Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިޔަ އަސަރު 36

maroon Level 710 Stories100 Comments500 Comments100 Login1K Comments100 Stories
February 17, 2018 14 Mins Read
79 Comments

“ރީމް ތަ މަސްހުނި ހެދީ؟” ހުރިހާ ތަށިތައް ރީމް ކައިރިއަށް ގެންގޮސް ނިމުމުން މޭޒުމަތީގައި ހުރި މަސްހުނި ތައްޓަށް ބަލާލަމުން ޝަނުމް އަހައިލިއެވެ.

“ނުބައީ ތަ؟” ފަހަތަށް އެބުރި ޝަނުމްއާއި ދިމާލަށް ބަލާލަމުން ރީމް އަހައިލިއެވެ. އޭރު ޝަނުމް އޭގެ ރަހަ ބަލަނީއެވެ. ރީމް ވަރަށް ފަރުވާތެރި ކަމާއި އެކީ ޝަނުމްގެ މޫނު މައްޗަށް އަރަމުން ދިޔަ ކުލަ ވަރު ބަލަމުން ދިޔައެވެ.

“ނުބައީ ތަ؟” ދެވަނަ ފަހަރަށް ރީމް އެ ސުވާލުކޮށްލީ ޝަނުމް އެތިކޮޅެއް ކާލުމަށްފަހު މޭގައި އަތް އަޅާލުމުންނެވެ.

“ޝަނުމް!….” ޝަނުމް ޖަވާބެއް ނުދިނުމުން ރީމް ޝަނުމް ކައިރިއަށް ޖެހިލައި ކޮނޑުގައި ހިފާލީ ހާސްވެފައި ހުރެއެވެ.

“ނޫން!!!” ވަރަށް ވަރުން އެހެން ބުނެލުމަށްފަހު ޝަނުމް އުދަގުލުން ދެތިން ފަހަރެއްގެ މަތިން ކެއްސާލިއެވެ.

ޝަނުމް އަށް ވަމުން ދާ ވަރު ފެނިފައި ރީމް އަވަސް އަވަހަށް ފުރިޖުން ފެން ފުޅިއެއް ނަގައި ރައްޓަކަށް އަޅާލުމަށްފަހު ޝަނުމް އަށް ބޯންދޭން އުޅުނެވެ. ހެނދުނު ހެނދުނާއި ހަރު އެއްޗެއް ކިޔުމުގެ ކުރިން ޝަނުމް ފެން ބޯން ޖެހޭނެއެވެ. އެހެންނޫނީ އަގަޔަށް ލާ ފުރަތަމަ އެތިކޮޅު ހީވާނީ މޭ ތެރޭ ތާށިވެގެން އުޅޭހެންނެވެ. ނޭވާ ނުލެވި އުދަގޫވެ ކެއްސަން ފަށައިގަންނަނީ އެހެންވެއެވެ.

ރީމް ދިން ފެން ތަށިން ފޮދެއް ބޯ ލުމާއި އެކީ ނަސީބަކުން މި ފަހަރު އެއްކޮށް ރަގަޅުވެއްޖެއެވެ. އެކަމަކު ދެ ލޯ ވަނީ ފެންކަޅިވެފައެވެ.

“ޝަނުމް، އަހަރެން އެހާ ގިނައިން މިރުސް ނާޅަން، ދައްތަ އަހަރެން ކައިރީ ބުނި ވަރަށް މިރުސް އެޅީ” ހަމަޖެހިލައި ޝަނުމް އޭނާ އަށް ބަލާލި ގޮތުން ރީމް ބުނެލިއެވެ.

“އެއީ ކުޅިވެގެން ވީ ކަމެއް ނޫން، ބައެއް ފަހަރު ވާ ގޮތެއް އެއީ” ރީމް ހާސްވެފައިވާ ތަން ފެނިފައި ޝަނުމް ބުނެލިއެވެ.

“ދެން ކީއްވެ ޑޮކްޓަރަށް ނުދައްކަނީ، ހިނގާ ސައިބޮއިގެން ހޮސްޕިޓަލަށް ދާން” ޝަނުމް އަށް ކަމެއް ދިމާވެދާނެ ކަމަށްޓަކައި ރީމް ބިރުގަނެއެވެ. ޝަނުމް އޭނާ ދެކެ ލޯބި ނުވިޔަސް އެހިތުގައި ޝަނުމް އަށް ދެވިފައިވާ މަގާމް ކުޑައެއް ނުވެއެވެ. ދުވަސް ފާއިތުވި ވަރަކަށް ވާ ލޯބި އިތުރު ވަނީއެވެ.

“އެކަން ނިމިއްޖޭ މިހާރު، ދެން ފަހަރަކުން ފެން ފޮދެއް ބޯ ލުމަށްފަހު ނޫނީ ނުކެއިމަ އެހެން ނުވާނެ” އެހެން ބުނެލުމަށްފަހު ޝަނުމް މޭޒު މައްޗަށް ސައިނެގުމަށް ރީމް އަށް އެހީތެރިވެދޭން އުޅުނެވެ. ރީމް ދޭތެރެ ދޭތެރެއިން ޝަނުމް އަށް ބަލައިލަނީ ޝަނުމް އަށް އެއްވެސް ކަމެއް ވޭ ތޯ ބެލުމަށެވެ.

“ހުރިހާ އެއްޗެއް ވެސް ވަރަށް މީރު، ހާއްސަކޮށް މަސްހުނި” ކައި ނިމުނު އިރުވެސް ރީމްގެ ސަމާލުކަން އޭނާގެ މޫނުން ނުނެއްޓޭތީ ޝަނުމް ބުނެލިއެވެ.

“ވަރަށް އުފާވެއްޖެ ، އިއްޔެ ހަތަރުދަމު ދައްތައާއި އެކީ ބަދިގޭގަ އުޅުނީ ޝަނުމް އަށް އެއްމެ މީރުވާނެހެން …….” އެހެން ބުނެ ތެދުވެ ތަށިތައް ނަގަމުން ދިޔަ ރީމް ގެ ޖުމްލަ ފުރިހަމަ ނުކުރެވުނީ ފައި ކައްސާލާފައި ބިން މައްޗަށް ވެއްޓެމުންނެވެ.

ރީމް ވެއްޓުމާއި އެކު ޝަނުމް އަވަސް އަވަހަށް ތެދުވެ ރީމް އަށް އެހީވެ ދިނުމަށް އަވަސްވެގަތެވެ.

ރީމް ކައިރީ އިށީދެ ޝަނުމް ރީމްގެ ބަނޑުގައި އެއް ފަރާތުން ހިފާލައި ރީމް ތެދުކުރުވަން އުޅުނެވެ. ޝަނުމް ބަނޑުގައި ހިފުމާއި އެކު ރީމްއަށް ލިބުނީ ކުއްލި ސިހުމެކެވެ. އަވަސް އަވަހަށް ޝަނުމްގެ އަތުގައި ހިފައި ދުރަށް ލާން އުޅުނެވެ.

“މި ތަނަށް ތަދުވަނީ ތަ” ރީމް އުޅުނު ގޮތުން ޝަނުމް އަތް ނަގައި އެތަން ބަލާލަން އުޅުނެވެ. ވެއްޓުނު ގޮތުން ރީމް ލައިގެން ހުރި ޓީޝާޓުން އެ ތަންކޮޅުވަނީ ކަޝްފުވެފައެވެ. އަދި ހުޅުވާފައި ހުރި ކަބަޑުގެ ދޮރުގެ ކަނުގައި ޖެހި އެތަންވަނީ ހަން މަށައިގެން ގޮސްފައެވެ. ޝަނުމް ބަލާލި ގޮތުން ރީމް އަވަސް އަވަހަށް އެތަން ފޮރުވާލަން އުޅުނެވެ.

“އަތް ނުޖައްސާ އިހަށް މަޑުކުރޭ، އަހަރެން އެބަ އަންނަން” އެހެން ބުނެލުމަށްފަހު ޝަނުމް އެތަނުން ތެދުވިއެވެ. އަދި ބަދިގޭގެ ކަބަޑުން ފަސްޓް އެއިޑް ބޮކްސް ނަގައި ރީމްގެ ބަނޑުގައި އަޅަން އުޅުނެވެ.

“ކޮންތާކަށް ތި ދަނީ؟ ބޭސް އަޅައިގެން ދާން މަޑުކޮށްލަންވީ އެއްނު” ޝަނުމް ބަލާލިއިރު ރީމް ތެދުވެގެން ދާން ހިނގައިގަންނަނީއެވެ.

“އެއީ އެވަރު ކަމެއް ނޫނޭ، ރަގަޅުވެދާނެ” ތަދުވިޔަސް އަދި ލޭ އަންނަމުން ދިޔަ ނަމަވެސް ރީމް ހުރީ ލަދުންނެވެ. އެހެންކަމުން އެކަމަށް ކެތްކޮށްލީއެވެ.

“ޔަގީން ތަ؟ ތަދުވާ ނަމަ ބުނެލާތި. އޭރުން ޑޮކްޓަރަށް ދާން ދެވޭނެއެއްނު” ޝަނުމް ކަންބޮޑުވުމުގެ ރާގަކަށް ބުނެލިއެވެ.

ރީމް މައްސަލައެއް ނެތޭ ބުނުމުން ޝަނުމް ކޮޓަރިއަށް ދިޔައެވެ. ޝަނުމް ދިޔުމުން ރީމް ސިއްރު ސިއްރުން ފަސްޓް އެއިޑް ބޮކްސް ހިފައިގެން ގޮސް އެބައިގައި ހުންނަ ހުސް ކޮޓަރިއަށް ދިޔައެވެ.


 

އެ ދުވަހު ހަގީގަތް ހާމަވުމަށްފަހު ހިންދު ހޮސްޕިޓަލަށް ނުގޮސް ގޭގައި މަޑު ކުރުމަށް ނިންމިއެވެ. އަޝްވިން އެތައް ނަސޭހަތެއް ދިނުމުން ވެސް ހިންދު ހުރީ ގޮތް ދޫކުރާ ފަދަ ހިޔާލެއްގައެއް ނޫނެވެ.

“މަންމަ ކައިރިއަށް ނުދިޔަސް ހިނގާ ބައްޕަގެ ހާލު ބަލާލާފަ އަންނަން، ހިންދު ނުދިޔައީމަ ބައްޕަ ދެރަވާނެ އެއްނު” އެނދުގެ ހެޑްބޯޑުގައި ލެގިލައިގެން ދެފައި ދިގުކޮށްގެން އިން ހިންދު ކައިރީ އިށީދެލަމުން އަޝްވިން ބުނެލިއެވެ.

“ނުދާނަން!” ކުޑަ ކުއްޖެއްހެން މޫނު ހަދާލަމުން ހިންދު ބުނެލިއެވެ.

“އެ ކީއްވެ؟ ބަލިމީހުން ކައިރިއަށް ޒިޔާރަތް ކުރަންވާނެ.. އަދި ރުޅި މޫނު ހަދައިލައިގެން އެއްވެސް މީހަކާއި ވާހަކަ ނުދައްކާ ހުންނާކަށް ނުވާނެ” ހިންދުގެ އަތުގައި ހިފާލަމުން އަޝްވިން ބުނެލިއެވެ.

“އަޝްވިން ވެސް ތި ބަލަނީ މަންމަމެން ދިފާއު ކުރެވޭ ތޯ ތަ؟ ނޭނގޭތަ އެމީހުން އަހަންނަށް އެހެން ހެދީ އަހަރެން އެއްވެސް ކުށެއް ނެތިކަން” ދެބުމަ ގޮށް ޖަހާލައި އަޝްވިން އާއި ދިމާލަށް ބަލާލަމުން ހިންދު ބުނެލިއެވެ.

“އެނގޭ ތިކަން، އިންސާނުންނަށް ކުށްކުރެވޭނެ ، އެކުށްތަކަށް މާފުކޮށް ދިނުމަކީ ދެން ތިބި މީހުން ކުރަން ޖެހޭނެ ކަމެއް.. މިހެން ބުނާއިރު އެނގޭ ހިންދުގެ މަންމަމެން ކުރީ އާދައިގެ ކަމެއް ނޫންކަން. އަދި މާފަށް އެދުމުން އެކަން ނުވާ ކަމަކަށް ނުވާނެކަން.. އެކަމަކު އެއީ މަންމަ.. ހިންދު ޖެހޭނެ މަންމައަށް މާފުކޮށްދޭން.. މައިންބަފައިން އެތައް އަނިޔާއެއް ދިނަސް އެމީހުން އަހަރަމެންނަށްޓަކައި ކޮށްދިން އެއްވެސް ކަމެއްގެ އަގު އަހަރަމެންނަށް އަދާނުކުރެވޭނެ.. ވަގުތު އޮތްވައި ގުޅުން އިސްލާހުކުރަން ވާނެ.. މާދަމާ ދާން ހަދައިގެން ވަގުތު ފާއިތުވެދާނެ” ހިންދު ގެ ބޮލުގައި ފިރުމާލަމުން އަޝްވިން ހިންދުއަށް ވިސްނުވައިދެވޭތޯ އުޅުނެވެ.

“އެވަރަށް އަނިޔާ ދިނަސް އަދިވެސް މަންމަމެން ދެކެ ލޯބިވަން.. ވަރަށް ބޭނުން މަންމަ އަހަރެންގެ ގައިގައި ފިރުމާލަން.. އަދި ވަރަށް ބޭނުން މަންމަ އުގުގައި ނިދާލަން” އުފަލާއި ހިތާމަ އެކުވެ ހިންދުގެ ދެލޯ ފެންކަޅިވިއެވެ.

“އެހެންވީމަ ހިނގާ އަވަހަށް ދާން.. އީޝް މިއަދު ގުޅާފަ ވަރަށް ގިނައިން އެހި އިތުރު މާމައެއް ލިބުނީހެއްޔޯ” ދުރުގައި ހުއްޓަސް އަޝްވިން ކޮންމެ ދުވަހަކު ތިން އިރަށް އީޝްއަށް ގުޅައި ހަދައެވެ. އަދި ގުޅައިގެން އޮވެ އީޝް ނިންދަވަން ލިއުޝާއަށް އެހީތެރިވެދެއެވެ.

“އަޝްވިން! އަހަރެން ބޭނުން ކުއްޖެއް ހޯދަން” ދެމީހުން އެކުގައި ކޮޓަރިން ނިކުންނަނިކޮށް ހިންދު ބުނެލި ޖުމްލައިން އަޝްވިން ހިންދުގެ އަތުގައި ހިފައި ކޮޓަރިއަށް ވެއްދިއެވެ.

“ހިނގާ އަވަހަށް” އަތްދަނޑި މައްޗަށް ލައިގެން ގޮސް ހިންދު އެނދުގައި ބާއްވަމުން އަޝްވިން ބުނެލިއެވެ.

“މި ގަޑީ؟، އަހަރެން ހީކުރީ މަންމަމެން ކައިރިއަށް ދާން ކަމަށް މިއުޅެނީ” ސުވާލުގެ ނަޒަރުން އަޝްވިން އާއި ދިމާލަށް ބަލާލަމުން ހިންދު ބުނެލިއެވެ.

“ނޫން މިގަޑިއަކު ނޫން.. ހިންދު ކިޔަވާ ނިމުނީމަ! އަހަރެން ބަލައިލީ ހިންދު ތައްޔާރަށް ހުރި ތޯ… ބިރުން ހަލާކުވާ ވަރު ވެފައެއްނު ތި އޮތީ” އެހެން ބުނެ އަޝްވިން ހިންދުގެ ނިތްކުރީގައި ލޯބިން ބޮސްދިނެވެ.

 


 

 

އެރޭގެ ޖަލްސާއަށް ފަހު ކާއިންގެ އުޅުމަށް އަންނަ ބަދަލުތައް އަޝްވާ ދިޔައީ ފާހަގަކުރަމުންނެވެ. ގިނަ ވަގުތު އިންނަނީ އަތުގައި އޮތް ފޯނުން ކޮންމެވެސް އެއްޗެއް އަޑު އަހަން ހެޑްސެޓް ޖަހައިގެން ގެންގުޅޭ ކުޑަ ފޮތުގައި އެއްޗެއް ލިޔާށެވެ. އޮފީހުގެ މަސައްކަތްތައް ބަރާބަރަށް ކުރިއަސް ކާއިންއަށް މި އަންނަ ބަދަލުތަކާއި މެދު އަޝްވާ ކަންބޮޑުވިއެވެ. އަދި ވަކިން ހާއްސަކޮށް ކާއިން އޭނާ އަށް ކަމެއް ސިއްރު ކުރާހެން ހީވުމުންނެވެ. ދެތިން ފަހަރެއްގެ މަތިން އަޝްވާ އަޑުއަހަނީ ކޯއްޗެއް ތޯ ސުވާލުކުރުމުން ވެސް ކާއިން ވާހަކަ އޮޅުވާލައެވެ. ކާއިންއަށް ސިއްރުން އެއީ ކޯއްޗެއް ތޯ ބަލަން އުޅުމުން ލިބުނު ކާމިޔާބީ އެއް ނެތެވެ.

“ކާއިން! ކާއިން އެއްނު ބުނީ އަހަންނަށް ކޮންމެ ކަމެއްގައި ވެސް އިތުބާރު ކުރާނަމޭ.. ދެން ކީއްވެ ތި އަޑު އަހަނީ ކޯއްޗެއް ކަން އަހަރެން ކައިރީ ނުބުނެވިގެން ތިއުޅެނީ” ހަތަރެއް ޖެހުމާއި އެކީ އޮފީހުގެ އެހެން މުވައްޒަފުން ގެޔަށް ދިޔަ ނަމަވެސް އަޝްވާ މަޑުކޮށްލީ ކާއިން އާއި ވާހަކަ ދައްކާލެވޭނެ ފުރުސަތެއް ހޯދާލުމަށެވެ.

“މީ އެއްޗެއް ނޫން” އަޝްވާގެ އަޑު އިވުމުން ކާއިން އޭނާ އަތުގައި އޮތް ފޮތް ލައްޕާލައި ކަންފަތަށް ޖަހާފައި ހުރި ހެޑްސެޓް ނައްޓާލަމުން އަވަސް އަވަހަށް  ބުނެލިއެވެ.

“ދެން ކީއްވެ އަހަންނަށް ސިއްރުން ތި އަޑު އަހާ އެއްޗެއް ތި އަޑު އަހަނީ، މިއަދު ވެސް އެތައް ފަހަރެއްގެ މަތިން ތި ފޮތް ބަލާލެވޭ ތޯ އަހަރެން އުޅެފިން، އެކަމަކު އެހެން މީހެއްގެ ނަޒަރުވެސް ތިއަށް އަމާޒުވާން ކާއިން ބޭނުން ނުވާކަން އަހަންނަށް ފާހަގަ މިވަނީ” ކާއިން ކައިރީ ހުރި ގޮނޑީގައި އިށީދެލަމުން އަޝްވާ ބުނެލިއެވެ.

އަޝްވާ އެހެން ބުނުމުން ކާއިން ފުން ނޭވާއެއް ލައި އިސްޖަހައިލަމުން ގޮނޑީގައި ލެގިލިއެވެ. މިހުރިހާ ވާހަކަ އެއް އޭނާ އަޝްވާ އަށް ކިޔައިދޭނީ ފަހެ ކިހިނަކުން ބާ އޭ ހިތަށް އަރުވަމުންނެވެ؟

“ކާއިން، ތީ އަހަރެން ކައިރީ ބުނެވޭ ވަރަށް ވުރެ ބޮޑު ވާހަކައެއް ކަމަށް ގަބޫލުކުރެވިދާނެ.. އެކަމަކު ކާއިންގެ މުޅި ދިރިއުޅުން ތިއަށް ބަރޯސާވާކަށް އަހަރެން ބޭނުމެއް ނޫން.. މިއަދު ކާއިންގެ މަންމަ އަހަންނަށް ގުޅާފަ ބުނި ކާއިން މިހާރު ގެޔަށް ކާން ނާންނަ ވާހަކަ.. އެހެން ވިއްޔާ ބުރޭކަށޭ ކިޔާފަ މިވީ ދެތިން ދުވަސް ތެރޭ ކޮންތާކަށް ތި ދަނީ…. އެއްމެ ކުޑަމިނުން ދާ ތަނެއް ބުނެލާ ނަމަ ކާއިންގެ މަންމެން ހާސްވެގެން އުޅޭކަށް ނުޖެހޭނެ އެއްނު.. ޖަލްސާ އޮތް ރޭ ވެސް ކިހާ ދެރަކޮށް ކަންތައް ވީ. އެއްވެސް މީހެއް ބޭނުމެއް ނުވާނެ ކާއިންއަށް ދެރައެއް ލިބޭ ތަން ދެކޭކަށް” ކާއިންގެ ކޮނޑުގައި ހިފައި އަޝްވާ ކަންބޮޑުވުމުގެ ރާގަކަށް ބުނެލިއެވެ.

“އަހަންނަށް ކަމެއް ވެއްޖެ ނަމަ އަޝްވާ ދެރަވާނެ ތަ؟ ” އަޝްވާގެ ވާހަކަތައް ނިމުމުން އިރުކޮޅަކު ވިސްނަން އިނދެފައި ކާއިން އަހާލިއެވެ.

“އާން! ވަރަށް ބޮޑަށް… އެހެންވެ އެއްނު އަހަރެން މި ހުރިހާ ވާހަކައެއް މި ދައްކަނީ” އަދިވެސް އިސްޖަހައިގެން އިން ކާއިންއަށް ބަލާލަމުން އަޝްވާ ބުނެލިއެވެ.

“އަހަންނަށް ކަމެއް ވެއްޖެ ނަމަ އަޝްވާ ދެރަވާންވީ ސަބަބަކީ ކޮބާ؟ އަހަރެން ނެތަސް އަޝްވާ ލޯބިވާ އަދި އަޝްވާ ދެކެ ލޯބިވާ އެތައް ބަޔަކު ތިބޭނެ އެއްނު” ކާއިންގެ ސުވާލަކީ އެއްވެސް އަސަރެއް މޫނުމަތިން ނުދައްކާ ކުރި ސުވާލަކަށް ވިޔަސް އޭގެ ޖަވާބު ކާއިންއަށް ވަރަށް މުހިއްމެވެ. ހަޔާތުގެ ކޮންމެ ކަމެއް މިހާރު ގުޅިފައިވާ އެކަކީ އަޝްވާ ކަމުންނެވެ.

“އަހަރެން އަދި ކިތައް ފަހަރު ބުނުމުން ކާއިން އަށް އަހަރެންގެ ޖަވާބު ވިސްނޭނީ؟” އެހެން ބުނެލުމަށްފަހު ހީލައި އަޝްވާ ކާއިންގެ އަތުގައި ހިފައި އޭނާގެ ވާހަކައާއި ކުރިއަށް ދިޔައެވެ.

“މި ފަހަރު ރަނގަޅަށް ކަނުލައި އަޑުއަހާ، އަހަރެންގެ އާއިލާ ފިޔަވައި ކާއިން ތީ މިހާރު އަހަރެންގެ އެއްމެ ގާތް އެކަކު.. އަހަންނަށް ކޮންމެ ކަމެއް ވެސް އެއްވެސް ހުރަހެއް ނެތި ކާއިން އާއި ހިއްސާކުރެވޭ… ތީ އަހަރެންގެ ހަޔާތަށް އައި އަހަރެން އެއްމެ ރުޅި އަންނަ އެކަމަކު އެއްމެ ލޯބިވާ އެކަކު.. އަހަންނަށް އެނގޭ ކާއިން ވެސް އަހަރެން ދެކެ ވަރަށް ލޯބިވާކަން” ފަހު ޖުމްލަ ބުނެލަމުން އަޝްވާ ކާއިންގެ ކޮލުގައި ހިފާލިއެވެ.

އަޝްވާ ކާއިން ހެއްވަން އުޅުނަސް  މިއަދު އެކަން ވާނެހެން ހީވޭ ހެއްޔެވެ؟ އަދި އަޝްވާ އެ ދިން ޖަވާބަކީ ކާއިން އުއްމީދުކޮށްގެން ހުރި ޖަވާބަށް ވެއްޖެ ހެއްޔެވެ؟

އެރޭ ވީ ކަންތަކަށް ފަހު ކާއިން ހުންނަނީ ހިތް ބިރުގެންފައެވެ. ކަމެއް ވެދާނީ  ނިންޖެއް ނާދެއެވެ. ނިދޭ ރެއެއް ނަމަ އިރުއިރުކޮޅައި ހޭލެވި މަންމަމެން ގޭގައި އުޅޭ ތޯ ބެލެވެއެވެ.

“ކާއިން، ކިހިނެތްވީތަ؟ ކާއިން ކަމަކާއި ބިރުގަންނަ ނަމަ އެ ވާހަކަ އަހަންނާއި ހިއްސާކޮށްލަންވީ އެއްނު.. ” އަޝްވާ އޭނާގެ ވާހަކަ އެއްކޮށް ދައްކާ ނިންމާނުލެވެނީސް ކާއިން އަޝްވާ ގައިގައި ބައްދައިގަތެވެ.

“އަހަރެން އަޝްވާ ކައިރީ ބުނަން ބޭނުންވާ އެތައް ވާހަކަތަކެއް އެބަ ހުރި.. އެކަމަކު މިއީ އެއިން އެއްވެސް ވާހަކައަކަށް އެއްމެ ރަނގަޅު ވަގުތެއް ނޫން.. އަޝްވާ ތި ބުނިހެން އަހަރެން އަޝްވާ ދެކެ ވަރަށް ލޯބިވޭ.. ވަރަށް ވަރަށް ބޮޑަށް.. އެކަމަކު މަގޭ ޗެރީ، ހިތަށް އަރާ މިއަށް ވުރެ ބޮޑަށް ކިޔައިދެވޭނެ ނަމަ އޭ.. އެކަމަކު އަހަރެން ނެތިން އަމިއްލަ އެދުން އިސްކުރާކަށް… އެޔަށް ވުރެ ބޮޑަށް އަޝްވާގެ ރައްކާތެރިކަމާއި ސަލާމަތަށް  ވިސްނަން އަހަރެން ބޭނުން.. އަހަރެން ބުނަން ބޭނުންވާ އެއްމެ ވާހަކައަކުން ވެސް އަޝްވާ އަހަރެންގެ ހަޔާތުން ބީވެދާނެ ކަމުގެ ބިރު އަހަންނަށް އެބަ ކުރެވޭ..” ކާއިން ނުސީދާކޮށް އޭނާގެ ހާލަތު އަޝްވާއަށް އިއްވައިދިނެވެ. މުޅި ސިކުނޑި ބަރުކޮށްފައިވަނީ އެތައް ކަމަކުންނެވެ. ހިއްސާކޮށްލެވޭނެ އެއްވެސް ފަރާތެއް ނެތިއެވެ. ދުނިޔެ އޭނާއަށް ކުރިމަތި ކުރުވަމުން މިދަނީ ކޮން ފަދަ އިމްތިހާނެއް ހެއްޔެވެ؟ ލޯބިވާ އެއްމެން ބީވެދާނެ ކަމުގެ ބިރުން މީހާއަށް ވަނީ ސިހުން ލިބިފައެވެ.

“ކާއިން، ތިހެން ނުބުނޭ… ކާއިންއަށް ހުރިހާ ކަމެއް ވެސް އަހަންނަށް ކިޔައިދެވޭނެ.. ކޮންމެ ހާލެއްގައި ވެސް އަހަރެން ކާއިން ކައިރީ ހުންނާނެ ކަން އެނގެއެއްނު” ކާއިންގެ ބުރަކަށީގައި ފިރުމާލަމުން އަޝްވާ ބުނެލިއެވެ. އަދި މި ވީހާ ތަނަކަށް ކާއިން މިހާ ދެރަވެފައި ހުރި ތަން އަޝްވާ އަށް ނުފެނެއެވެ.

އަޝްވާ އެހެން ބުންޏަސް ކަންތައް ވާނީ އެހެން ހެއްޔެވެ؟ ލޯބިވާކަން ހާމަކުރުމުން އަޝްވާ ދުރަށް ނުގޮސް ހުންނާނެ ހެއްޔެވެ؟ ދުރަށް ނުދިޔަ ނަމަވެސް އެލޯބި އަބުރާ ނުލިބުމަކީ ވޭން ހުރި ކަމަކަށް ވާނެކަން ޔަގީނެވެ. ދެން ހުރީ މައިންބަފައިންގެ ކަންތަކެވެ. އޭގެ ހުރިހާ ހަގީގަތެއް އެނގޭ ދުވަހު އަޝްވާ އޭނަ ދޫކޮށްފައި ނުދާނެ ހެއްޔެވެ؟ އަޝްވާގެ ހިތުގެ މިތުރާއަށް ހަމަލާ ދިނީ ކާއިންގެ ބައްޕަގެ އަދުއްވުން ކަން އެނގޭ ދުވަހު އަޝްވާ އެކަމުގެ ބަދަލު ނުހޯދައި ހުންނާނެ ހެއްޔެވެ؟ އަދި މިހާރު އެމީހުން އެދަނީ ކާއިންއާއި ގުޅުމެއް އޮންނަމަ އޮތް މީހެއްގެ ރައްކާތެރި ކަމާއި މެދު ސުވާލު އުފައްދަމުންނެވެ. އެއް ފަރާތުގައި ލޯބިވާ އާއިލާއެވެ. އަނެއް ފަރާތުގައި ދެން ތިބީ ކާއިން އާއި ގުޅުން އޮތް މީހުންނެވެ. އޭގެތެރޭގައި އަޝްވާ ވެސް ހިމެނެއެވެ. އެއްމެން ސަލާމަތް ކުރުމަށް ކާއިންއަށް އޮތް ގޮތަކީ ކޮބައި ހެއްޔެވެ؟

ކާއިން އަޝްވާ އަށް ދުރަށް ޖެހިލައި އަޝްވާގެ މޫނަށް ރަނގަޅަށް ބަލައިލިއެވެ. އަޝްވާގެ ސޫރަ ހިތު ތެރޭގައި ބިންވަޅު ނެގިފައި ވީ ނަމަވެސް ބަލާ ފޫހިނުވާނެ ބެލުމަކުންނެވެ. ތައުރީފު ކުރަން ފަށަން ވީ އަޝްވާގެ ކޮން ސިފައަކުން ކަމެއް ކާއިންއަށް ނޭނގުނެވެ. އެއްވެސް އައިބުކަމެއް ނެތެވެ. ކާއިން އަބަދު ބުނާހެން ދެ ޗެރީހެން ފުފިފައި އޮތް ދެ ކޮލެވެ. ދެކޮލުގައި ހުންނަ އަޑިކޮޅު އެހާމެ ފުރިހަމައެވެ. ފުޅާ ހިނިތުންވުމަކާއި މަސްތުކުރުވާ ބެލުމެކެވެ. ކާއިން ހިތު ތެރޭގައި އަޝްވާގެ ހަށިގަނޑުގެ ފުރިހަމަ ކަމާއި އެއްވަރަށް އެ ނަފުސުގެ ރީތިކަމަށް ފުން ލޯބެއް ދެވިފައިވެއެވެ. ގުރުބާންތައް ވުމުގައި އެއީ އެއްވަނައެވެ. އަމިއްލަ އެދުން އެއް ފަރާތްކޮށްލުމުގައި ނަމޫނާއެކެވެ. އެހެން މީހުންނަށް އަޅާލައި އެހީ ވުމުގައި ދެވަނައެއް ނުވާނެ ފަރާތެކެވެ. އަދިވެސް އެތައް ކަމެއް ކާއިންއަށް އަޝްވާ އާއި ބެހޭ ގޮތުން ލިސްޓު ކުރެވިދާނެއެވެ.

“ކާއިން” އެސްފިޔަ ވެސް ޖަހާލަން ހަނދާން ނެތިފައި ކާއިން އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރި ގޮތުން އަޝްވާ ގޮވާލިއެވެ.

ކާއިން އެޔަށް ޖަވާބެއް ދިނީ ލުއި އެހެންނަމަވެސް މާނަ ފުން ހިނިތުންވުމަކުންނެވެ. އަދި އެޔަށްފަހު އަޝްވާގެ މޫނުން ދޫކޮށްލައި އަނެއްކާވެސް ގޮނޑީގައި ލެގިލައި އިސްޖަހައިލިއެވެ. ކާއިންގެ އެއަމަލުން އަޝްވާއަށް ނަގަންވީ މާނަ ނޭނގުނެވެ.

އަޝްވާ ކާއިން ކުރެން ވެގެން އުޅޭ ގޮތް އެހިގެން ނޫޅެނީސް އެތަނަށް އޮފީހުގެ މަސައްކަތު މީހާ އައެވެ. ކާއިން ކައިރިއަށް އައުމުގެ ކުރިން އަޝްވާ އޭނަ އަތަށް ލާރި ދީ ކާއިންއަށް ކާނެ އެއްޗެއް ގެނެއައުމަށް އެދުނެވެ. އެމީހާ  ގެނައި ކާ އެއްޗެހި އަޝްވާ އާއި ހަވާލުކޮށްފައި ދިޔުމުން އަޝްވާ ކާއިންއަށް ކާން ދޭން މޭޒުމަތީގައި ހުރި ގަނޑުތަކާއި ފައިލްތައް އެއް ފަރާތަކަށް ޖައްސާލިއެވެ.

“އާދޭ ސައި ކޮޓަރިއަށް” އަޝްވާ އޮންނަނީ ސައި ކޮޓަރި ފިޔަވައި އޮފީހުގެ އެހެން ތަންތަނުގައި ކެއުން މަނާކޮށްފައެވެ.

“ނޫނޭ،މި ތަން ރަނގަޅު ވާނެ… އަހަރެން ވެސް މިހިރީ ވަރަށް ބަނޑުހައިވެފައި” ކާ އެއްޗެހީގެ ވަސް ދުވުމުން ކާއިން ބަނޑުހައިވެއްޖެކަން މޫނުމަތިން ފެނުމުން އަޝްވާ ހިތްހަމަޖެހުނެވެ.

“ޝަނުމް ނުލިބުނަސް އަޝްވާ ދެކެ ލޯބިވާނެ އެތައް ބަޔަކު ތިބޭނެކަން ހަނދާން ކުރައްޗޭ.. ބައެއް ފަހަރު ތިމާގެ އަލަތު ލޯބިވާ ފަރާތަކީ ތިމާ އެއްމެ އުފަލުގައި ބެހެއްޓޭނެ މީހާއަށް ނުވެދާނެ.. މިއަދު ލިބޭ ދެރައަކީ މާދަމާ ލިބޭ އުފަލަށްވެސް ވެދާނެ.. އެއިން ކަމަކާއި ހެދި އަޝްވާގެ އެހެން އުފާތަކަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް ނުކުރާތި.. ބައިވަރު ކުދިން ހޯދާތި… ހަތަރެއް ފަހެއް ކީއްކުރަން ދިހަ އެއް ހޯދަން ބޭނުން ވިޔަސް އެފަދަ މީހަކާއި ނޫނީ މެރީ ކުރާތި” ގެނައި ބަތް ޕާރުސަލުން އެތިކޮޅެއް ކާލުމަށް ފަހު ކާއިން ނަސޭހަތް ދިނުމާއިގެން ކުރިއަށް ދާން ފެށުމުން އަޝްވާއަށް ސުވާލުގެ ނަޒަރުން ކާއިންއާއި ދިމާލަށް ބަލާލެވުނެވެ.

“ކީކޭ  ބުނަން ތި އުޅެނީ؟” ކާއިން ވާހަކަ ދައްކާ ނިމުމުން އަޝްވާ ބުނެލިއެވެ. ކާއިން ކުރިން ވެސް މިކަހަލަ ނަސޭހަތް އަޝްވާ އަށް ދިނަސް މިއަދު ގެ ސީރިއަސް ކަމާއި އެކީ ކާއިން އެހެން ބުނުމުގެ މަގުސަދު އަޝްވާއަށް އޮޅުނެވެ.

“ކާއިން ތި އުޅެނީ އަނެއްކާ ވެސް އެބުރި އެމެރިކާއަށް ބަދަލުވާން ތަ؟” ކާއިންގެ ބަހުގެ ރާގާއި މާނައިން އަޝްވާ އޭނާއަށް ހީވާ އެއްޗެއް ބުނެލިއެވެ.

“ނޫން އެނޫން ކޮންމެވެސް ތާކަށް.. ޗެރީ އަންނަންޗޭ ލައިފު އާއި ބެހޭ ގޮތުން ވާހަކަ ދައްކާލާ ހަދާލަން، އެކަނި އުޅޭއިރު އަހަރެން ވަރަށް ފޫހިވާނެ.. އަދި ވަރަށް މިސްވާނެ ޗެރީ މަތިން” ގަދަކަމުން ހިނިތުންވެލަމުން ކާއިން ބުނެލިއެވެ.

“ދާ ތަނެއްގެ ނަން ބުނީމައެއްނު އަހަންނަށް ކާއިން ކައިރިއަށް ދެވޭނީ” އަޝްވާ ދެރަވިއެވެ. ކާއިން ދަނީ ހެއްޔެވެ؟ އޭރުން ދެން ކަންތައް ބަދަލުވާނެ ގޮތާއި މެދު އަވަސް އަވަހަށް ވިސްނާލެވުނެވެ. އަޝްވާ ބުނިހެން ކާއިން އަކީ އޭނާގެ ހަޔާތުގެ އެއްބައެވެ. އެބަޔާއި ނުލައި އުޅެން ދަސްކުރުމަކީ އުދަގޫ ކަމަކަށް ވާނެކަން ޔަގީނެވެ.

“ނޭނގެ އަދި ވަކި ތަނެއް، ފަހަރެއްގައި ލަންކާއަށް ނޫނީ ކޮންމެވެސް ދުރު ތަނަކަށް” ހިންދިރުވާލުމަށްފަހު ކާއިން އެހެން ބުނެލިއެވެ. ނު ރޯން ވަރަށް ހިތްވަރުކޮށްގެންނެވެ.

“ލަންކާއަށް ދާނަމަ އަހަރެން ވަރަށް ގިނައިން ދާނަން އިނގޭ، ދެ މީހުން އެއްކޮށް ޝޮޕިންކޮށްލަން ވަރަށް މަޖާވާނެ” ދެރަ ވިޔަސް އަޝްވާ ވެސް ބެލީ އެކަން މޫނުމަތިން ނުދެއްކޭތޯއެވެ.

އަޝްވާ ވަރަށް ގިނައިން ވިޔަފާރި ކޮށްލާނަމޭ ބުނުމުން ކާއިންއަށް އުފަލާއި އެއް ވަރަށް ހިތާމަ ވެސް ލިބުނެވެ. އުފާވީ އަޝްވާ އަކީ މާލޭގައި އުޅޭއިރުވެސް އަހަރަކު ދެތިން ފަހަރެއްގެ މަތިން ނޫނީ ވިޔަފާރިކޮށްލުމަށޭ ބުނެ ބޭރަށް ނުކުންނަ ކުއްޖަކަށް ނުވުމުން، ކާއިން ކައިރިއަށް އަންނަ ބަހަނާއެއްގެ ގޮތުން އެކަން ދެއްކުމުންނެވެ. ދެރައީ އަޝްވާއާއި އެކީ އެކަންތައް ކޮށްލުމަށް ކާއިންއަށް ނުހުރެވޭނެތީއެވެ. އަދި އެ ރީތި ހިނިތުންވުން ފެނުމުން ވެސް މަހުރޫމް ވާނެތީއެވެ.

ދެމީހުން އެކުގައި ވަރަށް ގިނަ އިރު ވަންދެން ވާހަކަދައްކަން ތިއްބެވެ. ކާއިން އަޝްވާގެ ކޮންމެ ހަރަކާތެއް، ކޮންމެ ބަލާލުމެއް ހިތުގައި ބިންވަޅު ނަގަމުން ދިޔައެވެ. ލޯތްބަށް އިއުތިރާފުވާން ފުރުސަތު ނުލިބެނީސް މިޖެހެނީ މުޅި އުމުރަށް އަލްވަދާއު ކިޔަން ތައްޔާރު ވާށެވެ. ހިތުގެ ހާލަތު އިސްނަގައި ބުނުމުގެ ހިތްވަރެއް ނެތެވެ. ބޭނުން ނުވަނީ އެއް ނޫނެވެ. ވަރަށް ވެސް ބޭނުމެވެ. އެހެނަސް ތަގުދީރު މި ކުޅުނު ސަމާސާގެ ހިތިކަން އަރު ތެރޭގައި ލާން ފަށައިފިއެވެ.

 

“އިންތިޒާރު ކުރާނަމެވެ. މާނަ ނެތް އިންތިޒާރެއް ޖެހުނަސް ތި ނަން މި ހިތުން ނުފިލާނެކަން ޔަގީނެވެ. ތިޔަ އަސަރު މި ހިތު ތެރެއިން ފިލައިގެން ނުދާނެ ކަމަށް ވައުދުވަމެވެ.  ދެ ދުނިޔޭގެ ހުރިހައި އުފަލެއް ތި އުނގަށް ޖަމާކޮށްދެއްވުމަށް ދުއާ ކުރާނަމެވެ. އެ ދުވަހަކުން ތި ކުރާ ހިތާމަތަށް މަތިން ހަނދާން ނެތޭނެކަން ޔަގީނެވެ. ދުރުގައި ހުއްޓަސް ހިތާމާއިގެ ފަރުބަދަތައް ތި ހިތާއި ދުރުކޮށްދޭ ނަމެވެ. ބިރުވެރިކަމުގެ ކަޅު ބޯ ވިލާތައް ވެސްމެއެވެ. އަބަދު ވެސް ތި ފަރި ހިނިތުންވުމުން ޖަރީވެގެން ހުންނާށެވެ.”  ދުލުން ބަޔާންކޮށް ނުދެވުނަސް ކާއިން ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން އަޝްވާއަށް ބަލާލުމަށްފަހު ހިނިތުންވުމުގެ ޒަރީއާއިން އަޝްވާއަށް އެ ބަސްތައް އިއްވައި ދިނެވެ.


 

 

މޫސުމް އެހާ ރަނގަޅު ދުވަސްކޮޅެއް ނޫންކަމުން މިއަދު ވެސް ވެގެން މިދަނީ އުޑު މަތި ބަނަ ދުވަހަކަށެވެ. ޖެހޭ ވައިރޯޅިތަކުން ހީވަނީ މަގުމަތީގައި ހުރި ގަސްތައް ދެންމެ ދެންމެ އަކު މުލިން ލުހިގެން ހިނގައިދާނެހެންނެވެ. ފަޒާގައި ވަނީ ގަދަ ފިންޏެކެވެ.

“ޑިޔުޓީ ނިންމާލާފަ ބަލާ އަންނާނަން ދޯ؟” ސައިކަލުގެ ފަހަތު ސީޓުން ފައިބަމުން ރީމް ބުނެލިއެވެ.

“އާން، އެކަމަކު ކަމެއް ދިމާ ވެއްޖެއްޔާ އަހަންނަށް ގުޅާލާތި.. އަހަރެން ފޯނު ނުނަގައިފިނަމަ ނީޒާއަށް ގުޅާލާތި” ނީޒާ އަކީ ރީމްއަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް މާހިލް ހަމަޖެއްސި ފުލުސް އޮފިސަރެވެ. މިހާރު ވެސް ޝަނުމް ގޭގައި ނޫޅޭ ވަގުތެއް ނަމަ ނީޒާ ރީމް އާއި އެކީ ގިނަ ވަގުތެއް ހޭދަކުރެއެވެ.

“މައްސަލަ އެއް ނެތް.. ޝަނުމް ވެސް ބަލައިގެން އުޅޭތި. ވަރަށް ވިއްސާރަ ދުވަހެއް ވީމަ ކަނޑު ގަދަ ވެދާނެ” އެހެން ބުނެ ޝަނުމް އަށް ލުއި ހިނިތުންވުމެއް ހަދިޔާ ކުރުމަށްފަހު ރީމް ގެއިން އެތެރެއަށް ވަނެވެ.

“މަންމާ! ކޯއްޗެއް ތި ތައްޔާރުކޮށްލަނީ” ގޭގެ ދޮރުން ވަދެވުމާއި އެކީ ނޭފަތުގައި ޖެހުނު މީރު ވަހާއި އެކު ރީމް އަހައިލިއެވެ.

“ދެން އެގެއެއްނު ދޮންތަ އަންނަ ވާހަކަ ބުނުމުން މަންމަ ހުރިހާ ބާވަތެއް ތައްޔާރު ކުރާނެކަން” އެ ސުވާލަށް ޖަވާބު ދިނީ ރީމްގެ ކޮއްކޮ ނީމާއެވެ.

“އެހެންތަ! އެހެންވެ މާ ދެރަވެފަ ދޯ ތި އިނީ” ނީމާ އާއި ޖެއްސުންކޮށްލާނަމޭ ހިތައި ރީމް ބުނެލިއެވެ.

“އައްދޭ، އަހަރެން ވަކި ކޮން ދެރައެއް ވަނީ.. މަންމަ އަހަންނަށް ނުދީފިނަމަ ދޮންތަގެ ތަށިން ކާން ފައްޓާނީ” ރީމް އައިސް އޭނާ ކުރިމަތީ އިން ގޮނޑީގައި އިށީނުމުން ނީމާ ބުނެލިއެވެ.

އަމީހާ އޭނާގެ ދެ ދަރިންނަށް ބަލައިލިއެވެ. ދެ ދަރިންގެ ދެކެ ލޯބި ވިޔަސް އޭނާއަށް އެ ލޯބި ބޮޑަށް ދެއްކެނީ ރީމް އަށެވެ. ސަބަބު މިއަދާއި ހަމައަށް ސިއްރެއްގެ ގޮތުގައި އޮތަސް  ހަގީގަތް ހާމަކުރަންވީ ވަގުތު އައިސް ކުޑަތަން ވަނީއެވެ. ހާސްވެ ކަންބޮޑުވަނީ ހަގީގަތް ހާމަ ކުރުމަށްފަހު މިއުޅޭ އުފާވެރި ދިރިއުޅުމުގެ އުފަލުން މަހޫރުވާނެ ކަން އެނގޭތީއެވެ. މިގުދާދުގެ މާފު ކީއްކުރަން އެއްމެ ކުޑަމިނުން ރީމްގެ މާފު އޭނާއަށް ނުލިބޭނެތީއެވެ.

އަމީހާ މި ފުން ހިޔާލުތަކުގައި ހުއްޓައި މިގުދާދު  އައިސް އެމީހުންނާއި ބައިވެރިވެލިއެވެ. މިގުދާދު އައުމުން އަމީހާ އޭނާގެ އާއިލާއަށް ފުރިހަމަ ސަޔެއް ތައްޔާރުކޮށްދިނެވެ.

“މަންމާ، ހުރިހާ އެއްޗެއް ވެސް ވަރަށް މީރު” ސައިބޮއި ނިންމާލުމަށްފަހު އެއްމެން  ސިޓިންރޫމަށް ޖަމާވެ ހަމަޖެހުމުން ރީމް ބުނެލިއެވެ.

“މަންމަ ވަރަށް އުފާވެއްޖެ ދަރިފުޅަށް މަންމަގެ ކެއްކުން މީރު ވީމަ… މަންމަގެ ތި ދެ ދަރިންނަކީ މަންމައަށް މުޅި ހަޔާތުގައި ވެސް ލިބުނު އެއްމެ ބޮޑު ނަސީބު.. ” ރީމް އާއި ނީމާއަށް ބަލާލަމުން އަމީހާ ބުނެލިއެވެ.

“މަންމަ ތި ކުދިންގެ ދެކެ އިންތާހައަށް ލޯބިވަން. އެއްވެސް މީހެއްގެ ފަރާތުން ތި ކުދިންނަށް ދެރައެއް ލިބޭ ތަން ދެކުމަކީ މަންމަގެ މައި ލަގޮނޑިއަށް ކެތްކުރެވޭނެ ކަމެއް ނޫން” އަމީހާ އިތުރުކޮށްލިއެވެ.

“މަންމާ! ކިހިނެތް ވީ ތޯ… މަންމަ ބަލީތަ؟” އެއްމެ ކުޑައަށް ހުރި ނީމާ ކަންބޮޑުވިއެވެ. އަމީހާ އޭނާއާއި ރީމްގެ ފަރަގު ކުރުންތައް ގެންގުޅުނަސް ދެމީހުންގެ މެދުގައިވާ ލޯބި ވަރުގަދައެވެ.

“ތެދެއް، ކީއްވެ ކުއްލިއަކަށް ތި ކަހަލަ ވާހަކައެއް ފަށައިގަތީ؟ ” ނީމާ އާއި އެއްބައިވެލަމުން މިގުދާދު އަހައިލިއެވެ. މިހާރަކަށް އައިސް އަމީހާ އޭނާއަށް ގުޅާ މިންވަރު ކުރިއާއި އަޅައިބަލައި އިރު ގިނަވެއްޖެއެވެ. މިގުދާދު ރޭ ވެސް އޭގެ ސަބަބު އެއްސެއްވެ. އަމީހާ ބުނީ ހަނދާން ވާތީ ގުޅަނީ ކަމަށެވެ.

“މަންމަ ބައްޔެއް ނޫން.. އެކަމަކު މަންމަ ގެ އެބަ އޮތް ތި ދެ ކުދިންނާއި އަދި ބައްޕައާއި ހިއްސާކޮށްލަން ވަރަށް ބޮޑު ވާހަކައެއް.. މަންމަ އޭރު މި ކަންތައް ކުރީ  މިއީ އެއްމެ ރަނގަޅު ގޮތް ކަމަށް ބެލެވޭތީ، އެކަމަކު މިއަދު ވިސްނިއްޖެ އެއީ މަންމައަށް ހެދުނު ވަރަށް ބޮޑު ގޯހެއްކަން… މި ވާހަކަ އަޑު އެހުމަށްފަހު މަންމަ ހީކުރަން ތި ކުދިންގެ މާފު މަންމައަށް ލިބޭނެ ކަމަށް” އެހެން ބުނެލުމަށްފަހު އަމީހާ ހުރިހާ ވާހަކަތަކެއް އެއްމެ ފުރަތަމަ ކަމުން ނިޔަލަށް ކިޔައިދޭން ފަށައިގަތެވެ. ހިތް އަވަސް ވެ އަދި ބިރުގެންފައިވާ ހާލުގައެވެ. އެއްވެސް މީހެއްގެ މާފު އޭނާއަށް ހައްގު ނޫނަސް މާފު ލިބި ހިތް ރުހޭނެ ކަމުގެ ފޮނި އުއްމީދާއި އެކީގައެވެ.

އަމީހާ ކިޔައިދިން ވާހަކަތަކުން ރީމް އާއި ނީމާ ހައިރާންވެފައި ތިއްބަސް އެއްމެން ބޮޑު ޝޮކެއް ލިބިފައިވަނީ ރީމް އަށެވެ. އޭނާއަށް މިއުޅެވެނީ އަވާމެންދުރެއް ފަދަ ދުނިޔެއެއްގައި ހެއްޔެވެ؟

ރީމްއަށް މިހާވަރު ވަމުންދާއިރު މިގުދާދުއަށް ލިބެމުންދާ ހައިރާން ވަކި ކުޑައެއް ނޫނެވެ. ލޯބިން ކަމަށް އުޅުނު ދިރިއުޅުން ވިއްސިވިހާލި ވަނީއެވެ. އަމީހާގެ ކޮންމެ ބަހަކުން އޭނާއަށް މިއުޅެވެނީ ބޭވަފާތެރި މަކަރުވެރި އަދި އަމިއްލަ އެދުމުގައި ވެސް އިންތިހާއަށް ގޮސްފައިވާ މީހަކާއިއެކު ކަން ހާމަވަމުން ދިޔައެވެ.

“މިގުދާދު، އަހަންނަށް މާފުކޮށްދީ.. މިއޮތް ހާ ދުވަހު މިކަން ސިއްރުކޮށްގެން ހުރެވުނީތީ މާފަށް އެދެން…” އަމީހާގެ ވާހަކަތައް ނިމުނު އިރުވެސް އެއްވެސް މީހެއް އެއްވެސް އެއްޗެއް ނުބުނާތީ އަމީހާގެ ހާސްކަން އިތުރުވިއެވެ. އިވުނު ވާހަކަތަކާއި އެކު އެއްމެން ތިބީ ޖެހި ބުދުތަކެއްހެންނެވެ.

“މިގުދާދު…” ދެތިން ފަހަރެއްގެ މަތިން މިގުދާދުއަށް ގޮވާލައި ވާހަކަ ނުދެއްކުމުން، ކެތްތެރިކަން ކުޑަވެފައިވާ މީހެއް ހެން އަމީހާ މިގުދާދުގެ އަތުގައި ހިފައި ތަޅުވާލިއެވެ.

“ހަބަރުދާރު އަހަރެން ގައިގަ ތި މަކަރުވެރި  އަތް ނުޖައްސާތި! ” މިގުދާދުގެ އަޑު މުޅި ސިޓިންރޫމްގެ ތެރޭގައި ގުގުމާލިއެވެ. އަމީހާ ދެއްކިހާ ދަޅައަކަށް ހެއްލިގެން މިއޮތްހާ ދުވަހު އޭނާ ހުރީ އަމީހާއަށް ކުރާ އިތުބާރަކާއި ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އެހެނަސް އެކަންތައް މިވީ އޭނާއަށް ފެނުނު ބިލާކަށް ނޫން ހެއްޔެވެ؟

“މިގުދާދު… އަހަންނަށް މާފުކޮށްދީ.. އަހަންނަށް މިހާރު ވިސްނިއްޖެ” އަމީހާ ވާހަކަ ދެއްކި އިރު ހޯސްލާފައި ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.

“ރީމް އަކީ އަހަރެންގެ ދަރިއަކަށް ނުވި ނަމަވެސް، އިނުމުގެ ކުރިން އަހަންނަށް ހަގީގަތް ކިޔައިދިން ނަމަ މިއަދު މިހެން ކަންތައް ވާކަށް ނުޖެހޭނެ. އަހަރެން ރިސޯޓަށް ދިޔުމުން ދައްތައާއި ދެމީހުން ކުޅުނު ކުޅިގަނޑަކީ ތިއީ ދޯ؟ އަދި އޭގެ ފަހުން މިހާރު ބާވީސް އަހަރު މި ވަނީ ، ހަގީގަތް ކިޔައިދޭން ބޭނުން ނަމަ ކީއްވެ ކުރިން ނުކިޔައި ދިނީ؟ ކީއްވެ އޮޅުވާލައި މަކަރު ހެދީ. ރީމްއަށް އޭނާގެ ބައްޕް އޮޅުވާލައި އަހަންނަށް އަހަރެންގެ ދަރިން ވަކި ނުކުރެވޭ ހިސާބަށް އަމީހާ ކަންތައް ގެންގޮސްފި.. ތި ކަހަލަ ނުލަފާ މީހަކަށް އެއްވެސް މީހެއްގެ މާފެއް ނުލިބޭނެ. މިއަދު ދެރަވެގެން އުޅުނަސް އެކަމުގެ ފައިދާއެއް ނެތް.. ވަގުތު ފާއިތުވެއްޖެ.. އަހަރެން އަމީހާ ވަރިކޮށްފިން.. މި މައްސަލަ އިތުރަށް ހޫނު ނުވަނީސް މިތަނުން ނިކުމެގެން ދޭ.. އެހެންނޫނީ ނިކުންނަ ނަތީޖާ ވަރަށް ހިތިވާނެ” މިގުދާދު އިންޒާރު ދިނެވެ.

“ނޫން! އަހަރެން ވަރި ނުކުރޭ! އަހަރެން އެ ހުރިހާ ކަމެއް ވެސް ކުރީ އެއީ ރީމް އަށް އެއްމެ ރަނގަޅު ގޮތް ކަމަށްވީމަ” މިގުދާދު އެތަނުން ދާން އުޅުމުން އަމީހާ ގޮސް މިގުދާދުގެ އަތުގައި ހިފަމުން ބުނެލިއެވެ.

“އަދި ކިތައް ފަހަރު ތަ ބުނަންވީ އަހަންނާއި ދުރުގަ ހުންނާށޭ!!!” އަމީހާ އޭނާގެ އަތުގައި ހިފުމުން މިގުދާދު އިތުރަށް ރުޅިގަދަވިއެވެ. އެހެންކަމުން އަމީހާގެ އަތް ފޮޅުވާލުމަށްފަހު ލެވުނުހާ ބާރެއް ލާފައި އަމީހާގެ ކޯމަތީގައި ޖަހާލިއެވެ. މިގުދާދު ޖެހި ބާރުކަމުން އަމީހާ ބިން މައްޗަށް ވެއްޓުނެވެ.

އެ މަންޒަރު ބަލަން އިން ރީމް އިނީ ލިބުނު ޝޮކާއި އެކީ އަދިވެސް ހަރަކާތް ހުއްޓިފައެވެ. ނީމާ އަށް މަންމައަށް އެހީވެދޭން ކޮޅަށް ތެދުވިއެވެ. އެހެންނަމަވެސް މިގުދާދު މިހާ ރުޅިއައިސްފައި ހުއްޓައި އޭނާ ދުވަހަކުވެސް ނުދެކޭތީ ދެން ކަންތައް ކުރަންވީ ގޮތެއް ނޭނގިފައި ހުއްޓެވެ.

“ކަލޭ ތިހިރީ ވަރިކޮށްފަ!! އަދިވެސް ބުނަންވީތަ؟ ކަލޭ ތިހިރީ ވަރިކޮށްފަ” ތިރި ވެލައި އަމީހާގެ އަތުގައި ހިފައި ބާރު ކުރަމުން މިގުދާދު ބުނެލިއެވެ. ހިނދަކަށް ހިނދަކަށް ރުޅިގަނޑު ދިޔައީ ކެކިގެންނެވެ.

“ރީމްއަށް މާ ހެޔޮ އެދިގެން އުޅުނީ އަދިވެސް ތި ބުނާ މީހެއް ދެކެ ލޯބިވާތީ އެއްނު.. އެކަމަކު ހަނދާން ކުރާތި، ތީ ރީމްއަށް ކޮށްދިން ހެޔޮ ކަމެއް ނޫން.. އަމިއްލަ އެދުމެއް ނެތި ތިހާ ބޮޑު ބޭއިންސާފަކާއި އޮޅުވާލުމެއް އެއްވެސް މީހަކު ނުވާނެ” އެހެން ބުނެ އަމީހާ އަތުން ދޫކޮށްލުމަށްފަހު މިގުދާދު ނީމާއަށް ބަލައިލިއެވެ.

“ނީމާ! އާދޭ މިތަނުން ދާން.. ކެހިވެރިން ތިބޭނީ އަބަދުވެސް އެގޮތުގައި” މިގުދާދު އަންނަމުންދާ ރުޅިއާއި އެއްވަރަށް ދެރަވެސްވިއެވެ.

“އޭރުން މަންމަ…” ނީމާ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އާއެކެވެ. މަންމަ ހެދީ ވަރަށް ބޮޑު ގޯހެކެވެ. އެހެނަސް އެއީ މަންމަ ނޫން ހެއްޔެވެ؟ އެހާލަށް ދޫކޮށްފައި ދެވޭނެ ހެއްޔެވެ؟

“މި އަންހެނާ ކުރި ނުބައި އަމަލު ފެނިފައި އަދިވެސް ބޭނުމީ އޭނަގެ ކަރުނަތައް ފުހެދޭން ހުންނަންތަ؟ ހަމަ މިހާރު އާދޭ އަހަންނާއި އެކީ!”  އަތުން އިޝާރާތްކޮށް މިގުދާދު އަމުރުކޮށްލިއެވެ.

ނީމާ އަމީހާއަށް ބަލާލިއެވެ. ކުޑަކުއްޖެއްހެން ދެ ކަކޫ ޖައްސައިގެން ރޯން އިން އިރު ހުއްޓުމެއް ނެތި ފައިބަމުންދާ ކަރުނަތަކުން އަމީހާއަށް ލިބެމުންދާ ކެކުޅުންތައް އިންތިހާއަށް ގޮސްފައިވާކަން އެގެއެވެ. މަންމަ ކުރީ ބޮޑު ކުށެއް ނަމަވެސް މަންމަ އިން ހާލު ފެނިފައި  ނީމާގެ ހިތުގައިވެސް ޖަހައިލީ ހަމްދަރުދީގެ ވިންދެކެވެ. އެހެންކަމުން އަމީހާ ކައިރިއަށް ތިރިވެ ކަރުނަތައް ފުހެދޭން އަވަސްވެގަތެވެ.

ނީމާގެ ހަރަކާތުން މިގުދާދު އައީ އަމަކަށު ރުޅިއެއްނޫނެވެ. އެހެންނަމަވެސް އޭނާގެ ދެއަތުން ނީމާއަށް އަނިޔާއެއް ދެވިދާނެތީ އިތުރު ބަހެއް ނުބުނެ އެތަނުން ނިކުމެގެން ދިޔައެވެ.

މިގުދާދު ދިޔަ ތާ ވީ އެއްމެ މިނެޓެކެވެ. ރީމް ވެސް އެތަނުން ދާން ތެދުވިއެވެ.

“ދަރިފުޅާ، މަންމަ ދޫކޮށް ނުދޭ” ރީމް ދާތަން ފެނުމުން އަމީހާ އަޑުން އަޑުނަގައި ރޯލަމުން ބުނެލިއެވެ. އެހެންނަމަވެސް ރީމްއަށް އެއަޑު އިވުނުހެން ހީނުވެއެވެ. ފަހަތްވެސް ބަލާނުލައި އެތަނުން ނިކުމެގެން ދިޔައެވެ.

ރީމް ބޭރަށް ނިކުތުމާއި އެކު ބޯކޮށްފައިވާ ކަޅު ވިލާތަކުން ވާރޭ އޮއްސާލިއެވެ. ހީވަނީ ރީމްގެ ނިކުންނާނެ އިރެއްގެ އިންތިޒާރެއްގައި މަޑުކޮށްގެން ތިބިހެންނެވެ. ވެހެމުން ދިޔަ ވާރެއަށް ފަރުވާލެއް ނުދީ ރީމް އަވަސް ހިނގުމެއްގައި ގެޔާއި ހަމައަށް ދެވޭތޯ އުޅުނެވެ.


 

ހެނދުނު ހެނދުނައި ތެދުވެގެން ކާއިން މާކޯނި ގެޔަށް އައީ ޝައިމްއާއި އަޝްވާ އާއި އޭނާގެ އެއްމެ ފަހުގެ އަލްވަދާއު ކިޔުމަށެވެ. ޝައިމް އާއި އަޝްވާ އެތައް ފަހަރެއްގެ މަތިން ކާއިން ދާން އުޅޭ ސަބަބު އެއްސެވެ. ކޮންމެ ފަހަރަކުވެސް ކާއިންގެ ޖަވާބަކަށް ވެފައި އޮންނަނީ މިކަންތަކުން މިންޖުވާން ދިގު މުއްދަތަކަށް ބޭރަށް ބަދަލުވާން ޖެހޭކަމެވެ. އަދި އިތުރު ތަފުސީލް އެކޮޅަށް ދިޔުމުން ދޭނެ ކަމަށެވެ.

ކާއިން ފުރަން އުޅޭތީ އަޝްވާ ހެނދުނު އޮފީހަށް ނުގޮސް މަޑުކޮށްލީ އެއްމެން އެކުގައި މަޖާ ވަގުތު ކޮޅެއް ހިއްސާކޮށްލުމަށެވެ.

“ވަރަށް މީރު އެނގޭ ހުރިހާ އެއްޗެއް ވެސް.. ހާއްސަކޮށް ކަޅު ސައިތަށި.. ވަނައެއް ދޭ ނަމަ އެއްވަނަ ދޭނަން” އަޝްވާ އޭނާއަށް ލަޑެއް ދިނުމުގެ ގޮތުން ސިއްރު ސިއްރުން ކަޅު ސައިތައްޓަށް ލޮނު އަޅަން ހުރި ތަން ކާއިން ދުއްޓެވެ. އެކަން އެނގި އަޝްވާ ނޫޅޭ ވަގުތެއް ބަލާފައި ކާއިން އެ ސައިތަށި ސިންކަށް އަޅައިލައި ސައިކުރާއިން އަލުން ސައިއެޅިއެވެ. ސައިބޯން ފެށީއްސުރެ އަޝްވާ ކާއިންއަށް ބަލާފައި ހެމުން ދަނީ އޭނާގެ ރޭވުން ކާމިޔާބު ވެއްޖެ ކަމަށް ހީކޮށެވެ. ސައި ފޮދެއް ބޯލާ އިރު ކާއިން މޫނުމައްޗަށް ގެންނަމުންދާ ކުލަވަރު ތަކަކީ ގަސްދުގައި ގެންނަ ކުލަވަރުތަކެއް ކަމަށް ނޭނގޭތީއެވެ.

ކާއިން މިކަން ކުރީ އަޝްވާގެ ލަޑުން މިންޖުވުމަށް ވުރެ ބޮޑަށް އަދި އެއްމެ ފަހަރަކު ނަމަވެސް އޭނާއާއި ހެދި އަޝްވާ ހޭތަން ދެކެން ބޭނުންވާތީއެވެ. އެ ހިނިތުންވުން ފެންނަ ހިނދު ހިތް އުފަލުން ނަށާތީއެވެ.

އެއްމެން އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ކާއިން އަޝްވާ ގޮވައިގެން ބޭރަށް ނިކުތެވެ.

“އަހަރެން ނެތަސް ގިނައިން ކައިގެން ހުންނައްޗޭ.. އޮފީހުގެ ފުރިޖުގައި ހުންނާނެ ޗެރީ އަށް އެއްމެ މީރު އައިސްކުރީމާއި އެހެން އެއްޗެހި ވެސް.. ” ސިޑި ކައިރީގައި ހުރެ ކާއިން އަޝްވާ އާއި ވާހަކަ ދައްކަމުން ދިޔައެވެ.

“ކާއިން އަންނަންވާ އިރަށް އަހަރެން މިއަށް ވުރެ ބޮޑަށް ފަލަކޮށްލަން ދޯ ތި އުޅެނީ’ ކާއިން އާއި ދިމާލަށް ލޯ އަޅާލަމުން އަޝްވާ ބުނެލިއެވެ.

“ފަލަވުމަކީ މައްސަލައެއް ނޫން.. ތިމާގެ ރީތިކަމަކީ ބޭރު ފުށުން ފެންނަ ރީތި ކަމަށް ވުރެ ނަފުސުގެ ރީތިކަން ކަން ޗެރީ އަހަންނަށް ދަސްކޮށްދީފި.. ” އަޝްވާގެ ދެކޮލުގައި ހިފާލަމުން ކާއިން ބުނެލިއެވެ.

“އަހަރެން ދަނީ އޭ ދެން.. ” ކާއިން ދެން ހިފާލީ އަޝްވާގެ ނޭފަތުގެ ކޮޅުގައެވެ.

“ކާއިން، ބަލައިގެން އުޅެއްޗޭ.. މޮޔަ ކަމެއް ނުކުރާތި.. އެކަހަލަ ކަމެއް ކުރަން ހިތަށް އެރުމުން އަހަންނަށް ގުޅާލާތި.. އޭރުން އަހަރެން ދުވެފަ ދާނަން ކާއިން ހުއްޓުވަން… ” އަޝްވާގެ ދެލޯ ފެންކަޅިވިއެވެ. އަދި މަދު ސިކުންތުކޮޅެއްގެ ތެރޭގައި ކަރުނަތައް އޭގެ މަގާމް ދޫކޮށް އޮހިގަތެވެ. ކާއިން ދަނީއެވެ. އަޝްވާ ބުނިހެން އޭނާއަށް ހީވަނީ ހަށިގަނޑުން އެއްބައި އުނިވާން އުޅޭހެންނެވެ.

“ޔަގީން! އަޝްވާ ވެސް ބަލައިގެން އުޅޭތި. ތީ އަހަރެންގެ ނަންބާރ ވަން އަދި އަހަރެން އެއްމެ ބެސްޓް ގާލް.. އައި ވިލް އޯލް ވޭސް ލަވް ޔޫ އިނގޭ” ކާއިން އަޝްވާގެ ގައިގައި ބައްދައިގަތެވެ. ހިތުގެ ހާލަތު ކާއިންގެ ލޮލުން އޮހިގަތް ކަރުނަތަކުން ފެނިގެން ދިޔައެވެ. ގިސްލެވެން ފެށުނެވެ.

“ކާއިން… އައި ލަވް ޔޫ ޓޫ..” އަޝްވާ ކާއިން ދެކެ ވަނީ އިޝްގީ ލޯތްބެއް ނޫންކަން އެގުމުން ކާއިންގެ ހިތުގައި އިތުރަށް ރިއްސާލިއެވެ. ކާއިންގެ ގައިން ދުރަށް ޖެހިލައި ކާއިންގެ މޫނަށް ރަގަޅަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ.

އަޝްވާ އެހެން ބުނެލީ އެ ވަގުތު އެ އަޑު އިވޭ ހިސާބުގައި އެހެން މީހަކު ހުރިކަން ނޭނގިއެވެ.

Share Article

Follow Me Written By

maroon

Level 710 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ހިތާ ފުރާނައިން… (41)

Next

ކެތްކުރިން ކުރަން އަދިވެސް ކުރާނަން… 2

Next
February 17, 2018

ކެތްކުރިން ކުރަން އަދިވެސް ކުރާނަން… 2

Previews
February 17, 2018

ހިތާ ފުރާނައިން… (41)

79 Comments!

  1. Ainth says:
    February 17, 2018 at 10:39 am

    Wow thanx maroon … avahah up kohlyma v salhi n i m first…

    1. maroon says:
      February 17, 2018 at 11:20 am

      Thanku ainth .. yes u got first.. loves ?

  2. maroon says:
    February 17, 2018 at 10:41 am

    A very good morning to all readers. Have a happy saturday. Much love. Tc.
    Ameehaa divorce vee. Reem ameehaa ah visnaanulaa e dhiyaee. Kaain konthaakah dhaan ulheyhen thi kudhinna heevany??
    ??

  3. Axy says:
    February 17, 2018 at 10:57 am

    Thanks ☺ v ufaaveyjje avahah up kohlyma ??

    1. maroon says:
      February 17, 2018 at 11:20 am

      Thanku axy ?

  4. annoying reader says:
    February 17, 2018 at 10:59 am

    alhey varah sad mi part. poor ameeha. ashwa and kain ge part so sad. alhey roon kain dhani konthanakah tha? please dnt send him off. or is he going to jail to save his father? im sad mi part kiyaafa. anyway i think shanum ah hen adu ivuny ashwa loveyoutoo buni iru ?. if so again another misunderstanding will arise. v reethi waiting for the nxt part. alhey kain dhiyumuge kurin ingeyne nama reem ei kokko kan. tc maroon love it

    1. maroon says:
      February 17, 2018 at 11:24 am

      Hey annoying reader.. ameehaa ah ves egen jeheyne dhw ehaa faseyhain maaf nulibey kamehkan eyna kuree. And husbandah kihaa bodu ladeh edhiny…. yes kaain dhaan kamah e ulheny. Maybe jail or maybe somewhere else. Shanum reem egeyah laafa vy duty ga ey. Ekam hama aisdhaane dhw geyahves kameh jehigen. Eyrun e laigethy aneh kanthah.. siblings kan kommeves gothakun kaain ah angaanan. Loves . So happy to see ur comment. ❤??

  5. Crystal says:
    February 17, 2018 at 11:08 am

    Ashwa when buni iru aduahan huree shanum kanneyge dho?

    1. Crystal says:
      February 17, 2018 at 11:14 am

      Ameehaa ah ehen hadhaakah nuvaane ey? … Everyone makes mistakes.. dho maroon

    2. maroon says:
      February 17, 2018 at 12:35 pm

      Yes crystal. But they have to learn from it.. Ameehaa ah visnunu iru vaguthu faaithu vejje. Ekam i hope she will be happy adhi fahun
      ?

    3. maroon says:
      February 17, 2018 at 11:25 am

      Hehem maybe ?

  6. mishy says:
    February 17, 2018 at 11:08 am

    Heyy maroon… vrh vrh reethi mi prt wx.. ham num 1 ey bunelrnii… finally reem dhwh mii kaain ge sister.. kaain ah ingeynii kn irakun.? Ethaa adu ahan hurii kaak? Lots of questions without ans… nxt part ga knms eh suvrl ehge ans libeyne kamah heekuran…. vrh vrh vrh reethi… yuh r the best authur… ly

    1. maroon says:
      February 17, 2018 at 12:23 pm

      Kaain ah egeyne adhi fahun… adu ahan huredhaane dhw komme myheh ves. Maybe shanum? Maybe shaim? Or malaka or her dad…v v ufaa vejje story kamudhaa kan angaalyma..loves. thanku mishy ?

  7. Any says:
    February 17, 2018 at 11:12 am

    Wow hadha avahah miyadhu thi update kohly v reethi abadhuves inthizaruga

    1. maroon says:
      February 17, 2018 at 12:23 pm

      Thanku Any.. v ufaa vejje thihaa inthizaaru kuraathy. Loves ?

  8. Shann says:
    February 17, 2018 at 11:13 am

    Masha Allah wow wow wow mihaa avahah up kohly dhw… Alhey haadha bodu visnungandehge thereashey kiyun therin khonme faharaku maroo thi dhookohlany… V molhu igey… Thigothah hedhyma kiyaahiyvaa varu ithurah boduvegen dhaany… Mifaharuves bunaany sifa kohdhinun hama ehvanaey …. Hama evareh nethey buneveyny… Alhe haadha haadha molhey Maroo … Shann mihiry hama mulhin kosvefa… Story v v hamajehey igey… Thi molhukamah hama bunaane ehcheh neynge dhen… Ehaaves molhu… Ehbayah vure anehbai maa maa rythi n maa maa interesting… Thigothah story liyan egeyne namaey shann ves hithah araa… Furathama story eh liyan maroo kihineh kanthah kury??? V balailaa hiyvey maroo story liyan ulheyiru masahkah kuriah dhaagoeh… Hama rythikamun igey mihen mi bunyves… Shann ah maroo vareh hama nethey bunelaany… Thy hama abadhuves ehvana… Shann ge dhuaa aky thirogun maroo ah Kuriah dheven oeh enme mahchakah dhevun… Luv u n Miss u…??????????????????????????????

    1. maroon says:
      February 17, 2018 at 12:34 pm

      ? so many so many loves..❤
      Shann maroon ah thikuraa thaureef haadha bodey.. ?v v v happy vejje..story liyan emme furathama balany girl and boyge mizaaju. Family ves include koggen. Dhn eyah fahu dhemyhun dhimaa vegen baivaru haadhisaathah gennaany. Hus vedhaane kanthah emyhunge mizaajaai dhiri ulhumah balaafa.
      Komme meehakahves vaahaka liyeveyne kan yageen. U need some possible ideas.
      Shann ves vaahaka liyan vynu.. hehe..v v v ufaa vejje comment kiyaalaafa. Abadhuves shann ge commentah inthizaaru kuran. Thy maroon ah libey v v bodu hiyvareh. Love u. Miss u ngey.. ❤?❤??❤ Tc u and baby ?
      U made my day ❤

  9. Isha says:
    February 17, 2018 at 11:25 am

    Maroon mi part ves vvvvvvvvvvvv reethi? komme dhuvahaku kiyan ekam miadhu comment mi kury mi part kiyaafa hama rovijje plx plx kaain ah dhera gotheh viya nudhehchey nd kaain nd ashwa dhuru nukurey plx plx maroo ur story is the best keep it up plx kaain ah dheragotheh viya nudhehchey

    1. maroon says:
      February 17, 2018 at 12:38 pm

      Thanku isha. I hope kaain is safe too.. v ufaa vejje story kiyaakan agaala dhinyma. Kaain and ashwa dhw… kaain dhaan ulhenyaa kihinei ekan vaany??
      Loves. So happy to read ur comment ekam nurohchey just a story ??

    2. Kailaan says:
      February 17, 2018 at 10:30 pm

      Maroon thi hen nubuney .kihinehhey ekan vaany.please. vvv dheravehje thihen bunima.i want kaain and ashwa so badly.i knw it’s up to u. Ekm ves kaain dheke hama loobi veveny.i m living in this???

    3. maroon says:
      February 17, 2018 at 11:16 pm

      Thanki kailaan…. hehe kaain ge fan eh dhw.. i will try my best to keep him safe.. but eyrun dhn vaany kihinei baa.. someone needs to tell the truth and solve this huge problem.. maazin and hana ge reyvungadu miee.. but emyhunna kaamiyaabu kohdhyfa story nimmaalyma huthuru vaane ennu…hehe.. and i love him tooo ??
      ??

  10. Pinky shifoo says:
    February 17, 2018 at 11:27 am

    Wow ❤️❤️❤️…. Mi part vx haadha reehchey Maasha Allah ???…. V v intresting ???… Keep up the good work maroon ☺️☺️☺️… Kaakubaa adu ahan e hury??? May be shanum or shaim… Heheheh…. Kaain dhaan ulhey thaneh eh gothakah vx neynge guess kohlan vx… This story is hama superb ????… Curiously waiting for the next part… Take care n loves ????❤️???

    1. maroon says:
      February 17, 2018 at 12:40 pm

      Thanku pinky shifoo.. shanum ah vejjeyya he will be heart broken dhw again. Shaim ah vejjeyya think of what he will do to kaain. Kaain kurinves bunefa dhw othh ashwa aai ekahala gulhumeh nubaavahcheh…tc. loves.. ??

  11. Friends says:
    February 17, 2018 at 11:29 am

    WTH kaain ! amila ah bodi bon dhw eulheny.reem dhaa thanun maazin raheenu kuraane kanneyge. kaakah baa eadu eivuny.
    Masha allah stry hama vvv salhi.keep it up.
    Waiting 4 next part.if u can tonyt one part up kohladhy bala.
    Have a great day.???

    1. maroon says:
      February 17, 2018 at 12:41 pm

      Thanku friends. Maazin aky molhu meeheh might do that too.. e adu ivunu meeheh balaalama next part in..v try kuraanan ngey.. loves tc u too have a great day ??

  12. poh says:
    February 17, 2018 at 11:44 am

    yagyney shanum hunnaany adu ahan kan.. ashvaa n kaain ge vaahaka..

    1. maroon says:
      February 17, 2018 at 12:42 pm

      Hehehe poh.. vedhaane hama.. ??

  13. click a shot ? says:
    February 17, 2018 at 11:49 am

    Woww..varah loabi mi part ves???..curious to know who was that person…maroon ashwa and shanum gulheynetha…they’re so cute together..?❤️keep kaain safe..n good morning to u too…waitting impateintly for next part…avahah upkohladhechey…loves?❤️?❤️

    1. maroon says:
      February 17, 2018 at 12:43 pm

      Thanku click a shot. V ufaa vejje thihaa busy koh ulhemunves habareh velythy. Abt ashwa and shanum bunelan beynumy they might still happen.. loves ? tc ❤

  14. Iku says:
    February 17, 2018 at 12:15 pm

    So shanum and reem kaiveni sakha nuvane dhw….eyra ashwa a shanum libryni ..ye

    1. maroon says:
      February 17, 2018 at 12:46 pm

      Ei? Courtun balaany register koffa name aky bappa kamah . unless he have some kind of proof they will not change fathers name.
      Ekam still ashwa and shanum is possible ?

  15. Ufaa says:
    February 17, 2018 at 12:52 pm

    Kaain numaraathi

    1. maroon says:
      February 17, 2018 at 8:19 pm

      He will be safe ?

  16. ?unlucky ? says:
    February 17, 2018 at 1:02 pm

    maroo hama reachah ves rovihjje haadha emotional vaahaka ey kaain bunany I just love him loabivumaky kushehnoonehnun ehbai meebunnah eygen kighey foni asareh kurias aharumen kahala meeheun ulhenjeheny veynaa kekulhumuga insaafeh noon namaves minvarah shukurkuran dhaskohffin maroo alhe hama haadha molhey you are improving your telant day by day love you big koh next part ah ❤??????????????❤❤❤❤❤❤? inthizaar kurevey curiousity is killin me

    1. maroon says:
      February 17, 2018 at 8:21 pm

      Thanku dear. Yes love isnt a crime and no one shud be punished for that. Yet we face so many unexpected things in life. Alhey nurohchey. Just and imaginatio ngey.. v v ufaa vejje comment kiyaalaafa loves tc ??

  17. Eliin says:
    February 17, 2018 at 1:48 pm

    Woah ??vvv reethi ?bt kaain dhaathi I’m so sad??kaain plxx come back soon ok??I hope one more part kiyaalan libeyne kamah today?maroon u r so so gud??luv u n keep going ???

    1. maroon says:
      February 17, 2018 at 8:22 pm

      Thanku dear. In sha Allah avahah up kohdheyveythw balaanan ngey. Kaain dhany dhw… loves tc ?

  18. Ixu ? says:
    February 17, 2018 at 1:52 pm

    Adhi eh part maroon pls pls pls pls pls ❤❤❤❤????❤❤??

    1. maroon says:
      February 17, 2018 at 8:23 pm

      Mireaku hiyeh nuvey vaanahen. But i will try my best ??

  19. maaisha says:
    February 17, 2018 at 1:53 pm

    Vvvv reethi…plx plx kaain aa aswa gulhuvaathi..bakee iny kithah episode

    1. maroon says:
      February 17, 2018 at 8:24 pm

      Thanku maaisha.. baakee inee 20 varakah parts . They might be the couple to be ?

  20. ?unlucky ? says:
    February 17, 2018 at 1:59 pm

    eh part uo kondheebaa please

  21. Choppi says:
    February 17, 2018 at 2:03 pm

    Even though I don’t comment, I read all the parts of this story, plx maroon ashwa ah anga dhybala kaain loabi vaakan…. n reem ah anga dhybala kaain aky brother kan.. may b together they can find some solution..

    1. maroon says:
      February 17, 2018 at 8:26 pm

      Thanku choppi. Yes kaain ah angan vegen miulheny. As of kaain ashwa i wud say he might say that ey… yes solution ah emmenah egeigen hoadheythw miulheny ? v ufaa vejje kiyaakan anagaalyma ?

  22. Zaaraa says:
    February 17, 2018 at 2:06 pm

    Wow??varah reethi mi part vex ? waiting for next part ? pls one more part miadhu maroon pls Kain ah dheraeh nudhythi Kain n ashva v gulhy

    1. maroon says:
      February 17, 2018 at 8:27 pm

      Thanku zaaraa. Kaain and ashwa might happen hama.. i will try my best ngey.. ekam yageen kosheh noon. ?

  23. Maikko says:
    February 17, 2018 at 2:19 pm

    Varah reethi story…. Alhey kaain dhanytha ashwaa dhookohfa…….ashwaa kain dheke loabi vaagoi hadhaaaba…….lots of love ❤?

    1. maroon says:
      February 17, 2018 at 8:29 pm

      Thanku maikko.. he is planing on leaving dhw.. ashwa still loves shanum but lets see if she can fall for kaain.. ?

  24. Sammy says:
    February 17, 2018 at 3:37 pm

    V v v kamudhey mi part ves. When is next part? I really hope e adu ivuny shaim ah kamah ? majaa vaane eyrun

    1. maroon says:
      February 17, 2018 at 8:30 pm

      Thanku sammy. There is a huge possibility dhw.. hehe.. ?

  25. Story reader says:
    February 17, 2018 at 4:15 pm

    Asluves dhw… reem mnge kaivenives rangalheh nuvaane eh nu… ehn meehaku valyy dhinyyma… eiii reem ge bappa eh nooneh ehn v ma ameehaa ah e v rangalhah hn heevanii….. ?nu dhw… sad

    1. maroon says:
      February 17, 2018 at 8:31 pm

      Kaiveni sahha vaane. Faafa kuree ameehaa, not migdaad or anyone else. And court in balaany dad aky registry koffa onna meehaa kamah..thanku story reader ?

  26. sam❤ says:
    February 17, 2018 at 4:21 pm

    Wow ????

    1. maroon says:
      February 17, 2018 at 8:31 pm

      Thanku sam ?

  27. Kkk says:
    February 17, 2018 at 5:48 pm

    Rovijje..hama rangalhah vx rovijje..maroon alhe mirey eh prt up kolla dheyn v nu..plz plz plz plz kaain & ashwa gulhuvahche….kaain dhaathee varah dhera vey.. and shanum reem dheke lwbi vahen vx heevey eba mihaaru…alhe plx kaain aa ashwa gulhuva bala..handhaan kurahche maroon..kaain ah dhera gotheh hadhaifiyaa dhuvahaku vx maafeh nukuraanan…whn next
    Prt?? ???????

    1. maroon says:
      February 17, 2018 at 8:34 pm

      Alhey v dhera vejje ruimey bunyma. Its just an imagination ngey.. kaain dhaan ulhenya kihinei ashwa aai gulhuvaany. As of shanum, he is a man of character. Cares abt ppl. Ekam might fall for reem in the end dhw…. omg maafeh nukuraanan tha hama ? so sad dhw
      Thanku kkk ??

  28. Kkk says:
    February 17, 2018 at 9:14 pm

    Btw aswaa aa kaain gulhuvaaa…????

    1. maroon says:
      February 17, 2018 at 11:09 pm

      Possible dhw. Ekam kaain genddhiya nudhee hifahattan vaane thihen vaan beynun vanya ?

  29. Ashwa says:
    February 17, 2018 at 9:24 pm

    wow wow v loabi ngey haadha molhey maroon alhe kaakah baa adu ivuny alhe Shanum akah nun ngey saim ah reem nd shanum ehaa gaaiy nukohba plx plx plx shanum nd ashwa gulhuva ba vvvvvvv reeeeeethi vaahaka kiyaahithun ovaa enimuny asaru gadha hisaabakunney thi ninmaali next partah inthizaar kureveny kiyaahithun keh madhuvefa vv loabi ngey maroon hama molhiyyey buneveyni sifakurumuge baithah genesdheyleh haadha furihama ey kaain saiboan indhegen jehsi vahtharu vx heevany filmakun e manxaru sifavihen haadha reeeeechey story. mikiyuni v lahun dhw time nulibeythy gud nit Maroon miss u so much n loveess

    1. maroon says:
      February 17, 2018 at 11:13 pm

      Thanku ashwa… v v ufaa vejje comment kiyaalaafa.its possible thi in komme meehakahves adu ivun.. shanum and reem marry koggen ulhenya ehen ves kanthah vaane dhw baeh faharu. Ekam still ashwa and shanum still possible ngey.. story lahun kiyas comment kollythy v v ufaa vejje. Miss u. Loves… ?? tc

  30. Kailaan says:
    February 17, 2018 at 10:38 pm

    Kaain and ashwa pls pls

    1. maroon says:
      February 17, 2018 at 11:17 pm

      Possible ??

  31. A says:
    February 17, 2018 at 10:38 pm

    Kaain and ashwa
    I love them a lot

    1. maroon says:
      February 17, 2018 at 11:17 pm

      Thanku A
      So glad some readers are with them now ?

  32. Twingirl says:
    February 17, 2018 at 10:41 pm

    V rythi story. .. keep it up. . I think shanum eyy adu ahan hury. .. aslu ekam kaain mihaaru dhakka serious vaahaka thakun hithuga vs jehey??? kaain maruvan dhany tha??? Noony eyna dad ge kuhh eyna boa mahchah gennany tha?? Ekam ehn nuhadhaa ?? kaain jalahh nudhey ashwa kihaa dheravaanoa. …maroon plx kaain ah visnaadhyba ?? v hurt dn kaain ah loabi nulibeythy …. maroon avahah up kohdhehcheyy next part ??love you ???❤

    1. maroon says:
      February 17, 2018 at 11:20 pm

      Thanku twingirl.. kaain ah visnaidheyn huree ashwa and shaim, but emyhunna sirrun kanthah kuran e ulheny.. visneyne nama ey maroon hithahves ara.. i dnt think filan dhiyas maruvaan ulhefaanehen. Maybe jail ah dhaan ulhedhaane.loves. v ufaa vejje thihaa shaugaai eky story kiyaathy. Tc ??

  33. Mal. says:
    February 17, 2018 at 11:31 pm

    Hey dear… v v loabi ingey story… v dhera vey comment nukureveythy…. v varun story vx kiyeny.. i m really sorry… ekam v kiyaa hiy vey mi story…? keep it up darl..❤

  34. Niha says:
    February 18, 2018 at 9:21 am

    Kyve shanum nd reem kaiveni sahha nuvaanvy. Edhemyhunn thimaagetha. Shanumge Family aa reemge Family. I can’t understand maroon.

    Mivaahaka aky varah varah reethi vaahaka eh. Maroon ur the Best writer
    ????.
    Ashvaa and kaain gulhen beynun. Shanum vy gurubaany, gurubaany ehge gothuga baavaa.

  35. Awa says:
    February 18, 2018 at 11:15 am

    Wowwwww…… a avahah next episod up kolla dheeba please..

  36. Story says:
    February 18, 2018 at 1:35 pm

    Beynumeh noon kaain aa ashwa gulheykah. Edhe meehun hama best friends ge gothuga thibefa ashwa n shanum gulhuvabala please maroon

  37. shawna says:
    February 18, 2018 at 1:55 pm

    Alhe maroon akah nun thikan vaany

  38. Zoya says:
    February 18, 2018 at 2:02 pm

    aslu beynun vany shanum nd ashwa gulhen plx plx maroon ashwa nd shanum ngey gulhuvaani kaain aky ashwa best friend ehnnu e goiy maa salhi vaane ekam v dheravey kaain ah kanthah dhimaavaa gothun aslu dad kuri kusheh ge adhabu kaain libigannaakah nujeheyne

  39. maroon says:
    February 18, 2018 at 2:12 pm

    Hello guys due to some personal reasons todays part mirey las gadieggai upkohdheynan

  40. Nashko says:
    February 18, 2018 at 2:26 pm

    Its ok maroon we are waiting for the next part

  41. ?unlucky ? says:
    February 18, 2018 at 4:46 pm

    ok lahun namaves up kohdhey na mennun

  42. Mysh says:
    February 18, 2018 at 5:03 pm

    Wowwww…v v asaru gadha..kaain aai ashwa gulhuvahchey..nd ameeha ah ehn nuhadhaa..ameeha ah eynage kurevunu kushah thaubaa vehje ey..nd i think shanum ah hen ashwba ehn buni adu ivuny

  43. Mixuhan says:
    February 18, 2018 at 8:41 pm

    When is the next part??? Kiyaa hiyy vanyyy

  44. Yaaan says:
    February 18, 2018 at 10:08 pm

    Kobaa next part…. kiyaahinvany.. vvvvv salhi mi story ❤️❤️????

  45. saaraa says:
    February 18, 2018 at 10:29 pm

    next part kobatha maroon

Comments are closed.


All Right Reserved!