ސާރާ އައިސް ވައިން އިރު އަތާ ފައި ފިނިވަމުން ދިޔައެވެ. އެންމެންގެ ނަޒަރު ވަނީ އޭނަ އާއި ދިމާލަށް ހުއްޓިފައެވެ. ޝާއިފް އަށް ވީގޮތްވެސް ބުނެދޭން ނޭނގުނެވެ.” އޭއް އޭއް ތި އަނގަ ލައްޕާލާ މެއްސެއް ވަދެދާނެ.” ޝާއިފް ގެ ދަތްދޮޅީގައި ހިފާލަމުން ދާއިން ދިމާ ކޮށްލިއެވެ.އެވަގުތު ޝާއިފް ސާރާ އާއި ދިމާލށް ހިނގައިގަންނަން އުޅުމުން ޒައުލް އާއި ދާއިން ހިފެހެއްޓިއެވެ.” ތިހެނެއް ނުދެވޭނެ އަދި.ކެތްކޮށްލާ ކުޑަ އިރުކޮޅަކަށް.” ޒައުލް ބުނެލިއެވެ. ” ދެން ކިހާ އިރަކަށް […]
އަށެއް ޖަހަން ސާޅީސް ފަސް މިނެޓަށް ވުމާއިއެކު ރީޝް ޝިޒާ ގޮވައިގެން ގޮސް ކޮޓަރިއަށް ވަދެލީ ސުކޫލަށް ގެންދިޔުމަށް ތައްޔާރު ކުރާށެވެ. *** އޮފީހުގެ އެކި މަސައްކަތުގައި މަސްއޫލުވެގެން އިން ޖައިޝްގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އިއްޔެ ޒާން ދެއްކި ވާހަކަތަކެވެ. ކޮންމެސް ވަރަކަށް ޒާން ދެއްކި ވާހަކަޔަށް އެއްބަސް ވެވެމުން ދިޔަ ނަމަވެސް މުޅިއަކުން އޭނާއަކަށް އެވާހަކަތަކެއް ގަބޫލެއް ނުކުރެވެއެވެ. އޭނާ ދެކޭ ގޮތުގައި އަންހެނުންނަކީ ދަރިން ބަލަން ގޭގައި ތިބެން ޖެހޭ ބައެކެވެ. ގޭތެރެގެ […]
” ދަރިފުޅާ ހާދަވަރަކަށޭ ތި ނިދާލީ.. ބައްޕައަށް މިހާރު އެތައް ފަހަރަކު ގޮވާލެވިއްޖެ.. މާބޮޑަށްވަރުބަލިވީތަ؟..” ހާތިބު ތެދުވެފައި ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަކަށް ބޯހޫރާލައިފިއެވެ. ވިސްނެމުންދަނީ ހުވަފެނާ މެދުގައެވެ. އަދިވެސް ހީވަނީ ކުރިމަތިން ފެންނަމުންދަނީ ހެންނެވެ. ބައްޕަގާތުވެސް ދެންމެ ފެނުނު ހުވަފެން ކިޔައިދޭކަށެއް ނުކުރޭނެއެވެ. މިހާރުވެސް ހާތިބަށް ދެވުނު ބައެއް ރަށްރަށުން އެފަދަ އުސްފަރުބަދަތަކާ ފެންކޯރުތަކާ މާގަސްތަށްވެސް ވަނީ ފެނިފައެވެ. ނަމަވެސް އެހާ ރީތިކޮށް އެފަދަ މަންޒިލަކަށް އަދި ނުދެވެއެވެ. އަދި އެފަދަ ރީތިކަމެއް ލިބިފައިވާ ބައެއް […]
މިއީ ސަމީރުގެ އެކަނިވެރި ޙަޔާތެވެ. ހިތްދަތި ކަމާ ހިތާމައިން މުޅި ދުނިޔެ ސަމީރަށް ކެހި ދެނިއްޔޭ ސަމީރަށް ވިސްނެންފެށިއެވެ. ކޮންމެ މަހަކު ތުގާއާ ބައްދަލު ކޮށްލަންދާ ސަމީރަށް މިހާރު މިވަނީ ކުރިމަގު ބެދިފައެވެ. ތުގާ އަށްޓަކާ ދެން ސަމީރަށް ކޮށްދެވޭނީ ކޮންކަމެއް ހެއްޔެވެ؟ މިއަދު ސަމީރުދެކެ ލޯބިވާނޭ އަތންބަކު ނެތެވެ. މިއަދުން ފެށިގެން ސަމީރަށް އަޅާލަން މަންމައެއް ނެތެވެ. ނޫނެކެވެ. މަންމަ ނެތީއެއް ނޫނެވެ. މަންމަގެ އަޅާލުމާ އޯގާތެރިކަން ސަމީރަށްޓަކާ ވަޅުލީއެވެ. މިކަމުގައި ފޮރުވިފައިވާ ސިއްރަކީ ކޮބާހެއްޔެވެ؟ […]
ޒާންވެސް ގޭތެރޭގައި އަޑުގަދަ ވެގެން ކޮޓަރިން ނުކުމެފައި ހުއްޓެވެ. އަދި ޖައިޝް ކޮޓަރިއަށް ވަދުމުން އެނާވެސް ގޮސް އެކޮޓަރިއަށް ވަދެލިއެވެ. ”ދަރިފުޅާ ތީ މީހުން އުޅޭ ގޮތްތަ؟ ދަރިއަކު ބެލުމަކީ ހަމައެކަނި އަނބިމީހާ ކުރަން ޖެހޭ ކަމެއް ނޫނޭ. މަންމަ އާއި ބައްޕައާ ދެމީހުން ވެގެން ރަނގަޅަށް ދަރިއަކު ތަރުބިއްޔަތު ކުރެވެނީ. ބައްޕަމެންނަށްވެސް އިނގޭ ދަރިފުޅު އޮފީހުގަ ބިޒީކަން. އެކަމަކު އޮފީހުގަ ވެސް ހުސް ވަގުތު ލިބޭނެ ދޯ. އެ ހުސްވަގުތުގަ ގެޔަށް އައިސް ޝިޒާއާ އެކު […]
ނޭވާ ހިފާއްޓާލަމުން އަހަރެން ޖެހިގެން ހުރި ދޮންބެއަށް އިޝާރާތެއް ކޮށްލީމެވެ. ދޮންބެ އިޝާން އަހަރެންގެ އަތުގައި ހިފާ ފިނޑިނުވާށޭ ބުނެލީ ވައި އަޑުންނެވެ. އަހަރެންގެ ކުޑަބެ އިޒާން އާއި ދޮންތަ އަޒްފާ ހުރީ އަހަރެންގެ ގަމީސް ވީދައިގެން ދާނެހާ ބާރަށް ފަހަތުން ހިފާއްޓައިގެންނެވެ. އަހަރެންގެ ކުޑަ ކޮއްކޮ އިމްޝާ ހުރީ އެންމެންގެ މެދުގައެވެ. އެ ފަކީރު ބިރުން ތުރުތުރު އަޅާވަރުން ދެންމެދެންމޭން ހަޅޭއްލަވައިގަނެފާނެހެން ހީވެއެވެ. އަހަރެން ހުރީ އިމްޝާގެ އަތުގައި ހިފުނުހާ ބާރަކަށް ހިފައިގެންނެވެ. އަނދިރިކަމުން މީހަކު […]
ޑޮކްޓަރު ހައިރާންވެފައި ރައިހާއަށް ބަލައިލިއެވެ. އަމިއްލަ ފުރާނަ އަތްމައްޗަށް ލަމުން އެހެން މީހަކު ސަލާމަތް ކުރަން ފަސްނުޖެހޭނީ ކާކުހެއްޔެވެ؟ އެހެނަސް ރައިހާގެ ފަރާތުން ފެނިގެންދިޔަ ހިތްވަރުން ޑޮކްޓަރުވެސް އާޝޯޚް ކުރުވިއެވެ. “އެކަމަކު އަޅުގަނޑުގެ އެދުމެއް އެބައޮތް.. އެއީ މި އޮޕަރޭޝަންގައި ހުރި ނުރައްކާ އިތުރު ފަރާތެއްގެ ކައިރީ ނުބުނުން..” އިތުރު މީހަކަށް ރައިހާގެ ފުރާނައަށް ގެއްލުން ވާކަން އެނގިހުރެ މި އޮޕަރޭޝަން ކުރަން އެއްބަސް ނުވާނެކަން ރައިހާއަށް އެނގެ އެވެ. އެއިން އެއްވެސް ކަމަކާހުރެ ކައިލްގެ ބައްޕަ […]
ލާޝާ ދުވެފައި ގޮސް އެރީ ޓެރެސް އަށެވެ. ނިއަލް އިންނާނީ އެ ތާނގައި ކަން ޔަގީން ކޮށްލަމުންނެވެ. ލާޝާ ޓެރެސް އަށް ވަތް އިރު ނިއަލް އިނީ ގޮނޑިއެއް ގައި އިށީނދެގެން ދެ އަތުން މޫނު ފޮރުވައިލައިގެނެވެ. ނިއަލް އިން ގޮތް ފެނުމުން ލާޝާ އަށް ހީވީ އޭނާގެ ހިތުގެ ހިނގުން މަދު ސިކުންތު ކޮޅަކަށް ނަމަވެސް މަޑު ޖެހިލި ހެންނެވެ. ލާޝާ މަޑު ފިޔަވަޅު ތަކެއްގައި ގޮސް ނިއަލް ކުރިމަތީގައި ހުއްޓުނެވެ. އަދި ނިއަލްގެ ކޮނޑުމަތީގައި […]
ނުހާއާއެކު ވަގުތުކޮޅެއް ހޭދަކޮއްލުމަށްފަހު ފަލަކް ރީތިވެލައިގެން ޒުމާއަށް ގުޅާލަމުން ތިރިއަށް ފޭބީ ސަލްމާގާތު ބުނެލާފައެވެ.ގޭޓުން ނިކުތް އިރު ބޭރުގައި ޒުމާ ހުރިތަން ފެނުމުން ދެކުދިން އެކީގައި ހިނގައިގަތީ ރަސްރަނި ބަގީޗާއާއި ދިމާލަށެވެ.ކަޅުކުލައިގެ ފައި ފޮރުވޭވަރުގެ ދިގު ފުޅާ ހެދުމެއް ލައިގެން ފަލަކް ހުރިއިރު އެ ހެދުމުގެ އެތް އަރިމަތި ވަނީ ރަންކުލައިގެ ރޭނދަލުން ޒީނަތްތެރި ކުރެވިފައެވެ.ކަރުގަ ރަން ކުލައިގެ ދޯޕައްޓާއެއް އޮތް އިރު ދިގު އިސްތަށިގަނޑުވަނީ މައްޗައް ނަގާ އައްސާލާފައެވެ.ޒުމާއަކީ ވެސް ހުތުރު ކުއްޖެއްނޫނެވެ.ހަމުގެ ކުލަ އެހާއަލި […]