Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެތެރޭގައި…

Shaam Level 110 Stories
March 18, 2015 2 Mins Read
8 Comments

ލޯތްބަކީ ނިކަން ބާރުގަދަ ހަތިޔާރެކެވެ. ނިކަން ނުރައްކާތެރިވެސް ހަތިޔާރެކެވެ. އަދި އެހާމެ ފޮނި މޭވާއެކެވެ. މިއީ އެންމެންވެސް ދަންނަކަމެކެވެ. އެކަމަކު ލޯބި އަތަށް އެރުމުން ދެންވާ ހުރިހާކަމެއްވެސް ވަނީ ބޭއިޚްތިޔާރުގައެވެ. ލޯތްބަށް އެނަން ނިސްބަތްކރެވެނީ އެ ލޯބި ހޯދުމަށް ކުރާ މަސައްކަތުގައެވެ. އެލޯބި ޙާސިލްވުމުން ހަޤީޤަތުގައި ތިމާގެ ނަފްސުގެ މައްޗަށް އެލޯބި ބާރު ފޯރުވަނީ ތިމާއަށްވެސް މިވަނީ ކީއްކަން ނޭގިއެވެ. މިކިޔެނީ އެންމެން ދަންނަވާހަކަތަކުގެ ވާހަކަތަކެވެ. ނިކަން އަސްލު ވާހަކަޔަށް ޖެހިލަމާ ތޯއެވެ. ދޭހަކުރާނީވެސް މި ހިޔާލީ ވާހަކައިގެ ލައިލާގެ ދުލުންނެވެ.
އަހަރެންގެ ލޯބީގެ ސޮފްޙާތަށް ލިޔެވެން ފެށުނީއަހަރެންގެ އުމުރުން އެންމެ އަށް އަހަރުގައެވެ. އެންމެ ގިނައިން ލޯބީގެ ސީންތައް ފެށިގެން އަންނަ ސްކޫލްގެ ކްލާސްރޫމުންނެވެ. އަހަރެންނަކީ ކުރިއަކުން އެކަހަލަ ވިސްނުމެއް ހުންނަ ކުއްޖެއް ނޫނެވެ. އެއީ އެކަލަ ކަމެއްގެ އުމުރެއްވެސް ނޫނެވެ.

އެހެން ނަަމަވެސް ކްލާސްރޫމްތެރެއިން އެކަކު އަނެކަކާ ދިމާކޮށް ކިޔުމުގެ ތެރޭގައި އަހަންނާ އެހެންކުއްޖަކާ އަޅުވާ ދިމާކުރުންތައް ފެށިއްޖެއެވެ. އެހެންނަމަވެސް އަހަންނަށް ފުރަތަމަ އެއީ އެއްވެސް ކަމަކަށް ނުވިއެވެ. ނަމަވެސް ފަހުން ދިމާކުރުންތައް ގިނަވެ އަހަރެން މިކަމާ ވިސްނަންފެށީމެވެ.މިކަން ހުއްޓޭތޯ ބެލުމަށް މަސައްކަތްކުރަން ފެށީމެވެ. އަހަންނާ އަޅުވާ ކިޔާ މަޖުނޫނު އާއި ވީހާވެސް ދުރުން އުޅެވޭ ތޯ ދިޔައީ މަސައްކަތްކުރަމުންނެވެ. ކޮންމެ ދުވަހަކުވެސް ގެއަށް ގޮސްފަ ވިސްނަނީ ދިމާކުރުން ތަކުން ސަލާމަތް ވާނެގޮތަކާއި މެދުގައެވެ.މާދަމާ މަޖުނޫނު ސްކޫލްގެ ކަނާތްފަރާތު ގޭޓުން ވަދެއްޖެއްޔާ އަހަރެން ވަންނާނީ ވައަތްފަރާތު ގޭޓުންނޭ ހިތާވެސް ވިސްނެއެވެ.
ކޮންމެ އަކަސް ޕްރައިމަރީ ނިމުނީ މިފަދަ ޙާލެއްގައެވެ. ނަމަވެސް ދެ އަހަރުވަންދެން އަހަރެން މަޖުނޫނާއި ދުރުންއުޅުމަށް ކުރި މަސައްކަތުން ވީ އެއްވެސް ފައިދާ އެއްނެތެވެ. ދިމާކުރުންތައް ހަމަ އެއް ލެވެލް އެއްގައި އޮތީއެވެ.
އެކަމަކު އަހަންނަށް ވިސްނުނު އެހެންކަމެއް އޮތެވެ. އަހަރެން މަޖުނޫނާއި ދުރުން އުޅެން ކުރިހާ މަސައްކަތުން އަހަންނަށް މަޖުނޫނާއި ދޭތެރޭގައި ވިސްނުން ނޫންކަމެއް ނުވެއެވެ. އޭނަ އާއި ބެޙޭގޮތުން ދަސްވުން ނޫންކަމެއް ނުވެއެވެ. ދެން ނުބުންޏަސް މިހާ ހިސާބަށް ދިޔައިރުން އޭނަ އާއި ދޭތެރޭގައި ކޮންމެވެސް ކަހަލަ ކަމެއް ހިތުގައި ނެތެކޭ ނުދެންނެވޭނެއެވެ.
އަދި މިއުޅެނީ މަޖުނޫން ކިޔައި ނުދެވިގެން ދޯއެވެ. މަޖުނޫނަކީ ކްލާހުގައި އެންމެ ބަސް އަހާ އެއް ފިރިހެން ކުއްޖާއެވެ. ބަސް މަދު ކުއްޖެކެވެ. އެހާވަރަށް އަހަންނާއި މަޖުނޫނޭ ކިޔާފަ ދިމާކުރާ އިރުވެސް އޭނައަށް ކަހިރުވަކެކޭވެސް ހިތަކަށް ނާރައެވެ. ދެން މަޖުނޫނުގެ މިޒާޖު ހިތައް ސިފަކޮއްލާށެވެ.
ރަށު ސްކޫލްނިމި އަހަރެން މާލެ ބަދަލްވެއްޖައިމެވެ. މާލެ އައިސް ސްކޫލަށްވެސް ދާންފަށައި ފީމެވެ. ކުރިއާއި ޚިލާފަށްމި ސެކަންޑަރީ ސްކޫލްގައި އަހަންނާއި ދިމާކުރުމެއް ނެތެވެ.ކްލާސްތެރެއިންނާއި ބޭރުން އިވެނީ މުޅިންވެސް “ބިޓުން” ގެ ވާހަކައެވެ. އަހަރެން ކައިރީވެސް އަހަނީ ބިޓުކޮބާހެއްޔެވެ. ބިޓެއް ހޯދަންވީ ނޫންހެއްޔެވެ.ކޮންމެ އަކަސް ކަންފަތުގައި އެނބުރޭ މިކަހަލަ ވާހަކަތަކާ އެކު އަހަރެންވެސް ބިޓެއް ބޭނުންވެއްޖެއެވެ. އެހެން ކުދިންވެސް ކުރާ ކަމަކަށް ވީމައެވެ. އެހެން ކުދިންވެސް އެގޮތަށް އުޅޭތަން ފެންނާތީއެވެ.
އަހަންނަށް މިކަންތައްތަކާއި ވިސްނެން ފަށައިފިއެވެ. ގެއަށްގޮސް ވަރަށް ސިއްރުން ލިސްޓެއްވެސް ހަދައިފީމެވެ.އެކަމަކު ހަމަ ކަމުދާކަހަލަ މީހަކު ދިމައެއްނުވިއެވެ. ލިސްޓް ދުވަހަކަށް ވުރެ ދުވަހެއް އިތުރުވި ނަމަވެސް ހަމަ އެއްގޮތެއްވެސްނުވިއެވެ.މިކަންތައް ގަނޑުގެ ތެރޭގައި ގޭގައި އުޅޭ ދައްތައަކަށް އަހަރެންގެ ލިސްޓް “ބަސްޓް” ވެއްޖެއެވެ.
އަހަރެން ބިރުގަތަސް ދައްތަވެސް މިކަމުގައި ދޭން ފެށީ ހިޔާލުތަކެވެ. ވާނީވެސް އެެހެންތާއެެވެ. ދައްތަ އަކީވެސް ގޭގެ މީހުންނަށް ވަގަށް ބިޓެއް ގެންގުޅޭ މީހެކެވެ. އަހަރެންގެ މި ބިޔަ ޕްރޮޖެކްޓްގެ ބައިވެރިއަކަށް ދައްތަވުމުން އަހަންނަށް ލުޔެއް ލިބުނެވެ. ދެމީހުންގެ ސައްލާތަކަށް ނިމުމެއް އައި އިރު ލިސްޓުން ނުކެނޑި އިނީ މަޖްނޫން އެކަންޏެވެ.
ދައްތަ ކިޔައިދިނީ ދައްތަގެ ތަޖުރިބާތަކެވެ.މަޖުނޫން ގެ އަޚްލާޤާ މިޒާޖަށް ބަލާއިރު މަޖްނޫން ލިބިއްޖެއްޔާ ވަރަށް ރަގަޅުވާނެއެވެ. ދައްތަ ބުނަނީ މަޖުނޫނު ލިބިއްޖެއްޔާ މަޖްނޫނުނ ލޯބި ބިޓަކަށް ބަދަލްކޮށްލުމަކީ ވަރަށް ފަސޭހަވާނެކަމެކެވެ.އެހެންނަމަވެސް އަހަންނަށް އަދި މިވާގޮތެއް އެއްގޮތަކަށްވެސް ނޭގެއެވެ.
އަސްލު ހަޤީޤަތުގައި ދައްތަކައިރީގައި ނުބުނި ނަމަވެސް މަޖްނޫން ހިޔާރުކުރަން އަހަރެންވެސް ބޭނުމެވެ.ނަމަވެސް ކުޑައިރުއްސުރެން އޮތް ދިމާކުރުންތަކާއި އެކު މަޖުނޫނާއި އެކު ރަށުމީހަކަށް ފެންނާކަށް އަހަރެން ބޭނުންނުވަނީއެވެ. ދުނިޔޭގެ ލަދަށެވެ.
ކޮންމެއަކަސް މަޖުނޫނު މާލޭގައި އުޅޭ ގެޔަކީ ރަށުބަޔަކު އުޅޭގެއެއްނަމަވެސް އަހަރުމެން ދުވަހަކުވެސް ގޮސް އުޅޭ ގެއެއް ނޫނެވެ. ދައްތަގެ އިރުޝާދުގެ ދަށުން ފުރަތަމަ އަހަރެމެން އެގޭކައިރިން ހަވީރުގަޑީގައި ހިގާލަން ދާން ފެށީމެވެ.މަޖުނޫނު ފެނޭތޯއެވެ. މިގޮތަށް ނުވެގެން ފިހާރަޔަކަށް ދިޔަޔަސް އެގޭގެ ކައިރިން ދާން ފެށީމެވެ.ހަޤީޤަތުގައި އަހަރެންނަށް މިހިންގޭ ޢަމަލްތަކަށް ވުރެ ބޮޑަށް އަހަރެން މި ވިސްނާ ވިސްނުުމުން މަޖުނޫނަށްޓަކާ އަހަރެންގެ ހިތް ދިޔައީ ފިސާރި ވަރުގަދަ ގަނޑުވަރެއް ބިނާކުރަމުންނެވެ.
އެކަމަކު ބުނަންހެއްޔެވެ. ލޯތް ބައްޓަކައި ވިސްނާ ވިސްނުމަކީ އޭގައި ގަޔާވެގެން ބައްދާލައިގެން ހުރެ ވިސްނޭވިސްނުންތަކެވެ. އެއަކީ ހިތް އޭގެ ޖަޒްބާތުގައި އާޝޯހްވެދާ ހިޔާލްތަކެވެ. ވަރުބަލިކަމެއް މާޔޫސްކަމެއް ނެތިއެވެ. ލޯބީގައި ފޮނިރަހަ ދޭހާ ހިދަކު ވަރުބަލިކަން އިޙްސާސެއް ނުވާނެއެވެ.(ނުނިމޭ).

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaam

Level 110 Stories

Other Articles

Previous

ޖަޒްބާތުގައި…

Next

ﷲ ގެ ރަޙުމަތުން އުންމީދު ކަނޑައިނުލާށެވެ.

Next
March 18, 2015

ﷲ ގެ ރަޙުމަތުން އުންމީދު ކަނޑައިނުލާށެވެ.

Previews
March 18, 2015

ޖަޒްބާތުގައި…

8 Comments!

  1. ummi says:
    March 18, 2015 at 10:39 pm

    Salhiiiii 🙂

  2. shaam says:
    March 18, 2015 at 10:59 pm

    thanx ummi

  3. girl says:
    March 18, 2015 at 11:28 pm

    Feshunu v v fooohi

  4. neel says:
    March 18, 2015 at 11:39 pm

    Reethi vaane hen heevey! Next part avahah up kohdheythi

  5. Niama says:
    March 19, 2015 at 2:31 pm

    Asar gadha loabeege vaahakayakah vaanekamah unmeedh kuran. Looks old but feels GOLD

  6. athoo.. says:
    March 19, 2015 at 2:42 pm

    Loabi hama emme loabee karunaige therey ga eve………………… thedhu vaahaka ekeve………………………

  7. malak says:
    May 7, 2015 at 9:12 pm

    v v v reethi ingey

  8. Aan says:
    August 4, 2016 at 7:02 pm

    V rythi vaahaka…. Avahah aneh bai up kohlahche..

Comments are closed.

Next Episodeލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެތެރޭގައި….. (2 ވަނަ ބައި)←


All Right Reserved!