Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބީހުން….(9)

Dhippi Level 4100 Comments10 Stories
August 7, 2017 6 Mins Read
12 Comments

ޓަކަޓަކަ…ބަޝީރާ މަލަކާގެ ކޮޓަރީގައި ތަޅަމުން ދިޔައެެވެ. ” ދަރިފުޅާ ދެން ނިކުންނަން އުޅެބަލަ ޒޫމީއަށް ލަސްވާނެންނުން އޭނަ ޑިއުޓީއަށް ދާ މަގުމަތީގައޭ އެވެނީ” ބަޝީރާ އަނެއްކާވެސް މަލަކާ ލަސް ވުމުން ގޮވައިފައި ބުނެލިއެވެ. ބަޝީރާ ދެވަނަ ފަހަރަށް ދޮރުގައި ތަޅައި ގަތުމުން މަލަކާ މުޫނު ކުނި ކޮށްލައިގެން ނިކުތެވެ. މަލަކާ ކޮޓަރިން ނުކުތުމުން ޒޫމީ މަލަކާ ގާތަށް ގޮސް ހުއްޓިއަޖެއެވެ.” މަލާ ބަލީތަ؟ ކީީއްވެތަ މަ ގުޅީމަ ފޯނު ނުނަގަނީ؟ ކިތައް މެސެޖު ކޮއްފިން!” ޒޫމީ އެއްފަހަރާ އެތަށް ޝަކުވާއެއް ކޮއްލިއެވެ. މަލަކާ ހުރީ ވީ ފޫއްސަކުން މޫނު ކުނި ކޮއްގެންނެވެ.
“މަށަކައް ކަމެށް ނުވޭ، އެހެން ނޫނަސް މަމިހާރަކު ގެއިން ވެސް ނުނިކޮންނަން، ޑިއުޓީ ނިމޭގޮތަށް އަންނަނީ ގެޔަށް، ދެން ކިހިނެއް ކަމުން ކަންފަށާ ތިގެއަށް ދާނީ؟” މަލަކާ މޫނު އަނެއް ފަރާތަށް އަބުރައިގެން ހުރެ ފޫހި ޖަވާބެއް ދިނެވެ. އެއަކީ ދުވަހަކު ވެސް މަލަކާގެ ކިބައިން ޒޫމީ ދެކުނު ކަމެއް ނޫނެވެ. އެހެން ނަމަވެސް ޒޫމީ ކިތައްމެ ދެރަ ވިޔަސް ކެތްކޮއްލީއެވެ. “ނުވާނެ އެހެންނެއް މަލާޔަށް ކޮންމެވެްސް ކަމެއް ވެއްޖެ!، އެހެންނޫންނަމަ މަލާ ތިގޮތަކަށް ވާހަކައެއް ނުދައްކާނެ، ގައިމު ކިތައްމެ ބިޒީއަސް ފޯނުނެގޭނެދޯ، ކިތަށް ދުވަހު ގުޅިއްޖެ!” ޒޫމީ ވެސް ހުރީ ފުރިހަމައަށް ޖަވާބުދޭން ތައްޔާރުވެގެން ކަހަލައެވެ. ކޮންމެ ގޮތެއް ވިޔަސް ޒޫމީ މިއަދު ބޭނުން ވަނީ ވެގެން އުޅެނީ ކީއްތޯ ބަލާށެވެ. އެވަގޮތު ބަޝީރާ ވަނީ ބަދިގެއަށެވެ. “އަޅެ ޕުލީޒު މަލާ ބުނެބަލަ ވީގޮތެއް އޭރުންދޯ އެކަމެއް ހައްލުކުރަންވެސް އިނގޭނީ! މަލާ ތިހެން ރުޅި އައިސްސަ ހުއްޓަސް ޒޫ އަކަށް ނޭގޭނެދޯ، ނުބުނަންނަކާ، އަޅެ ޕުލީޒު ބުނެބަލަ މަލާ މަށައް ކީއްކުރެވުނީތީ؟”ޒޫމީ ފެންކަޅިވެފަ ހުރެ ބުނެލިއެވެ. “އަޅެ ކިތައްް ފަހަރު ބުނެފިންތަ ކަމެއް ނުވެޔޭ، ދެން ކޮންހާ ސުވާލެއް ކުރާކަށްތަ؟، މަށަށް ފޯނުވެސް ނަގަން ފެނުނީމަ ނަގާނަން ރިޕުލައިވެސް ކުރަން ފެނުނީމަ ކުރާނަން، ތިގެއަށް ވެސް ދާން ފެނުނު ދުވަހަކުން ދާނަން، އެއްމެ ރަނގަޅެއް ނޫން!” މަލަކާ ސިންގާއެއްހެން ރުޅި އައިސް ބުނެލިއެވެ. ޒޫމީ ހުރީ މަލަކާ އެގޮތަށް ވާހަކަ ދެއްކުމުން ހިތުގަ ޖެހުނު ވަރުން ހިތް ފަޅާން ދާވަރުވެފައެވެ .”އެންމެ ރަނގަޅު މަލާޔަށް ފެންނަ ގޮތަކަށް މަލާ ކަންތަށް ކުރޭ ޒޫ ވެސް ދެން ނަާންނާނަން މަލާ ހޯދާކަށް، މިއަދު ޒޫ އަށް ވެސް އެގިއްޖެ، ތީ ޒޫގެ އެކުވެރިޔާ މަލާ އެއް ނުންކަން!” ޒޫމީ އަތުގެ ނުފުށުން ކަރުނަފުހެމުން ދުއްވާގަތީ ބޭރަށެވެ. އެވަގުތު މަލަކާގެ މަންމަ ޒޫމީއަށް ގޮވަމުން ދިޔައެވެ. މަލަކާ ކައިރީގަ ވީ ކީއްތޯ ބަޝީރާ އެހުމުން ނޭނގެޔޭ ކިޔާފަ ގޮސް ޕަޓަސް ލާފަ ކޮޓަރިއަށް ވަދެއްޖެއެވެ. ޒޫމީ ބޭރަށް ނިކުތް އިރުވެްސް އަޑުން އަޑާނަގާ ރޮނީއެވެ. މީހުންތައް ބަލަން ފެށުމުން ޒޫމީ ނުން ކަމަށް ހަދާ ފޯނުނަގައި ހޮސްޕިޓަލަށް ގޮޅަން ފެށިއެވެ. އެކޮޅުން ފޯނު ނެގުމުން މިއަދު ޑިއުޓީއަށް ދެވެން ނެއްކަމަށް ބުނެ ބާރަށް ހިނގާފަ ދިޔައީ ގެޔަށެވެ. ނަސީބަކުން ޒޫމީ ގެޔަށް އާއިރު އެއްވެަސް މީހަކު ފެންނަން ނެތުމުން އަވަހަށް ވަނީ ކޮޓަރިޔަށެވެ. ޒޫމީ ކޮޓަރިއަށް ވަން ގޮތަށް އެދުމައްޗަށް ވެއްޓި ރޯން ފެށިއެވެ. “އަހަރެން ދެން ދުވަހަކު ވެސް ނުދާނަން މަލާ ހޯދާކަށް!، އެހެރީ އޭނަ ކަންކަށް ކުރި ގޮތް، އޭނަ ކޮޑަ ކޮއްވެސް ހަނދާނެއް ނެއް ދެމީހުން އެއްކޮއް އުޅުނު ގޮތެއް” ޒޫމީ ހިތާހިތާ އެކަނި ވާހަކަ ދައްކަމުން ދިޔައެވެ. އެގޮތް އެގޮތް ހިޔާލެއްގަ އޮއްވާ ޒޫމީއަށް ނިދުނުނެވެ.

ރާބިއާ ޓީވީބަލަން ސިޓިން ރޫމުގަ ހުއްޓާ އީތަން ބޭރުން އައިސް ވަނެވެ.”ދަރިފުޅާ ކޮންތާކުން ތިއައީ” ރާބިއާ އަހައިލިއެވެ.” މަންމާ އަޅުގަނޑުމި އައީ ރަށްޓެއްސާއެކު ބޭރުގަ އުޅެފަ، ކިހިނެއްވީތޯ؟” އީތަން ރާބިއާޔަށް ޖަވާބު ދެމުން އަހައިލިއެވެ.” ކަމެއް ނުވޭ މަންމަ ހަމަ އަހާލީ، ދަރިފުޅާ މަންމަ ވާހަކައެއް އަހާލަންތަ؟” “ލައްބަ މަންމާ! އެކަމަކު މަންމަ އަޅުގަނޑު ކައިރީގަ ހުއްދަ ހޯދަން ޖެހޭ ކަމެއް ނުދަނެހުރިން!” އީތަން ހިނި އައިސްސަހުރެ ބުނެލިއެވެ. .”ދަރިފުޅާ ދަރިފުޅުމެން ވެްސް ކައިވެނި ކޮއްގެން އުޅޭތާ އަހަރު މިވަނީ، ކޮންދުވަހަކުންތަ، މިމަންމަ ޔަށް މާމަ އޭ ކިޔާ ގޮވާާނެ ކޮއްޖެއް ހޯދާނީ، އޭރުން މި މަންމަ ވެސް ކިހާ ފޫހިފިލާނެތަ؟” އަމީނާ ވަރަށް ފޮނި އުއްމީދާއެކު އަހައިލިއެވެ.”ހެހެ، މަންމާ އަދިނެތެން ނޫން ތިކަން ނުވެފައެއް، އިރާދަ ކުރެއްވީއްޔާ ތިކަން ވެސް ވަގުުތު ޖެހުމުން ވާނެ” އީތަން ހީލައިފަ ބުނެލިއެވެ. އީތަން ދިން ޖަވާބަކީ ރާބިއާ އުއްމީދު ކުރި ކަހަލަ ޖަވާބެކެވެ. “ދެން މަންމަ އެހާ އެކަމާ ނުވިސްނާތި މަންމަ އަށް ލިބޭނެ މާމަ ދަރިއެށް” އީތަން އެހެންކިޔާ ރާބިއާގެ ބޮލުގަ ފިރުމާފަ ވަނީ ކޮޓަރިއަށެވެ. އީތަން ދިން ޖަވާބުން ރާބިއާ ހުރީ ދަތް ދިއްކޮއްލައިގެންނެވެ.

“ކޮންތާކަށް ދާން މާ އަވަސް އަރުވައިލައިގެން ތިއުޅެނީ؟! އީތަން ކޮޓަރިއަށް ވަން އިރު ޒޫމީ މާ އަވަސް ކޮއްލާގެން އުޅޭތީ އަހައިލިއެވެ. ” މިއުޅެނީ އެމެޖެންސީވެގެން ހޮސްޕިޓަލަށް ދާންވެގެން މާ ހާލުދެރަ ކުއްޖަކު ގެނެސްގެން އެހެންވެ” ޒޫމީ ފާހާނައިން ނުކުންނަމުން ބުނެލިއެވެ.” އެެހެންދޯ ހިނގާ މަ ޑްރޮޕް ކޮއްދޭނަން” އީތަން އެހެން ބުނުމުން އާ ހިގާށޭ ކިޔާ ޒޫމީ ބޭގު އަޅުވައިގެން ނުކުތުމުން އޭނާގެ ފަހަތުން އީތަންވެސް ނުކުތެވެ.” ޒޫ މަންމަ އެބަ ކިޔާ ދަރިއަކު ހޯދާވާހަކަ، މިއަދު މަންމަ އެހެން ކީ، މަ އެވާހަކަ ދައްކަްން ވެގެން ވަން އިރު ޒޫ ބިޒީ ވީމަ ގޭގަ އެވާހަކަ ނުދެއްކީ” އީތަން ސައިކަލް މަތީހުރެ ޒޫމީއާ ވާހަކަ ދެއްކިއެވެ. މަންމަ ދެއްކި ވާހަކައެއް ވީމަ އީތަން ބޭނުންވީ އަވަހަށް ޒޫމީކައިރީގަ އެވާހަކަ ބުނާށެވެ. ހަގީގަތުގަ އީތަންވެސް ހުރީ ދަރިއެއް ބޭނުންވެފައެވެ. އެކަމަކު ޒޫޫމީ އަދި ބޭނުން ނުވާތީ އަޅާ ނުލާ ހުންނަނީއެވެ. .”ތިވާހަކަ ދައްކާނީ ފަހުން މިއީ ތިކަހަލަ ވާހަކަ ދައްކާ ކަހަލަ ގަނޑިއެއްވެސް ނޫނެންނޫން!” ޒޫމީ ލަސްވެފަ ހުރި ވަރުން ބުނެލިއެވެ. އީތަން ވެސް އެއްމެ ރަގަޅޭ ކިޔާ ހޮސްޕިޓަލާ އަރާ ހަމަވުމުން ޒޫމީ ޑްރޮޕް ކޮއްފަ ދިޔައީ ގެޔަށެވެ.

އެރޭ ދަންވަރެވެ. އީތަަންއޮތީ ގަދަނިދީގައެވެ. “ދޫކުރޭ ތަދުވެޔޭ! ތިހެންނަހަދަބަލަ!، އައްދިޔޯއި” ޒޫމީ ބާރަށް ހަޅޭއްލަވަމުން ދިޔައެވެ. ޒޫމީ އެތަށް ފަހަރަކު އީތަން އަށް ގޮވުމުން ވެސް ހޭލެވޭ ކަމަކަށް ނުވިއެވެ. އީތަން ހީވަނީ ނިދާބޭސް ކައިގެން އޮތް ހެންނެވެ. މިރޭވެސް އެއެއްޗެއް ޒޫމީގެ ޖިސްމުން އުފާ ހޯދީއެވެ. “ކަލޭ ހަނދާން ކުރާތި މީގެ އެއްވެސް ވާހަކައެއް އެއްވެސް މީހެއް ކައިރީގަ ކިޔާގެން ނުވާނެ، ކިޔާފި ނަމަ ކަލޭގެ ލޯބިވާ ފިރިމީހާގެ ދުވަސް ދުއްވާލާނަން އަދިބުނަން މަކުރާކޮންމެ ކަމެއް މަކުރަނީ ކަލޭދެކެ ވާލޯބިން ކަލެއަށް އަޑުއިވުނުތަ؟! މަ ބުނާގޮތް ހެދުން ކަލެއަށް އެންމެ ރަގަޅުވާނީ” އެނުލަފާ އެތި އެހެން ކިޔާފަ ވިދާލި ގަދަ އަށްޔަކާއެއްކޮއް، ގެއްލިއްޖެއެވެ. ޒޫމީ ހުރީ ބިރުން އަވަދިވެ ބަސް ހުއްޓިފައެވެ. ދަމުން އެދިޔައީ ވަރުގަދަ އިންޒާރެއް ވެސް ދީފައެވެ. ޒޫމީ ހުރީ ހަދާނެ ގޮތްނޭގި ހިރިލަން ވެސް ނޭގިފައެވެ.. ކޮންމެ ގޮތެއް ވިޔަސް އީތަންއަށް ދެރައެއް ލިބޭކަށް ޒޫމީ ބޭނުމެން ނޫނެވެ. ޒޫމީ ގެ ސިކުނޑި ހުރީ ފަޅައިގެން ދާން ކައިރި ވެފައެވެ. ވާނީ އެހެންތާއެވެ. މިވަމުންދާ ކަންތަކަކީ ޒޫމީއަށް ގަބޫލް ކުރަން ދަތި ކަންތަކެއް ވިއްޔާއެވެ. އެފަދަ ހާލެއްގަ އޮތްވާ ޒޫމީއަށް ނިދުނީ ވަރަށް ދަން ވީފަހުންނެވެ. .”ދަރިފުޅާ ހާދަ ލަހަކުން ހޭލެވުނު ދުވަހެއް! އަނެއްކާ ބަލީތަ؟؟” ޒޫމީ މިއަދު މާލަހުން ހޭލުމުން އަމީނާ އަހައިލިއެވެ. އަމީނާ އެހެން ބުނުމުން ބައްޔެއް ނޫނޭ ކިޔާފައި ޒޫމީ ދިޔައީ ބަދެގެއަށެވެ. ފަހަތުން އަމީނާވެސް ވަނީ ބަދިގެއަށެވެ. “ދަރިފުޅަށް އިނގޭތަ؟ މިއަދު މާޒިންބޭ އަތުވެއްޖެ” ޒޫމީއަށް ނޭގޭނެތީ އަމީނާ ބުނެލިއެވެ.” އެހެންތަ؟ ކޮންއިރަކު އައީ؟!” ޒޫމީ ހައިރާން ވެފަ އަހައިލިއެވެ. .”މިއަދު ހެދުނު އައީ އެބައުޅޭ ކޮޓަރީގަ، ހުރީ ވަރަށް ދެރަވެފަ ދަރިފުޅުގެ ވެޑިން އަށް ނާދެވުނީތީ، ބުނީ ވަރަށް އަންނަން އުޅުނު ވާހަކަ” އަމީނާ ހުރީ އޭނާގެ ކޮއްކޮގެ ދަރިފުޅު އައިމަ ވަރަށް އުފަލުންނެވެ. “އެހެންތަ؟ ހާދަދުވަހެއް ވެއްޖެޔޭ، މާޒިންބެ ނުފެންނަތާ” ޒޫމީ އަގަޔަށް ރޮށި ކޮޅެއް ލަމުން އުފަލުން ބުނެލިއެވެ. ޒޫމީ ސައިބޮއެ ނިމިގެން ދެމައިން އެއްކޮށް ގޮސް ވަނީ މާޒިން އުޅޭ ކޮޓަރިއަށެވެ. .”އިތުރު ވާހަކައެއް ވެސް ބޭނުމެއް ނޫން ހަމަ މިހާރު ޗޮކުލެޓު ގެނޭ!” ޒޫމީ އެދު މައްޗަށް ވެއްޓި ގަންނަމުން ބުނެލިއެވެ.” ޒޫއަށް ހީވޭތަ މަ ޗޮކުލެޓު ނުދީ ހުންނާނެހެންު؟ ” މާޒިން އެހެން ކިޔާ ދަބަހުން ޗޮކެލެޓު ނަގާދިތް ކުރަމުން ބުނެލިއެވެ. އެވަގުތު އަމީނާ ފިހާރަޔަކަށް ދާން ކަމަށް ބުނެ ނިކުމެގެން ހިގައްޖެއެވެ. ޒޫމީއާ މާޒިން އާ ދެބެއިން ލައްކަ ގިނަ އިރު ވާހަކަ ދައްކަން ތިއްބެވެ.

” ދަރިފުޅާ މިރޭ ސިޓިން ރޫމުގަ ނިދާރޭއްތަ؟!” ސަލީމު ފެން ފުޅިއެއް ބަލާ ނިކުތްއިރު ޒޫމީ ސޯފާގައި އޮތުމުން އަހައިލިއެވެ. .”ނޫން ބައްޕާ އީތަން އަންނަންދެން އޮތީ ” ޒޫމީ ބައްޕަ ކައިރީގަ ދޮގެއް ހަދާލިއެވެ. ހަގީގަތުގަ އީތަންއެއް މިރެއަކު ގެޔަކަށް ނާންނާނެއެވެ. އޭނަ ހުރީ ޑިއުޓީގައެވެ. އެހެން ދޯ އޭ ކިޔާ ސަލީމު ފެންފުޅިއެއް ހިފައިގެން ވަނީ ކޮޓަރިއަށެވެ. މިރޭވެސް މުސީބާތާ ޖެހޭނެ ކަން އިނގޭތީ ޒޫމީ ކޮޓަރިއަށް ވަންނަން ބޭނުން ނުވަނީމެވެ. އެހެން އޮއްވާ ނަސީބަކުން ޒޫމީއަށް ލޮލަކައް ޖެހުނެވެ. ޒޫމީ ގަދަ ނިދީގައި އޮއްވާ މީހަކު ގައިގަ އަތްލާހެން ހީވެގެން ހޭ އެރިއެވެ. ޒޫމީ ދެލޯ ހުޅުވިއިރު އޭނާ ކުރިމަތީގައި ހުރީ ކަޅުކުލައިގެ ހިޔަންނެއްހެން ހުރި ނުލަފާ ވަތްތަރު ޖަހާ މީހެކެވެ. “ކަލޭ ހިތުން މިތާ ތިއޮތީ މަ ނާންނާނެ ކަމަށްތަ؟!” އެއަޑަށް ޒޫމީ ދިޔައީ ސިއްސައިގެންނެވެ. “ކަލޭ ކޮންމެ ތާކު އޮތަސް މަ އަންނަންވީމަ އަންނާނަން، ކަލޭ ހީކުރަނީތަ؟ މަގޭ ފަރާތުން ސަލާމަތް ވާނެޔޭ؟ ދުވަހަކުވެސް އެކަމެއް ނުވާނެ!” އޭތިދެލޯ އަގުރު ގަނޑެއް ހެން ހަދައިގެން ޒޫމީއާ ކައިރިވަމުން ދިޔައެވެ. ޒޫމީ ހުރީ ބިރުން އަވަދި ވެފައެވެ. .”ހައްހައްހައް… މަގޭ ލޯބި ލޯބި ޒޫ މިހިރީ ހާދަ ބިރުންނޭ، އޭ މަ ލޯބި ބިރު ގަންނަވަން ބުނި އެއްޗެއް ނޫނޭ، އެގެއެންނުން މަ ލޯބި ވާވަރު” ޒޫމީ ކައިރި އިށީންނަމުން އޭތި ބުނެލިއެވެ. އެވަގޮތު ޒޫމީ ތެދުވާން އުޅުމުން އޭތި ޒޫމީ އަތުގަ ހިފާ ބޭންދިއެވެ. ޒޫމީ ކިތައްމެ ބިރު ގަތަސް މަޑު މަޑުން ހުރީއެވެ. .”ޒޫ އަށް ހީވޭތަ، އީތަން ޒޫމީދެކެ ލޯބިވާހެން؟ އޭނަ ދުވަހަކު ވެސް ޒޫ ދެކެ ލޯތްބެއް ނުވޭ! ނުވެސް ވާނެ، އޭނާޔަކަށް ނޭގޭނެ މަ ކޮށްދޭ ގޮތަށް އެއްވެސް ކަމެއް ކޮތްދޭކަށް، މަ ކިހާ ލޯބިން ހުރިހާ ކަމެއްވެސް މި ކޮތްދެނީ” އޭތި ޒޫމީގެ ކަންފަތާ ކުޅެމުން ބުނެލިއެވެ. އޭތި ބޭނުން ވަނީ ޒޫމީ އީތަން މަތިން ފޫހި ކުރުވާށެވެ.”ކަލޭ ކީއްވެތަ މަގޭ ފަހަތުން ނެއްޓެން ނޭގިގެން ތިއުޅެނީ؟،ކަލެއާ ހުރެ މަށަށް ނެތޭ އެއްވެސް ހަމަޖެހުމެއް” ޒޫމީ ހިތްވަރު ކޮއްފާ ބުނެލިއެވެ. ” ހައްހައް… ލޯބިވާތީ މިއުޅެނީ ނެއްޓެން ނޭގިގެން އެހެން ނޫނަސް މަ ކިހާ ލޯބިން މިއުޅެނީ ” އެހެން ކިޔާ އޭތި ބާރަށް ހޭން ފެށިއެވެ.” ބަލަ ކަލެއަކަށް ނޭގޭތަ މަމީ އިންސާނެއްކަމެއް؟ ކަލެއަކަށް ނޭގޭތާ އިންސާނަކާ ޖިއްނިއަކާ އެއްކޮއް ނޫޅެވޭނެކަމެއް؟” ޒޫމީވެސް ދޫކުރާކަށް ބޭނުންނުވިއެވެ. އޭނަޔަށް ހުރީ އާ ހަތްވަރެއް ލިބިފަ ކަހަލައެވެ”.އާޗާ…ކަލޭމެން އިންސާނުން ނަކީ ހާދާ ކިބުރުވެރި އެއްޗެކޭދޯ؟ މާމޮޅު ވާހަކަ ދައްކަން އުޅޭނެކަމެއް ނެތް، ކަލޭމެން އިންސާނުންނަކީ ކޯއްޗެއް؟ ތީއީ އެއްވެސް ބައެއް ނުން، އެއްވެސް އާރެއް ބާރެއް ނެތް ނިކަމެތިބައެއް، ދެން ކޮން މޮޅުކަމެއް ދައްކާކައްތަ؟” އެހެން ކިޔާ އޭތީ ޒޫމީ ގައިގައި ބައްދާގަތެވެ. އޭތި ހުރީ އޭތީގެ ބޮޑާކަމާ އެދި ފަޙުރުވެރި ވެފައެވެ. .”އައްޗި.. އާރެއް ބާރެއް ނެތް ނިކަމެތި އިންސާނުން ފަހަތުން ނެއްޓެން ނޭގިގެން ދެން ތިދުވަނީޔޯ؟” ޒޫމީ ވެސް ޖެހިލުމެއް ނެތި ބުނެލިއެވެ. ” ކަލޭދެކެ ލޯބިވާތީ މިދުވަނީ އެނގިއްޖެތަ؟، ކަލޭ ލޯބިވާ ފިރިމީހާޔަށް ވެސް މަ ބޭނުން ގޮތެއް ހެދިދާނެ، އެކަމަކު ގޮތެއް ނަހަދާ މިއިނީ ކީއްވެކަން އިނގޭތަ؟، އެވެސް އޭނަޔަށް ކަމެއް ވެއްޖެއްޔާ ކަލޭ ހިތާމަ ކޮއް ކޮއް މަރުވެދާނެތީ، ކަލޭ މަރުވެއްޖެއްޔާ މަ ދެރަވާނެތީ، އެވަރުން ވެސް ކަލޭ ގަބޫލެއް ނުކުރަންތަ، މަ ލޯބިވާވަރެއް؟” އޭތި އެހެން ބުނުމުން ޒޫމީ ދިޔައީ ރުޅިއައިސްގެން އަލިފާްން ވެގެންނެވެ. “ކަލޭ ބަލަން ހުންނާތި” ޒޫމީއަށް އެހިސާބަށް ބުނެވުނުތަނާ އޭތި ޒޫމީގެ އަގަމަތީ އަތް އެޅިއެވެ. ” ބުނަންތަ ވާހަކައެއް މިތާ ހުރެވެސް މިހާރުން މިހާރަށް އެ އީތަންގެފުރާނަ ވެސް ދުއްވާލަފާނަން ” އޭތި ފަޙުރުވެރި ވެފަ ބުނެލިއެވެ. އޭތި އެހެން ބުނުމުން ޒޫމީ ވަގުތުން ފިނިވިއެވެ. އިތުރަށް އެއްޗެއްބުނަން ނުކެރި ހުރީއެވެ. .”އަދި ބުނަން ކަލޭމެން ކިތައްމެ ވަރަކަށް ދަރިން ހޯދަން އުޅުނަސް، އެކަމެއް ނުވާނެ، ތި ބަނޑުން އުފަން ކުރަންނާ ކުރަން ޖެހޭނީ މަގޭ ދަރިއެއް! ” އޭތި ލޯ ހަނިކުރަމުން ޒޫމީއާ ދިމާލަށް ބުނެލިއެވެ. ޒޫމީ ހުރީ ބުނާނެ އެއްޗެއް ނޭގި ބަސް ހުއްޓިފައެވެ. ” އަދި ބުނަން ކަލޭގެ ލޯބިވާ ފިރިމީހާގެ ސިފާގަވެސް އޮންނާނީ، އެއްކޮއް ނިދާ ހުރިހާކަމެއް ވެސް ކޮއްފަ!، އެވެސް ކަލޭދެކެ ވާލޯބިން، ހެހެހެ…ކަލޭ ހިތުން އެވެސް ކަލޭގެލޯބިވާ ފިރިމީހާ” އޭތިނުލަފާ ވައްތަރު ތަކެއް ޖައްސާފަ ދުންގަޑަކާ އެކު ގެއްލިއްޖެއެވެ. ޒޫމީ ހުރީ ހުރިތަނައް ގަނޑުވެފައެވެ.” މަގޭ ދިރިއުޅުމަށް ކޮންފަދަ މުސީބާތެއްބާ ޖެހިގެން މިއުޅެނީ؟ ކީއްވެތަ އެކަކުވެސް މަ ދައްކާ ވާހަކަ ގަބޫލް ނުކުރަނީ؟ ހެޔޮ ކޮންމެ ގޮތެއް ވިޔަސް އަހަރެން މިކަމާ ކުރިމަތި ލާނަން” ޒޫމީ ހިތާހިތާ ވާހަކަ ދައްކަމުން ގޮސް ވަނީ ކޮޓަރިއަށެވެ. އެރޭ ވެސް ޒޫމީއަށް ނިދުނީ ވަރަށް ލަހުންނެވެ.
………ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhippi

Level 4100 Comments10 Stories

My name is Athifa Adam (Dhippi). I like to read and write stories. I am from K.Mal'e. I'm a woman. I'm 35 years old.

Other Articles

Previous

ލޯބިން އަންނާށޭ ކަލާ…

Next

ޒާރާ (7)

Next
August 8, 2017

ޒާރާ (7)

Previews
August 7, 2017

ލޯބިން އަންނާށޭ ކަލާ…

12 Comments!

  1. Adam says:
    August 7, 2017 at 9:15 pm

    Ummeedhu kuran mi part ves reethi vaane kamah

  2. Kikkkì says:
    August 7, 2017 at 9:27 pm

    Reethi..
    Ekamaku haadha kurukohney thi up kurany..
    Thankolheh dhigukoh up kohla dheebala

    1. Adam says:
      August 7, 2017 at 9:51 pm

      Insha Allah next part dhigu kohlaanan aslu phone up kuraathi liye liye indhaa phon ayas ehkoh innanee fani araafa anehkaa jehenee alun liyan ehenve asu liyan beynun vaavarah dhigu Koh nuliyeveny

  3. cha,, says:
    August 7, 2017 at 9:30 pm

    Nice

    1. Adam says:
      August 7, 2017 at 11:04 pm

      Thanks cha

  4. khajja says:
    August 7, 2017 at 10:28 pm

    Alhey haadha kurey ??? stry v rythi ekam kuru v ma massala aky when nxt prt avahah up koh dhybala plx gud nyt❤?????

    1. Adam says:
      August 7, 2017 at 10:51 pm

      Thanks khajja next part dhigu kohlaanan insha allah

  5. zoomy says:
    August 7, 2017 at 10:40 pm

    Hadi

    1. Adam says:
      August 7, 2017 at 11:02 pm

      Hehe thanks zoomy thee assu beynunva kahala comment akee Eyrun ithurah ragalhu kuran ingeynee

  6. Ram says:
    August 8, 2017 at 10:47 am

    Noon alhe e goast ge baby eh born nukurahcheyyy… ? ekam story hama habbu igeyy…

  7. click a shot ? says:
    August 8, 2017 at 3:39 pm

    V.reethi mi part ves….?☺️?Awesome

  8. Ainth says:
    August 24, 2017 at 7:52 pm

    Aslu ehaa bodakah vaahakaige thereakah nuveh vadhevey. Vedhaane genesdhyfa oeh gothunves. Ekam vaahaka hadiehves nun. Dhen liyaairu v rangalhu kohlaane kamah hykuran

Comments are closed.

Next Episodeބީހުން….(10)←


All Right Reserved!