ގޮއްޔެ (8)
އެންމެންވެސް ވަރަށް ފޯރީގައި ކައިވެނީގެ ތައްޔާރީތައް ވަމުން ދަނީ އެވެ. އެންމެ މީހެއް ފިޔަވައެވެ. ސަލްމާ އެވެ. އޭނާއެކޭ އެއްވެސް ރޫޙެއް ނެތް ހަށިގަނޑެކޭ އެއްގޮތެވެ. ތުންގަނޑު ބިމަށް ހަރާލައިގެން އިން އިރުވާ ހުދެކޭ އެއް ގޮތެވެ. ވިސްނާ ފިކުރު ކުރަނީއެވެ. އެއްކަމަކީ ލޯބިވާ ކޮއްކޮއާއި މާމަ އަދި ކާފައާއި ދުރަށް ދާން ޖެހޭ ކަމެވެ. އަނެއްކަމަކީ ނަސީރެވެ. ކުއްލިޔަކަށް ސަލްމާގެ ހަމަހިމޭން ދިރިއުޅުމަށް މިއައީ ހީވެސް ނުކުރާ ވަރުގެ ކަންތައް ގަނޑެކެވެ. މިހެން ވާންވީ މައިންބަފައިން ގެ ބަސް އަހައިގެން އެމީހުން ދައްކާ މީހަކާ އިންނާތީބާއެވެ. މައިން ބަފައިން ދަރިންނަށް ހެޔޮ އެދޭނެއެވެ. ދެރަގޮތެއް ވުމަށް ނޭދޭނެއެވެ. އެހެންވީރު ސަލްމާގެ ލޮލުން އޮހޮރޭ ކަރުނަ އަކީ ކީއްވެ އަންނަ ކަރުނައެއް ހެއްޔެވެ. ހިތުގެ އެދުން ހާމަނުކުރާތީބާއެވެ. ހިތަށް ކުރާ އަސަރު ބުނެދޭނެ ގޮތެއްވެސް ނޭގެއެވެ. މިކަމަކާ ހެދި ސަލްމާގެ މުޅި މިޒާޖު ބަދަލްވެއްޖެއެވެ. އެކަނިވެރިކަމަކީ މާ ހިތް ހަމަޖެހޭ ކަމެއް ކަމުގައި ވެއްޖެއެވެ. ބަސްމަދުވެ ބިއްޖެހިފައި އިނުން ގިނަވެއްޖެއެވެ. ގޭތެރޭގައި މީހުންގަނޑު ކޮޅުކޮޅުމައްޗައް ދުވާއިރު އެހެން އިނދެދާނެއެވެ. ސަލްމާގެ މާމަ ދޮންކަމަނައަށް ވިސްނުނީ ގޮއްޔެ މާލެދާންޖެހޭތީ އެކަމާ ވިސްނަނީ ކަމުގައެވެ. އެހެން ހިތާ ގޮއްޔެއާ މާކަބައިވަރު ސުވާލު ތަކެއް ނުކުރަނީއެވެ.
ސަލްމާއާއި ފަހުދުގެ ކައިވެނީގެ ވާހަކަ ނޫން ވާހަކައެއް ރަށުތެރެއަކުން ނީވެއެވެ، ދެމީހަކު އެއްތަން ވެއްޖެއްޔާ އަންނަ ހޯމަދުވަހުގެ ރޭ ބާއްވަން އުޅޭ ކައިވެނީގެ ވާހަކަ އެވެ. މުޙައްމައިދީމެން ކޮއްލާ ޚަރަދުގެ ވާހަކައެވެ. ސަލްމާގެ ނަސީބުގެ ވާހަކައެވެ. ތުންތުން މަތިން ގޮސް ދެކުނު އަވަށު ރިޔާގޯތީ އައިމިނައަށްވެސްމިޚަބަރު އިވިއްޖެއެވެ. އައިމިނަވެސް މިކައިވެންޏާމެދު ހިތުގައި އުފެދޭ ޝުޢޫރުތައް ހާމަ ކުރަމުން ދިޔައީ ގޭދޮށު ދެތިންމީހަކާއެވެ.
“މަ ހިތައްއަރާ އެކަމަނަމެން ކިހިނެތް ހޯދި ބައެއްބާއޭ އެއީ….ގައިމު މާލެދާވެސް ބަޔެއްނޫން އެމީހުންނަކީދޯ”
އައިމިނަގެ ވާހަކައަށް ރުޤިިއްޔާ ލޮނުހެޔޮވަރު ކޮށްލަމުން ބުނެލިއެވެ. “ހަމަ އެގޮއްޔެގެ ނަސީބުރަގަޅީ. ނުލާހިކު ފައިސާއޮންނަ ބަޔެއްއެއީ. މަގޯތީ ސާމިޔާއަށް ވެސް އެކަހަލަ މީހަކުވާނެ ނަމަ” އައިމިނަމެން ދައްކަމުން ދިޔަވާހަކަ އިވޭ ހިސާބުގައި ނަސީރުފަންގި ގަނޑެއް ވިންނަން އިށީދެލައިގެން އިނެވެ. އެމީހުންގެ ވާހަކައާހެދި ނަސީރުގެ މަސައްކަތް ކުރިޔަށް ނުގެންދެވިފައި އިންނަތާ އިރުގަނޑެއްވެއްޖެއެވެ. ގޮއްޔެގެ ނަސީބުވެސް ރަގަޅީއޭ އެބުނަނީ ކީއްވެބާއެވެ. މުއްސަނދި ކަމަކީ ނަސީބުބާއެވެ. ނަސީރަށްވެސް މަސައްކަތް ކުރީމާ ފައިސާ ލިބޭނެއެވެ. ފައިސާއަކީ މަތިން ވެހޭ އެއްޗެއްނޫން ވިއްޔާއެވެ. އެކަމަކު ނަސީރުގެ ގޮއްޔެ ނަސީރުދޫކޮށް އެދަނީ ނަސީރުދެކެ ލޯބި ނުވާތީއެއްނޫނެވެ. ނަސީރުގެ ލޯބީގައި ފައިން ޖެހީކީވެސް ނޫނެވެ. ދެެމީހުންވެސް އެކަކު އަނެކަކަށް ޓަކައި ޤުރުބާންވީއެވެ. ލޯތްބައްޓަކައެވެ. އެކަކު އަނެކަކަށް ހެޔޮ އެދެމުންނެވެ.
******
ރަޖަބު 27ވާ ހޯމަ ވިލޭރެއަކީ މުޅިރަށަށް ވެސް އަންނަ ބޮޑުރެއެވެ. އެތައް ދުވަހެއް ކުރިން ތައްޔާރީތައް ވަމުން އައިސް މާދަމާއަކީ ސަލްމާއާއި ފަހުދުގެ ކައިވެނި ކުރާ ރެއެވެ. ރަށުގައި މިހެން ކުރާ ކައިވެނި ތަކަކީ އާންމުކޮށް ކުޑަސައެއް ބާއްވާލާފައި ނިންމާލާ ކަން ކަމެކެވެ. އެއްބަޔަކު ހެކިވެރި ސައި ދީފައި އެކަންތައް އެހިސާބުން ނިންމާލައެވެ. އެންމެ ފޯރާމީހާވެސް ހަވީރު ގަޑީގައި ދެވައްތަރުގެ ހެދިކާއާ ކަޅުސައިން ސައިދެއެވެ. އެހެން ނަމަވެސް އެގޮތް މުޙައްމައިދީ އަކަށް ކަމަކު ނުދިޔައެވެ. ހަފްލާ ނިކަން ކުލަގަދަ ކުރަން ބޭނުންވިއެވެ. އެކި އެކި ކަންކަން ރޭވިފައިވެސް އޮތެވެ. ސަލްމާގެ މާމަވެސް ހުންނަނީ އުފަލުން ފޮޅިފައެވެ. މިފަދަ ހިތްހެޔޮ އާއިލާއެއްގެ ތެރެއަށް ގޮއްޔެ ފޮނުވޭތީއެވެ. ފަހުދުގެ އާއިލާމީހުން ވެސް ހިތުން ރުހުމުން ކައިވެންޏާ ގަބޫލެވެ. ސަލްމާގެ ފަރާތު އާއިލާގެ މީހުންތައްވެސް ހީވަނީ އެހެން ފަދަ ކަމެއް ހެނެވެ. ދެޢީދު އެއްފަހަރާ ލައިގަނެ ގެން އުޅޭފަދައެވެ. ގޯތި ގޮއްޔެ މާލެ ދާންވާ އިރަށް ހަދިޔާ ހެދުމުގައި އެއްބަޔަކު އުޅޭއިރު ތަންކޮޅެއް ހަރުކުލައިގެ އަންހެން ވެރިންގެ ތެރެއިން އެއްބަޔަކު ކެއްކުމުގައި އުޅުނެވެ. އަނެއްމީހުން ސަލްމާމެންގެ ގޭދޮށް ރެޔަށް ސާފުކޮށް ހަދަނީއެވެ. ފިރިހެނުން ރުއްރުކުން ފަން ގެނެސް ފަންޖަހާ ގޭތެރެ ޒީނަތް ކުރެއެވެ. ބޮކިފަތިތައް ދަމާ ބޮކިތަކުން ތަން އަލިކުރުމުގެ މަސައްކަތް ކުރަނީ އެވެ. ސަލްމާއިނީ މިހުރިހާ ކަމަކުން ދުރުގަ އެކަނިމާ އެކަނި ގޮސް ބޮޑު އުނދޯލީގައެވެ. މުށުތެރޭގައި ނަސީރުގެ ހިތް އޮތެވެ. އެއީ ސަލްމާ އެޔަށް ދިންނަމެވެ. އެލަކުޑިކޮޅަށް ބަލާލުމުންވެސް ހަނދާނަށް އަންނަނީ އެހިތް ދިން ވަގުތު ނަސީރު ބުނެލި ވާހަކަ ތަކެވެ. “މިހިތުން ދުވަހަކުވެސް ތިޔަ ސޫރަ ފިލައިގެން ނުދާނެ. އެންމެ ފަހު ފަހަރުވެސް ބުނެލަން ބޭނުން. ވަރަށް ލޯބިވޭ” ނަސީރުގެ އަޑު އިވުނު ކަހަލަ އެވެ. ސަލްމާ މުޅި ދުވަސް ހޭދަކުރީ އަމިއްލަ ޚިޔާލީ ދުނިޔެއެއްގައެވެ. ފަހުދުގެ ފުށުން ކުރިން ލިބެމުން ދިޔަ އުނދަގޫތަކެއް މިހާރު އެއްގޮތަކަށް ވެސް ނުޖެހެއެވެ. ފަހުދު ފެނުނީވެސް ދެތިން ފަހަރަކުއެވެ. އެކަނި ވެލާނެ ވަގުތެއް ނުލިބެނީ ކަންނޭ ގެއެވެ. އާދިއްތަ ދުވަހުގެ އިރު މެދުން ފިލާ ވަގުތު ކޮޅެއް ވޭތުވެގެން ގޮއްސިއެވެ. މުޅި ހިސާބުގަނޑުގައި ދުވަނީ ކައިވެނި ހަފްލާއަށް ކައްކަމުން ގެންދާ ކޭމުގެ ވަހެއެވެ. ސަލްމާ އުނދޯލީގައި އިންދާ ސަލްމާގެ މާމައައިސް އެއުދޯލީ ގައި އިށީނެވެ. ނިކަން ލޯބިން ސަލްމާ އަށް ބަލާ ލާފައި ވާހަކަ ދައްކަން ފެށިއެވެ.
“ގޮއްޔޭ، މާމަ ކުރިން ވެސް ބުނިން މިހެން އެކަމަކުވެސް އަދިވެސް ހަމަ އެވާހަކަ އޮތީ….. ތިޔަ އިނދެވެނީ މީހަކާ، ތިޔަ ދެވެނީ ބީރައްޓެހި ބަޔެއްގެ ގާތަށް ، މާމަ ދީފަ ހުރި ތަރުބިއްޔަތުގެ ބޭނުން ކުރާތި. ދީނީ ކަންކަމަށް ފަރުވާ ތެރި ވާތި. ފިރިމީހާއަށް ވަފާތެރިވާތި. ” އެއްކޮޑުގައި އަތްބާއްވާލަމުން މާމަ ސަލްމާއާއި އަދިވެސް ގާތަށް ޖެހިލިއެވެ. ސިއްރުން އެއްޗެއް ބުނަން އުޅޭ ހެނެވެ.
” ގޮއްޔޭ، ސިޓީ ފޮނުވާތި. ހާލު އަންގާތި. ” މިހާހިސާބައް ބުނެވުނު ތަނާ ސަލްމާބަޑި ފަޅައިގެން ގޮއްސިއެވެ. މާމަގެ ކޮނޑުގައި ބޯ އަޅައިގެން އޮވެ ރޮމުން ގިސްލަމުން ދިޔައެވެ. ސަލްމާގެ މާމަވެސް އިނީ ހިތައް ވަރަށް އަސަރު ކޮށްފައެވެ. އެހެން ނަމަ ވެސް އެކަން މިވަގުތު ދައްކައިފިއްޔާ ގޮއްޔެ ގެ ހިތައް މާ އުނދަގޫވާނެ ކަން މާމައަށް އެނގޭތީ ދެނަހުރި ކަމަށް ނެހެދީއެވެ. ދެން މުޅިން ތާފާތު ވާހަކަ އެއް ދައްކަން ފެށީ އެހެންވެއެވެ.
” ގޮއްޔޭ! އަދި މިއަދު އަންނާނެ ގޮއްޔެ ލައްވާ ރަން ކިޔުއްވަން ވެސް. ކިހާ ވަރަކަށް ރަން ކިޔާނީ؟” ސަލްމާ ރަތްވެފައިވާ މޫނާއެކުވެސް ހައިރާން ކަމުން ފުރިގެން މާމައާއި ދިމާއަށް ބަލާލިއެވެ. “މީހުންނާ އިންނަން ރަން ކިޔަން ޖެހޭނެ. މާމަ މެން ޒަމާނުގަ ރަންކީ ބޮޑު ލާރިއަކަށް؛ ގޮއްޔެ މަންމަ ކީ ސަތޭކަ ލާރިއަށް” ސަލްމާއަށް މިދަނޑިވަޅުގައި މަންމަގެ މަތިން ހަދާން ކޮށްދެވުނު ކަމުގެ މޮޔަ ހިތައް އެރި އެވެ. އެހެން ނަމަވެސް އެކަހަލަ ކަންކަން އޮޅުން ފިލުވައިވެސް ދޭން ޖެހޭނެ ތާއެވެ. ސަލްމާވެސް ސަތޭކަ ލާރިއަށް ރަންކިޔަން ނިންމިއެވެ. އިރުކޮޅެއް ނުވެ ރަންކިޔައިފިއެވެ. ފަހުދު އޮފީސްދޮށަށް ދިއުމުން އޭނާ އަށް ކައިވެނި ލާދިނުމަށް ފަހު ދެހެކިން އައިސް ސަލްމާއަށް ފިރި ދެއްކިއެވެ. އެހިސާބުން އެދެމީހުންގެ ކައިވެނި ކޮށް ނިމުނީ އެވެ. ދެން އޮތީ ރޭގަނޑުގެ ކެއުމެވެ. ރޭގަނޑު އިޝާގެ ފަހުން ޕާޓީ ފެށިގެން ދިޔައެވެ . ސަލްމާ ހުރީ ސަލްމާ ގެ މައިދައިތަ ދިން ދިވެހި ހެނދުމެއް ލައިގެންނެވެ. ފަހުދު ހުރީ ކަޅު ފަޓުލޫނަކާ ޓީޝާރޓެއް ލައިގެން ދަށައްޖަހާ ފައެވެ. އެހެންޏާ ފުއްޕާ އަރާފައި ހުންނަ ދުންބޯޓެއް ކަހަލަ ބޯ ވެސް މިރޭ ހުރީ ތެޔޮލާ ތައްކޮށްފައެވެ.
ކައިވެނި ޕާޓީގެ ކަންކަން ނިމުނު އިރުވެސް ނަސީރުގެ ޚަބަރެއް ނުވެއެވެ. ރަށުގެ އެންމެން ކަހަލަ ގޮތަކަށް އެޕާޓީ އަށް އައެވެ. ސަލްމާ ދެލޯ އެދި އެދި ހުރީ ނަސީރު ގެ ހިޔަނި ނަމަވެސް މިރޭ ދެކިލުމަށެވެ. އެހެން ނަމަވެސް އެކަމެއް ނުވިއެވެ. ހިތް ރޯއިރު މޫނަށް އުފާވެރިކަން ގެނެސްގެން ސަލްމާ އެހެންމީހުނަށް އެހިތާމަ ފޮރުވުމުގައިއެކަން ކާމިޔާބު ކުރިއެވެ. ފަހުދު އިރު ކޮޅަކޮޅާ ސަލްމާގެ އަތް ތިލާގައި ހިފަހައްޓާލައެވެ. އެހެން ނަމަވެސް ފަހުދުވެސް މިރޭ ފެންނަނީ ވަަރަށް މަޑުމައި ތިރި ވެފައި ހުންނަތަނެވެ.
ދެމަފިރިން ޕާޓީ ނިންމާލުމަށް ފަހު ސަލްމާގެ ކޮޓަރިއަށް ވަނެވެ. ސަލްމާ ހުރީ ފަހުދު އާއި އެއްކޮޓަރިއެއްގައި އުޅެން ޖެހުމުން އެކަމާ ހިތްބިރު ގަނެފައެވެ. ސިއްރު ސިއްރުން ފަހުދާ ދިމާއަށް ސަލްމާ ބަލާލިއެވެ. އޭނާ ތަންތަން ހާވަނީ އެވެ. އަލަމާރީގެ ވަތް ގަނޑު ގަނޑު ބަލާ ފާސް ކުރަނީ އެވެ. މިހާ އަވަހަށް ސަލްމާގެ އެއްޗެހި އެހެން ބެލޭނެ ހެއްޔެވެ. ކައިވެނި ކުރުމަށް ފަހު އަނބިމީހާގެ ކޮންމެ އެއްޗަކަށް އަމުރު ހިންގޭނެބާއެވެ. ސަލްމާ ދެތުންފަތް އަނބުރާލާފައި ގޮސް އެނދުގެ އެއްފަރާތެއްގައި އޮށޯވެއްޖެއެވެ. އެވަރުންވެސް ފަހުދުގެ މަސައްކަތަށް ހުއްޓުމެއް އައީ އެއްނޫނެވެ. ސަލްމާ އިރުކޮޅަކު ބަލަން އޮވެފައި ބިއްދަށަށް އެނބުރި ލޯމަރާލިއެވެ. އިރުކޮޅަކުން ފަހުދު އެނދަށް އަރާ ދެފައި ވައްކޮށްގެން އިށީދެއްޖެއެވެ. ސަލްމާ ކަމެކޭވެސް ހީނުކޮށް ހަމަ އެއޮތް ގޮތަށް އޮތީއެވެ. އިރުކޮޅަކު ހިމޭނުން އިނުމަށް ފަހު ބުންޏެވެ. ” ގޮއްޔޭ. ނިކަން ތެދުވެ އިށީދެބަލަ” ވަރަށް މަޑުމައިތިރި ކަމާއެކު ލޯބިން އެހެންބުނުމުން ސަލްމާއަށް އެއާއި ދެކޮޅުވާކަށް ނުކެރުނެވެ. މަޑުމަޑުން ތެދުވެ ދެފައި ތިރިއަށް ވާގޮތަށް އެލުވާލައިގެން އިށީނެވެ.
” ގޮއްޔޭ…..މިހާރު މީ…. އަހަރުމެން ދެމީހުންނަށް މިތިބީ އިނދެވިފަ. އަހަރެން ވަރަށް ރުހިގެން ގޮއްޔެ އާ މި އިނީ. ގޮއްޔެ ފެނުނު ވަގުތުވެސް އަހަނަށް ގޮއްޔެ ވަރަށް ކަމުދިޔަ. ގޮއްޔެ އަށް ދެރަގޮތެއް ނަހަދާ ނަން ކަމަށް ވަޢުދުވަން. ގޮއްޔެ މާލެ ގެންދިޔައަސް ރަށަށް އަންނަން ބޭނުން އިރަކުން ރަށަށް ގެނެސް ދޭނަން. ގޮއްޔެ ބޭނުމިއްޔާ ގޮއްޔެގެ ކޮއްކޮ ސުލައިމާނުވެސް އަހަރުމެނާ އެކު ގެންދަން ހިނގާ.”
ސަލްމާ ފަހުދުއާއި ދިމާއަށް ބަލާލީ މީ ހަމަ އެ ފަހުދު ބާވައޭ ހީވެފައެވެ. މިރޭ ފަހުދުގެ މޫނުމަތިން ފެންނަނީ ތަންކޮޅެއް ހަރުދަނާ ކުލައެވެ. ސަކަ ގޮތް ގަނޑެއް ނެތެވެ. ފަހުދަށް ވީ ކީއްބާއެވެ. “ސުލައިމާނު ގެންގޮސްފިއްޔާ މާމަ މެން އެކަނިވާނެ” ސަލްމާ ބުނެލިއެވެ.
“އެންމެ ރަގަޅު، ގޮއްޔެ އަހަންނަށް އިތުބާރު ކުރޭ. ދެރަ ގޮތެއް ނަހަދާނަން. މާލެ އަކީ ވަރަށް ތަފާތު ތަނެއް ، ކުރީ ކޮޅު ގޮއްޔެ އަށް އުޅޭން ވަރަށް އުނދަގޫވާނެ. މަށަށް ހަމަ ޔަގީން ، އެކަމަކު ދުވަސް ކޮޅަކުން ހޭނިދާނެ. އަހަރެން ގޮއްޔެ އަށް ކަންކަން ދަސްކޮށް ދޭނަން.”
ސަލްމާއަށް ލިބުނީ ރަގަޅު ފިރިއެއްތާއޭ ހިތާ ހިތާ ކިޔާ ލެވުނެވެ. ލޯބި ނުވުނަސް އެކުގައި އުޅެވިދާނެ ތޯއްޗެކެވެ. ހިތް ވަރު ކުރާނީއެވެ. އެކުގައި އުޅެން ފެށުމުން ކުލުނު އުފެދޭނެއެވެ، ދެން ލޮތްބައްވެސް ބަދަލުވެދާނެ ތާއެވެ. ނަސީރު މަތިން ހަދާން ނައްތާ ނުލެވުނަސް ފަހުދުގެ އަނބިމީހާ އަކީ ފިރިމީހާއަށް ރަގަޅު އަތްބަކަށް ވުމަށް އަޒުމް ކަނޑައެޅިއެވެ. ފަހުދު ސަލްމާއާއި އެކު އުމުުރު ހުސްވަންދެން އުޅެން ހުރިއްޔާ ސަލްމާވެސް އެހާތަނަށް ވެސް ހުންނާނީ ހަމަ މިގޮތުގައެވެ. ސަލްމާފަހުދާއި ދިމާއަށް އިސް އުފުލާލާފައި ބަލާލީ އަލަތު ކައިވެނީގެރޭ އަތްބެއްގެ މޫނުމަތިން ފެންނަން ހުންނާނެ ލަދުރަކި ހިނިތުންވުމާއި އެކުއެވެ. މަޒީ މާޒީއަށް ދޫކޮށް ލާފައި އަލުން އާބާބެއް ފަށަމުން ނެވެ.
******
“ލޮބުވެތި ކިޔުން ތެރިންނަށް:-
މިހާ ހިސާބުން އަޅުގަނޑު ލިޔަމުން އައި “ގޮއްޔެ” މިވާހަކައިގެ ފުރަތަމަ ބާބު ނިމުނީއެއްވެ. ގޮއްޔެ ވާހަކައަށް ތިޔަ ދެއްވެވި ތަރުޙީބައްޓަކައި ފައްފަށުން ޝުކުރު އަދާ ކުރަމެވެ. ޚާއްސަކޮށް ވާހަކަ ކިޔުމަށް ފަހު ތިޔަ ދެއްވާ ކޮމެންޓުތަކަކީ އަޅުގަނޑު ވަރަށް އުފަލާއެކު ބަލައިގަންނަ އެއްޗެކެވެ. ﷲ އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް “ގޮއްޔެ ” ދެވަނަ ބައި ގެނެސްދޭން ފާށާނެވާހަކަ ވެސް ދަންނަވާލަމެވެ. ދެވަނަ ބައިގެ އިންތިޒާރުގައި ތިއްބަވާނެ ކަމުގެ އުއްމީދު ކުރަމެވެ.
*ސާނަ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
58 Comments!
Comments are closed.


Thankss
V reethi waiting for next parts in shaa ALLAH
thank u Sama. in sha allah varah avahah goyye part 2 lyan fashaanan. miyah ure ves ragalhah kiyun therin like vaane goi gothah genes dheveytho masai kai kuraanan
Alhe saana. Kihineh thi hedhy. Fahudhu boluga theyo lavvaalaafa nimmaalaifi. Vvv reethi. Thank you saana.
hehe..dho..fahud eh kamaku wedding ga reethi vaan vaanun dho
Masha allh v rythi v furihama ?? ekamaku kihineiytha thihedhy fahudhuge boluga theyo lavvaafa t shirt eh lavvaa dhashajjahaafa thinimmaaly maa avahavviyya nuvithaakah kaivenyge furathamarey ves fahudhu goyyege mulhikotari fushunves jahaifi aharen hykury maavahareh hoadhan kamah neyngeyne ennu?? stry v salhi sifakurunves hama habeys v inthizaaru kuran 2nd prt ah insha allah thankolheh avskolla dhechchey n thank u so much thafaathu stry eh genesdhinyma luy gud nyt??❤❤?????????
varah bodah shukurihyya Khajja, dhen InShaAllah gina dhuvaheh nuve goyye ge part 2 kiyaalan up kohladheynan. Khajja men thi dhey hihvarakee alhugandu ge kuri erun. thank u all
Alhey… dhun boat theyo baotah hadhaaly.. kaashi theyo couple dhuruvy.. its so sad yet so beautifuly presented… kon irakun next part… v v inthizaaru kuraanan… will miss everyone. Saana,kaahtey,sulaimaanu,goyye… ??❤❤
dhw maroon. aslahvx. dhn next part thah v avahaa genesdhehchey saana. will miss u all. 🙂
Kaahtey ah vee kihineh…
Saana haadha avahakah thi ninmaaly.. eves kaashitheyo couple dhurukohfa..? so sad.. but varah salhi mi story… ?will wait for next season… will miss it a lot❤❤❤❤
Hehe. Kaahtey onnaane raja laigen goyye annan vaa irah inthizaaruga.. maroonves dhen goyye annaane iregge inthizaaruga ?
hehe…naseeru vanee hageegee loai kamah vanyaa adhives goyye aa gulheyne kanneyge ehnun…lets hope its true love
maroon thank u so much for ur support. Adha , maroon and songjoo ge comments thah kyaalaa hithun eba page open kohlan. thin kudhin nah ves v v v bodah shukurihyaaaa..and all the other readers ves varah bodah thak u…love u all readers
o jeongmal? ulineun geu sasi-eul algadoeeo neomu gippeubnida. Maroongwa Adhagwa aninga?? Dasi hanbeon gomawo. ulieneun hangsang dngsin-eul jiwonhagi wihae hamkke hal geos-ibnida. sarangeyo … ( oh really? we’re si happy to know that. isn’t it maroon and adha?? thankyou so much again. we’ll always be with you to support you! love you! ) 🙂 🙂 korean language in aee. 😉 😉 😀 😀
Hehe.. kiyan fattaafa neygunu kiyey nukiye eh. Fahun get mi vy ?
Eventhough i dnt know korean i think u r great ?
Yes saana…m a huge fan of u now..loves.. will wait like kaahtey for goyye ?❤❤
hahaha. anga olheny dhw e kiyaa gadyga??? 😀 😀 saana adhi fahun goyye n kaahtey gulhuvaaney. eyrun nennu coconut oil furihama vaany. fahudhu dhn theyo laaa!! 😉 heheheh
Hehe.. next season ga ves insha allah we will comment dw guys saana thihaa kiyaahiy vanya?
hehe so true Adha 🙂 ehen v ma dhn anna faharehga v majaa khlan vaane dhw Maroon n Adha!! ow i wish we were friends 🙁 😀
Aan dw?
🙁 🙁 but may be in near future 🙂 🙂 😉 😀
Wishes!!!
Saana cant give dhw exact dateh.. see u all next season
yaa neyge seedha date eh dheykah.
yess maroon 😀 🙂 yeah see you all!
Saana… v happy vejje thihaa hope dhinyma.. waiting ngey. ?
hey ADHA. yesterday was ur birthday. am i right????
Nop…today S.J.K?
oops. well, dear ADHA, wishing u a day soft as silk…white as milk…sweet as honey and full of money. May all ur dreamx come true.. HAPPY BIRTH DAY. you’re wearring ur best BIRTHDAY SMILE all day long!!! 🙂 😉 🙂 😉
Awww❤.. thankyou S.J.K ?
anytime 😉 🙂 😀
HBD adha.❤.. saana already missing the story.. ❤❤❤
Thanks maroon❤
Kobaa tha maroon ge birthday aky???
kobaa tha maroon ge birthday aky????
10th oct.
Kobaatha S.J.K Birthday aky??????
oww maroon ge birthday adhi othydhw kuriah. 😉 😀 S.J.K ge b’day akee 5 MAY 🙂 🙂
Fahkaley dw.. 3 meehunves e month ehge number hama innany… 8/8..10/10..5/5.. happy belated birthday S.J.K?
e thedhekeyy dhw Adha. Adha thihen bunyma S.J.K ah mi ingunyvx. salhi ehnu birthday thah 😉 😀 😀 thankyou Adha 🙂 🙂 🙂 🙂
Alhey… ekoi sana kihineh thi hedhy.. veehaaves avahakah vaane dhen oiy bai genesdheyn.. nooneeviyyaa mi kamanage hithakah hamajehumeh nulibeyne..
kamana shukurihyyaa.iraadha kureh vihyaa kamana hinhama jehey goi hadhai dheveytho mi balanee.dhen oi bai hama thibuni hen vee haaves avahah genes dheynan
alheyy kashi theyo couple dhuruvyyy 🙁 🙁 btw, vvv salhi mi part vx,
song joong ki, haadha varakah thi dheravee… kihineh egenee “kashi theyo couple”( as u call them) dhuruvee kameh. adhi kuriyah otheenun. goyye ge part 2 ah inthizaar kuraane kamah heekuran. song joong ki men thi kuramun dhaa comment thah kiyanee ufalaaeku. varah bodah Shukurihyaa.
YES 🙂 i wish they will be together in nxt episodes. ofcourse there’s no about that i’ll wait for the second part 🙂 😀 u’re one of my fav writer n i’m one of ur biggest fan now 😉 🙂 waiting dear!!!
V sagaafee goyy ebahuri. V dhivehi sagaafai ungenifa ebahuri. V kamuhigajje mivaahaka.
Niy, varah varah ufaavehje thi ya comment kiyaafa. story ge eh beynun ei eyruge dhiriulhun konmeves varakah mihaaru ge jeelah angaaladhinun. eyru kankan hingaa dhiya goi alhuganduves eki mees meehun gaathu ahai olhun filuvamun aee..alhugandah libifa huri mauloomaathuge mahchah binaakoh kiyun therin nah ezamaan sifakohdhevihje kamah heekuran. mee gaai gadakah 1980 dhuvas varah amaazu kohgen liyunu vaahakaeh.
V thafaathu n varah rythi story eh…. superb..?
varah bodah shukurihyaa Shaai. varah ufaa kohfin story kiyaathee, adhi thiya dhehvaa tharu heebah shukurihyaa. ummeedhu kuran goyye part 2 ah ithizaar kuraane kamah
V salhi
thank you Aisha. please wait for the next part.
Mi varah intresting stry eh…..season 2ah inthizaaru kuran??
click thank u . inthizaaru kurahchey
Ay aharenvess abaulhey dhow he he v reethiegey dhen naseerufakeerumathin hadhaan nahthaalaaneetha?
Aish ah varah bodah shukurihyaa , naseeru ge bai adhi othihye, inthizaaru kurey inge. true love never dies dho
V tafaatu reeti vaahakaeh sifakohdinunves v furihama v v reeti eagerly waiting for the next i realy love this story?????
thank you princess.
V v v reethi ummedhu kuran v ahava libeyne kamah second part kiyaalan
iru thank you…varah avahah in sha allah next part up kuraanan