Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އަހަރެންގެ ހައްގެކެވެ. (7ވަނަ ބައި)

Shaz Level 110 Stories
March 18, 2015 5 Mins Read
10 Comments

ވާނުވާ އެނގުނު އިރު އަހަރެން އޮތީ ހޮސްޕިޓަލްގައެވެ. ކައިރީގައި އިނީ ޝާއިން އާއި އަހަރެންގެ ދޮންބެއެވެ.

“ދޮންބޭ… އަހަރެން ގެންދޭ…” އަހަންނަށް ރޮވުނެވެ.

“ކިހިނެތްވީ..؟” ދޮންބެ އައިސް އަހަރެންގެ ގައިގަ ބައްދާލިއެވެ. އަހަންނަށް ބަލައި ލެވުނީ ޝާއިން އަށެވެ. އެވަގުތު އެނާގެ ފެންކަޅިވެފައިވާދެލޯ ފެނި އަހަރެންގެ ހިޔާލު ބަދަލުވިއެވެ.

“އަހަންނަށް ކިހިނެތްވީ..” އަހަރެން ބުނީމެވެ.

“ޑޮކްޓަރު ބުނީ މާބޮޑަށް ހިތުގަޖެހުނީއޭ.. ކޮއްކޯ ކިހިނެތް ވީ.؟ ޝާއިން ވެސް އެންމެ ފަހަރަކުވެސް ރުއިން ނުހުއްޓާ.. މި ވެގެންއުޅޭ ގޮތެއް ކޮންމެސް އެކަކު ކިޔާދޭވެއްޖެއްނު.” ދޮންބެ ހިތްހަމަނުޖެހިފައި ބުންޏެވެ.

“އެއްވެސް ކަމެއްނުވޭ.. މިއަދު މާބޮޑަށް މަންމަ މަތިން ހަނދާން ވަނީ” އަހަރެން ބުނީމެވެ.

“މަށަށް އެނގޭ ޝާއިންގެ ދޮށީއަނބި ކޮންމެސްކަމެއް ކުރީ ކަން… އެހެންނޫންނަމަ އެމީހުން މިތަނަށް ވަންނަން ޝާއިން އެއްބަސްވީސް ..” ދޮންބެ ބުނި އެއްޗަކުން އަހަރެން ހަމަ ހައިރާންވިއެވެ.

“އިމްޝާ އެބަހުރިތަ؟” އަހަރެން އެހީ ޝާއިން ކުރެންނެވެ.

“އެބަހުރި.. އެކަމަކު އަހަރެން ބޭނުމެއްނޫން ދެން ނަޝާ ކައިރިއަށް އޭނަ ގެންނާކަށް.. އަހަންނަކަށް ފަސޭހައެއް ނޫން ނަޝާ ތިހާލުގަ އިނދެ ރޮވެ ހިތާމަ ކުރާތަން ބަލާކަށް…” ޝާއިން އައިސް އަހަރެންގެ މޫނުގައި ފިރުމާލިއެވެ. ޝާއިންއަށް ފުރުސަތުދެމުން ދޮންބެ އަހަންނާ ދުރަށްޖެހެލިއެވެ.

“އަހަރެން ދެން ދަނީ.. ޝިބާ އޮފީސް ނިމޭގަޑި ޖެހެނީ.. ޝާއިން ތީ މަގޭ އާއިލާގަ ހަމައެކަނި ހުރި ފުރާނަ… އެކަން ހަނދާން ކުރާތި..” ދޮންބެ ދާން ހިގައިގަތެވެ.

“އައިއެމް ސޮރީ… ވިލް ނެވަރ ހާރޓްޔޫ އަގެއިން….” ޝާއިން އަހަރެންގެ މޫނުގައި ބޮސްދިނެވެ.

“ކޭން އައި ސޭ ސަމް ސީކްރެޓްސް…” ޝާއިން އަހަރެންގެ ބަނޑުގައި ފިރުމާލަމުން ބުންޏެވެ.

ޔޫއަރ ދި އޮންލީވަން ހޫ ގޭވް މީ ދި ރިއަލް ބިއުޓީ އޮފް އަ ގާރލް… ދެޓް އިޒް ދަ ރީޒަން ވައި އައި ލަވް ޔޫ މޯރ ދެން އެނީވަން..” ޝާއިން އަހަރެންގެ ކަންފަތްބުޑުގައި ބުނެލިއެވެ.

“އިމްޝާ ދެން..” އަހަރެން ހައިރާންވެހުރެ އެހީމެވެ.

“އޭނަ ވެސް ނޫން.. އޭނަ ކުރިން އެހެން މީހަކާ މެރީ ކުރި..” ޝާއިން ބުންޏެވެ.

“ވަޓް..” އަހަރެންނަށް ހައިރާން ކަމާ އެކު ބުނެލެވުނެވެ.

“ޔަޕް..” ޝާއިން އަހަރެންގެ ކޮލުގައި ހިފާލިއެވެ.

އެދުވަހަށްފަހު އަހަންނާއި އިމްޝާ ވާހަކަ ދެއްކުން ހުއްޓުނީއެވެ. ޝާއިންވެސް އިމްޝާގެ ކަންތައްތަކާ އެހާވަރަކުން ނޫޅެއެވެ. ދޭތެރެއަކުން އިމްޝާ ކައިރިއަށް ޝާއިން ގޮސްލައެވެ. އަހަރެންގެ ބަނޑަށްދުވަސް ފުރެނީ އެވެ. ވިހާދުވަސް ކައިރި ވާވަރަކަށް އަހަރެންގެ ހިތުގައި ބިރުވެރިކަން އިތުރުވަމުން ދެއެވެ. ޝާއިން އަބަދު އަހަންނަށް ހިތްވަރުދެއެވެ. އަބަދުވެސް ކައިރީގަ ހުރެއެވެ. އިމްޝާ ވެސް ވަރަށް ރަނގަޅެވެ. ބައެއްފަހަރު އަހަރެންގެ އެއްޗިސް ދޮވެދެއެވެ. ކައްކައިދެއެވެ.

އަހަރެން ތައްޔާރުވަމުން ދިޔައީ އަންނަން އުޅޭ ތުއްތު ފުރާނައަށް އެންމެ ފުރިހަމަގޮތުގައި މަރުހަބާކިޔުމަށެވެ. އެގޮތުން މިރޭ އަހަރެން މިއުޅެނީ ބާޒާރަށް ދާށެވެ. ކުޑަމީހާއަށް އެއްޗެހި ގަތުމަށެވެ.

އަހަންނާ ޝާއިން ބާޒާރު ކުރުމަށް ނުކުތީ ކާރުގައެވެ. މަޖީދީމަގު ބޭބީވޯލްޑަށް އަހަރެން ވަނީ ޝާއިންގެ އަތުގަ ހިފާލައިގެން ހުރެއެވެ. ފުރަތަމަވެސް އަހަރެން ނެގީ ދެ ހެދުންކޮޅެވެ. ވަރަށް ރީއްޗެވެ. ނަމަވެސް ކޮންކަހަލަ ކުއްޖެއްކަން ނުބަލާތީ އެދެހެދުން ކޮޅު ބޭއްވީމެވެ. އެވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ އާނާ އެވެ. އޭނަވެސް ހުރީ ކިރިޔާނުވިހައެވެ. އީތަން ކޮންމެ ގޮތަކަށް އަހަންނާ ދޭތެރޭކަން ކުރި ނަމަވެސް އާނާ އާއި އަހަރެން ގުޅުން ބާއްވަން ބޭނުމެވެ.

“އާނާ..” އާނާ ކައިރީ ހުއްޓިލަމުން އަހަރެން ބުނީމެވެ.

“ނަޝާ.. ވަރަށް އުފާ ކޮށްފިން ފެނުނީމަ.. ކިހިނެތް ހާލު..” އާނާގެ މޫނުމަތިން މާޔޫސްކަން ފާޅުވޭވޭ ހުއްޓެވެ.

“ވަރަށް ރަނގަޅު.. އާނާ ކިހިނެތްތަ؟.. ކޮބާ އީތަން.. އެކަނިތަ އައިސް ތިއުޅެނީ..” އަހަރެން އެހީމެވެ.

“އީތަން ވީ ތަނެއް ނޭނގެ.. އަހަރެން އައިސް މިއުޅެނީ އެކަނި.. ނަޝާ ކާކާއެކު..” އާނާ ބުންޏެވެ.

“އަހަރެން އައިސް މިއުޅެނީ އަހަރެންގެ ހަބީ އާއެކު.. ކިހިނެއްތަ ހުރިހާކަމެއް..” އަހަރެން އާނާގެ އަތުގައި ހިފާލަމުން ބުނީމެވެ.

“ކިހިނެއް ވާނީ.. މީހަކަށް މަޖުބޫރުކޮށްގެން ކައިވެނި ކުރީމަ ވާނެ ގޮތްވެފަ މިހުރީ.. އީތަން ހާދަ ރުއިއޭ.. އަހަރެން ކައިރީވެސް އެތައް ފަހަރަކު ބުނި ނަޝާއޭ އަހަރެން ބޭނުމީ.. ނަޝާ އާއި ނުލާ ނޫޅެވޭނޭ.. އެކަމަކު މަންމަމެން ކޮށްދެން ތިބީމަ އަހަރެން އީތަން އާއި އިނީ، އިނީމަ ރަނގަޅުވާނެ ކަމަށް ހީކޮށްފަ..” އާނާ ދެއްކި ވާހަކައަކުން އަހަންނަށް ބުނާނެއެއްޗެއް ނޭނގިފައި ހުރެވުނީއެވެ.

“އާނާ.ކީކޭ ތިކިޔަނީ.. އީތަން އަހަރެން ކައިރީ ބުނި އާނާދެކެއޭ ލޯބި ވަނީ.. ނަޝާ ދެކެ ލޯބިވާނަމަ ނަޝާ އާއޭ އިންނާނީ..” އަހަރެން ބުނީމެވެ.

“ހުސް ފޭކް.. އެއީ ނަޝާ އީތަން މަތިން ފޫހި ކުރުވަން.. އަހަންނަށް ދޯ އެނގޭނީ ތިބުނާ ރޭގަވެސް އޭނަ އުޅުނުގޮތް.. އަހަންނަށް އެގޭ ނަޝާ އޭނަކައިރި ރޮވެ އާދޭސް ކުރިކަން… އީތަން އެރޭވެސް ހާދަ ހާދަ ރުއިއޭ.. ޕައިލެޓް ސްކޫލަށް އީމެއިލް ކުރީވެސް އެހެންހެދީމަ ނަޝާ އީތަން ދެކެ ފޫހިވާނެކަން އެނގޭތީ.. އޭރުންވެސް ނަޝާއަށް ނަޝާގެ ފިރިމީހާ އާއި އެކު އުފަލުގަ އުޅެވޭނޭ ކިޔާފަ.. އޭނާ ހާދަ ރުއިއޭ…” އާނާގެ ވާހަކަތަކުން އަހަރެންގެ ހިތުގައި ލަކުނަށްވެފައި ހުރިޒަހަމްތަކުން އަނެއްކާވެސް ލޭކޮށާލައިފިއެވެ.

“ހިނގާދާން..” ޝާއިން އައިސް އަހަރެންގެ އަތުގަ ހިފާލިއެވެ.

އަހަރެން ހިނގައިގަތީ އާނާ ގާތު ދަނީއޭ ވެސް ނުބުނެއެވެ. ހަދާނެގޮތް ހުސްވެފައިވާ މީހަކު ފަދައިންނެވެ.

އަހަރެން ހިނގައި ގަތީ އާނާ ގާތު ދަނީ އޭވެސް ނުބުނެއެވެ. ހަދާނެ ގޮތް ހުސްވެފައިވާ މީހަކު ފަދައިންނެވެ.

އަހަންނަށް އެރޭ ނުވެސް ނިދުނެވެ. އީތަން އާއި ވާހަކަ ދައްކާލަން ބޭނުން ވަނީ އެވެ. ޝާއިން ވެސް ކައިރީގައި އޮތެވެ. އަރާމު ނިންޖަކުން ނިދާލައިފައެވެ. އަހަރެން ސިޓިންގ ރޫމަށް ނިކުތީ ހަމަ އީތަން އަށް ނުގުޅާ ކެތްނުވެގެންނެވެ. އަހަރެން ހައިރާންވީ އިމްޝާ ދެފައި ވައްކޮށްގެ ސިޓިންރޫމުގެ ކާޕެޓް މަތީ އިށީނދެ އިންތަން ފެނިފައެވެ. ކުޑަކޮށް ކުރިއަށް ޖެހިލާ ބަލައިލި އިރު އިމްޝާގެ މަންމަގެ އިތުރުން މުސްކުޅި ފިރިހެނަކުވެސް ހަމައެގޮތަށް ކާޕެޓް މަތީ ތިއްބެވެ. މުސްކުޅި މީހާ އަވަސް އަވަހަށް ތުންތަޅު ވަނީ އެވެ. އަހަރެން ހައިރާންވެ ހުރެ ކުރަނީ ކީއްތޯ ބެލީމެވެ. އަހަރެން ހުރި ކަން އެތަނުން އެކަކަށްވެސް ނޭނގޭ ފަދައެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައި ގަތީ އަހަންނާ ޝާއިން އެއްކޮށް ނަގާފައިވާ ފޮޓޯ އެކެވެ. މުސްކުޅި މީހާ ތުންތަޅުވަ ތަޅުވާފައި އެ ފޮޓޯއަށް އެބަ ފުމެލައެވެ. އާއެކެވެ. ފަންޑިތަ ހަދަނީ އެވެ. އަހަރެން އަވަސް އަވަހަށްގޮސް ޝާއިންއަށް ގޮވާ އޭނަ ނެގީމެވެ. ވަމުންދާ ކަންތައްތައް ދެއްކުމަށެވެ. ކޮޓަރިން ނިކުތްއިރު ޝާއިންގެ ލޯ ރަނގަޅަކަށް ނުހުޅުވެ އެވެ. ނަމަވެސް އިމްޝާމެން ކުރަމުން ދިޔަ ކަންތައް ފެނުމާއެކު ޝާއިންގެ ދެލޯ ބޮޑުވިއެވެ. އިމްޝާމެން ހޭވެރިވީ ޝާއިން ލައިޓް ދިއްލައި ލުމުންނެވެ.

“ސާބަސް އިމްޝާއަށް.. މިހާރު ތި ފެންވަރަށް ދިޔައީ..” ޝާއިންގެ އަޑުބާރެވެ. އިސްދަށަށް ޖަހައިގެން އިމްޝާ އާއި އޭނާގެ މަންމަ ހުއްޓެވެ.

“އަހަރެން މިހާރު އިމްޝާ މަތިން ފޫހިވާން ފަށައިފި..” ޝާއިން ބުންޏެވެ.

“ނޫން ޝާއިން…. ތިހެން ނުބުނޭ.. ޕްލީޒް.. އަހަންނަށް މާފްކުރޭ…” އިމްޝާ ރޯންފެށިއެވެ.

“ކިހާ ދުވަހެއް ވެއްޖެ މިކަމެއް ކުރާތާ..” ޝާއިން ހުރީ ރުޅި އައިސް ރަތްވެފައެވެ.

“ތިން ރޭ..” އިސްދަށަށް ޖަހާލައިގެން ހުރެ އިމްޝާ ބުންޏެވެ.

“މީ ކީއްކުރަން ކުރާކަމެއް..” އަހަންނަކަށް މަޑަކުން ނުހުރެވުނެވެ. އިމްޝާގެ ފަރާތުން ޖަވާބެއް ނައެވެ.

“ކީއްވެ ޖަވާބެއް ނުދިނީ…”ޝާއިން ހަރުކަށި ކަމާއެކު ބުންޏެވެ.

“ޝާއިން އާއި ނަޝާ ދުރުކުރަން…” ޖަވާބު އައީ އިމްޝާގެ މަންމަ ފަރާތުންނެވެ.

“ޝާއިން މިހާރު ކިހާ ދުވަހެއް އިމްޝާ ގާތަށް ނިދަންވެސް ނުދާތާ… ބަލަ އެއީވެސް ޝާއިންގެ އަންބެއް.. އޭނަވެސް ހިތްހަމަ ޖައްސައިދޭން ޖެހޭނެ… އޭނަގެ ކުށެއްނޫންދޯ އެއީ އޭނައަށް ދަރިން ނުލިބުން… އޭގެ މާނައަކީ އެހެން މީހަކާ އިނދެގެން ގެނެސް އޭނަ ހިތްދަތި ކުރާށެކޭ ނޫންދޯ…” އިމްޝާގެ މަންމަވެސް ވާހަކަދެއްކީ ބާރު ބާރަށެވެ.

އަތުގެ އިޝާރާތުން މުސްކުޅި މީހާ ކައިރީ ދިޔުމަށް ޝާއިން ބުންޏެވެ. އެއާއެކު އެމީހާ ގޮސްފިއެވެ.

“އަހަރެން އަމިއްލައަށް ބޭނުން ވެގެންނެއް ނޫން އަހަރެން ނަޝާ އާއި އިނީ…. އެއީވެސް އިމްޝާ އާދޭސް ކޮށްކޮށް އަހަރެން ކުރި ކަމެއް..” ޝާއިން އަހަރެންގެ އަތުގައި ހިފައިގެން ކޮޓަރިއަށް ދާން ހިނގައިގަތެވެ.

އާދުވަހަކަށް އިރު އަރައިގެން އައިއިރު އަހަރެން އުޅުނީ ބަނޑުގައި ރިއްސާތީއެވެ. ޝާއިން އޮތީ ނިދާފައެވެ. އަހަރެން ބަނޑުގަ އަތް އަޅައިގެން އޮވެ ޝާއިން އަށް ގޮވީމެވެ.

“ނަޝާ… ބަނޑުގަ ރިއްސަނީތަ.. ނަޝާ..” ޝާއިން ހާސްވެގެން ތެޅިގަތެވެ.

އެމެޖެންސީގައި އަހަރެން ވިއްސާ ކޮޓަރިއަށް ވެއްދިއެވެ. ބަނޑުގައި ރިއްސުންގަދަވަމުން ވިހެއުމުގެ ވޭންވަރު ނަގަމުންދިޔައެވެ. ގިނައިރުތަކެއްނުވެ، ތުއްތުތުއްތު އަޑަކުން އަހަރެންގެ ދަރިފުޅު ދުނިޔެއަށް ނޭވާލީކަން އަނގާލައިފިއެވެ. އަހަރެން ހެއްދެވިފަރާތައް ޝުކުރު ކުރީމެވެ.

“އަންހެން ކުއްޖެއް” ކައިރީގައި ހުރި ނަރުސްކުއްޖާ އަހަރެންގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.

އަހަރެންގެ ދަރިފުޅު އަހަންނަށް ދައްކާލީ އިރުކޮޅެއް ފަހުންނެވެ. އަހަރެންގެ ލޮލުން ކަރުނަ ހިލުވާލިއެވެ. އެވަގުތުވެސް އަހަރެން ހަނދާނަށް އައީ އީތަން އެވެ. ނަމަވެސް އީތަން އެއް ނާންނާނެއެވެ. އާއެކެވެ. އޭނަ ބޭނުން ވާނީ އަހަރެން އޭނަ ދެކެ ރުޅިއަންނާށެވެ. އޭނަ މަތިން ފޫހިވާށެވެ. ނަމަވެސް އަހަރެން އީތަން މަތިން ފޫހި ވާނީ ކިހިނެތް ހެއްޔެވެ؟ ރުޅި އަންނާނީ ކިހިނެތް ހެއްޔެވެ؟ އަހަރެން އަބަދުވެސް އީތަން ދެކެ ލޯބި ވާނަމެވެ.

ވިހެއުމަށްފަހު އަހަރެންގެ ކަންތައް ބެލަހައްޓުމަށް ލަތާ ހުރެއެވެ. ނަމަވެސް އަހަރެންގެ ދަރިފުޅުގެ ކަންކަން ބަލަހައްޓަނީ އަހަރެންނެވެ. އިމްޝާ ވެސް ދަރިފުޅު އުރާލަން އާދެއެވެ. ހީވާ ގޮތުން އޭނަވެސް އަހަރެންގެ ދަރިފުޅުދެކެ ލޯބިވެއެވެ.

ދަރިފުޅަށް ކިޔާނެ ނަމެއް ހޯދުމަށް އަހަރެން އުޅުނީމެވެ. ދުވަހަކީ ހުކުރު ދުވަސް ކަމުން އަހަރެންގެ ދޮންބެ އާއި ޝިބާ ވެސް އައިސް އުޅުނެވެ. އިމްޝާ ވެސް އަހަރެންގެ ކޮޓަރީގައި އިނެވެ. ފަހަރަކު މީހަކު ނަމެއް ހުށައަޅަމުން ދިޔައެވެ. ނަމަވެސް އަހަންނަށް ކަމުދާ ނަމަކަށް ނުވެއެވެ.

“އަހަންނާ ގުޅުވާފަ އީޝާ ކިޔާ..” އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ކޮޓަރީ ދޮރުމަތީ ހުރި މީހާއަށް ބަލާލިއެވެ.

“އީތަން” އަހަންނަށް ތެދުވެވުނެވެ.

“އީތަން..” ދޮންބެ ގޮސް އީތަން ގައިގަ ބައްދައިލިއެވެ. ގިނަދުވަސް ތަކަކަށްފަހު ދެއެކުވެރިން ދިމާވުމުންނެވެ.

އަހަންނަށް ބަލައި ލެވުނީ ޝާއިން އަށެވެ. ޝާއިންގެ މޫނު މަތީގައި އެއްވެސް ހިތްހަމަނުޖެހުމެއް ނެތެވެ. ހިނިތުންވެލައި ގެން ހުރެ އީތަން އައިސް އަހަރެންގެ ދަރިފުޅު އުރައިލި އެވެ. ޝާއިން އާއި ސަލާމް ކޮށްލިއެވެ. އަހަރެން ހައިރާންވެފައި އިނީމެވެ. އީތަން އައިސް އަހަރެންގެ ކައިރީ އިށީނެވެ. އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ.

“ނަޝާ ދެން ނުރޮއޭ… އަހަރެން މިއައީ ނަޝާ ބަލާ..” އީތަން އަހަރެންގެ މޫނަށް ބޮސްދެމުން ބުންޏެވެ.

(ނުނިމޭ)

Share Article

Follow Me Written By

Shaz

Level 110 Stories

Other Articles

Previous

އަހަރެންގެ ހައްގެކެވެ. (6ވަނަ ބައި)

Next

ވެދާނެބާ…

Next
March 18, 2015

ވެދާނެބާ…

Previews
March 14, 2015

އަހަރެންގެ ހައްގެކެވެ. (6ވަނަ ބައި)

10 Comments!

  1. sal says:
    March 18, 2015 at 9:17 am

    v reethi. ekm evaru kuraa iruves imshaa varieh nukurey dhw. dhiriulhun feshuneema eethan ves nashaa balaa dhw mi aee.

  2. ummi says:
    March 18, 2015 at 12:34 pm

    Woww v v reeethi
    Thank u dear
    Waiting for the next part. .
    Plxx avahah up kohdhehche

  3. sam says:
    March 18, 2015 at 4:01 pm

    dhen waanyy kihinehbaa dhw???
    mi story hadha lahey update vaaleh…
    mee kurinvx ehen sitehga genesdhyyfa in vaahaka ekey author buni.. ehenvyma ehaa gina dhuvas nukoh update kohdheeba 🙂

  4. Nash says:
    March 18, 2015 at 4:09 pm

    eagerlyyy waiting for the next part 🙂

  5. zoo says:
    March 18, 2015 at 7:48 pm

    noon eethan ar noon gulhuvaanee nashaa ar shain ar maa gulhey plxplx laa. waiting for next part. vrh furihama dear. laa hama best

  6. xoo says:
    March 18, 2015 at 7:50 pm

    vrh reethi mibai vex plxplx eethan ar nasha ar nugulhaa thi ingey plx plx shaxu

  7. Laalaa says:
    March 18, 2015 at 9:05 pm

    wow!! <3 hama kiyaahithun iruirukolhaa balaalevey up vehjetho! nxt part avahah up kohdhehche!

  8. xima says:
    March 18, 2015 at 10:58 pm

    V salhi!!! Waitin 4 de nxt prt

  9. Shazu says:
    March 19, 2015 at 1:11 pm

    thnk u all.. sorri for the late updates tht was bcox my husbndx grannt has been passd away.. but frm now i will update asap… thnk u all for u r kind sppt

  10. Shazu says:
    March 19, 2015 at 1:11 pm

    i mean grndma**

Comments are closed.


All Right Reserved!