Skip to content
އެސްފިޔަ

ލޯބިވަން ޚުލާސާ

މުލައިލް އާއި ޔާނީ އަކީ ގާތް ދެ އެކުވެރިންނެވެ. އަލާނިޔާ މަރުވުމާއެކު ޔުސްރާ މުލައިލް ބަލަމުން އައީ އަމިއްލަ ދަރި ޔާނީއާ އެއްވެސް ތަފާތު ކުރުމެއް ނެތިއެވެ. އަހަރުތަކަކަށްފަހު މުލައިލް އޭ ލެވެލްގެ ފަހު އަހަރު ކިޔެވުމަށް ރާއްޖެ އައީ ފޮނި އުންމީދު ތަކަކާއެކުއެވެ. އަހަރުތަކަކަށް ފަހުވެސް މުލައިލް ފެނުމާއެކު ޔާނީގެ ހިތަށް އެނގުން ވެލައިގެން ދިޔައެވެ. އެއީ ޔާނީގެ އެންމެ ބޮޑު ސިއްރެވެ.

ސްކޫލު ހުޅުވުމާއެކު މުލައިލްގެ ރީތި ކަމުގެވާހަކަ މުޅި ސްކޫލުގައި މަޝްހޫރުވެގެން ދިޔައެވެ. ޔާނީގެ އެކުވެރިންގެ އިތުރުން އަލާނިޔާ ނަމަކަށް ކިޔާ ކުއްޖަކު މުލައިލްގެ ފަހަތުން އުޅެންފެށިއެވެ. އެ ނަމުން މުލައިލް ހައިރާން ކޮށްލިނަމަވެސް އޭނާ އެކަމަށް ފަރުވާލެއް ނުދީ އުފާވެރިކަމާއެކު ދުވަސްތައް ހޭދަކުރަމުން ދިޔައެވެ.

މުލައިލްގެ މުޅި ސިކުނޑި ގުޑައިގެން ދިޔައީ ޔާނިލާއާ ދިމާވުމާއެކުއެވެ. ހަމަ މުލައިލްގެ މަންމަގެ ސޫރައެވެ. ޔާނީއަށް މުލައިލްގެ މަންމަގެ ވާހަކަތައް އިނގެނީ މާފަހުންނެވެ. އަލާނިޔާގެ ސޫރަ ފެނުމުން ޔާނީވެސް ހައިރާންވިއެވެ. ނަމަވެސް ދެކުދިންވެސް އެއީ މާބޮޑު ކަމަކަށް ނުހެދިއެވެ.

އެއްދުވަހު ޔާނީ ސްކޫލަށް ދިޔައިރު ޔާނީގެ މޭޒުގައި ކޮންމެސް މީހަކުވަނީ ލެއިން ލިޔެފައެވެ. ގަތް ބިރާއެކު ޔާނީ ހޭނެތުނެވެ. ދުވަސްތަކަކަށް ފަހު އަނެއްކާވެސް ޔާނީއަށް އަމާޒުކޮށް ހަމަލާއެއް އާދެއެވެ. މިފަހަރު ދެކުދިންގެ އުފަންދުވަހުގެ ޕާޓީގެ ތެރެއިންނެވެ. ކޮންމެސް މީހަކުވަނީ އެ ކޭކަށް ޒަހަރު އަޅާފައެވެ. އެ ހަމަލާގެ ޝިކާރައަކަށް ވަނީ މުލައިލްއެވެ.

ރަނގަޅުވެގެން ގެޔަށް އައިތާ މާގިނަ ދުވަސްތަކެއް ނުވެ އަލާނިޔާ މަރުވާން ދިމާވިގޮތް ދެކުދިންނަށް އިނގިގެން ދިޔައެވެ. އަދި ރުއާ އެނބުރި އައިކަން އިނގިގެން ދިޔައެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ސިއްރުން ހުރިހާ ސިއްރުތަކެއް ހޯދުމަށް ގަދައަޅާ މަސައްކަތް ކުރަމުން ދިޔައެވެ. އެގޮތުން ކޮންމެވެސް މީހަކު ޔާނީއަށް އަލާނިޔާގެ ޑައިރީ ފޮނުވައެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ޔާނީއަށް މުލައިލް އަދި ޔާނިލާގެ ގުޅުން ބަދަހިވަމުން ދާތަން ފެންނަމުން ދިޔައެވެ. މިކަމުން ޔާނީގެ ހިތަށް ތަދުވަމުން ދިޔައެވެ. އަދި މުލައިލްއަށް ކަޅިއަޅައިގެން އުޅޭ އަލާނިޔާގެ ރުޅި ގަދަވަމުން ދިޔައެވެ.

އެންމެ ފަހުބައިން….

ހަވީރުގެ ހިތްގައިމު ވަގުތެވެ. ޔާނީ ދިޔައީ އެގޭގައި ހުންނަ ބަގީޗާގައި ގަސް އިންދަމުންނެވެ. އެވަގުތު އެތަނަށް ނިކުތް މުލައިލް ފެނުމާއެކު ވަރަށް ނުވާކަމަށް ހަދާލަމުން މޫނުގައި ވެލިކޮޅެއް ހާކާލިއެވެ. އަދި މުޅި އަތާއެއްކޮށް ވެލި ހާކާލިއެވެ. ފިނިކޮށްލަން ނިކުތް މުލައިލްއަށް ކަޅުވެލިން ތަތްތެޅިގެން އިން ޔާނީ ފެނުމާއެކު ބަލަން ހުރެވުނީއެވެ. “އޭ!!! ތި ކޮންކަމެއް؟ ބުނާނެ މަގޭ އަނގައިންނޭ ސޮނިފައިބަ ފައިބާ ހުންނަނީ. ބަލަ ވާރޭ ފެން ކޮޅެއް ލިބޭތޯތަ އަނގަ މައްޗަށް ޖަހައިގެން ތިހުންނަނީ؟ ނޫނީ މިތަނުން މަލެއް ކާހިތްވީތަ؟” ޔާނީ ބާރަކަށް ގޮވާލިއެވެ. ގަބުވެފައި ހުރި މުލައިލްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

ޔާނީވެސް ސިއްރު ސިއްރުން ހީލީ މުލައިލްގެ ހިނިތުންވުން ފެނުމުންނެވެ. ޔާނީވެސް ހެވިފައި އިންދާ މުލައިލް ފެންހޮޅި ހިފައިގެން އައޮގޮތަށްއައިސް ޔާނީގެ ގަޔަށް ދޫކޮށްލިއެވެ. ސިހިފައި ޔާނީވެސް ހަޅޭއްލަވައިގަތެވެ. “ސާބަހޭ ދައިތާ. ގަސް އިނދަނީތަ ނޫނި ތިއުޅެނީ މިތަނުން މަލަކަށް ވާންތަ؟ މުޅި ގައިގަ ވެއްޔޭ ތިއޮތީ..ޖަހާ ފާޑެއް!!” ހެމުން ހެމުން މުލައިލް ބުނެލިއެވެ. ޔާނީވެސް އެންމެ ތަންކޮޅެއްވެސް ދޫކުރާކަށްބޭނުމެއް ނުވިއެވެ. އައި ގޮތަށް އައިސް ފެން ބާލިދީ މުލައިލްގެ ބޮލަށް އަޅާލިއެވެ. އުޑުމަތި ބަނަކޮށް އޮތުމަށްފަހު ވާރޭވެސް ވެހެން ފެށީ އެވަގުތުއެވެ. ދެމީހުން އެވާރޭގެ ތެރޭގައި އެކަކު އަނެކަކުގެ ގައިގައި ވެލި އުނގުޅަމުން ދުވަމުން ދިޔައީހިތުގައިވާ ހުރިހާ އުދާހެއް ބޭރުކޮށްލަން ހިތުލައިގެން ކަންނޭންގެއެވެ. ކުޑަދޮރުން އެމަންޒަރު ބަލަންހުރި ޔުސްރާގެ މޫނުމަތިން ހިތްހަމަ ޖެހުން ފެންނަމުން ދިޔައެވެ. ޔުސްރާއަށްވެސް އަލާނިޔާމެންގެ މަރުގެ ހަގީގަތް އިނގިފައި ވީއިރު މުލައިލްމެންނަށްވެސް އެހަގީގަތް ހާމަވެފައި ވާކަން އިނގުނީ އެކޮޓަރިން އެފައިލު ފެނުމުންނެވެ. ޔުސްރާ މިހާރު ބޭނުންވަނީ އެދެމީހުން އެކުގައި ހުރިހާ ކަމެއް ހޯދުމަށްފަހު ކެރިހުރެ ކުރިމަތި ލާށެވެ. އެދެމީހުންނަށް ނޭންގުނަސް ޔުސްރާ އެކަމުގައި އެމީހުނަށް އެކަމުގައި ސިއްރުން އެހީވާނެއެވެ.

އުފާވެރި ވަގުތުކޮޅަކަށްފަހު މުލައިލް ވަނީ މުޅިން ހަމަޖެހިފައެވެ. އެރޭ އެއްކޮށް ރިޕޯޓު ލިޔުމުގައި ހޭދަކުރިއިރު މުލައިލް ބޭނުންވަނީ ކެރިހުރެ ހަގީގަތާ ކުރިމަތި ލާށެވެ. އެރޭ މުލައިލްއަށް ނިދުނީވެސް މެންދަމުން އަލިވެ ތިނެއް ޖެހިފަނުންނެވެ. ހެނދުނު ދެކުދިން އެކުގައި ދިޔައިރު ޔާނީވެސް މުލައިލްއަށް ހިތްވަރު ދިނީ އޭނާގެ ނަސޭހަތް ގަބޫލު ކުރީތީއެވެ. ދިވެހި ގަޑީ ޖެހުމާއެކު މުލައިލްގެ ނޭވާ އަވަސްވާން ފެށިއެވެ. އަދި މީހާ ފިނިވެ ދާހިއްލަން ފެށިއެވެ. ނަމަވެސް މުލައިލް ގެ ފަހަރު އައުމާއެކު ދެލޯމަރާލަމުން ހަމަޖެހިލުމަށްފަހު ކްލާހުގެ ކުރިމަތީ ހުއްޓިލިއެވެ.

“ދެހާސް ނަވާރަވަނަ އަހަރު ހިނގި މަގުމަތީގެ ހާދިޡާއަކީ މިޔަދުވެސް އަޅުގަނޑުމެންގެ ތެރެއިން އެތައްބަޔެއްގެ ހަނދާނާ ގުޅިފައިވާ ބިރުވެރި ހާދިޘާއެއް. އެދުވަހު އެ ކެރޭނު ފުރޮޅާލީ ދުއްވަން އިން މީހާގެ ސަބަބުން ކަމަށް ގިނަބަޔަކު ގަބޫލު ކުރި. ނަމަވެސް އެދުވަހު އޭނާވެސް މިދުނިޔެ ދޫކޮށްދިޔުމާއެކު ކުށްވެރި ކުރެވޭނެ އެއްވެސް މީހެއް ނުފެނުން. ނަމަވެސް އަޅުގަނޑު ތައްޔާރުކުރި ރިޕޯޓާ އަޅުގަނޑަށް ލިބުނު މައުލޫމާތުން އަންގަނީ މިއީ ދޮގެއް ކަމަށް. އާދެ! އެ ކެރޭނު ފުރޮޅާލީ ދުއްވަން އިން މީހާގެ ސަބަބަކުން ނޫން. ގާތްގަނޑަކަށް ގަޑިން އެދުވަހު ނުގަޑި ފަންސާހުގައި އެތަނުގައި ކޮންމެސް މީހަކު ވަނީ އޭ ކެރޭނު އަންނަން ހަމަޖެހިފައިވާ މަގުމައްޗަށް ފުޅިތޮށި އަޅާފަ. އޭގެ ސަބަބުން އެކެރޭނު ފުރޮޅާ ލުމަށްފަހު އެމަގުން އައި ޕްރައިވެޓް ކާރުގައި ޖެހި އޭގައި ވި ދެމަފިރިން ގެ ފުރާނަ ނަގާލި. މުޅިއެކު ހަތަރު މީހުން އޭގައި ތިބިއިރު މިދުނިޔެ ދޫކުރީ އަޅުގަނޑުގެ މަންމަ އާއި ބައްޕަ. އެދެމީހުންގެ އިތުރަށް އެކާރުގައި ދަތުރުކުރީ އަޅުގަނޑާ ޔާނީ. އަޅުގަނޑުގެ މައިންބަފައިންނަކީ އޭރުގެ މަޝްހޫރު ގާނޫނީ ވަކީލު އަލާނިޔާ އަދި ސްޕެޝަލް ފޯހުގެ ޑިރެކްޓަރ ލައިތް. އެޔަށްފަހު އެކެރޭނު ވެއްޓުނު އިމާރާތް ވެއްޓި އެތައްބަޔެއްގެ ފުރާނަ ދިޔަ. ނަމަވެސް މިއީ އަދިވެސް ބަލާނުނިމޭ މައްސަލަޔަކަށް ވުމާއެކު މި މައްސަލައިގެ އެއްވެސް މައުލޫމާތެއް މީޑީއާ އާވެސް ހިއްސާކުރެވިފައެއް ނުވޭ. އަދި ހަމަ އެހެންމެ މިކަން ސާބިތު ކުރެވޭނެ ހެތްކެތްވެސް އަޅުގަނޑަކަށް ނުލިބޭ. ނަމަވެސް ވަރަށް އަވަހަށް ހުރިހާކަމެއްވެސް މީޑީއާ އަދި އާއްމުންނާ ހިއްސާކުރެވިގެންދާނެ. މިހސާބުން އަޅުގަނޑުގެ ރިޕޯޓު ނިންމާލާނަން. ޝުކުރިއްޔާ”

 

މުލައިލް ގެ ރިޕޯޓުނިމުމާއެކު ހުރިހާ ކުދިންގެ އިތުރުން މުދައްރިސްވެސް ތެދުވީ އެރިޕޯޓުގެ ފުރިހަމަކަމުންނެވެ. މުލައިލްގެ ހަގީގީ މައިންބަފައިން އެންމެނަށް އިނގިގެން ދިޔައިރު އަލާނިޔާމެން ދެމަފިރިންގެ ވާހަކައަކީ އޭރު ރާއްޖޭގެ ގިނަ ބަޔަކަށް މަޝްހޫރު ވާހަކައެއްކަމުން އެންމެނަށްވެސް އަލާނިޔާމެން އިނގުނެވެ. ހަގީގަތް އަމިއްލަ ދުލުން ގަބޫލު ކުރެވުމުން މުލައިލްއަށް ހީލެވުނެވެ.

ބްރޭކް ގަޑިއެވެ. އެންމެން ވެސް ހީހީފައި ވާހަކަ ދައްކަމުން ދިޔައިރު މުލައިލްގެ ނަޒަރުވަނީ ޔާނިލާއަށް ހުއްޓިފައެވެ. އެމަންޒަރު ބަލަން އިން ޔާނީގެ ހިތުގައި ރިއްސާލިއެވެ. މުލައިލްގެ އުފަލަށްޓަކައި އެދެމީހުން ގުޅުވަން ކިތަންމެ ބޭނުންވިޔަސް ޔާނީގެ ހިތުގައި އެއީ އަލާނިޔާގެ ދަރިއެއްކަމާމެދު ޝައްކުތަކެއް ވިއެވެ. ވަރަށް ނުވާކަމަށް ހަދާލުމަށްފަހު އެންމެންގެ އުފަންދުވަސް ޔާނީ އަހަންފެށިއެވެ. ޔާނިލާވެސް ވަރަށް ހަމަޖެހިލަމުން ޖަވާބު ދިނެވެ. “ދިހައެއް މާރިޗު ދެހާސް ސޯޅަ” އެޔާއެކު އެންމެން ލޯބޮޑުކޮށްލުމާއެކު ހިނގަނޑެއް ޖަހާލުމަށްފަހު އަނެއްކާވެސް ކިޔައިދޭން ފެށިއެވެ. “މުލައިލް އާ އެއްދުވަހެއް. އެކަމަކު އަހަރެން ގްރޭޑް ހައެއްގަ އުޅުނު އަހަރު ވަރަށް ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިގެން އެއްއަހަރު ދިޔައީ. ދެން އުފަންދުވަހުގެ ވާހަކަ އެކަކު ގާތުވެސް ނުބުނީ އެއީ އަހަރެން ފާހަގަ ކުރާ ދުވަހެއް ނޫން ވީމަ.އެއީ ބައްޕަ ނިޔާވި ދުވަސް.”

މިވީ ކިހިނެއް ހެއްޔެވެ؟ މުލައިލް އާ ދެމީހުންގެ އުފަންދުވަސް އެއްދުވަހަކަށް ވުމަކީ އިއްތިފާގަކަށް ވެދާނެހެއްޔެވެ؟ ނުވަތަ މިކަމުގައި ވެސް ވަނީ އަޑި ނޭންގޭ ހަގީގަތެއް ބާއެވެ؟ ޔާނީގެ ބޮލުގައި ރިއްސާލިއެވެ.

Comments (16)

  1. sam♥

    yeh imagination is back .. waiting .. u r stry love this stry .. plx up soon

    1. imagination ??
      sam♥

      Haha… Labba. I is back. In sha allah soon ingey ?✨

  2. Mari

    Yay me first dho. Masha allah v nice. Keep it up

    1. Mari
      Mari

      Oops second ??

    2. imagination ??
      Mari

      Haha. Yess. Thanks a lot ?

  3. imagination ??

    Guyss.. M back.. Hahaha. Also pic feneytha eba? Please let me know ✨?

    1. Mysh
      imagination ??

      Wowww…kon iraku tha imagination stry gennaany?v kiyaahithun mihury

  4. Pinky shifoo

    Hii imagination… Waiting for a new part ingey… Avahah up kohladhehchey ??

  5. Shaima

    Dhen mifaharu story medhukadaa nulahchey

  6. Friends

    Seyma avahah up kohladhee bala.hama kiyaahithun nuhureve.???? gud nyt

  7. unknown

    So your back

  8. Unique

    Imagination is back…… I have missed ur stories a lot….. Nd my favorite writer is u 🙂

  9. Unique

    Awh

  10. click a shot ?

    Long time no see imagination..I’ve missed this story and u so much.finaally u came back..waitting ????

  11. Bts v

    Omg v ge pic ? thijehuny mivahaka kiyan?

  12. Thaathi

    Nice story. But Very difficult to understand.
    Cox very similar names. Can u change the names.

Comments are closed.