Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބިއެހެނަސް..ފަހުބައި

Uhthoo Level 210 Stories100 Comments100 Login
February 18, 2018 6 Mins Read
43 Comments

އެރޭ ރީމާގެ ނިދި ލޮލަށް އަންނާކަށް ނޭނގުނެވެ. އަޔާޒުގެ ހަނދާންތަކުން އެހިތް ބަރުވެފައިވިއެވެ. އެ ހިޔާލުތަށް ސިކުނޑި ވަށާލައިފައިވުމުން ރީމާއަށް ހިނިތުންވެވެއެވެ.

އެ ލޯބީގައި އަޔާޒު އޭނާއަށް އިންތިޒާރުކުރާނެ ވަރު ހިތަށް އެރުމުން މާފަށް އެދެންވެސް ބޭނުންވިއެވެ….ހިޔާލީ ދުނިޔޭގައި ރީމާ ބެހިގެން ދަނީއެވެ……..

*ހާދަފަރި ހިނިތުންވަނީއޭ….މޭގަ އޮވެގެނ ހިތް ރޮނީއޭ…ހާދަ ކައިރީގައި ހުރީމޭ…ލޯބިވާވަރު ނޭނގެނީހޭ…..ލޯބިން މިރޭ އާދޭ… ބޭނުންވަނީ އާދޭ… ހީވޭ އިނގޭ…ގާތަށް މަގޭ…އާދޭކަލާ…………………….

ރީމާގެ އެރީތި ލޮލަށް ނިދިއައިސް ލޯމެރެމުންދިޔަ އިރުވެސް އޭނާ އޮތީ ހިޔާލީ ދުނިޔޭގައި އަޔާޒާ އެކީގައެވެ……

އަޔާޒުގެ ހިތް އެދެމުން ދިޔައީ ރީމާއާ ވީހާވެސް ދުރަކަށް ދިއުމަށެވެ. ފޮށި ހިފައިގެން ގޮސް އަޔާޒު މަޑުކޮށްލީ އެއަރޕޯރޓް ގެ ބެންޗެއްގައެވެ.

އަހުނަފްމެން ގޮނޑިބަރިން ތެދުވެގެން ކާޑެއްދޫ އެއަރޕޯޓްގެ ރަންވޭމަތީގައި އޮތް މޯލްޑިވިއަންގެ ފްލައިޓާ ދިމާއަށް މިސްރާބު ޖެހިއެވެ. އޭރު ގަޑިން ހެނދުނު 6ޖަހަން ކައިރިވަނީއެވެ.

އެ ކުރުދަތުރަށްފަހު ރީމާއާ ހަނާގެ އިތުރުން އަހުނަފްވެސް ޓްރޯލީ ހިފައިގެން އެއަރޕޯޓުން ނުކުންނަން އައެވެ. ކުއްލިއަކަށް ރީމާގެ ލޮލުގައި އަޅައިގަތީ ބޭރުގެ ގޮނޑީބަރީގައި އިން ޒުވާނާއެވެ.

އެޒުވާނާ އިސްޖަހައިގެން އިނުމުން މޫނެއް ނުފެނެއެވެ. އޭނާގެ ކައިރީގައި ފޮށްޓެއް ހުއްޓެވެ. ރީމާއަށް އެމީހަކު ފެނުމުން މަޑު ޖެހިލެވުނީ ކީއްވެކަމެއް ނޭނގެއެވެ.

އެމީހެއްގެ ކައިރިއަށް ދެވޭހެން އެއީ އަޔާޒުހެން ރީމާއަށް ހީވާންފެށިއެވެ. އަހުނަފް ޓްރޯލީ މަޑުކޮށްލީ ރީމާގެ ހަރަކާތްތަށް ހުރި ގޮތުންނެވެ.

އިސްޖަހައިގެން އިން އެ ޒުވާނާގެ މަޑު ގިސްލުމުގެ އަޑު ކައިރިއަށްދިޔަ ރީމާއަށް އިވެމުންދިޔައެވެ. މަޑުމަޑުން ރީމާ އެމީހެއްގެ ބޮލުގައި އަތް އަޅައިލިއެވެ.

ލިބިފައިވާ ހިތާމަޔަކާ ހިތުގައިވި ޝަކުވާތަކާއެކު އިން އަޔާޒު އިސްއުފުލައި ރީމާއަށް ބަލައިލިއެވެ. ލޮލަށް ސިހުންވެރިވި ހިނދު އަޔާޒަށް އިންތަނުން ތެދުވެވުނެވެ.

އަމިއްލަ އިޚުތިޔާރަކު ނޫނެވެ. ރީމާއަށް ބަލަން އޭނާއަށް ހުރެވުނީ އޭނާ އެމީހަކަށް ފިލަން ބޭނުންވި މީހާ ފެނުމުންނެވެ. ސިހުންލިބުނީ އަޔާޒަށް އެކަންޏެއް ނޫނެވެ.

ރީމާވެސް ހުރީ އެފަދަ ހާލެއްގައެވެ. އެ މޮޅިވެރި ދެލޯފެނި ރީމާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހިގެންފިއެވެ. ރީމާ އޭނާގެ އަމިއްލަ ނަފްސު ކުއްވެރި ކުރިއެވެ.

އަޔާޒަށް އައިސްފައިހުރި ބަދަލަކީ ހުދު އެކަމުގައި އޭނާ ޒިންމާވާން ޖެހޭ ކަމެއް ކަމުގައި ހީކުރިއެވެ. ރީމާއަށް އިޚްތިޔާރަކާ ނުލާ އޭނާގެ އަތް ނެގުނެވެ.

އަޔާޒުގެ މޫނުގައި އަތް ޖައްސައި ލެވުނެވެ. ރީމާ އެހައި ކައިރިން ފެނުމުން އަޔާޒުވެސް ހުރީ އެ ރީތިކަމަށް އައިސްފައި ހުރި ބަދަލުން ހައިރާންވެފައެވެ.

އެ ދިރުމެއް  ނެތް މޫނު އިހުނަށްވުރެ ކަޅުވެފައި މީހާ ހިކިވެފަވެއެވެ. ހިތާމައެއްގައި ތެޅިތެޅި ވަރުބަލިވެފައިވީހެން ހީވެއެވެ. އަޔާޒަކަށް ނުހުރެވުނެވެ.

ވަށައިގެންވާ މަހައުލަށްވުރެ ބޮޑަށް ރީމާ އެހިތުގައި ހާއްސަވިއެވެ. ރީމާގެ ގައިގައި ބައްދާލެވުނީ ހިތަށްކޮށްފައިވި އަސަރަކުންނެވެ. ނަމަވެސް ހިނދުކޮޅެއް ފަހުން ރީމާ ދުރުކޮށްލިއެވެ.

މޫނަށް ވެރިވެފައި ވަނީ ހަރުކަށިކަމެވެ. ރީމާ ހުރީ އަޔާޒަށް އައި ކުއްލި ބަދަލުން ހައިރާންވެފައެވެ. އަޔާޒު ހަނދާންނެތުނީއެވެ. ރީމާ އަކީ އެހެން މީހެއްގެ ހައްގެއް ނޫންހޭ އޭނާ ހިތަށްއެރިއެވެ.

އަޔާޒު ރީމާގެ ފަހަތުގައި ތިބި ހަނާއާ އަހުނަފަށް ބަލާލިއެވެ. އަހުނަފަށް ވީގޮތް އެނގުމުން އެދެމީހުންގެ ކައިރިއަށް އައިސް މަޑުކޮށްލަމުން އަޔާޒަށް ހަގީގަތް ކިޔައިދިނެވެ.

ރީމާއާ ދޭތެރޭ ކުއްހީ ކުރެވުމުން އަޔާޒުހުރީ އަމިއްލަ ނަފްސު ކުއްވެރިކޮށްގެންނެވެ. “އަޔާ….އަހަންނަށް މާފް ކުރޭ….” އަޔާޒުގެ އަތުގައި ހިފައިލަމުން ރީމާ އެދުނެވެ.

ރީމާ ބޭނުންވީ އަޔާޒުގެ މާފެވެ. އެހިތުގެ އޯގާތެރިކަން އުމުރަށް ލިބުމެވެ. ރީމާގެ މައުސޫމް ދެލޯފެނުމުން އަޔާޒަށް ހިތުގައި މީހަކު ވިކާލި ކަހަލަ އިހުސާސެއް ކުރެވިގެންދިޔައެވެ.

އަޔާޒު ރީމާގެނެސް މޭގައި ލައްކޮށްލަމުން ބައްދާލިއެވެ. ވައިރޯޅިއަށްވެސް އެދެމެދަށް ހުރަސް ނޭޅޭނެހެންނެވެ. ހިތުގެ އުދާސްތައް ނެރެ ބޭރުކޮށްލަމުން އަޔާޒު ރީމާއަށް ބަލައިލިއެވެ.

“ނޯ މޯ ސޮރީ….އެއީ ހަމަ ތަގުދީރު…” އަޔާޒަކީ އެހައި ހަރުކަށިކަން ހިތުގައި ގެންގުޅޭ މީހެއް ނޫނެވެ.

“އަޔާ ކޮންތާކަށްދާން ތިއުޅުނީ….”ބަހަށް އަރަމުން އަހުނަފް އަޔާޒާ ސުވާލުކުރިއެވެ. “އެއީ އޮޅުމެއް…ރީ ގެ މޫނު ފެނި ހަގީގަތް ހާމަ ވެދާނެތީ އިބިލީސް ވަސްވާސް ދިނީ…”

“އެހެންވެ މެލޭޝިޔާއަށް ދާން އުޅުނީ…އެކަމަކު ނުދެވުނީ… ނޭނގެ އެހިތްވަރެއް އަހަންނަކަށް ނުލިބުނު…އަމިއްލަ ނަފްސުވެސް އަހަންނާ ދެކޮޅުހެދީ ދެން އެތާ އިރުއަރަންދެން އިނދެވުނީ…ނަސީބެއްކަންނޭނގެ ނުދެވުންކަން…”

ރީމާގަޔާ ކައިރިކޮށްލަމުން އަޔާޒު ހީލިއެވެ. ގެއްލިފައިވާ ހުރިހައި އެއްޗެއް އެއްފަހަރާ ލިބުމުން ކުރުވާ އިހުސާސް ރީމާއާ އަޔާޒަށްވެސް ކުރުވެމުންދިޔައެވެ.

އަޔާޒުގެ އަތުތެރޭ އޮވެވުމުން ރީމާ ހީވީ ހުވަފެނެއްގައި އުޅެވޭހެންނެވެ. ދުނިޔެއަށް އެދެމީހުން ވަރަށް ދުރުކޮށްލެވިއްޖެއެވެ. ނަމަވެސް ގުޅިލާމެހިފައިވި ލޯތްބެއް ވަކި ނުކުރެވޭނެއްނޫންހެއްޔެވެ؟

އަހުނަފާ ހަނާވެސް ތިބީ ނުހަނު އުފާވެފައެވެ. އެދުވަހަކީ އެންމެނަށްވެސް އުފާވެރިކަން ގެނެސްދޭނެ ދުވަހެއްކަން ގައިމެވެ.

ގޭތެރެއަށް ވަދެގެންދިޔަ ރީމާފެނުމުން ކާގޭގައި ހުރި ފާތުމަ ދިޔައީ ސިހިގެންނެވެ. އަތުގައި އިން ބިއްލޫރިތަށިވެސް ނުވެއްޓުނީ ކިރިޔާއެވެ.

ލޯބިވާ ދަރިފުޅު އެނބުރިއައުމުން އެހިތަށް ވަރަށް ހަމަޖެހުންލިބިއްޖެއެވެ. ރީމާގައިގައި ބައްދައިގެން ރޯން ހުރެވުނު އިރެއްވެސް ފާތުމައަކަށް ނޭނގެއެވެ.

ރީމާ ދިޔައީތީ ޝަކުވާވެސް ކުރިއެވެ. ރީމާ އެ ހުރިހައިކަމަކަށް މާފަށް އެދުނެވެ. އެތަށް ޒަމާނަކަށްފަހު އެންމެން އެއްފަހަރާ ކައުޗުތައް ފުރާލިއެވެ.

ސައިބޮއެނިމިގެން ރީމާވެސް އައިސް ކައުޗުގައި އިނެވެ. “ދަރިފުޅާ…ކައިވެނި އޮތީ ކޮންދުވަހަކު…” އިޝާމް ސުވާލު ކޮށްލީ އަޔާޒާ އެވެ.

ރީމާއަށް ބަލައިލަމުން ކޮންދުވަހެއްހޭ އަޔާޒު އަހައިލިއެވެ. “ހެހެ…އަޔާއަކަށްނު އިނގޭނީ…އަޔާ އިންނަން ހުރި ދުވަހަކުން އިންނާނަން…”

އެންމެންގެ ހުނުމުގެ އަޑުން މުޅި އެތަން ގުގުމާލިއެވެ. “އަންނަ މަހުގެ 8ގަ…” އެއީ އަޔާޒުގެ ފެވްރިޓް ނަންބަރެވެ. ރީމާވެސް ބޯޖަހައިލީ އޯކޭ އޭ ބުނަމުންނެވެ.

އެކި އެކި ވާހަކަތަކުގައި ތިބެފައި އަޔާޒު ރީމާއަށް އިޝާރާތް ކޮށްލަމުން ހިނގައިގަތީ ބޭރަށެވެ. ރީމާވެސް ފަހަތުން ހިނގައިގަތެވެ. “އައި ހޭވް އެ ސަޕްރައިޒް ފޯރ ޔޫ…އާދެބަ…” ރީމާ ބޭރަށް ނުކުތުމުން އަޔާޒު ރީމާ ގޮވައިގެން ގޮސް ކާރަށް އެރިއެވެ.

“ލޯމަރާބަލަ…” ދުއްވާލުމުގެ ކުރިން އަޔާޒު އެދުނެވެ. ރީމާ ލޯމަރާލިއެވެ. ކާރު ގޮސް މަޑުކުރީ އަޔާޒުގެ ގޭގެ އަސްކަނި ދަށަށެވެ. އަޔާޒު ކާރުން ފައިބަމުން ރީމާ ވެސް ނެރުނެވެ.

“ސީ….” އެހެންބުނުމުން ކެތްމަދުވެފައިވާ ރީމާ ލޯހުޅުވާލިއެވެ. ދެލޯބޮޑުކޮށްލެވިފައިވީއިރު އަނގަވެސް ހުޅުވިފައިވެއެވެ. “މީ؟؟” ރީމާ އަޔާޒަށް ބަލައިލިއެވެ.

“މީ އަހަރެންގެ ޕްރިންސެސްގެ ކާސަލްއެއްނު….” ރީމާ ހުރީ އަޖައިބުވެފައެވެ. ރީމާގެ މޫނަށް ބަލަންހުރެ އަޔާޒު ހިނގައިގަތީ ގޭތެރެއަށެވެ.

އަޔާޒު ރީމާއަށް ގޭގެ ހުރިހައި ތަނެއް ދެއްކިއެވެ. ރީމާ ހުރީ ލޮލަށް ފެންނަމުންދިޔަ މަންޒަރުތައް ގަބޫލުކުރަންވެސް ދަތިވެފައެވެ.

ޓެރަހަށް އެރުމުން ރީމާއަށް މުޅި ގެ ވަށައިގެން ފެނުނެވެ.

އަޔާޒު އުނދޯލީގައި އިށީންނަމުން ރީމާގެ މޫނަށް އަންނަމުންދިޔަ ކުލަތައް ބަލަން އިނެވެ. އޭނާގެ ހިތަށް އުފަލާ ހިތްހަމަ ޖެހުން ލިބުމުން މަރުވަމުން ދިޔަ ލޯބީގަ ގަހައް ފެންލިބި އަލުން ދިރިފައި ވެއެވެ.

ރީމާވެސް ހަމަ މިފަދައެވެ. މަޑުމަޑުން ގޮސް އަޔާޒުކައިރީ އިށީނެވެ. “ތެންކްސް….!!…” ރީމާ އިސްޖަހައިލިއެވެ. “ކޮންކަމަކާ…؟” އަޔާޒު އިނީ ރީމާގެ ލޮލަށް ބަލާށެވެ.

“އަޔާ އަހަރެންދެކެ ތިހާ ލޯބިވަންތަ ހަމަ؟” ރީމާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. “އެންމެ ފުރަތަމަ ދުވަހުންފެށިގެންވެސް ތީ އަހަރެންގެ ހިތުގެ ވިންދު…އަހަރެންގެ ހަޔާތަށް އައި ޕަރީއަކީ ތީ….ވަރަށް ވަރަށް ލޯބިވަން…”

“ހެހެހެ…”ރީމާގެ ރަކި ހުނުމުން އަޔާޒުގެ ހިތް އުފަލުން ފުރުނެވެ. މަޑުމަޑުން އަޔާޒު ރީމާގެ އިސްތަށިގަނޑުގައި ފިރުމައިލިއެވެ.

އެއާއެކު ހިޔާލީ ދުނިޔޭގައި ދެމީހުންވެސް ފިޔަޖަހަންފެށިއެވެ. *ތަރިޔަށް ވިދުން ކަލާއޭ އެދެނީ…ވަސް މީރުކަން މަލަށްވެސް ދެނީ….އިރުގެ ދޯދިތައް ހަނދުގެ ހަނދުވަރާ…

ތިމޫނުން އުޖާލާ ކުރައްވާށިއޭ…ލޯބީގެ ކުރަނީ ދުޢާއޭ… އެދިގެން ތިލޮތްބަށް މަލާއޭ…ކަލާއަށްޓަކާއޭ…ލެއްވީމަ އާނއޭ… ދެއްވުން މައެދެނީ ކަލާއޭ…

“އުޙުނ…އުހުނ…” ހަނާއާ އަހުނަފް އެތަނަށް އައީ އެވަގުތުއެވެ. އެކެއްގެ ނަޒަރު އަނެކަކަށް ހުއްޓި ލޯބީގެ ދުނިޔެއަށް ގެއްލިފައި ތިއްބައެވެ.

“ލަވް ބާރޑްސް…” ހަނާ ދިމާކޮށްލިއެވެ. “އޭތް މަބުނީ ހަނާއާ އަހޫ އާ ޝިފްޓްވާންވީއެއްނު މިގެޔަށް؟” އަޔާޒު ވާހަކަ އޮޅުވާލިއެވެ.

“އޭރުން މަންމަ އެކަނި ވާނެއްނު…؟” ހަނާ ވިސްނާލިއެވެ. “ހުމްމްމްމް….ތެދެއް ތިބުނީ..ދޮނޭ އެކަނިވާނެ ދޯ…؟” “ދޮނޭ ނުވާނެ އެކަންޏެއް ގޭގަ ގެންގުޅޭނެ މީހަކު ގެންނާނީ…” އެތަނަށް އަރައިގެން އައި ފިރާގަށް އެމީހުންގެ ވާހަކަ އަޑު އިވުމުން ބުނެލިއެވެ.

ފިރާގުގެ ފަހަތުން ފާތުމައާ އިޝާމްވެސް އައެވެ. “ބައްޕަ އެބުނީ ތެދެއް ދަރިފުޅާ…މި ދެން އެހައި ދުރެއް ނޫނެއްނު… ދަރިފުޅުމެން މިގެއަށް ބަދަލުވިޔަސް އެންމެ ރަނގަޅު…”

ފާތުމަވެސް ބޭނުންވީ އެގޮތެވެ. އެކަނި މާހައުލުން ދެމީހުންގެ ގުޅުން ވަރުގަދަ ވާނެ ކަމަށް އޭނާދެކުނެވެ. ރީމާމެންގެ ކައިވެނީގެ ތާރީޚް ކައިރިވަމުން ދެއެވެ.

އެކި ތައްޔާރީތައް ކުރެވި ނިމެމުންދިޔައެވެ. އަޔާޒާ ރީމާވެސް ކުރަމުން އައި ދިގު އިންތިޒާރަށް ނިމުން އަންނަ ދުވަސް ކައިރި ވަނީއެވެ.

ޓެރަހުގައި ހުރި ރީމާ ހުރީ ރެއިލިންގައި އަތް އަޅައިގެންނެވެ. އޮއްސެމުން ދިޔަ އިރާއެކު ޖައްވުވަނީ ރަންކުލައިން ދިއްލިފައެވެ.

ރީމާ ސިހިގެންދިޔައީ ފަހަތުން އޭނާގެ ގައިގައި އަޔާޒު ބައްދާލުމުނެވެ. “ހައި ބޭބީ ގާރލް… ކޮން ވިސްނުމެއްގަ؟”

“ވިސްނުމެއްގައެއް ނޫން…” ރީމާ އަޔާޒަށް ހިނިތުންވުމެއް ދިނެވެ. “ޔަގީނޭ ތިވިސްނަނީ މިރޭ ރަންކިޔާތީ އެކަމާދޯ؟” އަޔާޒުގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.

“ހެހެހެހެ…ނޯން…ކީއްވެ އެކަމާ ވިސްނަންވީ؟” ރީމާ ބުމަ ކައިރިކޮށްލިއެވެ. ހިތާމައިގެ ސަބަބުން މިލާފައިވާ އެ މޫނު މިހާރު ވަރަށް ހިތްގައިމެވެ.

“އަޅެ ބުނެބަލަ ކިހާވަރަކަށްތަ ރީ ރަންކިޔާނީ؟” “ނުބުނާނަން…ރީ ބޭނުމީ ފްލައިޓަކާ ސަބްމެރިން އަކާ…” ރީމާ އެހެން ބުނުމުން އަޔާޒު ބޮލުގައި އަތްއަޅާލިއެވެ.

“ހެހެ…ދޮގެކޭ…” ރީމާ އަޔާޒު ބޮލުގައި އެޅިއަތް ނަގަމުން ހީގަތެވެ. ދެވަނަ ސިކުންތުގައި ރީމާގެ މޫނަށް ސީރިއަސްކަން ވެރިވިއެވެ.

އަދި މާނަފުން ބެލުމަކުން އަޔާޒުގެ ލޮލަށް ބެލިއެވެ. އަޔާޒުވެސް ރީމާގެ އެ ހިމޭންކަމަށް ފުރުސަތުދިނެވެ. “އަހަރެން ބޭނުމީ ތި ދިރިއުޅުމުގައިވި ފައިސާތަކެއް ނޫން…އަހަރެން ބޭނުމީ އަޔާގެ އޯގާތެރިކަމާ އަޅާލުން…”

“ތިހިތުން އަހަންނަށް ނުގެއްލޭ ވަރުގެ ޖާގައެއް…. އަހަރެންގެ ނަޒަރުގަ ފައިސާއާ މުދަލަކީ އެއްވެސް އެއްޗެއް ނޫން…. ހިތަކަށް ކުރިއެރުން ލިބޭނީ ލޯބި ލިބިގެން…ފައިސާ ހުއްޓަސް އެއީ ގަނެވޭނެ އެއްޗެއް ނޫން..”

ރީމާގެ މި ލޮބުވެތި ބަސްކޮޅުން އަޔާޒު ހުރީ އާޝޯޚުވެފައެވެ. “ރީ…އަހަންނަށް ރީދެކެ ލޯބިވެވުނީވެސް ތި ސަބަބައްޓަކައި… ތިޔަ ލޯބި ނުލިބުނު ނަމަ އަހަރެން މަރުވީސް…ދެން ނުދައްޗޭ އަހަރެން ދޫކޮށްފަ…”

ރީމާ ބޯހޫރާލަމުން އަޔާޒުގެ މޭގައި ބޯއަޅައިލިއެވެ.

*މަދުނިޔޭން ވަކިވެގެން ދަންޏާ… ކަލާއަށް އަލްވަދާއު ކީއްޔާ.. ކުރާނީ ކީއްހެ ޔާރާ ދެން ބުނާށޭ ލޯބިވާ……؟؟؟    މިދުނިޔެއިން ވަކިވެގެން ދަންޏާ ކަލާ ފަހަތުން މަވެސް ދާނަން…ހުވާކޮށްފާ މިބުނަނީ ދެން ޔަގީނޭ ލޯބިވާ……….!!

“ކޫ…ހިނގާދާން…ޔޫ ހެވްޓު ރެޑީ އެއްނު…” ރީމާ އަޔާޒަށް ދަނީއޭ ބުނެ ހަނާއާއެކީ ދާން ހިނގައިގަތެވެ.

ރީމާގެ ރަނުގެ އަދަދަށް އަޔާޒަށް އިންތިޒާރުކުރެވެމުންދިޔައެވެ. ހެކިވެރިން އައިސް ގާޒީވެސް އެތަނަށް އައެވެ. ހަނާއާއެކީ ކޮޓަރިން ނުކުމެގެން އައި ރީމާ ހުރީ ފުދޭވަރަކަށް ހާސްވެފައެވެ.

އެއީ ކޮންމެ އަންހެން ކުއްޖަކަށްވެސް އަންނާނޭ ދުވަހެކެވެ. ރަންކިޔުމުނގައި ރީމާއަށް އެހީތެރިވީ ދެ ހެކިވެރިންނެވެ. “***އާއީ*** މިދެހެކިވެރިން ހެކިކޮށް އަޅުގަނޑު އަޔާޒާ އިންނަން 543.21އަށް ރަންކިޔައިފިން..”

“ވާއު….” ހަނާ ބުނެލިއެވެ. އެރޭގެ އުފަލުގައި އަވަށްޓެރި އެންމެންވެސް ބައިވެރިވިއެވެ.އޭގެ ހަފްތާއެއް ފަހެވެ. ކައިވެނީގެ ރެޔަށް ތައްޔާރުވަމުން އައި ދުވަހެވެ. ރީމާވެސް އެކިކަންކަމުގައި ބައިވެރިވަމުންދިޔައެވެ.

“ރީ އެބަތިބި ބަޔަކު އައިސް…” އަޔާޒުގެ މި ޖުމްލައިން ރީމާ ކުޑަކޮށް ސުވާލު އުފެދުނެވެ. “ސުހާ……” ބޭރަށް ނުކުމެގެން އައި ރީމާއަށް ސުހާގެ އާއިލާ އެންމެންވެސް ފެނުނެވެ.

“އަޅެ އަންގާވެސް ނުލާ….” ސުހާ ހުރީ އެ ބޮޑު ގެޔަށް ބަލާށެވެ. “މީތަ ރީގެ ގެ؟” “ނޫނޭ…މީ އަޔާގެ ގެ…” އެ އެންމެންވެސް ތިބީ ރީމާގެ އުފާވެރި މޫނު ފެނުމުން އުފަލުން ރޮވޭހާލުގައެވެ.

“އަޔާ އޭ އަހަރުމެން ގެނެސްދިނީ…ރީއަށް ސަޕްރައިޒް ދޭން ވެގެން…” ސިމާން ވާހަކަ ދެއްކިއެވެ. “އޯ ޝުއޫން ބޭބީ…” ރީމާ ޝުއޫން އުރައިލިއެވެ.

ރީމާ އޭނާގެ އާއިލާ އެންމެނަށް އެމީހުން ތައާރަފްކޮށް ދެއާއިލާވެސް ގުޅިއްޖެއެވެ. “ތެންކްސް އަޔާ…އެމީހުންމަތިން ހަނދާން ހުރީތީ…”

ރީމާ ޝުއޫން އާ ސަކަރާތްޖަހަމުން އަޔާޒާ ވާހަކަ ދެއްކިއެވެ. “ހެހެހެ…ދެން ނުބުނާތި ތެންކްސް….” އަޔާޒު ޝުއޫން އުރާލިއެވެ.

އެރޭގެ ޕާރޓީއަށް ހުރިހައިކަމެއް ނިމިގެންދިޔަ އިރު އަޔާޒު ހުރީ ލޯގަނޑު ކުރިމަތީ އޭނާގެ ޕާރޓީއަށް ތައްޔާރުވާށެވެ. ކެތްމަދުވެފައި ހުރީ އޭނާގެ ހިތުގެ ރާނީ ދުށުމަށެވެ.

މިހާރުވެސް އޭނާއަށް އެތަށްފަހަރަކު ރީމާ އެ ބޮޑު ވެޑިންޑްރެސްގައި ސިފަކުރެވިއްޖެއެވެ. އަޔާޒު ހުރީ އަޅި ކުލައިގެ ކޯޓު ފަޓުލޫނުގައެވެ.

ތުނިކޮށް ކޮށާލެވިފައިވާ އެ ބޯވަނީ ރީތި ކޮށް ނަގާ ސްޓައިލް ކުރެވިފައެވެ. “ވާއު….” ހަނާ ހުއްޓިލީ ރީމާގެ ކައިރީ ލޯގަނޑު ކުރިމަތީގައެވެ.

“މައި ކޫ….ވަރަށް ލޯބި މިޑްރެސްގަ މި ޕާރފެކްޓް މޭކަޕްގަ ޔޫ ލުކް ގޯރޖަސް….ލަވް ޔޫ.” ރީމާ ގައިގައި ހަނާ ކުޑަކޮށް ބައްދާލިއެވެ.

“ވާހް…ހާދަ ލޮތްބޭ މަގޭ ރީ….” ފާތުމަވެސް އައިސް ރީމާ އަށް ތައުރީފް ކުރަންފެށިއެވެ. ރީމާވެސް ހުރީ ލޯގަނޑުން ބެލިގޮތަށް އަމިއްލަ ސޫރަ ވަކިނުކުރެވިފައެވެ.

އެހައިވެސް ރީމާ މިރޭ ފުރިހަމައެވެ. ރަނގަޅަށްވެސް ޝާހީ އާއިލާއެއްގެ ރާނީއަކާ ރީމާ ވަރަށް ވައްތަރެވެ. “އެންމެން ހަމަވެއްޖެ….”

އެތަނަށް އައި ފިރާގަށް ވެސް ރީމާ ފެނުމުން ބަލަން ހުރެވުނީއެވެ. “އަޔާވެސް އެބައިނޭ..ދެން ދާންވީއެއްނު…” ފިރާގު އެހެން ބުނުމުން ރީމާގެ  ބޮޑު ހެދުން ހިއްލަމުން ހަނާއާ މޭކަޕްކުރަން ހުރި ކުއްޖާ ރީމާއަށް އެހީތެރިވިއެވެ.

މޭޒުގައި އިން އަޔާޒަށް ސިޑިން ފައިބައިގެން އައި ރީމާ ފެނި އާޝޯޚުވެގެން ބަލަން އިނދެވުނެވެ. ކައިވެނީގެ އެހެދުން ވަރަށް ލޯތްބެވެ. ރީމާ އޭގައި ފެންނަނީ އުޑުން ފައިބައިގެން އައި ޕަރީއެއް ހެންނެވެ.

“ވާއު…ޝީލުކް ބިއުޓިފުލް..” ހިތާ ހިތާ އަޔާޒަށް އެހެން ބުނެލެވުނެވެ. މީ އަޔާޒުގެ އެކަނި ހާލެއްނޫނެވެ. އަޔާޒުގެ ގޭގެ ބޮޑު ސިޓިންގްރޫމް ފުރިފައިވީ އެ އެންމެންވެސް ރީމާއަށް ތައުރީފް ކުރަމުން ދިޔައެވެ.

“އޭތް…ވަރަށް ތުއިކޮށް އަނބި ގަބޫލޭ ބުނާނީ އިނގޭ….” އަހުނަފް އަޔާޒުގެ ކަންފަތްދޮށުގައި އެހެން ބުނެލުމުން އަޔާޒު ހީލިއެވެ.

“ވާއު ތީހަމަ ރީތަ؟” އަޔާޒު މަޑުމަޑުން ރީމާގެ ކަންފަތްދޮށުގައި އެހެން ބުނެލިއެވެ. ރީމާ ލޯއަޅައިލިއެވެ. ކައިވެނި ފެށިގެން ކުރިއަށް ދިޔައެވެ.

އަޔާޒުގެ ދުލުން އަނބިގަބޫލޭ ބުނުމުން ރީމާ އުފަލުން ރޮވުނެވެ. އެހެނުވާންވީ ކީއްވެހެއްޔެވެ؟އެއީ އެމީހެއްގެ ދުލުން އެ ޖުމްލައަށް އޭނަޔަށް އިންތިޒާރު ކުރެވެމުންދިޔަ ޖުމްލައެވެ.

“އޭތް ރޮނީތަ…؟” މޭޒުން އެންމެންވެސް ކައިވެނި ނިންމުމަށްފަހު ތެދުވެގެން ދިޔުމުން އަޔާޒު ރީމާއަށް ބުނެލިއެވެ.

“ނޫން އުފަލުން ގޮސް ލޮލުން ފެންއައީ…” އަޔާޒު އޭނާގެ އަތުން އެ ކަރުނަތަށް ފޮހެދިނެވެ. އެރޭގެ އުފާވެރި ހަފްލާ ނިމި ޕާރޓީވެސް ނިމުމަކަށް އައެވެ.

އާކައިވެނީގެ ރެއަކީ ކޮންމެ މީހަކަށްވެސް އެމީހެއްގެ ދިރިއުޅުމުގައި އަންނާނެ އެންމެ އުފާވެރި ރެއެވެ. ރީމާ ހުރީ އަޔާޒުގެ ކޮޓަރީގައެވެ.

މިރެއަކީ އޭނާގެ ހަޔާތަށްވެސް އައި އެންމެ އުފާވެރި ރެއެވެ. އަޔާޒު އޭނާގެ އެކުވެރިންނާ ވާހަކަ ދައްކަން ހުރެފައި ކޮޓަރިއަށް ވަންއިރު ރީމާ ހުރީ ކުޑަދޮރުކައިރީގައެވެ.

އަޔާޒު އައިކަން އެނގުމުން ރީމާގެ ހިތް އޮބިނޯންނަވަރަށް ތެޅިގެން ދިޔައެވެ. ވިންދުއަވަސްވާހެންހީވީ އަޔާޒު ފަހަތުން ބައްދާލުމުންނެވެ.

ނޭވާހުއްޓުންހެންހެން ހީވި އެވަގުތުކޮޅު ރީމާގެ ލޯމެރިގެންދިޔައެވެ…..

އުމުރަށް އަޔާޒުގެ އަތުތެރޭ އޮތުމަށް އެ ހިތް އެދެމުންދިޔައެވެ. އަޔާޒާ ރީމާގެ ލޯބީގެ ވަގުތުތަށް ގުނެމުންދިޔައީ ދުވަހަކުވެސް އެ ވަގުތުތައް ނިމުމަކަށް ނުގެނެވޭނެ ފަދަ އަޒުމަކާ އެކުއެވެ.

އެދިރިއުޅުމުގައި ދެމީހުންގެ އުފަލަށް ހުރަސް އެޅޭނެފަދަ ޖާގައެއް ނުދިނުމަށް ދެހިތްވައުދުވެ ތައްގަނޑު ޖެހިގެންދިޔައެވެ. ދެމަފިރންގެ ލިސްޓަށް ދެނަންވެސް އިތުރުވަމުންނެވެ.

އާ ހަޔާތެއް ދުނިޔޭގައި ބިނާކުރަން ދެއަތްމަހާލަމުންނެވެ. އެރެއަކަށް ދެމީހުންގެ އިންތިޒާރު ނިމުމަކަށް ގެނެސް.. ލޯބިއެހެނަސް އެކުލަ ނުޖެހިވާ ލޯބީގައި އެކުލަ ޖެހިގެންނެވެ……………………..ނިމުނީ….

Share Article

Follow Me Written By

Uhthoo

Level 210 Stories100 Comments100 Login

"Treat others as you wish to be treated" mom says.. dream it.. achieve it.. love to read.. love to be an author...❤️

Other Articles

Previous

އިންތިހާ – 11

Next

ތިޔަ އަސަރު 37 (1)

Next
February 18, 2018

ތިޔަ އަސަރު 37 (1)

Previews
February 18, 2018

އިންތިހާ – 11

43 Comments!

  1. thuhoo says:
    February 18, 2018 at 9:37 pm

    varah lasvehje dhw… Alhe ehmen Vs mihaaru thibeynee vaahaka up nukohgen rulhi aissa kanneynge ?… Kuda mahsala eh jehigen lasvee … N vaahaka mioh nimunee suprise vegen… ?… Finally reemaa n ayaaz gulhunee ?? but sory for late ingey allll ? … Konme meehaku ves rulhi aissa huriyya bunelahchey ? v v sory for tht…❤️ Waiting for comments…❤️❤️

  2. EHLEE says:
    February 18, 2018 at 9:46 pm

    Wow thoo mi story v reeti .. vv furihama. I luv this story. U are the best …..?????❤

    1. thuhoo says:
      February 18, 2018 at 9:50 pm

      Thanks EHLEE ❤️ sory ingey lasveema…? V bodah sory… Kurin liyunu bai fohevuneema aslu anehkaa liyan jehunee ehnve lasvee ?❤️? thanks a lott.. dhn othee thooge aneh vaahaka wait for tht ingey ?❤️❤️? loves…

  3. EHLEE says:
    February 18, 2018 at 9:47 pm

    Ruli eh naadheyy so happy??? thoo ehen story eh liyan fashaakah noolen tha

    1. thuhoo says:
      February 18, 2018 at 9:52 pm

      Noon thooge anehvaahaka continue kuraanan dhedhuveheh therey ? story:e hatharu aharu…?

  4. Icy♡ says:
    February 18, 2018 at 9:53 pm

    Wow
    Mi story vrh vrh reethi
    One of my favourite stories
    ♡♡♡♡

    1. thuhoo says:
      February 18, 2018 at 9:57 pm

      Wow.. thanks Icy ?❤️ … really happy that mi story ehaa success veema …nd one of Ur favourite veema ???? thanks again ❤️?

  5. Nahu says:
    February 18, 2018 at 9:56 pm

    Vaahaka varah reethi….

    1. thuhoo says:
      February 19, 2018 at 1:12 am

      Thankooo ?❤️

  6. Minna says:
    February 18, 2018 at 9:57 pm

    Wow thuhoo. .
    Mi vaahaka haadha reechei
    Ninmun ves varah furihama..??❤❤
    Mihaaru thuhoo ge nextra story ah mi inthizaaru kurany

    1. thuhoo says:
      February 18, 2018 at 9:59 pm

      Thanks Minna ❤️ lot’s of love ❤️? yea two days therey continue kuraanan kureege baige khulaasaa aa ehkoh ??

  7. Ri says:
    February 18, 2018 at 9:58 pm

    V salhi mi story

    1. thuhoo says:
      February 18, 2018 at 10:00 pm

      Thanks dear ?❤️

  8. Xuhu says:
    February 18, 2018 at 10:01 pm

    Wow nice ingey v v frihama

    1. thuhoo says:
      February 18, 2018 at 10:03 pm

      Thankooo ?❤️

  9. mishy says:
    February 18, 2018 at 10:02 pm

    Wowwwww…. thoo mi stry vrh reethi.. delightful ending… i am so keen to read a stry of yuh… luv this stry… ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. thuhoo says:
      February 18, 2018 at 10:10 pm

      Thankooo mishy…??❤️ Asluves very happy to c all comments ????

  10. Xuhu says:
    February 18, 2018 at 10:04 pm

    Thuhooge dhoney????

    1. thuhoo says:
      February 18, 2018 at 10:05 pm

      Awn heevehjey… Wow dhoney thankooo soooo much love u sooooo much ??❤️❤️

  11. Pinky shifoo says:
    February 18, 2018 at 10:04 pm

    Wow ❤️❤️❤️… It’s awesome ❤️❤️❤️…. V v v reethi mi part vx ???… Mi Story ge hurihaa parteh vx v v v reethi ???… V v kiyaalaahithun knme partehvx mi kiyaalany ☺️☺️☺️… Hope kuran v avahah thoo ge new story eh kiyaalan libeyne kamah ???❤️❤️❤️… N hope kuran shifoo ge faraathun thoo ah knmevx varehge support eh libunu kamah ???… Lots of love and take care ❤️❤️❤️❤️❤️????????????????

    1. thuhoo says:
      February 19, 2018 at 12:07 am

      Kommes vreh thr? V vvv bodu bodu support eh libun…❤️ thanks shifooo n so so so much loves for yooooo ???? dhn hope kuran dhn ahna story ehga Vs Hama thihen support kuraane kamah ? v happy hama daily koh comments ves kohlaathee shifu… ?❤️ Dhn nothing to say… V v v v v v thanks shifoo ❤️??

  12. ishnash says:
    February 18, 2018 at 10:09 pm

    Hii…thoo…mee first dhw…aan v las vejje …ekm rulhi eh naadheyy…thoo..thi nimmaaly thaa…vvvvvvvvv rythi mi story…thoo ehn story eh liyan v nun….nash vv kiyaa hihvey thoo he story…alhe ehn story eh liyedhybaa…luv u a lot…will miss ayaa and ree…hehe…ehn story eh liyedhybaa plx plx plx…BTW thoo kihineh????

    1. thuhoo says:
      February 18, 2018 at 10:27 pm

      Hi nash… Thooge aneh vaahaka mihaaru continue kuran fashaanan Inshallah ❤️ v v v v happy thoo ah thihaa support kuraathee… Thoo ves v missvaane t
      Ree n ayaa mathin…? Thanks a lot ❤️?

  13. ishnash says:
    February 18, 2018 at 10:11 pm

    Hii…thoo…aan v las vejje …ekm rulhi eh naadheyy…thoo..thi nimmaaly thaa…vvvvvvvvv rythi mi story…thoo ehn story eh liyan v nun….nash vv kiyaa hihvey thoo he story…alhe ehn story eh liyedhybaa…luv u a lot…will miss ayaa and ree…hehe…ehn story eh liyedhybaa plx plx plx…BTW thoo kihineh????

  14. Sheeen says:
    February 18, 2018 at 10:17 pm

    WOW…. Haaadha reeehchey mi vaaahaka ❤❤one of my favrt story!! waiting for ur nxt story ???

    1. thuhoo says:
      February 18, 2018 at 11:43 pm

      Thanks sheeen… Yeah it’s coming soon ?

  15. ivion says:
    February 18, 2018 at 10:22 pm

    My first comment to this storyekam baraabarah hirihaa baeh ves kiyan
    Finally nimuny dhww
    varh rythi story i love it
    waitin for ur new story ??????????????

    1. thuhoo says:
      February 18, 2018 at 10:31 pm

      Wow..thanks ivion… ❤️ Comment nukuriyas vaahaka keema v v thanks …so happy to c thi comment ehme furathama kuriyas

  16. Faree says:
    February 18, 2018 at 10:23 pm

    V reethi mivaahaka v furihama .kobaa buneemehnu v heevey ayaa and ree gulhey ney .ey thooge maabonditha .luv u alot .dhen liyaa vaahakaves hama mihaa reethi vaanekamah unmeedhu kuran enmenah salaan bunahchey ?????

  17. Ivri says:
    February 18, 2018 at 10:36 pm

    Vv reethi..story nimuny ma comment eh kohlan mi hury.. v furihama ❤❤

    1. thuhoo says:
      February 18, 2018 at 10:45 pm

      Thanks dear ? keema v v thanks… Ingey

  18. shaan says:
    February 18, 2018 at 10:38 pm

    ☺????????????????❤???????? nice storyyy keep it up. n unmeedu kuran new storyy kiyaalan liebeyyne kahmae love eingeyyy

    1. thuhoo says:
      February 18, 2018 at 10:42 pm

      Thanks shaaan… ??

  19. thuhoo says:
    February 18, 2018 at 10:39 pm

    Oooo.. love u guessed Hama rangalhah…❤️❤️ Thanks darling.. v v v loabivey ?… Dhn ahna vaahaka iraadha kurehviyyaa miahvure furihama kohleveythw balaanan ?❤️?

  20. EHLEE says:
    February 18, 2018 at 10:53 pm

    Yar i am waiting next story. I luv ur storys

    1. thuhoo says:
      February 18, 2018 at 11:41 pm

      Thanks EHLEE ❤️

  21. Luba says:
    February 19, 2018 at 12:21 am

    Thuhoo alhey mi part kiima hadhaan luba men wedding mathin … eii ves mi month 8 .. varah asarugadha … masha allah thnhoo ah kaamiyaabu minvaru kurahvaashi aameen ??❤??

    1. thuhoo says:
      February 19, 2018 at 1:05 am

      Haha.. really lubaa.. congrats…?? Thoo ge wedding experience aslu share kurevifa eynee ?… N 8 is my number… Story nimunee will miss u tooo ❤️? n wait for my next story hope it will be successful tooo… Thee kanneynge eyah dhn ehme wait kuraa reader dhww… Love yuh???? TC.. happy marriage life dear ??

  22. luba says:
    February 19, 2018 at 9:22 am

    ޔާ…. އަވަހައް އަޕް ކުރައްޗޭ….. ތެންކިޔޫ….

  23. Sana says:
    February 19, 2018 at 3:04 pm

    Alhey vvvvvvvvvvvvvvvvvv reethi?????
    Nimunee dhw?
    Then mi vaahaka nimuneema varah foohi vaane!?
    Pls mi story ge season 2 eh
    genes deeba pls pls pls varah loabi mi story???

    1. Sana says:
      February 19, 2018 at 3:13 pm

      I am not angry with you !?
      You are best writer so why should i have angry with you?
      Sometimes late ves vedaane but some readers didn’t understand ?

    2. thuhoo says:
      February 19, 2018 at 3:48 pm

      Hehe season 2 dhw… Visnaalaanan ingey sana ??… Vvv thanks… abadhuves thihen support kurahchey… Yea.. baeh readers thibeyne kehmadhuvegen rulhi aadhevifa ehnve ehn bunelee… ???❤️ Thanks ingey v bodah..

  24. Amy says:
    December 18, 2018 at 9:14 pm

    Vaahaka v rythi.. Nimun vx v rythi.. Vaahaka kiyan foohi kohly emme hisaabakun.. Aee Reena ge hithuga ehn lowibeh ufedhumun.. Aslu e hithu. Ayaa nun ehn myhakah furusatheh nudhin nama salhi vys… Dhn v bodah sifavi egothah aieema rym aky badi ekey… Fennahaa firihenakaa hithaa vany ey… Dhn OK salhi vaahaka hama ekani e mistake

Comments are closed.



All Right Reserved!