Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދިހައެއް ( އަށްވަނަ ބައި )

Ushe Level 110 Stories
August 8, 2017 5 Mins Read
11 Comments

ފަތިސްނަމާދުކޮށްގެން ރިޒުވީން އޭނާގެ ކޮޓަރީގެ ދޮރު ހުޅުވުމަށް ފަހު ކޮޓަރިތެރެއަށް ބަލައިލިއެވެ. ނަބީޙު އެނދުމަތީގައި އޮށޯވެލައިގެން އޮތެވެ. “މެޗު ބަލަން ނުދަނީތަ.؟” ރިޒުވީން ގޮސް ނަބީޙުގެ އިސްތަށިގަނޑުގައި މަޑުމަޑުން ހިފައިލިއެވެ. “އައްދޯއް.. އާނ ނުދާނަން.. ރޭ ހަތަރުދަމު ނުނިދާ އޮތީމަ ވަރަށް ނިދި އައިސްފަ މި އޮތީ.. ރިޒުވީ ގާތަށް ނިންޖެއް ނާދޭތަ.؟” ނަބީޙު ބޭނުންވީ ނިދާލާށެވެ. އެހެންވުމުން ނަބީޙަށް އިތުރު އުނދަގުލެއް ނުކޮށް ރިޒުވީން ނުކުތީ ބޭރަށެވެ. ބޭރަށް ނުކުތުމަށް ފަހު އިހަށް އިރުއަރާ މަންޒަރު ބަލާލާނީއޭ ހިތައި ރިޒުވީން ހިނގައިގަތީ ރަށުގެ އިރުމައްޗަށެވެ. ރަށުގެ އިރުމަތިފަރާތު ގޮނޑުދޮށާ ހަމައަށް އާދެވުމުން ގޮނޑުދޮށުގައި ބޮޑު ކަކޫ ހަދާލައިގެން ރިޒުވީން އިށީނެވެ. ހަމަހިމޭންކަމާއެކު އިރު އަރަމުންދިޔަ މަންޒަރު ބަލަން ރިޒުވީން އިނެވެ. އެ ވަގުތު ރިޒުވީންގެ ސިކުނޑީގައި ތަފާތު ޚިޔާލުތަކެއް އުފެދިފައިވެއެވެ. ޑރ.ހެންރީއަކީ ކާކުބާ؟ އޭނާގެ މަޤްޞަދަކީ ކޮބައިބާ؟ ޢާދިލް ސަރ ހައްޔަރުކުރީ އޭނާބާ؟ އޭނާ ޢާދިލް ސަރއަށް ވެގެން މި ކޮޅަށް އައިސް އެ އުޅެނީ ކޮން ބޭނުމެއްގަބާ؟ ޢާދިލް ސަރ މި މީހަކަށް އަނެއްކާ ގެއްލުމެއް ދިނީބާ؟ މިފަދަ އެތައް ސުވާލެއްގެ ޖަވާބު ހޯދަން ރިޒުވީން ބޭނުންވިއެވެ. ގަޑީގެ އެހީގައި އޭނާއަށް މި ސުވާލުތަކުގެ ޖަވާބު ހޯދޭނެއެވެ. ނަމަވެސް ގަޑި ‘ކޮމާންޑް’ތަކަށް މަސައްކަތްކުރަނީ ދުވާލަކު ދިހަފަހަރުވުމުން ރޭގައި ރިޒުވީން ކުރީ ތިން ސުވާލެވެ. އަނެއް ހަތް ‘ކޮމާންޑް’ ހަވީރު މެޗަށް ރައްކާކުރީއެވެ. އެއިރުން ގަޑީގެ އެހީގައި ސުކޯތަކެއް ކުރެވޭނެއެވެ.

މިހެން ޚިޔާލުތަކަށް ރިޒުވީން ގެއްލިފައި އިންދައި މީހަކު ފަހަތުން އައިސް އޭނާގެ ގައިގައި ކޮށްޓާލިއެވެ. ރިޒުވީން ސިއްސައިގެން ގޮސް ފަހަތް ބަލައިލިއިރު ޝަޙާ ހޭން ހުއްޓެވެ. “ރިޒުވީ އެކަނި މާއެކަނި މިތަނުގަ ކިއެއް ތިޔަ ކުރަނީ.؟ ކަމަކާ މާޔޫސްވެގެން ފިކުރުކުރަނީތަ.؟ މެޗު ބަލާލަން ވެސް ނުދަނީތަ.؟ ކޮބައި ނަބީ.؟ އަނެއްކާ ތި އިނީ ނަބީއާ ރުޅި ހަދާލައިގެންތަ.؟” ޝަޙާ ފުރަތަމަ ވެސް އެއްލައިލީ ސުވާލުތަކެކެވެ. “ހާދަ ސުވާލެއް އެއްފަހަރާ ތި ކުރީ.. އަހަރެން މި އިނީ ހަމަ ސަން ރައިޒު ބަލާލަން.. ނަބީއާ ރުޅި ހަދާލައިގެންނެއް ނޫނޭ.. ނަބީވީ ގޭގަ.. ނިދި އައިސްފަ އޮތީމަ ނުތެދުވާށޯ.. ހިނގާ ދެން ދާން ބާސްކެޓް ކޯޓަށް..” މިހެން ބުނެފައި ރިޒުވީނަށް ޝަޙާގެ އަތުގައި ހިފުނެވެ. “އުހޫމް.. ވޯ.. އަހަރެންނަކީ ކުޑަކުއްޖެއް ނޫނޭ.. އަތުގަ ނުހިފިޔަސް ދެވޭނެޔޭ..” ޝަޙާ ސަމާސާކޮށްލިއެވެ. ޝޙާ އެހެން ބުނުމުން ރިޒުވީން ޝަޙާގެ އަތުން ދޫކޮށްލީއެވެ. “ދެޓް ވޯސް ފޮ ފަން.. އޯކޭ ވާނެ..” ޝަޙާގެ އަތް ރިޒުވީނާ ދިމާއަށް ދިއްކޮށްލަމުން ބުންޏެވެ. “ދެން ނުދޫކޮށްލާނަން އިނގޭ..” ރިޒުވީން ކުރިއަށްވުރެ ބާރަށް ޝަޙާގެ އަތުގައި ހިފައިފާ ޝަޙާގެ އަތް ރިޒުވީންގެ ގަޔާ ގާތްކޮށްލިއެވެ. ޝަޙާއަށް ފުން ނޭވާއެއް ލެވުނެވެ. “ހޫނ.. ދެން ހިނގާ ދަމާ..” ޝަޙާ ތުންފަތުން ވައްތަރު ޖައްސާލުމަށް ފަހު ބުންޏެވެ. ޝަޙާ ތުންފަތަށް ޖެއްސި ވައްތަރު ފެނިފައި ރިޒުވީނަށް ހެވުނެވެ. ދެން ދެ ކުދިން ހިނގައިގަތީ ބާސްކެޓް ކޯޓަށް ދާށެވެ. ބާސްކެޓް ކޯޓާ ހަމައަށް ދެވެނުއިރު ވެސް ރިޒުވީން ހުރީ ޝަޙާގެ އަތުގައި ހިފައިގެންނެވެ.

ކުޅެމުން ދިޔައީ ވިލާ ކޮލެޖުގެ ޓީމާއި އެމްއައި ކޮލެޖުގެ ޓީމެވެ. ސަޕޯޓަރުންގެ ސިޑިބަރިވަނީ ފުރިބާރުވެފައެވެ. ތަންކޮޅަކުން ޖާގަލިބުމުން ރިޒުވީނާއި ޝަޙާ އަވަހަށް ގޮސް އިށީނެވެ. “މި ދެ ޓީމު ކުޅެންޏާ ކުޅި ބަލަން ހާދަ ގިނަ ބަޔަކު އާދެޔޭ..” ޝަޙާ ބުންޏެވެ. “އެހެންނު ވާނީ.. މިއީ ރާއްޖޭގެ އެންމެ ކެމްޕަސް ބްރާންޗްތައް ގިނަ، އެންމެ މުއްސަނދި ދެ ކޮލެޖު.. ކުޅިވަރު ކުޅެން މޮޅު ކުދިންނަށް ވެސް ސުކޯލާޝިޕް ޕުރޮވައިޑްކޮށްދޭ.. ކިޔަވާ ކުދިން ވެސް ގިނައީ މި ދެ ކޮލެޖުގަ.. މި މުބާރާތުގެ ގިނަ ފައިނަލްތައް ކުޅުނީ މި ދެ ޓީމެއްނު.. ވިލާއަށް އެކަނި އެއް ތަށްޓަށްވުރެ ގިނަ ތަށި ލިބުނީ ވެސް.. އެހެންވީމާ މި ދެ ކޮލެޖުގެ ސަޕޯޓަރުން ގިނަވާނު..” ރިޒުވީނަކީ ތަންތަނުގެ ތާރީޚާއި މައުލޫމާތުތައް އެއްކުރާހިތްވާ ކުއްޖަކަށް ވުމުން މި ފަދަ ގިނަ މައުލޫމާތެއް އޭނާއަށް އެނގެއެވެ. “އިއްޔެ ހަވީރު މެޗުން ޔެސް ކޮލެޖު ދޯ މޮޅުވީ.. މި ތަނުން ކޮން ޓީމެއް މޮޅުވެގެން އަހަރެމެން ޓީމަށް ރަނގަޅުވާނީ..؟” ޝަޙާ އަހައިލިއެވެ. “ވިލާ ބަލިވީމަ ފަސޭހަ ވާނެ.. އެއިރުން ވިލާ ދެ މެޗުން ބަލިވީ.. އަހަރެމެން ބަލިވީ އަދި އެންމެ މެޗަކުން.. އެންމެ އުނދަގޫ ވެސް ވާނީ މި ދެ ޓީމް.. މި ދެ ޓީމާ އަދި މި ކުޅުނީ.. ވިލާ މި މެޗުން ބަލިވެފަ އަހަރެމެން ދެން ކުޅޭ ހުރިހާ މެޗަކުން މޮޅުވެގެން ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑުވާނެ..” ރިޒުވީން، ޝަޙާއަށް އޮޅުންފިލުވައިދިނެވެ. މެޗު ނިމުނީ ފޯރިގަދަ ކުޅުމަކަށް ފަހު ރިޒުވީންމެން ބޭނުންވި ގޮތަށެވެ. 38-30 ގެ ސުކޯއަކުން އެމްއައި ކޮލެޖުގެ ޓީމް މޮޅުވީއެވެ. ވިލާ ކޮލެޖުގެ ޓީމަށް ފައިނަލަށް ދިއުމުގެ ފުރުސަތު ކުޑަވެފައި ޖަލާލުއްދީން ކެމްޕަސްގެ ޓީމަށް ފައިނަލަށް ދިއުމަށް އިތުރު ހިތްވަރެއް ލިބުނީއެވެ.

މެޗް ބަލާ ނިންމާފައި ރިޒުވީނާއި ޝަޙާ ދިޔައީ ރިޒުވީންމެންގެ ބޭކަރީއަށެވެ. ‘ބާގާރ’އެއް ކާލަންވެގެންނެވެ. ފަހަކަށް އައިސް މި ގޮތަށް ‘ބާގާރ’ ކާން ވަރަށް ގިނައިން ދެ ކުދިން ބޭކަރީގައި ތިބެއެވެ. “ސޯ ޓޭސްޓީ.. އަދި މިއަށް ވުރެ މީރު ބާގާއެއް ނުކެވޭ.. އެހެން ތަންތަނުން ލިބޭ ބާގާއަށް ވުރެ މި ބޭކަރީން ހަދާ ބާގާރ އަސްލުވެސް ހާދަ މީރޭ..” ބާގާރ މީރުކަމުން ޝަޙާ ތަޢުރީފުކުރަން ފެށިއެވެ. “ޝަޙާއަށް މި ގެނެސްދެނީ ސީދާ ސޯފީ ދައްތަ އަތުން ހަދައިގެން.. މަންމަ މަރުވީމަ އަހަރެން ބަލަން ބައްޕަ ސޯފީ ދައްތަ ގެނައީ.. ސޯފީ ދައްތައަށް ވުރެ މީރުކޮށް ކައްކާ މީހެއް ބައްޕައަށް ވެސް ދިމާނުވާކަމަށް ބައްޕަ ވަރަށް ގިނައިން ބުނާނެ..” ބޭކަރީ ރަނގަޅަށް ހިނގަނީ ސޯފީގެ ސަބަބުންކަމަށް ރިޒުވީން ޤަބޫލުކުރެއެވެ. “އަހާ.. މަގޭ މަސްކޮޅު ކާން ތިއްބާ ދޯ މި އާދެވުނީ..” ސޯފީ ހުރީ ސިއްރު ސިއްރުން ދެ ކުދިން ދައްކާ ވާހަކަ އަޑުއަހާށެވެ. “ސޯފީ ދައްތަ އެބަހުރިން ދޯ.. މަހެއް ނުކަމޭނު.. ސޯފީ ދައްތައަށް ތަޢުރީފޭނު މި ކުރީ..” ރިޒުވީން ބުންޏެވެ. ހަމަ އެ ވަގުތަށް ނަބީޙު ވެސް އެ ތަނަށް އައިސްފިއެވެ. “ރިޒުވީ ކޮއްކޮ މިއަދު ވަރަށް ގިނައިރު އުޅެވިއްޖެއެއްނު ޝަޙާ ފަހަރީއާއެކު.. ދެން ހިނގާ މަށާއެކު މިސްކިތަށް ދާން.. އިރުކޮޅަކުން ބަންގި ވެސް ގޮވާނެ..” ރިޒުވީނާއި ޝަޙާ މާ ގިނައިން އެކުގައި އުޅޭތީ އެ ދެ ކުދިންނަށް ނަބީޙު ވަރަށް ދިމާކުރެއެވެ. ޝަޙާއަށް ގޮވަނީ ވެސް ފަހަރީއޭ ކިޔާފައެވެ.

ރިޒުވީނާއި ނަބީޙު މިސްކިތަށް ގޮސް ޖަމާޢަތުގައި އަޞްރުނަމާދުކުރިއެވެ. އެއަށް ފަހު އެ ދުވަހުގެ މެޗުން ކާމިޔާބު ދެއްވުމަށް އެދި ދެ ކުދިން ދުޢާކުރިއެވެ. މިސްކިތުން ފައިބައިގެން ދެ ކުދިން ދިޔައީ ބާސްކެޓް ކޯޓަށެވެ. ނަބީހު ގޮސް ސަޕޯޓަރުންގެ ސިޑިބަރިއެއްގައި އިށީނެވެ. މެޗު ފެށެން އަދި ބައި ގަޑިއެއްހައި އިރު އޮތުމުން އަދި މާ ގިނަ ބަޔަކު ނާދެއެވެ. ރިޒުވީން ދިޔައީ ‘ޗޭންޖިން ރޫމް’އަށެވެ. ރިޒުވީން ހެދުން ބަދަލުކޮށްލައިގެން ބާސްކެޓް ކޯޓަށް ނުކުތްއިރު ޖަލާލުއްދީން ޓީމްގެ ބެންޗުގައި އިށީނދެލައިގެން ޝަޙާ އިނެވެ. “ހޭ.. ވައިޓް ކޯޓުގަ ޝަޙާ ހާދަ ޕްރިޓީއޭ..” ޝަޙާގެ ކައިރީގައި އިށީންނަމުން ރިޒުވީން ބުންޏެވެ. “އަނެއްކާ ކުޅެން އަރާފަ އަހަރެންނަކަށް ނޫން ބަލާނީ.. އަހަރެންނަށް ފޯކަސް ނުކޮށް ބޯޅައަށް ފޯކަސްކުރެވޭތޯ ބަލާނީ..” މި ހެން ބުނަމުން ޝަޙާ އެއް ލޯ މަރާލިއެވެ. “އޭ ކުއްލިއަކަށް ފާޙާނާއަކަށް ދާން ޖެހިއްޖެ..” މިހެން ބުނެފައި ރިޒުވީން ‘ޗޭންޖިން ރޫމް’އާ ދިމާލަށް ދުއްވާގަތެވެ. ‘ޗޭންޖިން ރޫމް’އަށް ވަދެފައި މީހަކު ހުރިތޯ ރިޒުވީން ރަނގަޅަށް ބަލައިލިއެވެ. މީހަކު ނެތްކަން ޔަގީންކޮށްފައި އަތުގައި އޮތް ގަޑިއާ ދިމާލަށް ރިޒުވީން ބަލައިލިއެވެ. “ގަޑި އެހެން މީހުންނަށް ނުފެންނަ ގޮތަށް ހެދޭނެތަ.؟” ރިޒުވީން މިހެން ބުނުމާއެކު ގަޑި ގެއްލިއްޖެއެވެ. “ރިޒުވީ…” މީހަކު ރިޒުވީނަށް ގޮވި އަޑު އިވިފައި ރިޒުވީން ސިހިގެން އެ ފަރާތަށް އެނބުރުނެވެ. “ކޮބައި މެޗު ފެށޭ ގަޑި ގާތްވީއޭ.. ހިނގާ ކޯޓަށް.. އެންޑް ބެސްޓް އޮފް ލަކް..” ރިޒުވީނަށް ގޮވީ ޝަޙާއެވެ. ދެން ދެ ކުދިން ‘ޗޭންޖިން ރޫމް’އުން ބޭރަށް ނުކުތެވެ. އެއަށް ފަހު ރިޒުވީނާއި ޓީމުގެ އެހެން ކުޅުންތެރިން ކޯޗުގެ ގާތަށް ދިޔައެވެ. ދެން ކުޅުންތެރިންނަށް ކޯޗު އިރުޝާދުދެއްވަން ފެށިއެވެ. އެ ގަޑީގައި ޔެސް ކޮލެޖުގެ ޓީމުގެ ކޯޗު ވެސް އެ ޓީމުގެ ކުޅުންތެރިންނަށް އިރުޝާދުދެއްވަމުން ދިޔައެވެ. ރެފްރީ ކަށިގަނޑު ފުމުމާއެކު ކުޅުންތެރިން ކޯޓަށް އެރިއެވެ.

މެޗު ފެށިގެން ދިޔުމާއެކު ސަޕޯޓަރުންގެ ސިޑިބަރިތައް ފުރިއްޖެއެވެ. މި ފަހަރު ޖަލާލުއްދީން ޓީމަށް ސަޕޯޓްކުރަން ވެސް ގިނަ ބަޔަކު އައިސް ތިއްބެވެ. މެޗުގެ ފުރަތަމަ ތިން ކުއާޓަރު ނިންމާލިއިރު ޔެސް ކޮލެޖް އޮތީ 29-28ގެ ސުކޯއަކުން ކުރީގައެވެ. ތިން ކުއާޓަރު ނިންމާލިއިރު ރިޒުވީންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. އެކަމަކު އަދި ރިޒުވީން ގަޑީގެ އެހީއެއް ނުހޯދައެވެ. ރިޒުވީން މަސައްކަތްކުރީ ވީހާވެސް ގަޑީގެ އެހީ ނުހޯދާވޭތޯއެވެ. އެއީ އޭނާ ހޯދަން ޖެހިފައިވާ ކަންތައް ގިނަކަމުންނެވެ. ނަމަވެސް ޓީމް ފަހަތުގައި އޮތުމުން ހަތަރުވަނަ ކުއާޓަރުގައި ރިޒުވީނަށް ގަޑީގެ އެހީ ހޯދަން މަޖުބޫރުވީއެވެ. މި ކުއާޓަރުގައި ރިޒުވީން ވަރަށް ދުރުން ހަތަރު ބޯޅައެއް ސުކޯ ކުރިއެވެ. އާއެކެވެ. ގަޑީގެ އެހީގައެވެ. މެޗު ބަލަން ތިބި ގިނަ ބަޔަކު ތިބީ އާސޯޚުވެފައެވެ. ރިޒުވީނަކީ ހާދަ އާދަޔާ ޚިލާފު ކުޅުންތެރިޔެކޭ އެންމެންވެސް ހިތަށް އަރާނެއެވެ. އެއަށް ފަހު މުޅި ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. އިތުރު ސުކޯތަކެއް ވެސް ކުރިއެވެ. އަދި މުޅި އެ ކުއާޓަރުގައި ޔެސް ކޮލެޖްގެ ޓީމުގެ ފަރާތުން ސުކޯކުރިޔަނުދީ ހިފެހެއްޓިއެވެ. މެޗު ނިންމާލީ 29-40ގެ ސުކޯއަކުން ޖަލާލުއްދީން ޓީމު ކުރީގަ އޮވެގެންނެވެ. އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާއަކީ ވެސް ރިޒުވީނެވެ.

“ރިޒުވީ.. މަޑުކޮށްބަލަ..” ޝަޙާ ގޮވި އަޑަށް ރިޒުވީނާއި ނަބީޙު ހުއްޓުނެވެ. ޝަޙާ ދުވެލައިފައި އެ ދެ މީހުންގެ ގާތަށް އައިސްފިއެވެ. “އަހަރެން ބޭނުން ރިޒުވީއާ ކުޑަ ވާހަކައެއް ދައްކާލަން.. އެކަނި..” ޝަޙާ ބުންޏެވެ. “ހޫނ.. އަހަރެން ތި ދެ ލޯބިވެރިންނަށް ސުޕޭސް ދީފަ މި ދިޔައީ ގެއަށް..” ނަބީޙު ސަމާސާކޮށްލުމަށް ފަހު ގެއަށް ދާން ހިނގައިގަތެވެ. ނަބީޙު ތަންކޮޅެއް ދުރަށް ދެވެން ދެން ދެ ކުދިން ތިބީ އެއްޗެކޭ ނުބުނެއެވެ. “މިހާރު ނަބީ ގޮސް ގެއަށް ވެސް ވަނީ.. ދެން ދައްކަބަލަ ތި ދައްކަން އުޅޭ ވާހަކައެއް..” ޝަޙާ އެ އުޅެނީ ގުޅުމެއް ފަށާ ވާހަކަދައްކަންބާއޭ ރިޒުވީންގެ ހިތަށްއަރަމުން ދިޔައެވެ. ކޮންމެއަކަސް ރިޒުވީން ވެސް ބޭނުންވަނީ އެ ގޮތެވެ. “ކޮބައި ރިޒުވީންގެ ސުމާޓު ގަޑި.؟” ޝަޙާ ފެށީ އެހެން ވާހަކައެކެވެ. ގަޑިއާ ބެހޭގޮތުން ސުވާލުކުރުމުން ރިޒުވީންގެ ހިތް ބިރު ވެސް ގަތެވެ. “ދައްކަން އުޅުނު ވާހަކައަކީ އެއީތަ.؟ ގަޑި ވީ ގޭގަ.. މިއަދު ހަނދާން ނެތިގެން ބާއްވާފަ އާދެވުނީ..” ރިޒުވީން ކަމެއް ނުވާކަމަށް ހެދިގެން ވަރަށް ހަމަޖެހިލައިގެން ވާހަކަދައްކަން ފެށިއެވެ. “ދޮގު..” ޝަޙާ މިހެން ބުނުމާއެކު ރިޒުވީންގެ ދެ ލޯ ބޮޑުވިއެވެ. އަނެއްކާ ޝަހާއަށް ގަޑިއާ ބެހޭގޮތުން ކަމެއް އެނގުނީބާއޭ ރިޒުވީން ހިތަށް އެރިއެވެ. “ރިޒުވީ ކީއްވެ ޝަޙާއަށް ދޮގުހަދަންވީ..” ރިޒުވީނަށް އިތުރަށް އެއްޗެކޭ ބުނެވޭ ގޮތެއް ނުވިއެވެ. ޝަޙާ ރިޒުވީންގެ އަނގަމަތީގައި ޝަޙާގެ އަތް އެޅިއެވެ. “ހޭ ރިޒް.. ޝަޙާއަށް ފެނުނޭ ރިޒް ގަޑި ނުފެންނާށޭ ބުނާއިރަށް ގަޑި ގެއްލެނިކޮށް.. ޝަޙާ ހުރީ ލޮލުން ފެނުނު ކަންތައް ޤަބޫލު ވެސް ނުކުރެވިފަ.. ދެން ވެސް ދޮގު ނުހަދާ ތެދު ތެދަށް ކިޔައިދީބަލަ.. ޔޫ ނޯ ޔޫ ކޭން ޓްރަސްޓް މީ..”

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushe

Level 110 Stories

Other Articles

Previous

ހިތުގެ މިލްކުވެރިޔާ (ސާދަ ވަނަބައި)

Next

ލޯބިން އަންނާށޭ ކަލާ…

Next
August 8, 2017

ލޯބިން އަންނާށޭ ކަލާ…

Previews
August 8, 2017

ހިތުގެ މިލްކުވެރިޔާ (ސާދަ ވަނަބައި)

11 Comments!

  1. click a shot ? says:
    August 8, 2017 at 3:42 pm

    I’m first yayy……mi stry ves varah reethi…adhi mi part ves??

    1. Ushe says:
      August 9, 2017 at 2:46 pm

      Thanks ?

  2. Aishath says:
    August 8, 2017 at 6:04 pm

    Me second

  3. Aishath says:
    August 8, 2017 at 6:07 pm

    Mee varah interesting story eh…abadu inthizaaru kureveny up veytho…thanks ushe…♡♥♡♥

    1. Ushe says:
      August 9, 2017 at 2:47 pm

      Thanks to you for compliments and reading this story ?

  4. Saa says:
    August 8, 2017 at 8:24 pm

    Nice

    1. Ushe says:
      August 9, 2017 at 2:48 pm

      Thanks ?

  5. Kamana says:
    August 8, 2017 at 10:28 pm

    Miadu vvvvvv salhi mi part..

    1. Ushe says:
      August 9, 2017 at 2:50 pm

      Thanks kamanaaa.. ?

  6. Aegi gom ? says:
    August 9, 2017 at 2:26 pm

    Avahah aneh bai up kohdheeba..kiyaahithun kehvaavareh noon..varah varah reethi vaahaka eh mi ❤️❤️❤️❤️❤️❤️

    1. Ushe says:
      August 9, 2017 at 2:49 pm

      Labba.. Insha allah parts will be upload daily. ??

Comments are closed.

Next Episodeދިހައެއް ( ނުވަވަނަ ބައި )←


All Right Reserved!