Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަހަރެންގެ ހައްގެކެވެ. (5 ވަނަ ބައި)

Shaz Level 110 Stories
March 9, 2015 5 Mins Read
15 Comments

އިމްޝާ ފޯނު ކަނޑާލިއެވެ. އަހަރެންނަށް ރޮވުނީއެވެ. ކައިވެނީގެ ފުރުތަމަ ރޭ ވެސް ފިރިމީހާ ދޮށީއަނބި ހިތްހަމަޖައްސަނީއެވެ. އަހަރެން މި ޖެހުނީ ރޮވެ ރޮވެ އޮންނާށެވެ.

އަހަންނަށް ހޭލެވުނީ މީހަކު އަހަރެންގެ މޫނުމަތީގައި ފިރުމާލުމުންނެވެ. ގަދަކަމުން ލޯހުޅުވާލާފައި ބަލާލިއިރު ކައިރީގައި އިނީ ޝާއިންއެވެ.

“ޝާއިން..”ޝާއިން އަހަރެންގެ އަނގަމަތީއަތް އެޅިއެވެ.

“ސްސްސް.. އިމްޝާއަށް ނޭނގި މިއައީ” ޝާއިން ވާހަކަ ދެއްކީ ވައިއަޑުންނެވެ.

އަހަރެންގާތަށް ހިނިއައެވެ. ޝާއިން އަހަރެން ކައިރީ އޮށޯއޮތެވެ. އަހަރެން ކުޑަކޮށް ލަދުގަތެވެ. ޝާއިން އަހަންނާ މާކައިރިވާން ފެށުމުންނެވެ. އެހެންނަމަވެސް ދެން ދައްކާނެ ބަހަނާއެއްވެސް ނެތެވެ.

“ނަޝާ” ޝާއިން މަސްތީ އަޑަކުން އަހަރެންގެ ކަންފަތްބުޑުގައި ގޮވާލިއެވެ. ޝާއިން އަހަރެންގެ ގައިގައި ބައްދާލިއެވެ. އަހަރެންވެސް އަހަރެންގެ ހަށިގަނޑުގެ ރިމޯޓް ޝާއިން އާހަވާލު ކޮށްލައިގެން އޮތީމެވެ. ކައިވެނީގެ އުފާ އޭގެ އެންމެ ފުރިހަމަގޮތުގައި ޝާއިން އަށް އަހަރެން ހަދިޔާކުރީމެވެ.

“ޝާއިން.. ޝާއިން…” އިމްޝާ ޝާއިންއަށް ގޮވާލި އަޑުއިވުމާއެކު ޝާއިން ތެދުވިއެވެ. އަހަރެން ހިތްހަމަނުޖެހުނެއް ކަމަކު އަޅާނުލައި އޮތީއެވެ.

“ސޮރީ.. ހޯޕް ޔޫ ކޭން އަންޑަރސްޓޭންޑް” ޝާއިން އަހަރެންގެ މޫނަށް ބޮސްދިނުމަށްފަހު ކޮޓަރިން ބޭރަށް ނިކުތެވެ.

“އެކޮޓަރީގަތަ.. ކީއްކުރަނީ އެކޮޓަރީގަ..” އިމްޝާ ބުނިއަޑު އިވުނެވެ.

“ހޫން.. އަދި މީނަ ބަލަންޖެހޭތަ ޝާއިން މިކޮޓަރިއަށް އައިސް ކުރާކަންތައްތައް.. ވަރަށް ފޫހިވޭ..” އަހަރެން ކުދި ކިޔައިގަތީމެވެ. އެވަގުތު އަހަރެންގެ ފޯނު ރިންގްވާން ފެށިއެވެ. އަހަރެން ބަލާލިއިރު އިންޓަރ ނޭޝަނަލް ނަންބަރެކެވެ.

“ހަލޯ” އަހަރެން ބުނީމެވެ.

“ހަލޯ. ކޭން އައި ސްޕީކް މިސް ނަޝާ..” އެކޮޅުން ވާހަކަ ދެއްކީ ބޭރު މީހެކެވެ.

“ޔާ.. ނަޝާ.. ސްޕީކިން..” އަހަރެން ބުނީމެވެ.

“ޔާ މޭމް ދިސް އިޒް ފުރޮމް އެމެރިކަން ޕައިލެޓް ސްކޫލް ޕީޓަރ ސްޕީކިން” އެމީހަކު ބުންޏެވެ.

“ވަޓް ހެޕްން” އަހަރެން ހައިރާން ވެފައި އަހާލީމެވެ.

“އެކްޗުއަލީ ވީ ގޮޓް ނިއުސް ދެޓް ޔޫ ގޮޓް މެރީޑް.. އެންޑް އިފް އިޓް ސޯ އައި ހޭވް ޓް ޑިސްކޮލިފައި ޔޫ ފުރޮމް ދި ކޯސް” އޭނަ ބުންޏެވެ.

“ވަޓް. ވައި.” އަހަރެން ހާސްވިއެވެ.

“ހައު ޔޫގޮޓް ދެޓް ނިއުސް” އަހަރެން އެހީމެވެ.

“ވީ ގޮޓް އީމެއިލް ފުރޮމް ޝާއިން ވިޗް ސޭސް ހީ އިޒް ޔުއަރ ހަސްބަންޑް.. ދެޓް އިޒް އަވަރ ރޫލް ދި ކެންޑިޑޭޓްސް ޝުޑް ބީ ސިންގަލް.. އައިއެމް ސޯ ސޮރީ މޭމް..” އަހަރެން ހައިރާންވެ ބުނާނެ އެއްޗެއްވެސް ނޭނގުނެވެ.

“އިޓްސް އޯކޭ.. ތެންކްޔޫ” އަހަރެން އަވަސް އަވަހަށް ތެދުވެ ފާހަނާއަށް ވަދެ ރީތިވެލައިގެން ޝާއިން އާ ވާހަކަ ދައްކަން ދިޔައީމެވެ.

އަހަރެން އިމްޝާމެންގެ ކޮޓަރީގައި ޓަކި ޖަހަން އަތްހިއްލާލި ތަނާ އިމްޝާ ދޮރު ހުޅުވާލިއެވެ. ޝާއިންވެސް އިމްޝާ ކައިރީ ހުއްޓެވެ.

“ޝާއިން އަހަރެން ބޭނުން ޝާއިން އާ ވާހަކައެއް ދައްކަން.. މިހާރު މިވަގުތު..” އަހަރެން ވާހަކަ ދެއްކީ ހިތްހަމަނުޖެހި ހުރެއެވެ.

“އާނ ނަޝާ.. ހިނގާ..” ޝާއިން އަހަރެންގެ އަތުގަ ހިފައިގެން ހިނގައިގަތެވެ.

“އަހަރެން ހުއްޓާ ނުދެއްކޭ ވަރުގެ ވާހަކަ އެއްތަ..” އިމްޝާގެ އަޑު އިވުމާއެކު ޝާއިން އަހަރެންގެ އަތުން ދޫކޮއްލިއެވެ.

“އާން.. އަހަންނާ ޝާއިންގެ ވާހަކަ އެއް..” އަހަރެން ގަދަ ކޮށްލީމެވެ.

އިމްޝާ ކޮޓަރިއަށް ވަދެ ވަރަށް ބާރަށް ދޮރުލެއްޕިއެވެ. އެއާއެކު ކޮޓަރި ތެރޭން އެއްޗިހިތަކެއް ވެއްޓިތެޅުނު އަޑުވެސް އިވުނެވެ.

“އިމްޝާ.. ދޮރު ހުޅުވަބަލަ… އިމްޝާ… ސާބަސް ނަޝާއަށް.. ދެން ހަމަ މަ ކައިރީ ބުނާ ވާހަކަ އިމްޝާ ކައިރީ ބުނުމަކީ ނޫނީ އޭނައަށް އަޑު އިވުމަކީ މައްސަލައެއް ނޫންކަން ނަޝާއަށް ވެސް ވިސްނެންޖެހޭނެ ދޯ.. އޭނަ ދޯ ނަޝާއަށް ތި މަގާމު ދިނީ” ޝާއިން ވެސް ރުޅިއައީ އަހަރެން ދެކެއެވެ.

އަހަރެންވެސް އަހަރެންގެ ކޮޓަރިއަށް ވަދެ ބާރަށް ދޮރު ލެއްޕީމެވެ. އަހަރެން ހީކުރީ ޝާއިން އަންނާނެ ކަމަށެވެ. ނަމަވެސް އޭނަ ހުއްޓާނުލާ އިމްޝާ އަށް ގޮވަމުންދިޔަ އަޑު އިވެމުން ދިޔައީއެވެ. އަހަރެން ދެރަވިއެވެ. ރޮވުނެވެ. ނަމަވެސް އަހަރެންގެ ރުޅިގަނޑުމައިތިރި އެއް ނުވެއެވެ. ޝާއިން އަހަންނަށް އެހެން ހަދަން ޖެހުނު ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ. އަހަރެން އެ ސުވާލު އޭނަ އާ ކުރާނަމެވެ.

ކުޑައިރުންސުރެ ވެސް ޕައިލެޓަކަށް ވުމަކީ އަހަރެންގެ އެންމެ ބޮޑު އެއް ހުވަފެނެވެ. އެ ހުވަފެން ޝާއިންގެ ސަބަބުން މިއަދު ފުނޑު ފުނޑުވީއެވެ. އެކަން އެނގި ހުރެ ޝާއިން އަހަރެންނާ މެރީ ކުރިއިރުވެސް އެހެން ނުބުނެއެވެ. އެންމެންވެސް ވިސްނަނީ އެމީހަކާ ދޭތެރޭއެވެ. އެހެންމީހުންނަށް ކޮންމެ ގޮތެއްވިޔަސް އެމީހެއްގެ ބޭނުންތައް ފުއްދުމަށެވެ. ދުވަހުގެ ބާކީ އޮތްބައި އަހަރެން ހޭދަކުރީ ރުއިމާ ގިސްލުމުގައެވެ. ކޮޓަރިން ނުނިކުންނަމެވެ. އިރުއޮއްސެން އުޅެނިކޮށް އަހަރެންގެ ކޮޓަރީގެ ދޮރު ހުޅުވުނު އިރަށް އަހަރެން ބަލާލީމެވެ. ޝާއިން އެވެ. އަހަރެން ރުއިން ވަގުތުން ހުއްޓާލީމެވެ.

“އަހަންނަށް އެނގޭ ނަޝާ ރޮނީ ކަން.. ސޮރީ.. އަހަންނަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން… ދެމީހުން ތަފާތު ކުރެވުނީމަ ވަރަށް ބޮޑަށް ސޮރީ” ޝާއިން އައިސް އަހަރެންގެ ދަތްދޮޅިދަށަށް އިނގިލިލައި އަހަރެންގެ މޫނަށް ބަލާލިއެވެ.

“ޝާއިން އަހަރެން މިއަދު ވަރަށް ފޫހިވެއްޖެ ޝާއިން ދެކެ.. ހީނުކުރަން ޝާއިން މަށަށް މިހެން ހަދާނެކަމަކަށް..” އަހަންނަށް ރޮވުނެވެ.

“ސޮރީ.. ދެން އެހެން ނުހަދާނަން…” ޝާއިން އަހަރެންގެ ލޮލުންފައިބަމުން ދިޔަ ކަރުނަތައް ފޮހެމުން ވާހަކަ ދެއްކިއެވެ.

“ދެން މަށަށް ކޯހެއް ނުވެސްލިބޭނެ… އެހެންވީމަ ދެން ނުހެދޭނެ ދޯ އެހެނެއް…” އަހަރެން ބުނީމެވެ.

“އޭން.. ކީކޭ…” ޝާއިން ބުންޏެވެ.

“އާން މިއަދު އަހަންނަށް ގުޅި އެމެރިކާއިން.. ބުނި ޝާއިން މެއިލެއް ފޮނުވި ވާހަކަ އަހަރެން މެރީ ކުރި ވާހަކަ ބުނެފަ..” އަހަންނަށް ރޮވުނެވެ.

“ނުވާނެ އެހެންނެއް އަހަރެން ނުފޮނުވަން… އަހަރެން މިހުރީ މެރީކޮށްފަ އެކަން އެކޮޅަށް ނާންގާ ނަޝާ ކޯހަށް ފޮނުވާލަން.. އެހެންނޫންނަމަ ރަން ކީމަވެސް އަހަރެން މެއިލް ކުރަންވީ ދޯ…” ޝާއިން ބުނިއެއްޗަކުން އަހަރެންނަށް ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ.

“ދެން ކާކުހެއްޔެވެ؟ ޝާއިން މަށަށް ދޮގު ހަދަނީބާވައެވެ. އެކަމަކު ބޭނުމަކީ ކޮބާ ހެއްޔެވެ؟” ސުވާލު ތަކުން އަހަރެންގެ ސިކުނޑިފުރުނެވެ.

“ހެޔޮ މަށަށް… ޝާއިންގެ ސަބަބުން އަހަރެންގެ ހުރިހާ އުއްމީދެއް ފުނޑުފުނޑު ވެއްޖެ..” އަހަރެންގެ ރުޅިގަނޑު މައިތިރިއެއް ނުވިއެވެ.

ޝާއިން އަވަސް ހިނގުމެއްގައި ކޮޓަރިން ނުކުންނަންދިޔަ އެވެ.

“ޝާއިން ކޮންތާކަށް؟ ޝާއިން…. ޝާއިން…” އަހަރެންވެސް ޝާއިން ފަހަތުން ހިނގައިގަތީމެވެ.

ޝާއިން ދިޔަގޮތަށް ދިޔައީ ބޭރަށެވެ. އިމްޝާ ވެސް ސިޓިންގރޫމުގައި އިނދެފައި ތެދުވެ ޝާއިންއަށް ގޮވިއެވެ. ނަމަވެސް ޝާއިން ދިޔަގޮތަށް ދިޔައީ އެވެ.

“ޝާއިން ކޮންތާކަށް އެދިޔައީ..؟” އިމްޝާ ވާހަކަ ދެއްކީ ރުޅިގަދަވެފައި ހުރެއެވެ.

“ހޫމް.. ޝާއިން ކޮންތާކަށްތަ އެދިޔައީ؟” އަހަރެން ވެސް އެހީމެވެ.

“މަށަށްތަ އެނގެނީ.. ކަލޭ ކައިރީ އޮވެފައެއްނު އެދިޔައީ.. އެންމެ މިނެޓަކު އަހަރެން ކައިރީ އޮންނަން ޖެހުނަސް ފޯރި ހުރޭ… އަހަރެން ކަލޭ ކައިރީ ޝާއިން އާ އިންނާށޭ ބުނީ މަށަށް ޖެއްސުން ކުރާކަށްނޫން.. ހީނުކުރައްޗޭ ޝާއިން ކަލެއާ އިނީ ލޯބިން ކަލޭ ހިތްހަމަޖައްސައި ދޭށޭ.. ޝާއިން ކަލެއާ އިނީ ބައްޕައަކަށް ވާން..” އިމްޝާ ފަތިވަރު ދަމައިގަތެވެ.

“އެން ޔޫ އޯލްސޯ ރިމެންބަރ ދެޓް.. އަހަރެންވެސް ޝާއިން އާއި އިނީކީ ލޯތްބަކުން އަހަރެން ހިތްހަމަޖައްސާކަށް ނޫން… ހަމަ ކަލެއަށް ރަނގަޅަކަށް.. އެކަން އަމިއްލައަށް ވެސް ގަބޫލު ކުރަން ވެއްޖެ އެއްނު.. ގައިމު ކޮންމެސް ކަމެއް ވީމަތާ އެންމެ މިނެޓަކު ކަލޭ ކައިރީ އޮންނަން ޖެހުނީމަވެސް ކަންތައް ބޮޑުވެގެން އުޅޭނީ ދޯ..” އަހަރެން ވެސް ދޫކުރާކަށް ބޭނުމެއް ނުވިއެވެ.

އެކައްޗެކޭވެސް ނުބުނެ އިމްޝާ ހުރީއެވެ. ލިބުނު ކާމިޔާބީގެ މައްޗައް އުފާކުރަމުން އަހަރެން ވަނީ ކޮޓަރިއަށެވެ. ޝާއިންގެ ހަބަރެއް ނުވުމުން އަހަރެން ގުޅާލަން އުޅެފައި ސިޓިންގރޫމަށް ނިކުތް ވަގުތު ޝާއިން ވެސް ގެއަށް އައިސް ވަންނަނީއެވެ.

“ނަޝާ.. އެނގިއްޖެ ކާކުކަން މެއިލް ކުރީ..” ޝާއިން އަހަރެން ފެނުމާއެކު އަހަރެންގެ ގާތަށްއައެވެ.

“ކާކު؟” އަހަރެންގެ ހިތް ބާރު ބާރަށް ތެޅިގަތެވެ.

“އީތަން” ޝާއިން ބުންޏެވެ.

“ކީކޭ އީތަން އޭ…” އަހަންނަކަށް ގަބޫލެއް ނުކުރެވުނެވެ.

“އާން.. އަހަރެން މިއައީ ސީސީޓީވީ ފްޓެޖްތައް ބަލާފަ.. ދެން އެމެރިކާއަށް ގުޅާފަ އެކޮޅަށް މެއިލް ލިބިފަ އިން ގަޑި ބެލީ.. އަހަރެންގެ މެއިލް އިން އިނީ ޑިލީޓް ކޮށްފައިނީ..” ޝާއިން ވާހަކަ ދެއްކީ ސީރިއަސްވެފައެވެ.

އަހަންނަށް ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނީއެވެ.

“މިހާރު އީތަން އަކީ ކާކު؟” އިމްޝާ ވެސް އެތާނގައި ހުރިކަން އަހަންނަށް އެނގުނީ ދެނެވެ.

“އަހަރެންގެ ރައްޓިސްކުއްޖެއް..؟ އެނީ ޕްރޮބްލަމް” އަހަރެން ހިތްހަމަ ނުޖެހިފައި ބުނީ މެވެ.

“ނަޝާ.. ރިލެކްސް އައި ވިލް ޓްރައި ޓް ގެޓް އިޓް ބެކް” ޝާއިން އަހަރެންގެ އަތުގަ ހިފާލިއެވެ. އިމްޝާގެ ހާޒިރުގައެވެ.

“ތިރައްޓިއްސަކު ކީއްވެބާ ނަޝާ އާއި އެހާ ޖައްސާލައިގެން އެއުޅެނީ..” އިމްޝާ ކުރި ސުވާލަށް ދޭނެ ޖަވާބެއް އަހަންނަކަށް ނުވިސްނުނެވެ.

އަހަންނަށް ރޮވުނީއެވެ. ޝާއިން އަހަރެން ޝާއިން އާއި ގާތް ކޮށްލިއެވެ. އަހަރެން ޝާއިންގެ އަތުތެރެއަށް ބޮނޑިވެގަތީމެވެ. އިމްޝާ ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އެއާއެކު ނުހަނު ބާރަށް ދޮރުލެއްޕިއެވެ. އަހަރެން ހީކުރީ ޝާއިން ދާނެކަމަށެވެ. ނަމަވެސް ޝާއިން ދިޔައީ އަހަރެން ގޮވައިގެން އަހަރެންގެ ކޮޓަރިއަށެވެ. އެރޭ އެއްކޮށް ޝާއިން ހޭދަކުރީ އަހަންނާ އެކުއެވެ. އަހަރެން ހިތްހަމަ ޖައްސަދިނުމުގައެވެ. އިމްޝާ ދެތިން ފަހަރަކު އައިސް ދޮރުގަ ޓަކިވެސް ޖެހިއެވެ. ނަމަވެސް ޝާއިން ނުދިޔަތާނގައި އޭނާގެ ފޯނުވެސް އޮތީ ނިއްވާލައިފައެވެ. ހިތްހަމަޖެހުމާއި އަރާމުގައި މުޅި ރޭ ހޭދަވެގެން ދިޔައެވެ. އަހަރެން ހަޔާތުގަވެސް އެފަދަ އުފާވެރި ރެއެއް ނާދެއެވެ.

އަހަންނަށް ހޭލެވުނީ ހުޅުވާފައި ހުރި ކުޑަދޮރުން އިރުގެ އަލިކަން އަހަރެންގެ ހަށިގަނޑަށް އެޅުމުންނެވެ. ޝާއިންވެސް ކައިރީގައި ނިދާފައި އޮތެވެ. އަހަރެން ޝާއިންގެ ގައިގަ ބައްދާލީމެވެ. އެއާއެކު ޝާއިން ވެސް އަހަރެންގެ ގައިގަ ބައްދާލިއެވެ. އެއްވެސް ހުރަހެއްނެތި ދެ ހަށިގަނޑު ގުޅި އެކައްޗަކަށް ވެއްޖެއެވެ. އެވަގުތު އަހަރެންގެ ފޯނު ރިންގް ވާންފެށިއެވެ. ނުވެސް ދަންނަ ނަންބަރެކެވެ. އަހަރެން ފޯނު ނެގީ އުފާވެރި ހަބަރަކަށް ވާނެކަމަށް އުއްމީދު ކޮށްފައެވެ.

“ނަޝާ” އަހަންނަށް އިވުނީ އީތަންގެ އަޑެވެ.

“ކަލޭ.. ކީއްކުރަން މަށަށް ގުޅަނީ.. ކަލޭގެ ސަބަބުން އަހަރެންގެ ހުރިހާ އުއްމީދެއް ގެއްލިއްޖެ..” އަހަރެން ރުޅިވެރިކަމާއެކު ބުނީމެވެ.

“ހައްހައްހާ… ނަޝާ… ނަޝާގެ އެކަންޏެއްނޫން އެކަހަލަ ބޮޑެތި އުއްމީދުތައް ހުންނަނީ.. އަހަރެންގެވެސް ހުރޭ.. މަށަށް އެޗާންސް ނުލިބި ނަޝާއަށް ލިބުނީމަ ކާކު ޖޭ ނުވާނީ..” އީތަން ވާހަކަ ދެއްކީ ޖެހިލުން ކުޑަ ކަމާއެކުގައެވެ.

“އީތަން ކީއްވެ.. ކީއްވެ އެހެން ހެދީ…” އަހަންނަށް ބުނެވުނެވެ.

“އަހަރެން ނޫޅެން ނަޝާގެ ޑްރާމާތައް އަޑުއަހާކަށް.. އަހަރެންގެ ހަދިޔާ ކިހިނެތްތޯ ބަލަން އަހަރެން މިގުޅީ.. ” އީތަން ފޯނު ކަނޑާލިއެވެ.

“ނަޝާ.. ބޭބީ.. އަހަރެން މިހުރީނު.. ޑޯންޓް ބީ ސޭޑް އިނގޭ…” ޝާއިން އަހަރެންގެ މޫނުގައި ފިރުމާލަމުން ވާހަކަދެއްކިއެވެ.

“އައި ލަވް ޔޫ” އަހަންނަށް ބުނެވުނެވެ.

” އައި ލަވް ޔޫ ޓޫ” ޝާއިން އަހަރެންގެ ގައިގަ ބައްދާލަމުން ބުންޏެވެ.

އަހަރެން ބަދިގެއަށް ދާން ނުކުތް އިރު ޝާއިން އުޅެނީ ފާހަނާގައެވެ. އަހަރެން ބަދިގެއަށް ދިޔައިރު އިމްޝާ ބަދިގޭގައި އުޅެއެވެ.

“އައްދެ.. ހާދަ އަވަހަކަށް ހޭލާ..” އަހަރެން ކަމަކީ އަނދަ އަނދާ ހުންނަ އަލިފާނަށް ޕެޓްރޯލް އެޅުމެވެ.

“މަމީ ކަލެއެއް ނޫނޭ.. ޝާއިން ކައިރީގަ އޮތިއްޔާ އޮޅުލާ ބަނޑި ކުޅެން މެންދުރު ވަންދެން ކޮޓަރިން ނުނިކުމެ އޮންނާކަށް” އިމްޝާ ހުރީ ރުޅިއައިސްފައެވެ. އަހަރެން ގާތަށް އައީ ހިންޏެވެ.

ވަގުތަކީ ޝާއިން ވެސް ކޮޓަރިން ނުކުމެގެން އައި ވަގުތެވެ.

“ޝާއިން.. އަހަރެން ރޭގަ އެއްކަލަ ގޮތައް ބަނޑަށް ތަދުވާވަރުން ނުނިދިގެން އުޅުނީ.. ޝާއިން އަށް އެނގެއެއްނު ޝާއިން ނެތިއްޔާ އަހަރެންނަށް ނުނިދޭނެކަން..” އިމްޝާގެ ޝަކުވާ ބޮނޑި އޮއްސާލިއެވެ.

“އިމްޝާ ޓްރައި ޓް އަންޑަސްޓޭންޑް.. ނަޝާ ވެސް އެއީ މަގޭ ވައިފް އެއް.. އިމްޝާ އާއި އެކު ވަގުތު ހޭދަ ހުރާގޮތަށް އޭނަ އާއި އެކުވެސް ވަގުތު ހޭދަކުރަން ޖެހޭނެ ދޯ..” ޝާއިން ވާހަކަ ދެއްކީ މަޑުމައިތިރި ކަމާއެކުއެވެ.

“އާން މަށަށް އެނގޭ މިހެން ވާނެކަން.. މާއަޅާގަހެއް ލިބިފަހުއްޓާ ކާކު މާ ނާޅާ ގަހެއް ކައިރިއަށް އަންނާނީ.. އެކަމަކު ދަރިން ނުލިބުމަކީ އެއީ މަކުރި ކަމެއްތަ..؟” އިމްޝާ ރޮމުން ރޮމުން ގޮސް އޭނާގެ ކޮޓަރިއަށްވަނެވެ.

“އިމްޝާ… އިމްޝާ.. ޕްލީޒް.. އެންމެ ފަހަރަކުވެސް ވިސްނާލަބަލަ.” ޝާއިން އިމްޝާއަށް ގޮވަމުން އޭނާގެ ކޮޓަރިއަށް ވަނެވެ.

އަހަރެންނަށް ބޯހޫރާލެވުނީއެވެ. ހިނިވެސް އައެވެ. ޝާއިން އާއި އިންނާށޭ ކިޔައިފަ އުޅުނުއިރު ހީވަނީ އަހަރެންވަރެއް ނެތިގެން އެހެންފަދަ ކަމެއްހެންނެވެ. މިހާރު އަހަރެންހާ ގޯސް މީހެއްވެސް ނެތެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaz

Level 110 Stories

Other Articles

Previous

އެދިއެދި ހޯދީމޭ…(ފަހު ބައި)

Next

އަބަދަށް އެކީގައި ވާނަމޭ…..(ހަތަރުވަނަ ބައި)

Next
March 9, 2015

އަބަދަށް އެކީގައި ވާނަމޭ…..(ހަތަރުވަނަ ބައި)

Previews
March 7, 2015

އެދިއެދި ހޯދީމޭ…(ފަހު ބައި)

15 Comments!

  1. sal says:
    March 9, 2015 at 9:29 am

    v majaa. v thafaathu vaahaka eh

  2. aisha says:
    March 9, 2015 at 9:31 am

    Nice. Wen vl up the next part

  3. santhi says:
    March 9, 2015 at 9:59 am

    not nice!!

  4. shaph says:
    March 9, 2015 at 10:08 am

    Nice story………♡♡♡♡♡♡keep it up

  5. loona says:
    March 9, 2015 at 10:19 am

    Kamaku nudhey furathama dhuvahuves dhe anbin zuvaabu kurany

  6. Nash says:
    March 9, 2015 at 10:58 am

    hehe not bad hini annany thi vaahaka kiyaafa :p 🙂

  7. faai says:
    March 9, 2015 at 11:11 am

    V salhi… 🙂

  8. faai says:
    March 9, 2015 at 11:12 am

    Thankolheh awahah up kohdhehchey…

  9. nax says:
    March 9, 2015 at 11:47 am

    Nice story.. n very interesting

  10. hai says:
    March 9, 2015 at 12:58 pm

    typical wives 😛 varah majaa

  11. ........ says:
    March 9, 2015 at 1:29 pm

    still too short…….but nice ingey….

  12. nisha says:
    March 9, 2015 at 3:27 pm

    Varah salhi! Avahah up kohdheythi next part

  13. ash says:
    March 9, 2015 at 9:26 pm

    V nice,, next part ge inthixaaruga:-)

  14. neena says:
    March 12, 2015 at 6:57 pm

    Kurin mi story liyunu online newa bunedhyba konmes kujjeh plx plx plx plx.. help me

  15. moyameeha says:
    March 16, 2015 at 10:22 am

    foohi e Nasha e ulhey goiy. Atleast, eahvure thankful vaan jehey dhw Imsha ah. Shaain doesn’t even love her, dhariyaku hoadhan marry kuryma mihaaru eulheny geyge boss ah vaa hithun. Hama rangalhah Imsha e kanthah kurany.

Comments are closed.

Next Episodeއަހަރެންގެ ހައްގެކެވެ. (6ވަނަ ބައި)←


All Right Reserved!