Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބިއެހެނަސް..18

Uhthoo Level 210 Stories100 Comments100 Login
February 16, 2018 6 Mins Read
36 Comments

މަދު އެކަށްޗެއްވެސް ނެތެވެ. އެކަމަކުވެސް ފަޅުކަން އެހިތަށް ވެރިވިއެވެ. އޭނާގެ ދިރިއުޅުން އުޖާލާކުރަން ދެން ކުރާނީ ކޮންކަމެއްބާއެވެ.

“ބެންބޭ….” ހަނާ އައިސް އެކޮޓަރި ދޮރުގައި ޓަކި ޖެހީ މިކަހަލަ މައްސުނި ހިޔާލު ތަކުން އަޔާޒުގެ ބޯ ބަރުވެފައި އޮއްވައެވެ.

މަޑުމަޑުން ގޮސް އަޔާޒު ދޮރު ހުޅުވާލިއިރު ހަނާ ތަށިބަރިއެއް ހިފައިގެން އައިސް ހުއްޓެވެ. “މިއައީ ބެންބެއާއެކީ ސއިބޯން…” ހަނާ އަދިވެސް އޭނާއާ މުހާތަބްކުރަނީ ބެންބެ ކިޔައިގެންނެވެ.

ހާލަތަށް ހޭނިފައިވިޔަސް އެމީހުން އެންމެންގެ ހިތުގައިވެސް ރީމާގެ ނަން ކުލަގަދަކޮށް ފެވިފައި ވެއެވެ. ކޮންމެސް ދުވަހަކުން ރީމާއާ ދިމާވެ ހުރިހައި ހަގީގަތެއް ރީމާއަށް އެނގި ހާމަވާން އެ އެންމެންވެސް އެދެއެވެ.

“ކިހިނެތްތަ ބެންބެގެ ޙާލު؟” ހަނާ ވާހަކަ ދެއްކިއެވެ. ކާމޭޒުގައި އިށީންނަމުން ރަނގަޅުކަމަށް އަޔާޒު ބުނެލިއެވެ.

“ޗަންކީ ކިހިނެތްތަ؟ މިހާރުވެސް ހޮޑުލެވޭތަ؟” ހަނާގެ ފުފެމުން ދާ ބަނޑަށް ބަލާލަމުން އަޔާޒު ހިނިތުންވެލިއެވެ. “ހެހެ..ނޫނޭ…މިހާރު ބޭބީ ކިކް ކުރާވަރުން..ވަރަށް މަޖާ…އަހޫ ބޭނުމީ ގާރލް އެކޯ….”

އަހުނަފާ ހަނާގެ ކައިވެންޏަށް އަހަރެއް ވަނީއެވެ. މިހާރު ހަނާގެ ބަނޑަށް 4 މަސް ވީއެވެ. “އެހެންތަ؟ އަމް ސޯހެޕީ މައި ލިލް ޗަންކީ އިޒް ގޮއިން ޓު ބީ އަ މޮމް…” އަޔާޒު ހަނާގެ ޗަބީ ކޮލުގައި ހިފައިލިއެވެ.

ހަނާ މިހާރު ކުރިއަށްވުރެ ފަލަވެފައި އަންހެނެއްގެ ސިފަޖަހައެވެ. “އަހޫ ގުޅިތަ؟ އެމީހުން އަންނާނެ ދޯ މާދަން…؟ ބުނި ގަންނަން ބުނި އެއްޗެހިތަށް ގަނެ ނިމިއްޖޭ މިއަދު ގުޅީމަ…” އަޔާޒު ބޯ އަރިކޮށްލިއެވެ.

“އާނ…ބަރާބަރަށް ގުޅާނެ…ބުނި މާދަން އަންނަ ވާހަކަ…” ހަނާ ކުޑަކޮށް ހީލިއެވެ. ހަނާ ނުބުންޏަސް އޭނާއަށް އަހުނަފް ގުޅާނެކަން އަޔާޒަށް އެނގެއެވެ.

އެހައިވެސް އަހުނަފް ހަނާދެކެ ލޯބިވާކަން އޭނާއަށް އިނގެއެވެ. އަޔާޒުގެ ފޯނަށް މީހަކު ގުޅިއެވެ. “މިރޭ މީޓިން ބާއްވަން ވީތޯ؟” އެކޮޅުން ވާހަކަ ދެއްކީ މުނާޒެވެ.

“އާނ…އަހަރެން ދާންވާއިރަށް ހުރިހާ މުވަށްޒަފުން ހަމަކުރޭ… ގަޑި ޖެހިއްޖެ މީހަކަށް އަދަބު އޮންނާނެ ވާހަކަ ބުނާތި..” އަޔާޒުގެ ބަރު އަޑުން މުނާޒު ވެސް ހުރީ ފާޑަކަށް ޖެހިލުންވެފައެވެ.

“އާދެ..” މުނާޒު އަވަހަށް ފޯނު ކަނޑައިލިއެވެ. އަޔާޒަކީ ޒިންމާދާރު ވެރިއެކެވެ. އަހުނަފްވެސް އެއީ އަޔާޒުގެ ދަށުން ހުންނަ މީހެކެވެ. ނަމަވެސް އަހުނަފްގެ ވަޒީފާއަކީ ވިޔަފާރި ދަތުރުތަކުގައި ރާއްޖޭން ބޭރަށް ދިއުމެވެ.

“މަޑުކުރަށްޗޭ ބެންބެއާ އެކީ ދާން…އެބައަންނަން ފްރެޝް ވެލައިގެން…” ސައިބޮއެ ނިމިގެން ތަށިތަށް ހިފައިގެން ބޭރަށް ނުކުންނަން ދިޔަ ހަނާ މަޑުކުރީ އަޔާޒު އެހެން ބުނުމުންނެވެ.

ސިޑިއާ ދިމާއިން ފެންނަން ހުރި ބޮޑު ތަސްވީރު ފެނުމުން ހަނާ ފެންކަޅިވިއެވެ. “ކޫ…ޕްލީޒް ކަމްބެކް…” ހިތާ ހިތާ ހަނާ އަށް ކިޔާލެވުނެވެ.

“ދޮނޭ…ކިހިނެތް…ބިޒީކަމުން މިގެއަށް ވަދެލާނެ ވަގުތެއް ނުވެފަ މިހުންނަނީ….ކޮބާ ދޮންބޭބެ؟ބައްޕަވެސް ނުފެންނަތާ ދުވަސްކޮޅެއްވެއްޖެ..”

ފާތުމަކައިރިކައުޗުގައި އިށީންނަމުން އަޔާޒު ފައްޗަކަށް ވާހަކަ އަމުނާލިއެވެ. “ދަރިފުޅު ނައިސްގެން މިހާރު ދޮނޭ އެއްޗެކޭ ބުނެފިންތަ؟ ދޮނޭއަށް އިނގެޔޭ މިހާރު ތީ ބޮޑު ސިންގާ ކުންފުންޏެއް ބޮލަށްލައިގެން އުޅޭ އެތަނުގެ ސީއީއޯ ކަން…”

“ދޮނޭ ވަރަށް ޕްރައުޑްވޭ ތީ ދޮނޭގެ ކުއްޖެކޭ ބުނީމަވެސް…ހެހެހެ ދޮންބޭބެ ވީ އޮފީހުގައި…” ފާތުމައަށްވެސް އަޔާޒު އެގެއަށް އަންނަ ހިތްނުވާ ސަބަބު އެނގެއެވެ.

އެ ހަތަރުފާރުގައިވި ރީމާގެ ހަނދާންތަށް ފެންނަ ވަރުންނެވެ. ރީމާ ސުކޫލު ދައުރުގެ ކާމިޔާބީތައްވެސް ޓީވީއަށް ބަލާލުމުން އެ ރެކްމަތިން ފެންނަން ހުރޭމެއެވެ.

ރީމާ އާދޭތޯ އިންތިޒާރު ކުރަނީ ހަމައެކަނި އަޔާޒެއް ނޫނެވެ. ފާތުމަވެސް އެކަމާ ހިތާމަކޮށް ރީމާ އުފަލުގައި ލެއްވުމަށް އެދި ދުއާކުރެއެވެ.

އަޔާޒު އޮފީހަށް ވަދެގެން ދިޔައީ 8ޖަހަން 4 މިނެޓަށް ވެފައި ވަނިކޮށެވެ. އާދައިގެ މަތިން މީޓިން ބާއްވާ ހޯލު އޮތީ ތައްޔާރުކޮށްފައެވެ.

ހަރުކަށިކަން އެ މޫނަށް ވެރިކުރުވަމުން އަޔާޒު މުނާޒަށް ގޮވާލިއެވެ. ފަސް ސިކުންތުވެސް ނުވަނީސް މުނާޒު އައިސް އަޔާޒުގެ ކެބިންއަށް ވަނެވެ.

“ކޮބާ އެ ފައިލުތަށް ގެނޭ…” އަމުރު ވެރި ރާގަކަށް އަޔާޒު އެހެން ބުނުމުން މުނާޒު އަވަސް އަވަހަށް ފައިލުތަށް ހިފައިގެން އައިސް އަޔާޒާ ހަވާލު ކުރިއެވެ.

އަޔާޒު ގޮސް މީޓިން ހޯލަށް ވަންއިރު ހުރިހައި މުވަށްޒަފުންވެސް އެތަނުގައި ހަމައެވެ. އޭނާގެ ފަހަތުން މުނާޒު ވެސް އައިސް ގޮނޑީގައި އިށީނެވެ.

މީޓިންގައި މަޝްވަރާ ކުރެވެމުން ދިޔައީ އެ ކުންފުނީގައި ހުރި މައްސަލަތަކާ ރަނގަޅު ކުރަންޖެހޭ ކަންތައްތަކާ ބެހޭގޮތުންނެވެ.

އަދި ކުރިއަށް އަންނަން އޮތް އަހަރީ ދުވަހަށް ކުރާނޭ ކަންތައްތައް ރޭވުމުގައެވެ. “އަފްލާ…ދަނޑުވެރިކަމަށް ބިން ލިބުނީ ކޮން ރަށަކުންތަ؟” ބަރުއަޑުން އަޔާޒުގެ އެ ސުވާލަށް އަފްލާ އިނީދޭނެ ޖަވާބެއް ނޭނގިފައެވެ.

“ބޮސް އަޅުގަނޑު ޖެހޭނީ ބަލައިލަން..މިހާރު ހަނދާނެއް ނެތް..” ބިރުން އިނދެ އަފްލާ އެހެން ބުނުމުން އަޔާޒު ލޯ އަޅާލިއެވެ.

އަފްލާ އިތުރަށް ބިރުގަނެއްޖެއެވެ. ނަމަވެސް އަޔާޒު އޯކޭ އޭ ބުނުމުން ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

“ބޮސް… ދަނޑުވެރިކަން ކުރަން ބިން ލިބިލައްވާފައި އިންނެވީ ގ.ދ ވާދޫއިން…” އަޔާޒަށް އެއީ ހާދަ ދުރޭ ހިތަށް އަރުވާލެވުނެވެ.

“އަންނަ ހޯމަ ދުވަހަށް ޓިކެޓް ނަގައި ހަމަޖައްސާތި މުނާޒް…ފުރަތަމަ ބަލާލީމައެއްނު އިނގޭނީ އެއީ ރަނގަޅު ބިމެއްކަން؟”

އެ މީޓިންގައި ގާތްގަނޑަކަށް ދެ ގަޑިއިރު ހޭދަވެގެން ދިޔައެވެ.

އެރޭގެ ދަންވަރުގެ ވަގުތެވެ. ރީމާއަށް ހޭލެވުނީ ދުމުގެ އަސަރު ނޭފަތަށް ކުރުމުން ކޮށިއަރައިގަނެގެންނެވެ. ހައިރާންކަމާއެކު ކޮޓަރިން ނުކުމެގެން ރީމާ ބަދިގެޔާ ދިމާއަށް ދިޔައެވެ.

ނަމަވެސް ފައިގައި އެއްޗެއް ޖެހުންހެން ހީވިއެވެ. ރީމާއަށް މިހުރެވުނީ ހަނަފަސް ސަހަރާއެއްގައެވެ. ފައިގައި އެ ޖެހުނީ ވެއްޔެވެ.

ހައިރާންކަމާއެކު ހިނގަމުން ދިޔަ ރީމާ ކުއްލިއަކަށް އަނގަވަތަށް ވެއްޓުނެވެ. މީހެއްގެ ގައިގައި އަޅައިގަނެފައެވެ. ރަނގަޅަށް ބަލާލި އިރު އެއީ އަޔާޒެވެ.

ރީމާއަށް ހަޅޭއްލަވައިގަނެވިފައި ލޯ ހުޅުވާލެވުނެވެ. މީހާވަނީ ދާހިތްލާ ފޯވެފައެވެ. މި ފެނުނީ ހުވަފެނެއްކަން އެނގުނީ އެންދުގައި އަތް ކާއްތާލެވުމުންނެވެ.

ދުރުން ފަތިސް ނަމާދުގެ ބަންގީގެ އަޑު އިވެމުން ދިޔައެވެ. އަޔާޒުގެ ހަނދާންތަށް އެވަރަށް އާވިޔަސް ރީމާގެ ހުވަފެނުން އަޔާޒު މިފެނުނީ އަލަށެވެ.

ހަމަޖެހިލަމުން ރީމާ ކައިރީގައި އިން ފެންފުޅިން ފެންކޯވަރެއް ބޮއެގެން ފާހާނާއަށް ވަދެ ވުޟޫއު ކުރިއެވެ. އަދި ނަމާދުކޮށް އަޔާޒަށް އެއްވެސް ދެރަކަމެއް ނުޖައްސަވާތޯ ދުޢާކުރިއެވެ.

އަލިވިލެމުންދާވަގުތު ކުނިކަހަން ނުކުތުމަކީ ރީމާ ވަރަށް ކުރާހިތުން ކުރާ ކަމެކެވެ. މަށަންދަތި ހިފައިގެން އާދައިގެ މަތިން ބޭރަށް ނުކުމެ ކުނިކެހިއެވެ.

ދުވަން ގޮސްފައި އައި ލާމިއު ރީމާގެ ލޮލުގައި އަޅައިގަތީ ކުނި ނަގައި ބަރޮލަށް އަޅައިގެން ގޮނޑުދޮށާ ދިމާއަށް ދާން ހިނގައިގަތް ވަގުތުއެވެ.

އެހެރަ ބައިމަތި ފުޅާ ހަށިގަނޑު ރީމާގެ ހިތުގައި ހާއްސަވިއެވެ. ދާތިކިތަށް މޫނުން ފައިބަފައިބާ ހުރުމުން ހިތްގައިމު ގޮތެއް ހުއްޓެވެ.

“ލާމިއު…” ރީމާ ގޮވާލުމުން ލާމިއު ބަލައިލިއެވެ. “ކީއްވެތަ ލީމް ސުކޫލަށް ނުގެންދަނީ މިހާރު؟” ރީމާ އެހެންބުނުމުން ލާމިއުގެ މޫނުމަތިން ނުރުހުމުގެ އަސަރު ފާޅުވެގެންދިޔައެވެ.

“އަސްލުވެސް ނުގެންދޭތަ؟” ލާމިއުގެ މޫނުމަތިން ސީރިއަސްކަން ފެނުމުން ރީމާ ހީކުރީ ލާމިއު އޭނަދެކެ ހިތްހަމަ ނުޖެހުނީ ކަމަށެވެ.

“ހޫނ…” ރީމާ އިސްޖަހައިލީ އެހެން އަހައިލެވުނު މޮޔަ ހީވެގެންނެވެ. “ސޮރީ އަހަންނަކަށް އަދި ނޭނގޭ ތިކަމެއް…” ބަރޯ ހިފައިގެން ރީމާ ހިނގައިގަތުމުން ލާމިއު ވެސް ރީމާއާ އެއްވަރަށް ހިނގައިގަތެވެ.

“އެއީ ކީއްވެ ލާމިއުއަށް ނޭނގުނީ؟ ލީމް ގެންގުޅެނީ ލާމިއު އެއްނޫންތަ؟” އެހެން ބުނުމުން ލާމިއު ފާޑަކަށް ހީލިއެވެ.

“ނޫނޭ.. ލީމް ވީ އޭނާގެ މަންމަ ކައިރީގަ…އެކަމަކު ސުކޫލަށް ނުފޮނުވީމަ އަހަރެން ވަރަށް ރުޅިއައިސްފި..”

“އޯހް..އުޝާ އައީތަ؟؟ކޮންއިރަކު އައީ؟” ލާމިއުގެ ހަޔާތުން ވަރަށް ބޮޑުބައި ރީމާއަށް މިހާރު އެނގޭތީ އޭނާ ސުވާލު ކޮށްލިއެވެ.

“ކުރިން ދުވަހަކު…އައި ގޮތަށް ލީމް ގެންގޮއްސި…އަހަންނަށް އަދި ލޮލަކަށް ނުފެނޭ ލީމްއެއް…” މިހާރު 3 ދުވަސް މިވީ..”

“އާނ ލީމް މަތިން ހަނދާންވޭ ވަރަށް” ރީމާ އެހެން ބުނުމުން ރީމާ ލީމްދެކެ ލޯބިވާކަން ލާމިއުއަށް އިހުސާސް ކުރެވުނެވެ. އިތުރު އެއްޗެކޭ ނުބުނެ ލާމިއު ދުއްވައިގަތީ ލީމް ބަލައި ދާން ހިތަށް އަރުވަމުންނެވެ.

ރީމާ ގޮސް ކުނި އުކާލަމުން އައިސް ސައި ހަދައިފައި ފެންވަރަގެން ތައްޔާރުވީ ސުކޫލަށް ދިއުމަށެވެ.

ސުހާ އައިސް ރީމާމެން ގެޔަށް ވަނީ ތައްޔާރުވެގެން ރީމާ ކޮޓަރިން ނުކތްތަނާއެވެ. “އޯ ރޭގަ މާވަރަކަށް މާފޯޅުވީމަތަ ނިދިފަ ތިހިރީ އަދިވެސް…” ސުހާ ނިދި މޫޑުގައި ހުރިތަންފެނިފައި ރީމާ ދިމާކޮށްލިއެވެ.

ސުހާ ހިނިތުންވެލިއެވެ. “އަހަރުމެނގޭތެރޭން މިހާރު ރުއިމުގެ އަޑެއް ނުކެނޑެއޭ… ޝުއޫން ބޭބީ ވެކްސިން ޖަހައިގެން އުޅޭތީ ނުނިދޭ…ރޮނީ ހަމަ..” ސުހާ އެބުނީ ސިމާންގެ ދަރިފުޅުގެ ވާހަކައެވެ.

“މިއުޅެނީ ފޮޓޯ ނަގަންދާން ހިނގާބަ…” ސުހާގެ ނިދި މޫޑު ބަދަލުވަމުން އައީ އޭނާގެ އަނގަގަދަވާން ފެށުމުންނެވެ.

“މިއަދު؟ މިއަދަކު ނުދެވޭނެ…” ރީމާ ދެލޯ ބޮޑުކޮށްލިއެވެ. “އޯހް..އެބުނާހެން…!” ސުހާ ތުންކޮޅު އޫ ކޮށްލިއެވެ. އެ ދުވަސްތަކަކީ އެ ދެމީހުންނަށް ބިޒީ ދުވަސްތަކެކެވެ.

“އަންނަ ހަފްތާ ދެވޭނެއްނު….އުމްމްމްމްމް…ހޯމަދުވަހު…ދޯ…ދާނަން ދޯ…ޝުއޫން ބޭބީވެސް ދޮންބެވެސް ޝިފޫވެސް ދާނެ.. ހަމްދު ވެސް ދާނެ..”

“އޯކޭ ދާނަމޭ…”ސުހާ އެއީ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. އޭނާ ނުދާނެ ގޮތެއް އޮންނާނެ ހެއްޔެވެ؟ ސުކޫލުގައި ބުރަ ދެތިން ދުވަހަކަށް ފަހު ރީމާ އާ ސުހާއަށް ޗުއްޓީ ލިބުނީ ހޮނިހިރުގައެވެ.

އެއީ އެންމެންވެސް ޕިކްނިކް ހަދާލަން ރޭވި ދުވަހެކެވެ. ސުހާގެ އާއިލާއާ އެކު ރީމާވެސް އެ ފޯރީގައި ބައިވެރިވިއެވެ. ރީމާއަށް އަމިއްލަ އާއިލާއަށް މިހާރު ސުހާގެ އާއިލާ ވެއްޖެއެވެ.

އެމީހުންވެސް ރީމާއަށް ނުހަނު ބަލައެވެ. އެހައި އޯގާތެރިއެވެ. އެދުވަސް އެއްކޮށްހެން ހޭދަވީ އެ މަޖަލުގައެވެ.

“އޭތް މާދަން އަނެއްކާ ސުކޫލަށް ދާންވީ ދޯ….” ތުން އޫކޮށްލަމުން ސުހާ ވާހަކަ ދެއްކިއެވެ. އާދައިގެ މަތިން އެދެމީހުންތިބީ ވޮލީކޯޓް ކައިރީގައެވެ.

ހަމްދާނާ ސިމާން ވެސް ކުޅެން އުޅެއެވެ. “އާނ… މީ އަހަރެން ހާދަ ކުރާ ހިތްވާ ކަމެކޭ… އެހެންވެ ކަންނޭނގެ ފޫހި ނުވަނީ…” ރީމާ އެހެން އެ ބުނީ ސުހާގެ މޫނުން ފޫހިކަން ހާމަ ވީމައެވެ.

“އަހަރެން ހިތަށް އަރައި މީނާއަށް ކުއްޖަކު ލިބުމުން ކީއްބާއޭ ހަދާނީ…އުފަލުންގޮސް އެ ކުއްޖާ ކާނުލައްޗޭ…” ސުހާގެ މި ޖުމްލައިން ރީމާގެ މޫނުން ހިނދުކޮޅަކަށް ހިނިތުންވުން ގެއްލުނެވެ.

“އެދުވަހެއް އަހަންނަށް ދައްކަވާނެ ބާ…؟” ސުހާވެސް ދެރަވިއެވެ. “އަހަރެން އެއްޗެކޭ ބުނެފިއްޔާ ރުޅި ނާންނަށްޗޭ..؟”

“ރީއަށް ތިބުނާ މީހަކަށް އިންތިޒާރުވެސް ކުރެވިއްޖެއެއްނު…!ދެން އަޅެ އެހެން މީހަކު ޗޫ…” “ނުކުރާނަން..” ސުހާގެ އެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް ރީމާ ބުނެލިއެވެ.

“ސޮރީ… ތި އެކަނިވެރިކަން ފެނުނީމަ އަސްލުވެސް އަހަރެން ވަރަށް ދެރަވޭ…” ސުހާ ހުރީ ފެންކަޅިވެފައެވެ.

“އޭތް ދެން ތިނޫން ވާހަކައެއް ދައްކަބަލަ…” އަޔާޒުގެ ހަނދާންތައް އެ ހިތަށް ހަމަލަ ދޭން ފެށުމުން ރީމާ ގަދަކަމުން ހިނިތުން ވެލިއެވެ.

ރީމާ އެހެން ވާހަކައެއް ފެށުމުން ސުހާގެ މޫޑުވެސް ބަދަލުވިއެވެ. ނަމަވެސް ރީމާގެ އެ ހިތްވަރަށް އޭނާގެ ހިތުގެ އަޑިން ސާބަސްދިނެވެ.

“ރީ އާންޓީ…” އެހައި ދިގުނޫން ދޮންރީތި އަންހެން ކުއްޖެއްގެ އަތުގައި ހިފައިގެންހުރެ ލީމް ރީމާއަށް ގޮވާލިއެވެ.

“އެއީތަ އުޝާ؟” ރީމާ ނޭނގޭހެން ސިއްރުން އަހައިލަމުން ސުހާ ބޯޖަހައިލިއެވެ. “ތީތަ ލީމްގެ ފެވްރިޓް އާންޓީ…” އެކުއްޖާ ސަލާމަށް އަތްދިއްކޮށްލުމުން ރީމާ ސަލާމް ކޮށްލިއެވެ.

ވަރަށް ހިތްހެޔޮ ކުއްޖެއްކަން އެނގުނީ އޭނާއާ އުޝާ ވާހަކަ ދެއްކި ގޮތުންނެވެ. އުޝާ ހަމަ ލާމިއު އަށް ބޭވަފާތެރިވެދާނެބާއޭ ހިތަށް އަރަމުން ދިޔައެވެ.

ކޮންމެސް ނުބައެއް އުޅޭކަމަށް ރީމާގެ ހިތް ބުނަމުންދިޔައީ ތަންކޮޅެއް ދުރުގައި ހުރި ލީމްއަށް ބަލަމުން އުޝާ ދެއްކި ވާހަކަތަކުންނެވެ.

“ސުވާލެއް ކޮށްލަންތަ؟” ސުހާ އުޝާއާ ވާހަކަ ދެއްކިއެވެ. “ތިދެމީހުން ދޭތެރޭ ވީ މިސްއަންޑަސްޓޭންޑިން އެއް ދޯ؟” ސުހާ ޖެހިލުމެއް ނެތި ކޮށްލީ ރީމާގެ ހިތަށްވެސް އަރަމުންދިޔަ ސުވާލެވެ.

އުޝާ އިސްޖަހައިލުމުން ސުހާއާ ރީމާއަށް ޖަވާބު ލިބުނެވެ. “ލީމް ގެންގޮސްދޭންވެގެން މިދަނީ… އަހަރެން ބަލިވެ އުޅުނީމަ ލީމް ސުކޫލަށް ނުގެންދެވުނީ…” އުޝާ އެހެން ވާހަކައެއް ދެއްކުމުން ހަގީހަތުގައިވެސް އުޝާ އަދިވެސް ލާމިއުދެކެ ލޯބިވާކަން އެނގުނެވެ.

“ލީމް ގެންގޮސް ދެއްޗޭ އިނގޭ…” މިހެން ބުނެ އުޝާގޮސް ލީމްގެ މޫނަށް ބޮސްދީ ބައްދައިލަމުން މަންމަ ދަނީއޭ ބުންޏެވެ. އަދި ލޯފޮހެމުން ހިނގައިގަތުމުން އުޝާއަށް ވަރަށް އަސަރުކޮށްފިކަން ހާމަވިއެވެ.

އެމަންޒަރު ބަލަންތިބި ރީމާއާ ސުހާވެސް ތިބީ ފެންކަޅިވެފައެވެ. އިރުއޮއްސެން ކައިރިވުމުން ރީމާ ލީމް ގެޔަށް ލުމަށްޓަކައި ސުހާމެންގެޔަށް ދިޔައެވެ.

“އަހައް…މިއޮއް އައީ ބައްޕިގެ ބޭބީ ގާރލް…” ލީމް ފެނުމުން ލާމިއު ލީމްގައިގައި ބައްދާލިއެވެ. “އަހަރެން ބޭނުން ވާހަކައެއް ބުނެލަން…”

“ބޭބީ ދޭ ކޮޓަރިއަށް ބައްޕި ހުންނާނެ ގްރޭޕްސް ގެނެއްސަ …އަވަހަށްދޭ އިނގޭ…” ކުޑަ ކުޑަ ލީމް ފެނުމުން ލާމިއު ހުރީ ވަރަށް އުފާވެފައެވެ.

“ކީކޭ؟ ކާކު ލީމް ރީމާއާ ހަވާލް ކުރީ…؟” ލާމިއު އެހުމުން ރީމާ ވީގޮތް ކިޔައިދިނެވެ. “ލާމިއު… ކީއްވެތަ އެހައި ރުޅި އަންނަނީ އުޝާދެކެ؟”

ރީމާ އެކުރި ސުވާލުން ލާމިއު މޫނު އަނބުރާލިއެވެ. “ރީމާ…މީ ރީމާއާ ބެހޭކަމެއް ނޫންކަންނޭނގެ… މިކަމާ ވާހަކަ ނުދެއްކިޔާ ރަނގަޅުވާނީ…” ރީމާ ހުރީ ގޮތްދޫކުރާ ހިޔާލެއްގައެއް ނޫނެވެ.

ރީމާގެ ކުރިމަތީގައި އޭނާ ފަދައިން ކަރުނަ އަޅާ އަންހެނަކު ފެނުމުން އަސްލުވެސް އޭނާ ބޭނުންވަނީ އެކަމުން އެ ތިންމީހުންގެ ދިރިއުޅުން އެކަށްޗަކަށް ހަދާށެވެ.

އެ ކުއްހީތަށް ފިލުވާށެވެ. “އެކަމަކު އުޝާ ބޭނުންވެޔޭ ލާމިއުއާއެކީ ދިރިއުޅެން…” ލާމިއުއަށް އުޝާގެ ނަން އިވުމުންވެސް ރުޅިއާދެވެއެވެ.

“ބުނަންތަ ރަނގަޅު ވާހަކައެއް..؟ އަހަރެން ބޭނުމެއް ނޫން އޭނަ އަނެއްކާ އަހަންނަށް ބޭވަފާތެރި ވާކަށް… އެކަހަލަ އަންހެނުން އުޅޭނީ އަބަދުވެސް އެފާޑަށް…ދެން ރީމާ ތިވާހަކަ ދައްކަން މިގެޔަށް ނާންނަށްޗޭ..”

ލާމިއު ރުޅިއައިސްގެ އަތްމުށް ކަވާލައިފައި ފާރުގައި ޖެހުމުން ރީމާ ހުރީ ޖެހިލުންވެފައެވެ. ނަމަވެސް އޭނަ ހިތްވަރު ދުލެއް ނުކުރިއެވެ.

އޭނަ އަދި އެކަން ކާމިޔާބު ކުރާނެއެވެ. ފޮޓޯ ނެގުމަށްޓަކައި ދާން އޮތީ ޖެޓީގެ ބޭރު ތޮށްޓަށެވެ. ކުޑަ ބްރިޖް ކޮޅެއް ލައިފައިވުމުން އެތަން ވަރަށް ހިތްގައިމެވެ.

ރީމާ ވެސް ނަލަވެލައިގެން ސުހާމެންނާއެކީ ފޮޓޯނަގަން ދިޔައެވެ. ޝުއޫންއަށް 5މަހެވެ. ހަމްދާން ހުރީ ފޮޓޯނެގުމުގައެވެ. ތޮށީގައި ވަނީ އިށީނދެވޭހެން ބެންޗްވެސް ހަދައިފައެވެ.

އެކި އުމުރުގެ މީހުން ޖެޓީމަތީ ހަލަބޮލިވަމުން ދިޔަ މަންޒަރު ވަރަށް ރީއްޗަށް ފެނެއެވެ. ތޮށީގެ ކޮޅުގައިވެސް މޭޒެއް ބަހައްޓައިފައިވިއެވެ.

ރީމާ އިނީ އެތާ އިށީނދެގެންނެވެ. ދެންތިބި އެންމެންވެސް ހީހީފައި ފޮޓޯ ނެގުމުގައި އުޅެއެވެ. އިރުކޮޅަކުން ސިމާން އައިސް ޝުއޫން ގޮވައިގެން އައިސް ރީމާގެ ކައިރީގައި އިށީނެވެ.

ރީމާވެސް ޝުއޫންއާ ސަކަރާތް ޖަހަމުން ދިޔައެވެ. އެވަގުތަކީ އަޔާޒު އިން ލޯންޗު އައިސް  ފަޅަށް ވަން ވަގުތެވެ. އެއްލިކަޅިން އަޔާޒަށް ޝުއޫންއާ ސަކަރާތްޖަހަމުން ދިޔަ ރީމާ ފެނުނެވެ.

ދެވަނަފަހަރަށްވެސް ބަލާލެވުނީ ފެނުނީ އެއީ ރީމާތޯ ޔަގީން ކޮށްލުމަށެވެ. އަޔާޒުގެ ބޮލަށް އެނބުރުން އަރައިގެން ދިޔަ ކަހަލަ ގޮތެއްވިއެވެ. ޖެޓީއަށް ފޭބުމުންވެސް އަޔާޒުގެ ލޯ ހޯދާލީ ރީމާއެވެ.

ރީމާ އެއިނީ މިހާރު އެކުއްޖާ އުރައިގެންނެވެ. އެ މޫނުމަތިން ފެންނަމުންދިޔަ ހިނިތުންވުންފެނި އަޔާޒުގެ ހިތަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. ރަނގަޅަށްވެސް އޭނާ އެހެރީ ޝޮކެއްގައެވެ…….

Share Article

Follow Me Written By

Uhthoo

Level 210 Stories100 Comments100 Login

"Treat others as you wish to be treated" mom says.. dream it.. achieve it.. love to read.. love to be an author...❤️

Other Articles

Previous

ކެތްކުރިން ކުރަން އަދިވެސް ކުރާނަން

Next

ލޯބިވަން ޚުލާސާ

Next
February 16, 2018

ލޯބިވަން ޚުލާސާ

Previews
February 16, 2018

ކެތްކުރިން ކުރަން އަދިވެސް ކުރާނަން

36 Comments!

  1. thuhoo says:
    February 16, 2018 at 6:10 pm

    Hii guys… Mi part akee ehmenah Vs varah suprise ekah vaane part eh… Really want to c how many are curious… Enjoy .. waiting for comments alll ???

  2. minna says:
    February 16, 2018 at 6:32 pm

    oh my god dhn vaanee kihinehthoo. haadha reecheyy huwaa varah reethii. thoo next part othee knirakun.. cant waitt actuallyy…

    1. thuhoo says:
      February 16, 2018 at 6:43 pm

      Heheh… thoo akah ves neynge dhn vaane gotheh Minna…thanks a lott… next part on tomorrow…

  3. luba says:
    February 16, 2018 at 6:35 pm

    ތުހޫ…. ހާދަ ރީއްޗޭ މިބައި ….. ދެން އަޔާ އައް ހީވަނީ އެއީ ރީގެ ބޭބީ އެއްހެން ދޯ….. އަޅޭ…. އަވަހައް އަނެއް ޕާޓު އަޕްކުރެވޭތޯ ބަލައްޗޭ….. ވަރަށް ކިޔާހިތުން މިހުއްނަނީ……

    1. thuhoo says:
      February 16, 2018 at 6:45 pm

      Hehe… Dhw… Ayaa v dhera vaane dhw.. dhn balamaa vaagotheh ?❤️ lots of love lubaa… Thanks u so much… Tc..

  4. Nall says:
    February 16, 2018 at 7:42 pm

    Ohh vaau veryy nice . when next part.

    1. thuhoo says:
      February 16, 2018 at 7:56 pm

      Thanks dear ? on tomorrow inshallah ❤️

  5. Icy♡ says:
    February 16, 2018 at 7:49 pm

    Wow Thuhoo
    Vrh vrh reethi story eh mee
    Avahah up kohdhehchey

    1. thuhoo says:
      February 16, 2018 at 7:59 pm

      Okai.. thoo mirey class ineema ehnve.. mirey nuvaane…so tomorrow… Dhw thanks Icy ❤️❤️

  6. Faree says:
    February 16, 2018 at 7:56 pm

    Vvvv reethi ??hiybunanee ayaaz ah reemaa libeyney

    1. thuhoo says:
      February 16, 2018 at 8:04 pm

      Thanks…faree ❤️.. vedhaane thihen vessssssss ?

  7. Faree says:
    February 16, 2018 at 8:00 pm

    Waiting for next part ? thoo gud work ?

    1. thuhoo says:
      February 16, 2018 at 8:07 pm

      Lot’s of love fareeeeee ???❤️❤️? thanks a lott… Next part on tomorrow ❤️

  8. EHLEE says:
    February 16, 2018 at 8:18 pm

    Oh my god. ? wow thoo mih part vaxx vvv reeti.???

    1. thuhoo says:
      February 16, 2018 at 8:56 pm

      Thanks EHLEE ❤️❤️

  9. ?? says:
    February 16, 2018 at 8:27 pm

    Thuhoo kuhliakah hana preg v kihineh..
    Eiru buni hana akah baby eh nulibeine ey..
    Ok btw mi part ves reethI. .

    1. thuhoo says:
      February 16, 2018 at 8:55 pm

      Yaa dhw..eves fahun engigen dhaane… Balamaa veegoih…btw thanks ??

  10. Pinky shifoo says:
    February 16, 2018 at 9:03 pm

    ????… I’m surprised… ayaa ah kihineh baa vaanee??? Reee ah baa vaanee??? Alhey ???.. Dhn anehkaa ayaa hithah arany simaan aee ree ge husband kamah kanneynge n shuoon aee ree ge son kamah kanneynge… Anyways mi part vx v v reethi ❤️❤️… V interesting… ??… Keep up the good work thuhoo ???… Curiously waiting for the next part ???…

    1. thuhoo says:
      February 16, 2018 at 9:45 pm

      Hi shifooo… Yeah dhwww.. dhn vaanee kihineh baaa… Ayaa ah reemaa fenuneema dhn haadha dhera vaaney… Adhi e fenunee Vs believe kureveyne gothakah Vs noon… Dhn balamaa dhw vaagotheh ?❤️ thanks a lot..?

  11. Lov says:
    February 16, 2018 at 9:47 pm

    Reema medhuverivegen usha n laamiu gulheyne…. me kurin genesdhyfa oy vaahaka eh…. ekamuge theree reema ah vara aniya ves libeyne..??

    1. thuhoo says:
      February 16, 2018 at 9:54 pm

      Oin… Ehentha.. ekamaku varah ehen kahala gotheh ahna part ga vaan othee.. anyways dhn balamaa vaagotheh ?? thanks love??

  12. EHLEE says:
    February 16, 2018 at 10:07 pm

    Dhen vaanee kihineii

    1. thuhoo says:
      February 16, 2018 at 10:45 pm

      Hahaha wait.. for tomorrow EHLEE ❤️

  13. ishnash says:
    February 16, 2018 at 11:22 pm

    Hii thoo….story for the late reply….how are u…kudakoh buxy v ma….by the way vvvv rythi….dhn ayaz hykuraany ryma uraagn e iny eynage kid kamah dhww…I think so…dhn balamaa hingaa vaa goiyy….maashaa Allah vvv Ruthi story eh ingeyy…..naash feshign ky iruvx foohi eh nuveyy…..Allah thoo thi kuraa masahkathuga barakaai lavvashi…aamiin…gud luk…

    1. thuhoo says:
      February 17, 2018 at 9:19 am

      Hi Nash… How how… It’s ok ehnves vaane.. inshallah thoo Hama best ❤️?? ehentha.. baeh kudhin bunee copy eko…. Dhn copy eh thw balamaa dhw…. Vaagotheh ?❤️ thanks thihaa lahun viyas comment kohleema… Lerv yew❤️????… Aamin… Nash men kahala supportarun thibejjihyaa I’m sure I can do this… thanks a lot ❤️❤️?

  14. Luba says:
    February 17, 2018 at 12:09 am

    Maadhamaa avahah up kohleveytho balahchey thoo … ? .

    1. thuhoo says:
      February 17, 2018 at 9:20 am

      Haha trying my best lubaa ? v avahah kohdheveythw balaanan ?

  15. Ixu ? says:
    February 17, 2018 at 1:52 am

    Mihar bi part thah her vany copy hen. Loa merey hidhu gaathugaa vaaa hen story ge part thakuge copy

    1. thuhoo says:
      February 17, 2018 at 8:59 am

      But how.. thoo akee kurin Vs vaahaka kiyaa meeheh noon varah… And mihaaru ehves gothakah nukiyan… Dhn it’s my own story… Dhn thibunee kon vaahaka eh kameh nuves Ingey amudhun… Kurin Vs konmes kuhjaku konmes film akaa vahtharu vegen varah hoadhin eythi neih YouTube ga eh… Sorry for tht ehen hen heevanyaa… Anyways thanks….

    2. Ixu ? says:
      February 17, 2018 at 11:11 pm

      Its okay. Vaahaka v v reethi ❤❤

  16. yoosh says:
    February 17, 2018 at 8:43 am

    Thuhoo v v nice mi parts dhen kohirakuh tha up kuraany plx mihaaru kiya hithuh mihuree

    1. thuhoo says:
      February 17, 2018 at 8:52 am

      Yeah.. now I’m trying my best… Liye nimunhaa avahakah upload kuraanan inshallah❤️

  17. Saeedha Mohamed says:
    February 17, 2018 at 1:45 pm

    Vaahaka thakah nuvadhe venee keehvethoa

    1. thuhoo says:
      February 17, 2018 at 2:51 pm

      Thibunee?

  18. Maya says:
    February 17, 2018 at 6:04 pm

    OMG!!!! Dhen kihineh. Baa vaany… Curiously. Waiting… Reema libeyny hama ayaz ah vvvvvvvvv reethii…. ❤️???

    1. thuhoo says:
      February 17, 2018 at 7:14 pm

      thankoo maya<3

Comments are closed.


All Right Reserved!