Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އާލާ ވާތީ އެހަނދާން
ލޯބި

އާލާ ވާތީ އެހަނދާން 2

Amaya Level 1
February 17, 2018 2 Mins Read
5 Comments

ދެން އޮތް ދެދުވަސް އަހަރެން އުޅުނީ ވަރަށް ބިޒީކޮށެވެ. އޮފީހުން 5 ދުވަހުގެ ޗުއްޓީއެއްނަގަިއގެން އަހަރެން ހުރިހާ ވަގުތެއް ހޭދަކުރީ ބައްޕަ ކައިރީގައެވެ. އެކި ކަހަލަ މެޝިންތައް ގުޅަފައި އޮތް ބައްޕަގެ މޫނުމަތިން ފެންނަނީ ނުތަނަވަސް ކަމުގެ އަސަރެވެ. ކުއްލި އަކަށް ދިމާވި ކަމަކުން ބައްޕަގެ ދިރިއުޅުން އެއްކޮން ބަދަލްވީއެވެ. ބަލި އެނދެއްގައި އެއްވެސް ކަމެއް ނުކުރެވިފައި އޮތުމަކީ ބައްޕަ އަށް ވަރަށް އުދަގޫ ކަމަކަށް ވިއެވެ. އަހަރެން ބައްޕަ އަށް ބަލައި ލީމެވެ. ބައްޕަގެ ދެލޯ މެރިފައި އޮތް ކަމުގައި ވިއަސް ތުންފަތުގައި މަޑުމަޑު ތުރުތުރެއް ހުއްޓެވެ. އަހަރެން އިނީ ބައްޕަގެ މޫނަށް ނަޒަރު ހުއްޓައިލައިގެންނެވެ. އެ ބައްޕަ އާއި އެކު ކުރެވުނު މަޖާ ކަންކަން އަހަރެންގެ ހިޔާލަށް އަންނަމުން ދިޔައެވެ.

އެއީ ވަރަށް އަވިގަދަ ދުވަހެކެވެ. އަވިކަދަކަމުން އަހަރެން ނިންމީ އެދުވަހު ދަނޑަށް ދާއިރު ތޮއްޕެއް އަޅަިގެން ދިޔުމަށެވެ. މި ދިޔަ މަހު ބައްޕަ މާލެއިން ގެނެސްދިން ތޮފި އަހަރެންގެ ބޮލަށް ހެޔޮވަރު ކޮށްލީމެވެ. އަހަރެން ލާފައި ހުރި ކަޅާއި ރަތުން ގޮޅި ޖަހާފައި ހުރި އަތް ދިގު ގަމީހާއި މަޑު މުށި ކުލައިގެ ތޮފި ވަރަށް ގުޅެއެވެ.

“އަސްތާ ތިއްތާ! ހީވަނީ ހަމަ ކައު ގާރލް އެއްހެން” އަހަރެންގެ ހަގަށް ހުރި މިޒްނާ އަށް އަހަރެން ފެނިގެން ބުނެލިއެވެ. “ކީކޭ…. ކާ ގޯންޏެކޭ..” ބައްޕަގެ އެ ޖުމްލައިން އަހަރެމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ” ދަރިފުޅާ މަޒިއްޔާ.. ހިނގާ ދަމާ..” ބައްޕަ އެހެން ބުނުމުން ދަނޑު ވެރިކަން ކުރާ ސާމާނު ހިފައިގެން އަހަރެން ހިނގައި ގަތީމެވެ.

ރަށުގެ ބޮޑުމަގުން ދިޔައިރު ދެބަފައިން ދިޔައީ ދަނޑުގައި މިއަދު ކުރަން ހުރި ކަންކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ.މަގުގެ މެދެއްހާ ހިސާބުން ބައްޕަގެ ރަހުމަތްތެރި އަކާއި ދިމާވެގެން ބައްޕަ އެމީހާ ކައިރީ މަޑު ކޮށްލުމުން އަހަރެން ގޮސް ދުރުގައި ހުރި ޖޯލީގައި އިށީނދެލީމެވެ. ޖީބުގައި އޮތް ފޯނު ނަގައިގެން ފޭސްބުކަށް ލޮގިން ވެލީމެވެ. އަދި އޮންލައިންގައި ތިބި މީހުންގެ ލިސްޓު ބަލައިލީމެވެ. އަދި އެތަނުން އަހަރެން އެންމެ ގިނައިން ޗެޓުކުރާ ކުއްޖާ އަށް “ހައި” ޖަހައިލީމެވެ. އެކުއްޖާވެސް މާ ގިނައިރެއްނުވެ “ހައި” ޖަހާލިއެވެ. ހީވަނީ އަހަރެންގެ އިންތިޒާރުގައި އިންހެންނެވެ.

“ކިހިނެއްތަ؟” އަހަރެން ކުރި ސުވާލުގެ ޖަވާބުގައި އޭނާ ކުރީ ސުވާލެކެވެ. ” ކީއްވެ ރޭގަ އޮންލައިން ނުވީ؟” އަހަރެން ހިތުން ވެލީމެވެ. ” ރޭގަ ތަނަކަށް ދާން ޖެހުނީ.. މަންމަ އާއި އެކު ޝޮޕިންގ އަށް ދިޔައީ”

“ދަރިފުޅާ.. އާދޭ ދާން..” ބައްޕަގެ ޖުމްލައިން އަހަރެން ތެދުވެ ހިނގައި ގަތީމެވެ.

އަދި އެދުވަހު ކުރަން ހުރި ކަންކަމުގެ ވާހަކައިން ދުވަހުގެ މަސައްކަތް ފަށައި ގަތީމެވެ. ދަނޑުން ގެއަށް އާދެވުނު އިރު މެންދުރު ދޭއް ޖަހަނީއެވެ. އަވަހަށް ފެންވަރާލައިގެން ކާން އިށީނީ ވެފައި ހުރި ބަނޑު ހައެއްގެ ބޮޑުކަމުންނެވެ. ކައިގެން ނަމާދު ކޮށް ލައިގެން ބޭރު ޖޯލިފަތީގައި އަހަރެން ޖައްސައިލީ އަނެއްކާވެސް ފޯނު ހިފައިގެންނެވެ.

“ކައިފިންތަ؟ ހަމަ އޮންލައިން ވާއިރަށް އެކޮޅުން މެސެޖު އައެވެ. “ޔޭސް، މިހާރު 3 ޖަހަނީ އެންނު.. ޔޫ ކައިފިންތަ؟” އަހަރެންވެސް ހަމަ އެސުވާލު އޭނަ އާއި ކޮށްލީމެވެ. ދެމީހުންގެ ވާހަކައިގެ ނިމުން އައީ ބަންގީގެ އަޑަށެވެ.

————————————————————————————————–

ހިޔާލުގައި އަހަރެން އިންދާ ބައްޕަގެ އަޑު ޖެހުނެވެ. “ދަރިފުޅާ.. ދަރިފުޅާ.. ފެންފޮދެއް.” އަހަރެން ވަރަށް ފަރިތަ ކަމާއި އެކު ބިއްލޫރި ތައްޓަށް ފެންފޮދެއް އަޅާފައި ބައްޕަގެ ތުންފަތުގައި ޖައްސާލީމެވެ. އަދި ބައްޕަގެ މޫނަށް ބަލައިލާފައި ހީލީމެވެ. “ބައްޕާ.. ކުރުނބާ ފެންފޮދެއް ބޯލަންވީނު” ބައްޕަ ބޯޖަހާލިއެވެ.

———————————————————————————————————————–

ޗުއްޓީގެ 5 ދުވަސް ނިމުމުން އަހަރެން އަހަރެން އޮފީހަށް ނިކުތީމެވެ. ހިތާއި ދެކޮޅަށެވެ. އަހަރެން މިހާރު ބޭނުންވަނީ ހުރިހާ ވަގުތެއް ބައްޕަ އާއި އެކު ހޭދަ ކުރާށެވެ. އޮފީހުގައި އިން އިރުވެސް ކޮންމެ ގަޑި އަކުހެން އަހަރެންނަށް ބައްޕަ އަށް ގުޅެއެވެ.

“މަޒީ އަށް އައި މާބޮނޑިއެއް” އަމީ އައިސް އަހަރެންނަށް ދިއްކޮށްލީ ފިޔާތޮށި ކުލައިގެ މާބޮނޑިއެކެވެ. “ކާކު ދިނީ” އަހަރެން މާބޮނޑީގައި ނުހިފައި އަހާލީމެވެ. ” ނޭނގެ.. ސިރާޖު ގެނެސްދިނީ.. އަމް.. މީގައި ހިފާބަލަ ދެން”. އަހަރެން މާބޮނޑީގައި ހިފީމެވެ.

 

Share Article

Follow Me Written By

Amaya

Level 1

Other Articles

Previous

ކެތްކުރިން ކުރަން އަދިވެސް ކުރާނަން… 2

Next

ލޯބިއެހެނަސް..19

Next
February 17, 2018

ލޯބިއެހެނަސް..19

Previews
February 17, 2018

ކެތްކުރިން ކުރަން އަދިވެސް ކުރާނަން… 2

5 Comments!

  1. Mai says:
    February 17, 2018 at 7:37 pm

    Yey me firt again love you ??and vaahaka v nice

  2. EHLEE says:
    February 17, 2018 at 7:57 pm

    Wow reeti . Eh beauty ehchekey nukiyaa tha

  3. EHLEE says:
    February 17, 2018 at 8:00 pm

    Dhen vaanee kihuneii baah

  4. mishy says:
    February 17, 2018 at 9:51 pm

    Vrh reethi mi prt… love it.. nxt prt dhigu kh lahcheyy…

  5. Sana says:
    February 18, 2018 at 6:46 pm

    Varah reethi!
    When next part????

Comments are closed.



All Right Reserved!