
އެދިއެދި ހޯދީމޭ…(4 ވަނަ ބައި)
“ދަރިފުޅާ!!!މަންމަ ހީކުރީ ދަރިފުޅު ހުންނާނީ މަންމަ ކައިރި ކަމަށް…މަންމަ މުސްކުޅިވެފަ ހުއްޓާ ދަރިފުޅުވެސް ދަނީތަ؟ދެން ކާކު މަންމަ ބަލާނީވެސް..”.އިމްނާގެ މަންމަ ވަހާކަ ދެއްކީ ރޮމުންނެވެ. “މަންމާ…އެކަމަކު ފަޒީލް ބޭނުންވަނީ މާލެ ބަދަލުވާން…އަހަރެން އަދި މަންމަ ކައިރިއަށް އަންނާނަމޭ…”އިމްނާ ބުނެލިއެވެ.”ކޮންދުހުކުން ފުރަނީ…؟”.އިމްނާގެ މަންމަ އެހިއެވެ.ދައްކަމުން އައި ވާހަކަ މެދު ކެނޑުނީ ފަޒީލް ގެއަށް ވަނުމުންނެވެ.”އިމް… މާދަމާއަށް ޓިކެޓް ލިބިއްޖެ….”.ފަޒީލް ބުނެލިއެވެ.މަންމަ ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ.”މަންމަ…ކިހިނެއްވީ؟”. މަންމަ ކޮޓަރިއަށް ވަނުމުން ފަޒީލް އެހިއެވެ.”ކަމެއް ނުވޭ…އަހަރެމެން ދާތީ މަންމަ ދެރަވީ…”.އިމްނާ ބުންޏެވެ.
******************
ގޭތެރެއަށް ވަންއިރު ފަޒީލްގެ މަންމައާއި ބައްޕަވެސް ގޭގައި ތިއްބެވެ.އިމްނާ ފެނުމުން ފަޒީލްގެ މަންމަ ސަމީމާ ވަރަށް އުފާވިއެވެ.އަދި ފަޒީލްގެ ބައްޕަ ނާޝިދުގެ މޫނުމަތިންވެސް އުފާވެރިކަން ފާޅުވެއެވެ.ފޮށިތައް ހިފައިގެން ކޮޓަރިއަށް ވަންނަން ދާން ފަޒީލް އާއި އިމްނާ ހިނގައިގަތެވެ.”ދަރިފުޅުމެން ފެންވަރައިގެން ކާން އާދޭ…”.ސަމީމާ ބުނެލިއެވެ.
ފެންވަރައިގެން އިމްނާ ނުކުންއިރު ފަޒީލް އޮތީ އެނދުގައި އޮށޯވެގެންނެވެ.ފަޒީލްއާއި ދިމާއަށް ބަލާލުމަށްފަހު އިމްނާ ހީލިއެވެ.އިމްނާ ހިނގައިގަން ވަގުތު ފަޒީލް ހިފެހެއްޓީ އިމްނާގެ ހެދުމުގައެވެ.މަޑުމަޑުން ތެދުވެ އިމްނާގެ ގައިގައި ބައްދާލިއެވެ.އިމްނާގެ ބޮލުގައި ފަޒީލްގެ ބޯ ޖައްސާލިއެވެ.
“ދަރިފުޅާ…އަވަހަށް އާދޭ ކާން….”.ގޮވާލީ ފަޒީލްގެ މަންމައެވެ.ވަރަށް އަވަހަށް ފަޒީލް އިމްނާއާއި ދުރަށްޖެހިލިއެވެ.”މި…މި…މި ނުކުންނަނީ…ފަޒީލް ފެންވަރަނީއޭ….”.އިމްނާ ދޮގު ހެދިއެވެ.ފަޒީލް ހީލަހީލާ ހުއްޓެވެ.
“ހާދަ ބައިވަރު އެއްޗިއްސެއް ކައްކާފަ…މަންމަތަ ކެއްކީ..؟”.ގޮނޑީގައި އިށީންނަމުން ފަޒީލް އަހާލިއެވެ. “އާނ… މަންމަ އެއްނު ކައްކާނީ…މިއަދު ވިއްޔަ ދަރިފުޅުވެސް މަންމައަށް އެހީވާނެ ކުއްޖަކު ތި ގެނައީ…”. ސަމީމާ ބުނެލިއެވެ.”އިރާދަކުރެއްވިއްޔާ ދެން މި ގޭތެރޭގެ ގިނަ މަސައްކަތް ކުރާނީ އިމްނާ….”.އިމްނާއާއި ދިމާއަށް ބަލާލާފައި ފަޒީލް ބުނެލިއެވެ.”ފަޒީލްއަށް އެންމެ މީރުވާނީ މުގުރިހަ…އިމްނާ ޖެހޭނެ އޭނައަށް މުގުރިހަ ކައްކާ ދޭން….”.ސަމީމާ ބުންޏެވެ.ފަޒީލްއާއި ދިމާއަށް ބަލާލާފައި އިމްނާ ހީލިއެވެ.
ކައިވެނި ކުރުމަށް ނެގި 40 ދުވަހުގެ ބޮޑު ޗުއްޓީއަށްފަހު ފަޒީލް އޮފީހަށް ނުކުންނަން ފެށިއެވެ. ފަޒީލްގެ ހިތްހޮޔެކަމާއި އޭނާ ކުރާ މަސައްކަތުގެ ފަރުވާތެރިކަމުން އޭނާގެ މުސާރަވެސް ބޮޑުވެއްޖެއެވެ.ޝިޔާޒްވެސް އޮފީހުގެ ބުރަ މަސައްކަތުގައި އުޅެއެވެ.އެއްވެސް މީހަކާ އަނގައިން ނުބުނެ ފަޒީލް ދިޔައީ ފައިލްތައް ބަހައްޓާފައި ހުރި ރެކާ ދިމާއަށެވެ.”ފަޒީލް އަދި ތި އުޅެނީ ކައިވެނި ސައިވެސް ނުދިއެއްނު…އަވަހަށް ސައި ދޭން އުޅޭ…”.ޝިޔާޒް ބުނެލިއެވެ.”އާނ…..އަދި ނުދެވިފައެއް ނެތެއްނު…އަދި މިއީ އޮފީހަށް ނުކުން ފުރަތަމަ ދުވަސް”.ފަޒީލް ބުނެލިއެވެ.”މަށަށް ހީވަނީ ފަޒީލް ސައި ނުދީ އުޅެނިކޮށް އަހަންނަށްކަން ނޭންގެ ސައިދޭން ޖެހޭނީ…”.ޝިޔާޒް ބުނެލިއެވެ.
އޮފީހުގައި އުޅެފައި ގެއަށް އާދެވުނީ އިރު އޮއްސުން ފަހުންނެވެ.ފަޒީލްގެ މަންމަ އިނީ ޓީވީ ބަލާށެވެ.”ދަރިފުޅާ… އާދެބަލަ..”ފަޒީލް ފެނުމުން ސަމީމާ ގޮވާލިއެވެ.ފަޒީލް އައިސް އިށީނީ ސޯފާގައެވެ.”ދަރިފުޅާ ފަޒީލް…އަދިވެސް އިމްނާ ހާދާ ބީރަށްޓެއްސޭ…މަންމަމެންނާ މާ ގިނައެއްކޮށް ވާހަކަ ދައްކައެއް ނުހަދާ….ބުނޭ ލަދުން ނުހުރެ މަންމަ މެންނާ ވާހަކަ ދައްކާށޭ..”.ސަމީމާ ބުނެލިއެވެ. “އެއީ ފުރަތަމަ ދުވަސްކޮޅު ވީމަ….ފަހުން ރަނގަޅުވާނެ…”.ފަޒީލް ބުނެލިއެވެ.
“ހަލޯޔޯ…ސުހާ ރަނގަޅު…މަންޖެވެސް ރަނގަޅެއްނު މަށަށް ގުޅާލަން…”.ފޯން ނެގުމުން އިމްނާ ބުނެލިއެވެ.”ކޮބާ ފަޒީލް…؟ ޝިޔާޒް ބުނި އަދިވެސް އެ މީހުންނަށް ކައިވެނި ސައި ނުދޭ ވާހަކަ…”.ސުހާ ބުންޏެވެ.”ޝިޔާޒް ކައިރި ބުނޭ ވަރަށް އަވަހަށް ސައި ދޭނެއޭ….ހާސްނުވާށޭ…ފަޒީލް އުޅެނީ އޮފީހުގަ ވަރަށް ބިޒީކޮށް…އަދި ގެއަކަށް ނާދޭ…”. އިމްނާ ބުނެލިއެވެ.”ކައިފިންތަ؟ކީއްކުރަނީ ތި؟”.ސުހާ އަހާލިއެވެ.”އަދި ނުކަން…ވަރަށް ބޮޑަށް ބޮލުގަ ރިއްސާފަ، ހޮޑު ލަވާތީ މި އުޅެނީ…”.އިމްނާ ބުނެލިއެވެ.”އަނެއްކާ ބަނޑު ބޮޑީތަ؟ މަންމައަކަށް ވަނީ ދޯ…؟”.ސުހާ އަހާލިއެވެ.”ނޫނޭ…ބަނޑު ބޮޑެއް ނޫން…”.އިމްނާ ވަރަށް ކުރު ގޮތަކަށް ބުނެލިއެވެ.ފަޒީލް އައިސް ވަރަށް މަޑުން ކޮޓަރިތެރެއަށް ވަނެވެ.ނަމަވެސް އިމްނާއަކަށް ފަޒީލް އުޅޭ ކަމެއް ނޭނގެއެވެ.”ހޫނ….ދެން ދޮގު ނަހަދާ ބުނެބަލަ….ޕްރެގްތަ؟”. ސުހާ އަނެއްކާވެސް އެހިއެވެ.”ހަމަ އަސްލުވެސް…ބަނޑުބޮޑެއް ނޫނޭ…ޝައްކު ވާތީ ކުރިން ދުވަހު ޓެއްޓުވެސް ހަދައިފިން…އެކަމު އަދި ނުވޭ…”.އިމްނާ ބުނެލިއެވެ.ފަޒީލް ހުރީ އިމްނާ ދެއްކި ހުރިހާ ވާހަކައެއް އަޑު އަހާށެވެ.
ދުވަސްތައް ފާއިތުވަމުން ދެއެވެ.އިމްނާގެވެސް އަދި ފަޒީލްގެވެސް އެންމެ ބޮޑު އެދުމަކީ ދަރިޔަކު ލިބުމެވެ. ދަރިޔަކު ހޯދަން އެ މީހުން ވަރަށް މަސައްކަތް ކުރެއެވެ.ނަމަވެސް އަދި ދަރިޔަކު ނުލިބެއެވެ.އަދި ކާމިޔާބު ވާގޮތެއް ނުވެއެވެ.
“އިމް އަށް އެނގޭތަ؟އެއްކަލަ ޝިޔާޒްމެން މެރީ ކޮށްފި….އުޅެބަލަ އެމީހުންނަށް ގުޅާލަން…”.ފަޒީލް ބުނެލިއެވެ. “ކޮންއިރަކު…ކިހިނެއް ފަޒީލްއަށް އެނގުނީ…”.ފޫހި ރާގަކަށް އިމްނާ އަހާލިއެވެ.”އައްދޭ…މަގޭ ދޫނި ހާދަ ފާޑަކަށް ވާހަކަ ދައްކަނީ….އަނެއްކާ ކިހިނެއްވީ؟”.ފަޒީލް އަހާލިއެވެ.އިމްނާއަށް ރޮވުނެވެ.އަދި ދުވެފައި އައިސް ފަޒީލްގެ މޭމަތީ ބޯ އަޅާލާފައި ވަރަށް ބާރަށް ރޯން ފެށިއެވެ.”ކިހިނެއްވީތަ؟އަހަރެން ކައިރި ބުނެބަލަ…”.ފަޒީލް ބުންޏެވެ.”ސުހާވެސް އެ ކައިވެނި ކުރީ… މަށަށް ހީވަނީ އަހަރެމެންނަށް ވުރެ ކުރިން އެ މީހުންނަށް ދަރިޔަކުވެސް ލިބޭނެހެން…”.އިމްނާ ވާހަކަ ދެއްކީ ރޮމުންނެވެ.”އިމް….ކެތްތެރިވާންވާނެ….މާތްﷲ ވަނީ ކެތްތެރިންނާއެކު…އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އިމްނާ މަންމައަކަށް ވާނެ…އަދި އަހަރެން ބައްޕައަކަށް ވާނެ…”.ފަޒީލް އިމްނާއަށް ވިސްނައިދިނެވެ.”ކައިވެނި ކުރީއްސުރެ އަހަރެން އުންމީދުކުރަނީ އަހަރެންގެ މި އުނގު ފަޅުފިލުވާލަދޭނެ ލޯބިލޯބި ކުޑަ ކުއްޖަކު ލިބުމަށް.. އަދި ނަމާދު ކުރާއިރު ދުޢާ ކުރަނީވެސް އެ ގޮތަށް…ފަޒީލް ދަރިޔަކު ބޭނުމެއް ނުވޭތަ؟”.އިމްނާ ރޮމުން އަހާލިއެވެ.”އަހަރެންވެސް ވަރަށް ބޭނުން…ދެން ތި ވާހަކަ ހުއްޓާފަ ނިދަން އުޅޭ….”.ގަމީސް ބޭލުމަށްފަހު ފަޒީލް ގޮސް އޮށޯތީ ނިދާށެވެ.
ރީތި ދުވަހެއްގެ އިރު މުޅި ދުނިޔެއަށް އަލި ކޮށްދީފިއެވެ.އިމްނާއަށް ހޭލެވުނީ ކެހިފައިވާ ދޮރު ފޮތިގަނޑާ ދިމާއިން މޫނު މައްޗަށް އަވި އެޅެން ފެށުމުންނެވެ.ފަޒީލްވެސް އޮތީ މުޅި ގައިގަ ރަޖާ އަޅައިގެން ނިދާފައެވެ. މިހާރު ގަޑިން ހަތްގަޑި ފަނަރަވީއެވެ. އަވަސް އަވަހަށް މޫނު ދޮވެގެން އިމްނާ ނުކުތީ ފަޒީލް އޮފީހަށް ދިޔުމުގެ ކުރިން ސައި ކައްކާށެވެ.”މުގުރިހަދޯ ކައްކާނީ…ކުރިން ދުވަހަކުވެސް ފަޒީލް އުޅުނޭ މުގުރިހަ ކާ ހިތުން…”. އިމްނާ ބުނެލިއެވެ.މިހާރު ގަޑިން ހަތްގަޑި ސާޅީސް ވީއެވެ.”އަޅެ މަންމާ!! ފަޒީލް އަދިވެސް ނުހޭލަނީކަން ނޭންގެ….އެހެންޏާ މި ގަޑީގަ އޭނަ ފެންވަރައިގެން ސައިބޯން ނުކުންނާނެ…މިހާރު އެހެރަ އޮފީހަށް ދާ ގަޑި ޖެހެނީ….”.އިމްނާ ބުންޏެވެ.”ދަރިފުޅު ދޭ ފަޒީލްއަށް ގޮވަން…މަންމަ ރިހަކޮޅު ކައްކާލާނަން…”.ސަމީމާ ބުނެލިއެވެ.
“ފަޒީލް!!!ފަޒީލް އަވަހަށް ތެދުވޭ…މިހާރު އެހެރަ އޮފީހަށްދާ ގަޑި ޖެހެނީ…”.ކޮޓަރިއަށް ވަނުމަށްފަހު އިމްނާ ބުނެލިއެވެ.އަދިވެސް ފަޒީލް އޮތީ މުޅި ގައިގައި ރަޖާ އަޅައިގެންނެވެ.”.ފަޒީލް…ދެން އަވަހަށް….”.ރަޖާގަނޑު ނެގުމަށްފަހު އިމްނާއަށް ބުނެވުނީ އެވަރަށެވެ.އެއްވެސް އިޙްތިޔާރަކާ ނުލާ އޭނާއަށް ފަހަތަށް ޖެހިލެވުނެވެ. އިމްނާއަށް ހީވީ ފައިދޮށުން ބިން ގަނޑު ދެމިގަންހެންނެވެ.ކުރިމަތީގައި އެ އޮތީ އޭނާގެ ފިރިމީހާގެ މަރުވެ ކުނިވެފައިވާ މަސްގަނޑެވެ.ގިނަ އިރުވުމުގެ ސަބަބުން އެ މަސްގަނޑު އޮތީ ފުފިފައެވެ.ނުބައި ވަސްވެސް ދުވައެވެ.އިމްނާގެ ގައިން ތުރުތުރު އަޅަން ފެށިއެވެ.އަދި ވަރަށް ބާރަށް ހަޅޭއްލަވަން ފެށިއެވެ.
އިމްނާ ހަޅޭއްލަވާ އަޑަށް ފަޒީލްގެ މަންމަވެސް ދުވެފައި އަތުވެއްޖެއެވެ.”މަންމާ!!!…މަންމާ!!…ބަލާބަލަ….ފަޒީލް އެ އޮތީ މަރުވެފައޭ….މަންމާ ފަޒީލް…”.ރޮމުންރޮމުން އިމްނާއަށް ތިރިވެވުނީ އެނދުކައިރިއަށެވެ.ފަޒީލްގެ މަންމަވެސް ހުރީ ހަދާނެ ގޮތް ހުސްވެފައެވެ.”ފަޒީލް!!! ކީއްވެތަ ތިހެން ތި ހަދަނީ؟…ކީއްވެ އަހަރެން ދޫ ކޮށްލާފަ ތި ދިޔައީ…؟؟”. ފަޒީލްގެ ފުރާނަނެތް މަސްގަނޑުގައި މޮޔައެއް ފަދައިން ތަޅަމުން،ސުވާލުކުރަމުން އިމްނާ ގެންދިޔައެވެ. “ދަރިފުޅާ!! އާދެބަލަ… ދޭން ތިހާވަރަށް ނުރޮއި ބަލަ…”.ސަމީމާއަށް ވެސް ބުނެވުނީ އެވަރަށެވެ.ރޮވުނީއެވެ.ސަމީމާ ގޮސް އިމްނާ ފަޒީލް އާއި ދުރުކުރުވިއެވެ.
“ނާޝިދު!!ނާޝިދޫ އަވަހަށް އާދެބަލަ…ފަޒީލް…”.ސަމީމާ ވެސް ރޮމުން ރޮމުން ދުއްވައިގަތީ ނާޝިދުއަށް ގޮވާށެވެ.”ފަޒީލް…… އަހަރެމެން ދިރިއުޅުމަށް ފަށައިގެން މި އުޅޭ ދަތުރުގައި ދާންވީ މަންޒިލަށް ނުދެވި އުޅެނިކޮށް ކަނޑު ގަދަވެ، އުޑުމަތި ބަނަވެ،މެދު ނުކެނޑި ވާރޭ ވެހެން ފަށާ އަހަރެމެންގެ ނައު ބަންޑުންޖަހާލީ…އެއާއެކު އަހަރެންގެ މުޅި ހަޔާތްވެސް ބަނަވީ…ފަޒީލް ކީއްވެތަ ތި ގޮތަށް ކަންތައް ކުރީ…؟”.އިމްނާ ބުނެލިއެވެ.އޭނާއަށް ފަހަތަށް ޖެހެވެން ފެށުނެވެ.އަދި ގޮސް އަލަމާރީގައި ލެނގިލިއެވެ.”ފަޒީލް ތި ގޮތަށް ކަންތައް ކުރީމަ އަހަރެން ދެރަ ވާނެ ވަރު ނޭނގެނީތަ؟…އަހަރެން ހިތާމަ ކުރާނެ ވަރު ނުވިސްނެނީތަ؟…އަހަރެން އެކަނިވާނެ ވަރު ހިތަށް ނާރަނީތަ؟”. ރޮމުން ރޮމުން އިމްނާއަށް ތިރިވެ ވުނީ އަލަމާރި ކައިރިއަށެވެ.
ޖެހިގެން އައި ދުވަހު އިމްނާ ތައްޔާރުވީ ރަށަށް ދިޔުމަށެވެ.ފޮށި ހިފައިގެން އިމްނާ ނުކުންއިރު ފަޒީލްގެ މަންމަ އާއި ބައްޕަވެސް ސިޓިންގް ރޫމުގައި ތިއްބެވެ.އިމްނާ ފެނުމުން ފަޒީލްގެ މަންމަވެސް ހިތުގައި ޖެހުނެވެ.އަދިވެސް އޭނާގެ ލޮލުން ކަރުނަ ނުހިކެއެވެ.މީހާގެ ދެ ލޯ ވަނީ ރަތްވެފައެވެ. މޫނުމަތިވެސް ހުރީ ރަތްވެފައެވެ.”ދަރިފުޅާ!! ދަނީތަ…..؟ ނުދޭ….”.ސަމީމާ ބުނެލިއެވެ.”ރަށަށް ދާން ބެނުންވަނީ…އޭރުން ދެން އަހަރެންގެ މި ހިތާމައަށް ލުޔެއް ލިބޭނީ…އޭރުން ފަޒީލް މަތިން ހަނދާން ނައްތާލަން ފަސޭހަވާނެ…މިގޭގަ އުޅެންޏާ އަބަދު ފަޒީލް މަތިން ހަނދާންވާނެ…”.އިމްނާ ވާހަކަ ދެއްކީ ރޮމުންނެވެ.”ނުރޮއި..ނުރޮއި ދަރިފުޅާ!!!”.ސަމީމާ ގޮސް އިމްނާގެ ގައިގައި ބައްދާލިއެވެ.
ރަށަށް އައުމާއެކު ފުރަތަމަވެސް އިމްނާ ކައިރިއަށް އައީ ސުހާއެވެ.އިމްނާގެ މަންމަވެސް ތަންކޮޅެއް ދުރުގައި ހުރި ރުކެއްގެ ކައިރީގައި ހުއްޓެވެ.ސުހާ ފެނުމުން އަނެއްކާވެސް އިމްނާއަށް ރޮވުނެވެ.ސުހާ އައިސް އިމްނާގެ ގައިގައި ބައްދާލިއެވެ.”އިމް…ހުއްޓާލަބަލަ…ބައިވަރު މީހުން އެބަ ތިއްބެއްނު”.ބޮލުގައި ފިރުމާލަމުން ސުހާ ބުނެލިއެވެ.”މަންމާ…އަހަރެން ދެން ކިހިނެއް ހަދާނި…..”.އިމްނާ ރޮމުން އަހާލިއެވެ.”ހުއްޓާލަބަލަ ދަރިފުޅާ! އިރާދަކުރެއްވިއްޔާ ދެން ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަށް…”.އިމްނާގެ މަންމަ ބުނެލިއެވެ.
ހަވީރުގެ ވަގުތެވެ.އިމްނާގެ މަންމަ އުޅެނީ އަވިއްލާފައި ހުރި މަސްތައް ނަގާށެވެ.އިމްނާ އުޅެނީ ކޮޓަރި ތެރޭގައެވެ.”ދަރިފުޅާ އިމްނާ…ނިދަނީތަ؟”.އިމްނާގެ މަންމަ ކޮޓަރިއަށް ވަންނަމުން އަހާލިއެވެ.މަންމަގެ އަޑު ކަންފަތުގައި ޖެހުމާއެކު އިމްނާ އަވަހަށް ލޮލަށްޖަމާވެފައިވާ ކަރުނަތައް ފޮހެލިއެވެ.”އިމްނާ ރޮނީތަ؟”.އެނދުގައި އިށީންނަމުން މަންމަ އަހާލިއެވެ.”ތިހާ ވަރަށް ދަރިފުޅު ދެން ކަންކަމާ ނުވިސްނާ…އަނެއްކާ ދެރަ ގޮތެއް ވެއްޖެއްޔާ މާ ދެރަވާނެ..”.މަންމަ ބުނެލިއެވެ.”މަންމާ!!ތިހެން ބުންޏަކަސް ނުވިސްނާ ކިހިނެއް އަހަރެން އުޅޭނީ…ފަޒީލް މަތިން ހަނދާންނައްތާލުން އަހަންނަކަށް އެހާ ފަސޭހައެއް ނޫނޭ…”.އިމްނާއަށް ރޮވުނެވެ. “ތިހެން ކޮޓަރި ތެރޭ އިނދެގެން ވިސްނީމަ ދަރިފުޅު ބޯ ގޮވާފާނެއްނު….މީހުންގެ ތެރެއަށް ނުކުމެލާ،ވާހަކަ ދައްކާލާ ހެދީމަ ތި ހިޔާލް ތަކުން ދުރައްދާން ވަރަށް ފަސޭހަވާނެ”.މަންމަ ބުނެލިއެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނެވެ.އިމްނާގެ މަންމަ އުޅެނީ ގޭދޮށް ސާފު ކުރާށެވެ.އިމްނާ އުޅެނީ ދާވެފައި ހުރި އެއްޗެހިތައް ދޮންނާށެވެ.އިރިކޮޅަކުން އިމްނާގެ ބޮލަށް އެނބުރުން އަރައި ގަތެވެ. ހޮޑުލަވާ ގަތެވެ.މޫނު މައްޗަށް އަނދިރިވާން ފެށިއެވެ.”މަންމާ!!މަންމާ!!…”.އިމްނާ ވަރަށް ބާރަށް ގޮވާލިއެވެ.”ކިހިނެއްވީ ދަރިފުޅާ…” މަންމަ ވެސް ދުވެފައި އައިސް ގިފިލި ތެރެއަށް ވަނެވެ.އިއްތިފާގުން ސުހާއަށްވެސް އާދެވުނީ އެވަގުތެވެ.”ސުހާ…އަވަހަށް އާދެބަލަ…”.އިމްނާގެ މަންމަ ގޮވާލިއެވެ.”ސުހާ ދޭބަލަ އިމްނާ ގޮވައިގެން ޑޮކްޓަރަށް ދައްކާލަން…”.އިމްނާގެ މަންމަ ބުނެލިއެވެ.
ޑޮކްޓަރުގެ ރިޕޯޓް ތަކުން ދައްކާ ގޮތުގައި އިމްނާ ބަނޑު ބޮޑެވެ.މިހާރު ބަނޑަށް ދެ މަސް ފުރިއްޖެއެވެ. ނަމަވެސް އިމްނާ ދެރަވީ އޭހާ ދުވަސް ވީއިރުވެސް އޭނާއަށް އެކަން ނޭންގުމުންނެވެ.މަންމައަކަށް ވާން އުޅުނުކަން އެނގުނު ދުވަހު އެ ދަރިފުޅުގެ ބައްޕަ ދުނިޔޭގައި ނެތުމުންނެވެ.”ކަންކަމާ ހިތާމަ ނުކޮށް އުޅޭތި.. ރަނގަޅު ކާނާ ކައިގެން ގައިގަ ވަރު ޖައްސަން ވާނެ…”. ޑޮކްޓަރު ބުނެލިއެވެ.
“ދައްތާ!!…ދައްތާ….”.ސުހާ ގޮވާލިއެވެ.”ކިހިނެއްވީ ސުހާ…ކޮބާ މަގޭ އިމްނާ…”.އިމްނާގެ މަންމަ ބުނެލިއެވެ. “ދައްތަ މާމައަކަށް ވަނީ…އިމް އޭނީ ބަލިވެ”.ސުހާ ބުނެލިއެވެ.”ތެދެއްތަ؟ތި ދަރިފުޅުގެ ބައްޕައަކީ…”.މަންމަ މެދު ކަނޑާލިއެވެ.”މި ބަނޑުގަ އޮތް ދަރިފުޅުގެ ބައްޕައަކީ ފަޒީލް…އާނ…އޭނަ މަރުވުމުގެ ކުރިން އަހަންނަށް ހަވާލުކުރި އަމާނާތަކީ މިއީ….މިއީ ފަޒީލް އަހަންނަށް ދިން ހަދިޔާއަކީ…”.މަންމަގެ ޖުމްލަ ފުރިހަމަ ކޮށްދިނެވެ.
“އެހެންވިއްޔާ ދެން ކަންކަމާ ނުވިސްނާތި…މާ ބޮޑަށް ވިސްނަންޏާ ބަނޑުގަ އޮތް ދަރިފުޅަށް ވަރަށް ގެއްލުން ލިބޭނެ…”.މަންމަ ބުނެލިއެވެ.”މިވީ ގޮތުން ދެން ކިހިނެއް ނުވިސްނާ އުޅޭނީ”.އިމްނާއަށް ރޮވުނެވެ.”ޑޮކަޓަރުވެސް ބުންޏެއްނު ނުވިސްނަށޭ….އަހަރެމެންނާއެކި ކޮންމެ ދުވަހަކު ބަށި ކުޅޭތަނަށް ދާންވާނެ…އަންނާނަން ބަލާވެސް”. ސުހާ ބުނެލިއެވެ.
8 Comments!
Comments are closed.
Wow Wow v v v reethi…. Dhn avahah next part up khdhyba plx plx… V v reethi…
Varah reethi. Next part ge inthizaaru ga. Plx avas kohdhey chey.
Wow varah reethi. Dhen vaanee kihinebaa ey hiytha aranee yum ah. Shuhaa ge hux dhoo dhen yum ah libeynee. Shuhaa ah baby eh nulibey ne dhoo. Hehehe mi hama hiyaale
Dhn v asarehneh. Hama alhaa dhamaalaafa.
foohi!!!
Mi vaahaka liyanee bodumoya eh dhw
then ehcheh kuru kollaa nimmaaalan beynun viyas mi then thankolheh bodu varu kanneyge.. mi varah reehchah gen dheveyne vaahaka eh.. ekamaku dhw.. sahanrow heevey.
how did he die? :S vaanunvaa