Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެދިއެދި ހޯދީމޭ…(ފަހު ބައި)

musthafa Level 1
March 7, 2015 4 Mins Read
40 Comments

ދުވަސްތައް މަޒީ ވަމުން ދެއެވެ.ބަނޑުބޮޑުވުގެ ސަބަބުން އިމްނާގެ ހަށިގަނޑު ފަލަވެ ރީތިވެސް ވެއްޖެއެވެ. މިހާރު އިމްނާގެ ބަނޑަށް ހަމަސް ފުރި ހަތްމަސް ފުރެން ކައިރިވަނީއެވެ.

“އަނހާ..އިމް!! އާދޭ އިށީންނަން…”.އިމްނާ ފެނުމުން ސުހާ ބުނެލިއެވެ.”ޖޫސް ތައްޓެއް ގެންނަންތަ؟”. ސުހާ އަހާލިއެވެ.”ބޭނުމެއް ނޫން..އާދެބަލަ ވާހަކަ ދައްކާލަން…”.އިމްނާ ބުނެލިއެވެ.”އިމް ތި ގޮތަށް އިންނާތީ އަހަންނަށް ވަރަށް ރީތި…މިހާރު ބަނޑަށް ކިތައް މަސް”.ސުހާ އަހާލިއެވެ.”ހަތް މަސް ވަނީ…ކީއްވެ ޝިޔާޒް ރަށަށް ބަދަލުވީ….”.އިމްނާ އެހިއެވެ.”ހަމަ ދެން ބަދަލުވީ…”.ކުރުގޮތަކަށް ސުހާ ޖަވާބުދިނެވެ.”ސުހާމެންވެސް ދެން ދަރިޔަކު ހޯދަން އުޅޭ….އެހެންވެކަން ނޭންގެ ޝިޔާޒް އެ ބަދަލުވީވެސް…”.އިމްނާ ބުންޏެވެ.ސުހާ ގޮސް ހުއްޓުނީ ގޭ ދަށުގައި ހައްދާފައި ހުރި ފިނިފެންމާ ގަސް ކައިރިއަށެވެ.”އަހަރެން މިބުނާ ވާހަކަ އެކަކު ކައިރިވެސް ނުބުނާ ކަމަށް ވާނަމަ ވާހަކައެއް ބުނަންތަ؟އަހަރެމެން ދެމަފިރިންނަކަށް ދަރިންނެއް ނުލިބޭ…”. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ސުހާ ބުނެލިއެވެ.”ކީކޭ…ދަރިންނެއް ނުލިބޭ….”.ކޮޅަށް ތެދުވެފައި އިމްނާ އެހިއެވެ.”އާނ…ޑޮކްޓަރަށް ދެއްކީމަވެސް ބުނަނީ ހަމަ އެހެން…އެތަށް ފަހަރަކު ޑޮކްޓަރަށްވެސް ދައްކައިފިން… އެއީ ޝިޔާޒް ރަށަށް ބަދަލުވުމުގެ ސަބަބަކީވެސް…”.ސުހާ ވާހަކަ ދެއްކީ ރޮމުންނެވެ.

“ސުހާ!ދެން ދަނީ އިނގޭ…. މިހާރު މަންމަ ވެސް ހުންނާނީ ލަސްވެފަ”.މިހެން ބުނެފައި އިމްނާ ހިނގައިގަތެވެ. މަގުމަތީ ފާރާ ހަމައަށް ނުކުންތަނާ އިމްނާގެ ބަނޑުގައި ރިއްސަން ފެށިއެވެ.އިންތިހާއަށެވެ.”ސުހާ!!!ސުހާ….”. އިމްނާ ވަރަށް ބާރަށް ގޮވާލިއެވެ.އޭނާއަށް ފާރު ކައިރިއަށް ތިރިވެވުނީ ބަނޑުގައި ރިހޭލެއް ބޮޑު ކަމުންނެވެ.އިމްނާ ގޮވާލި އަޑަށް ސުހާ ވަރަށް ބާރަށް ދުވެފައި ނުކުތެވެ.”އަހަރެން ބަނޑުގަ ރިއްސަނީ..މަންމަ އަށް ގުޅާލަބަލަ….”.އިމްނާ ބުންޏެވެ.”ޝިޔާޒް….އަވަހަށް އާދެބަލަ…އިމްނާ ބަނޑުގަ ރިހެން ފަށައިފިޔޭ…”.ސުހާ ގޮވާލިއެވެ.

ހޮސްޕިޓަލަށް ގެންދިޔަތަނުން އިމްނާ ވެއްދީ ވިއްސާ ކޮޓަރިއަށެވެ.އިމްނާގެ މަންމަވެސް ހޮސްޕިޓަލަށް އަތުވެއްޖެއެވެ.ސުހާއާއި ޝިޔާޒްވެސް ތިއްބެވެ.އިރުކޮޅަކުން ނަރުހަކު ވިއްސާ ކޮޓަރިން ނުކުމެއްޖެއެވެ. “މާ ގަދަޔަށް ވޭން އައިސް ހުރީމަ ވަރަށް އަވަހަށް ވިހައިފި…ފިރެހެން ކުއްޖެއް….އެކަމަކު ދުވަސް ނުފުރާ ވިހެއުމުގެ ސަބަބުން ބޭބީގެ ހާލު ވަރަށް ދެރަ…ބޭބީ ޖެހޭނީ ނާސަރީއަށް ލާން…”.ނަރުސް ކުއްޖާ މިހެން ބުނެފައި އަނެއްކާވެސް ވަނީ ކޮޓަރިތެރެއަށެވެ.

އިމްނާ ވޯޑަށް ނެރުނީ ދެ ގަޑި އިރު ފަހުންނެވެ.”އިމް…އަހަރެން މިއަދު ވަރަށް އުފާވެއްޖެ”.ސުހާ ބުނެލިއެވެ.ސުހާގެ އަޑު ޖެހުމާއެކު އިމްނާ ފެން ކަޅިވިއެވެ.”އެ ދަރިފުޅަކީ ހާދަ ބަދު ނަސީބު ދަރިޔެކޭ… ދަރިފުޅުގެ ބައްޕަވެސް ދުނިޔެއަކު ނެތް….”.އިމްނާއަށް ރޮވުނެވެ.”ދެން އަބަދު ތިކަހަލަ ވާހަކަ ނުދައްކަބަލަ.. މިއީ އުފާކުރަންވީ ވަގުތޭ….”.ސުހާ ބުނެލިއެވެ.”މިއަދު ފަޒީލް ދުނިޔޭގަ ހުރިނަމަ ވަރަށް އުފާވީސް…ސުހާ ދެކެފިންތަ މަގޭ ދަރިފުޅު”.އިމްނާ އަހާލިއެވެ.”އާނ..ވަރަށް ލޯބި…”.ސުހާ ބުނެލިއެވެ.”ކޮބާ ޝިޔާޒް؟”.އިމްނާ އަހާލިއެވެ.”އިމް ވިހޭއިރު މިތާ ހުރި….ދެންމެ ހިނގައްޖެ އިމްއަށް މޭވާ ކޮޅެއް ގަންނަން”.ސުހާ ބުންޏެވެ.

ގެއަށް ދޫކޮށްލީ 5 ދުވަސް ފަހުންނެވެ.އިމްނާގެ މަންމައަށް އެހީވުމަށް ސުހާ ވަރަށް ގިނައިން އެގެއަށް އާދެއެވެ.”ދީބަލަ އަހަރެން އުރާލަން…”.އިމްނާގެ އަތުގައި އޮތް ލޯބިލޯބި ކުޑަ ދަރިފުޅު ފެނިފައި ސުހާ ބުނެލިއެވެ. “ކަކާ ވައްތަރީ….؟؟”.ސުހާ އަހާލިއެވެ.”ތި ދަރިފުޅުގެ ބައްޕައާ…ފަޒީލްއާއި ވައްތަރީ…”.އިމްނާ ބުނެލިއެވެ.  “ޝިޔާޒް ހުރީ ވަރަށް ދެރަ ވެފަ…ރޭގަ ވަރަށް ރޯންވެސް ރުއި….ބުނީ މި ދަރިފުޅު ތަންކޮޅެއް ބޮޑުވީމަ ގެންނަންވާނެއޭ….”.ސުހާ ބުނެލިއެވެ.

މެންދުރުގެ ވަގުތެވެ.ދަރިފުޅު ނިންދަވާފައި އެކެއް ޖެހީމާ އިމްނާ ނުކުތީ ކާށެވެ.”ދަރިފުޅު ބޮޑުވުމުގެ ކުރިން އިމްނާ މީހަކާ އިންނަން ވީނު”.އިމްނާގެ މަންމަ ބުނެލިއެވެ.”ކާކު އަހަންނާ އިންނާނީވެސް…”.އިމްނާ ބުންޏެވެ. “އާނ….ދަރިޔަކު އޮތީމަ އިންނާނެ މީހަކުވެސް ނުވާނެ…އެކަމަކު އިމްނާދެކެ ވަރަށް ލޯބިވާ މީހަކު އެބަހުރި”. މަންމަ ބުނެލިއެވެ.

“ކާކު؟އެމީހެއްގެ ނަން ބުނެބަލަ…..”.އިމްނާ ބުންޏެވެ.

“މި އުޅޭ އިބްރާހީމް….އޭނާ އިމްނާ ދެކެ ވަރަށް ލޯބިވޭ…”.މަންމަ ބުންޏެވެ.

“ޗީޗީ…އެ އުޅޭ މޮޔަ އިބްރާހީމް ދޯ….އެއީ ނުކުޅެދޭ މީހެކޭ….މަންމަ މޮޔަވީތަ؟”.އިމްނާ ގާތަށް ރުޅިއައެވެ. “ދަރިފުޅާ އިމްނާ….އެއީ މޮޔައެއް ނޫނޭ…އޭނައަށް ނުލާހިކު ލާރިވެސް ލިބެއެއްނު”.މަންމަ ބުންޏެވެ.”އެއީ މަށަށް ވުރެ މާ ބޮޑު މުސްކުޅިއެކޭ….އޭނަޔަށް ލިބެނީ ސަރުކާރުން ދޭ ލާރި…”.އިމްނާ ބުންޏެވެ.”ތިއަށްވުރެ މާ ޅަކުދިންނާ،އެއަށްވުރެ މާ ބޮޑެތި މުސްކުޅިންވެސް އިނދެގެން އުޅޭ…”.މަންމަ ބުނެލިއެވެ.”ހެޔޮ…..އަހަރެން ނޫޅެން އެ މޮޔައާ ކައިވެނި ކުރާކަށް…ބޮޑު ދެލޯ ކަނެއް…”.އިމްނާ ބުނެލިއެވެ.”ހުއްޓާލާ!!!އިމްނާއަށް ޖެހޭނީ އިބްރާހީމާ ކައިވެނި ކުރަން…އޭނަ އިމްނާ ދެކެ ނުލާހިކު ލޯބިވެސް ވެޔޭ….އެހެންވީމަ ޖެހޭނީ މި ކައިވެނި ކުރަން….”.ހަރުކަށި އިބާރާތުން އިމްނާގެ މަންމަ ބުންޏެވެ.އަތް ދޮވެގެން ގޮސް ކޮޓަރިއަށް ވަދެ ވަރަށް ބާރަށް ދޮރު ލެއްޕިއެވެ.

އިމްނާ ގޮސް އޮށޯތީ ދަރިފުޅުގެ ގާތުގައެވެ.އޭނާއަށް ރޮވުނެވެ.ދަރިފުޅަށް މޮޔަ ބައްޕައެއްގެ ލޯބި ދޭން އެއްގޮތަކަށްވެސް އިމްނާ ބޭނުމެއް ނުވެއެވެ.އެހެނަސް ކުރާނީ ކީއްހެއްޔެވެ؟މަންމައާއި ދެ ކޮޅަށް ކަންތައް ކުރާކަށް އިމްނާއަކަށް ނުކެރެއެވެ.

އިމްނާ ދިޔައީ ސުހާ ގާތަށެވެ.ސުހާއާއި ޝިޔާޒް ތިބީ ޖޯލިފަތީގައެވެ.”ކީއްކުރަން…ކޮބާ ދަރިފުޅު….”.ސުހާ އެހިއެވެ.”ނިދާފަ….ވަރަށް ބޮޑު ކަމަކު އެދެން…..”.އިމްނާ ފެންކަޅިވިއެވެ.”މަންމަ އެ އުޅެނީ އެއްކަލަ މޮޔަ އިބްރާހީމްއާ ކައިވެނި ކުރުވަން….”.އިމްނާ ބުނެލިއެވެ.”ކީކޭ؟؟؟އެއީ ބޮޑު މުސްކުޅިއެއްނު…”.ކޮޅަށް ތެދުވެފައި ސުހާ ބުނެލިއެވެ.”ބޮޑު މުސްކުޅިއެއް…އަނެއްކާ ދެލޯ ކަނެއް…މަ ނީންނާނަން އެމީހާއަކާ…”.އިމްނާ ބުނެލިއެވެ. “އިމްގެ މަންމަ ކީއްވެ އެގޮތަށް ކަންތައް ކުރަނީ….ނޭންގެނީތަ އެއީ މޮޔައެއްކަން…”.ސުހާ އަހާލިއެވެ.”މަންމަ އެ އުޅެނީ މޮޔަވެގެން…ބުނި އޭނަ މަގޭ ދެކެ ވަރަށް ލޯބި ވެޔޯ….ދެން ބުނި އެމީހާއަށް ވަރަށް ލާރި ލިބޭ ވަހަކަ ވެސް…ހަމަ ޔަގީން ލާރި ލިބޭތީކަން މަންމަ އެއްބަސްވީ”.އިމްނާ ރޮމުން ވަހަކަ ދެއްކިއެވެ.”ސުހާ ޕްލީޒް އަހަންނަށް ހެލްޕް ވެދީ….މަންމައަށް ވިސްނައިދީބަލަ…”.ވަރަށް އާދޭހާއެކު އިމްނާ ބުނެލިއެވެ.”އިމްނާ!! ކަލޭ ތަންތަނަށް އައިސް ފާޑުފާޑުގެ ވާހަކަ ދައްކާނިކަމެއްނެތް…ކަލެއަށް ޖެހޭނީ އެމީހައާއި ކައިވެނި ކުރަން”.އިމްނާގެ މަންމަ ހުރީ އިމްނާ ދެއްކި ހުރިހާ ވާހަކައެއް އަޑު އަހާށެވެ.”މަންމާ….ހޮޔޮނުވާނެ އަހަންނަށް ތިހެން ނަހަދަބަލަ”.އިމްނާ ބުނެލިއެވެ.”ކަލޭ ދައްކާ ވާހަކަ އަޑު އަހާކަށް ބޭނުމެއް ނޫން…ހަމަ މިހާރު އާދޭ ގޭއަށް ދާން…”.އިމްނާގެ މަންމަ ހުރީ ވަރަށް ރުޅި އައިސްފައެވެ.

މަންމަގެ ރުހުން ފުރިހަމައަށް ލިބުނު،ނަމަވެސް އިމްނާއަށް މަޖްބޫރު ކައިވެނި  ބޮޑު މޮޔައަކާ ކުރެވިއްޖެއެވެ. ކައިވެނި ކުރުމުން އިބްރާހީމްވެސް އިމްނާމެންގެ ގެއަށް ބަދަލުވިއެވެ.ރަށުގެ މީހުން އިމްނާއާއި ދިމާއަށް ފާޑުފާޑުގެ އެއްޗެހި ކިޔެވެ.މަލާމާތްކޮށް ދިމާކޮށް ހެދިއެވެ.

 

ދަރިފުޅު ނިންދަވާފައި އިމްނާ ވަނީ ފާހާނައަށެވެ.އެވަގުތު އިބްރާހީމްވެސް ކޮޓަރިއަށް ވަނެވެ.އަދި ގޮސް އިމްނާގެ ދަރިފުޅުގެ ގާތުގައި އޮށޯވެލިއެވެ.ކޮޓަރިތެރޭން ބޮޑު މީހަކު ކެއްސާލި އަޑަށް އިމްނާ އަވަސް އަވަހަށް ނުކުތެވެ.”އޭއް…ހަމަ މިހާރު ކަލޭ ތި ތަނުން ތެދުވޭ….!!”.އިމްނާ ގާތަށް ހުރީ ވަރަށް ރުޅި އައިސްފައެވެ.  “އަހަރެން މިތާ އޮތިއްޔާ ކީއްތަވީ؟”.އިބްރާހީމް އަހާލިއެވެ.”މި ބުނީއެއްނު ތެދުވާށޭ….ދެލޯ ކަނު…ތި ގަމާރު މަގޭ ދަރިފުޅު އުރައިގެން ނުވާނެ…ދަރިފުޅު ގައިގަ އަތްލިޔަސް ނިމުނީ..”.އިމްނާ އެއްޗެހިކިޔެވެ.

******************

“ދަރިފުޅާ…މަންމަ މީ ދުނިޔޭގަ ހުއްޓަސް ހަމަ ނެތް މީހެއް…ދަރިފުޅު މަންމަ ބަލާތި އިނގޭ…”.އިމްނާގެ މަންމައަށް ވަނީ އައްސިބަލި ޖެހިފައެވެ.”މަންމާ…ތިހެން ނުބުނޭ…މަންމަ އަދި ރަނގަޅުވާނޭ”.އިމްނާ ބުނެލިއެވެ. “ކޮބާ އިބްރާހީމް…”.މަންމަ އަހާލިއެވެ.”ނޭނގެ…މަށެއް ނުބަލަން އޭނަ އުޅޭ ތަނެއް….ނުވެސް ބަލާނަން”.އިމްނާ ބުންޏެވެ.

ވަރަށް ބޮޑަށް ބޮލުގަ  ރިއްސާތީ އިމްނާ ދަރިފުޅުގާތު އޮށޯވެލިއެވެ.އިބްރާހީމްވެސް އޮތީ ތަޅުންގަންޑުގައި ނިދާފައެވެ.ނިދިޖެހެންފެށި ތަނާ މީހަކު އިމްނާގެ ގައިގައި ފިރުމާހެން ހީވުމުން ލޯ ހުޅުވާލިއެވެ.”އައްޗީ ކަލޭ ތަ؟.. ކީއްކުރަން އެނދަށް އެރީ…ހަމަ މިހާރު ފައިބާ!!! “.އިމްނާ ވަރަށް ބާރަށް ބުނެލިއެވެ.”ކިހިނެއްވީ؟…ތީ މިހާރު މަގޭ އަނބިމީހާއެއްނު”.އިބްރާހީމް ބުންޏެވެ.”ހެވޭ އެކަމަކުވެސް…. މިބުނީއްނު ފައިބާށޭ!…މިކޮޓަރިންވެސް ކަލޭ ނުކުމޭ…..”.މިހެން ބުނެފައި އިމްނާ ބާލީހެއް ގެންގޮސް ސިޓިންގެރޫމަށް އެއްލިއެވެ.”ނުކުމޭ ބޭރަށް…ދެން މީގެފަހުން އަހަރެން ގައިގަވެސް އަދި އަހަރެންގެ ދަރިފުޅު ގައިގަ އަތްލިޔަސް މިގޭން ނެރެލާވަރު ކުރާނަން…”.އިމްނާ ބުނެލިއެވެ.އިމްނާ އެއްޗެހިކިޔަން ފެށުމުން އިބްރާހީމް ނުކުމެއްޖެއެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނެވެ.އިމްނާ ވަނީ ގުދަން ތެރެއަށް ކާއްޓެއް ބަލައެވެ.އެވަގުތު އިބްރާހީމް އައިސް ބޭރުން ގުދަނުގެ ތަންޑު އެޅުވިއެވެ. “ހުޅުވާ!! ހަމަ މިހާރު ހުޅުވާށޭ!!!….”.އިމްނާ ވަރަށް ބާރަށް ބުނެލިއެވެ.ތަންޑު އެޅުވުމަށްފަހު އިބްރާހީމް ހިނގައްޖެއެވެ.”ހުޅުވަބަލަ…މިހާރު މަގޭ ދަރި ހޭލަފާނޭ..”.އިމްނާއަށް ރޮވުނެވެ.އިމްނާގެ ކަންފަތުގައި ޖެހުނީ ކުޑަ ދަރިފުޅު ރޯ އަޑެވެ.އެއާ އެކު އިމްނާ ގުދަނުގެ ދޮރުގައި ތަޅަން ފެށިއެވެ.ތަޅަމުން ތަޅަމުން ދޮރު ކައިރިއަށް އިމްނާއަށް ތިރިވެވުނެވެ.ރޮމުންނެވެ.މަގުމަތިން ދިޔަ ދެބައި އުމުރުގެ މީހަކަށް އެއަޑު އިވުނެވެ.އެ މީހާ އައިސް ދޮރު ހުޅުވާދިނެވެ.

ވަގުތަކީ ހަވީރުގެ ވަގުތެވެ.އިމްނާ އިނީ ދަރިފުޅު ނިންދަވާށެވެ.އިމްނާ ވިސްނީ އެ މޮޔަ މީހާ ކައިރިން ސަލާމަތްވާނެ ގޮތަކާ މެދުއެވެ.އެކި ގޮތް ގޮތަށް ވިސްނާ ވިސްނާވެސް ރަނގަޅު ގޮތެއް ނޭނގުނެވެ. މަރުވުން ނޫން ގޮތެއް ނެތެވެ.އެނދުމަތީ ދަރިފުޅު ބޭއްވުމަށްފަހު މޭޒުމަތީ އޮތް ފޮތް ހިފައިގެން އައިސް ގަނޑެއްގައި ނޯޓެއް ލިޔެލިއެވެ.އަދި ސުހާއަށް ގުޅަން މަސައްކަތް ކުރިއެވެ.ނަމަވެސް ގުޅޭ ގޮތެއް ނުވިއެވެ.އަނެއްކާވެސް ސުހާއަށް ގުޅާލިއެވެ.ނަމަވެސް ސުހާ ފޯނެއް ނުނަގައެވެ.ފޮތުގައި ނޯޓް ލިޔެފައި އޮތް ގަނޑު ކަނޑާލުމަށްފަހު ދަރިފުޅުގާތު ބޭއްވީ ފަށްޖަހާލާފައެވެ.

***************

“ސުހާ…..އުޅެބަލަ އިމްނާމެން ގެއަށް ގޮސްލަން…..ކުޑަ ދަރިފުޅު އުރާލަން…”.ޝިޔާޒް ބުނެލިއެވެ.”އާނ.. އެގެއަށް ނުދާތާ ދެތިން ދުވަސް ވެއްޖެ…ދެންމެ އިމް އޮތޭ ދެ ފަހަރު ގުޅާފަވެސް…އުޅެބަލަ އެގެއަށް ދާން..”. ސުހާ ބުންޏެވެ.

ޝިޔާޒް އިށީނީ ސޯފާގައެވެ.ސުހާ ދިޔައީ  އިމްނާގެ ކޮޓަރިއާ ދިމައަށެވެ.ސުހާ ގޮސް ހިފާލީ ތަޅުގައެވެ. ނަމަވެސް ކޮޓަރި ހުރީ ތަޅުލާފައެވެ.”އިމް….އިމްނާ…ހުޅުވާލަބަލަ!!”.ސުހާ ގޮވާލިއެވެ.އެހެނަސް އިމްނާއެއް ނުހުޅުވިއެވެ.ސުހާއަށް ފެނުނީ އިސްތިރި ކުރާ ބޯޑުމަތީ އޮތް ތަޅު ދަނޑިއެވެ.ތަޅުދަނޑި ތަޅަށް ޖަހާލުމަށްފަހު ކޮޓަރި ހުޅުވާލިއެވެ.”މަންމާ!!!!ޝިޔާޒް ބަލާލަ!…އިމްނާ އެހެރީ ދަންޖެހި މަރުވެފައޭ….ޝިޔާޒޫ…”.ސުހާ ހަޅޭއްލަވާގަނެފައި ބުންޏެވެ.ޝިޔާޒްވެސް ދުވެފައި އައިސް ކޮޓަރިއަށް ވަނެވެ.ސުހާއަށް ރޮވުނެވެ.”އިމްނާ… ކީއްވެ ތި ގޮތަށް ކަންތައްކުރީ…ދަރިފުޅުވެސް މި ދުނިޔެއަށް އެކަނިވީ…ކީއްވެތަ އިމް…؟”.ސުހާ ވަރަށް ބާރަށް ބުނެލިއެވެ.ސުހާ ދިޔައީ ނިދާފައި އޮތް ދަރިފުޅާ ދިމާއަށެވެ.އޭނާގެ ލޮލުގައި އަޅައިގަތީ ދަރިފުޅުގެ ކައިރީގައި އޮތް ނޯޓެވެ.

“އަހަރެން މިގޮތަށް ކަންތައްކުރީ  އެކި ގޮތް ގޮތަށް ވިސްނާ ވިސްނާވެސް ރަނގަޅު ގޮތެއް ނޭންގުމުން…އަހަންނަށް މޮޔައަކާ ކައިވެނި ކޮށްގެން އުޅޭކަށް ފަސޭހައެއް ނޫން..އަހަރެން ބޭނުމީ އަހަރެންގެ ލޯބިލޯބި ދަރިފުޅު ސުހާމެންގެ ދެމަފިރިންނަށް ހަދިޔާ ކުރަން…އަހަރެންގެ ހަދިޔާ އުފަލާ އެކީ ޤަބޫލުކޮށް،ދަރިފުޅު ރަނގަޅަށް ބަލާދޭނެ ކަމަށް އުންމީދުކުރަން…”.މި ލިޔުން ކޮޅު ކިޔުމުން ސުހާގެ ހިތް ކުދިކުދިވި ކަހަލައެވެ.ސުހާ ގޮސް ނިދާފައި އޮތް ދަރިފުޅު ނެގިއެވެ.އަދި ވަރަށް ލޯބިން ދަރިފުޅުގެ ކޮލަށް ބޮސްދޭން ފެށިއެވެ.ސުހާއަށް ބާރަށް  ރޮވެން ފެށުމުން މާޔޫސް ވެފައިވާ ޝިޔާޒް ގޮސް ސުހާ ގައިގައި ބައްދާލިއެވެ.

(ނިމުނީ)

Share Article

Follow Me Written By

musthafa

Level 1

Other Articles

Previous

އަހަރެންގެ ހައްގެކެވެ. (4 ވަނަ ބައި)

Next

އަހަރެންގެ ހައްގެކެވެ. (5 ވަނަ ބައި)

Next
March 9, 2015

އަހަރެންގެ ހައްގެކެވެ. (5 ވަނަ ބައި)

Previews
March 6, 2015

އަހަރެންގެ ހައްގެކެވެ. (4 ވަނަ ބައި)

40 Comments!

  1. nisha says:
    March 7, 2015 at 10:56 am

    Varah hadi vaahakaeh

  2. hadi says:
    March 7, 2015 at 11:02 am

    thaakun thaaku nujehey vaahaka eh..heevany jehsumah liyefa in ehcheh hen

  3. ice girl says:
    March 7, 2015 at 11:14 am

    hageegathah bunanya ehves asareh neiy vaahakaeh…dhen faharakun ragalhu kuraane kamah heekuran….

  4. hahah.madhen hee hee says:
    March 7, 2015 at 11:20 am

    ( HADI kaley ah dhen thakkaan thaaku nujehey galhin bunaanee kithamme reechas thaakun thaaku nujeheyey….. 7 gudhu onnameehaa govaane 1 gudhu onnameehaayah gudho gudho… (Nisha.hadiyaanukeemaveenun dhoh…eyrun dhne eh nimuneenun..thanakun hama ehcheh fenna irah eh kiyan ehba jehey viyaa dhoh…?

  5. luv luvy. says:
    March 7, 2015 at 11:24 am

    Wow wow wow wow hadha reeecheyyy … V v v habeys ….. Ekm hadha avahey mioh reethi reethi vaahaka nimunuleh… Mi vaahaka ehaa avaha nimuny v v dhera ey dhw ….. Adhivx ehfaharu v v nice and v v habeys story eh….. Adhi vx mikahala baivaru story up kh dhene kameh ummeedhu kurn…

  6. neha says:
    March 7, 2015 at 12:09 pm

    Ekamakuva dhw! Miha hadi vaahakaeh adhi nukiyan! Vaahaka liya ehen meehunnahves huthuru

  7. chydi says:
    March 7, 2015 at 12:12 pm

    alhey dhen mee koacheh miahwuren reehchah husha alhadhevunys dhw!!!!haasaru bodi eh !

  8. neesh says:
    March 7, 2015 at 12:16 pm

    Thaakun thaaku nujehey vaahaka, kulliyakah maruvefa eha avahah mas gan’du kunivefa nubaivas dhuvaafa, kulliyakah ban’duga rissafa vihaafa hama kulliyakah hiydhathivegen kulliyakah ai hiyaalakun kulliyakah maru! Heehee halaaku

  9. admin says:
    March 7, 2015 at 12:28 pm

    This Comment Has Been Removed Due To Inappropriate Content.

  10. mufff says:
    March 7, 2015 at 12:55 pm

    ehvves asareh nei vahaka eh…. vrh avas aruvaalaigen vahka ninmmaafa miothy…. thaakun thaaku nujehey hadi vahaka eh.. vahakai ga sifa kurumuge bai ves vrh dhah …dhen faharakun thankolheh hamajehey gotha vahaka liyachey…

  11. shaph says:
    March 7, 2015 at 1:07 pm

    pis pis hadi hadi vaahakaye…..eves kahala ottare nei…heevany ninmaanulevigen ulhayhen

  12. girl says:
    March 7, 2015 at 1:33 pm

    Mihaathanah kiunu emme hadi vaahaka.. v hama nujehey

  13. don't care says:
    March 7, 2015 at 1:53 pm

    Hadi but not bad story

  14. liusha says:
    March 7, 2015 at 2:00 pm

    Waahaka liyah neyngehyaa nuliyeba.asfiya in wes mikahala storys liyaa meehunnah furusathu nudheyn wehjje ehnu.mee dhen koachehtha? Vvvvvvvvvvvv hadi

  15. santhi says:
    March 7, 2015 at 2:04 pm

    vara hadi vaahaka e!!

  16. luv luvy. says:
    March 7, 2015 at 3:08 pm

    …. Adhi mihaa thanakah mihaa reethi vaahaka eh nukiyan… V v habeys…… Thanks a lot .. V nice , Vaahakanhadiyyamu Dhn mi story nukyaaynu.. Ehche hi nukiya…

  17. athoo's fa says:
    March 7, 2015 at 4:15 pm

    Alheyyy athooo mihaaru hadi ehchis ves kiyanfeshy dho :@

  18. Anonymous says:
    March 7, 2015 at 4:17 pm

    Nice… Mee v.reethi Vaahaka eh!

  19. faai says:
    March 7, 2015 at 5:25 pm

    Athoo alhe hadiyas thihen kiyaakah nuwaane ehnu…

  20. faai says:
    March 7, 2015 at 5:28 pm

    Story ehaa interesting ehnun… Genesdhyfa hurigothun kanneynge… Dhen faharakun rangalhu kohlahchey….

  21. faru says:
    March 7, 2015 at 7:13 pm

    storyge script rythi. bt genes dhyfa oiyy goiyy v v hama nujehey. evves ottareh neh story eh. ebunaahen kulli kulli ah kankan vany. maruvefa ehaa avahah haru e kuni nuvaane. dhen anekka imna ge bandah 6 month furi 7 ah elhithanaa banduga rissaafa vihe e. bt 5 days therey dhookollaifi geah. baby also normal. dhuvas nufuraa vihaa babies ehaa avahah dhoonukuraane. logicaly gaboolu nukurevey kanthah hus hury.
    ummeedhu kuran dhen faharakun rangalhuvaanekamah

  22. nax says:
    March 7, 2015 at 10:36 pm

    V hadi mi vaahaka…evves asareh nei… mihaa hadivaahakarh adhi nukiyan dhuvahakuves… haasaru bondieh liye ninmaalaafa … Kiyan feshunyma Nimendhn mi kyves… aslu rangalhah hushaalhai nudhevunyma henhyvany ehaa hady evves kahala sifa kurumevves nei .. dhn v foohi mi vaahaka dhn faharakn rangalhu vaane amah ummedhu kuran

  23. abc says:
    March 7, 2015 at 11:30 pm

    Musthafaa avahah vaahaka niman baynunviyas boduvaru ingay,,, mi saitunwes kiyunu enme hadi vaahaa mee..

  24. neel says:
    March 7, 2015 at 11:49 pm

    Mivaahaka furathama partunves engijje meege fenvaru! Grade 2 ge kujjakuves miah vure reethikoh vaahaka liyaane! Mee mihaathnah kiyunu emme hadi vaahaka, bodu kameh dhen mikahala kos vaahaka esfiyaiga nujahabala! Site ah huri bodu huthureh! Hahaha

  25. admin says:
    March 8, 2015 at 1:21 am

    This Comment Has Been Removed Due To Inappropriate Content.

  26. llllll says:
    March 8, 2015 at 11:09 am

    v v v v v v hadi vaahaka eh…mihaa hadi vaahaka eh adhi nukiyan…..

  27. me says:
    March 8, 2015 at 11:27 am

    mi kon athoo ehtha miulhenyyy??? kekeke. story aa dheytherey dhen nethin ehcheh bunaakah. vaa varah comment ebahuri hen heevany. bt ibrahim ge vaahaka genaeema heekury imna eyna ah “dhelo kanah” govaafa “nukulhedhey” bodu muskulhi ekey keema aslu ekamun rangalhu advise eh dheefa ninmaane kamah. actually those words.. insaanun aneka ah bunegen nuvaane kahala bas thakeh dhw ei. kithanme goas meehakas. think abt it.

  28. kivi says:
    March 8, 2015 at 12:32 pm

    Vaahaka v hadi ..vaanuva neygey…baeh faharu hyvey shiyaax suha n imna enmn wh geyeh ga ey ulheyni..govaaly ma vx adu iveyha kairyga…ekam gudhan dhoru thalhulaafa huri iru evves meehakah neygi magu mathin dhiya meehaku dhoru hulhuvy… he he he

  29. lotus says:
    March 8, 2015 at 1:50 pm

    Esfiya ge managementn ragalhu fenvaruge vahaka liyuntherin hodhavaa..atleast vahaka proof read kuravafa content balalanvane dho..i felt like grd 6 student was writing a story in dhivehi exam ppt n i was markn tht…so much to underline n correct..ibarai kurun, jumla gulhuvun,imla kuh…dhen neyge varah baivaru masala..writer pls take this possitively n next time write a better one

  30. aii says:
    March 8, 2015 at 1:57 pm

    Esfiyage management varah kada…vahakaeh kithame hama nujehunas heyovane..liye liyefa hama kuliakah hutaliyas habarehves nuvane..komemthakuves liyanvi kome ehcheves..fake siteh with fake writers

  31. athoo.. says:
    March 8, 2015 at 3:38 pm

    Hey everyone baeh kudhin eba thibi hama ragalhu kuran jehey kankan faahaga kohfa mi vaahaka ah comment kohfa. eyrun mi vaahakaige author ah ves dhen ragalhu kuran jehey kankan egeyne. ehenveema e kudhinge advise balaigane ragalhu kohlan jehey kankan ragalhu kohlaigen dhen liyaa vaahaka liyuneema hama best vaane. dhen ebahuri huthuru bahun ves ehbai kudhin mukhaathabu kohfa thakuraaru koh. ey ehves ragalhu kameh noon. ehen mukhaathabu kureema mivaahakaige author ah ves kuraanee ehaa ragalhu asareh noon. huthuru bas beynun kurumuge badhaluga ragalhu kuran jehey kanthah faahaga kohfa comment kureema ragalhu vaane. eyee binaakuruvanivi faadah vaany. dhen kula nokoh ein athoo aky reader athoo. meege kurin ves mi athoo vaany e vaahaka bunefa. reader athoo comment kuraa iru hadi bas nujahaa binaakuruvanivi noony author hiyhama jehey kahala comment kuran vaany mee insaanun goas ves hedheyne. With regards, author athoo.

  32. author says:
    March 8, 2015 at 3:51 pm

    Dhen bunelan othee hama k yei mivaahaka ves.. unmeedu kuran musthafa ge ithuru story akah.. readers ge comments kiyaafa next story liyaane kamah heekuran.. aslu mi story ga ulhey girl.. I think eyna maa moya kanneyge ibrahim ah vureh.. moya aku kaarin salaamah vaan vegen direct kon e funnmaalee hell ah veeya.. mikahala vaahaka thakun public ah nubai asaru nukohfiyaa rangalhu.. better luck next time.. atoo dnt use bad words.. kudakudhin ves mi site inn story kiyaa.. esfiya ah bunelan othee bad words use konfa hunna comments publish nukuraashey.. esfiyaage agu vehtey kamehkey.. admin plxx mikan balaabala..

  33. liy says:
    March 9, 2015 at 1:03 am

    Pis pis mi ves dhn vaahakaekola…

  34. butterfly says:
    March 9, 2015 at 6:07 pm

    vaahaka v kada!
    dhen lalalala!

  35. jee says:
    March 15, 2015 at 10:21 am

    havaa fataas eh hn e dhiyae dhw hehe thy mihaaru shariya ninmaa goi hehehe

  36. shifan says:
    April 2, 2015 at 11:07 am

    hadikan dhen mivaahaka

  37. kada says:
    May 25, 2015 at 4:55 pm

    mihaatahanah kee emme foohi vaahaka. kurugalhu vaaliyas boduvaru mi dhen veytha vaaahaka akah

  38. musthfaa says:
    April 12, 2018 at 1:50 pm

    mihaaru mustho ulheny adk ga

  39. dr.shauna says:
    April 18, 2018 at 11:53 pm

    mustho kaley dhey mahah

  40. S says:
    January 31, 2019 at 12:54 am

    U bloody judgmental ppl.. Aren’t u ashamed of yourself.. Meehunna dhimaalah ehchihi kiyaairu amihla standard balaabala.. Ladhehnuganey viyya.. Huri Hayaah kudakan.. Alhe eeves aharumen fadha insaaneh kuh kureveyny insaanunnah.. Kaley menge huri nukulhedheykan.. Mi comments thakun eba engey.. Musthafa mi kiyunu vaahaka eyna kiyunu furathama vaahaka ehgothuga balanyaa vvv varahves reethi mi vaahaka… Adhi mithaa thibey anhenun ves ehbai ve ehnu.. Ladhehnuganey dhw hama ehgithkah ves anhenunnah ve thibe thi faadah vaahaka dhakan.. Aharen hama ladhun halaaku nuve mihiry hama Kiriyaa ????????????

Comments are closed.


All Right Reserved!