ބީހުން….(8)
ޑޮކުޓަރު އެވަގުތު އީތަން އަށް ގޮވާ އެއްފަރާތަކަށް ގެންދިއައެވެ.”އައެމް ސޮރީ އީތަން، އަޅުގަނޑުމެންނަކަށް އެބޭފުޅާގެ ފުރާނައެއް ސަލާމަތެއް ނުކުރެވުނު އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރިން އެކަމަކު އަޅުގަނޑު މެންނަކަށް އެއްވެސް މީހެއްގެ ފުރާނައިގަ ނުހިފެހެއްޓޭނެ، އެކްްސިޑެންޓުގެ ސަބަބުނަް ވަނީ ސިކުޑިއަށް ލޭ އެޅިފަ” ޑޮކުޓަރު އީތަން އަށް ހިތަވަރު ދެމުން ދިއައެވެ. އީތަން އަށް ހީވީ ބޮލަށް އުޑު ވެއްޓުނުހެންނެވެ. ނަމަވެސް މަންމަޔަށް ވާނެ ވަރު ހިތަށް އަރާ ކެއްކޮއްލީއެވެ.” ދަރިފުޅާ ކީކޭތާ ޑޮކުޓަރު ބުނީ”ރާބިއާ އީތަން ގާތަށް ގޮއްސަ އަހައިލިއެވެ. އޭރުވެސް ރާބިއާ ރުމުން ދަނީއެވެ. އީތަން ހުރީ ހަދާނެ ގޮތެއް ނޭގި ރޯން ވެސް ނޭގިފައެވެ.”ބައްޕާ ދުރުވެބަށްލަވާ އެކޮޅަށް” އީތަން އެހެންކިޔާ ސަލީމު އަތުގައި ހިފާގެން އެއްފަރާތަކަށް ގޮއްސަ ވެގެން އުޅޭގޮތް އޮޅުން ފިލުވާދިނެވެ. އީތަން އެހެން ބުނުމުން ސަލީމު ވެސް ދިޔައީ ހުރިތަނުން ނަގައިގެންނެވެ. ވާނީ އެހެންތާއެވެ. އާދަނު އަކީ ދެގޮތެއް ނުވާ މިތުރެއް ވިއްޔާއެވެ.”ދަރިފުޅު މިތާމަޑުކުރޭ ބައްޕަ މަންމަމެންނަށް ކިޔާދޭނަން ވެގެން އުޅޭގޮތް، ކޮންމެ ގޮތެއްވިޔަސް މީކީ ނުބުނެ ތިބެވޭނެ ކަމެއް ނޫން” ސަލީމު އެހެން ބުނެ ހިގައިގަތް އިރުވެސް އީތަން ހުރީ ހުއްޓުން އަރާފައެވެ.”މީއެންމެން ވެސް ހިތްވަރު ކުރަން ވީވަގުތު،އަހަރެމެން އިންސާނުންނަކީ، ދުވަސް ކޮޅެއްގެ މެހެމާނުން، ކޮންމެވަގުތަކުވެސް ފުރާނަ ގެންދަވާފާނެ، ރާބިއާ ކެއްތެރިވާތި، އަހަންނަށް އިގޭ މިހެން ބުނާއިރު ވެސް ރާބިއާ ދެރަ ވާނެވަރު، އެކަމަކު މީކީ ނުބުނެ ސިއްރު ކުރެވޭނެ ކަމެއް ނޫން އާދަނު މިފަނާކުރުވަނި ދުނިޔެއާ ވަކިވެއްޖެ” ސަލީމު އަށް އެހެން ބުނެވުނު އިރު އިނީ ރަނގަޅަށް ވެސް ރޮވިފައެވެ.، އީތަން ހުރީ ތަންކޮޅެއް ދުރުގަ މަންޒަރު ބަލާށެވެ. އެފަކީރު ދުރުގަ ބަލަން ހުރި މަންޒަރު ފެނުނު މީހަކުވެސް ހިތްފަޅައިގެން ދާހާވަރު ވާނެއެވެ. އެވަގުތު ރާބިއާ ވެއްޓެން ދާން ފެށުމުން އަމީނާ ރާބިއާއޭ ކިޔާ ހަޅޭލަވައިގަތް އަޑައް އީތަން ދުވެ އައިސް ރާބިއާ ނުވެއްޓެނީސް ހިފަހަތްޓައިފިއެވެ.ރާބިއާ ވަގުތުން އެމެޖެންސީ ރޫމަށް ވަށްދާ ފަރުވާ ދޭން ފަށައިފިއެވެ. ޒޫމީ ފަކީރު ކަނެއްގަ ހުރި ގޮނޑިއަކަށް ޖެހުނު ގޮތަށް އަގަ ނުލައްޕާ ރޮނީއެވެ. އަމީނާ ޒޫމީއަށް ހިތްވަރު ދެމުން ދަނީއެވެ. “ދަރިފުޅާ ހިނގާ ސަހަރާއަށް ދަމާ، މާގިނަ އިރު ކުރާނެ ކަމެއް ނެތް” ސަލީމު އީތަންގެ ބުރަކަށީގައި ފިރުމަމުން ބުނެލިއެވެ. އީތަން މިވަގުތު ހަނދަންވީ ކީއްކަން ނޭގި ހުރީ ހުއްޓުން އަރާފައެވެ. އެއްކޮޅުން އެޔުތީ މަންމަ އޮއް ހާލެވެ. އަނެއްކޮޅުން ބައްޕަގެ ފުރާނަ ނެތް މަސްގަނޑެވެ. ކޮންމެ ގޮތެއް ވިޔަސް ދެކަން އެއްފަހަރާ ޖެހުނީއެވެ. މިވެސް މާތް ރަސްކާލާގެ ކުރައްވާ އިމްތިހާނެކެވެ. ކެއްކުރުން ނޫން ގޮތެއް ނޫންނާނެއެވެ. އީތަން ހުރީ ދާނެ ކޮޅެއް ނޭގިހުއްޓުން އަރާފައެވެ.
” ދަރިފުޅާ، މީހިތްވަރު ކުރަންވީ ވަގުތު، މިވަގުތު ދަރިފުޅު ތިހާބަލިކަށި ވެގެން ނުވާނެ” ސަލީމު އީތަންގެ ކޮނޑުގައި އަތް ބާއްވާލަމުން ބުނެލިއެވެ. ” ބައްޕާ އަޅުގަނޑު ހިތްވަރު އެބަ ކުރަމޭ، އަޅުގަނޑު މިހިސާބަށް އާދެވިފަ މިހިރީ އެބައްޕަގެ ހާދަ ބުރަ މަސައްކަތަކުންނޭ، ކީއްވެތަ؟ ބައްޕަ އަޅުގަނޑުގެ ހުރިހާ އުފަލެއްގަ ބައިވެރި ނުވެ އެދިޔައީ؟”އެހާވަރަށް ބުނެވެވުނުތަނާ މިހާތަނަށް ހިތްވަރު ގަދަ ކޮށްގެން ހުރި އީތަން އަށް ރޮވިއްޖެއެވެ.”ދަރިފުޅާ ހަމަޖެހިބަލަ، އެހެން މީހުންނަށް ނަމޫނާއަކަށް ވެބަަލަ ދަރިފުޅާ ސަލީމުއެތަށް ހިތްވަރެއް ދީގެން އީތަން ހަމަޔަކަށް އަޅުވައިގެން މައްޔިތާ ގޮވައިގެން އާސަހަރާޔަށް ދިޔައެވެ. އެމީހުން ދިޔަތަނާ މާގިނަ އިރުތަކެއް ނުވަނީސް ރާބިއާ ވެސް ކުޑަކޮށް ހަމަޔަކަށް އެޅުމުން އަމީނާމެން ވެސް ދިޔައީ އާސަހަރާއަށެވެ. އޭރު މާލޭގަ އުޅޭެދެފަރާތު އާއިލާ މީހުންނާއި އީތަންގެ ރަށްޓެހިން ވެސް ސަހަރާގައި ތިއްބެވެ . ކަށުކަމާކެމީގެ ކަންތަށް ނިމްމާލާފަ އެމީހުންނަށް ގެޔަށް ދެވުނު އިރު ދަންވަރު ބާރަޖަހާ ބޮޑުވެއްޖެއެވެ. އަނެއް ދުވަހަށް އިރު އެރި އިރުވެސް ރާބިއާގެ ހާލަކީ އަޑުން އަޑުނަގާ ރުއިމެވެ. އީތަން އަށް އެވަރު ނުވިޔަސް އޭނަގެ ހާލަކީވެސް އެޔެވެ.”މަންމާ ހެޔޮނުވާނެ ހިގާބަލަ ކޮއްމެވެސް އެއްޗެއް ކެވޭތޯބަލަން، މަންމަ އެއްޗެއް ނުކައިތާ ކޮންއިރެއްތަ؟ އަޅުގަނޑު މިއައީ މަންމަޔަށް ބަތްޕެން ފޮދެއް ވެސް ކަށްކާފަ،މަންމަ އެއްޗެއް ނުކައި ހުރީމަ އިތުރަށް ބަލިކަށިވާނެ، އެހެން ނޫނަސް މަންމަ ތިހެން ހުންނަންޏާ ،އީތަން އަށް ވެސް އަދި އަޅުގަނޑަށް ވެސް ވާނީ ކިހިނެތް؟” ޒޫމީ ކިތަންމެ ދެރަވެފަ ހުއްޓަސް ރާބިއާޔަށް ހިތްވަރު ދެމުން ބުނެލިއެވެ. ޒޫމީ ދެކެނީ ރާބިއާ އަކީ އޭނަގެވެސް މަންމަ ގޮތަށެވެ. ރާބިއާގެ އާއިލާ މީހުންވެސް މާލޭގަ އުޅެއެވެ. އެމީހުން އުޅުނަކަސް، އޭ އެހެން ކަމެއް ވިއްޔާއެވެ. “ދަރިފުޅާ މަންމަވެސް އެއްޗެއް ކެވޭތޯ ބަލަމޭ، އެކަމަކު ބައްޕަ މަތިން ހިތަށް އަރާފަ އެއްޗެއް ނުދިރެނީއޭ.” ރާބިއާ ރޮމުން ބުނެލިއެވެ. ޒޫމީ އެތަށް ވާހަކައެއް ދައްކާގެން ރާބިއާޔަށް ބަތްޕެން ފޮދެއް ދީފިއެވެ.
” ސާރ އަޅުގަނޑު އަނެއްކާވެސް ޗުއްޓީބޭނުން ވެއްޖެ، ކުޑަ އެހީތެރި ކަމެއްވެސް ބޭނުން” މަސީހު ފޯނުން ވާހަކަ ދައްކަމުން ބުނެލިއެވެ.” އެހެންތަ؟ މަސީހު ކޮންތާކު؟ ތިއުޅެނީ” ސަލީމު އަހައިލިއެވެ.” އަޅުގަނޑު މިހިރީ އޮފީހުގަ، ސާރ ދުރުވީމަ ބުނަން ހުރީ އެކަމަކު ސާރ މިހާ ލަސް ވީމަ ދުރުނުވާތީ އަޅުގަނޑު މިގުޅާލީ” މަސީހު ގުޅި ބޭނުން ބުނެލިއެވެ.” އެހެންދޯ ރޭގައި ވަރަށް ލަސްވަންދެން ހޭލާ އުޅުނީ އީތަންގެ ބައްޕަ ނިޔާވެގެން، އެހެންވެ ގޭތެރެ މިއަދު އެހާކަ ރަގަޅެއް ނޫން އެހެންވީމަ ނުދިޔައީ، ދުންޔާ ކައިރީގަ ސާރ ބުނިނަް އެވާހަކަ” ސަލީމު ވެގެން އުޅޭގޮތް ބުނެދިނެވެ. ” އެހެންވީމަ ސާރ ދާނަން އިރުކޮޅަކުން އޮފީހަށް ގޮއްސަ ތިކަންތަށް ހަމަ ޖައްސާދޭނަން.” ސަލީމު އެހެން ބުނުމުން މަސީހު ލައްބައޭ ކިޔާ ފޯނު ކަނޑާލީއެވެ.
” ދަރިފުޅާ މަންމަ ބޭނުމީދެން ރަށަށް ދާން، މިހާރު ބައްޕަ ނިޔާވިތާވެސް ދެހަފުތާ މިވީ، ކިހާ ދުވަހެށް މަންމަ މިކޮޅުގަ ހުންނަތާ،؟ ގެވެސް އެހުންނަނީ ފަޅަށް، އެހެން ހުންނަން ވެއްޖެއްޔާ އެތަން އިންދިރާސް ކޮއްލާނެ، ރަށުގައި އުޅޭނެ ނުލާހިކު ނުލަފާ ކުދިން އެމީހުން ތަނެއް ފަޅުކޮއް ހުރިއްޔާ ނުބަހައްޓާނެ” ރާބިއާ ރަށަށް ދާހިތްވާލެއް ބޮޑު ކަމުން ފަތި ފައްޗަށް އަމުނާލިއެވެ.
” މަންމާ އަޅުގަނޑަށް ވެސް އިނގެޔޭ ތިކަން އެކަމަކު މަންމަ ރަށަށް ގޮއްސަ އުޅެން ޖެހޭނީ އެކަނިމާއެކަނި ބައަޔެއް ވިޔަސް ކާކު އަޅާލާން ހުރީ؟ ، ދެން ކީކުރަންތަ؟ މަންމަ ރަށަށް ދަނީކީ މަންމަ އަޅުގަނޑާ އެއްކޮއް މިތާހުރީމަ މާރަނގަޅު ވާނެ އޭރުން މަންމަ ފޫހިވެސް ނުވާނެންނޫން އަބަދުވެްސް މަންމަގެ ދަރިފުޅު ހުންނާނެ ފެންނަން” އީތަން ރާބިއާޔަށް ވިސްނާދެމުން ބުނެލިއެވެ.ހަޤީގަތުގަ އީތަން ރާބިއާ ރަށަށް ފޮނުވަން ބޭނުން ނުވަނީ ރާބިއާ ރަށަށް ގޮއްސި ނަމަ މާބޮޑަށް އާދަނުގެ ހަނދާންަތައް ކުރެވޭނެތީއެވެ. ވާނީވެސް އެހެންތާއެވެ. އުމުރު ދުވަހު އެެެދެމަފިރިން އުޅުނު ތަން ވިއްޔާއެވެ. “މަންމަދެން އެހާއެކަމާ ނުވިސްނާ، އަޅުގަނޑު އެތަން ކުއްޔަށް ވިއަސް މީހަކަށް ވިއަސް އެތަން ދޭނަން އޭރުން އެތަން ވާރާނާއެއް ނުވާނެއެންނޫން” އީތަން އެހެން ބުނުމުން ރާބިއާ ހިތްހަމަ ނުޖެހުނަސް އިތުރު އެއްޗެއް ނުބުންޏެވެ.
“ދަރިފުޅާ މިހާރަކަށް އައިސް ދަރިފުޅު ހާދަ ފާޑަކަށް ހުންނަހެން، މަންމަޔަށް ހީވެޔޭ، އަނެއްކާ އީތަންއާ ދެކުދިން މައްސަލައެއް ޖެހުނީތަ؟” ޒޫމީ ކަމަކަށް ގެއްލިފަ ހުރުމުން އަމީނާ އަހައިލިއެވެ. އަމީނާ ކޮޓަރިއަށް ވަން ކަމެއްވެސް ޒޫމީ އަކަށް ނޭގެއެވެ. ވާނީވެސް އެހެންތާއެވެ. ޒޫމީ ހުރީ އޭނަޔާ ދިމާވެގެން އުޅޭ ކަންތަކާ ހުރެ ސިކުނޑި ގޮވާވަރުވެފައެވެ. އެފަކީރު ރޭގަނޑު ޑިއުޓީ ނެތް ރޭއް ވިއްޔާ އެތަށް ތުރާލަކާ ކުރިމަތި ވޭވިއްޔާއެވެ. ކުރީގަ ވިއްޔާ ގައިގަ އަތްލުމާ ހިޔަންނެއް ފެންނަކަން ހުރެއެވެ. އެކަމަކު މިހާރު އެއެއްޗެއް ޒޫމީއަކީ އޭނަގެ މިލްކަކަށް ހިތާ ޒޫމީގެ ޖިސްމުންވެސް އުފާ ހޯދަނީއެވެ. ޒޫމީގެ ހަށިގަނޑުގަ ނުރިއްސާ އެންމެ ތަންކުޅެއް ނެތޭ ބުންނަސް ދޮގަކަށް ނުވާނެވެ. އީތަން ކައިރީގަ އޮތިއްޔާ ކޮންމެވެސް މީހެއްގެ ސިފައިގައިއާދެއެވެ. އީތަން ނެތިއްޔާ އޭނަގެ ސިފައިގައާދެއެވެ.، ޒޫމީ ހުރީ އެކަމާ ވިސްނާށެވެ. ޒޫމީގެ ހިތަށް އަރުމުން ދިޔައީ އީތަން އަށް ހަމަ އެއްވެސް ކަމެއް ނޭގެނީބާވައެވެ. ގައިމު ގައިގެ އެތަން މިތާގަ ކަޅުވެފަ ހުންނަ ތަންތަން ވެސް ނުފެންނަނީބާއެވެ.” ދަރިފުޅާ” އަނެއަކާވެސް އަމީނާ ގޮވައިލިއެވެ. .”ނޫން މަންމާ އެއްވެސް މައްސަލައެއް ނުޖެހޭ، އަޅުގަނޑު ކުޑަކޮއް ބޮލުގަ ރިއްސާތީ މިއުޅެނީ” ޒޫމީ ގަސްތުގަ ދޮގުހެދިއެވެ. ޒޫމީ ވަމުންދާ ގޮތުގެ ވާހަކަ އެތަށް ފަހަރަކު މަތިން ބުނީމަ ވެސް އަމީނާ އެކަމަކާ މާކަ ބޮޑު އަޅާލުމެއް ނުދޭތީ ޒޫމީ ގަސްތުގަ ނުބުނީއެވެ. .”އެހެންދޯ! މަންމަ ހީކުރީ މާފާޑަކަށް ހުރީމަ ދެކުދިން މައްސަލައެއް ޖެހުނީ ކަމަށް،” އެފަކީރުގެ ހާލު އިހުސާސް ނުވާ ހާލު އަމީނާ އަނގަ ފުޅާކޮއް އެހެންދޯއޭ ބުނެލިއެވެ. “ދަރިފުޅާ މަލަކާގެ ހަބަރެއްވިތަ؟؟އެނެއްކާ ދަރިފުޅާ ރުޅީތަ؟؟ ނުވަތަ މައްސަލައެއް ޖެހުނީތަ؟،މަންމަ އެހެން މިބުނީ ދަރިފުޅުގެ ވެޑިން އަށް ނައިމަ މަންމަ ހީކުރީ އޭނަ ބިޒީވެގެން ނާދެވުނީއޭ، އެކަމަކު އޭގެ ފަހުން މީ ކޮންދުވަހެއް، އޭނަ އެހެންނާ އަބަދު އަންނަ ކުއްޖެއް ވިއްޔާ މިހާރު ނާންނާނީ ކޮންމެވެސް ކަމެއް ވީމައެއްނޫން .” އަމީނާ އަށް ވިސްނޭއެއެޗެއް އަމީނާ ބުނެލިއެވެ.”މަންމާ އަޅުގަނޑު ގުޅަން ވެސް ގުޅަން މެސެޖުވެސް ކުރަން އެކަމަކު ފޯނެއް ނުނަގާ ރިޕުލައި ވެސް ނުކުރޭ، އެހެންވެ އަޅުގަނޑަކަށް ނުކެރޭ އެގެޔަށް ދާންވެސް، އެކަމަކު މިއަދު ޑިއުޓީއަށް ދަމުން އެގެއަށް ވަނދެލާނަން، ކުރީރެޔަކުވެސް އީތަންއާ ދެމީހުން ތިބީ އެގެއަށް ދާން އެކަމަކު ބިޒީވެގެން ނުދެވުނު” . ޒޫމީ އަމީނާޔަށް އޮޅުން ފިލުވާ ދިނުމުން އާނ އެންމެ ރަގަޅޭ ކިޔާ އަމީނާ ނިކުއްމެއްޖެއެވެ.
“އައްސަލާމް އަލައިކުމް ” މަލަކާމެންގޭ ދޮރުމަތީ ހުރެ ޒޫމީ ސަލާން ގޮވަމުން ދިޔައެވެ.”ވައަލައިކު މުއްސަލާމް، އަހަ ޒޫމީ ހާދަ ދުވަހެއް ކޮއްލާފަ،؟؟! ވަނދޭ އެތެރެއަށް، ކިހިނެތްތަ؟ ހާލުކޮޅު” ޒޫމީ ސަލާން ގޮވުމުން ބަޝީރާ ސަލާން ބަަލައިގަންނަމުން ސުވާލް ކޮއްލިއެވެ.”ރަގަޅު ދައްތަ ކިހިނެއްތޯ؟ ކޮބައިތަ މަލާ؟” ޒޫމީ ތަންތަން ހޯދަމުން ހާލު އަހައި މަލަކާ ކޮބައިތޯ އަހައިލިއެވެ.” ވެއްޖެ އެތެރޭގަ، މަޑުކުރޭ ދައްތަ ގޮވައިލާނަން” ބަޝީރާ އެހެން ބުނެ މަލަކާގެ ކޮޓަރީގެ ދޮރުގަ ތަޅަން ފަށައިފިއެވެ.” ދަރިފުޅާ މަލަކާ ނިކުމެބަލަ، ޒޫމީ އެބަހުރި ދަރިފުޅު ހޯދަންއައިސް”ބަށީރާ ދޮރުގަ ތަޅަމުން ބުނެލިއެވެ. “ލައްބަ މަންމާ އެބަ ނިކުންނަން” މަލަކާ ކިތައްމެ ފޫހިވިޔަސް ނިކުންނަނީއޭ ބުނެލިއެވެ.
…ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.



Wow masha allah v rythi v furihsma??? alhe zoomy ah dhimaavegen ulhey jinni kanthah engeyne nama egey myhunnah saleem ah shakkevviyas vaane nama ennu dhw dhen hury malaa eyna eethan dheke loabivaakan zoomy ah neyngyma neygeyne dhw zoomy akah mihaarudhen vaane kamevves noannaanethaa dhw ehennoonas zoomy n eethan ge kaiveni kurevuny emyhunnavves neyngikanves malaa ah engeydhen kykkuran ulhey gotheh thiyaee anyway stry v rythi when nxt prt up soon ingey??❤❤❤??????
V reethi mipartves God luck
Mives vaahakaehttha
V.reethi mi part ves…up kohdhechey avahah
V rythi