Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އަހަރެންގެ ހައްގެކެވެ. )3ވަނަބައި(

Shaz Level 110 Stories
March 4, 2015 5 Mins Read
7 Comments

“ނަޝާ” އަހަރެންގެ ރުއިން ވަގުތުން ހުއްޓުނެވެ. އިސްއުފުލާ ކުރިމަތީ ހުރި މީހާއަށް ބަލާލަން ނުކެރިފައި އަހަންނަށް އިދެވުނީއެވެ.

“ކީއްވެ ދޮންބެ ކައިރީ ނުބުނީ..” ދޮންބެ އައިސް އަހަރެންގެ ބޮލުގައި ލޯބިން ފިރުމާލަމުން ބުންޏެވެ.

“ދޮންބޭ.. ޕްލީޒް.. އީތަން ކައިރީ ބުނޭ އަހަރެންނަށް ހާރޓް ނުކުރާށޭ.. އަހަންނަކަށް ދެން ކެތެއް ނުވާނެ.” އަހަރެން ރޮމުން ރޮމުން ވާހަކަ ދެއްކީމެވެ.

“ދޮންބެ ކައިރީ އީތަން އަބަދުވެސް ބުނޭ ކޮއްކޮ ބޭނުން ވާހަކަ.. އެކަމަކު އީތަންގެ އުޅުން ހުންނަ ގޮތުން ދޮންބެ ބޭނުން ނުވީ އީތަން އާއި ކޮއްކޮ ގުޅެން.. އީތަން އަބަދުވެސް ބޭނުންވާނީ އަންހެންކުދިން ހައްދަން..” ދޮންބެ އޯގާތެރިކަމާއެކު ވާހަކަ ދެއްކިއެވެ.

“އެކަމަކު ދޮންބޭ.. އަހަރެން އީތަންދެކެ ވަރަށް ލޯބިވޭ.. އަހަންނަށް ނޫޅެވޭނެ އީތަންއާ ނުލާ..” އަހަންނަށް އަދިވެސް ހަމަ ރޮވެނީއެވެ.

“ދެން ހުއްޓާލާ.. މާދަން ކޮންމެހެންވެސް އޮފީހަށް ދާންޖެހޭނެއެއްނު.. ތީ އައިލެންޑް އޭވިއޭޝަންގެ މެނޭޖަރު މާ ގަޔާވާ ކުއްޖެއްނުދޯ..” ދޮންބެ މަސައްކަތް ކުރީ އަހަރެން ހެއްވާލާށެވެ.

“ދޮންބެ ދެން ވަރަށް އުފާވެއްޖެ ކޮންމެ ނިޔަތެއްގައި ވިޔަސް ޝާއިން ތި ކޯސް ކޮއްކޮ އަށް ހަމަޖައްސައި ދިނީތީ..” ދޮންބެ އިނީ ހެވިފައެވެ.

މިއަދު އަހަރެން އޮފީހަށް އައީ އަންނަހިތަކުން ނޫނެވެ. ނަމަވެސް ކޯހުގެ ކަންތައްތައް އެނގޭނީ މިއަދު އައީމަ ކަމަށް ބޮސް ބުނުއްވާފައި އޮތީމައައީއެވެ. އެންމެ ފުރަތަމަވެސް އޮފީހުން އަހަންނާ ދިމާވީ އީތަންއެވެ.

“އައްދެ. ކައިވެނި ކޮށްފަ ޗުއްޓީވެސް ނުނަގަންތަ..” އަހަރެން ހައިރާންވިއެވެ.

“ޗުއްޓީނެގީމަ ނަޝާއެއް ނުފެންނާނެދޯ.. މަ ކިހިނެތް ނަޝާ ނުފެންނަ ހިސާބުގަ އުޅޭނީ.. އަނެއްކާ ތިއުޅެނީ އެމެރިކާއަށް ދާން..” އީތަންގެ ވާހަކަ ތަކުން އީތަން އަހަރެން ދެކެ ލޯބިވާކަން އަހަންނަށް އިހުސާސް ކުރެވެއެވެ. ނަމަވެސް ކުރިންވެސް ކުށްހީއެއް ކުރެވިފައިވާތީ ދެން އެކަން ގަބޫލު ކުރާކަށް ބޭނުމެއްނޫނެވެ.

އެވަގުތު އަހަރެންގެ ކެބިން ފޯނަށް ފޯނެއް އައެވެ. އިންޓަރ ކަމް އެއްކަމަށް ވުމުން އަހަންނަށް ޔަގީން ވީ ގުޅަނީ ޝާއިން ކަމެވެ. ކަންވީވެސް އަހަރެން ހީކުރި ގޮތަށެވެ. އަވަސް އަވަހަށް އީތަން ކައިރިން ދުރަށްދާން ލިބުނު ފުރުސަތުގެ ބޭނުންކޮށް ޝާއިންގެ ކެބިންއަށް އަހަރެން ހިނގައިގަތީމެވެ.

“ނަޝާ. އަހަރެން މި ކޯހަށް ނަޝާ އަށް ފުރުސަތު މިދެނީ ވަރަށް އިތުބާރުކޮށްފަ. އައިލެންޑް އޭވިއޭޝަނުން ދާނީ ނަޝާ އެކަނި. ކޯހުގެ ހުރިހާ ހަރަދެއް ކުރާނީ ސީދާ އަހަރެން.” ޝާއިންގެ ވާހަކަތައް ހުރި ގޮތުން އަހަރެން ހަމަ ހައިރާންވިއެވެ. ދެން މައްސަލައެއް ނެތްތާއެވެ. އަހަރެންގެ އަތަކުން ދާނެ ހަރަދެއް ނޯންނާނެތާއެވެ. ކޯހާބެހޭ ހުރިހާ މައުލޫމާތެއް ދިނުމަށް ފަހު އަހަންނަށް ޝާއިން އަހަންނަށް ދައުވަތުދިނީ ޝާއިންގެ އަނބިމީހާ އާއި ބައްދަލުކޮށްލުމަށެވެ. އަހަރެންނަށް ހަމަ ބުނާނެ އެކަށްޗެއްވެސް ނޭނގުނީއެވެ. ޝާއިން އެކަމަށް އެދުމުން ދެކޮޅުހަދަން ވެސް ނުކެރުނީ އެވެ. އެހެންކަމުން މިރޭ ރޭގަނޑު ކެއުމަށް ޝާއިން އަހަރެން ބަލާ އަންނާނެކަމަށް ބުންޏެވެ. އަހަރެން އެއްބަސްވީ ފާޑަކަށް މަޖުބޫރު ވެގެންނެވެ. ނުދާން ދައްކާނެ އުޒުރެއްވެސް ނެތީއެވެ.

ބަރާބަރު އަށެއް ޖެހިއިރު އަހަރެން ހުރީ ތައްޔާރު ވެގެންނެވެ. ޝާއިން އައީ އަށްގަޑި ބައިވަނިކޮށެވެ. އެގެއަށް ދިޔަ މަގުމަތީ ދެމީހުންދޭތެރޭ އެއްވެސް ވާހަކައެއް ނުދެއްކެއެވެ. އަހަރެން އިނީ ދައްކާނެ ވާހަކައެއް ނޭނގިފައެވެ. އީތަންގެ ކޯލެއް އަހަންނަށް ލިބުނީ އެގަޑީގައެވެ. އަހަންނަށް ފޯނުނަގާކަށް ނުކެރުނެވެ. އެހެންކަމުން ފޯނު ސައިލެންޓަށް ލުމަށްފަހު ދަބަހަށް ލީމެވެ. ދިހަވަރަކަށް މިނެޓް ދުއްވުމަށްފަހު ޝާއިންގެ ކާރު މަޑުކޮށްލީ ދިހަބުރީގެ އިމާރާތެއް ކައިރީގައެވެ.

އަހަރެން ގޮވައިގެން ޝާއިން ދިޔައީ އެގޭގެ އެންމެ މަތީ ބުރިއަށެވެ. ދެފަހަރަކު ބެލް އަޅާލުމާއެކު ޒުވާން އަންހެންކުއްޖެއް ދޮރު ހުޅުވާލިއެވެ. އަހަރެން ހީކުރީ އެއީ ޝާއިންގެ އަންހެނުންކަމަށެވެ. ނަމަވެސް އެކުއްޖާ ޝާއިންއާ ވާހަކަ ދެއްކިގޮތުން އެއީ އެގޭގައިގެންގުޅޭ ކުއްޖެއްކަން އެނގުނެވެ. އެތެރެއަށް ވަދެގެން އައި އިރު ސިޓިންގރޫމްގައި ވަރަށް ޝާހީގޮތަކަށް އިށީނދެގެންއިން އަންހެނަކު އިނެވެ. އޭނާއަށް ޝާއިން ފެންނައިރަށް އައިސް ބައްދާލިއެވެ. އަހަރެންނަށް ބޭއިހްތިޔާރުގައި އިސްދަށަށް ޖަހާލެވުނެވެ. އެހެންވިއްޔާ ޝާއިންގެ އަންހެނުންނަކީ މިއީތާއެވެ.

“މީތަ ނަޝާއަކީ.. ” އެމީހާ ނުހަނު ހެވިފައި ހުރެ އައިސް އަހަރެންގެ އަތުގަހިފާލަމުން ބުންޏެވެ.

“ލައްބަ” އަހަރެން އަވަސް އަވަހަށް ބުނީމެވެ.

“އަހަންނަށް ކިޔަނީ އިމްޝާ.. ޝާއިންގެ އަންހެނުން” އޭނާގެ ވާހަކަ ދެއްކުމުގައި އެއްވެސް ބޮޑާކަމެއް ނެތެވެ.

“އާދޭ އިށީންނަށް.. ލަތާ.. ކާން ހަދާބަ..” އަހަންނަށް އިށީންނާނެ ތަން ދައްކަމުން އިމްޝާ ވާހަކަ ދެއްކިއެވެ.

އިށީންދެ އިންއިރު ވެސް އަހަންނަކަށް އެމީހުންނާ ދައްކާނެ ވާހަކައެއް ނޭނގުނެވެ. އިރުކޮޅަކުން އިމްޝާ އަހަރެން އަތުގަހިފައިގެން އޭނާގެ ކޮޓަރިއަށް ދިޔައެވެ.

“ނަޝާ… އަހަރެން ނަޝާ މިގެނައީ ވަރަށް ބޮޑު ވާހަކަ އެއް ދައްކަން.. ނަޝާ ހިތައް އަރާފާނެ އަހަރެން މީ ހާދަ ގޮތްކުޑަ މީހެކޭ.. ހަމަ މީހަކު ތާކު ހުއްޓާ ކާކުކަން ނޭނގެނީސް ގެނެސް ކަންކަމު ކިޔަނީއޭދޯ..” އިމްޝާ ދައްކަން އުޅެނީކޮން ވާހަކައެއް ކަމެއް އަހަންނަކަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނުނެވެ. ވާހަކަދައްކަމުން ދައްކަމުން ގޮސް އިމްޝާ ހުޅުވާލީ އޭނާގެ ބޮޑު އަލަމާރިއެވެ އެއަށްފަހު އޭގެ ތެރޭގައި އޮތް އަލްބަމެއް ފާޑުއެއްޗެއް ގެނެސް އަހަރެން އަތައް ދިނެވެ.

“ތީ ބަލާލަބަ” އިމްޝާގެ އިޒްނައާއެކު އަހަރެން އެ އަލްބަމް ހުޅުވާލީމެވެ. އަލްބަމްގައިވާ ފުރަތަމަ ފޮޓޯފެނިފައި އަހަރެންގެ ސިކުނޑި ސުވާލު މާކުންފުނިޖެހުނެވެ. ލޯ ބޮޑުވެގެންދިޔައެވެ.

“ހައިރާންނުވޭ.. ތީ ޝާއިން އަހަންނަށް ގެނެސްދިން ފޮޓޯއެއް..” އިމްޝާ އައިސް އަހަރެން ކައިރީ އިށީނެވެ.

“އެކަމަކު އަހަރެންގެ ފޮޓޯއެއް މިއަށް އަންނަން ޖެހުނު ސަބަބެއް އަހަންނަށް ބުނެދީ” އަހަރެން އިނީ ހާސްވެ ގޮތްހުސްވެފައެވެ.

“އަޑުއަހާ.. އަހަންނާ ޝާއިން އިނދެގެން އުޅޭތާ މީ ފަސްވަނަ އަހަރު… ދަރިއަކު ލިބޭތޯ ވަރަށް މަސައްކަތް ކުރެވިއްޖެ.. ކާމިޔާބެއްނުވި.. އެންމެފަހުން ސިންގަޕޯރއަށް ގޮސް ޓެސްޓް ހެދީމަ އެނގުނީ ކުދިން ނުލިބެނީ އަހަންނަށް ކަން.. ޝާއިން އަބަދުވެސް ބައްޕައަކަށް ވާން ބޭނުންވާނެ.. އެކަމަކު އަހަރެންގެ ސަބަބުން އޭނަ އެހުރީ އެއުފަލުން މަހްރޫމް ވެފަ.. އެހެންވެ އަހަރެން ޝާއިން ކައިރީ ވަރަށް އާދޭސް ކޮށްގެން އޭނަ ދެވަނަ ކައިވެންޏެއް ކުރަން އެއްބަސްވީ.. އެކަމަކު ޝަރުތަކާއެކު.. އެއީ އަހަންނަށް ކަމުދާ މީހަކާ އިނުން އެގޮތުން ނަޝާގެ ފޮޓޯއެއް ޝާއިން ގެނައީ ޝާއިންއަށް ނަޝާ ކަމުދާތީ.. އެހެންވީމަ އަހަރެން މިއެދެނީ ނަޝާ ގާތުން އަހަރެންގެ ފިރިމީހާގެ ދެވަނަ އަނބިމީހާއަށް ވުމަށް.. އަހަރެންގެ ފިރިމީހާގެ ދަރިންގެ މަންމައަކަށް ވުމަށް.. އުއްމީދުކުރަން ދެކޮޅު ނުހަދާނެކަމަށް..” އިމްޝާގެ އެދުން އަހަންނަށް އެނގުމާއެކު އަހަރެންގެ ފައިދަށުން ބިންގަނޑު ކެހިގެން ދިޔަހެން ހީވިއެވެ. އަހަންނަށް ބުނާނެ އެއްޗެއްވެސް ނުވިސްނުނެވެ.

“ނަޝާ.. ޕްލީޒް.. އަހަރެންގެ މިއެދުން ފުއްދަދީ… ނަޝާ އަށް ދެރަގޮތެއް ނުވާނެކަމުގެ ޔަގީންކަން އަހަރެން މިދެނީ” އިމްޝާ އާދޭސް ކުރަންފެށިއެވެއުފުލާ ކުރިމަތީ ހުރި މީހާއަށް ބަލާލަން ނުކެރިފައި އަހަންނަށް އިދެވުނީއެވެ.

އަހަންނަށް ބުނާނެ އެއްޗެއްވެސް ނޭނގުނީއެވެ. ހުރިތަނަށް ގާވެފައި ހުރެވުނީ އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

“އަހަންނަށް އެނގޭ މިކަހަލަ ކަމަކަށް ޖަވާބެއް ދެވޭނީ ވަރަށް ވިސްނާފަ ކަން.. ނަޝާ ބޭނުން ވަރަކަށް ވިސްނާފަ ޖަވާބެއްދީ.. އެކަމަކު ފުރުމުގެ ކުރިން ޖަވާބެއްދެއްޗޭ..” އަހަރެން އެއްޗެކޭ ނުބުނުމުން އަނެއްކާވެސް އިމްޝާ ވާހަކަދެއްކިއެވެ.

ހީވެސް ނުކޮށް ހުއްޓާ މިކަހަލަ ކަމަކާ ކުރިމަތި ވުމުން އަހަރެންގެ ސިކުނޑި ސުމަކަށް ހިނގައްޖެއެވެ. ކާން އިން އިރުވެސް ޝާއިން އާ އިމްޝާ ދެއްކީ ކޮންވާހަކައެއް ކަމެއް އަހަންނަކަށް ނޭނގުނެވެ. އަހަރެން ބޭނުންވީ ވީހާވެސް އަވަހަކަށް ގެއަށް ދާށެވެ.

ގެއަށް އާދެވުނު އިރު އެގާރަގަޑި ބައިވަނީއެވެ. ޝާއިންގެ ކާރުން އަހަންނަށް ފޭބުނީ އީތަން ކުރިމަށްޗަށެވެ. އީތަން ބަލާލީ ޝާއިން އަށެވެ. ހީލައިފައި ޝާއިން ކާރު ދުއްވާލައިފިއެވެ.

“މިހާރުތީ ކޮން ކަމެއް” އީތަން ޖެއްސުމަށް ވާހަކަ ދައްކާ ގޮތަކަށް ބުންޏެވެ.

“އީތަން މިގަޑީގަ ކީއްކުރަނީ” އަހަރެން ވެސް ކޮށްލީ ސުވާލެކެވެ.

“ބަލާބަލަ އަހަރެން ކިތައްފަހަރުތޯ ނަޝާއަށް ގުޅީ.. ކޮންތާކު އުޅެފަ ތިއައީ..” އީތަންގެ ވާހަކަތައް ހުންނަ ގޮތުން އަހަންނަށް ހީވަނީ އީތަން އަހަރެންދެކެ ލޯބިވާހެންނެވެ.

ދެމީހުން ވާހަކަދައްކަމުން ގެއަށް ވަނީމެވެ.

“ނަވާލް.. ކޮންއިރަކު މާލެ އައީ.. އަހަރެންގެ ޕާޓީއަށް ވެސްނާދޭ.. ނަޝާ ބުނި ރިޒޯޓަށް ދިޔަ ވާހަކަ..” އީތަން އަށް ދޮންބެ ފެނުމާއެކު ވާހަކަ ފެށިއެވެ.

“ވަރަށް ސޮރީ. ހަމަ ކޮންމެހެން ދާންޖެހުނީ.. ދެން ކޮއްކޮއަށް ކޯސް ލިބުނީމަ ހަމައެރޭ ނިންމާލާފަ ސަޕްރައިޒެއް ދޭން އައީ.” ދޮންބެ ވާހަކަދެއްކީ އަހަރެންގެ ބޮލުގަ ފިރުމާލަމުންނެވެ.

“ދޮންބޭ. ދެއަތްބަށް މީހުނާ އިނުމަކީ ކޮންކަހަލަ ކަމެއްތަ؟” އަހަންނަށް އަދިވެސް ވިސްނެނީ އެކަމާއެވެ.

“އާޗާ. ނަޝާ.. ތިއުޅެނީ މަށާ ދެއަތްބަށް އިންނަންތަ؟” އީތަން ބުންޏެވެ.

“ހަހަހަ.. ކޮއްކޮ އަށް ހަމަ ސާބަސް ކީއްކުރަން ދެއަތްބަށް މީހުންނާ އިންނަން ވީ.. އެކަމަކު ރަނގަޅު ނިޔަތެއްގަ ކޮށްފިއްޔާ ހަމަ ވަރަށް ރަނގަޅުކަމެއް އެއީވެސް” ދޮންބެ ވާހަކަދެއްކީ ވަރަށް ހަމަޖެހިލައިގެން ހުރެއެވެ.

އެރޭ އަހަންނަކަށް ނުނިދުނެވެ. ވިސްނެނީ އިމްޝާ ދެއްކި ވާހަކަތަކާ މެދުގައެވެ. އަހަރެން ހަދާނީ ކިހިނެތް ހެއްޔެވެ. އަހަރެން ޝާއިން އާއި އިންނާނީ ކިހިނެތް ހެއްޔެވެ؟ އެވަގުތު އަހަރެންގެ ފޯނު ރިންގް ވާންފެށިއެވެ. އަހަރެން ބަލާލިއިރު ގުޅަނީ އޮފީހުންނެވެ.

“ހަލޯ” އަހަރެން އަވަސް އަވަހަށް ބުނީމެވެ.

“ނަޝާ.. ޝާއިން” ޝާއިން ބުންޏެވެ.

“އަހަންނަށް އެނގޭ ނަޝާ ނުނިދާނެކަން.” ޝާއިން ވާހަކަދެއްކީ މަޑުމައިތިރި ކަމާއެކުއެވެ.

“ސަރ ކިހިނެތް ވީތޯ.. އަޅުގަނޑު މިއަދު އެއްވެސް ފައިލް އެއް އަޕްޑޭޓް އެއްނުކުރަން.. ސަމާ ކައިރި ބުނިން ކޮއްލަދޭށޭ.. ކޮށްފަތޯ ހުރީ..” އަހަރެން ވެސް މަޑު މައިތިރި ކަމާއެކު ވާހަކަ ދެއްކީމެވެ.

“އަހަރެން މިގުޅީ އެކަމަކާ ނޫން.. މިރޭ އިމްޝާ ދެއްކި ވާހަކަތަކާ ބެހޭގޮތުން އަހަރެން ވެސް އެއްޗެއް ބުނެލަން..” ޝާއިންގެ މަޑުމައިތިރި ކަން އިންތިހާއެވެ.

“ސަރ އަޅުގަނޑު އެބަ ވިސްނަން އެކަމާ. ވިސްނާފަ ފުރުމުގެ ކުރިން ޖަވާބެއް ދޭނަން” އަހަރެން ކުޑަކޮށް ހިތްހަމަނުޖެހުނެވެ.

“ނަޝާ ހީކޮށްފާނެ އަހަރެން ބޭނުން ވެގެންނޭ އަހަރެން މިކައިވެނި ކުރަން މިއުޅެނީ.. އެއްގޮތަކަށް ވެސް އެހެންނެއްނޫން.. އިމްޝާ ބޭނުން ވަނީ އަހަރެން ބައްޕައަކަށް ހަދާ އަހަރެންގެ ހިތް އުފާ ކޮށްދޭން.. އޭނަ ކޮންމެ ހާލެއްގަ އުޅުނަސް އަހަރެން އުފަލުގަ ބަހައްޓަން.. އެއީ އަހަރެން އޭނަ ދެކެ އެންމެ ލޯބިވާ ސަބަބަކީ.. ކޮންމެ ގޮތެއް ވިޔަސް އޭނަ ނަޝާއަށް ދެރަގޮތެއް ނުހަދާނެ.. އަހަރެން އެކަމުގެ ޔަގީން ކަން ދެން.. އޭނަ ހިތްދަތިވާ ފަދަ ކަމެއް ނަޝާ ނުކުރާނެ ކަމަށް އަހަރެން އުއްމީދުކުރަން.. އަހަރެން ނަޝާ އާ މެރީ ކުރިއަސް އެކަމުގެ ސަބަބުން ނަޝާގެ މިނިވަން ކަމަކަށް އެއްވެސް ހުރަހެއް ނޭޅޭނެ. އަހަރެން ހުރިހާ ކަމަކަށް ހުއްދަދޭނަން..” ޝާއިން ވަރަށް އޯގާތެރި ކަމާއެކު ވާހަކަ ދެއްކިއެވެ.

“އަޅުގަނޑަށް ވަގުތު ކޮޅެއްދީ” އަހަންނަށް ބުނެލެވުނެވެ.

“ނަޝާ ބޭނުން ވަރަކަށް ވިސްނާފަ ޖަވާބެއްދީ” ޝާއިން ފޯނުކަނޑާލީއެވެ.

އާދުވަހަކަށް އިރުއަރަފިއެވެ. ރޭގަ އަހަންނަށް ނިދުނުއިރެއް ވެސް އަހަންނަށް ނޭނގެއެވެ. އަހަންނަށް ހޭލެވުނީ އަހަރެންގެ އެކުވެރި ސޯނާ ގަޑި އަހަންނަށް ގޮވަންފެށީމައެވެ. ގަޑިން ހަތެއް ޖެހީއެވެ. ތައްޔާރުވެލައިގެން އޮފީހަށް ދެވުނު އިރު ބަރާބަރު އަށްގަޑި ބައިވީއެވެ. އަހަރެން އެއްމެފުރަތަމަވެސް ބަލާލީ އީތަން އިންތޯއެވެ. ސިއްރު ސިއްރުން އީތަންގެ ކެބިންގެ ދޮރު ހުޅުވާ ބަލާލިއިރު އީތަންއެއްނެތެވެ. އެއައްވުރެ ސިއްރުން އަހަރެން އެދޮރު ލައްޕާލީމެވެ. ހިނގައިގަންނަން ބަލާލިއިރު ކުރިމަތީގައި ހުރީ އީތަން އެވެ.

“ބޮޑު ވަގެއް ހެން ކީއްތި ކުރަނީ؟ ޝާއިން ކައިރީ ބުނާނަށް” އީތަން އަހަރެންގެ އަތުގަހިފާލަމުން ވާހަކަ ދެއްކިއެވެ.

“ޔޫ ސްކެއަޑް މީ.. އައި ހޭޓް ޔޫ..” އަހަރެން ބުނީމެވެ.

“ބަޓް އައި ލަވް ޔޫ” އީތަން ވާހަކަ ދެއްކީ ސީދާ އަހަރެންގެ ދެލޮލަށް ބަލަހައްޓައިގެން ހުރެއެވެ.

“ރިއަލީ” އަހަންނަށް ބުނެވުނެވެ.

“އައި މީން އިޓް އައި ރިއަލީ ލަވް ޔޫ” އީތަން އަހަރެންގެ މޫނަށް ބޮސްދިނެވެ.

އަހަންނަށް ހަމަހޭވެރިކަމެއްވީ ދެނެވެ. އަވަސް އަވަހަށް އީތަން އާދުރަށް ޖެހިލެވުނެވެ. އެވަގުތަކީ އީތަންގެ އަންހެނުން އާނާ ވެސް އީތަން އާއި ބައްދަލުކޮށްލަން އޮފީހަށް އައިވަގުތު ކަމުން ވެދިޔަ ހުރިހާކަމެއް އާނާއަށް ފެނުނެވެ. އަހަރެން ލަދުގަތީ ޝާއިން ވެސް އެތާހުރުމުންނެވެ. އާނާ އަވަސްއަވަހަށް ރޮމުން އޮފީހުން ބޭރަށް ދުއްވައިގަތެވެ. ޝާއިން ވެސް އޭނާގެ ކެބިންއަށް ދާން ހިނގައިގަތެވެ. އަހަރެންނަށް ވެސް ހަދާނެގޮތެއް ނޭނގިފައި ހުރެވުނީއެވެ. އީތަން އާނާގެ ފަހަތުން ދިޔައެވެ. އަހަރެންނަށް ބޭއިހްތިޔާރުގައި ޝާއިންގެ އަތުގައި ހިފާލެވުނީ އޮފީހު ހުރިހާ މުއައްޒަފުންގެ ހާޒިރުގައެވެ.

“ސޮރީ ޝާއިން.. އަހަރެންނަށް އޮޅުނީ.. ވަރަށް ބޮޑަށް ސޮރީ..” އަހަރެން ފެންކަޅިވެފައިހުރެ ވާހަކަ ދެއްކީމެވެ. އަހަރެން ޝާއިން އާއި ވާހަކަ ދެއްކިލެއް ގާތް ކަމުން އެހެންމީހުން ތިބީހައިރާން ވެފައެވެ.

“އިޓްސް އޯލްރައިޓް” އަހަރެންގެ ލޮލުން އައިސްފައި ހުރި ކަރުނަތައް ފޮހެލަދެމުން ޝާއިން ހީލިއެވެ. ކޮންކަހަލަ ހިތްހެޔޮމީހެއް ހެއްޔެވެ. އެންމެ ކަޅިޖަހާވެސް ނުލާ އެމަންޒަރު ބަލަން ތިއްބެވެ.

އަހަރެންގެ އަތުގައި ހިފައިގެން ޝާއިން ހިނގައިގަތީ އޭނާގެ ކެބިން އަށެވެ. އެއްމެން ކަހަލަގޮތަކަށް ކަޅިޖަހާނުލާ އެމަންޒަރު ބަލަން ތިއްބެވެ.

(ނުނިމޭ)

Share Article

Follow Me Written By

Shaz

Level 110 Stories

Other Articles

Previous

އެދިއެދި ހޯދީމޭ…(3 ވަނަ ބައި)

Next

އެ ފޯނު

Next
March 5, 2015

އެ ފޯނު

Previews
March 4, 2015

އެދިއެދި ހޯދީމޭ…(3 ވަނަ ބައި)

7 Comments!

  1. shahee says:
    March 4, 2015 at 10:54 pm

    Vvvv nice

  2. nisha says:
    March 4, 2015 at 11:27 pm

    Nice story! Keep it up

  3. mujaa says:
    March 5, 2015 at 12:48 pm

    hindhy draamaa

  4. zaee says:
    March 5, 2015 at 12:50 pm

    next…part avas kurah chey…..mivaahaka varah reethi

  5. athoo.. says:
    March 5, 2015 at 4:03 pm

    Varah Reethi mi story.

  6. none says:
    March 5, 2015 at 4:19 pm

    v v v v v v veaathi next pary plxxx

  7. Lilly says:
    March 5, 2015 at 11:38 pm

    V v v nice. Beynun dhigu koh next part avah. Xx

Comments are closed.


All Right Reserved!