މާޒީގެ ހަނދާންތައް ސިކުނޑި އަށް ވެރިވުމުގެ ކުރިން ޖަޒްލާ ދެފަރާތަށް ބޯ ހޫރުވައިލިއެވެ. ގިނައިރު މަޑުކުރަން ނުހަދާ އެނދުން ތެދުވިއެވެ. ފާހަނާއަށް ވަން ޖަޒްލާ އަވަހަށްމޫނު ދޮވެލައި އިސްތަށިގަނޑު ވޫލްކޮޅަކުން އައްސައިލިއެވެ. ޖަޒްލާގެ ސިކުނޑި އަށް އަތްގަދަ ކުރަން މަސައްކަތް ކުރަމުން ދިޔަ މާޒީގެ އެކި ހަނދާން ތަކުން ދުރު ވުމަށް އޭޏަ ބޭނުންވީ ކޮފީ އެއް ބޯލުމަށެވެ. ޖަޒްލާ ކޮފީ އެއް ހަދަން ވެގެން ކޮޓަރިން ނުކުތް އިރު ސޯފާގައި ޝިފާނާ ޓީވީ ބަަލަން ހުއްޓެވެ. […]
ހޭވެރިކަމެއް ނެތްކުޅުމުގައި ދިޔަކަންދެމުން ރަތްދަކައަވީ ހޭވެރިނުވޭ އައިކަން އެތައް މެބެލެނިވެރިން ކުޅުނީމު އޭ އަވަހަށް ހިނގާ ދިޔުމަށް ގެޔަށް ރާޔާ ބުނީ ހިނިތުންވެފާ އިވުމުން އެއަޑު ލަސްކޮށްނުލައި ދިޔުމަށް ގެޔަށް ދުވެ ގެންފިއޭ އެކުގައި ދެމީހުން ގޮސްގެޔަށް ވަން އިރު ހުރީ މަންމާ އިނގޭ ފިކުރެއްގެ ތެރެއަށް ގެއްލިފައި ހަރަކާތް ބަހާ ހުސްވެފަ މެއޭ ރާޔާ ނުހާ ފެނުމާ އެކީ ބުންޏޭ އަވަސް ދޭފެންވަރަން ކިޔަންވުމަށް ހުރެގެން އަނާ ބޯވެސް ޖަހައިލައިފީމުއޭ މަންމަގެ މިބަސް އެހުމުން އަނާ […]
“ސާބަސް ޔާ!” ދެމީހުން އެކީގައި ޝޯ ބެލުމަށް ހިނގައި ގަތީމެވެ. އޭރުވެސް ފޯރީގައި ޝޯ ކުރިއަށް ދެއެވެ.އެހެންނަމަވެސް އަހަރެން ކަންފަތުގައި ގުގުރަނީ އެންމެ ދެ ލަފްޒެވެ “ވަރަށް ގަޔާވޭ”. ހީވަނީ ކެސެޓް ރޯލެއް ރިޕީޓަށް ޖައްސާފައިވާހެނެވެ. ކުއްލިއަކުން އެއްލި ކަޅިއަކުން މާދުރުނޫން ހިސާބެއްގައި ލައިތް އާއި “ޓޮމްފޯޑް” އަދި އިތުރު އެއް ފިރިހެން ކުއްޖަކު ތިބިތަން ފެނުނެވެ. ހަމަ ޔަގީނުންވެސް “ޓޮމް ފޯޑް” ކަޅި ޖަހާނުލާ ބަލަމުން އެދަނީ އަހަރެންނަށެވެ. އަހަރެން ލަދުގަތެވެ. އަހަރެން މަޑުމަޑުން […]
ގިނައިރު ރޮވުމުގެ ސަބަބުން އައިލީން އަށް ނިދުނެވެ. ނިދާފައި އޮތް އިރު ވެސް މަޑުމަޑު ގިސްލުމެތް އަނގައިން ނިކުމެގެން އާދެއެވެ. އައިލީން އެނދުމަތީގައި ބާއްވާފައި އޭނާ ގައިގައި ރަޖާ އަޅާދީފައި ރައިހާ އެކޮޓަރިން ނިކުމެގެން ދިޔައީ ލޮލުން އައިސް ފައި ހުރި ކަރުނަތައް ފޮހެލަމުންނެވެ. ބޭރަށް ނިކުން އިރު ޖޯލީގައި ތިބި ލިޔާން އަދި ޔާނިޔު ފެނުމުން ރައިހާ ދިޔައީ އެދެމީހުންނާ ދިމާލަށެވެ. ” ކޮބާ ކިހިނެތް ތަ އައިލީން އޭނާ ކޮބާ ؟ ” އަވަސްއަވަހަށް […]
ރޭގަނޑުގެ ވަގުތެވެ. ލީއާ އުޅުނީ ކޮޓަރީގައެވެ. ނިދާން ކަމަށް ބުނިނަމަވެސް އޭނާ ހުރީ ނިދާކަހަލަ ގޮތަކަށް ނޫނެވެ. ނިދި ނުވެސް އާދެއެވެ. ވާނީވެސް އެހެނެވެ. އެއްކޮޅުން ޒީޝާންއާމެދު ވިސްނެމުން ދިޔައިރު އަނެއްކޮޅުން އައިރްއެވެ. އަދި ގާދިރުބެ މިއަދު ދެއްކި ވާހަކައިން ޖިނާހު މިރޭ ކޮންމެވެސް ގޮތަކުން އެގެޔަށް ވަންނާނެކަން ޔަގީންވިއެވެ. އެކަމަށްވެސް ލީއާ ހުށިޔާރުވެ ހުންނަން އެބަޖެހެއެވެ. ލީއާ ފިޔަވާ ހުރިހާ ކުދިން މިރޭ ސިޓިންގ ރޫމްގައި އެތިބީ ސަކަރާތް ޖަހާށެވެ. އަމުދުން ޒީޝާން އާ ޒީހާން […]
ދަންވަރުގެ ވަގުތެވެ… ނިދިފައިއޮތް މައިޝާ އަށް ހޭލެވުނީ ފެންބޮވައިގަނެގެންނެވެ. ބޭރަށް ނުކުމެ ފެންބޮއެގެން ކޮޓަރިއަށް ވަންނަން ދިޔަ ވަގުތު މާހިލްގެ ކޮޓަރިން މީހަކު ވާހަކަ ދައްކާ އަޑު މައިޝާ އަށް އިވުނެވެ. **** “މަށަށް ކޮން ކަމެއް އޭނަ އެހެން މީހަކާ އިނިއްޔާ.. މަ މީ އޭނަގެ ދިރިއުޅުމުން ބޭރު މީހެއް. މަނުޖެހޭނެ އޭނަ އެހެންމިހަކާ އިނީޔެކޭ ކިޔާފަ ކަރުނަ އަޅާ ރޯކަށެއް.. އަދި މަ ވަރި ކޮއްފާ ކޮބާ ސަލާމަތެއް މިނިވަން ވީޔޯ، ފުރަތަމަ އަނބެއް، […]
އަބަދުވެސް މި ވާހަކަ ކިޔަމުންދާ ހުރިހާ ކިޔުންތެރިންގެ ކިބައި އަޅުގަނޑު ނިހާޔަތަށް މާފަށް އެދެން. މި ދުވަސްކޮޅު އެކި ކަންކަމުގައި ބިޒީކޮށް އުޅެވުނޠމަ މި ވާހަކައިގެ ކުރިއަށް ހުރި ބައިތައް އަޕްލޯޑް ނުކުރެވުނީ. އައިމް ރިއަލީ ސޮރީ އިންޝާﷲ، ކިޔުންތެރިންނަށް މިވާހަކައިގެ ކުރިއަށް ހުރި ބައިތައް ލިބެމުންދާނެ….? ހުރިހާ ކިޔުންތެރިންނަށް ތި ދެއްވާ ސަޕޯޓަށް ޝުކުރު އަދާކުރަން.. ތެންކްޔޫ……. ???
“ވަރަށް ހޯދިން ރޭގަވެސް ފެނޭތޯ. އެންމެ ފަހަރަކު ފެނުނީ އެވެސް އެންމެންނާ އެކީ ހުއްޓާ. އެހެންވެ ނުކެރުނީ ވާހަކަ ދައްކާލަން.” އަހަރެންގެ ހިތް އުފަލުން ނަށަންފެށިއެވެ “ކިހިނެއްވީ އެއްޗެއް ނުބުނީ؟ އަނެއްކާ ވާހަކަ ދެއްކީމަ ހިތްހަމަ ނުޖެހުނީތަ؟” އަހަރެންވާހަކަ ނުދެއްކުމުން އެޒުވާނާ އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ. “ނޫނެކެވެ. އަހަރެންގެ ހިތް އުފަލުން ނަށަނީއެވެ. ތިޔަ ޒުވާނާ ދެކިލާ ހިތުން ކެތްމަދުވެފައި ހުންނަތާ ކޮން އިރެއް ހެއްޔެވެ” އަހަރެންގެ ހިތް ވާހަކަ ދައްކަމުން ދިޔަނަމަވެސް އަހަރެންގެ ދުލުން […]
ސަނާ ކޮޓަރި ސާފު ކުރުމުގައި އަވަދިނެތި އުޅެނިކޮށް މީހަކު ގެދޮރުގައި ޓަކި ޖަހާ އަޑު އިވުނެވެ.” މިއޮށް ފަދަ ގަޑީގައި ކާކުބާ.. ” ސަނާ ފޮޅުން ހުއްޓާލާފައި ވާހަކަ ދެއްކިއެވެ. އަދި ދޮރާއި ދިމާއަށް ހިނގައިގަތެވެ. މިގަޑީގައި ކުރަން ހުރި މަސައްކަތްތައް ހުއްޓާލާފައި އަންނަން ޖެހުމުން ކުދި ކިޔަމުންނެވެ. ދޮރު ހުޅުވާލި ތަނާ ސަނާއަށް ލޯ ބޮޑުކޮށްލެވުނެވެ. **5 ވަނަ ޕާޓު** ކުރިމަތީގައި ހުރީ އަޒާމްއެވެ. ސަނާ އުފަލުން އަޒާމް ގައިގައި ބައްދާލިއެވެ. އަޒާމް […]