3-ކެތްކުރިން ކުރަން އަދިވެސް ކުރާނަން
“ލައު ރޮނީތަ؟؟؟” ގިސްލެވުމުގެ އަޑުއިވުމުން އެންމެ ކައިރީ އިން ޒައިކަލް އަހާލިއެވެ. ލައުރާ ފޮރުވާކަށް ނޫޅުނެވެ. އަޑުންއަޑުނަގައި ރޮއެގަތެވެ. އަދި ދެއަތް ނަގާ މޫނުގައި އެޅުމަށްފަހު ގޮޑިން ތެދުވެ ކޮޓަރި އާއި ދިމާއަތް މިސްރާބުޖެހިއެވެ. ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ.
“ކިހިނެއް އެވީ؟؟؟” ޒައިކަލް މާޝާ އާއި ޝާއިންގެ މޫނަށް ބަލާލިއެވެ. އެމީހުންގެ މޫނުން ފެނުނު ކުލަވަރު ވަކި ކުރާކަށް ޒައިކަލްއަކަށް ނޭނގުނެވެ. ކެއުމަގެން ކުރިއަށް ދިޔައިރު އެކަކުވެސް ދެން ވާހަކައެއް ނުދަކައެވެ.
ދޮރު ތަޅުލެވުމާއިއެކު ލައުރާ ދޮރު ކައިރީ އިށީންދެލިއެވެ. ނުރޯން ކިތަންމެ މަސަތްކަތެއް ކުރި ނަމަވެސް ކަރުނަތަށްވީ އިތުރެވެ. އެތަށް އިރަކު ރުއިމަށްފަހު ހިތްހަމަ ޖެހޭވަރު ވުމުން ލައުރާ ގޮސް އެނދުގައި ހަމަޖެހިލިއެވެ. އަދި އެނދު ކައިރީ ހުރި އޭނާގެ ފޮށިން އެއްޗެހިތަށް ނަގާ ތަރުތީބު ކުރަން ފެށިއެވެ.
“ޝާއިން ކިއްވެ އެހެން ބުނީ؟؟ ލައު ބޭނުމެއްނޫން އޭނާގެ ވާހަކަ ދައްކާކަށް. ލައު އެކަން ކުރިތާ މިހާރު ކިތަށް އަހަރު ވެއްޖެ؟؟” މާޝާ ހިތްހަމަ ނުޖެހިފާ ހުރެ ޝާއިން ގާތު ޝަކުވާކުރިއެވެ.
” އަހަރެން އެހެން ބުނީ މަޖަލަކަށް.. ކިހިނެއް އިނގޭނީ ރޯން ފަށާފާނެކަމެއް…” މާޝާ އެވާހަކަ ދެއްކި އިރު ޝައިން އިނީ އެކަމާ ވިސްނާށެވެ.އޭނާގެ ވާހަކަ ދެއްކުމުން ލައުރާއަށް އައި ބަދަލާމެދުއެވެ. އެހެން ނޫނީ އެވާހަކަ ދެއްކުމުން މޫނު ރަތްވާ ކުއްޖާ ކުއްލިއަކަށް ރޯންފެށުމުންނެވެ.
“އެކަމަކުވެސް ހެޔޮ.. ޝާއިންއަށް ވުރެ ބޮޑަށް ލައު އެމީހަކު އިނގޭ.. ޝާއިންއަށް ހަމައެކަނި އިނގެނީ އެދެމީހުން ގެ ގުޅުމެއް އޮތްކަން. މިހާރު އޭގެފަހުން ކިތަށް ކަންތަށް ވެއްޖެ.. ދެން އެވާހަކަ ނިމުނީ.ކޮބާ ލައުއަށް ނެގި ސިމް؟؟” މާޝާ ވާހަކަ ބަދަލުކޮއްލިއެވެ.ޝާއިން ސިމް ދިނުމުން މާޝާ ލައުރާގެ ކޮޓަރިގޮސް ޓަކި ޖަހާލިއެވެ.
” ކަ..ކާ..ކު… ކާކު؟؟ ވަ.. ވަދޭ..” ކޮޓާރިތެރެއިން އަޑުއައި ގޮތުން މާޝާ ހީކުރީ ލައުރާ އަދިވެސް ރޮނީކަމަށެވެ. މަޑުމަޑުން ދޮރު ހުޅުވާލުމާއި އެކީ މާޝާ ދޮރުން ބޯ ދިއްކޮލިއެވެ. ވަގުތުން އޭނާ ގާތަށް ހިނިއައެވެ. ލައުރާ ހުރި ގޮތުންނެވެ.
ބޯމަތީ ފޮތްތަކެއް ބެލެންސުކުރަމުން ދިޔައިރު އަތުގާހުރި ފޮތްތަށް ކަބަޑުގެ ތެރޭ ރީތިކޮން ބަހަޓަމުން ދިޔައެވެ. އަނގައިގާ ޗުވިންގަމްއެއް އޮތެވެ. މާޝާ ފެނުމުން ލައުރާ އެނދު މައްޗަށް ބޮލުގައި ހުރި ފޮތްތަށް ވަރާލިއެވެ.
” ކިހިނެއް ވީ ސިސް؟؟؟ ލައު މި އުޅުނީ ލައުގެ ރޫމް ރީތި ކުރަންވެގެން. ” ލައުރާގެ މޫނުމަތިން ކަމެއްވި ހެންވެސް ހީނުވެއެވެ. މާޝާ އާއި ވާހަކަ ދެއްކީ ނުލާހިކު ހަމަ ޖެހިލާފަ ހުރެއެވެ.
” މި ދޭން ވެގެން މި އައީ…ދެން ލައު ނުވާނެ އެއްނުން ނުކައި ތިކަން ކުރާކަށް. ކުޑައިރުވެސް އުޅުނު ގޮތަށް ދޯ ތި އުޅެނީ..” މާޝާ އެނދުމަތީ އިށީދެ އެތާ ހުރި ފޮތްތަށް ބަލަން ފެށިއެވެ.
” ލައު.. މީ ހާދަ ބާ ފޮތެއް.. މީ ކޯޗެއްތަ؟؟” މާޝާގެ ޖުމްލަ ފުރިހަމަވިކަމެއް ނޭނގެއެވެ. މާޝާ އަތުން އެފޮތް ލައުރާ ޖަހައިގަތެވެ. އޭރު އޭނާ ހުރީ ފެން ކަޅިވެފައެވެ.
” މި..މި..މީ.. މީ ވަ..ރަ.. ވަރަށް ކުރީގެ ފޮތެއް. ކޮލެޖްގެ ފުރަތަމަ ނޯޓްސް ތަށް މީ..” ލައުރާ އެފޮތް ކަބަގެއްގެ ތެރެއަށްލާ ފޮރުވިއެވެ. އޭނާގެ އަމަލްތަށް ހުރި ގޮތުން މާޝާގެ ހިތުގައި ސުވާލު އުފެދުނެވެ. އަދި އެފޮތަ މެދު ޝައުގުވެރިކަން އުފެދުނެވެ.
” ދެން ތިކަން ނުކޮށް ހިނގާބަލަ ކާން…” އެފޮތުގެ ސިއްރު ހޯދުމަށް އަމިއްލައަށް ވައުދުވަމުން މާޝާ ބުނެލިއެވެ.
“ނޮޕްސް.. ދެން ލައު ނިދާނީ.. ވަރަށް ވަރަށް ވަރުބަލި..” ލައުރާ ބަހަނާއެއް ދައްކާލިއެވެ. މާޝާ އިރުކޮޅެއް ވަންދެން ލައުރާ އާއި ވާހަކަ ދައްކަން ހުރެލާފަ ދިޔައެވެ. މާޝާ ދިޔުމުން ލައުރާ ކޮޓަރި ތެރެ ތަރުތީބު ކުރުމަށް ފަހު ނިދިއިރު ގަޑިން ދަންވަރު 3 ޖަހައިފިއެވެ.
ޖެހިގެން އައި ދުވަހު ލައުރާއަށް ހޭލެވުނީ 11 ޖެހި ފަހުންނެވެ.”ޝިޓް” އެނދުން ފުންމާލައިގެން ލައުރާ ފާހަނައަސް ވަދެ ކުޑަގޮތަކަށް ފެންވަރައިލާގެން އޭނާ ނިކުތެވެ. އަދި ކަޅު ކުލައިގެ ޖިންސްއަކާ ހުދު ކުލައިގެ އަތް ދިގު ޓީޝާޓެއް ލައިގެން ބޭރަށް ނިކުތެވެ.
“ހެއި…. ބޭބީ ގާރލް ހަދަ އަވަހަކަށް ހޭލި؟؟” ޒައިކަލްއަށް ލައުރާ ކޮޓަރިން ނިކުންތަން ފެނުމުން ބުނެލިއެވެ.
“ޒައިކަލްއަށް ވަރަށް ހޭލެވޭ ދޯ ކުރިން!!! ލައު ކޮފީ ބޭނުންތަ؟” މާޝާ ލައުރާގާތު އަހާލިއެވެ.
މާޝާއަށް އާއެކޭ ބުނުމަށްފަހު ލައުރާ އަލުން ކޮޓަރިއަށް ވަނެވެ. އަދި އިސްތަށިގަނޑުގައި ފުނާ ކާއްތާލުމަސްފަހު އިސްތަށިގަނޑު އައްސާލިއެވެ. ތުންފަތުގައި ލިޕްގްލޮސްއެއް ހާކާލުމަށްފަހު ދަބަސް ހިފައިގެން ނިކުތެވެ. ބަދިގެއަށް ގޮސް މާޝާ އަތުން ކޮފީ ތަށި އަތުލައި އެއްނޭވާއިން ކޮފި ބޯލުމަށްފަހު މާޝާ އަތަށް ތަށިދީފައި ބޭރަށް ދާކަމަށް ބުނެ ގެއިން ނިކުތެވެ.
“ކޮންތާކަށް ލައުރާ އެދަނީ؟؟؟” ޝާއިންއަށް ލައުރާ ބޭރަށް ނިކުންތަން ފެނިފައި އެހިއެވެ.
” ބޭރަށޯ ބުނީ.. ވަކި ތަނެއް ނުބުނެ.” މާޝާ ލައުރާ ދިޔަ ދިމާލަށް ބަލަން ހުރެ ބުނެލިއެވެ.
” އޭނާ ވަރަށް ތަފާތު ވެއްޖެދޯ.. ފާހަގަ ވޭތަ؟؟” ޝާއިން ވިސްނާލާފައި ބުނެލިއެވެ.
” ހޫމް. ދެން ތަފާތު ނުވެ ހުންނާނެތަ؟؟. އެކަމް ވަރަށް ބޭބިޝް އަދިވެސް..” މާޝާ އެއްބަސްވިއެވެ.
ލައުރަ ހުރީ ގެއިން ބޭރަށް ނުނިކުމެވިފައެވެ. ފުރަތަމަވެސް ލީފުން ނޭވާއިން ހީވީ ސާފުވައި ކޮޅެއް މިއިން ދުވަހަކުވެސް ނުލިބޭހެންނެވެ.މަޑުމަޑުން ކުރިއަށް ހިނގައިގަތީ ދާނެވަކި މަންޒިލެއް އޮވެގެންނެތް ނޫނެވެ. ހިނގަމުން ދިޔައިރު ފެންނަ ބައެއް ފިހާރަތަކަށް ވަންނަމުން ދިޔައެވެ.
“އައުޗް….” ފިހާރަޔަކުން ނިކުންނަނިކޮން ލައުރާގެ ކުރިމައްޗަށް މީހަކު އެރުމުން ބުނެލެވުނެވެ. ކިރިޔާ އޭނާގެ ގައިގާ ނުޖެހުނީއެވެ. ލައުރާ ލޯ މަރާލުމަށްފަހު ފުން ނޭވާއެއް ލާފައި ކުރިމަތީ ހުރި މީހާއަށް ބަލާލިއެވެ. ލައުރާއަށް އެމީހާގެ މޫނުފެނުމުން ދެލޯ ބޮޑުކޮއްލެވުނެވެ. “އައުސް”
އައުސްއަށް ކުރިމަތީ ހުރި ކުއްޖާއަށް ބަލާލެވުނީ އޭނާގެ ނަން ކިޔާލިއަޑު އިވުމުންނެވެ. އޭރު ކުރިމަތީ ހުރީ އެއްގޮތަކުން ދަންނަ ކުއްޖެކެވެ. އަނެތްގޮތަކުން ނުދަންނަ ކުއްޖެކެވެ. އައުސް އޭނާގެ ސިކުނޑިއަށް ބާރުލީ ނަން ހަދާންވޭތޯއެވެ. ނަމަވެސް ހަދާނެއް ނުވިއެވެ. އެހެންކަމުން އެއަންހެން ކުއްޖާ ވާހަކަ ދައްކަތޯ އައުސް ހުއްޓެވެ. ނަމަވެސް އެނާގެ އެއެދުމުގައި ކޮޅުފައިން ޖަހާފައި އެކުއްޖާ ހިނގައިގަތެވެ.
ލައުރާ އައުސް ފަސްދީ ގެއާއިދިމާއަށް މިސްރަބުޖެހީ އަވަހަށް އައުސްއަށް ފިލާށެވެ. މިއޮތީ އޭނާ ބިރުގަތް ކަންތަކާލައި ގެންފައޭ އޭނަގެ ހިތަށް އެރިއެވެ. އެވަގުތު މީގެ 4 އަހަރު ކުރި ހަނދާންވިއެވެ.އެރުއިންތަކެވެ. އެއާދޭސްތަކެވެ. ސަލާމަތް ވެވޭތޯ ކުރި މަސައްކަތްތަކެވެ. ހިޔާލީ ދުނިޔޭގައި ހުރެ ލައުރާއަށް ދެވޭ ނުދެވޭއެއްވެސް ނޭނގެއެވެ.
ހިޔާލީ ދުނިޔެ އިން ނިކުމެވުނީ މަގުމަތީ ހުރި ހޮޅިދަނޑިއެއްގައި ޖެހުމުންނެވެ. ވިސްނުމަށް ގެއްލިފައި ހުރި ވަރުން ހޮޅިދަނޑި ނުފެނުނީއެވެ. ލައުރާއަށް މަގުގެ ދެކޮޅު ބަލާ ލެވުނީ އިހުތިޔާރަކާއި ނުލައެވެ. މަގުމަތީ ހިނގާފައި ދިޔަ ގިނަ މީހުން އޭނާއަށް ބަލަމުން ދިޔައެވެ. ގަތް ލަދު ފޮރުވުމަށް ލައުރާ ނޫން ކަމަށް ހަދާފައި ކުރިއަށް ފިޔަވަޅެއް އަޅާލުމައިއެކު އަނެއްކާވެސް ޖެހުނީ ހޮލިދަނޑީގައެވެ.
“އާހްހް…….” ލައުރާއަށް ނިތްކުރީ އަތް އެޅުނީ ހޮޅިދަނޑީ ޖެހުނުތަނަށް ވީތަދެއްގެ ބޮޑުކަމުންނެވެ. އޭނާއަށް ސިހުން ލިބުނީއަތުގައި ދިޔާއެއްޗެއް ޖެހުމުންނެވެ. އަތަށް ބަލާލިއިރު އަތުގައި ލެއި ހުރިތަން ފެނުމުން ތުރުތުރުއަޅައިގަތެވެ. ހުރިތާ ދެލޯ ބޮޑުކޮއްގެން ހުރެވުނީ އެހަނދާންތަށް އައުމުންނެވެ.
އެއީ ލައުރާގެ އެންމެ ގާތް އެކުވެރިޔާއެވެ. އެކުވެރިޔާގެ ރުއިންތަކާއި އާދޭސްތަށް ބަލަން ހުރެވުނީ އޭނާއަށް ކޮއްދެވޭނެ ކަމެއް ނެތުމުންނެވެ. އެދުވަހު ފުރަތަމަ ފަހަރަށް އޭނާގެ ބަލިކަށިކަން އިހުސާސް ކުރެވުނެވެ. އޭނާއަށް ކުރެވުނުހާވެސް ކަމަކީ ބަލަން ރޯލަރޯލާ ހުރުމެވެ.
” ހޭއި.. ގާލް… ކޮންތާކަށް ދާން ތިއުޅެނީ؟؟؟” ލައުރާއަށް ހަމަ ބިމަށް އާދެވުނީ އޭނާގެ އަތުގައި ހިފައި މީހަކު ތަޅުވާލުމުންނެވެ. އޭރު ކައިރީ އައުސް ހުއްޓެވެ. ލައުރާއަށް ކަޅިޖަހާނުލައި އައުސް ބަލަން ހުރެވުނެވެ.
ކުރިމަތީ ހުރި އަންހެންކުއްޖާ އަނގައިން ނުބުނެ ބަލަން ހުރުމުން އައުސް އޭނާގެއަތުގައި ހިފައިގެން ކައިރީ ހުރި ރެސްޓޯރެންޓްއަށް ވަނެވެ. މީހުންގެ ލޯތަކަށް ސަމާލުކަމެއް ނުދީ އައުސް ގޮސް އިށީނީ ގަހެއްގެ ފުރަގަހުގައި އިން މޭޒެއްގައެވެ. އަދި ޓިޝޫ އަޅާފައި ހުރި އެތިން ދެތިން ޓިޝޫ ނަގާ ލައުރާ އަތަށް ލައިދިނެވެ.
ލައުރާ ސިހުނީ އައުސް އޭނާގެ އަތުތެރެއަށް ޓިޝޫތަކެއް ލައި ދިނުމުންނެވެ. އޭރުވެސް އޭނާއަށް ހުރެވުނީ އައުސް އާއި ދިމާ ބަލަށެވެ. ލައުރާ އިސް ޖަހަލީ އިތުރަށް އައުސްއަށް ނުބަލާށެވެ. މަޑުމަޑުން އިނދެގެން ނިއްކުރީގައި ހުރި ލެއިތަށް ފޮހެލިއެވެ.
” ތީ އެގާލް ދޯ.. އޭނަގެ ބެސްޓީ ދޯ..” އައުސް ލައުރާ އާއި ސުވާލު ކޮއްލިއެވެ. ލައުރާ ސިހިފާ އައުސްއަށް ބަލާލެވުނީ ހަތަރު އަހަރު ފަހުންވެސް އޭނާ މަތިން އައުސް ހަނދާން ހުރުމުންނެވެ. ކަންބޮޑުވެފާހުރެ ބޮލުގައިން ވޫލް ކޮޅު ނައްޓުވާލިއެވެ. އަދި އިސްތަށިގަނޑުން މޫނުގެ ދެބައިކުޅައެއްބައި ފޮރުވާލިއެވެ.
” ކޮން ކުއްޖެއްތޯ؟؟ އަޅުގަނޑު އިއްޔެ މި އައީ ދިވެހިރާއްޖެ.. މީ ނިއު ތަނެއް އަޅުގަނޑަށް.. ސޮރީ..” ލައުރާ ނޫން ކަމަށް ހަދާފައި ރެސްޓޯރެންޓުން ބޭރަށް ނިކުތެވެ. އޭރު އައުސް އިނީ ހިނިތުން ވެލައިގެންނެވެ.
“އިއްޔެ އަލަށް އައިމަދޯ އަވަހަށް ފިލާ ރައްކާއެވީ… ހެހެހެ.. ސޮރީޔޯ.. ” އައުސް އަމިއްލަ ނަފުސަށް އަޑުއިވޭ ވަރަށް ބުނެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.




Yea me first… Varah reethi when next part
thanks.. inshaa allah maadhan…
wow.. first time story eh liyumaa balaafa varah salhi. keep up the good work girl. varah salhi mi part ves. cant wait for the next part. lil intro eh nehtha maikaage :p
thanks a lot.. kon kahala intro eh beynumii??
Hii maikaa ???… Mi part vx v v v reethi ❤️❤️❤️… V v interesting ingey mi story mihaaru ???… Keep it up ☺️☺️☺️… Waiting for next part…
heii.. thanks..
Maashaa Allah varah reethi! But varah kury??
Adhi one part up kohdeeybaa pls pls pls ?
thanks..
Mi story adhi miahvuren ves reethi vaane kamah ummeeedhu kuran ?
inshaa allah mis tory miah vure intrestin kirevey thw balaanan..
mi story varah reethi i cant wait for next part
thnks.