އިންތިޒާރު 13
ހެނދުނުގެ ނާޝްތާކުރުމަށްފަހު ގޭގެ އެންމެންވެސް ރާއިން އާއިއެކު އެއަރޕޯޓަށް ދާން ތައްޔާރުވިއެވެ. އެއީ ހޮނިހިރު ދުވަހެއްކަމުން ޒާޔާވެސް ހުރީގޭގައެވެ. ނަމަވެސް އެމީހުންނާއި އެކު އޭނައަކަށްދާކަށް ނުކެރުނެވެ. އެންމެން ކާރަށްއެރިގަޑިގައި ޒާޔާހުރީ ބެލްކަނީގައެވެ. ރާއިން ކާރަށް އަރަމުން އެމޫނަށް ބަލާލިއެވެ. ޒާޔާހީލުމަށްފަހު މަޑުމަޑުން އަތުން ހަނާ އަޅާލިއެވެ.
“އައިލަވްޔޫ” ކާރަށް އެރުމަށްފަހު ރާއިން ޒާޔާއަށް މެސެޖެއް ފޮނުވާލިއެވެ. އެމެސެޖުގެ ޖަވާބުގައި ޒާޔާވެސް ހަމައެހެން ލިޔެލިއެވެ. އެއީ މީގެ ފަސްއަހަރު ކުރިން އެދެމީހުން ބައްދަލުވި އެންމެ ފަހުފަހަރެވެ.
*****************************************************************
އެދުވަހަށްފަހު މާލެ ނައިސްހުރުމަށްފަހު އޭނަ މާލެ އައީ ފަސްއަހަރުފަހުންނެވެ. ޒާޔާގާތު އިންތިޒާރު ކުރުމަށް ބުނިނަމަވެސް މިވީ ފަސް އަހަރުދުވަހު ތެރޭގައި އޭނަ ޒާޔާއާއި އެއްވެސް ކޮންޓެކްޓްއެއް ނުބާއްވައެވެ. ހީކުރީ އެގޮތަށް ކަންތައްކުރުމުން ޒާޔާ އަމިއްލަ ދިރިއުޅުމުގައި ކުރިއަށްދާނެކަމަށެވެ. އޭނަ ހީކުރި ގޮތަށްއެއްވެސް ކަމެއް ނުވުމުން ވިސްނަންޖެހިފައިވަނީ އިންތިހާއަށެވެ. ނިކަމެތި މައުސޫމް ކުއްޖެއްގެ ދިރިއުޅުމެވެ. ހަލާކުއެކޮށްލަނީ އޭނަގެ ދެއަތުންނެވެ. އެހެންވާކަށެއް އޭނަ ބޭނުމެއް ނޫނެވެ.
ހިޔާލުތަކުގެ ތެރެއަށް ގެއްލިފައިއޮތް ރާއިން ސިހުނީ ދޮރުގައި މީހަކު ޓަކިޖަހާއަޑަށެވެ. ޓަކިޖެހުމުން އެއްވެސް އެއްޗެކޭ ނުބުނުމުން ސަލްމާ ރާއިންއަށް ގޮވާލިއަޑު އިވުނެވެ. ރާއިންއަށް އެނދުން ތެދުވަން މަޖުބޫރުވީދެނެވެ. ކަންނެތްކޮށް ހިނގާލާފައިގޮސް ރާއިންދޮރުހުޅުވިއެވެ. ނަމަވެސް ދޮރުމަތީގައި ސަލްމާއާއި އެކު ހުރި ޔާނާފެނިފައި ސުވާލުއުފެދުނެވެ. ޔާނާއަށް ނިތް އަރުވާލީ ކިހިނެތްވީތޯ އަހާލާފަދަގޮތަކަށެވެ. ނަމަވެސް ޔާނާވެސް ދެކޮނޑުއަރުވާލުމުން އޭނައަށްވެސް އެއްވެސް ކަމެއްނޭނގޭކަން ރާއިންއަށްއެނގުނެވެ.
“މަންމަ ތިދެކުދިންނާ ކުޑަވާހަކައެއް ދައްކާލަންވެގެން، މިގަޑީގައި ދަރިފުޅު ބިޒީ ނޫނިއްޔާ” ސަލްމާ އޭނައައި ބޭނުންބުނެލިއެވެ. ރާއިން ސަލްމާއަށް އެތެރެއަށް ވަންނަން ތަންދެއްކިއެވެ. އަދި ސޯފާގައި އިށިއިނުމަށް ބުންޏެވެ. ސޯފާގެ ވަކިންހުރި ގޮނޑިއެއްގައި ސަލްމާ އިށިއިނދެލިއެވެ. އަދި ރާއިންގާތުގައިވެސް އިށިއިނުމަށް އެދުނެވެ. އިތުރުއެއްޗެކޭ ނުބުނެ ރާއިން އާއި ޔާނާވެސް ޖެހިޖެހިގެން ސޯފަގައި އިށިއިނެވެ.
ސަލްމާއިނީ ވާހަކަފަށާނެ ގޮތެއްނޭގިފައެވެ. ނަމަވެސް އޭނައެދޭ އެއްވެސްކަމަކަށް ރާއިން ދެކޮޅެއްނުހަދާނެކަން އޭނައަށް އެނގެއެވެ. ދުރުދުރުން ވާހަކަފަށަން އޭނަ ނިންމިއެވެ.
“ރާއިން، މަންމައަށް އެނގޭ ދަރިފުޅު މިފަހަރު އައިއިރު ޔާނާތިގެނައީ ކީއްކުރަންކަން، މަންމަގެ ކުރިމައްޗަށް ރާއިން އަންހެންކުއްޖަކު ގެންނާނީ އެކުއްޖަކީ ރާއިންއަށް ވަރަށް ހާއްސަކުއްޖެއްވީމަކަން ވެސް އެނގޭ، އެނގޭ ޔާނާގެނައީ މަންމަމެންނަށް ދައްކާލަންކަން، މަންމަމެންނަށް ޔާނާ ކަމުދޭތޯ ބަލަންކަން…………..”
“ސޯ ޑޫޔޫ ލައިކްހާރ މަމް” ސަލްމާގެ ވާހަކަ މެދުކަނޑާލުމަށްފަހު ރާއިން ހެވިލާފައި އިނދެ އެހިއެވެ. އަދި ޔާނާގެ ގައިގައި ކޮނޑުން ޖަހާލުމަށްފަހު ހީލިއެވެ. ނަމަވެސް ޔާނާއިނީ އިސްޖަހާލައިގެނެވެ.
“ހޫމް، މަންމައަށް ޔާނާ ވަރަށް ކަމުދޭ، ދަރިފުޅު އުމުރުންވެސް މިހާރު 25 ވަނީ، މަންމަ ބޭނުން މަންމަ ގަދަވެ ސަލާމަތުން ހުއްޓާ ދަރިފުޅުވެސް ދިރިއުޅުމެއްފަށައިގެން ރީތިކޮށް ދިރިއުޅޭތަން ބަލަން، އުމުރުގެ ބޮޑުބައެއް ތިގޮތަށް ހޭދަކޮށްލުމަކީވެސް ރަނގަޅުކަމެއްނޫން، އެނގޭ މިއަދު ބައްޕަވެސް މިވާހަކަ ދެއްކިކަން، ދަރިފުޅަށް އެއްވެސް ކަމަކަށް މަޖުބޫރުކަމެއްނެތް، އެކަމަކު މިހާރު ދަރިފުޅުވެސް ދިރިއުޅުމެއްފަށަން މަންމަ ބޭނުންވަނީ، މަންމަ ބޭނުންވަނީ ތިދެކުދިންގެ ކައިވެނި ލަސްނުކޮށް ކުރަން” ސަލްމާ އެންމެފަހުން އޭނަ އެދޭ ކަންތައް ހާމަކުރިއެވެ.
“މަމް އައި އަންޑަސްޓޭންޑް ވަޓް ޔޫއަރ ސޭއިންގ…. މަންމަ ބުނިހެން އަޅުގަނޑު ޔާނާގޮވައިގެން އައީ މަންމަމެންނަށް ދައްކާލަންވެގެން، މަންމަބޭނުން ހުރިހާކަމެއްވެސް އަޅުގަނޑުކުރާނަން…..މަމް އެކަމް އަދި އަޅުގަނޑުވެސް، ޔާނާވެސް މެރިއޭޖްއަކަށް ރެޑީއެއްނޫން….. ޔާނާއާއި އަޅުގަނޑު ގުޅުނުފަހުން އަދި މިވީ 7 މަސް، ކައިވެންޏަކާ ހަމައަށް ދާވަރަކަށް އަދި އަޅުގަނޑުމެން އެކަކުއަނެކަކަށް ދަހެއްނުވޭ، ޔާނާ އަދިކިޔަވަނީ، އަޅުގަނޑަށް އެނގޭ ކައިވެނިކޮށްގެންވެސް ކިޔެވިދާނެކަން، އެކަމް އޭނަވެސް ބޭނުންވަނީ ކިޔަވާ ނިމިގެން މީހަކާ އިންނަން، އޭނަގެ ވިސްނުމަށްވެސް އަޅުގަނޑު ގަދަރުކުރަން…….. އަޅުގަނޑުވެސް އަދި ބޭނުމެއްނުވޭ ކައިވެންޏަކާއި ހަމައަށް ދާކަށެއް……. އައި ހޮޕް ޔޫ އަންޑަސްޓޭޏްޑް މަމް” ޔާނާގެ އަތުގައި ހިފާލައިގެން އިނދެ ރާއިންއަށް ވާހަކަދެއްކުނީވެސް ގަދަކަމުންކަހަލަ ގޮތަކަށެވެ.
“އެންމެ ރަނގަޅު ދަރިފުޅުމެންނަށް ފެންނަގޮތެއް، ދަރިފުޅު އުފަލުން ހުރިއްޔާ މަންމަވެސް ހުންނާނީ އުފަލުން” ޔާނާއާއި ރާއިންއަށް ބަލާލުމަށްފަހު ސަލްމާއެންމެ ފަހުން ބުނަމުން ސޯފާއިން ތެދުވިއެވެ. އަދި ދަނީކަމުގައި ބުނެފައި އެކޮޓަރިން ނިކުންނަން ހިނގައިގަތެވެ.
ސަލްމާ ނުކުތުމުން ރާއިންއަށް ފުންނޭވައެއް ބޭރުކޮށްލެވުނެވެ. ހީވީ ބޮލުން ބޮޑު ބުރައެއް އުފުލިގެން ދިޔަހެނެވެ. އަދި ސޯފާއަށް ވެއްޓިގަތެވެ. ކޮޅަށްހުރި ޔާނާ ރާއިންގާތުގައި އިށިއިނެވެ. ރާއިންގެ މޫނުމަތީގައި ފޮރުވިފައިވާ ހިތްދަތިކަން އިހުސާސްވެފައި އޭނަދެރަވިއެވެ. ރާއިންއާއި ވާހަކަ ދައްކަން އިނދެލުމަށްފަހު އޭނަވެސް ނިދަންދިޔައެވެ.
ޖެހިގެން އައިދުވަހަކީ ޑިސެމްބަރ މަހުގެ 31 ވަނަދުވަހެވެ. ކުރިއަށްއޮތީ އާއަހަރުފެށޭދުވަހެވެ. އާއަހަރަކަށް ދުނިޔެ މަރުހަބާކިޔަނީއެވެ. އެދުވަހު ކުލަގަދަގޮތެއްގައި ފާހަގކުރުމަށް އެންމެންވެސް ދަނީ ތައްޔާރުވަމުންނެވެ. ރާއިންމެން އެންމެންވެސް ނިންމީ އެދުވަސް ފާހަގަކުރުމަށް ޖެހިގެން އޮތްދުވަހު ޕިކްނނިކެއް ދިއުމަށެވެ. އެގޮތްއެންމެންނަށްވެސް ކަމުދިޔައެވެ.
އާއަހަރަށް މަރުހަބާކިޔުމުގެގޮތުން ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ހަވާއެރުވުން ބަލައިލުމަށް ގިނައަދަދަކަށް މީހުންޖަމާވެފައި އޮތެވެ. ސަލްމާމެން އެންމެންވެސް އެތަނަށްދިޔައެވެ. ޒާޔާއަންނަންބޭނުން ނުވިކަމުގައިވިނަމަވެސް ނޫރާގެ އާދޭސްތަކުން އެންމެފަހުން އަންނަންމަޖުބޫރުވީއެވެ. ޝާން ހުރިހާއެންމެންނަށް ފިނިބުއިމެއްގެނެސްދިނެވެ. އެކިވާހަކަ ދެއްކުމުގައި އެންމެންވެސް ތިއްބެވެ. ނޫރާމެންނާއި ވާހަކަ ދައްކަން ހުރިޒާޔާއަށް އިރުއިރުކޮޅާ ރާއިންމެންނަށް ބަލާލެވެއެވެ. އެމީހުންނާއި ތަންކޮޅެއްދުރުގައި މޫދުކައިރީ އެހެންމީހުންނަށް ފުރަގަސްދީގެން ޔާނާއާއި ރާއިން ތިއްބެވެ. ޖޫގޯއެއްހިފައިގެން ހުރިޔާނާގެ އުނނަގަނޑުގައި ވަށާލެވިފައިވާ ރާއިންގެ އަތަށް ޒާޔާއަށް ހިތިގޮތަކަށްބަލާލެވުނެވެ. އިތުރަށް ނުބަލަން ނިންމިއަސް އެހިތަށް ކެތްނުވެގެން އަނެއްކާ ބެލެނީއެވެ.
12 ޖެހުމާއިއެކު ހަވާއެރުވުން ކުރިއަށްފެށިއެވެ. އެތަނުގައި ތިބިއެންމެންވެސް އެކަކުއަނެކަކަށް އާއަހަރުގެ ތަހުނިޔާކިޔަންފެށިއެވެ. ހިތްތަކަށް އުފާވެރިކަން ގެނުވި މަންޒަރަކަށް އެކަންވެގެންދިޔައެވެ. ނަމަވެސް އެއާއި ހިލާފަށް ޒާޔާގެހިތަށް ވަނީ އިތުރަށް ތަދެވެ. ރާއިންއާއި އޭނަގެ ގުޅުމަށް ބަރާބަރު 5 އަހަރުވީއެވެ. ނަމަވެސް މިއަދު ރާއިންއެހުރީ އެހެންމީހެއް އެއަތުގެ ތެރެއަށް ގެނެސްގެނެވެ. އެހިތުން މިއަދު ލޯބިދެމުން އެދަނީ އެހެންމީހަކަށެވެ. ހިތަށްވެރިވި ހިޔާލުތަކުން ޒާޔާގެ މޫޑޫ އިތުރަށް ގޯސްވެއްޖެއެވެ.
ހަވާއެރުވުން ނިމުމުން އެންމެންވެސް ނިންމީ ރެސްޓޯރެންޓަކުން ކައިގެން ގެއަށްދިއުމަށެވެ. ނަމަވެސް ޒާޔާ ގެއަށްދާން ބޭނުންވާކަމަށްބުނެ ޑްރައިވަރުގެނުވައިގެން ގެއަށް ދާންއެދުނެވެ. ސަލްމާ އާއެކޭބުނުމުން އިތުރަށް އެންމެ ހިނދުކޮޅަކުވެސް މަޑުނުކޮށް ގެއަށްދިޔައެވެ.
އެންމެން ގެއަށްއައިއިރު 1 ގަޑި ބައިވެބޮޑުވެއްޖެއެވެ. އެހެންކަމުން އެންމެންވެސް ނިންމީ އަވަހަށް ނިދަންތިބުމަށެވެ. ޖެހިގެން އޮތްދުވަހު ޕިކްނިކްދާން ހަމަޖެހިފައިއޮތުމާއި އެކުވެސްމެއެވެ. ނިދަންއޮތްކަމުގައިވިނަމަވެސް ރާއިންއަށް ނިދޭގޮތެއްނުވިއެވެ. އެކިއެކި ހިޔާލުތަކުން ސިކުނޑިވަނީ ބަރުވެފައެވެ. އެންމެފަހުން ނިންމީ ކޮޓަރިން ބޭރަށްނިކުމެލުމަށެވެ. ބަދިގެއަށްވަދެ އަމިއްލައަށް ކޮފީއެއްހަދާލުމަށްފަހު ޓެރަސްއަށް ދިއުމަށް ހިނގައިގަތެވެ. ސިކުނޑިހަމަޖައްސާލުމަށެވެ.
ރާއިން ޓެރަސްއަށްއެރީ އެއްގޮތަކަށްވެސް ޒާޔާ އެތާގައި ހުރެދާނެކަމަކަށް ނޫނެވެ. ނަމަވެސް ޓެރަސްގައި އިށީއިންނަން ބަހައްޓާފައި ހުރިގޮނޑިތަކުން ގޮނޑިއެއްގައި އެތާގައި ހުރި މޭޒުމައްޗަށް ދެފައި އަރުވައި ދަމާލައިގެން، ގޮނޑިގައި ލެނގިލައިގެން މައްޗައް ބޯއުފުލާލައިގެން ލޯމަރާލައިގެން އޮތް ޒާޔާ ފެނިފައި އޭނާ ހައިރާންވިއެވެ. މިރޭބޭރަށްދިޔައިރު ލައިގެން ހުރިއެއްޗެހީގައި ޒާޔާއިނުމުން އޭނަ އޭރު ގެއަށް އައިގޮތަށް އެއިންނަނީ އެތާގައިކަން ރާއިން ހީކޮށްލިއެވެ. އެރޭގެ އެވަގުތުގައި ޒާޔާ ޓެރަސްގައި އިނދެދާނެ ކަމަކަށް ރާއިން ހިޔެއްނުކުރެއެވެ. ޖީބުގައި އޮތް ފޯނުނަގާ ގަޑިބަލާލިއެވެ. އޭރުދެގަޑިބައިވަނީއެވެ. ޒާޔާއާއި ދިމާއަށް ރާއިންހިނގައިގަތެވެ. ޒާޔާގެ ލޮލުގެ ހިމަކޮޅުން ފައިބަމުންދިޔަ ކަރުނަތައް ރާއިންއަށް ފެނުނީ އޭނައާއި ފުދޭވަރަކަށް ކައިރިއަށް ދެވުނުފަހުންނެވެ. އަޅާފައިވާ ބުރުގާގެތެރެއަށް އެކަރުނަތައް ފެވެމުން ދިޔައެވެ.
މީހެއްގެ ހިލަމެއްވާހެން ހީވެގެން ޒާޔާ ދެލޯ ހުޅުވާލުމަށްފަހު ބަލައިލިއެވެ. ކައިރިން ފެންނަންހުރި ރާއިންފެނިފައި އޭނަގެ ހުރިހާ ހިއްސުތަކެއް ގަނޑުވިކަހަލައެވެ. ރާއިންގެ އަތުތެރެއަށް ދާން އޭނަބޭނުންވިއެވެ. އެތަނަވަސްމޭގައި ބޯއަޅާލައިގެން ހުރެ ޝަކުވާކުރަން ބޭނުންވިއެވެ. ސުވާލުކުރަން ބޭނުންވިއެވެ. ނަމަވެސް އެއިން އެއްވެސް ކަމެއްކުރާނެ ހިތްވަރުނެތިފައި ބަލަހައްޓައިގެން އިނުންފިޔަވައި އިތުރުކަމެއް ނުކުރެވުނެވެ.
“މިހާ ލަސްވެފައި ހުއްޓާ ޓެރަސްގައި ކީތްކުރަނީ، ފިންޏެއްވެސް ނުވޭތަ، އަނެއްކާ ބަލިވެދާނެ” ރާއިން ވާހަކަދެއްކީ ވަރަށްވެސް އާދައިގެ ގޮތަކަށެވެ. ރާއިންގެ ސުވާލުތަކުން ޒާޔާއަށް ހިޔާލީ ދުނިޔެއިން ބޭރަށް އާދެވުނެވެ. އިށިއިނދެގެން އިންގޮތްވެސް ހަނދާންވީ ދެނެވެ. މޭޒުމައްޗަށް އަރުވާފައި އޮތް ދެފައި މަޑުމަޑުން ނެގިއެވެ. އަދި ގޮނޑީގައި ރީތިކޮށް ހަމަޖެހިލުމަށްފަހު އިސްޖަހާލިއެވެ. ރާއިންއަށް ހަމައެއްވެސް އެއްޗެއް ނޭގެނީހޭ އޭނަގެ ހިތަށް އެރިއެވެ. ނޫނީ އޭނަ ދެރަކޮށްލަން އެހެނބުނީބާއެވެ. ރާއިން ހުރިހާ އެއްޗެއް ހަނދާންނެތުނީހެއްޔެވެ. ވޭތުވެދިޔަ 4 އަހަރުގެ ކޮންމެ އާއަރެއް ފެށޭއިރު، ކޮންމެ މަހެއްފެށޭއިރު ޒާޔާއިނީ އެތާގައިކަމެއް ރާއިންއަށް އެނގޭނީ ކިހިނެތްހެއްޔެވެ. އަދި އެރޭ އެއީ އާއަހަރުގެ ރެއެވެ. ޒާޔާއަށް އެންމެ ހާއްސަވި އެއްދުވަހެވެ. ރާއިންއަށްވެސް ހާއްސަވާންވީ އެއްދުވަހެވެ. އެރޭގެ މަތިންވެސް ރާއިން ހަނދާން ނެތުނީ ހެއްޔެވެ. އޭނަ މިހުރިހާދުވަހު އިންތިޒާރު ކުރީ މިކަހަލަ މީހަކަށް ހެއްޔެވެ. މިވޭތުވެދިޔަ ދެހަފްތާއެއްހާ ދުވަސްވަންދެން ރުއީ ހަމަ އޭނައަށްޓަކާ ހެއްޔެވެ.
ޒާޔާ އެއްޗެކޭ ނުބުނެ އިންނަންފެށުމުން ރާއިން އެތެރެއަށް ދާން ހިނގައިގަތެވެ.
“ކީއްވެ؟” ހިތްވަރުކޮށްލާފައި ޒާޔާ އެންމެފަހުން ރާއިންއާއި ސުވާލު ކޮށްލިއެވެ. ހައިރާންވިނަމަވެސް ޒާޔާގެ އެސުވާލުން ރާއިން ނުސިހުނެވެ. އެއީ އޭނައަށް މާކުރިންވެސް ކުރިމަތިވާނެ ސުވާލެއްކަން އެނގޭތީއެވެ. ހައިރާންވީ އެސުވާލުކުރަން ޒާޔާ އެހާ ގިނަދުވަސްކުރީމައެވެ. އަދިވެސް އޭނަދެކެ ލޯބިވާކަން އެނގޭތީއެވެ. އެހިތުގައިވާ ލޯތްބަށް ބަދަލެއްނައީތީއެވެ.
“ކީއްވެ ރާއިން” ޒާޔާ ދެވަނަ ފަހަރަށް އެސުވާލު ތަކުރާރުކޮށްލީ ރާއިން އެއްވެސް ޖަވާބެއްނުދީ އެހުރިގޮތަށް ހުރީމައެވެ.
“ނުނިމޭ”
7 Comments!
Comments are closed.
Varah kiyaa hithun mi inee. Next part avaha up kohdheythi Plx
V reeeeeeeeeethi. Next part avahah up kurahchey.
v v salhi………… awahah up kohdhehcheyyy………..
plzzzzzzz …plzzzzz.. avahah up kohdhyy….mi story kiyaa hithun nunidhey mihaaru…
V nice…. I am waiting next part…. Plx hurry up…..
Vvv nice avaha up koh dhechy
Haadha reechey mi vaahaka.. avahah avahah up kohdheeba plxxxxxxxxxxx plxxxxxxx…