Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބިއެހެނަސް..19

Uhthoo Level 210 Stories100 Comments100 Login
February 17, 2018 6 Mins Read
21 Comments

ރީމާވެސް ޝުއޫންއާ ސަކަރާތް ޖަހަމުން ދިޔައެވެ. އެވަގުތަކީ އަޔާޒު އިން ލޯންޗު އައިސް  ފަޅަށް ވަން ވަގުތެވެ. އެއްލިކަޅިން އަޔާޒަށް ޝުއޫންއާ ސަކަރާތްޖަހަމުން ދިޔަ ރީމާ ފެނުނެވެ.

ދެވަނަފަހަރަށްވެސް ބަލާލެވުނީ ފެނުނީ ރީމާތޯ ޔަގީން ކޮށްލުމަށެވެ. އަޔާޒުގެ ބޮލަށް އެނބުރުން އަރައިގެން ދިޔަ ފަދައެވެ. ޖެޓީއަށް ފޭބުމުންވެސް އަޔާޒުގެ ލޯ ހޯދާލީ ރީމާއެވެ.

ރީމާ އެއިނީ މިހާރު އެކުއްޖާ އުރައިގެންނެވެ. އެ މޫނުމަތިން ފެންނަމުންދިޔަ ހިނިތުންވުންފެނި އަޔާޒުގެ ހިތަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. ރަނގަޅަށްވެސް އޭނާ އެހެރީ ޝޮކެއްގައެވެ……

“ބޮސް..ދުރުވޭ..” ޕިކަޕުގެ ދޮރު ހުޅުވާލުމަށްފަހު މުނާޒު ބުނެލިއެވެ. ނަމަވެސް އަޔާޒު ހުރީ ދާކަހަލަ މޫޑެއްގައެއް ނޫނެވެ.

ހިތާދެކޮޅަށް ގޮސް އެރިއިރުވެސް އޭނާގެ ނަޒަރު ހުއްޓިފައިވަނީ ބޭރު ތޮށީގައި އިން ރީމާއަށެވެ. އެހައި ދުރަށް ނުދަނީސް އެ ބިން ފެނިއްޖެއެވެ.

އަޔާޒު އެ ތަނަށް ބަލަން ހުރި އިރުވެސް ހުރީ ފާޑަކަށެވެ. މުނާޒަށްވެސް އޭނާއަށް އައި ބަދަލުވަނީ ފާހަނގަ ކުރެވިފައެވެ.

ފުރަން އޮތީ އެރޭކަމުން އަޔާޒުމެން މަޑުކުރީ ގެސްޓް ހައުސްއެއްގައެވެ. އެކަމުން ނިމިގެން އައިސް އަޔާޒު ވަނީ އޭނާގެ ކޮޓަރިއަށެވެ.

ފާހާނަޔަށް ވަދެ މޫނުދޮންނަ ތަށި ކައިރިއަށް އައިސް ހުއްޓުނު އިރުވެސް މަޑު މަޑު އާހެއްގެ އަޑު އޭނާގެ އެތެރެހަށީގައި ގުގުމަމުންދިޔައެވެ.

ހަގީގަތުގައިވެސް ރީމާ އޭނާ ދޫކޮށްލީ ބާއެވެ. އޭނާގެ މުޅި ދުނިޔެ އޭނާއަށް ބޭވަފާތެރިވީކަމުގެ އިހުސާސް އަޔާޒަށް ކުރެވެން ފެށިއެވެ……

*ހިތުގައިވާ އުފާތަށް ގެއްލިފައިފައިވާ މީހެކޭމީ…ލޯބީގައި އަރާމެއް ހޯދިފައިނެތް މީހެކޭމީ….ނޫޅުމަށް ވޭނުގައި މަރުވުމޭ ބޭނުމީ.. ހާމަކުރީމާ ލޯބި މަވާކަން ލޯބިން ގުޅުނީ ރޮއްވަންހޭ…

އިތުބާރާ އެކުގައި ހިތްދީފައި ވަކިވީމާ ކެތްވާނެހޭ….ހިތް އެދޭ ލޯބިވާ…އަދުމަށަށް ގެއްލުނީ…..ބާކީވީމާ ލޯބީގައި ކާކަށްހޭ ނުރޮވޭނީ…

ހަމަރަނގަޅަށްވެސް އަޔާޒަށް ހުރެވުނީ ރޮވިފައެވެ. އެހެންނުވާނީ ކީއްވެހެއްޔެވެ؟ އަޔާޒުގެ ލޯބިވެރިޔާ އެހެންމީހަކާ އެކީ ފެނުމުން ހިތަށް އަސަރު ނުކުރާނި ފަހެ ކާކުހެއްޔެވެ؟

އޭނާއަށް ދިރިއުޅުމެއް ފެންނާނީ ކޮންދުވަހަކުންބާއެވެ. ހަގީގަތުގައިވެސް އޭނާ ހުރީ ފެނުން މަންޒަރު އޭނާގެ ލޯ ހެކިވިޔަސް ހިތަށް އެމަންޒަރު ގަބޫލު ނުކުރެވިފައެވެ. ރީމާގެ އެ އުފާވެރި ދިރިއުޅުން އޭނާއަށް ދައްކަވަންވީ ކީއްވެބާ އޭ ހިތަށް އެރިއެވެ.

މީ އޭނާ ކުރި ކޮންކުށެއްގެ ސަޒާބާވައެވެ. އޭނާގެ ހަޔާތަށް މިފަދަ ޒަލްޒަލާއެއް އައީ ކީއްވެބާއެވެ.

މާލޭގެ ހަލަބޮލި މާހައުލުން އަޔާޒަށް އިވެމުންދިޔައީ އޭނާގެ ޒަމީރު އޭނާއަށް ހީ މަލާމާތްކުރަމުންދިޔަ އަޑެވެ. އޭރު އޭނާ ހުރީ ފެރީޓާރމިނަލްގައި އޭނާގެ ކާރުގެ އިންތިޒާރުގައެވެ.

“ކަލޭ.ހެހެ..ކަލޭ ތިވަނީ ބޭކާރު ލޮތްބެކޭ….އޭނާ އެހެރީ މިހާރު މީހަކާ އެކީ އުފާވެރި ދިރިއުޅުމެއް ފެށިފަ…ކާމިޔާބު މީހުން ފެނޭތަ؟ ހަހަ…އެއީ މިދުނިޔޭގަ ކާމިޔާބު މީހުންނަކީ…ކަލޭ ތީ ކޯއްޗެއް…ފައިސާ ހުއްޓަސް ކަލެއަށް ލޮތްބެއް ނުގަނެވޭނެ…އެކަން ހަޖަމު ކޮށްބަލަ”

މީ އަޔާޒުގެ ޒަމީރު އޭނާއަށް ކުރަމުންދިޔަ މަލާމާތުގެ އަޑުތަކެވެ. މުނާޒު އައިސް ގޮވާލުމާއެކު އަޔާޒު ކާރަށް އެރިއެވެ.

“އަހޫ..ވަރަށް އަވަހަށް އާދެބަ…” އަޔާޒު އަހުނަފަށް ގުޅީ އޭނާގެ ގޭގެ ބެލްކަނީގައި ހުރެގެންނެވެ. އެހެންމީހެއްގެ ކައިރީ ނުބުންޏަސް އަޔާޒު އޭނާގެ ރަހުމަތްތެރިޔާ ކައިރިން އެވާހަކަ ބުނާނެއެވެ.

އަޔާޒުގެ ހާސްކަންވެރިވެފައިވި އަޑުން އަހުނަފަށް ކޮންމެސް ކަހަލަ ސިގްނަލެއް ލިބުނެވެ. އޭނާ އަވަސް އަރުވައިގެން ސައިކަލުގައި އައިސް އަޔާޒުގެ ގޭކައިރީ ޕާރކް ކޮށްލަމުން އެގެއަށް ވަނެވެ.

ބެލްކަނީގައި އަތް އަޅުވައިގެން ހުރި އަޔާޒު ފެނުމުން އަހުނަފް އަވަސް އަވަހަށް ސިޑިން އަރައިގެން އަޔާޒު ކައިރިއަށް ދިޔައެވެ.

އަހުނަފް ފެނުމުން އަޔާޒަށް ކޮންޓްރޯލެއް ނުކުރެވުނެވެ. އަހުނަފް ގައިގައި ބައްދާލަމުން ގިސްލަން ފެށިއެވެ. އަހުނަފް ހުރީ ވާނުވާ ނޭނގިފައެވެ.

“އަޔާ…ކިހިނެތް ވީ؟… އޭތް…ބަލާބަލަ..ރިލެކްސް…ކާމް ޑައުން..އަޔާ..؟” އަހުނަފް އެހެން ބުނުމުން އަޔާޒު ހަމަޖެހެން މަސައްކަތް ކުރިއެވެ. އަހުނަފް އަޔާޒު ގެންގޮސް އުނދޯލީގައި ބޭންދިއެވެ.

އޭނާއަށް ވަނީ ވަރަށް އަސަރުކޮށްފައިކަން ގައިމެވެ. އެހެންނޫނީ އަޔާޒު މީ މިގޮތަށް ރޯން އެނގޭ މީހެއްވެސް ނޫނެވެ. އޭގެ އިރުކޮޅެއް ފަހެވެ.

ނޭފަތް ފޮޅާލަމުން އަޔާޒު ވާހަކަދައްކަން ފެށިއެވެ. “އަހޫ…ރީ އެއީ މިހާރު އެހެން މީހެއްގެ ހައްގެއް…އަހަރެންގެ އަމިއްލަ ލޮލުން ދެކުނިން…ރީ އުޅެނީ ވަރަށް އުފަލުގައި..އަހަރެމެން މަތިން ރީ ހަނދާނެއް ނުވޭ ކަންނޭނގެ…”

އަޔާޒު ދެއްކި ވާހަކަތައް އަހުނަފް ހުރީ ގަބޫލުކުރަން ދަތިވެފައެވެ. އަހުނަފްގެ ހިތުގައި އެތަކެއް ސުވާލު އުފެދުނެވެ. “ހިނގާ ރީ ކައިރިއަށް ދާން…”

“ނޫން އަހަންނެއް ނުދާނަން…އަހރެންގެ ގަޔަކު ނެތް ދެން ދެވޭނެހައި ހިތްވަރެއް… ” އަޔާޒު ހުރީ ދާކަހަލ މޫޑެއްގައެއް ނޫނެވެ.

“މަންމަ ކައިރީގައި ބުނަން ބޭނުން..ކޮން ރަށެއްތަ؟” އަހުނަފް ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. “ގ.ދ ވާދޫ…” “އެކަމަކު ތިހައި ދުރަށް ރީމާ….އެނީވޭސް..މޭން މަށަށް ފެނޭ މަންމަ ދެރަވެފައި ހުންނަ ވަރު…އެހެންވީމަ ބުނުން ރަނގަޅުވާނީ…”

“އޯކޭ ޔޭ…އެކަމަކުވެސް މަށަކަށް ދެނެއް ނުދެވޭނެ…” އަޔާޒު ބޮލުގައި ހިފައިލަމުން އިސްޖަހައިލިއެވެ. “އިނގޭ އެއީ ބަލަން އެހައި ފަސޭހަ މަންޒަރެއް ނޫންކަން އަޔާއަށް… އަޔާ…އަހަރެންގެ ހިތް ބުނަނީ ރީ އެހެން މީހަކާ މެރީއެއް ނުކުރާނޭ….”

“އެކަމަކު ތިބުނީތާ އަޔާއަށް ފެނުން ގޮތް…” އަހުނަފް އޭނާގެ ހިތަށް އަރަމުން ދިޔަ ގޮތް ބުނެލީ އަޔާޒު ހިތްހަމަ ޖައްސާށެވެ.

“އޯކޭ މަ ނައްޓާލީ…މަ ބޭނުން މިހާރުން މިހާރަށް ހަނާ އާ މަންމަ ކައިރީގައި ރީގެ ވާހަކަ ބުނަން….”  އަހުނަފް ހނގައިގަތުމުން އަޔާޒު އޭނާގެ އަތުގައި ހިފައިލިއެވެ.

“ބުނަން ބޭނުން އެކަމް……” އަޔާޒު ހިތުގައި ބިރުވެރިކަން އުފެދިފައިވަނީ ހޯދަން ދިޔަޔަސް ރީމާ ނައިސްދާނެތީއެވެ.

އަހުނަފްގެ ފޯނު ރިންގުވީ ހަމަ އެވަގުތުގައެވެ. އެކޮޅުން ގުޅީ ހަނާއެވެ. “އަހޫ…މަންމަޔަށް ގޮތެއް ވެގެން…ބައްޕަ ގޮއްސި ހޮސްޕިޓަލަށް…މަންމަ ގޮވައިގެން…އަވަހަށް އާދެބަ ގެޔަށް….”

“އޭނ…ކީކޭ…އާނ މިދަނީ….މަޑުކުރަށްޗޭ….” އަހުނަފް އަޔާޒުގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. “ކާރުގަ ދާނީ….މަންމައަށް ގޮތެއް ވެގެން ގެންގޮއްސިޔޯ ހޮސްޕިޓަލަށް….”

އަހުނަފް ތިރިއަށް ފައިބަމުން އަޔާޒަށް ބުނެލިއެވެ. އެމީހުން ދިޔައީ ހަނާ ބަލައެވެ. އެ ތިންމީހުންނަށް ހޮސްޕިޓަލަށް ދެވުނު އިރު އަވަސް ފަރުވާދޭ ކޮޓަރިން ޕްރައިވޭޓް ރޫމަށް ފާތުމަ ބަދަލު ކުރަނީއެވެ.

އަޔާޒު ފާތުމަ ދެކެލަން ވަދެފައި ނުކުތް އިރު ހުރީ ހަގީގަތުގައިވެސް ރީމާދެކެ ރުޅިއައިއްސައެވެ. އޭނާ ހިތަށް އަރަމުން ދިޔައީ ފާތުމައަށް އެހެން އެވީ ރީމާއާ ހެދިއެވެ.

ރީމާދެކެ އެމީހުން އެވަރަށް ލޯބިވާއިރު ރީމާ އެމީހުންދެކެ ކުޑަކޮށްވެސް ލޯބި ނުވާކަން އޭނާ ޔަގީންކުރިއެވެ. އެފަދަ މީހަކަށް އެހިތުން ޖާގައެއް ނުދެވޭނެ ކަމަށް ނިންމައި ރީމާގެ ހަނަދާންތައް ފޮހެލަން އަޔާޒު ނިންމިއެވެ.

ގޭތެރެއަށް ވަދެގެން ގޮސް ގޭގެ ނޯކަރުން ލައްވައި ރީމާގެ އެބޮޑު ތަސްވީރު ނަގައި ގުދަނަށް ލިއެވެ. އަދިވެސް ހުރި ތަސްވީރުތަށް ނަގައި ގުދަނަށް ލިއެވެ.

ހަގީގަތުގައިވެސް ރީމާ އެވަނީ އޭނާގެ ކުރިމަތީގައި ވަރަށް ދަށަށް ވެއްޓިފައެވެ.

“ޑޮކްޓަރު ބުނީ ހާރޓްއެޓޭކެއް ކަމަށް…ބުނި މަންމަ ދެރަވާ ކަހަލަ ކަމެއް ދިމާވި ހެއްޔޭ…ބައްޕަ ބުނިން ނޫނެކޭ…ބުނީމަ ބުނީ މަންމަ މާވަރަކަށް ވިސްނަނީޔޯ…”

ފިރާގު ވާހަކަދެއްކީ ހަނާއާއެވެ. ހަނާގެ ލޮލުން ކަރުނައިގެ ކޯރެއް ދެމިގަތެވެ. އޭނާގެ ލޯބިވާ މަންމަ ވެސް އެވަނީ ހިތުގެ ބަލި މީހަކަށް ވެފައިތާއެވެ.

“ހަނާ ހިތްވަރުކުރޭ…އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ….” އަހުނަފް ހަނާ މޭގައި ލައްކޮށްލަމުން ބެނެލިއެވެ. އޭގެ ދެތިންދުވަސް ފަހެވެ. ފާތުމަ ގެޔަށް ދޫކޮށްލެވުމުން ހަނާ ގޮވައިގެން ވާދުއަށް ދާން އަހުނަފް އޮތީ ނިންމާފައެވެ.

ނަމަވެސް ރީމާގެ އެއްވެސް ވާހަކައެއް އަހުނަފް ހަނާ ކައިރިއަކު ނުބުނެއެވެ. ރީމާގެ އެ ހަގީގަތް އަހުނަފްވެސް ހުރީ ބަލާހިތުންނެވެ.

އާދައިގެ މަތިން ރީމާ އިނީ އަތިރިމަތީގައެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ކުރިމަތީގައި އޮތް ރީތި މޫދަށެވެ. އިރު އިރުކޮޅުން ރާޅެއްގެ އަޑު އިވިގެންދެއެވެ. އާދައިގެ ވަރަކަށް ވައި ޖެހެމުންދިޔަ ދުވަހެކެވެ.

ފުން ހިތާމައަކަށް ރީމާ ގެނބިފައި އިނެވެ. “ރީ…” ސުހާ ގޮސް ރީމާގެ ކައިރީ ދޮންވެލިގަނޑުމަތީ އިށީނެވެ.

“ދެން އެހައިވަރަކުން ނުވިސްނާ އެކަމާ…ލާމިއުއަށް ހަގީގަތް އެނގިއްޖެއެއްނު ވަގުތު ފާއިތުވިޔަސް…މީހެއްގެ މަރު އަންނާނީ ކޮންއިރަކު ކަމެއް އެކަކަށްވެސް ނޭނގޭނެ…” ސުހާ ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ.

“ސަފިއްޔާއްތަގެ ހުންނަނީ އުޝާ އެކަނިތަ؟” ރީމާގެ ނަޒަރު ހުއްޓިފައި ހުރީ މޫދަށެވެ. “ގަބޫލެއްވެސް ނުކުރެވޭ…އަސްލު ދެން… އުޝާވަނީ އެންމެ ފަހު ސްޓޭޖްގަޔޯ…”

“ލާމިއުވެސް ހުރީ ވަރަށް ދެރަވެފަ….” ސުހާ ރީމާކުރި ސުވާލަށް ބޯޖަހައިލަމުން އެދެއްކި ވާހަކަޔަށް ރީމާ ވެސް އިތުރު ކޮށްލިއެވެ.

“އުޝާ އަށް ހެޔޮރަޙްމަތް ލައްވާށި…” ރީމާ އެހެން ބުނުމުން ސުހާ އާމީން ކިޔާލިއެވެ. ރީމާ އަށް އިހުސާސްވަމުންދިޔައީ ލާމިއުގެ ހިތަށް ކުރާނެ އަސަރެވެ.

އޭނާއަށްވެސް އަޔާޒު އެކްސިޑެންޓްވީ ރޭގައި ކުރި އަސަރު އަދިވެސް ހަނދާނުގައި އެބަހުއްޓެވެ. މަރަކީ ވަގުތު ބުނެގެން ވާނެ ކަމެއް ނޫނެވެ.

ކޮންމެ މީހެއްގެ ވަގުތު ލިޔެވި ނިމިފައިވެއެވެ.ދުނިޔެއިން ކޮންމެ ދުވަހެއްގެ ނިމުން ކޮންމެ މީހަކުވެސް ދަމާ އެޔާ ކައިރިއަށް ގެންދެއެވެ. ޝިފްލާ ޝުއޫން ގޮވައިގެން އައިސް އެ ހިތްފަސޭހަ މާހައުލުން އުފާ ހޯދަން އެތާ އިށީނެވެ.

ޝުއޫން އިނީ މަޖާވެފައެވެ. “މިސޮރު މިހާރު މީހުންނަށް މަލާމާތް ކުރަން ދަސްކުރީތަ؟” ސުހާ ޝުއޫން އުރާލަމުން އެފަކީރު ހެއްވަން ފެށިއެވެ.

“އޭތް…ނުވާނެ ތިހެން ކުޑަކުދިން ހެއްވާކަށް އިނގޭ…ދަރިފުޅާ…މީނައަށް ކުއްޖަކު ލިބޭ ދުވަހަކުން އެކުއްޖާއަށް ހެޔޮކޮށް ހަދާލަންވާނެ އިނގޭ….”

ރީމާ އެކުޑަކުޑަ ޝުއޫން އުރާލިއެވެ. އަދި އެކުއްޖާއާ ސަކަރާތްޖަހަން ފެށިއެވެ. “ކޫ………” ފުރާވަރުގެ ފިރިހެން ކުއްޖަކާއެކީ އައިސް ފަހަތުން އެތަނަށް މަޑުކުރި އަހުނަފާ ހަނާއަށް ބޭއިޚްތިޔާރުގައި ގޮވާލެވުނެވެ.

އެއަޑަށް ރީމާ ބަލައިލިއެވެ. “ހަނާ…………” ރީމާ ޝުއޫން ސުހާގެ އަތަށް ދެމުން އިންތަނުން ތެދުވިއެވެ. “ކޫ…..ކީއްވެ އަހަރުމެންނަށް އަންގާނުލީ….އަޅެ ކޫ…” ހަނާ އަށް ރޮއެގަނެވިފައި ރީމާގެ ގައިގައި ބައްދާލެވުނެވެ.

ފެނުން މަންޒަރުން އަހުނަފްވެސް ހުރީ ހިސާބަކަށް އަޔާޒު ދެއްކި ވާހަކަ ގަބޫލު ކޮށްގެންނެވެ. “ސޮރީ ޗަންކީ…ސޮރީބޭބީ…ކޫއަށް މާފް ކުރޭ….އަސްލަށްވެސް ދާނެ ހިތްވަރެއް ނުލިބިފަ މިހިރީ…” ރީމާއަށް ވެސް ރުއިންގަނޑު ކޮންޓްރޯލްއެއް ނުކުރެވުނެވެ.

ސުހާމެން ތިބީ ވާނުވާގައެވެ. ރީމާގެ އާއިލާ މީހެއްކަން ސުހާ އަށް އިނގެއެވެ. ނަމަވެސް އޭނާ އިނީ ބަސްހުއްޓިފައެވެ. ހަނާ ސުހާގެ ކައިރީ ކަނކޫ ޖަހައިގެން އިށީނެވެ.

“މީތަ ބޭބީ…؟” ރީމާ ހުރީ ސުވާލުމާރކެއް ޖެހިފައެވެ. “ވަރަށް ލޯބި…”ހަނާ ޝުއޫން އުރާލަމުން މޫނުގެ އެތަން މިތަނަށް ބޮސް ދޭން ފެށިއެވެ.

ރީމާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ވީގޮތް އޭނާއަށް ރޭކާލީ ދެނެވެ. “ޗަންކީ…ތީ ކޫގެ ބޭބީއެއް ނޫނޭ،…ކާކުތަ ޗަންކީމެން ކައިރި ބުނީ ތީ ކޫގެ ބޭބީއެކޭ…”

ސުހާވެސް އިނީ ދެލޯ ބޮޑުވެފައެވެ. ހަނާ ވެސް ޝުއޫން ސުހާގެ އަތަށް ދެމުން ބަލައިލީ އަހުނަފަށެވެ. “ރީ…މެރީއެއް ނުކުރަންތަ…؟”

އަހުނަފް އަހާލީ ރީމާ ހީކުރި ސުވާލެއްވެސް ނޫނެވެ. “އާނ…މީ ޝުއޫން..އެއީ ސުހާގެ ބޭބެގެ ދަރިފުޅު..ސުހާއަކީ އަހަރެންގެ ރަހުމަތްތެރިޔާ….” ރީމާ ވާހަކަ ދައްކަމުން ދިޔައިރު ހަނާ އާ އަހުނަފާ ދެމީހުންވެސް ތިބީ ނޭވާ ހިފެހެއްޓިފައެވެ.

“ދެން މީނީ ޝުއޫންގެ މަންމަ…ޝިފްލާ..” ރީމާ ހުރީ ފާޑަކަށް ހާސްވެފައެވެ.

“ދެން ބުނެބަލަ….ކިހިނެތް އެނގުނީ ކޫ މިކޮޅުގަ އުޅޭކަން..” ރީމާ ހިތުގައި ވިކަމުން ދިޔަ ސުވާލު އޭނާ ދުލާހަމަޔަށް ގެނައެވެ.

“ނޭނގެ ހަމަ މިކޮޅަށް އައި ޓްރިޕެއްގަ އިއްތިފާގުން…”ޖަވާބު ދިނީ ހަނާއެވެ.

ތަގުދީރުގެ ގަލަމުން އެހެން ލިޔެވިފަވަނީ ކަމުގައި ރީމާ އާ ހަނާ ހީކުރިއެވެ. އަހުނަފް އިތުރުވާހަކައެއް ނުދެއްކީ އަޔާޒަށް ހީވެފައި އޮތީ ނުބައިކޮށް ކަމުންނެވެ.

އަދި އޭނާ ފޯނު ހިފައިގެން ދުރަށް ޖެހިލިއެވެ.

“ކޫ…ހިނގާ ދާން…” ރީމާ އަށް ހަނާގެ ބަނޑުފެނުމުން ސުވާލު ކުރިއެވެ. ” ޗަންކީ އެން އަހޫ މެރިޑް؟އެކަމަކު ޑޮކްޓަރުން ބުންޏެއްނު ޗަންކީއަކަށް ދެން ދުވަހަކުވެސް ބޭބީ އެއް ނުލިބޭނޭ….ދެން މީ؟”

ރީމާ ހަނާގެ ބަނޑުގައި ފިރުމައިލިއެވެ. “އާނ… ބުނި..މިހާރު މެރީ ކުރިތާ 1 އިޔާރ ވެއްޖެ..ވަރަށް ޓްރައި ކޮށްގެން… ވަރަށް ބޭސް ކޮށްގެން…ކޫ..މީ އިރާދަކުރެއްވިއްޔާ މަންމަގެ ހެޔޮ ދުޢާއިން…”

ހަނާއަށް ރޮވުނީ އޭނާ އެ ދަރިއަށްޓަކައި ދެކެމުން އަންނަ ހުވަފެންތައް އޭނާގެ ސިކުނޑިއަށް ވެރިވުމުންނެވެ. އެތައް ބުރައެއް އޭނާ އެދަރިއަށްޓަކައި މިހާރުވެސް އުފުލައިފިއެވެ.

“ދޮނޭ…؟ކޮބާ ދޮނޭ؟ ރަނގަޅުތަ؟” ރީމާ ވަގުތުން އަހައިލިއެވެ. “ނޫނޭ…މަންމަ ވަރަށް ވިސްނާ ކޫއާ ދޭތެރޭ.. އެން މިހާރު ބަލިކޮށް އުޅެނީވެސް…”

“ޕްލީޒް ކޫ…ދެފައިގަ ހިފައި އާދޭސް ކުރުވަންތަ އަޅެ ތިއުޅެނީ…ހިނގާބަ ދާން..” ހަނާ އާދޭހުގެ ރާގަކަށް ބުނެލިއެވެ. ރީމާގެ ހިތްވަރު އެލިއްޖެއެވެ.

ސުހާގެ މޫނަށް ރީމާ ބަލައިލުމުން ސުހާ ބޯޖަހައިލިއެވެ. “ކޫ…ބެންބެވެސް އިންތިޒާރު ކުރާނެ…ބެންބެ ވަރަށް ލޯބިވޭ ކޫދެކެ… އަޔާޒުގެ ނަން ރީމާގެ ހިތައް ވަނުމުން ސުވާލު އުފެދުނީ އަޔާޒުގެ ހަނދާންތަކާ ބެހޭގޮތުންނެވެ.

“ކީކޭ….؟ ބެންބެ ހަނދާންތައް އައީތަ؟” ހަނާ ބޯޖަހައިލިއެވެ. އެކަމަކު އަޔާޒު އޭނަ ހޯދަން ނޫޅުނީތީ އެކަމާ އޭނަގެ ހިތުގައި ޝަކުވާ އުފެދުނެވެ.

އަހުނަފް ގުޅާލީ އަޔާޒަށެވެ. “ސާބަހޭ ބްރޯ.. ހާދަ ލަހުން ފޯނު ތިނެގީ…އަހަރެމެން މިތިބީ އެރަށުގަ…” އަހުނަފް ވާހަކައިގައި ޖޯޝެއް ވަކަން ހާމަވިއެވެ.

“ހޫމްމްމްމް ….” އަޔާޒު ފަރުވާ ކުޑަ ގޮތަކަށް ހޫނ އަޅުވާލިއެވެ. “އަހަރެމެން ދާނީ ރީ ގޮވައިގެން… މާދަން ދާނަން…ދެން ގޮއްސަ ކިޔައިދޭނަން” އަހުނަފް އެހެން ބުނެފައި އަޔާޒު އިތުރު އެއްޗެކޭ ނުބުނުމުން ފޯނު ކަނޑާލިއެވެ.

“އަހޫ ކޫ ދާނެ އަހަރެމެންނާއެކީ…ދޯ..؟” ހަނާ އެހެންބުނުމުން ރީމާ ބޯޖަހައިލިއެވެ. ރީމާގެ ހިތުގައި އަޔާޒު ދެކިލުމުގެ އެދުން ބޮޑުވެގެންދިޔައެވެ.

އޭނާ ހީކޮށްގެން ހުރީ އޭނާއަށް ތަގުދީރުން އެންމެ ފުރަތަމަވިޔަސް ފެންނާނީ އަޔާޒު ކަމަށެވެ. ނަމަވެސް ހީކުރިގޮތާ ހިލާފަށް ފެނުނީ އަޔާޒެއް ނޫނެވެ.

ރީމާއަށް ނޭނގުނަސް އަޔާޒު އެއުޅެނީ ރީމާއަށް ފިލާނޭ ގޮތެއް ނޭނގިގެންނެވެ. އަޔާޒު އޭނާގެ ސިކުނޑިއަށް އައި ހިޔާލަކުން އަވަހަށް ފޮށްޓަށް އެއްޗެހި އަޅަންފެށިއެވެ.

އަނެއްކާ އަޔާޒު މިއުޅެނީ ކީއްކުރަންބާއެވެ. “ހަލޯ…މުނާޒު..ވަރަށް އަވަހަށް މެލޭޝިޔާގެ ޓިކެޓެއް މިރެޔަށް ހަމަޖައްސަ ދެވިދާނެތަ؟” އަޔާޒު ވާހަކަ ދެއްކީ އަވަސް އަރުވައިގެންނެވެ.

“މަޑުކޮށްލައްވާ ބޮސް އަޅުގަނޑު ހަމަޖައްސާލަން އިރުކޮޅެއް ނަގާނެ…” މުނާޒު ހުރީ ހައިރާންވެފައެވެ. އޮފީސް ދަތުރު އިނީ އަންނަ މަހުއެވެ. ނަމަވެސް އެހެން އަހަން ނުކެރުނީ އަޔާޒު ރުޅިއައިސްދާނެތީއެވެ….

އެރޭ ރީމާގެ ލޮލަށް ނިދި އަންނާކަށް ނޭނގުނެވެ. އަޔާޒުގެ ހަނދާންތަކުން އެހިތް ބަރުވެފައިވިއެވެ. އެ ހިޔާލުތަށް ސިކުނޑި ވަށާލައިފައިވުމުން ރީމާއަށް ހިނިތުންވެވެއެވެ.

އެ ލޯބީގައި އަޔާޒު އޭނާއަށް އިންތިޒާރުކުރާނެ ވަރު ހިތަށް އެރުމުން މާފަށް އެދެންވެސް ބޭނުންވިއެވެ….ހިޔާލީ ދުނިޔޭގައި ރީމާ ބެހިގެން ދަނީއެވެ……..

*ހާދަފަރި ހިނިތުންވަނީއޭ….މޭގަ އޮވެގެނ ހިތް ރޮނީއޭ…ހާދަ ކައިރީގައި ހުރީމޭ…ލޯބިވާވަރު ނޭނގެނީހޭ…..ލޯބިން މިރޭ އާދޭ… ބޭނުންވަނީ އާދޭ… ހީވޭ އިނގޭ…ގާތަށް މަގޭ…އާދޭކަލާ…………………….

ރީމާގެ އެރީތި ލޮލަށް ނިދިއައިސް ލޯމެރެމުންދިޔަ އިރުވެސް އޭނާ އޮތީ ހިޔާލީ ދުނިޔޭގައި އަޔާޒާ އެކީގައެވެ……

Share Article

Follow Me Written By

Uhthoo

Level 210 Stories100 Comments100 Login

"Treat others as you wish to be treated" mom says.. dream it.. achieve it.. love to read.. love to be an author...❤️

Other Articles

އާލާ ވާތީ އެހަނދާން
Previous

އާލާ ވާތީ އެހަނދާން 2

Next

ވަންހަނާ (ފަނަރަވަނަ ބައި)

Next
February 18, 2018

ވަންހަނާ (ފަނަރަވަނަ ބައި)

Previews
February 17, 2018

އާލާ ވާތީ އެހަނދާން 2

އާލާ ވާތީ އެހަނދާން

21 Comments!

  1. thuhoo says:
    February 17, 2018 at 7:46 pm

    Hi guys… Sorry for late… Aslu miadhu balikoh ulhuneema nuninmunee gadiyah… ? Really sorry Ingey… faharehga mi part kuruhen ves heeve dhaane.. but sure maadhamaa miavure dhigukohleveythw balaanan inshallah ❤️

  2. Sheera says:
    February 17, 2018 at 7:52 pm

    Haadha kurey ekm mi vrh reethi mi story ?

    1. thuhoo says:
      February 17, 2018 at 8:31 pm

      Thanks sheera..??

  3. EHLEE says:
    February 17, 2018 at 7:56 pm

    Mi part vaxx v reeti. But haadha kureyy… v exited eh bah veyy. When next part

    1. thuhoo says:
      February 17, 2018 at 8:18 pm

      Sorry EHLEE ❤️ kuruveema… Next on tomorrow ? thankooo

  4. Nall says:
    February 17, 2018 at 7:56 pm

    Varah varah reethi. When next part varah avahah upkohdhehcheyy..

    1. thuhoo says:
      February 17, 2018 at 8:21 pm

      Thanku ❤️ aslu balikoh ulhuneema lasvee miadhu… Iraadha kurehviyyaa maadhan balaana thankolheh avahah up kureveytho inshallah ❤️..

  5. Sana says:
    February 17, 2018 at 8:16 pm

    Waau alhey varah varah varah reethi?
    Adhi one part up kohdeeybaa pls pls pls reethi kamun hama?

    1. thuhoo says:
      February 17, 2018 at 8:19 pm

      Hehe ok try kuraanan Sana.. thanks a lott..❤️?

  6. Pinky shifoo says:
    February 17, 2018 at 10:06 pm

    Hii thuhoo ???… Hws u now??? Mi part vx v v v reethi ???… Alhey plxxxxx ree n ayaa dhurunukurey thuhoo… Mihaaru vaahaadhuvahu hithaamaigavx ulhefi ehnu e dhe kudhin ???… Curiously waiting for the next part ☺️☺️☺️… N thuhoo ah avas shifaa akah edhen ????❤️❤️???

    1. thuhoo says:
      February 17, 2018 at 10:38 pm

      Hi shifoo ❤️ yeah mihaaru Kudakoh ok.. btw kihineh thr shifoo… Haha dhn balamaa vaagotheh ?❤️.. ayaa ah dhw ingeynee dhn kanthah kuraane goih… Heevanee ehai avahah midhemeehun nugulheyne hen… ? Dhn neynge dhw gulhi Vs dhaane… ???? Thanks shifoo ❤️ tc…

  7. Faree says:
    February 17, 2018 at 10:32 pm

    Vvvvvv reethi ?v kiyaahithun indha nimunee mi partves dhen inthizaaru kuranee next part ah. lots of love thoo gws ?

    1. thuhoo says:
      February 17, 2018 at 10:40 pm

      Thankooo love….??? Hehe aslu kuree ey dhw.. dhn ok vaane maadhan part iraadha kurehviyyaa ❤️❤️?? TC darling ???

  8. ishnash says:
    February 17, 2018 at 11:02 pm

    Hii thoo….kihineh mihaaru????hope u well…alheyy thoo…ree n ayaa dhuru nukohbaa…vv dhera veyy…dhn Ayaa dhiyaama ree ekaa dhimaa eh vx nuvaane dhww…dhn alheyy..haadha dhera veyey eba….thoo dhn kihineh vaany…..BTW get well soon…

    1. thuhoo says:
      February 17, 2018 at 11:30 pm

      Awn… Alheyy thank u Nash… Thoo mihaaru OK kudakoh.. hehe ayaa ah dheveyne baa… Dhn balamaa vaagotheh ?❤️❤️❤️ v loabivey ?❤️? tc n have a great day ❤️❤️??

  9. Luba says:
    February 17, 2018 at 11:59 pm

    Hi thuhoo… mihaaru bali ragalhu tha.. avas shifa akah edhen … mibaives varah loabi ??❤?… maadhan thankolheh avahah up kureveytho balahchey … masha allah thuho ge masahkathugaa barakaiyy lahvaashi …. aameen ?

    1. thuhoo says:
      February 18, 2018 at 12:13 am

      Aameen ? thanks a lot lubaa ????❤️❤️❤️❤️ ok balaanan… Thoo mihaaru ok kudakoh…v v happy to c all comments like thikahala ?? … Thanks abadhuves thigothuga thibehchey… so much loves for u guy’s ? iraadha kurehviyyaa thoo ah kuriyah dheveyne inshallah ❤️❤️???? tc darlin ❤️

  10. EHLEE says:
    February 18, 2018 at 12:21 am

    Ehen story eh nuliyan tha thoo eh?

  11. Pinky shifoo says:
    February 18, 2018 at 5:36 am

    I’m fine thuhoo ????❤️❤️??… Waiting for next part ingey ????

    1. thuhoo says:
      February 18, 2018 at 8:33 am

      Okai???

  12. Shaa says:
    February 18, 2018 at 6:45 pm

    When is next part?

Comments are closed.


All Right Reserved!