Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ގޮއްޔެ (7)

saana Level 110 Stories
August 5, 2017 One Min Read
57 Comments

އަވަސް ކޮށްލައިގެން މީހަކަށް ނުފެނި ސަލްމާއަށް ގޭން ނިކުމެވިއްޖެއެވެ. ނަސީބު ވަރަށް ރަގަޅެވެ. އަތިރިމައްޗާ ހަމަ އަށް ދެވުނު އިރުވެސް މީހެއްގެ ހިލަން ވެސް ނުވެއެވެ. ސަލްމާ ހިނގަމުން ގޮސް އިއްޔެވެސް އިން ވެލިގަނޑުމަތީ އިށީނީ ނަސީރު ކޮބާ ބާވަޔޭ ހިތައެވެ. އެވަގުތު ވަރަށް ގާތުން ނަސީރު ބުނެލިއަޑުއިވުނެވެ.

“މިއަދު ހާދަ ތަފާތޭ! މާލޭމީހުން އައީމަތަ؟” ސަލްމާ އެއަޑަށް ބަލާލި އިރު ނަސީރު ހުރީ ސަލްމާއާއި ވަރަށް ގާތުގައެވެ. ޖަވާބުގައި ސަމްލާ ބޯހޫރާލިއެވެ. ސަލްމާ ތަފާތީ ނަސީރަށް ޓަކައެވެ. ނަލަ ހެދިފައި އިނީވެސް ނަސީރަށް ދެއްކޭށެވެ. ސަލްމާއަށް ވެސް މިއަދު ސަލްމާ ތަފާތެވެ. މީގެ ކުރިން އެހިތް އޮތް ގޮތާ މިއަދު އެހިތް އޮތް ގޮތްވެސް ޔަގީނުންވެސް ތަފާތު ވީ ކަންގައިމެވެ.  ދެމީހުންގެ ހަތަރު ކަޅި ބައްދަލުވި ހިނދު އިރުކޮޅެއް ގެ ހިމޭންކަމެއް އެދެމެދަށް ވެރިވެގެން ދިޔައެވެ. ސަލްމާ އިސް އޮބާލުމުން ނަސީރު ސަލްމާ ގާތު އިށީނެވެ.

“ގޮއްޔޭ، އަހަންނަށް މާފުކުރޭ. އަހަރެން ގެ ހިތުގަ އޮތް އެއްޗެއް ފޮރުވައިގެން އިންނަމަ މިއަދު ގޮއްޔެ ތިހާ ދެރަފެވަ އިންނާކަށް ނުޖެހުނީސް. އެހެން ނޫންނަމަ ގޮއްޔެއަށް ވެސް މިހިތުގަވާ އެއްޗެއް އަބަދު ގެ އަބަދަށް ސިއްރު ވެގެންދާނެ.” ނަސީރުގެ ހިތް ފަޅައިގެން ގޮސްފައި ވާކަހަލަ އެވެ. މިއަދު ސަލްމާމެން ގޭ ތެރޭގައި ހިނގާދިޔަ ހުރިހާ ކަމެއްގެ ޚަބަރު ނަސީރަށް އޮތީ އެނގިފައެވެ. އެހިތް ވަނީ ފުން ކަނޑެއްގައި ޢަރަޤުވެފައެވެ. އެއީއެއް ދޭނެ މީހަކު ނެތެވެ. ހިތުގެ ޝަކުވާ އުފުލާނީ ކާކު ގާތަށް ގޮއްސަ ކަމެއްނޭނގެއެވެ. ގޮއްޔެ ގެ ކުށެއް ނެތެވެ.

“ނަސީރުތިޔަހެން ވާހަކަ ނުދައްކާ..އަހަރެން ވަރަށް ދެރަވޭ… ނަސީރަށް ކިހިނެތް އެނގެނީ މިހިތް އޮތް ގޮތެއް…. މިހިތައް ކުރާ އަސަރެއް.”

ތުރުތުރުލާ އަޑަކުން ސަލްމާ ބުނަމުން ދާ ބަސްތަކަކީ ހަލާކުވެފައިވާ ހިތަކަށް ލޮނުމިރުސް އަޅާލުން ފަދަ ކަމެއް ގޮތުގައި ނަސީރަށް އިހްސާސް ކުރެވެމުން ދިޔައެވެ. ދެހިތްވެސް އެއްހާލެއްގައި ޖެހިފައިވާ ކަހަލައެވެ. ދެހިތައްވެސް ކުރަނީ އެއް އިހްސާސެކެވެ.

“އަހަންނަށް އެނގޭ ގޮއްޔެވެސް މަށާ ހިތާވެއްޖެކަން….ދުލުން ބަހެއް ބުނުމަކާ ނުލާވެސް ލޯބި ވެވިދާނެ. ގޮއްޔޭ، އިއްޔެ ބުނީމެއްނުން ދެބީރައްޓެހިންނަށް ވާށޭ… ގޮއްޔެ އަށް ވެވިދާނެތަ…އަޅެ ގޮއްޔެ އަށް ތިހިތް އެ ފަހުދުގެ މައްޗައް އަނބުރާ ލެވިދާނެތަ. ”

ސަލްމާ އަޑުން އަޑުނަގާ ނުރުޔެއް ކަމަކު އެހިތް ރޮނީ އެވެ. މިފަދަ މަޖުބޫރިއްޔެއް ގައި ދެން ހަދަން ޖެހޭނީ ހިނެތް ބާއެވެ.

“ގޮއްޔެ ގޭމީހުން ބުނާގޮތް ހެދުން އެއީ އެންމެ ރަގަޅުގޮތް. ގޮތްޔެ ވާނީ ހިތް އޮބަހައްޓަން. އަހަރުމެން ދެމީހުން އެކަކު އަނެކަކާ ކިތައްމެ ހިތާވިޔަސް މިކަމެއް ނެތް ތަގުދީރުގެ ގަލަމުގައި ލިޔެވިފައެއް. ޒަމާނެއްގެ ކޮޅުން ވިޔަސް ގޮއްޔެ ރަށަށް އައިސިއްޔާ ނަސީރުގެ ޚަބަރެއް ބަލާލާތި…މިނަސީރު ތިޔަލޯބީގައި ފަނާވެދާނީ، އެންމެ ފަހު ވަގުތުވެސް ގޮއްޔެއަށް އުފާވެރި ދުވަސްތަކެއް ދެއްވުމަށް އެދިއެދި އޮވެ. އިރާދައިގަ ހުރީ ވިއްޔާ އަދި ގޮއްޔެ ގެ ތިރީތިމޫނު އަހަންނަށް ފެންނާނެ. ގޮއްޔެ މިރަށަށް އަންނާނެ.”

“ނަސީރޫ. އަހަރެން މިދަނީ މިރަށާ އަބަދު ގެ އަބަދަށް ވަކިވެގެންނޭ ކާކުބުނީ..؟އަހަރެން އުޅެބޮޑުވިރަށް މީ..މާމަޔާ ކާފަވެސް މިތިބީ މިތާ. އަހަރެން އެނބުރި އަދިވެސް އަންނާނަން..އެދުވަހަކުން ތިބުނިހެން ނަސީރުކޮބާތޯ އަހަރެން ބަލާލަން. އަހަރެން ނަށް ކަމެއްކޮށް ދެންޏާ އަހަރެން އުފަލުގަ ބަހައްޓަން ބޭނުމިއްޔާ ނަސީރުވެސް މީހަކާ އިނދޭ. ނަސީރުވެސް ވާނެ އުފަލުގަ އުޅެން. އެހެންނޫނީ ދެން ކިހިނެތް އަހަރެން އުފަލުގަ އުޅޭނީ…..އަހަރެންގެ ހުރިހާ އުފަލެއް މިހާރުގުޅިފައިވާ މީހަކީތީ.”

ނަސީރު އެއްޗެކޭ ނުބުނެ އިނީއެވެ. ސިކުނޑީގެ ހައިޖާނުގަނޑުބޮޑުކަމުންނެވެ. ގޮއްޔެ ނޫން މީހަކާ އިނދެވިދާނެއެވެ. އެކަމަކު މިހިތްއެމީހަކަށް ނުދެވެންޔާ އެއީ ވަފާތެރިކަން ކަމަށް ބެލޭނެ ހެއްޔެވެ. ވަފާތެރި ކަމަކީ ކައިވެނީގެ އެއްބަޔެވެ.

“މަގޭ ހިތް ކޮންމެ ގޮތަކަށް އޮތަސް މަބަލާނީ ފިރިމީހާގެ ބަސް ގަބޫލުކޮށްގެން އުޅެވޭތޯ. މާމަޔާ ކާފަގެ ނަސޭހަތަކީ އެއީ. އެހެންވީމަ އަހަރެންގެ ހިތް މިރަށު ފަސްގަޑުގަ ކަފުންކޮށްފަ ދިޔަސް މާލޭގައި އަހަރެން ވާނީ ފަހުދުގެ އަނބިމީހާޔަށް.”

ހިތް ކަފުން ކޮށްފައި ހެއްޔެވެ. ނޫނެކެވެ. ހިތްވަނީ ނަސީރަށް ހިބައިން ދެވިފައެވެ. އެހެން މީހަކަށް ރެވިއޮއްޓަރެއްގެ ޖާގަވެސް އެހިތަކުން ދެވޭކަށް ނެތެވެ. ލާކޮންމެ ނޭވާއެއްގައި ވަނީ ނަސީރުގެ ހަދާން ތަކެވެ. ބަލާލާ ކޮންމެ ދިމާލަކުން ފެންނަނީ ނަސީރުގެ ސޫރައެވެ. ހިތްއަބަދު ގޮވަނީ ނަސީރުގެ ނަމެވެ. މިވަރުންސަލްމާއަށް ނަސީރާނުލައި ކެތްވާނެބާއެވެ.

“ގޮއްޔެ ދުވަހަކު ކޮޅުންވިޔަސް އަހަރެންގެ އެހީތެރި ކަމެއް ބޭނުން ޖެހިއްޖެއްޔާ ސީޓީއެއް ފޮނުވާލާ. އިރާދަކުރެއްވިއްޔާ އެސިޓީއެއްލިބޭ އޮޑިޔަކުން އެނބުރިއަހަރެން ދާނަން. މިނަސީރަކީވެސް އެހާ ހިތްވަރު ދެރަމީހެއްނޫން..ކެތްތެރިވާނަން ، ތަގުދީރު ކުޅޭ ކުޅިގަނޑެއްވެސް އެނގިދާނެތާ” ސަލްމާގެ މޫނަށް ބަލާލަމުން ނަސީރު މިހެން ބުނެ ނިނަމާލިިއިރު ސަލްމާވެސް އިނީ ނަސީރާ ދިމާއަށް ބަލަހައްޓައިގެން ނެވެ.

ދެމީހުން ދެމެދު ބަސްމޮށުންތެރި ކަމަކާ ނުލާވެސް އެތަކެއްވާހަކަ ތަކެއް ދެކެވުނެވެ. އެތަކެއް ވަޢުދުތަކެއް ވެވުނެވެ. ސަލްމާ ނަސީރުގެ މޫނަށް ބަލަމުން ދިޔައީ ނިކަންފަރުވާތެރި ކަމާއެކުއެވެ. ހީވަނީ މުޅި އުމުރު ދުވަހަށް ވާވަރަށް ހިތުގައި އެސޫރަ ކަނޑާ ބިންވަޅުނަގަން މަސައްކަތް ކުރާ ހެނެވެ. ނަސީރުބަލާލުމުން ސަލްމާ އިސްޖަހާލިވަގުތު ނަސީރުގެ އަތުގައި ކޮންމެވެސް އެއްޗެއް އޮތްކަން ސަލްމާއަށް ފާހަގަ ކުރެވުނެވެ. ސަލްމާ ނަސީރުގެ އަތަށް މާވަރަކަށް ބަލާތީ ނަސީރު ހީލުމަށް ފަހު ލައްޕާލެވިފައި އޮތް އަތް ސަލްމާއަށް ދިއްކޮށްލިއެވެ. ސަލްމާވެސްް އޭނާގެއަތްތިލަ ނަސީރުގެ އަތުގައި ކިރިޔާ ޖެހޭ ނުޖެހޭ ހިސާބުގައި އެއަތް ދަށުގައި އަތްބާއްވާލިއެވެ. ނަސީރުގެ މުއްދޫކޮށްލުމާއެކު ސަލްމާ އަތަށް ބަރުއެއްޗެއް ވެއްޓިގެން ދިޔައެވެ. އެއީ ބަރު ލަކުޑި ކޮޅެކެވެ. ހިތެއްގެ ބައްޓަމަށް ކަނޑާފައި އޮތް ލަކުޑިކޮޅެކެވެ. “ގޮއްޔެ” ނަން ނިކަން ރީއްޗައް ކަނޑާ ނަގާފައި އޮތެވެ.

“ތީ މަ ގޮއްޔެ އަށް ދޭ ހަދިޔާއެއް……ރައްކާ ކުރާތި. ”

ސަލްމާއަށް އެ ކުޑަ ލަކުޑި ކޮޅާ ދިމާއަށް ބަލަ ހައްޓައިގެން އިނދެވުނީ އެވެ. ނަސީރު މިއަދު މިދިމާ އަތިރިން އަކިރި ކޮޅެއް ނަގާފައި ދިން ނަމަވެސް ސަލްމާ ގެ ހިތް ފުރޭނެއެވެ. ޖަވާހިރަކަށް ވުރެ އަގުބޮޑުވާނެއެވެ. ކުއްލިއަކަށް ނަސީރު ތެދުވިއެވެ. ” މިދިމާ އަށް ބަޔަކު އެބަ އާދޭ….ދެން ދަނީ…ހިތް ހެޔޮ ކުރާތި. މިހިތުން ދުވަހަކުވެސް ތިޔަ ސޫރަ ފިލައިގެން ނުދާނެ. އެންމެ ފަހު ފަހަރުވެސް ބުނެލަން ބޭނުން. ވަރަށް ލޯބިވޭ”

ސަލްމާވެސް އިންތަނުން އޭރު ތެދުވެއްޖެއެވެ.މަގު ކޮޅުން ބަޔަކު އަންނާތީ އެބަ ފެނެ އެވެ. ނަސީރު ގަސްތަކާ ކުޑަކޮށް ނިވާވެލިއެވެ. “އަހަރެން ދަނީ .. މާލެ ދިޔުމުގެ ކުރިން އެންމެ ފަހުފަހަރަށް ފެނިލަން ބޭނުން…އެއީ އޮޑިއަށް އަރާ ވަގުތު ކަމުގަ ވިޔަސް ހެޔޮ.”

ސަލްމާއަށް މާބޮޑު އެއްޗެއް ބުނެވޭ ގޮތެއް ނުވިއެވެ. އެއަންނަނީ މާލޭން އައި މީހުންނެވެ. ހީވާގޮތުން ރަށުތެރެ ބަލާލަން ރަށް ވަށާ ބުރު ޖަހަނީއެވެ. ނަސީރު ދައްކާ ވާހަކައަށް ސަމާލުކަން ނުދެވިގެން އުޅެނިކޮށް އެމީހުން ސަލްމާއާއި އަރާ ހަމަ ކޮށްފިއެވެ. ނަސީރު ގަސްތަކު ތެރެއިން ނިކުމެ ގޭދޮށަށްދިޔައެވެ. ސަލްމާ މުށުގެ ތެރޭގައި ނަސީރުދިން ލަކުޑި ހިތް ފޮރުވާލިއެވެ. އެއީ ނަސީރުގެ ހިތެވެ.

********

އާދުވަހަކަށް އިރު އަރައިފިއެވެ. އެހެން ދުވަސް ދުވަހާ ބަލާ މިއަދު ގޭތެރެ ހަލަބޮއްޔެވެ. ރޭ ކެއި ގަޑީގައި އެންމެން ސައްލާކުރުމަށް ފަހު ނިންމީ މިއަދު ވާންޏަށް ގޮސް ކައިވެންޏަށް ކައްކަން ބޭނުންވާ ސާމާނު ގަންނާށެވެ. ކާފަގެ ތިމާގެ މީހުން ވާނީގައިވެސް އުޅޭނެތީ އެމީހުންބަލާ ދާ ދަތުރާއި އެއްދަތުރަކަށް މިދަތުރު ހަދަން ވިސްނިއެވެ. މުހައްމައިދީ ބޭނުންވަނީ ރަށު ރައްޔިތުންނަށް ކޭންދޭށެވެ. މުހައްމައިދީމެން ރަށަށް އަންނަމުން ގެނެސްފައި ހުރީ ނިވިދިއްލޭ ބޮކިިސެޓާއި ދިގުު ހޮޅިބުރި ބުރިއެވެ. އަމިއްލަ ޖަނަރޭޓަރަކާއި އެއަށް އަޅާނެ ޑީސަލްއެވެ. އާބިދާއާއި ވަހީދާ ބޭނުންވަނީ ރަށުގައި މީގެކުރިން ނުކުރާވަރުގެ ބޮޑު ކައިވެންޏެއް ކުރުމަށެވެ. ވެގެންވާނަމަ އަތޮޅަށް ކޭންދިނީހެވެ. އެންމެންވެސް ވަރަށް ފޯރީގައި ކައިވެނީގެ ތައްޔާރީތައް ވަމުން ދަނީ އެވެ. އެންމެ މީހެއް ފިޔަވައެވެ. ސަލްމާ އެވެ.

Share Article

Follow Me Written By

saana

Level 110 Stories

Other Articles

Previous

އައިކާ (5)

Next

ދިހައެއް ( ފަސްވަނަ ބައި )

Next
August 5, 2017

ދިހައެއް ( ފަސްވަނަ ބައި )

Previews
August 5, 2017

އައިކާ (5)

57 Comments!

  1. maroon says:
    August 5, 2017 at 1:26 pm

    Alhey… kaahteyge hiy halaaku thikurany ?
    Goyye ehen nuhadhaa.. maama kairee buney ehen myheh dheke ey loabivany.. maama ah understand vaane… v v dhera vejje… be brave kaahtey ❤
    Saana v v reethi vaahaka.. v ginain belijje mi vahaka upveythw.. it is awesome..ekam kahtey ah dhera gotheh nuhadha?
    ???

    1. song joong ki..KOREAN says:
      August 5, 2017 at 2:05 pm

      MAROOOON!!! alhe balaaba kaahtey yaa gohye ah vee goih. dhn salmaa male’ dhiyaima kaashi theyo vaheh vx nudhuvaanennu.

    2. maroon says:
      August 5, 2017 at 2:13 pm

      Yh dhw.. its so sad ?
      Saana ehen nuhadhaanan dhw ?

    3. song joong ki..KOREAN says:
      August 5, 2017 at 2:33 pm

      yaa. 🙁 adhi fahun rangalhuvaane hen heevany. salmaa dhn kaahtey dhookosheh nulaanu

    4. maroon says:
      August 5, 2017 at 2:39 pm

      Dhn ekamakuves dhw ?
      Saana when next part

    5. song joong ki..KOREAN says:
      August 5, 2017 at 2:56 pm

      hehe maroon. salmaa bunyennu kaahtey kaary avahaa myhakaa innaashey. maroon dhey avahah kaahtey kaariah 😉 😀

    6. maroon says:
      August 5, 2017 at 3:38 pm

      I dnt think he will accept me. After all i hate coconut oil ?

    7. saana says:
      August 5, 2017 at 3:42 pm

      thank u for ur support
      iraadha kureh vihyaa salma n naseeru gulheyne dho

    8. song joong ki..KOREAN says:
      August 5, 2017 at 3:44 pm

      hahaha. i almost forgot about coconut oil. 😀 ehenviyya dhn dhey dhun boat kaariah. eyrun salma ya kaahtey libeynu 😉 🙂 😉

    9. maroon says:
      August 5, 2017 at 3:57 pm

      Eww.. cheedi… never never.. hehehe… dhun boatah ehen myhaku dhakkan vy

    10. song joong ki..KOREAN says:
      August 5, 2017 at 4:14 pm

      hahahahaa. gud. theyo boatu dhww dhun boatah. ahcheediyoooi! 😀 ehnviyya dhn ehen kaahtey eh hoadha. but coconut oil vas nudhuvaa 😉 😉

    11. maroon says:
      August 5, 2017 at 4:33 pm

      Hehehe… hoadhanvy.. saana in sha Allah.. thts happy hope ? this story is the best ?

    12. song joong ki..KOREAN says:
      August 5, 2017 at 4:37 pm

      haha google ga jahaila hoadhan beynumiyya. lol 🙂 🙂

    13. maroon says:
      August 5, 2017 at 5:03 pm

      Hehe.. google ga jahaalaanan ?

    14. song joong ki..KOREAN says:
      August 5, 2017 at 5:32 pm

      hehe yaa 😉 🙂

    15. song joong ki..KOREAN says:
      August 5, 2017 at 6:57 pm

      miadhuvx adha maa bxy kanneynge dhw maroon. i think i also can’t be in touch for one week in this site as my diagnostic test begins tomorrow 🙁 well, but i’ll surely read this story after my examinations , saana 🙂 😀

    16. Adha? says:
      August 5, 2017 at 7:51 pm

      Ey alhugandu eba ulhemey.. dhathuru dhiyaa overnight akah.. wifi nulibeythy story nukiyuny but 6 vana part ves hama varah majaa dw.. dhun boat dw mihaaru.. ?hehe?

    17. song joong ki..KOREAN says:
      August 5, 2017 at 8:09 pm

      yess adha is back. hehe but S.J.K miulhey one week ah kuda chuttee eh nagan 😀 mind-numbing exams 🙁 hehe yeah dhun boat aisgen ulheny mihaaru 😀

    18. maroon says:
      August 5, 2017 at 8:14 pm

      Missed u adha. Will miss u S.J.K.. study well..dhun boat ?
      Kaahtey ❤

    19. song joong ki..KOREAN says:
      August 5, 2017 at 8:34 pm

      thanks dear maroon. will miss u both 🙂 hehe kaahtey n gohye mathinvx miss vaane 😉 saana too.

    20. Adha? says:
      August 5, 2017 at 9:26 pm

      Awww❤ Missed u too guys.. nd will miss u S.J.K.. study well?

    21. Adha? says:
      August 5, 2017 at 9:40 pm

      Maroon kaahtey dheke mioh vaa loaibeh dw..? saana.. salmaa dhun boat ah dheefa kaahtey ah dhee maroon??

    22. song joong ki..KOREAN says:
      August 5, 2017 at 9:46 pm

      yes. hey Adha. maroon kithamme loabi viyas kaashi theyo vas dhuvaathii noolheveyneyo buny. 😉 😀 hahah ehnve ehn kaahtey eh hoadhan ulheny. mihaaruvx neih kameh neynge dhww maroon 😉

    23. maroon says:
      August 5, 2017 at 9:50 pm

      Hehehe… kaahtey maroon ah dhiniyyaa goyye hiy fudu fudu vaane ehnu… ehen kaahtey eh hoadhan google ga jahaigen miulheny.. kyhkuraany mizamaanuga thibeny dhun boatun viyyaa

    24. song joong ki..KOREAN says:
      August 5, 2017 at 9:57 pm

      heheheh. gud point. mihaaru hus dhun boatun dhw ulheny. ehnve ehnu pollution vx ginaee 😉 knmx dhun boat eh nuhoadhaathi. egypt ga inna pyramid hen hair style hunna myhunvx ulheynu just like fahudhu. lol 😉 😀

    25. Adha? says:
      August 5, 2017 at 10:04 pm

      Haha.. Aan dw..?

    26. song joong ki..KOREAN says:
      August 5, 2017 at 10:06 pm

      hmm 😀 kobaa maroon fily tha ehen bunyma???

    27. maroon says:
      August 5, 2017 at 10:08 pm

      Thihenve kanneyge saaf vai nethy.. hehe… pyramidun dhun arany thoahcheh…

    28. song joong ki..KOREAN says:
      August 5, 2017 at 10:14 pm

      heheheh. hinga thin myhun vegen egypt ah gos pyramidun dhun araitho balailan. 😉 😉 hehe eyrun fahudhu athulai ganefaane dhw 😀

    29. maroon says:
      August 5, 2017 at 10:23 pm

      Cool idea?

    30. song joong ki..KOREAN says:
      August 5, 2017 at 10:29 pm

      hehe 🙂 😀 ekam cool eh nuvaane dhiyaima 😉 dhun araa varun jeheynee fahudhu valhulan!! so that the mission will end 😉 knmx konna boateh gendhan handhaan kuraathi maroon.

    31. Adha? says:
      August 5, 2017 at 10:31 pm

      Dhamaa dw?. Bags thah pack mihaarunsure??

    32. song joong ki..KOREAN says:
      August 5, 2017 at 10:38 pm

      me 2 :p bodu foshi thayyaaru kureyyy!! DREAM in dhw dhaany. hehe 😉 😀 Adha n maroon fahudhu bolun araa dhun maithiri kuran jeheynee 😉 :p 😀

    33. Adha? says:
      August 5, 2017 at 10:40 pm

      E ok vedhaane kaashitheyo alhanikn?

    34. maroon says:
      August 5, 2017 at 10:41 pm

      Maroon ready… saana ah kihaa faseyha vaane thin myhun fahudhuge dhun kolhu maithiri kofiyyaa. Eyrun kaashi theyo couples gulheyne ehnu..

    35. maroon says:
      August 5, 2017 at 10:43 pm

      Adha eyrah bomeh hen govaane fahudu ???
      Saana aharemen story thereah vadhevey varun mihaa comment kureveny… ?

    36. song joong ki..KOREAN says:
      August 5, 2017 at 10:46 pm

      hehehe yaa. kaashi theyo couple gulhihjiyya e nimuny. Adha boluga laan gengulhey kaashi theyo gendhaathi knmx 😉 maroon n S.J.K dhuve filaanan eyge vas jehen vaairah dhw maroon 🙂 🙂 😉 but dhamun ADHA vx govaigen dhaany. eyrah fahudhuge dhuvas dhaane eygen dhuvaa myru FEELINGS PERFUME vahunvx. eww. 😀

    37. song joong ki..KOREAN says:
      August 5, 2017 at 10:48 pm

      Heheh ehnviyya dhevana atomic bomb eh vahtaali kamuge thuhumathuga 3 myhun hayyaru kuraany 😉 hehehe

    38. maroon says:
      August 5, 2017 at 10:57 pm

      Hehehe… ehaaves oilge baaru gadha thaa… saana if u need any help to get fahudu out of the picture, we are here ?

    39. saana says:
      August 5, 2017 at 11:04 pm

      hehehe…thanks

    40. song joong ki..KOREAN says:
      August 5, 2017 at 11:03 pm

      ofcourse. kaahtey kanneynge kaashi theyo invent kuryvx. 😉 😀 eyrun fahudhu men kahala stupid stylish myhunnah kaarieh nuveveynu vas rangalhu kamun. hehehe

    41. Adha? says:
      August 5, 2017 at 11:07 pm

      Saana hunnaany rulhi aissa kanneynge nw mihaa comment kuraathy dw??.. ekam keeh kuraany dw mee hama first class story eh.. evaahaka nudhakka ves nuthibeveyne ehnu?

    42. song joong ki..KOREAN says:
      August 5, 2017 at 11:10 pm

      saana naannaane rulhi eh. dhw saana! varah cool vaaney 😉 mee hama dhn hot story eh. 😀 coconut oil kaahtey VS dhun boat fahudhu, first class news!!

    43. maroon says:
      August 5, 2017 at 11:13 pm

      We have so many plans to destroy fahudu… hihihi… ?
      Saana… adha bunihen hama first class.. could read repeatedly without getting bored

    44. maroon says:
      August 5, 2017 at 11:17 pm

      We have so many plans to destroy fahudu.. hihihi.. ?
      Saana adha bunihen first class.. repeat koh kiyaalevey foohi nuve?

    45. song joong ki..KOREAN says:
      August 5, 2017 at 11:22 pm

      heheh. unlimited plans dhw 😀 dhn othy moonah kalhu theyo jehun!!! 😉 hehe.

    46. Adha? says:
      August 6, 2017 at 12:34 am

      Koba guys heevey.. this is not a chat room o kujjaku bunefi.. maa varakah viyya aharun mi angathalhany dw?

    47. maroon says:
      August 6, 2017 at 1:56 am

      Sorry manje. We will keep it down… ?

  2. song joong ki..KOREAN says:
    August 5, 2017 at 2:01 pm

    so emotional. kiriyaa nurovuny hama. kaahetyyyy!!! alhey salmaa dhookohlaafa nudhey. salma yah hiyy vx dheefa e dhiyaee. coconut oil heart. ohh. saana! this part is just amazing. vv reethi. but salmaa n kaahtey gulhuvahchey, 🙂 ehen nuuny kaahtey fanaa vedhaane. miadhuvx mi story up veytho belunu vareh neynge. ehaavx kiyaa hithun huree. waiting for nxt part 🙂 😀

    1. saana says:
      August 5, 2017 at 3:45 pm

      thank u song joong, miadhu lahun upkurevuneethee v soryy…abadhuves balan vee enme avahah upkoh dheveytho…InSha Allah maadhan next part

  3. ???? says:
    August 5, 2017 at 3:24 pm

    Haadha reehchey mi vaahaka. ..?? waiting 4 the nxt prt ingey

    1. saana says:
      August 5, 2017 at 3:46 pm

      varah bodah shukurihyaa

  4. Adha? says:
    August 5, 2017 at 4:35 pm

    Kihineh thihedhy saana.. kaashitheyo couple dhuru nukurahchey.. varah reethi mi part ves nd so emotional?
    Waitingss ❤❤❤❤

  5. iru says:
    August 5, 2017 at 11:22 pm

    Alhey haadha reechey..aaruga next epi

  6. Manje says:
    August 5, 2017 at 11:54 pm

    This is not a chat room ?

  7. Kamana says:
    August 6, 2017 at 12:05 pm

    Yey.. haadha inthizaareh koffeemey mi part ah. Konmeakas miothy mi part ves ki ifa. Dhen v salhi. Ekam v kuruhen heevanee.. alhe hinhama jehey varah dhigu kolla dheebala.

  8. Wowo says:
    August 6, 2017 at 3:40 pm

    When next part.waiting…..
    V salhi story.

Comments are closed.


All Right Reserved!