތޭންކްސް…ކާކުކަމެއް ނުބުނަނީހެއް ވާހަކައެއް ނުދައްކާނަން..”.އިމްނާ ވަރަށް ބާރަށް ބުނެލިއެވެ.”މިއީ…. ކޮންމެސް މީހެއް…އަދި ނަމެއް ނުކިޔާ”.ފަޒީލް ސަމާސާ ކޮށްލިއެވެ.”އައްދޭ….މޮޔައެއްތަ؟ތިކަހަލަ މޮޔާންނަކާ މިކަހަލަ ގަޑިގަޑިއަކު ވާހަކަ ދައްކާ ހިތެއް ނުވޭ…ދެން ބާއްވަނީ އިނގޭ….”.އިމްނާވެސް ސަމާސާ ރާގަކަށް ބުނެލިއެވެ.”ހާދަ އަވަހަކަށް ބާއްވަން ތިއުޅެނީ އަނެއްކާ ފިރިމީހާ އުޅެނީތަ؟ނޫނީ ފިރިޔަކު ނެތިއްޔާ ރަށްޓެހިވެގެން އުޅޭ ސޮރު ގުޅާ ގަޑި ޖެހެނީތަ؟”.ވަރަށް ނުދަންނަ ކަމަށް ހަދާފައި ފަޒީލް އެހިއެވެ.”ހޫނ… ފިރިޔަކުވެސް އަދި ބޯއީ ފްރެންޑެއްވެސް ނުހުރޭ…..އެކަމަކު ކަލޭ އަހަރެންގެ އަރާމު ނިދިގަނޑަށް ހުރަސް އަޅާތީ…”.އިމްނާ ބުނެލިއެވެ.”އެހެންދޯ ވަނީ….ހިއެއް ނުކުރަން އިމްނާ ނިދާފަ އޮންނާނެކަމަކަށް….އޯކޭ ދެން ބާއްވަނީ…މާދަން ގުޅާނަން އެނގޭ..ގުޑް ނައިޓް”. މިހެން ބުނެފައި ފަޒީލް ފޯން ކަނޑާލިއެވެ.

ޖެހިގެން އައި ދުވަހު ފަޒީލްއަށް ހޭލެވުނީ ޝިޔާޒް އައިސް ގޮވުމުންނެވެ.”އޭއް…ރޭގަ ގުޅިންތަ؟”.ޝިޔާޒް އަހާލިއެވެ.”އާނ….ގުޅިން ވަރަށް ގިނައިރު ހިފާއްޓާލިން”.ފަޒީލް ބުނެލިއެވެ.”‘އެހިންތަ  ރަށްޓެހިވާން…. ކީކޯ ބުނީ…”.ޝިޔާޒް އަނެއްކާވެސް އަހާލިއެވެ.”ނޫން އަދި ނާހަން….މަ ވާހަކަ ދެއްކީ ނަން ނުބުނެ…އުޅުނު ވަރަށް ނަން ހޯދަން…ދެން މަބުނިން މިއަދު ގުޅާނަމޭ…ކަލޭ ސައިބޮއިފިންތަ”.ފަޒީލް އެހިއެވެ. ނޫން..އަދި ނުބޮން..ހިނގާ ދަމާ ސައިބޯން…”.ޝިޔާޒް ބުނެލިއެވެ.

ސައިބޮއިލާގެން ފަޒީލް ނުކުތީ އެދިމާ ބަނދަރުމައްޗަށެވެ.ގަސްތައް ގިނަކަމުން އަބަދުވެސް އޮންނަނީ ހިޔާ ކޮށެވެ.ގަސްގަހުގައި އުނދޯލި އެލުވާފައި ހުންނާތީ ކުޑަކުދިން އެތަނުން ހުސްވާ ވަގުތެއް މަދެވެ.ފަޒީލް ބަނދަރަށް ދިޔައީ އިމްނާއަށް ގުޅާށެވެ.ފުރަތަމަ ފަހަރު ގުޅާލިތަނާ އިމްނާ ފޯން ނެގިއެވެ.”ހަލޯ….މޮޔައާ އަނެއްކާ ކިހިނެއްވީ….”ފޯން ނަގާފައި އިމްނާ ފުރަތަމަވެސް އަހާލިއެވެ.”ރޭގަ ބުނީމެއްމު ގުޅާނަމޭ….އެކަމަކު އަދި މޮޔައެއް ނުވޭ އިނގޭ….”.ވަރަށް މަޑުމައިތެރިކަމާއެކު ފަޒީލް ވާހަކަ ދެއްކިއެވެ.”ސޮރީ އިނގޭ…އަޅެ ތީ ކާކުތަ…އަނެއްކާ މިރަށު މީހެއްތަ؟”.އިމްނާ އަހާލިއެވެ.”ނޫން…އެކަމަކު މިހާރު މިއުޅެނީ މަރަށުގަ…މަ ބުނީމެއްނު އަދި ނަމެއް ނުކިޔައޭ…”ފަޒީލް ހިނިއައިސްފައި ބުންޏެވެ.”ދޭން….ޕްލީޒް އަޅެ ނަން ބުނެބަލަ..”އިމްނާ ބުންޏެވެ.

“އަހަންނަށް ތި އަޑު  ވަރަށް ރީތި….އަދި ތި ކުއްޖާވެސް ވަރަށް ރީތި….އަހަންނާ ރަށްޓެހި ވާންވީއްނު”.ފަޒީލް އަހާލިއެވެ.”ހޫނ…އިނގިއްޖެ ކާކުކަން….ސަމާސާ ކުރަންވެސް ތިކަހަލަ ވާހަކަ ދައްކައެއް ނޫޅެން”.އިމްނާ ބުންޏެވެ.”ހަމައަސްލުވެސް އަހަރެން އިމްނާ ދެކެ ވަރަށް ލޯބިވޭ….އަހަރެންގައިގަ ކުލަހާކަން އައި ދުވަހުން ފެށިގެން އަހަރެންގެ ހިތުގައި އިމްނާ އާއި ދޭތެރޭ ލޯބި އުފެދުނު…އެދުވަހުން ފެށިގެން އަހަރެންގެ ހިތުގަ އިމްނާއަށް ޓަކައި ޖާގައެއް ހުސްކުރެވުނު…ދެން ކޮންމެވެސް ޖަވާބެއްދީ….”.ފަޒީލްގެ އަޑު ވަރަށް މަޑެވެ.”ދެން ނޭންގެ…ވިސްނަން ޖެހޭނީ…ބާއްވަނީ އިނގޭ”.މިހެން ބުނެފައި އިމްނާ ފޯން ކަނޑާލިއެވެ.

“ހީވަނީ ވަރަށް ރަނގަޅު މީހެއްހެން…އަނެއްކާ މިހެން މީހަކާ ރަށްޓެހިނުވެ ހުރިއްޔާ މި އުޅޭ  މީހުން ވަރަށް އެއްޗެހި ކިޔާނެ…މިހާރު އަހަރެންވެސް މިހުރީ މީހަކާ އިންނަ އުމުރަށްވެސް އެޅިފަ..ފަޒީލް ހީވަނީ ވަރަށް ރަނގަޅު މީހެއްހެން…”.އިމްނާގެ ހިތާ ހިތާ ކިޔާލިއެވެ.އިމްނާ ބޭނުންވީ ފަޒީލްއަށް އާނއެކޭ ބުނުމަށެވެ.ފަޒީލް އާއި އެކު ހަޔާތުގެ ދަތުރު ފަށާށެވެ.ފަޒީލްގެ މީހަކަށް ވުމަށެވެ.

މެންދުރު ކައިގެން ފަޒީލް ކޮޓަރިއަށް ވަނީ ކޮންމެވެސް ވަރަކަށް ބޮލުގައި ރިއްސާތީ އަރާމް ކޮށްލާށެވެ. އޭނާ ގޮސް އޮށޯވެލީ އެނދުގައެވެ.އިރުކޮޅަކުން ފަޒީލްގެ ފޯން ރިންގް ވާން ފެށިއެވެ.ފޯން އޮތީ ޗާޖަށް ޖަހާފައެވެ. ވަރަށް ބާރަށް ފޯނާ ދިމާއަށް ހިނގައިގަތެވެ.ގުޅަނީ ޝިޔާޒްއެވެ.”އަހަރެމެން މި އުޅެނީ މަސް ބާނަން ދާން… އެއްޗެހި ބަދަލު ކޮށްގެން އާދޭ އަހަރެމެންނާއެކު ދާން…”.ޝިޔާޒް ބުންޏެވެ.”ވަރަށް ބޮލުގަ ރިއްސާތީ މިއުޅެނީ.. ނުދާނަން…”ފަޒީލް ބުންޏެވެ.”އާނ…އޯކޭ އިނގޭ..”.ޝިޔާޒް ބުނެލިއެވެ.އަނެއްކާވެސް ފަޒލް ގޮސް އެނދުގައި އޮށޯވެލިއެވެ.ނިދި ޖެހެން ފެށިތަނާ އަނެއްކާވެސް ފޯން ރިންގްވާން ފެށިއެވެ.ވަރަށް ކަންނެއްވެލާފައި ފޯން ނަގަން ދިޔައެވެ.ފޯންގެ ސްކްރީންގައި އިން ނަމްބަރު ފެނުމުން އައިސްފައިވާ ނިދި އެއްކޮށް ފިލިއެވެ.ބޮލުގައި ރިހުންވެސް ކުއްލިއަކަށް ކެނޑިއްޖެއެވެ.

“ހަލޯ..ފަޒީލް ދޯ..”.އިމްނާ އަހާލިއެވެ.”އާނ…ކިހިނެއްވީ؟”.ވަރަށް ކުރުކޮށް ފަޒީލް އަހާލިއެވެ.”އާނ…އާނއެކާ.”. އިމްނާ ބުނެލިއެވެ.ނަމަވެސް އިމްނާ ބުނި އެއްޗެއް ފަޒީލްއަކަށް ނޭންގުނެވެ.”ކީކޭ….ނޭންގުނު..”.ފަޒީލް ނޭންގިގެން އެހިއެވެ.”މިހާރު އަހަންނަކީ ފަޒީލްގެ މީހެކޭ…މިހާރު އެނގިއްޖެތަ؟”.އިމްނާ ވަރަށް ތިލަކޮށް ބުނެލިއެވެ.ފަޒީލްވީ އުފަލެއްގެ ވާހަކަ ދެއްކުން ނެތެވެ.އުފަލުން އޭނާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އެހާވެސް ފަޒީލް ހުރީ އުފާވެފައެވެ.

ފަޒީލް އާއި އިމްނާ ފުރަތަމަ ފަހަރުވެސް ދިމާވީ އެދުވަހުގެ ހަވީރެވެ.ފަޒީލްމެން ގެއާ ދިމާ ބަނދަރުމަތިންނެވެ. “ޝިޔާޒްގާތުވެސް ،ސުހާ ގާތުވެސް އަދި ނުބުނާތި އިނގޭ…”.އިމްނާ ބުނެލިއެވެ.”އެއީ ކީއްވެ؟އެމީހުންނަށް އެނގޭނެ މަ އިމްނާ ދެކެ ވަރަށް ލޯބި ވާކަން….”.ފަޒީލް ކިޔައިދިނެވެ.”އަސްލު އަހަރެން މިހުރީ ވަރަށް ލަދުވެސް ގަނެފަ އަދި އެހާ ދެރަވެސްވެފަ…ފުރަތަމަ ކުރިންރޭ  ސުހާ އައިސް ބުނީ ފަޒީލް ބުންޏޭ ރަށްޓެހިވާށޭ…އެރޭ ރުޅިއައިސްގެން ސުހާއާއި ދިމާއަށް ވަރަށް އެއްޗެހިކީން…ވަރަށް ހިތްހަމަ ނުޖެހިގެން އޭނަ ދިޔައީވެސް…”އެރޭ ކަންތައް ވީގޮތް އިމްނާ ފަޒީލްއަށް ކިޔައިދިނެވެ.

“އާނ…ސުހާ ބުންޏޭ އެއްޗެހިކީ ވާހަކަ….އެއްކަލަ ޝިޔާޒްމެން ވެއްޖެ މަސް ބާނަން ގޮސް…އޭނަ އައީމަ ދައްކަންވާނެ މިވާހަކަ…”.ފަޒީލް ބުނެލިއެވެ.”ދޭން…ނޫން…އެމީހުން ނުލާހިކު ދިމާކުރާނެ…އަޅެ ޕްލީޒް ނުބުނާތި”.ފަޒީލް އިނީ ކަޅި ޖަހާނުލާ އިމްނާއަށް ބަލާށެވެ.ފަޒީލްގެ މޭމަތީ އިމްނާ ބޯ އަޅާލިއެވެ.އަދި ދެ މީހުން ތިބި ފިނިއަށި މަތީ މަޑުމަޑުން އޮށޯވެލިއެވެ.

“އަހަރެންޖެހި ދަންތުރާގަ ބޭނުންވެގެން އުޅުނު ދޫނި ޖެހިއްޖެ”.ޝިޔާޒް ފެންވަރާގެން ކާން ނުކުތުމުން ސިނގިރޭޓެއް ބޯން އިން ފަޒީލް ބުނެލިއެވެ.”ކީކޭ….ކީކޭ ކަލޭ ތިކިޔަނީ….ނޭނގުނޭ”.ޝިޔާޒް ބުނެލިއެވެ. “މިބުނީ  ކާމިޔާބު ވެއްޖެއޭ…”.އެ ޖުމްލަ ފަޒީލް ތިލަ ކޮށްދިނެވެ.”ގަދަ އިނގޭ…ކޮންއިރަކު”.ޝިޔާޒް އަހާލިއެވެ. “މިއަދުހެނދުނު މަ ރަށްޓެހިވާން އެހީ…..އެކަމަކު ޖަވާބެއް ލިބުނީ މެންދުރުފަހު”.ފަޒީލް ކިޔައި ދިނެވެ.

19
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

musthafa

Other Articles

Previous

ކަޝްފު 12 (ފަހުބައި)

Next

ސިއްރު (ދެވަނަ ބައި)

Next
March 2, 2015

ސިއްރު (ދެވަނަ ބައި)

Previews
March 1, 2015

ކަޝްފު 12 (ފަހުބައި)

5 Comments

  1. sha says:
    March 2, 2015 at 10:56 am

    haadha avas aruvalaign vaahaka nimman tha thiulheny…bt reethi

  2. shana says:
    March 2, 2015 at 4:49 pm

    aharen mi bai kin than kolheh kurin……

  3. same says:
    March 2, 2015 at 10:43 pm

    Woww v v v reethi vaahakaeh waiting for next part……………….
    C O N G R A A A..

  4. Hoody says:
    March 3, 2015 at 12:06 pm

    stry reethi!!!! bt rangalhu kohlan jehey kameh eboi ingey!!! dialogs liyaairu komme meehegge dialog vakin line eh ga liyuneema kiyan faseyha vaane!!! hurihaa dialogs ekkoh othyma varah olhey!!! dhn oi baehga mikan rangalhu kollun edhen!!! 🙂

  5. ok says:
    March 7, 2015 at 11:25 am

    ok dhen ekamaku kaley kiyaafa dhen dhw..:/

Comments are closed.

All Right Reserved!