Skip to content
އެސްފިޔަ

ސިއްރު (ދެވަނަ ބައި)

“އެންމެ ރަނގަޅު.. އަހަރެން ޒާރާ ވަރިކޮށްފަ ވީއެންމެ އަވަހަކަށް ޝިއަމްއާ އިންނާނަން.” އެންމެފަހުން ރިއާންއަށް ބުނެވުނެވެ.

ޒާރާ އިންތިޒާރު ކުރަމުން ދިޔައީ ރިއާން އަންނާނެ އިރަކަށެވެ. އުފާވެރި ހަބަރު ރިއާންއަށް އަޑު އިއްވާލާހިތުން ދެކޮޅަށް ހިނގާލަ ހިނގާލަ ހުންނަތާ ކިތަންމެ އިރެކެވެ. ދެތިންފަހަރަކު ފަރިތަވެސް ކޮށްލައިފިއެވެ. މަންމައަކަށް ވާތީ އުފަލުން އުޅެވޭ ނޫޅެވޭގޮތްވެސް ޒާރާ އަށް ނޭނގެއެވެ.

ރިއާން ގެއަށް އައީ މެންދުރުން އަނބުރާ ތިނެއްވެސް ޖެހިފަހުންނެވެ. ގެއަށް އައިގޮތައްއައިސް ރިއާން ގޮސްވަނީ ކޮޓަރިއަށެވެ. ސިޓިންގރޫމްގައި ޓީވީ ބަލަން އިން ޒާރާ ރިއާންއަށް ނުވެސް ފެންނަކަހަލައެވެ. ރިއާންގެ އެއަމަލުން ޒާރާއަށް އުނދަގޫވިނަމަވެސް މާބޮޑުކަމަކަށް ނުހަދާ ރިއާންގެ ފަހަތުން ޒާރާވެސް ހޮސް ކޮޓަރި އަށްވަނެވެ.

“އާން.. ކޮންތާކުން ތިއައީ. ބަނޑުހައިތަ؟.” ޒާރާގެ އޯގާވެރިކަން އިންތިހާއެވެ. އެހެންނަމަވެސް ރިއާންގެ ބޮލުގެ ރިހުން އެއަށްވުރެ ބޮޑެވެ. ޒާރާއަށް ހަގީގަތް ކިޔައިދޭން ރިއާން ކިތަންމެހާވެސް ބޭނުމެވެ. އެކަމަކު ހިތްވަރެއް ނެތެވެ. އެކަމަކު ކިޔައި ނުދީވާކަށްވެސްނެތެވެ.

“އާން. ކިހިނެތް ވެފަތަތިހުރީ..” ރިއާން ޖަވާބެއް ނުދިނުމުން ޒާރާ ތަކުރާރު ކުރިއެވެ.

“އަހަރެން ވަރަށް ބޮޑަށް ބޮލުގައި ރިއްސަނީ” ރިއާން ހަގީގަތް ކިޔައިދޭން ޖެހިލުންވަނީއެވެ. ޒާރާގެ ހިތުގައި ޖެހޭނެވަރު އިހުސާސްވެސް ނުކުރެވޭނެއެވެ. ދުވަހަކުވެސް ރިއާން ކުރިމަތީ ބާރަށް އެއްޗެއް ނުބުނާނެއެވެ. ދެރަވިއަކަ ނުދޭނެއެވެ. ދެންވަކި ރިއާން މިއަދު ޒާރާ ރޮއްވާލާނީ ކިހިނެތް ހެއްޔެވެ؟..

ރިއާން ބޮލުގައި ރިއްސާވާހަކަ ބުނުމާއެކު ޒާރާއައިސް ރިއާންގެ ބޯ މޮޑެންފެށިއެވެ. ބަނޑުބޮޑު ވާހަކަ ބުނަން އުޅެފައި ރިއާން ބޮލުގައި ރިއްސާތީ އުޅޭ އިރު އެފަދަ އުފާވެރި ހަބަރެއް ދިނުމަށްވުރެ ހަމަޖެހިލައިގެން ހުންނަ ވަގުތެއްގައި އެވާހަކަ ދެއްކުން މާރަނގަޅުވާނެ ކަމަށް ޒާރާއަށް ވިސްނުނެވެ.

ޒާރާގެ ކޮންމެ އަމަލެއް އޯގާތެރިވެފައި މަޑުމައިތިރިއެވެ. ނުރޯން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް މިފަހަރު ރިއާންއަށް ކެތެއްނުކުރެވުނެވެ. ރޯންފެށުނެވެ. ޒާރާއަވަސް އަވަހަށް ގޮސް ބޭސް ހިފައިގެންއައިސް ރިއާންއަށް ބޭސްދީފައި އަރާމު ކޮށްލުމަށް ވަގުތުކޮޅެއް ދިނުމަށްފަހު ބޭރަށް ނުކުތެވެ.

ޝިއަމްގެ ކޯލެއް ރިއާންއަށް ލިބުނީ އެވަގުތުއެވެ. ޝިއަމް ޝަކުވާ ކުރާނެ ވަރު އެނގުމުން ހިތައް އުނދަގޫވިއެވެ. އަނެއްކާވެސް ރިއާން ހިތައް އެރީ ޑޮކްޓަރު ބުނިވާހަކައެވެ. އެއާއެކު ރިއާން ތެދުވިއެވެ. ކޮޓަރިން ނުކުތް އިރު ޒާރާ ސިޓީ އުރައެއް ހިފައިގެން ހުރެ އެކަނި ވާހަކަ ދައްކަނީއެވެ. ދައްކާވާހަކައެއް ރިއާން އަކަށް އަޑެއް ނީވެއެވެ.

“ޒާ.. އަހަރެން… މާފް….ޑިވޯރޒް…” ރިއާންއަށް ކިޔުނު ނުކިޔުނު އެއްޗެއްވެސް ނޭނގުނެވެ. ރިއާން ދެމިފަތިވަރުން ޒާރާ ގާތައްއައީ ހިންޏެވެ. ރިއާން ބުނަން އެއުޅޭއެއްޗަކުން ޒާރާގެ މުޅި އުމުރުގައި ވެސް ރޯން ޖެހިދާނެ ކަމަކަށް ޒާރާ ހިތައްވެސް ނާރައެވެ.

“އެހެންނޭވާނީ ތިހާ ބޮޑަށް ބޮލުގައި ރިއްސާ އިރުވެސް ތެދުވެ އުޅެންޏާ.. ހިނގާ ކޮޓަރިއަށް..” ޒާރާ ރިއާންގެ އަތުގައި ހިފައިގެން ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

“ޒާ.. އަހަރެން މިސާލަކަށް އެހެން މީހެއް އަހަރެންގެ ދަރިއަކަށް ބަލިވެ އިނދެއްޖޭ ބުނެ ފިއްޔާ އަހަރެން ދެކެ ރުޅިއަންނާނަންތަ؟” ރިއާންއަށް އެވާހަކަ ބުނާނެ ގޮތެއް ނުވިސްނުނެވެ.

“ހެހެ… ޔަގީނެއްނު. މިސާލަކަށް ބަނޑުބޮޑު ވިޔަސް އަސްލަކަށް ނުވާނެ ކަން އަހަންނަށް އެނގޭ.. އާން އެއަށްވުރެއް ބޮޑަށް އަހަރެން ދެކެ ލޯބިވާނެ..” ޒާރާ ރިއާން އަށް އިތުބާރު ކުރެއެވެ.

‘ޒާ… ޝިއަމް.. ޕޮރެގް.. ބޭބީ އިޒް. މައިން…” ކުއްލިއަކަށް ރިއާން ބުނިއެއްޗަކުން ޒާރާ ހުއްޓުން އެރިއެވެ. ޒާރާއަށްޓަކައިމުޅި ދުނިޔެވެސް އެނބުރިގެން ދިޔަހެންނެވެ. އަތުގައި އޮތް ސިޓީ އުރަ އަތުން ދޫވެގެން ވެއްޓުނެވެ.

“ސަމާސާ ކުރަނީދޯ…” ޒާރާއަށް ރޮވުނެވެ.

“ނޫން މީސަމާސާއެއްނޫން.. އަސްލު އައި ވޯންޓް މެރީ ހަރ… އެކަމް އޭނަ ބޭނުންވަނީ ޒާ ޑިވޯރސް ކޮށްފަ.. ބަދުނާމު ވެދާނެތީ އޭނަ ޑިޕްރެސްވަނީ… ހަރޓިން ހަރ ސެލްފް.. އައި ޑޯންޓް ވޯން ލޫޒް މައި ފަސްޓް ބޭބީ..” އެއް ނޭވާއިން ރިއާން ހުރިހާ އެއްޗެއް ކިޔާނިންމާލިއެވެ. އޭރު ރިއާންއަށް ގިސްޖެހެއެވެ.

ޒާރާއަށް ހަދާނެ ގޮތެއް ނުވިސްނުނެވެ. އަވަސް އަވަށް ގޮސް ވަނީ ބަދިގެއަށެވެ. އަދި އުދުން ރޯކޮށްލުމަށްފަހު ޒާރާގެ އަތުގައި އޮތް އޭނާގެ ޕްރެގްނެންސީ ރިޕޯޓް އަންދާލިއެވެ. އޭރު ޒާރާގެ ދެލޯވަނީ ކަރުނުންފުރިފައެވެ.

(ނުނިމޭ)

Comments (15)

  1. smile

    Mihaaaa kuru v ma dhn v fooooohi ….. Plxxxx digu koh up kohbala

  2. athoo..

    salhi

  3. shai

    thivaru thankolheh heyo nuliyunas vvv foohivey… heevany jessumah ulheyhen

  4. ram

    Mihaaru mi site varah kada thaakun thaaku nujehey liyefa hunna fathivaruthah v foohi v hadi vaahaka liyuntherinah huthuru aruvaa bayaku ulhey thaneh mee loosers

  5. kuru

    Maa bodah ves kuru. Chen part eh thankolgeh dhigu vaane kamah hope kuran

  6. ޝިފ

    މިއަށްވުރެ ދިގުކޮށް ލޔަން ނޭނގެނީހެން ހީވަނީ، އަވަހަށް ވާހަކަ ލިޔުން ހުއްޓާލާ، ނުވާވަރު ކަންތައްތައް ކުރަން ނޫޅޭ

  7. Nash

    Adhi thankolheh digu vinama salhi veees 😉

  8. sham

    V reethi, ekam thankolheh kuree, next part dhigukohlaane kamah ummeedhu kuran:-)

  9. mr

    maa kury,,ekm waahaka v rythi..

  10. none

    v v v v v v v v v v salhi

  11. Fathivaru

    Story ge idea salhi. Thankolheh detail koh liyuneema vaahakaves dhigu vaane kanneynge

  12. akki

    ???Mi vaahaka mihaaru upload nukuranytha

  13. Shafy

    Hey… A was next part ap kohdhyba… Pleexx

  14. Afa

    Mi story nimuny??

  15. Moya

    ?????

Comments are closed.